Skip to content
އެސްފިޔަ

އެސްފިޔަ ޕްރޯ – ލިޔުންތެރިންނަށް އާ އުންމީދެއް

އެސްފިޔައިގެ ލޮބުވެތި ލިޔުންތެރިންނާއި ކިޔުންތެރިންނަށް،

ލިޔުންތެރިންގެ އަގުވަޒަންކޮށް ވާހަކަ ލިޔުމުގެ ދާއިރާއިން ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމަށްޓަކައި އެސްފިޔައިން އަލަށް ތަޢާރަފް ކުރަނީ އެސްފިޔަ ޕްރޯ ސްޓޯރީޒް!

ކިޔުންތެރިންނަށް ފެންވަރު ރަނގަޅު ހިތްގައިމު ވާހަކަތަކެއް ގެނެސްދިނުމުގެ އިތުރުން، އެފަދަ ވާހަކަތައް ގެނެސްދިނުމަށްޓަކައި ލިޔުންތެރިން ކުރަމުންދާ މަސައްކަތް އަގުވަޒަންކޮށް، ކުރާ މަސައްކަތުން މަންފާ ހާސިލުކުރެވޭނެ މަގެއް ފަހި ކުރުމަށްޓަކައި، އެސްފިޔައިގެ ފަރާތުން “އެސްޕިޔަ ޕްރޯ ސްޓޯރީޒް” ގެ ނަމުގައި ޚާއްސަ ކެޓަގަރީއެއް ތަޢާރަފް ކުރުމަށް މިވަނީ ނިންމާފައެވެ.

ޕްރޯ ސްޓޯރީޒް އަކީ ކޮބާ؟
ޕްރޯ ސްޓޯރީޒްއަކީ އެޕިސޯޑްތަކަކަށް ބަހާލެވިގެން ހަމައެކަނި އެސްފިޔައިން ކިޔާލަން ލިބެން ހުންނަ ޕްރިމިއަމް ވާހަކަ ތަކެކެވެ. ކޮންމެ އެޕިސޯޑަކީ މަދުވެގެން 1،200 ލަފުޒުގެ އެޕިސޯޑު ތަކެކެވެ. ލިޔުންތެރިން މުޅިވާހަކަ އެއްކޮށް ފުރިހަމަ ކުރުމަށްފަހު، އެސްފިޔަ ޓީމަށް ހުށަހެޅުމުން، އެސްފިޔައިގެ ފަރާތުން ވަކި ތާވަލަކާ އެއްގޮތަށް ވާހަކަތައް ޝާޢިއުކުރަމުން ދާނެއެވެ. އާންމުކޮށް ހަފްތާއަކު ދެފަހަރު އައު ބައިތައް ކިޔާލަން ލިބިގެންދާނެއެވެ. އެހެންކަމުން ކިޔާލަން ޝައުޤުވެރިވާފަދަ ވާހަކަތައް ގަވާއިދުން ލިބޭނެއެވެ. މިއީ އަލަށް ތަޢާރަފްކުރެވޭ ޚިދުމަތަކަށްވާތީ ޕްރޯ ސްޓޯރީ ހުށައެޅުމުގެ ފުރުސަތު މިވަގުތު ދެވިފައިވަނީ އެސްފިޔައިން ހޮވާލެވޭ ބައެއް ލިޔުންތެރިންނަށްށެވެ. ނަމަވެސް ކުރިމަގުގައި ހުރިހާ ލިޔުންތެރިންނަށްވެސް މިފުރުސަތު ހުޅުވާލެވޭނެއެވެ.

މިނިޒާމު މަސައްކަތްކުރާނެ ގޮތް

ވަކި އެޕިސޯޑުތަކަށް ފައިސާދެއްކުން: ކޮންމެ އެޕިސޯޑެއްގެ އަގަކީ 2ރ (ދޭއް) ރުފިޔާއެވެ. އެޕިސޯޑަކަށް ފައިސާ ދައްކައިފިނަމަ، ބޭނުން ވަގުތަކު އެ އެޕިސޯޑު ކިޔާލުމުގެ ފުރުސަތު ލިބޭނެއެވެ.
ޕްރޯ ސްޓޯރީޒްގެ ބޭނުމަކީ ލިޔުންތެރިންނަށް އެ ފަރާތްތަކުން ކުރާ މަސައްކަތުން މަންފާއެއް ހޯދައިދިނުމެވެ. މިގޮތުން، ކިޔުންތެރިން ދައްކާ ފައިސާގެ %50 އަކީ ލިޔުންތެރިޔާއަށް ލިބޭ ފައިސާއެވެ. މީގެ ސަބަބުން، މި ދާއިރާއިން ފެންވަރު ރަނގަޅު ލިޔުންތެރިންތަކެއް އުފެދި، އުފެއްދުންތެރި، ކިޔާހިތްވާކަހަލަ ލިޔުންތަކެއް ކިޔާލަން ލިބޭނެއެވެ.

އެސްފިޔައިގެ ބޭނުމަކީ ހުރިހާ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ތަފާތު އެކި ވައްތަރުގެ ވާހަކަ ކިޔާލަން ފުރުސަތު ދިނުމެވެ. އެހެންކަމުން، ޕްރޯ ސްޓޯރީސްއިން ލިޔުންތެރިންނަށް އައު މަގުތަކެއް ފަހިވެގެންދާއިރު، ހުރިހާ ހިލޭ ވާހަކަތައް އަދިވެސް ހިލޭ ލިބެން ހުންނާނެއެވެ. މިއީ ހުރިހާ އެންމެނަށްވެސް، ތަފާތު ގިނަ ވައްތަރުގެ ވާހަކަތައް ކިޔާލުމުގެ ފުރުޞަތު ލިބޭކަން ކަށަވަރުކޮށްދޭނެ ކަމެކެވެ. އަބަދުވެސް، ހިލޭ ކިޔާލެވޭނެ ވާހަކަތައް އެސްފިޔައިގައި ހުންނާނެއެވެ.

އެސްފިޔަ ޕްރޯ ސްޓޯރީޒްއަށް ދައްކާ ފައިސާއަކީ ހަމައެކަނި ވާހަކައެއް ކިޔާލަން ހޭދަ ކުރާ ފައިސާއެއް ނޫނެވެ. އެއީ މި ދާއިރާއިން އައު ތަރިންތަކެއް އުފެއްދުމަށް ކުރެވޭ އިންވެސްޓްމަންޓެކެވެ.
އެސްފިޔާގެ ދަތުރުގައި ބައިވެރިވީތީ ޝުކުރު ދަންނަވަމެވެ. އަޅުގަނޑުމެންގެ ފުރަތަމަ ޕްރޯސްޓޯރީ ވަރަށް އަވަހަށް ފެނިގެންދާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މައުލޫމާތު ވައިބަރ 7997991

މި އައި ޚިދުމަތާއި ގުޅޭގޮތުން ތިޔަފަރާތުގެ ޚިޔާލު ކޮމެންޓް ބައިގައި ހިއްސާ ކޮށްލެއްވުން އެދެމެވެ.
އެސްފިޔާ ޓީމް.

Comments (4)

  1. Your fav bab

    Hiyaalu kamudhey I ah!!
    Ekm esfiya ah login nuve comments post kurevey ne goth hadhaala dhiniyaa varah rangalhu!

  2. Isnaa

    ވަރަށް އުފާވެރި ޚަބަރެއް އެސްފިއަ އިން ތިކުރާ މަސައްކަތުގައި މާތް ﷲ ބަރާކާތް ލައްވާށި! ޕްރޯ ސްޓޯރީޒް އަކީ ރަނގަޅު ފެށުމަކަށް ވާނެ ކަމަށް އުންމީދުކުރަން 💗💐

  3. leeshaa

    admin comment kuran konme faharaku mi jehenee login vaan
    it’s very hard 😭😭😭

  4. Guyz

    Hama huvaa😭😭😭😭

Comments are closed.