Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ސަލްމީނާ

mohamed neer Level 210 Stories100 Stories
June 25, 2013 4 Mins Read
2 Comments

ފެށުން
މާއިދު ހޮސްޕިޓަލަށް ދިޔައީ އޭނާގެ ބައްޕަ ބަލިވެގެން ޑޮކްޓަރަށް ދައްކާށެވެ. މާއިދުގެ ބައްޕަ ނާއިފްގެ ހަށިގަނޑުބަލައި ޓެސްޓްތަކެއް ހެދުމަށްފަހު ޑޮކްޓަރ ބުނީ ނާއިފް އެނދުމަތިކުރާންޖެހޭ ކަމަށެވެ. އެކަމުގެ ސަބަބުން މާއިދު ވަރަށްބޮޑަށް ނުތަނަވަސްވިއެވެ. ނާއިފް ގޮވައިގެން މާލެއައީ މާއިދު އެކަނިކަމަށްވާތީ ނާއިފު އެނދުމަތި ކޮށްފިނަމަ ހުރިހާކަމެއް ކުރާންޖެހޭނީ އޭނާ އެކަންޏެވެ. ހަމައެހެންމެ އޭނާ އެކަނިމާއެކަނި ހުރިހާކަމެއް ކުރާންޖެހިއްޖެނަމަ އެހާމެ އުނދަގޫވާނެއެވެ.
ކޮންމެގޮތަކަށް ކަންތައްހުރި ނަމަވެސް ނާއިފް އެނދުމަތިނުކޮށްވެސް ވާކަށްނެތެވެ. އެނދުމަތިކޮށް ރަނގަޅު ފަރުވާއެއްދީގެންނޫނީ ނާއިފަކަށް އަވަސްސިފާއެއް ލިބޭކަށްވެސް ނެތެވެ. އެހެންވެ މާއިދުނިންމީ ކޮންމެގޮތެއްވިޔަސް ނާއިފް އެނދުމަތިކޮށް ފަރުވާދޭން ފަށާށެވެ. އަދި އެހެންކަންކަމާމެދު ވިސްނާފައި ފަހުން ގޮތެއްނިންމާށެވެ.
ނާއިފްގެ ޓެސްޓްތަކުގެ ކަންތައްނިމި މާގިނައިރެއްނުވަނީސް ނާއިފް އެނދުމަތިކުރުމުގެ މަސައްކަތް ފެށިއްޖެއެވެ. މާއިދު އެކަނި މާއެކަނި އުޅެންޖެހުމުންނާއި އެތަނާއި އެކަންކަމަކީ އޭނާއަށް މުޅިންއައު ކަންކަމަށްވާތީ އޭނާހުރީ ވަރަށް ހާސްވެ އެހާމެ ކަންބޮޑުވެފައެވެ.
ނާއިފް އެނދުމަތިކުރުމުގެ ހުރިހާކަމެއްނިމި މާއިދު ހަމައަކަށްއެޅުނީ ހަވީރުވީ ފަހުންނެވެ.
ނާއިފް އެނދުމަތިކުރިދުވަހު އޭނާގެ ހުރިހާކަމެއްގައި މާއިދު އެކަނި މާއެކަނި އުޅެންޖެހުނު ނަމަވެސް އޭގެއަނެއްދުވަހު އޭނާގެކޮއްކޮ އަދުލީ މާލެއަތުވެއްޖެއެވެ. އަދުލީ މާލެއައުންވެގެންދިޔައީ މާއިދަށްލިބުނު ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމަކަށެވެ.
ނާއިފް އެނދުމަތިކުރިތާ ދެވަނަދުވަހު، އެއެނދާއި އެންމެކައިރީހުރި އެނދުގައި މެދުއުމުރުގެ އަންހެނަކު އެނދުމަތިކުރިއެވެ. އެއަންހެންމީހާގާތުގައި ހަރަކާތްތެރި ވަމުންދިޔަ މީހުންގެ ތެރޭގައި ޒުވާންފުރައިގެ އަންހެންކުއްޖަކުވެސް ހިމެނެއެވެ.
އުމުރުން އަށާރަ ނަވާރަވަރަކަށް އަހަރުގެ އެއަންހެންކުއްޖާގެ މޫނާއި ހަށިގަނޑުގެ ކުލައަލިވެފައި މޫނުމަތިން ސާދާކަން ފާޅުވާންހުއްޓެވެ. ފަންކަންއެކުލެވިގެންވާ ދިގު އިސްތަށިގަނޑެއް ލިބިފައިވާއިރު އޭނާ ބޭނުންކުރަމުންދާ ޒަމާނީ ހެދުންތަކުން އޭނާގެ ހަށިގަނޑުގެބައްޓަންތަކާއި ހަށިގަނޑު ގުޅިލާމެހިފައިވާވަރު ކިތަންމެރަނގަޅަކަށްވެސް ހާމަވެ އެނގެއެވެ. ހަމައެހެންމެ އޭނާއަކީ ޔޫރަޕްހިސާބުގެ ފެޝަންތަކަށް ލޯބިކުރާ ޒުވާނެއްކަން ވެސް އެނގެއެވެ.
އެ އަންހެންކުއްޖާ ފެނުމާއެކުހެން މާއިދުގެ ހިތުގައި އޭނާއާ މެދުގައި ސަޢުޤުވެރިކަންއުފެދުނެވެ. އޭނާގެނަން އޮޅުންފިލުވާލާ ވާހަކަދައްކާލާން ބޭނުންވާންފެށިއެވެ.އިޙްތިޔާރުގައާ ބޭއިޙްތިޔާރުގައި އޭނާއަށް ބެލޭންފެށިއެވެ. އެހެނަސް މާއިދުފިޔަވާ އެހެން މީހަކަށް އެކަމެއް ނޭނގެއެވެ.
ހޮސްޕިޓަލްތެރެއަށް ވެރިވެފައިވާ ހަލަބޮލިކަމާއި އެކުގައި ވަގުތުތައް ފާއިތުވަމުންދިޔައެވެ. އެނދުމަތިކުރި އަންހެންމީހާ ގާތުގައި ގިނައިންއިންނަނީ އެއަންހެން ކުއްޖާއެވެ. އެކަމުގެސަބަބުން މާއިދަށް ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބެމުންދިޔައެވެ.
މާއިދުއެކޭ އެއްފަދައިން އެއަންހެންކުއްޖާ ވެސް ކޮންމެވެސްވަރަކަށް މާއިދަށް ބަލައި ހީލާހަދައެވެ. އެކަން ތަކުރާރުވަމުން ދާންފެށުން ވެގެންދިޔައީ މާއިދަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމަކަށެވެ. ހަމައެހެންމެ އެއަންހެންކުއްޖާއާވާހަކަދައްކާލުމަށް އޭނާ ކުރަމުންއައި އުންމީދު އިތުރުވަމުންދިޔަ ކަމަކަށެވެ.
ވަގުތުތައް ފާއިތުވަމުންއައިސް އިރުއޮއްސި ހަތެއްޖަހާކަން ހާއިރެވެ. ހޮސްޕިޓަލް ކެންޓީނަށް މާއިދުދިޔައިރު އެތަނުގެ މޭޒެއްކައިރީގައި އެއަންހެންކުއްޖާ އެކަނި މާއެކަނި އިނެވެ. އެކަކަށް އަނެކަކުފެނުމުން ދެމީހުނަށްވެސް ހިނިތުންވެލެވުނެވެ.
މާއިދު ސައިބޯން އިންއިރުވެސް ވިސްނަމުންދިޔައީ އެއަންހެންކުއްޖާއާ މެދުގައެވެ. ކޮންމެގޮތަކުންނަމަވެސް އޭނާއާ ވާހަކަދައްކާލާން ބޭނުންވިއެވެ. ސައިގެ ކަންތައް ނިމުނުއިރު މާއިދުހުރީ ގޮތެއް ނިންމައިގެންނެވެ.
ސައިގެ ކަންތައް ނިންމާލުމަށްފަހު މާއިދު އެތަނުން ނުކުންނާން ހިނގައިގަތްއިރު ވެސް އެއަންހެންކުއްޖާއިނީ މާއިދަށް ބަލާށެވެ. ވަގުތަކަށް ބަލައިގެންހުރި މާއިދު އެތަނުން ނުކުންނަމުން އޭނާގެ ޖީބުންނެގިޓިސޫއެއް އެއަންހެންކުއްޖާގެ ކުރިމަތީގައި ބޭއްވިއެވެ. އޭރު އޭގައި ކޮންމެވެސް ލިޔުމެއްލިޔެފައި ވެއެވެ.
ސައިގެކަންތައް ނިންމާލުމަށްފަހު ސިނގިރެޓެއް ބޯލުމަށްޓަކައި މާއިދު ނިކުތީބޭރަށެވެ. އަދި އާދައިގެ ހިނގުމެއްގައި ގޮސް ހޮސްޕިޓަލް ކުރިމަތިންހުރި ފާރުމަތީގައި އިށީނދެލަމުން ސިނގިރެޓެއް ރޯކޮށްލިއެވެ.
އެތަނުގައި މާއިދު އިށީނދެ މާގިނައިރެއްނުވަނީސް ފޯނު ރިންގްވާން ފެށިއެވެ. އަވަހަށްއަވަހަށް ފޯނުނަގަމުން ބަލާލިއިރު ފޯނުކެނޑިއްޖެއެވެ. ގުޅާފައިވާނަންބަރު ބަލާލިއިރު އެއީ އޭނާ ނުވެސްދަންނަ ނަންބަރެކެވެ.
އޭނާގެ ރޭވުން ކާމިޔާބުވަނީކަމަށް ނިންމާފައި މާއިދު އެނަންބަރަށް ގުޅާލިއެވެ. އެކޮޅުން ވާހަކަދެއްކި އަންހެންކުއްޖާގެ އަޑު ކަންފަތުގައި ޖެހުމާއެކުވެސް އެއީ އޭނާ ވާހަކަދައްކާންއުޅޭ އަންހެންކުއްޖާގެއަޑުކަން މާއިދަށްޔަގީންވިއެވެ. އެއަޑު އެތައްފަހަރަކު އޭނާއަށްވަނީ އިވިފައެވެ.
މާއިދު ވާހަކަދައްކާންފެށުމުން އެއަންހެންކުއްޖާ އަމިއްލައަށް ތަޢާރަފް ވިއެވެ.
“ ސަލްމީނާ … އޯހް …. ވަރަށްރީތި ނަމެއް. ” އެއަންހެން ކުއްޖާ ނަންބުނުމާއެކުހެން މާއިދަށް ބުނެވުނެވެ.
އެކަކު އަނެކަކަށް ތަޢާރަފްވެ މާގިނައިރެއްނުވަނީސް އެދެމީހުންނަކީ ދެރަހުމަތްތެރިންނަށް ވެއްޖެއެވެ. އެކަކުއަނެކަކަށް އެމީހެއްގެ މަޢުލޫމާތުދެމުންދިޔައެވެ.
ސަލްމީނާ ވެގެންދިޔައީ މާއިދު އުންމީދުކުރިކަހަލަ ޒުވާނަކަށެވެ. މާއިދުފަދައިން ސަލްމީނާގެހަޔާތުގައިވެސް ބައިވެރިއަކުނެތެވެ. ހަމައެހެންމެ މާއިދުފަދައިން ބައިވެރިއަކު ހޯދުމަށް މަސައްކަތްކުރަމުންދަނީއެވެ.
ސަލްމީނާގެ ފަރާތުން އިތުރަށްއެނގުނުގޮތުގައި ސަލްމީނާ ކިޔެވުން ނިންމާލުމަށްފަހު ވަޒީފާއެއްހޯދުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ. ހަމައެހެންމެ އޭނާގެ ނަތީޖާ ރަނގަޅުކަމުން ވަޒީފާއަކަށްކުރެވޭ އުންމީދު ނުހަނުބޮޑެވެ.
ސަލްމީނާ އާއި މާއިދު ފޯނުން ވާހަކަދައްކާން ބައިގަޑިއެއްހާއިރު ތިއްބެވެ.ސަލްމީނާއާ މާއިދު ފޯނުކަނޑާލީ އެމީހަކު ވާހަކަދައްކާންބޭނުންވުމުން ކޮންމެ އިރަކުވިޔަސް ފޯނުކުރުމަށާއި، ކޮންމެގަޑިއެއްގައި ފޯނުކުރިޔަސް ވާހަކަދައްކާން އެއްބަސް ވަމުންނެވެ.
ވަގުތުތައް ފާއިތުވަމުންދާވަރަކަށް ސަލްމީނާ އާއި މާއިދުގެ ގުޅުން ވެސް ބަދަހިވަމުންދިޔައެވެ. ފޯނުމެދުވެރިކޮށް ދައްކަމުންދިޔަ ވާހަކަތައް ސީދާ ސީދާކޮށް ވެސް ދައްކާންފެށިއެވެ. އެހެނަސް އެކަމާބެހޭ މާބޮޑު މަޢުލޫމާތެއް އެދެމީހުންފިޔަވާ އެހެން މީހަކަށް ނޭނގެއެވެ.
ރޭގަނޑު އެގާރަޖަހާކަންހާއިރެވެ. ސަލްމީނާ ހޮސްޕިޓަލަށް އައިއިރު އެތަނުގައި މާއިދުގެ ބަދަލުގައިއިނީ އޭނާގެ ކޮއްކޮ އަދުލީއެވެ. ސަލްމީނާ އާއި މާއިދުގެ މެދުގައި ގުޅުމެއްވީނަމަވެސް އަދުލީއާއިވެސް ގުޅުންބަދަހިކުރާން ސަލްމީނާ ބޭނުންވިއެވެ. ހަމައެހެންމެ އޭނާގެ ހިތްއެދެނީ އަދުލީއަށެވެ. އުމުރުން ނަވާރަވަރަކަށްއަހަރުގެ އަދުލީއަކީ މިހާރުގެ އަންހެންކުދިން ގަޔާވާފަދަ ކަސްރަތީހަށިގަނޑަކާއި ފުރިހަމައިސްކޮޅެއް ލިބިފައިވާ ޒަމާނީ ޒުވާނެކެވެ. އެކަންކަން އޭނާގެކިބައިން ކިތަންމެރަނގަޅަކަށްވެސް ފެންނަމުންދިޔައެވެ. އޭނާގެ މޫނުމަތިންފެންނަމުންދާ ޒުވާންކަމާއި، ފުރިހަމަކަމަކީ ސަލްމީނާ ވަރަށްގަޔާވާ އަދި އެހާމެ ހިތްހަމަޖެހޭކަމަކަށް ވިއެވެ.
” އަދުލީ! …. ” އަދުލީއާ ދިމާއަށް ބަލާލަމުން ސަލްމީނާ ގޮވާލިއެވެ. އެކަމުގެސަބަބުން އަދުލީ ހައިރާންވި ނަމަވެސްސަލްމީނާއަށް ބަލާލަމުން ހިނިތުންވެލިއެވެ.
” މިރެއަކީ އަދުލީގެ ޑިއުޓީރޭތަ ؟”އަދުލީއާ ގާތަށްޖެހިލަމުން އޭނާއަށް ބަލާންހުރެ ސަލްމީނާ އަހާލިއެވެ. ސަލްމީނާގެ ސުވާލަށް ޖަވާބުދިނުމުގެގޮތުން އަދުލީ އާނއެކޭބުނީ ބޮލުގެއިސާރާތުންނެވެ.
އަދުލީއާ ވާހަކަދައްކާލާން ބޭނުންވެގެން ސަލްމީނާ އެތަނުގައި މަޑުކުރިނަމަވެސް އަދުލީގެ ފަރާތުން އެކަމަށް އެކަށީގެންވާ ތަރުޙީބެއްނުލިބުމުން ވީ ފޫއްސާއެކު ސަލްމީނާ އޭނާގެ ޖާގައަށް ހިނގައްޖެއެވެ.
އެއަންހެންމީހާ ގާތުގައި އިށީނދެލައިގެންއިނދެ ފޯނާއި ކުޅެމުންދިޔަ ނަމަވެސް ސަލްމީނާގެލޯ ގިނަވަގުތު އަމާޒުވެފައިހުންނަނީ އަދުލީގެ މޫނަށެވެ. އެހެނަސް އަދުލީއަކަށް އެކަމެއް ފާހަގައެއް ނުކުރެވެއެވެ. އޭނާއިނީ ފޯނުންކުޅެމުންދާގޭމަށް ހުސްވެފައި ކަހަލަގޮތަކަށެވެ.
އަދުލީއާދިމާއަށް ބަލަހައްޓައިގެންއިނދެ ތަފާތުޚިޔާލުތައް ކުރަމުން ދިޔަ ސަލްމީނާއަށް ކެތްކުރެވުނީ ގަޑިއެއްގެހާއިރުއެވެ. އިތުރަކަށް އެންމެމިނިޓަކު ވެސް ކެތެއްނުކުރެވުނެވެ. އަވަސްއަވަހަށް ގޮނޑިން ތެދުވިއެވެ.
އަދުލީއާ ދިމާއަށް ސަލްމީނާ އައިނަމަވެސް އަދުލީއަކަށް އެކަމެއް ނޭނގެއެވެ.
” އަދުލީ!. ހާދަ ފޫއްސޭދޯ؟ …. ހިނގާބަލަ ކޮފީއެއްދޭން. ” އަދުލީގާތަށް ހުއްޓި އޭނާއަށް ގޮވާލަމުން ސަލްމީނާ އެދުނެވެ.
ސަލްމީނާއާ ދިމާއަށް އަދުލީ ބަލާލިއިރު އޭނާގެ މޫނުމަތިން ފާޅުވަމުންދަނީ ހައިރާންކަމުގެ އަސަރުތަކެވެ.
ސަލްމީނާއާދިމާއަށް އަދުލީ ބަލާލިއިރު،ސަލްމީނާހުރީ އަދުލީއާ ދިމާއަށް ބަލާންކަމަށްވާތީ ވަރަށްފަސޭހަކަމާއެކު އެދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އެއާއެކުހެން ދެމީހުނަށް ވެސް ހުއްޓުންއެރިއެވެ.
ސަލްމީނާއާ އަދުލީގެ ހަތަރުކަޅި ހަމަވިވަގުތު ސަލްމީނާގެ މޫނުމަތިން އެއްފަހަރާ އެތައްމެސެޖެއް އަދުލީއަށް ފާހަގަކުރެވެމުންދިޔައެވެ. އެމެސެޖްތަކުގައި އެކުލެވިގެންވާ މާނައާއިޙަޤީޤަތް އިޙްސާސްކުރާން އަދުލީގެހިތް އެދޭންފެށިއެވެ. އަދުލީގެހިތްއެދޭފަދައިން ކަންތައްވުމަށް އެދޭނަމަ ސަލްމީނާ ބޭނުންވާފަދައިން ކަންތައް ކޮށްދޭންޖެހޭނެ ކަމުގައިވެސް އަދުލީއަށް ގަބޫލުކުރެވުނެވެ.
” އަންހެންކުއްޖަކު އައިސް ކޮފީއެއްދޭން ބުނީމަ …. ހާދަވަރަކަށޭ ތިހާސްވީ … ” އަދުލީގެ މޫނަށްބަލާންހުރެ ސަލްމީނާ ބުނެލިއެވެ.
” ހާހެއްނުވޭ. ހިނގާދާން. ” ގޮނޑިން ތެދުވަމުން ހިނިތުންވެލާފައި އަދުލީ ބުންޏެވެ. އަދި ޖީބަށް ފޯނުލަމުން ހިނގައިގަތެވެ.
އަދުލީއާއި ސަލްމީނާ ކެންޓީނަށްދިޔައީ ކޮފީބޯންނަމަވެސް ވަގުތުގެ ގޮތުންނާއި ވެފައިވާ ބަނޑުހައިގެ ސަބަބުން ދެމީހުންވެސް ގަސްދުކުރީކާށެވެ.
ކާތަކެއްޗަށް އޯޑަރުދިނުމާއެކުދެންވެރިވެގެންދިޔައީ ހަމަހިމޭން ކަމެވެ. ވާހަކަނުދެއްކި ނަމަވެސް އެކަކުއަނެކަކަށް ބަލާލަމުން ހިނިތުންވެލައެވެ.
” ހާދަވަރަކަށް ތިބަލަނީ .. އަހަރެން މޫނުގައި އެއްޗެކޭ ލިޔެފައި އޮތީތަ ” އަދުލީއަށް ބަލާލަމުން ސަލްމީނާ އަހާލިއެވެ. އޭނާ އެހެން އެހީ ކޮން މަޤްސަދެއްގައި ކަމެއް އަދުލީއަކަށް ނޭނގެއެވެ.
” އެއްޗެކޭ ލިޔެފައިއޮތީއެއްނޫން. ރީތިކަމުން ބެލުނީ. ” ދުރަށް ބަލާންއިނދެ އަދުލީބުނެލިއެވެ.
” އޫން .. ކޮންމެހެން މަލާމާތްކުރާނެކަމެއްނެތް. އަދުލީ ރީތިވީމަދޯ ތިހެން ތިކިޔަނީ ؟ “މޫނަށް ފާޑެއްގެގޮތެއް ހަދާލަމުން ސަލްމީނާ ވާހަކަދެއްކިއެވެ.
” ސޮރީ … އެއީ އެހެންބުނި އެއްޗެއްނޫން. ” ސަލްމީނާއަށް ބަލާލަމުން އަދުލީބުންޏެވެ.
ކެއުމަށްއޯޑަރުކުރި ތަކެތި ހިފައިގެން ވެއިޓަރު އައިއިރުވެސް އަދުލީ އާއި ސަލްމީނާ ތިބީ ވާހަކަދައްކާށެވެ.
ސަލްމީނާ އާއި އަދުލީ ކައިނިމުމުން އަދުލީ ފައިސާ ދެއްކިއެވެ. އަދި އެތަނުން ނުކުމެގެން ވޯޑާއިދިމާއަށް ދިޔަ މަގުމަތީގައި ދެމީހުން ވާހަކަދައްކަމުންދިޔަ ދިޔުމުގައި އެކަކަށް އަނެކަކުގެ ފޯނުނަންބަރުވެސް ދިނެވެ.
ނުނިމޭ

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ނިދީތެރޭން

Next

ސަލްމީނާ

Next
June 26, 2013

ސަލްމީނާ

Previews
June 25, 2013

ނިދީތެރޭން

2 Comments!

  1. ހެޔޮމީހާ says:
    June 25, 2013 at 9:11 am

    އިބުރަތްތެރި ވާހަކައެއް ހެން ހީވަނީ. އެކަމު ބައެއް ކަންކަން ރަނގަޅުކޮށްލާން ފެނޭ.

    1. Niki says:
      February 5, 2014 at 6:07 pm

      Keep it coming, wrsrtei, this is good stuff.

Comments are closed.



All Right Reserved!