އަބަދަށް-5
“މަ ބުނީެއްނު އޭނަ އާ ކުޑަކޮށް ވާހަކަ ދައްކާލީ އޭ..” އަރަންގެ ތުންފަތް މަތީ ވަނީ ވިހަގަދަ ހިނިތުންވުމެކެވެ.
*ޕާރްޓް5*
****
އެކަނި މާއެކަނި ހިގައިފައި ދަނިކޮށް ދާއިން އަށް މީހަކު ގޮވާލިއެވެ. ފަސް އެބުރި ބަލައިލި އިރު ތަން ކޮޅެއް ދުރުގައި އަރަން ހުއްޓެވެ. އޭނާގެ އަތުތެރޭގައި ތޫނު ކަޓަރެއް އަބުރާލަ އަބުރާލަ އޮތެވެ.
“ހޭޔް މޭން.. ކިހިނެއްވީ..؟” ދާއިން އަހާލިއެވެ. އަރަން ވަކި އެެއްޗެކޭ ނުބުނެ ކުރިޔަށް ދެތިންފިޔަވަޅު އެޅާލިއެވެ.
“ދައިން އަށް އިނގޭތަ، މަ ވަރަށް ފޫހިވާ މީހަކު އުޅޭނެ.. އޭނާ އަކީ އަންހެންކުދިންނާ ވަރަށް ފްލާރްޓް ކޮށްކޮށްފަ އުޅޭ މީހެއް.. އޭނަ އެއްދުވަހަކު މަ ލޯބިވާ މީހެއްގެ ގަޔަށް އައްލައިފަ ވަރަށް ކޮލޯސް ކޮށް އުޅުނީ..” އަރަން މަޑުމަޑުން ބުނެލިއެވެ. ދާއިން އަށް އަރަން ބުނި އެއްޗެއް ފަހުމް ވުމުން ބަލާލިއެވެ. އަރަންގެ މޫނުމަތިން އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.
“އެދުވަހު މަހިތަތް އެރި އޭނަ ހުރިތަނަށް ތިރި އަރުވާލަން.. އެކަމު ކީއްކުރާނީ އޭނާގެ ނަސީބު ހަމަރަގަނޅީ އޭ.. އޭނަ އެވަގުތު އިނީ ސުކޫލުގަ..” އަރަން ކަޓަރުގެ ތުޑު ނެރެލި އަޑަށް ދާއިންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ދުވަސް މިދިޔައީ އޭވެސް ހިތަތް އެރިއެވެ. ނަމަވެސް ކަންތަށް ވީ އެހެނެއް ނޫނެވެ. އަރަން ދާއިންގެ އަތުގައިހިފައި ކަޓަރުން ވަކިވަކިން ކޮންމެ އިގިޔެއްގައި ޖައްސަމުން ބުނެލިއެވެ.
“ދެން މިއިގިލިތަކުން އޭނަގައިގަ ޖައްސާލިއަސް އިގިލިތަށް ބުރި ކޮށްލާނަން..” ދާއިން އަވަހަށް އަތް ދަމައިގަތެވެ.
****
އަރަން ހިނިގަނޑެއް ޖަހާލިއެވެ. ޖައިޝް ހުރީ ހައިރާންވެފަ އެވެ. މާހި ރައްކާތެރި ކުރުމަށް ޓަކައި އޭނާ ކޮންމެ ކަމެއްވެސް ކޮށްފާނެވެ.
ދުވަސްތަށް އޭގެ ހަލުވި މިނުގައިގޮސް އަހަރު ނިމި މާހީ މެންގެ ޖީސީ އަހަރު ފެށުނެވެ. ދުވަސް ތަށް އާދައިގެ ގޮތަކަށް ދެއެވެ. އަރަން ވެސް ބަރާބަރަށް މާހީގެ ހާލު ބަލައެވެ. މާހީ މަސައްކަތް ކުރަމުން ދިޔައީ ރަގަނޅު ނަތީޖާ އެއް ހޯދުމަށެވެ. އޭނާގެ ފަހު އަހަރަށް ވެފައި އެނާ ހިސާބަށް ކުޑަކޮށް ދައްވުމުން މާހީ ޓިއުޝަނަށް ދާންފެށިއެވެ. ނަމަވެސް އޭނާ ދާ ޓިއުޝަން ހުންނަނީ ރަށުގެ އަނެއް ކޮޅުގަ އެވެ.
އެހެން ރޭތަކާ ހިލާފަށް މިރޭ އުޑުމަތި ވިއްސާރައެވެ. ތަރިތަށް ވެސް ބޯ ވިލާތަކުގެ ސަބަބުން ވަނީ ފޮރުވިފަ އެވެ. ބާރަށް ވައިޖެހެމުން ދިޔައިރު ގަސްތަށް ވަޔާއި ދެކޮޅަށް ހަގުރާމަ ނުކުރެވިގެން ދެކޮޅަށް ހޫރެމުން ދިޔައެވެ. ބިންމަތީ ހުރި ކުނިބުނިތަށް ވެސް ވަޔާއި އެކުވެގެން އެބުރެނީއެވެ.
މާހީ ކުލާސް ނިންމާލައިފައި ނިކުތެވެ. ޒަހީނާ ބަލާނުދެވޭނެކަމަށް ބުނެފައިވުމުން މާހީ ނިންމައިގެން ހުރީ ލަވްޔާ އާއި ރާޔާ އާއި އެކީ ގެޔަށް ދާށެވެ. ނަމަވެސް ކަންދިމާކުރީ އެހެނެއް ނޫނެވެ. ދެމީހުން ކުރެ އެކަކުވެސް ކްލާހަކަށް ނައެވެ. މާހީ ބިރުން ހުރެ ހިގައިގަތެވެ. މަދުމަދުން މީހަކު ފެނެ އެވެ. މިސަރަހައްދަކީ މީހުންމަދު ފަޅު ސަރަހައްދެކެވެ. ގަސްތަށް ގިނަވެފައި ބިރުވެރި ކަމަށް ދައްކައެވެ. ކުއްލިއަކަށް ބޯކޮށް ވާރޭ އޮއްސައިގަތެވެ. މާހީ ދުވެފައި ގޮސް އެތާ އިން ފަޅު ގެޔެއް ކައިރީ ހުއްޓުނެވެ. އޭރު މީހާ ހުރީ ފުދޭވަރަކަށް ތެމިފައެވެ. މާހީ ވަށައިގެންވީ މާހައުލަށް ނަޒަރު ހިންގާލިއެވެ. ކުރިޒަމާނުގެ ފަރުމާ އަކަށް ރާނައިފައިވާ އެގެ އޮތީ އެއްކޮށް އަދިނރި ކޮށެވެ. މާހީ އައް މިހުރެވުނީ ފަޅުގެޔެއްގައި ކަމަށް ވުމުން ހިތް ނުބައިގޮތަކަށް ތެޅިގަތެވެ. އަވަހަށް މިތަނުން ދުރަށްދާން ބޭނުންވިއެވެ. ނަމަވެސް ތާކަށް ދެވޭނީ ވާރޭ ހުއްޓާ ލުމުންނެއް ނޫންހެއްޔެވެ؟
މަގުގެ މަގުގެ އެއްފަރާތަށް ބަލަހައްޓައިގެން ހުއްޓައި ފިޔަވަޅުތަކުގެ އަޑު އިވެން ފެށިއެވެ. މާހީ ގުޑިވެސް ނުލާ މަޑުން ހުރީއެވެ. މިއީ އޭނަގެ ނިމުމޭ ވެސް ހިތަތް އެރިއެވެ. އެފިޔަވަޅުތަށް ކައިރިވަމުން ވަމުން އައިސް ހުއްޓުނެވެ. ދެން އިވުނީ ބަރުއަޑަކުން މީހަކަު އޭނާ އަށް ގޮވާލި އަޑެވެ. މާހީ ކަރުފަރައިގެންދާހާ ބާރަށް ހަޅޭ ލަވައިގަތެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
46 Comments!
Comments are closed.







yo devil
mi bai vx hessa salhi ingey
eyy bro migadee kudakoh busy igey fahun maadhn vaguthehga bunaanan evaahka! And thank you!
@devil r u a boy or girl burroo
If you are calling me bro so..?
is this dark romance aran must be obsessed with her and we never also get why hes so in love with maahy
Hehe!
Mi part vx vrh reethi Masha Allah ❤️
Thank you!
devil Faiha salaam buni 🙄
btw i am her bestie
btw i just read kureege part thah vrh reethi ❤️
Faihaa kairi buney umurah salaamey 😭😭
Mi kudhin (readers) kairi buneba ma mee firihenen tho noonee anhenehtho alhe
Story is nice. But I don’t like when you include something that happened in my personal life, lil sis.
Well thank you! Cox I wanted to.. hehe!
guys devil is a boy okay
ma kairi faihaa bunee ehn
Aleh aslu tha hehe!
Who commented in my name is it you dhaantte! and hanaan i didnt say umurah salaam to faiherrr!
Mihaaru igeyehnu mamee anhenehkan hehe!
nop
Aww l seriously love this story it’s soo nice
Woww this is getting very interesting 🤔
Can’t wait for the next parts
Luv ur work 💝
And I’m still confused if ur a girl or boy even after reading the comment..!!😭
same same i am also confused 😭😭😭
Thank you! Dont worry about it you can just think if you want me to be a girl I am a girl! And if you want me to be a boy then i am a boy!
Devil is a girl cux she talks like a one
Alhe aslutaa!
Arn
Yes aslu hama 🙄
devil ma madu kohgenney mi huree 😞
Ehaa bunaa gotheh nuvey hadhaan nahthaalaa!
ma ehaa busy koh ulhenikoh manje hoadhayey buneema ey mithanah mi aee vx
Lol
Its your choice!
long time no see my dear devil!
this baby girl told my mom so she took my phone from me and yesterday I just got it
how’s you my bab 😍
hanaan commented cox i told her about you ml
lyssssssssm devil my love 😘
Awwww love u tooooo ml 😘 💋
LESBIANS 🌈
lmao 😂😂😂
kn lesbians ekey kiyaakah tha devil e ee firihenekey
Mashah eyruves enegyey mi devil gandakyy boy eh kan!!
Like ppl wanting to know the gender makes me laugh so hard 😂😂😂
Ey nufupppaaa ngb mashah igey eii anheneh Kan mae mee thrashing meehekey
Thirashu *
e rashu*
mashakah nooney e ee firihenehkan neyngigen ulheneekee
Dhn Keekuran mithaa maa folhuvany. Yageen social media nugengulheny Kan. 😭🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
lmao 😂😂😂
omg mi fathmath faiha amjad thanakah aissiyyaa engeyne konmex zuvaabeh fashaane
anonymous dear you are right she is a kid
kn kameh tha thimeehunnah vaki kureveynee??
wanna know 💀
Thedheh