Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަަބަދަށް-4

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
April 14, 2025 2 Mins Read
14 Comments

އިޝާ ނަމާދުން ފައިބައިގެން ގެޔާދިމާއަށް ދާއިން ދިޔައިރު އެއްވެސް ހިޔާލެއް ފިކުރެށް ނެތެވެ. އޭނާ ވަރަށް ހަމަޖެހިލައިފައި ދިޔައީ ވަލުމަގުން ލައިފަ އެވެ. ގަސްތައް ބޯ ވެފައި އެމަގު އަދިރި އެވެ. ހިގައިފައި ދަނިކޮށް ދާއިންގެ ނަމުން މީހަކު ގޮވާލިއެވެ.

*ޕާރޓް 4*

އަރީޝާ ބޭރަށް ނިކުމެލީ ފިހާރެއަށް ދާށެވެ. ފިހާރެއަށް ވަނުމާ އެކު އެތާ ތިބި ދެ އަންހެނަކު އޭނާ އައް ބަލާލައިފަ ސިއްރު ކިޔަން ފެށިއެވެ. އަރީޝާ ހިތްދަތި ކަމާއެކު އޭނާ ގަތް އެއްޗިހި ހިފައިގެން ފިހާރެއިން ނިކުތެވެ. ގެޔާ ހަމައަށް ދެވުނީރު އޭނާގެ ދެލޯ ވާނީ ފެންކަޅި ވެފަ އެވެ. އަރީޝާ އައިސް ބަދިގެޔަށް ވަނެވެ. އަރަން ގެޔަށް އައީ އިރުކޮޅެއް ފަހުންނެވެ. ގޭތެރޭގައި އަރީޝާ ފެންނަން ނެތުމުން އޭނާ ބަދިގެ ބަލައިލި އެވެ.  އޭރު ގޮޑީގައި އިށީދެލައިގެން މޫނު ފޮރުވައިގެން އަރީޝާ އިނެވެ.

“މަންމާ..؟” އަރަން ގޮވާލި އެވެ.

ސިހިފައި އަރީޝާ އަވަހަށް ކަރުނަތަށް ފުހެލައިފިއެެވެ. އަރަން އަށް އަރީޝާގެ ރަތް ވެފައިވާ ދެލޯފެނި ކައިރިއަށް އައެވެ. އަދި މަންމަ ގަޔާކައިރި ކޮށްލިއެވެ. މިވަގުތު މީހެއްގެ އަޅަލުން ލިބުމުން އަރީޝާގެ ބަޑި ފަޅައިގެން ދިޔައެވެ. ގިސްލަ ގިސްލާފައި ބާރަށް އަރީޝާ އަށް ރޮވުނެވެ.

“ކީއްވެތަ ދަރިފުޅާ.. ކީއްވެ ކުރިކަމެއް އެއީ..” އަރީޝާ ރުއިމުގެ ތެރެއިން އަހާލިއެވެ. އަރަން ވެސް ފެންކަޅި ވިއެވެ.

އޭނާ އަށް ވެސް މަންމަ އަށް ޓަކައި ހަމްދަރުދީ ވެވުނީ އެެވެ. ނަމަވެސް އެދުވަހު އަރަން އެގޮތަށް ކަންތަށް ނުކުރި ނަމަ އޭނާގެ މަންމަ މިއަދު ދުނިޔޭގަ ނުހުންނާނެކަން ޔަގީނެވެ. ނަމަވެސް އެހާލަތުގައި މަންމަ އެކަނި އެއްވެސް ކަމެއްނުކުރެވޭނޭ ހަލު އަރަން އޭނާގެ މަންމަ ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ.

ކައިނިންމާ ލައިފައި ތަށިތަށް ނަގައިދިނުމަށް މާހީ އެހީވި އެވެ. ޒަހީނާ މޭޒުމަތި ސާފުކޮށްލައިފައި ދިޔައީ ޓީވީ ކައިރިއަށެވެ. މާހީ ވެސް ކުރާނެ އިތރު ކަމެއް ނެތުމުން އައިސް އިށީން ދެލިއެވެ. 

“މާހީ.. މާހީ އަށް ބޭރުގައުމަކަށް ދާން ފުރުސަތު ލިބިއްޖެއްޔާ ކޮންތާކަށް ދާނީ..؟” ޒަހީނާ އަހާލިއެވެ.

“އަޅުގަނޑު ބޭނުމީ މެލޭޝީއާ އައް ދާން..” މާހީ އުފާވެލައިފައި ބުނެލިއެވެ

“ކޮން ދާއިރާއަކުންތަ މާހީ ކިޔަވަން ބޭނުމީ..؟” ޒަހީނާ އެހިއެވެ.

“ޑޮކްޓަރަކަން..” މާހީ ޑޮކްޓަރު ކަމަށް މާ ޝައުގުވެރިކަމެއް ހުންނަނީ އޭނާގެ ބޭބެ އަކީ ޑޮކްޓަރަކަށް ވީމައެވެ. މާހީ ކުޑައިރު ބަލިވެގެން ބޭސް ނުބޯން އުޅުނަސް ބޭބެ ވާހަކަ ކިޔައިދެއެވެ. ނަމަވެސް މިހާރު އޭނާގެ ބޭބެ ދުނިޔެ އަކު ނެތެވެ.

“އަސްލުތަ.. ޑޮކްޓަރަކަށް ވާންބޭނުމިއްޔާ ޖެހޭނެ ވަރަށް މަސައްކަތް ކުރަން..” ޒަހީނާ އާއި މާހީ އެތައް އިރެެެއް ވަނަދެން ވާހަކަ ދައްކަން ތިއްބެވެ. ނިދަން ކޮޓަރިއަށް ވަނީރު 11 ޖަހާ ބޮޑު ވެއްޖެވެ.

“އަޅެ ރާޔާ ކޮބާތަ..؟ އޭނަ ރަގަނޅުތަ..؟” މިފަހަރު މާހީި ވާހަކަދެއްކީ ސުކޫލުގަ އިދެއެވެ.

“އެއްވެސް ރަގަނޅެއް ނޫން.. ހެސްކިޔާފަ ހުންގަދަ..” ލަވްޔާ ކިޔައިދިނެވެ.

“އަސްލުތަ..؟” މާހީ އާއި ލަވްޔާ ވާހަކަދެއްކުން މެދުކަޑާލަން ޖެހުނީ ޓީޗަރު އައުމުންނެވެ. ދެމީހުންވެސް ތައްޔާރުވީ ލެސެންއަށެވެ.

އިންޓަވަލް ގަޑިކަމުން ލަވްޔާ އާއި މާހީ ތިބީ ރެއިލިން ކައިރިގަ އެވެ. ދެކުދިންވެސް ވާހަކަދައްކަން ތިއްބަ ދާއިން ކުރިމަތިން ލާފައި ދާން ފެށުމުން ލަވްޔާ ގޮވާލިއެވެ. އޭނާ ބަލައިލި އިރު މޫނުމަތިން ފެންނަނީ ކަންބޮޑު ވުމެވެ.

“އޭ ބްރޯ ދަޅުބޯން ދޭތަ..؟” ލަވްޔާ އަހާލިއެވެ.

“ނުދެވޭނެ މިއަދަކު، ވަރަށް ބިޒީ..” ދާއިން އައް ބެލެނީ ރެއިލިންގް ގެ އަނެއްފަރާތުގައި އިން އަރަން އަށެވެ. އޭނާ ދާހިއްލަން ފެށިއެވެ. އަވަހަށް އޭނާ ދިޔައެވެ.

“ހެހް ހާދަ ފިނޑިވީ ކުއްލިއަކަށް..” ލަވްޔާ އައް ދާއިްނ އުޅުންގޮތް މަޖާވިއެވެ. މާހީ ބަލައިލީ ދާއިން މާވަރަކަށް ބެލި ދިމާ އަށެވެ. އޭތާއިން ޖައިޝް އާއި އަރަން ފެނި މާހީ އައް ކަންވިގޮތް ފަހުމް ވިއެވެ.

“އެ އަރަން އާ ހެދި އަހަރެންނަކަށް ނެތް މީހަކާ އަގައިން ބުނެވޭކަށް ވެސް.. އަހަރެންވެސް ނުބެހެމެއްނު އޭނަ އަކާ އެއް.. ވަރަށް ފޫހިވޭ، ބޭނުމީ ހަމަ މަރާލަން..”މާހީ ހިތާހިތުން ކިޔާލިއެވެ. ބާކީ އޮތް ގަޑިތަކުގައިވެސް ދާއިން މާހީ އާއި ވާހަކަ ނުދެއްކި ތާގަ ބަލައިވެސް ނުލިއެވެ. މާހީ އިތުރަށް އަރަންދެކެ ފޫހި ވިއެެވެ. އޭނާ އާއި ނުވެސް ބެހޭ މީހެއް އޭނާގެ “ލައިފް ކޮންޓްރޯލް” ނަގަން އެއުޅެނީ ކީއްވެ ހެއްޔެވެ. ގައިމު އަރަން އަކީ މާހީގެ ލޯބިވެރިޔާ ނަމަ އެގޮތަށް މާހީ އާއި ދޭތެރޭ ކަންކުރިއަސް އެއްމެ ރަގަނޅެވެ.

އަރަން އައް ހިތްހަމަ ޖެހުމެއް ލިބުނީ ދާއިން ފަރާތުން މާހީ ސަލާމަތް ކޮށްދެވުނީތީއެވެ. ދާއިން އަކީ ކޮންކަހަލަ މިޒާޖެއްގެ މީހެއްކަން އަރަން އަށް ވަރަށް ރަގަނޅަށް އެނގެ އެވެ. ދާއިން އަކީ ތާކުން ފެންނަހާ އަންހެން ކުއްޖަކާއި “ފްލާރްޓް” ކޮށްފަ އުޅޭ މީހެކެވެ.

“އޭ ކައޭ ކިހިނެއް ހެދީ ދާއިން އަށް..؟ އޭނަ މިހާރު ކައޭ ފެންނައިރަކަށް އިންނަނީ ބިރުން ވިރޭ ވަރުވެފަ..” ޖައިޝް އައިސް އަރަން މެންގޭގެ ޖޯލިފަތީގައި އިށީން ދެލިއެވެ.

“މަ ބުނީމެއްނު އޭނަ އާ ކުޑަކޮށް ވާހަކަ ދައްކައި އީއޭ..” އަރަންގެ ތުންފަތް މަތީގައި ވަނީ ވިހަގަދަ ހިނިތުްވުމެކެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ނުކުރާށެބާކީ، ކުށަކާ ނުލާ 3

Next

ހިތް ބޭނުމޭ ދުލުން 17

Next
April 14, 2025

ހިތް ބޭނުމޭ ދުލުން 17

Previews
April 13, 2025

ނުކުރާށެބާކީ، ކުށަކާ ނުލާ 3

14 Comments!

  1. Mayasi paw! says:
    April 14, 2025 at 9:13 pm

    What is aran’s mom talking about! Did he had a bad childhood!
    And for maahi I feel really bad for her, like Aran is not even anyboy talk to her! So protective! Anyways mi part ves v reethi maashaaallah! 🤗 Keep it up my darling! When’s next!

    1. _MuXo_ _devil_ says:
      April 14, 2025 at 9:17 pm

      Thank you! And let’s see dhw Aran ge past ga kihinehtho v! Hehe! V avahah insha’Allah!
      School ga maagina iru ulheythi ehaa time eh nulibe dhw liyaakah but I will try my best at least 2 part week Aku kiyaalan libeyne!

  2. Nayerr says:
    April 14, 2025 at 9:34 pm

    Mi part ves vrh reethi curiously waiting for the next part lysm devil ❤️💋😘

    1. _MuXo_ _devil_ says:
      April 15, 2025 at 1:28 pm

      Thank you! love you too!

  3. m says:
    April 14, 2025 at 11:44 pm

    aran is like a black flag honestly and glad maahy is not a dumb mc and knows hes being possessive even tho aran tries to justify it by saying hes a flirty boy who she wants to interact with has nothing to do with him shes not some damsel in distress

    1. _MuXo_ _devil_ says:
      April 15, 2025 at 1:29 pm

      hehe!

  4. baby girl 🙈 says:
    April 15, 2025 at 6:33 am

    Mi part vx vrh reethi Masha Allah ❤️
    ekm haadha heenuveyey hama ekani vaahaka dhehkeehehn 👀

    1. _MuXo_ _devil_ says:
      April 15, 2025 at 1:30 pm

      Thank you! where is dhaantte bro? I need to tell him something!

    2. baby girl 🙈 says:
      April 15, 2025 at 3:28 pm

      I don’t know but I will let him know you hoadhayey

  5. dhaantte says:
    April 15, 2025 at 4:12 pm

    kihineh v bro?
    midhuvaskolhu thankolheh bxy v ey

    1. _devil_ says:
      April 15, 2025 at 6:45 pm

      Fahun dhw!
      Dhen Anna part ga!

  6. dhaantte says:
    April 15, 2025 at 7:02 pm

    hehe okay

  7. Anonymous says:
    April 17, 2025 at 6:19 pm

    I love the whole story

  8. Anonymous says:
    April 17, 2025 at 7:17 pm

    Masha laan mi part ves Varah reethi
    Waiting for the next part
    Luv ur work 💝

Comments are closed.

Next Episodeއަބަދަށް-5←


All Right Reserved!