Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

ހިތް އެދޭ ލޯތްބަކީ ތީ( ޕާޓް 4)

Lamtty
Lamtty Level 710 Stories100 Login100 Comments500 Login100 Stories
April 15, 2025 3 Mins Read
6 Comments

ކިފްލު ގޮސް ގެއަށް ވަނުމުގެ ކުރިން އެއް ފަހަރު އެނބުރި ފަހަތް ބަލައިލިތަން އަދާރާ ދުށްޓެވެ. ނަމަވެސް އެކަން އެނގުނު ކަމަށް ނުހަދާ އޭނާ ކުނި ކެހުން ކުރިއަށް ގެންދިޔައެވެ. އެހެނަސް އިސާހިތަކު އޭނާގެ ހަގީގީ އިހުސާސްތައް، ހިނިތުންވުމެއްގެ ސިފަ ޖެހި އޭނާގެ ތުންފަތުން ޖާގަ ހޯދީ ހުއްދަ ހޯދުމަކާއިވެސް ނުލައެވެ. ކިފްލުގެ ސަމާލުކަން ލިބުމުން އޭނާ އެހާ އުފާ ވާންވީ ކީއްވެ ހެއްޔެވެ؟ ދެވަނަ ސިކުންތު, ދެފަރާތަށް ބޯހޫރާލަމުން އަދާރާ ’އައި ރޯލް‘ ކޮށްލިއެވެ.

*****

ހަވީރުގެ ވަގުތެވެ.އިރު ދޮން މަޑުވެލުމުން މަގުތައް މަތީ ފިނި ބުރު ޖަހަން ނުކުމެ އުޅޭ މީހުންތައް ގިނަވިއެވެ.އަދާރާވެސް ތައްޔާރުވަމުން ދިޔައީ އޭނާގެ މަންމައާއިކު އޭނާގެ ދެބެންގެ ދެދަރި ދައްތައެއް ވިހައިގެން އުޅޭތީ އެ ގެއަށް ޒިޔާރަތް ކޮށްލުމަށެވެ.

*****

އަތުކުރިއަށް ރަބަރު ލާފައި، އަތް ދޫކޮށް ހުރި ކްރީމް ކުލައިގެ އަބާޔާއަކާއި އެކު އޭނާ އެޅީ ކަނޑު ނޫކުލައިގެ ދެ ފަށަލައިގެ ޚިމާރް ބުރުގާއެކެވެ. ބުރުގާ ރަނގަޅަށް އައްސައި މޫނަށް ހެޔޮވަރު ކޮށްލަމުން ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލަމުން އޭނާ ހިނިތުންވެލީ ހުރެވުނު ގޮތާއިމެދު ހިތްހަމަ ޖެހިފައި ހުރި ފަދައަކުންނެވެ. ތުންފަތް ކުޑަކޮށް ހިކޭގޮތްވެފައި ހުރުމުން ވެސްލިން ކޮޅެއް ހާކައިލާ ފަރި ބަލައިލަންވެގެން ލޯގަނޑާއި ކުޑަކޮށް ކައިރިއަށް ޖެހިލިއެވެ.އެވަގުތު އޭނާގެ ދަތްދޮޅީގައި އިން ކަޅުތިލަ  ލޮލުގައި އަޅައިގަތުމުން އަނެއްކާވެސް އޭނާގެ ހަނދާނަށް އައީ ކިފްލުއެވެ.

****

’ އޮހ ގޯޑް ވައި؟! ވައި؟! ވައި؟!‘ އަދާރާ ގަޔާނުވެގެން އެކަނި ހުރެ އަޑުގެ ކޮޅަށް ކުސްތަޅައިގަތެވެ.އޭނާގެ ބޮލުން ކިފްލުގެ ޚިޔާލުތައް ނުނެރެވިގެން މިއުޅެނީ ކީއްވެބާއެވެ؟ކޮންމެވެސް ސިފައެއްގައި އަބަދު އެބަ އޭނާގެ ހަނދާނަށް އާދެއެވެ.

****

އަދާރާ ހަގީގަތަށް ވާސިލުކޮށްލީ ސިޔާމާ އެ ކޮޓަރި ދޮރުގައި ދިން ބާރު ޓަކިތަކެވެ.އޭނާ ހަމަ ރަނގަޅަށްވެސް ސިއްސައިގެން ދިޔައެވެ.

’އަދޫ އަވަސްކުރޭ‘ ސިޔާމާ ގޮވައިލިއެވެ.

’މި ނިމުނީއޭ މަންމާ‘

އަދާރާ އެހެން ބުނެލާފައި އަވަސް އަވަހަށް ސެންޓުކޮޅެއް ޖަހާލައިގެން ކޮޓަރިން ނުކުންނަން ދިޔައެވެ.ސެންޓު ބޭނުން ކުރުމުގައިވެސް ހައްދު ފަހަނަ އަޅައި ނުދާން އޭނާ އިސްކަމެއް ދެއެވެ.

*****

އެގެއަށް ދިޔަ މަގުމަތީގައި ފިހާރައަކަށް ވަދެ ދައްތައަށް ގެންދާނެ ރަނގަޅު ހަދިޔާއެއް އަދާރާ ޚިޔާރު ކުރިއެވެ. އެއަށް ރުފިޔާ ދައްކަން ކައުންޓަރާއި ދިމާލަށް ދާން ވެގެން އެނބުރުނު ވަގުތު މީހެއްގެ ގައިގައި އޭނާ ލައިނުގަތީ ހަމަ ކިރިޔާއެވެ.އޭރު އޭނާގެ މަންމަ ހުރީ ތަންކޮޅެއް ދުރުގައި ކޮންމެވެސް މީހަކާ ވާހަކައިގައި ޖެހިފައެވެ.

*****

’އަދާރާ؟!‘ އޭނާއާއި ކިރިޔާ މުޑި ނޭރި މީހަކީ ކިފްލުއެވެ.

*****

އާންމުކޮށް ޖުއްބާގައި ފެންނަ ކިފްލު މިފަހަރު ހުރީ ހުދު ކުލައިގެ އަތް ދިގު ގަމީހަކާއި ކާކީ ކުލައިގެ ފަޓުލޫނެއްގައެވެ. އުޅަނބޮއްޓާއި ހަމައިން  ދެ އަތް އޮޅާލައިފައި ހުރި އިރު އެ ކަސްރަތީ ދެއަތުން ބޮޑުބައެއް  އޮތީ ހާމަޔަށެވެ. އެ މަންޒަރު ފެނި އަދާރާގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ.ކޮންމެ ގޮތަކަށް ހެދުން އެޅިޔަސް އޭނާ ހާދަ ރީތިވެފައި، ފިރިހެންވަންތައޭ އަދާރާގެ ހިތަށް އެރިއެވެ.

*****

ކިފްލުގެ ފުރަގަހުގައި ހުރި އޭނާގެ މަންމަ ޙުއްބާ އަދާރާއަށް ފެނުނީ ކުއްލިއަކަށެވެ. ކަޅުކުލައިގެ އަބާޔާއާއި ޚިމާރް ބުރުގާއެއްގައި އޭނާ ފެންނަލެއް އަދިވެސް ވަރަށް ރީއްޗެވެ. ހަނދެއްފަދަ އަލި މޫނުގައި އަބަދުވެސް ފާޅުވޭވޭ ހުންނަނީ ހިތްހެޔޮ ކަމެވެ. ނިތުގައި ހުރި ދެތިން ރުލެއް ފިޔަވައި ކުޑައިރު އަދާރާއަށް ޙުއްބާ ފެނުނު އިރެކޭ މިހާރެކޭ މާ ބޮޑު ތަފާތެއް އައިސްފައެއް ނެތެވެ.

*****

ކިފްލުގެ ދުލުން އަދާރާއޭ ބުނި އަޑު އިވުނު ހެން ހީވެ ޙުއްބާގެ ނަޒަރު އެ ދިމާލަށް ދަތުރުކޮށްލީ ނިކަން އަވަހަށެވެ.އެވަގުތު ކިފްލުގެ ކުރިމަތީގައި ހުރި އަންހެން ކުއްޖާ ފެނުމުން އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

*****

’އަދާރާ ޑިއަރ!‘

ޙުއްބާއަށް އަދާރާކަން އެނގުމާއިއެކު އައިސް އޮޅުލައިނުގަތީ ކިރިޔާއެވެ.ކަރާއި ކަރު ޖައްސައި ސަލާމްކޮށް، ޙާލު އަހުވާލު އޮޅުން ފިލުވިއެވެ.އަދާރާގެ ރީތިކަމަށް ޙުއްބާ ތައުރީފުގެ ބަސްތައް އޮއްސައިލުމުން ގަތް ލަދުން އޭނާގެ މޫނުކޮޅު ރަތްވިއެވެ. އޭރު ކިފްލު ހުރީ ވަރަށް ހިނިއައިސްފައި އޭނާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ކިފްލުގެ ކޮލަށް އެޅިފައި ހުރި އަޑިކޮޅުގެ ފުންކަން ހެކި ދިނީ އެ ހިނިތުންވުމުގެ ތެދުވެރިކަމެވެ.

****

އިރުކޮޅަކުން ސިޔާމާވެސް އެމީހުން ފެނިގެން އެތަނަށް އައެވެ.އޭނާވެސް ޙުއްބާ ފެނުމުން ވަރަށް އުފާވެފައި ވާހަކަ ދައްކަން ފެށިއެވެ.ޙުއްބާއަށް ދިވެހިން މާ ރަނގަޅަށް ވާހަކަދައްކަން ނޭނގުނެއްކަމަކު ކިޔާ އެއްޗެހި ރަނގަޅަށް ފަހުމުވެއެވެ.

*****

ސިޔާމާއާއި އަދާރާ އެ ބައްދަލުވުން ކުރުކޮށްލީ ކިފްލުމެންނަށް އެ ގެއިން ހަވީރު ސަޔަކަށް ދައުވަތު ދީފައެވެ.ޙުއްބާ ވަރަށް ހިނިއައިސްފައި ހުރެ ސިޔާމާ އަޅާ ކުޅި ބޯކިބާ މީރު ވާހަކަ ބުނެލިއެވެ.ޙުއްބާއަކީ ދިވެހީންގެ ކެއުން ވަރަށް ކަމުދާ މީހެކެވެ.މިސްރުގައި އުޅުނެއް ކަމަކު އޭނާ ދޭތެރެއަކުން ދިވެހި ރެސިޕީތަކަށް އެއްޗެހި ތައްޔާރު ކުރެއެވެ.

*****

އެގެއަށް ގޮސް އެ ކުޑަ ކުއްޖާ އުރާލަން ލިބުމުން އަދާރާ އިނީ ގެއަށް ދާ ހިތް ނުވެފައެވެ. އޭނާއަކީ ކުޑަ ކުދިންނަށްވެސް އެހާ ވަރު ހުންނަ މީހެކެވެ.އެންމެ ފަހުން އޭނާ ގެއަށް ދިޔައީ ވެސް ސިޔާމާ އިރުއޮއްސެން ވާއިރަށް ގެއަށް ދާން ވާނޭ ކިޔަން ފެށުމުން ހިތާއި ދެކޮޅަށެވެ.

*****

ކުލާސް ނިންމާލައިފައި ޢިޝާ ނަމާދުކޮށްގެން އަދާރާ ކާން ވެގެން ބަދިގެ ފަރާތަށް ނުކުތެވެ.ސިޔާމާ މާ ވަރުގަދަ ޑައިޓެއްގައި އުޅޭތީ ދެ ނަމާދު ދޭތެރޭގައި ރޭގަނޑުގެ ކެއުން ނިންމައިލައެވެ. އެހެންކަމުން ފަހަކަށް އައިސް އަދާރާއަށް ކާން ޖެހެނީ އެކަންޏެވެ.

****

އަދާރާ ގޮސް ތަށްޓަށް ބަތް ކޮޅެއް އަޅައިގެން ގަރުދިޔަ ތެލި ކައިރިއަށް ޖެހިލައި މަތި ހިއްލައިލިތަނާ ބަދިގެ ދޮރުމަތިން ’މިއައޮއޭ‘ ގޮވައިލި އަޑު އިވުނެވެ. އަދާރާ ބަލައިލިއިރު ބަދިގެ ދޮރުމަތީ އޮތީ ސޫޖީއެވެ. އެ ސޮރުގެ މޫނުމަތީގެ ޝުއޫރުތައް ހުރީ ’މަށަށް ނުދީ ކަލޭ ގަރުދިޔަ ކަނީހޭ‘ ބުނެލި ފަދަ ގޮތަކަށެވެ. ގަރުދިޔައާއި ގަރުދިޔަ މަހަކީ ސޫޖީއަށް މާ ކަމުދާ އެއްޗެކެވެ.އެސޮރަށް އެ ނުދީ ކެއުމަކީ ބޮޑުތަނުން ’ޗީޓު‘ކުރުން ކަހަލަ ކަމެކެވެ.

****

އަދާރާ އޭނާ އެޅި ބަތްތަށި ބަހައްޓާފައި ސޫޖީއަށް ކާން އަޅާ ތަށިގަނޑު ގެނެސް ބަތްކޮޅެއް އަޅައި ގަރުދިޔައާއި މަސްކޮޅަކާއި އެކު ރަނގަޅަށް މޮޑެލިއެވެ. އޭރު އެސޮރު އޮތީ ކެތްމަދުވެގެން އެއް ފައްޗަކަށް ’މިއައޮއޭ‘ ގޮވައިލަ ގޮވައިލައެވެ.

****

ސޫޖީގެ ތަށި ގެންގޮސް ބޭރުގައި ބެހެއްޓުމުން އެ ސޮރު ދަހިވެފައި ކާން ފެށިއެވެ.އަދާރާ އަނެއްކާވެސް ވަދެ  އަތް ދޮވެލައިގެން ކާމޭޒު ކައިރީ ބަތްތަށި ހިފައިގެން އިށީނެވެ. ހެޔޮވަރުގެ ގިތެޔޮ މިރުހަކާއި ލުނބޯ ފަޅިއެއް ފިތާލައި މޭޒުމަތީގައި ހުރި ތެލުލިފަތް ދަޅުން ތެލުލިފަތް ކޮޅެއް އަޅައި ރަނގަޅަށް ބަތްތަށި މޮޑެލިއިރު ސޫޖީ ނޫނަކަަސް އޭނާވެސް އިނީ ކާހިތުން ކުޅު ދިޔާވެފައެވެ.

*****

އަދާރާ ކައި ނިމިގެން ތަށި ދޮންނަން ޒިންކު ދޮށަށް ކައިރިވެ ލިއެވެ. އޭރު ސޫޖީވެސް ކައި ނިމިގެން ބަދިގެ ދޮރުމަތީ ބަނޑު ޖަހާލައިގެން އޮތެވެ. އަދާރާ ފެނުނުހާއިރަކަށް އެސޮރު ތެދުވެ މޯޅިއަކަށް ދެމިލިއެވެ. އަދި ’އަހަރެން ދެން ދަނީއޭ‘ ބުނެލި ފަދައަކުން އަޑުތަކެއް ލައްވައިލިއެވެ. އެސޮރު ބޭރަށް ދާތީ އަދާރާ ކައިރީ ބުނެލީ ކަން އޭނާއަށް ވިސްނުނެވެ.ބުޅަލެއް ކަމަކު އެކީގައި ގިނަ ވަގުތުތަކެއް ހޭދަ ކުރެވުމުން އެސޮރުމެންގެ ބަހުރުވަ ވެސް ދަސްވާނެތާއެވެ.

*****

އެއްޗެހި ހޫނުކޮށް ނިންމާފައި އަދާރާ ބަދިގެއިން ނުކުތް އިރު މާހައުލުގައި އެއް އަޑަކަށް ހިފާލައިފައި ވަނީ ރަފީގު ގޮވާ އަޑެވެ.ބޮކިތައް ނިވައި ދޮރުތައް ރަނގަޅަށް ތަޅުލާފައި އަދާރާ މަޑުމަޑުން ފޯނާއި ކުޅެމުން ގެއަށް ވަންނަން އައި ވަގުތު އޭނާގެ ވާތް ފަޅިން ބޫން ކަނޑާފައި ހިޔަންޏެއް ހުރަސްކޮށްލިއެވެ. އަދާރާގެ ގަޔަށް އަރައިގެން ދިޔަ އާދަޔާޚިލާފު ފިނިގަނޑާއިއެކު އޭނާގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ.

 

( ނުނިމޭ)

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 710 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

އެ ހަނދާންތައް

Next

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 32

Next
April 15, 2025

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 32

Previews
April 15, 2025

އެ ހަނދާންތައް

6 Comments!

  1. Nayerr says:
    April 16, 2025 at 7:10 am

    OMG 😱 Mi part ves vrh reethi when’s next part curiously waiting for the next part take care lysm Lamtty 💋❤️😘

    1. Lamtty Lamtty says:
      April 16, 2025 at 7:31 pm

      Thank you Nayerr ❤️
      In Sha Allah soon ingey.

  2. Him says:
    April 16, 2025 at 6:56 pm

    Masha Allah
    Whens next part

    1. Lamtty Lamtty says:
      April 16, 2025 at 7:32 pm

      Thank you 😊
      Soon

  3. 😭 says:
    April 16, 2025 at 7:02 pm

    Lamtty Pls learn from nayerr

    1. Lamtty Lamtty says:
      April 16, 2025 at 7:31 pm

      Thank you 😊

Comments are closed.

Next Episodeހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 5)←


All Right Reserved!