Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ވަރަށް ލޯބިވެއެވެ.

Blackbeuty Level 1
December 17, 2015 3 Mins Read
19 Comments

މިއީ އަހަރެންގެ ހަޔާތުގެ ވާހަކައެވެ. އުމުރުން މިހާރު 40ގެ އަހަރުތައް ގުނަމުންދާ އަހަރެންގެ ހަޔާތުގެ ވާހަކައެވެ. އުފަލާއި ހިތާމަ އެކުލެވިގެންވީ އަހަރެންގެ މާޒީއެވެ. އަހަރެންނަކީ މާގިނަ ކުދިންނާއި ލޯބީގެ ގުޅުންތަކެއް ބޭއްވި މީހެެއްނޫނެވެ. މުޅި ހަޔާތުގައިވެސް ލޯބިވީ އެންމެ މީހެއް ދެކެއެވެ. ރައްޓެހިވީވެސް ހަމައެކަނި އެކުއްޖާއާއި އެވެ. އެ ދުވަސްތައް މިއަދު ވީ ކަމެއްހެން އަހަރެން ހަނދާނުގައި ތާޒާކަމާއި އެކު ހަރުލާފައި އަދިވެސް އެބަހުއްޓެވެ. އެއީ ގްރޭޑް 11 ގެ ކިޔެވުން ނިންމާލުމަށްފަހު ޗުއްޓީއަށް އަހަރެން ރަށަށް ގޮސް ހުއްޓައެވެ. ހުޝާމް އާއި އަހަރެން އެ ގޮތަށް ދިމާވި ފުރަތަމަ ފަހަރެވެ. ހުޝާމްއާއި އަހަރެންނަކީ އެއްރަށެެއްގެ ދެ މީހުން ކަމުގައިވިޔަސް އުމުރުން ވަރަށް ހަގު އިރުއްސުރެ އަަހަރެން ދިރިއުޅެމުން އައީ މާލޭގައިކަމުގައިވުމުން ހުޝާމްއާއި އަހަރެން ކުރިން ދުވަހަކުވެސް ވާހަކަދައްކައެއް ނޫޅެމެވެ. އެހެންނަމަވެސް އެފަހަރު ޗުއްޓީއަށް ރަށަށް އައުން ވެގެން ދިޔައީ އަހަރެމެން ދެމީހުންގެ މެދުގައި ގުޅުމެއް އުފެދުމުގެ ސަބަބުކަމުގައެވެ. ހުޝާމް އެކި ގޮތްގޮތުން އަހަރެންނާއި ގަޔާވާކަން ހާމަކުރަމުންދިޔައެވެ. އަދި އަހަރެންނާއި ގުޅެން ބޭނުންވާހަކައާއި ލޯބިވާ ވާހަކަ ހާމަކުރިއެވެ. އެހާ ހިސާބުން އަހަރެން ނިންމީ ލޯބިނުވިކަމުގައިވިޔަސް ހުޝާމްއާއި ގުޅޭށެވެ. އަހަރެންގެ މުޅިއާއިލާވެސް މި ގުޅުމާއި ރުހުމާއި އެކު އަހަރެންގެ ފިރިއެއްގެ ގައިގައި ހުރުމަށް ބޭނުންވާފަދަ ހަރުދަނާ އެތައް ސިފަތަކެއް ހުޝާމްގެ ގައިގައި ހުރުމާއިވެސް އެކުގައިއެވެ. ރައްޓެހިވެގެން ހޭދަވި ދެ އަހަރެއްހާ ދުވަސްތެރޭ އަހަންނަށް ހުޝާމްދެކެ އިންތިހާއަށް ލޯބިވެވުނެވެ. މީގެ ކުރިން މި ހިތުން ދުވަހަކުވެސް އެހެން މީހަކަށް ޖާގަދެވިފައިވެސް ނުވުމާއިއެކު އަހަރެންނަށް ހުޝާމްއާއި ނުލާ ނޫޅޭވޭ ވަރަށް ލޯބިވެވުނެވެ. ހުޝާމްވެސް ވަރަށް ރަނގަޅެވެ. އަޅާލާ އަހަރެްންގެ ހުރިހާ ކަމެއްގައިމެ އެހީތެރިވެއެވެ. ކޮންމެއަކަސް ސްކޫލް ނިމުމާއި އެކު އަހަރެންނާއި ހުޝާމްގެ ކައިވެނި ކުރެވުނެވެ. އެއީ އަހަރެންގެ ހަޔާތުގައި މިހާތަނަށް އައި އެންމެ އުފާވެރި އެއްދުވަހެވެ. އެ އިހުސާސްތަކާއި، އެހަނދާންތައް އަދިވެސް މި ހިތުގައި ތާޒާކަމާއިއެކު ރައްކާކުރެވިފައިވެއެވެ. ކައިވެނި ކުރުމުމަށް ފަހު ދެމީހުންވެސް ދެމީހުން ބޭނުންވާ ދާއިރާއިން ކިޔެވުމަށްޓަކައި ވަގުތު ހުސްކުރީމެވެ. ދިރިއުޅުން އުޖާލާކޮށް ބާއްޖަވެރި މުސްތަގްބަލަކަށް ކުރެވޭ ފޮނި އުއްމީދުތަކެއް ހުރުމާއިއެކު ދެ މީހުންވެސް ބޭނުންވީ ފުރަތަމަ ކިޔަވާ ނިންމާށެވެ. އަހަރެން އެންމެ ކުޑައިރުއްސުރެ ދެކެމުން އައީ މޮޅު ގާނޫނީ ވަކީލަކަށްވުމުގެ ހުވަފެންތަކެވެ. ހުޝާމް ކިޔަވަމުން ދިޔައީ އޭނާ އެންމެ ބޭނުންވާ ދާއިރާކަމުގައިވާ މެޑިސިންގެ ދާއިރާއިންނެވެ. މިގޮތުން ހުޝާމް ކިޔަވާ ނިންމާ ކުޑަކުދިންގެ ޑޮކްޓަރަކަށް ވެގެން އައި އިރު އަހަރެންވަނީ އަހަރެންގެ ދާއިރާގައި އަމަލީ ގޮތުން  މަސައްކަތްކުރަންފަށާފައެވެ. އަހަރެމެންގެ ދިރިއުޅުން މިހާ ހިސާބަށް އަންނަންދެން ވެސް ވަރަށް އުފާވެރިއެެވެ. އެފަދަ ފިރިއަކު ލިބުނީތީ އަހަރެން އަބަދުވެސް ފަހުރުވެރިވީމެވެ. ދެމީހުންގެ މަސައްކަތުން ފުދޭވަރެއްގެ އާމްދާނީއެއް ލިބުމާއިއެކު އުޅެމުން އައީ ފުދޭ އުފާވެރި ދިރިއުޅުމެކެވެ. އަހަރެންގެ ރައްޓެހިންވެސް އަހަރެންގެ ނަސީބާމެދު އަބަދުވެސް ވާހަކަ ދައްކައެވެ. އެމީހުންނަށްވެސް އެފަދަ ދިރިއުޅުމެއް ލިބުން ނަމައޭ އަބަދުވެސް ކިޔާނެއެވެ. އެހެންނަމަވެސް އަހަރެން މި އުފާވެރި ހަޔާތަށް ނިމުން އައީ އަހަރުމެން ދެމީހުން ކުރެ އެއްވެސް މީހެއްގެ ކުށަކުންނޫނެވެ. ކައިވެނިކޮށްގެން ހޭދަވި 15 އަހަރުތެރޭގައިވެސް އަހަރުމެންގެ އުނގުފަޅުފިލުވާދޭނެ ކުއްޖަކު ނުލިބުންވެގެން ދިޔައީ އަހަރެމެންގެ އުފާވެރި ހަޔާތަށް އެޅުނު ހިޔަންޏަކަށެވެ. އެތައް ޑޮކްޓަރުންނަކަށް ދައްކާ އެތައް ގޮތަކަށް ފަރުވާކޮށްވެސް އަހަރެމެންގެ އުއްމީދު ފުރިހަމަ ނުވެ 15 އަހަރު ވޭތުވެގެންދިއުން ވެގެން ދިޔައީ އަހަންނާއި ހުޝާމްގެ ގުޅުމަށް ހީނަރުކަން އަންނަން މެދުވެރިވި ސަބަބަށެވެ. ކޮންމެ ޑޮކްޓަރަކުވެސް ބުނަނީ އަހަރެންގެ އެއްވެސް މައްސަލައެއް ނެތްކަމަށާއި މައްސަލަ ހުރީ ހުޝާމްގެ ކަމުގައެވެ. އަހަރެން  ކިތައްމެ ކުއްޖަކު ބޭނުންވިޔަސް އެކަމެއް ނުދައްކަމެވެ. ހުޝާމް ދެރަވާފަދަ ކަމެއް ކުރަން ބޭނުންނުވާތީއެވެ. އަހަރެން ހުރީ ހުޝާމް އާއި ވަކިނުވާން  އަޒުމް ކަނޑައަޅައިގެންނެވެ. އެހެންނަމަވެސް..ހުޝާމް މަޑުމަޑުން ބަދަލުވާން ފެށިއެވެ. އަހަރެމެންގެ ގުޅުން މަޑުމަޑުން ދުރުވާންފެށިއެވެ. އަހަރެންގެ އުއްމީދުތައް ފުރިހަމަ ނުވުމުގެ ސަބަބަކަށް ވާން އޭނާ ބޭނުންނުވީއެވެ. އަހަރެން އޭނާ ދޫކޮށްލާފައި ނުދާނެކަން ޔަގީންވާތީ ހުޝާމް ބޭނުންވީ އަހަރެންގެ ދިރިއުޅުމުން ދުރަށް ދާށެވެ. އެހެންކަމުން އަހަރެންގެ އާދޭސްތަކަށް ފުރަގަސް ދިނުމަށްފަހު އަހަރެންގެ ދިރިއުޅުމުން ދުރަށް ދިޔައެވެ. އަހަރެން ހުޝާމް ކުށްވެރިއެއް ނުކުރަމެވެ. އަހަންނަށް  އެނގެއެވެ. އެގޮތަށް ހުޝާމް ކަންތައްކުރީ އަހަރެންގެ އުފަލަށްޓަކައެވެ. އެފަހުން މިހާރު 5 އަހަރު ފާއިތު ވީއެވެ. އަހަރެެންނަކީ މިއަދު ދެ ކުދިންގެ މަންމައެކެވެ. ހުޝާމްއަށްފަހު ވެސް އަހަރެންގެ ހަޔާތަށް އައީ އަހަރެން ދެކެ އިންތިހާއަށް ލޯބިވާ ފިރިއެކެވެ. މިއަދު އަހަރެން މާ ބޮޑަށް ހުޝާމް މަތިން ހަނދާންވަނީއެވެ. ހުޝާމް އަހަރެންދެކެ ލޯބިވާ ވަރު އަހަރެންނަށް މިއަދު އިތުރަށް ޔަގީންވެއްޖެއެވެ. އަހަރެންގެ ފިރިމީހާ އަހަރެންނަށް މިއަދު ކިޔައިދިން ވާހަކަތަކަށްފަހުގައެވެ. އަހަރެންގެ މިހާރުގެ ފިރިމީހާ އަހަރެންގެ ހަޔާތަށް އަންނަން މެދުވެރިވީވެސް ހުޝާމްއެވެ. ހުޝާމް އަހަރެންެގެ ހަޔާތަށް އައުމަށް އޭނާގާތު އެދުނީއެވެ. އިއްތިފާގަކުން އަހަރެންގެ ފިރިމީހާ އާއި ހުޝާމްއާއި ދިމާވެ މަޖަލަކަށް އިންނާނެ ރަނގަޅު ކުއްޖަކު ނެތް ހޭ އެހި އެހުމެއްގެ ތެރެއިންނެވެ. ހުޝާމް އެދުވަހު ވަރަށް ތަފްސީލުކޮށް އޭނާގެ ހަޔާތުގެ ވާހަކަތައް ކިޔައިދިނެވެ. އަދި އަހަރެންގެ ހަޔާތަށް އައުމަށް އޭނަގާތު އެދުނެވެ.  ހުޝާމްއަށް އިތުބާރުކުރެވޭ ފަދަ ރަނގަޅު މީހަކު އަހަރެންގެ ހަޔާތަށް ގެނައުމަށްޓަކައެވެ. އެދެ މީހުންނަކީ ކިޔަަވަން އުޅުން އިރުންސުރެ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. ހުޝާމްގެ މިޒާޖަށް ބަދަލު އައިސް އަހަަރެންނާއި ދުރުވާން ފެއްޓީ އެދުވަަހަށްފަހުގައެވެ. އަހަރެމެން ވަކިވީ ފަހުން މިވީ 5 އަހަރު ތެރޭ އަހަރެން ދުވަހަކުވެސް ހުޝާމް އެއްނުދެކެމެވެ. އެއްވެސް ހަބަރެއް ނުވެއެވެ. ނަމަވެސް އަހަރެންގެ ފިރިމީހާ ބުނީ އަބަދުވެސް އަހަރެންގެ ހާލު ހުޝާމް ބަލާކަމުގައެވެ. ހުޝާމްއެވެ. އަހަރެން ހުޝާމްދެކެ އަދިވެސް އެ ދުވަހެކޭ އެއްގޮތަށް ލޯބިވަމެވެ. އަހަރެން ގަބޫލުކުރަމެވެ. ހުޝާމްކުރި ކޮންމެ ކަމެއް ކުރީ އަހަރެންގެ އުފަލަށްޓަކައެވެ. އޭގެ ސަބަބުން އަހަރެން ނަށް މިއަދު ދުނިިޔެމަތިން ފުރިހަމާނެ ހުރިހާކަމެއް ފުރިހަމަވެއްޖެއެވެ. ލޯބި ލޯބި ދެ ކުދިންނާއި އަހަރެންދެކެ ލޯބިވާ ފިރިއަކާއި ތަނަވަސް ދިރިއުޅުމެކެެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް އަދިވެސް އަހަރެންގެ ހިތުގައި ނުފިލާ ފަޅުކަމެއްވެއެވެ. އެއީ ހުޝާމް އަށް އެހިތުން ދިން ޖާގަ ފުރައިދޭން އަހަރެންގެ ހަޔާތުގައި ނެތުމުގެ ސަބަބުންނެވެ. އަދިވެސް އަހަރެންގެ ހިތަކީ ހުޝާމްގެ މިލްކެކެވެ. އަދިވެސް އަހަރެން ހުޝާމް ދެކެ ވަރަށް ލޯބިވެއެވެ. ވަރަށް ހަނދާންވެއެވެ.

Share Article

Follow Me Written By

Blackbeuty

Level 1

Other Articles

Previous

Loabivaa mammaa magey

Next

ފޮހެވޭނޭ ބާއޭ… 22

Next
December 17, 2015

ފޮހެވޭނޭ ބާއޭ… 22

Previews
December 17, 2015

Loabivaa mammaa magey

19 Comments!

  1. maalu says:
    December 17, 2015 at 1:26 pm

    Vrh vrh vrh reethi….

  2. ravoopinky says:
    December 17, 2015 at 1:27 pm

    v v v reethi story

  3. Ryn says:
    December 17, 2015 at 1:27 pm

    awww… vrh dheravehje… rovihje me…. 🙁 bt vrh salhi ingeyy mi stry.. 😉 gud job… jxt luv it..

  4. Shabee says:
    December 17, 2015 at 1:27 pm

    hey black beauty 😀 vrh vrh vrh rythiii story eh…….story ah lyk eh 😉 😉 😉 vrh habeyss…. 🙂 all da bst 🙂

  5. Immy says:
    December 17, 2015 at 1:30 pm

    VRH VR salhi…. 🙂 🙂 dnt kniw wat to say…… its jst so… wowww………. 😉 😉

  6. nuzoo says:
    December 17, 2015 at 1:33 pm

    mikahala vaahaka thakuge sababun meehunna edhe hure ehen firihenun gaathah dhaa anhenun nah v bodu hivvareh libey… vaahaka eh viyas eygen positive pointeh dhey nama mi halaaku vamun dhaa mujuthamau ah kommes faidha eh koffane…story goaheh nun… ehn nama vs dhiriulhun fashaafa kudhin thakeh libey irah komme meehakah vs love fennathee dheraee… my own thajuribaa

  7. mice says:
    December 17, 2015 at 1:34 pm

    nice! paregraph tha vaki kolinama ithurah furihama vees.. still nice…

  8. aathi says:
    December 17, 2015 at 1:43 pm

    Is this a true story?.. nice story

  9. Blackbeuty says:
    December 17, 2015 at 1:48 pm

    Thanx all☺☺

  10. Faxoo says:
    December 17, 2015 at 4:32 pm

    awesome ?

  11. sadhaaa says:
    December 17, 2015 at 5:01 pm

    ?? wow

  12. aroo says:
    December 17, 2015 at 5:26 pm

    Mee hama aslu vahakaeh tha

  13. mARYY says:
    December 17, 2015 at 6:33 pm

    wow v touching story

  14. ina says:
    December 17, 2015 at 10:45 pm

    v v v v v v v nice

  15. Luvna❤ says:
    December 17, 2015 at 10:49 pm

    Alheyyy??.. Im crying.. ????.. Its sooooo saaad.. That is called true love.. Love dosent mean always staying together and all that it also mean sacrifice for your love.. Varaaaaaaaaaaah rythi story ehmee.. Just wwooww..?????

  16. nuhnu says:
    December 18, 2015 at 10:33 am

    Mee true story ehtha??? Bunebal

  17. thuthy says:
    December 18, 2015 at 8:05 pm

    V v v v hithah thadhu vehje mi vaahaka kiyaafa….:’-( :’-( n v v v nice

  18. fathun says:
    December 20, 2015 at 11:34 am

    wow.. vrh nice

  19. ximthuu says:
    January 3, 2016 at 7:21 pm

    wow.. Awesome story.. love it..

Comments are closed.



All Right Reserved!