Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައުފެއްދުންތެރި ލިޔުންއެހެނިހެން

އެ ރާޅު..

Rauuu Level 1
April 7, 2025 2 Mins Read
6 Comments

ރޭގަނޑު ނުވައެއް ޖަހާކަން ހާއިރެވެ. ދާއިންއާއި އޭނާގެ ރައްޓެހިން ތިބީ ރަށުގެ އަތިރިމަތި ސަރަހައްދުގައި ހަދާފައިވާ ބީޗްވިއު ރެސްޓޯރެންޓްގެ އޯޕަންއެއާރގައި ކޮފީ ބޯށެވެ. އޭރު އެތަނުގައި ދާއިންމެން ހަތަރު މީހުންގެ އިތުރުން އެހެންވެސް ދެ މޭޒެއްގަ ހައެއްކަ މީހުން ކޮފީ ބޯން ތިއްބެވެ. މުޅިތަނަށް ވެރިވެފައިވަނީ ސާދަވިލޭރޭގެ ހަނދުގެ ނަލަނަލަ އަލިކަމާއި އާދައިގެ ވަރަކަށް ޖެހެމުންދިޔަ ވައިގެ ހިތްގައިމުކަމެވެ. ތަނުގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭން ކަމާއި މަޑުމައިތިރިކަމެވެ.

 

މާލޭގެ ހަލަބޮލި މާހައުލުގައި އުޅެ ފޫހިވެފައި ހުރި ދާއިން ގަސްދުކުރީ މި ލިބުނު ޗުއްޓީ ދުވަސްކޮޅުގައި މާހައުލު މުޅިން ބަދަލުކޮށްލާށެވެ. އެއްވެސް ހާސްކަމެއް ފިކުރުކުރުމެއްނެތި ވަގުތު ހޭދަކޮށްލާ އުފާކޮށް މަޖާކޮށްލާށެވެ. ހަތަރު މީހުންގެ މެދުގައި ދެކެވެމުން ދިޔައީ އެ ވާހަކައެވެ.

 

“ކިހިނެއްވާނެ މިތާކައިރި މިއޮށް ޕިކްނިކް އައިލެންޑަށް އޯވަރ ނައިޓްއަކަށް ދިޔައިއްޔާ؟” އަބަދުވެސް އެންމެ މަޑުން އިންނަ ޒައިދު އޭނާގެ ޚިޔާލުވެސް ފާޅުކޮށްލިއެވެ.

 

“އާނ.. ރަނގަޅުވާނެ. މަޖާވާނެ އެންނު ދޯ؟..” ދާއިންވެސް ޒައިދުއާއި އެއްބައިވުމުގެ ގޮތުން އެއްޗެކޭ ބުނެލިއެވެ.

 

ހަތަރު އެކުވެރިން ވަރަށް ވިސްނުމަށްފަހު ނިންމީ ޒައިދު ބުނިގޮތަށް ކައިރީގައި އޮތް ޕިކްނިކް އައިލެންޑަށް އޯވަރނައިޓަށް ދާށެވެ.

 

 

“އެހެންވީމަ މިއަންނަ ހުކުރުދުވަހުގެ ހަވީރު ގޮސް ހޮނިހިރު ދުވަހުގެ ރޭގަނޑު މިކޮޅަށް އަންނާނީ! އެންމެ ރަނގަޅެއްނު؟” ދާއިން ބުންޏެވެ.

 

*********

(ހުކުރު ދުވަސް)

 

ހަވީރުގެ ވަގުތެވެ. ދާއިން އާއި އޭނާގެ ދެ އެކުވެރިން ކަމަށްވާ ޒައިދު އާއި އަހުމަދު ތިބީ ބަނދަރުމަތީގައި ޖަހާފައިވާ ގޮނޑިތަކެއްގައި އިށީނދެގެންނެވެ. ދާއިން އިރުއިރުކޮޅާއި އަތުކުރީގައި އަޅާފައި އޮތް ގަޑިއަށް ބަލައިލާގޮތުން ތަނަކަށް ދާން ލަސްވަނީހެން ހީވެއެވެ. އެމީހުން އިންތިޒާރުކުރަމުން ދިޔައީ ދަތުރުގެ އެންމެ ފަހު ބައިވެރިޔާ ކަމަށްވާ ލިއަމް އަންނާނެ އިރަކަށެވެ.

 

“ކިހާ އިރެއް މި ވަނީ! ފުރަން ހަތަރެއް ޖަހާއިރަށް ކިޔާފަ ފަހެއް ޖަހަން އުޅޭއިރުވެސް ނާދޭ..” ދާއިން ހިތްހަމަނުޖެހިފައި ބުނެލިއެވެ. އޭނާގެ އަޑުގައިވަނީ ކެތްތެރިކަން ކުޑަކަމެވެ.

 

“އަދި މަޑުކޮށްލަންވީނު ފަސް ވަރަކަށް މިނެޓް ވަން-” އަހުމަދުއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް އެމީހުން ކައިރިއަށް ސައިކަލެއްގައި މަޑުކޮށްލި ލިއަމް ފެނިއްޖެއެވެ.

 

“މިއޮށް އައީނު! ކޮންކަމެއް ލައިގަތީ އަނެއްކާ؟” ޒައިދު އެހިއެވެ.

 

“އެއީ.. މި އަނެއް.. ކަމެއް ނުވޭ..” ލިއަމް އަށް ޖަވާބު ދެވުނީ އަޅައަޅައިގަންނަމުންނެވެ. އޭނާގެ މޫނުމަތިން ކަމަކާއި ފިކުރުބޮޑުވެފައިހެން ހީވެއެވެ. އެހެންނަމަވެސް އޭނާ އެ އިހްސާސްތައް ފޮރުވައިލީ ލުއި ހިނިތުންވުމަކުންނެވެ.

 

“ދެން ލަސްނުކޮށް ހިނގާ އަވަހަށް ފުރަން!” ޒައިދު ލޯންޗު އަޅާފައި އޮތް ދިމާލަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން ބާކީ ތިބި ތިންމީހުންވެސް ހިނގައިގަތެވެ.

 

އެންމެން ލޯންޗަށް އަރާ ހަމަޖެހިލުމާއެކު ލޯންޗު ދުއްވައިލިއެވެ. ކުއްލިއަކަށް ވައިގަދަވެ ކަނޑުގަދަވާން ފެށިއެވެ. ވާރޭވެސް އޮއްސައިގަތީ ނުހަނު ބޯކޮށެވެ. އެންމެންގެ މޫނުމަތިން ފެނުނީ ހާސްކަމާއި ބިރުވެރިކަމެވެ. ކިޔުނުހާ ހެޔޮ އެއްޗެއް އެންމެން ކިޔަމުން ދިޔައެވެ.

 

“ވަރަށް ގަދަ.. ކުރިއަށް ދެވޭނެހެނެއް ހިޔެއް ނުވޭ..” ކައްޕި ބުންޏެވެ. އޭނާގެ އިރުޝާދާއެކު އެންމެން ލައިފް ޖެކެޓް އެޅިއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ޖެހި ބޮޑު ރާޅާއެކީ ލޯންޗު ބަންޑުން ޖަހައިލިއެވެ.

 

އެހެންނަމަވެސް އެންމެން ކުރި ބުރަ މަސައްކަތުން ލޯންޗު ކޮޅަށް ޖެހިއެވެ. އެ މާކަނޑުގެ މެދުގައި ތިބީ އެމީން އެކަނިމާ އެކަންޏެވެ. ބައިގަޑިއިރެއްހާ ފަހުން މޫސުން ރަނގަޅުވެލުމާއެކު އެމީހުން އެނބުރި މާލެއަށް ދަތުރު ފެއްޓިއެވެ. ﷲގެ ރަޙްމަތުން ސަލާމަތާއެކީ އެނބުރި މަންޒިލަށް އެމީހުންނަށް ވާޞިލްވެވުނެވެ. އަލްޙަމްދުﷲ!

 

~ނިމުނި~

Share Article

Follow Me Written By

Rauuu

Level 1

Other Articles

Previous

ފުރާނައިގެ ދިރުމޭތިއީ 29

Next

ވާ ލޯބި އެގޭނަމަ(8)

Next
April 7, 2025

ވާ ލޯބި އެގޭނަމަ(8)

Previews
April 6, 2025

ފުރާނައިގެ ދިރުމޭތިއީ 29

6 Comments!

  1. Rauuu says:
    April 7, 2025 at 4:32 am

    This is just a super short story I’ve written a couple of years ago. Just wanted yo share it with you. Hope you like it !

  2. Anonymous says:
    April 7, 2025 at 9:07 am

    Best story , great work 👍

    1. Rauuu says:
      April 7, 2025 at 1:03 pm

      Thanks ✌️

  3. Rai says:
    April 7, 2025 at 10:07 am

    Basmagu rivethi vaahaka liyefa huri iru

    Ekamaku haadhisaa eh onnan vaane
    Plot eh neh meega eh
    Kithahme kuru vaahaka akah viyas plot eh innan vaane

    1. Rauuu says:
      April 7, 2025 at 1:04 pm

      Ah yess!! Thankyou for letting me know :> Next time.

  4. Aaaishathuu says:
    April 8, 2025 at 10:01 pm

    Nice story
    Waiting for your next story

Comments are closed.



All Right Reserved!