Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ވާނަމޭ އުމުރަށް އެކީ ޖާނާ………11

♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡
♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ Level 110 Stories
April 11, 2025 3 Mins Read
20 Comments

ހެނދުނު ގަޑިން އަށެއް ޖެހިއިރު ޒައިން ހުރީ އެސްއެން ކޮމްޕެނީގެ ކުރިމަތީއެވެ.އޭނާއަށްް ކާމިޔާބު ދެއްވުން އެދި ﷲއަށް ދުޢާދެންނެވުމަށްފަހު ޒައިން ގޮސް ކޮމްޕެނީގެ ތެރެއަށް ވަނެވެ.އެވަގުތު އޭނާ ސިހުނީ މީހެއްގެ ގައިގައި އޭނާ ޖެހުމުންނެވެ.

ދެބުމަ ކައިރި ކޮށްލަމުން ޒައިން އޭނާއާ ދިމާލަށް ބަލާލިއެވެ.”ކަލޭ؟؟”ދެމީހުނަށް އެއްފަހަރާބުނެވުނެވެ.”އާނ.މަ!ކިހިނެއްވީ؟މަށަށް ވިއްޔާ މިތާކަށް ނުވަދެވޭތަ؟”ދެބުމަ ގޮށްޖަހާލަމުން ނިހާ ބުނެލިއެވެ.”މަ ނުބުނަން ދޯ ތިހެނެއް؟އެހެންނޫނަސް ކަލޭ ޖެހޭތަ ފެންނަހަތާކުން އައިސް މަގޭ ގައިގަ ލައިގަންނަން.އުޅެންޏާ ރީއްޗަށް ތިމަންނަ އުޅެމޭ ބުނީމަ ވީނު!”ޒައިން އެއްފަހަރާ ފަތިވަރު ދަމާލިއެވެ.”ޗި! މަ ނޫޅެން ކަލެއާ އަޅާގަނެގެނެއް.”މޫނު ކުނިކޮށްލަމުން ނިހާ ދާން ހިނގާގަތެވެ.”އޭ ޗިޕްމަންކް!މަޑުކޮށްބެ!ކީއްކުރަނީ މިތާ؟”ޒައިންގެ ހިތުގައި އުފެދުނު ސުވާލު އޭނާ ނިހާއާ ކޮށްލިއެވެ.”އަމްމްމް.ޖޮބަށް!!”ފަސްއެނބުރިބަލާލަމުން ނިހާ ޖަވާބުދިނެވެ.”އޯހް.”ނިހާގެ ޖަވާބާއެކު މިތަނުން ވަޒީފާ ލިބިއްޖެއްޔާ ދެން މިޖެހުނީ މީނައާއެކީ މަސަތްކަތް ކުރާށޭ ޒައިން ހިތަށް އެރިއެވެ.

ކޮލެޖު ފެށިގެން ކުރިއަށްދަނީއެވެ.ޒައިނާ އިނީ ފޫހިވެގެން މޮޔަވާވަރު ވެފައެވެ.މިއަދު ބަލިވެގެން ޔޫލީ ކޮލެޖަށް ނާންނާތީ އޭނާ އިންނަން ޖެހުނީ އެކަނިވެފައެވެ.ބްރޭކް ގަޑިޖެހުމުން ދަބަސް ނަގައި ކޮނޑުގައި އަޅުވާލައިގެން ޒައިނާ މިސްރާބު ޖެހީ ކޮލެޖުން ނުކުންނާށެވެ.ދާނޭ މިސްރާބެއް ނެތި ހިނގަމުން ދިޔަ ޒައިނާ މަޑުކޮށްލީ އާޓިފިޝަލް ބީޗްގައެވެ.ޖެހެމުން ދިޔަ ފިނިވައިރޯޅިތައް އައިސް ގައިގައި ބީހިލުމުން ޒައިނާއަށް ލޯމަރާލެވުނީ އިޚްތިޔާރަކާއި ނުަލައެވެ.ޒައިނާ ގޮސް އެތަނުން ބެންޗެއްގައި އިށީންދެލަމުން ވަށައިގެން ވީ މާހައުލަށް ނަޒަރު ހިންގާލިއެވެ.

އިންޓަވިއު ނިންމާލުމަށްފަހު ޒައިން ދިޔައީ މާޢިޝްކައިރިއަށެވެ.”އެކްސް ކިއުޒް.ކޮންކަމަކު އައި ބޭފުޅެއްތޯ؟”ޒައިން ގޮސް ރެސިޕަޝަނުގައި މަޑުކޮށްލީރަށް އެތާއިން ކުއްޖާއަހާލިއެވެ.”މީ….މާޢިޝް ހޯދަން.”ޒައިން ބުނެލިއެވެ.”އަމްމްމްމް.މާޢިޝް ސަރ ވީ މީޓިންއެއްގަ.އިރުކޮޅަކުން ދުރުވާނެ.އެޕޮއިންޓްމެންޓެއް ހައްދަންވީނޫންތޯ؟”އެކުއްޖާ އަހާލިއެވެ.”އުހުން.ހެޔޮ ވާނެ ނުހެއްދިޔަސް.”މޭޒުގައި އަތް އަޅުވާލަމުން ޒައިން ބުނެލިއެވެ.”މާޢިޝް ސަރ އާ މީޓް ކުރަންޏާ އެޕޮއިންޓްމެންޓް ހަަދަން ޖެހޭނެ.”އެކުއްޖާ އަނެއްކަވެސް ބުނެލިއެވެ.”ނޫނެކޭ.ހެވޭ ނެހެދިޔަސް.”ޒައިން ބޯކަހާލަމުން ބުނެލިއެވެ.ޒައިން ހަމަ އުޅެއުޅެވެސް އެކުއްޖާ ކުރެއް ނުކުރިއެވެ.އެވަގުތުވީ މާޢިޝް ކޮމްޕެނީގެ ތެރެއަށް ވަދެގެން އައި ވަގުތަށެވެ.މާޢިޝް ފެނުނު އިރަށް ޒައިން ގޮސް މާޢިޝްއާ އަރާ ހަމަކޮށްލަމުން ކޮނޑުގައި ޖަހާލަން އަތްއުފުލާލިއެވެ.”ކީޕް ޑިސްޓެންސް ސަރ.”މާޢިޝްގެ ފަހަތުގައި ހުރި ރުހައިލް މާޢިޝްގެ ކުރިމަތީހުއްޓިލަމުން ބުނެލިއެވެ.”އިޓްސް އޯކޭ.އެއީ މަގޭ ބެސްޓީއޭ.”މާޢިޝް ބުނެލިއެވެ.ވަގުތުން ޒައިންއަށް ޖާގަ ދައްކަމުން ރުހައިލް ގޮސް އޮބާލިއެވެ.”ކަލޭ މިތާގެ މީހުނަށް މަމީ ކާކުކަން ނުވެސް ކިޔައިދެން ދޯ؟ހާދަ ހާލެއްގައޭ މިއުޅުނީ.މާޢިޝް ސަރ ކައިރިއަށް ދުރުވަން އެޕޮއިންޓްމެންޓް ހައްދަންޖެހޭނެ.”އަޑު އަންހެން ކޮށްލަމުން ޒައިން ބުނެލިއެވެ.

“ހެއި.ހާދަ އެކަނި ވެފަ؟”އެހެން އިންދާ ޒައިނާ ސިހުނީ ކައިރިން މީހަކު ވާހަކަ ދެއްކި އަޑަށެވެ.ޒައިނާ ހިނިތުންވުމަކުން ފުއްދާލި ނަމަވެސް އެޒުވާނާ ދާޙިޔާލެއް ނުކުރިއެވެ.ޖެހިގެން ހުރި ބެންޗުގައި އިށީންދެލަމުން އޭނާރަނގަޅަށް ޒައިނާއާ ދިމާލަށް ބަލާލިއެވެ.”ކީއްކޮށްލަނީ މިތާ؟”އަނެއްކާވެސް އެޒުވާނާ ވާހަކަދެއްކިއެވެ.ބަލާބެލުމަށް އޭނާއަކީ ރަނގަޅުމީހެއް ވައްތަރުޖަހައެވެ.”މީނީ ފިނިކޮށްލަން އައިސް.”ޒައިނާ އޭނާއަށް ބަލާލަމުން ޖަވާބުދިނެވެ.

ކަޅުކަންގަދަ ފަންއިސްތަށިގަނޑަކާއި އަލި ހަންގަނޑެއްގެ ވެރިއެކެވެ.އިސްކޮޅުންދިގުވެފައި ރީތިކަމަށްދައްކައެވެ.ލައިގެންހުރި އަތްދިގު ކަޅުކުލައިގެ ޖެކެޓް ހުޑީއާޢި ކަޅު ޖީންސްގައި އޭނާ ބަލާލަން ނުހަނު ރީއްޗެވެ.”އަހަންނަށް ކިޔަނީ ހިޝާން.”ހިޝާން ސަލާމަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ.”ޒައިނާ”ހިނިތުންވެލަމުން ޒައިނާ ބުނެލިއެވެ.ދެމީހުން އެކުވެރިވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ.ނަމްބަރު ބަދަލުކުރެވިގެން ދިޔައިރު ޒައިނާއަށް މިވެއްޓެނީ ކިހާ ބޮނޑުއަނދަވަޅަކަށް ކަން އިޙްސާސްވެސް ނުވެއެވެ.

“ހޫން!މަ އަދި ނުބުނަމޭ މިތާ މުއައްޒަފުންކައިރީގައެއް.ދެން ސާބަހޭ.”ޒައިން މޫނުހަދައިގެން ހުރިތަން ފެނުމުން މާޢިޝް ބުނެލިއެވެ.”ތިއެއް ނޫނޭ.މިއައީ އިންޓަވިއު ނިންމާފަ.މަބުނީމެއްނު ޒައި ބުނިއޭ އެއްކަލަ ހަންޑިގަނޑު އައިސް އުޅޭވާހަކަ.އަދި އިންޓަވިއުއަށް ދިޔަތަނާ އެގޮލާ އައިސް މަގޭ ގައިގަ ލައިގަތީ.ހުވާ މިބުނީ އޭނާ ހީވަނީ މަށާ ދަމާ ބާރެއް ހުންނަނީހެން.އެހެންޏާ!ފެންނަ ކޮންމެ ފަހަރަކު އައިސް އެބަ ގައިގަ ލައިގަނޭ.”މާޢިޝްގެ ކެބިންއަށް ވަދެ އެތާހުރި ސޯފާއަށް ވެއްޓިގަންނަމުން ޒައިން ކިޔައިދިނެވެ.ޒައިންގެ ވާހަކަ އަޑުއަހާފައި މާޢިޝް ހުރީ ހިނިގަނޑު ހިފަހައްޓާލައިގެންނެވެ.ވާނީވެސް އެހެންތާއެވެ.ދައްކަމުންދާ ވާހަކައާ އެއްވަރަށް ޒައިން ދިޔައީ އެކްޓް ވެސް ދައްކަމުންނެވެ.

“އޭ އިނގޭތަ؟މިއަދު ދިމާވި ހިޝާން ކިޔާ މީހަކާ.ވަރަށް ފްރެންޑް.”ޒައިނާ ގެއަށް އައިގޮތަށް އެނދަށް ވެއްޓިގަންނަމުން ޔޫލީއަށް ބުނެލިއެވެ.”އެހެންތަ؟ހޫން ދެން އޭނައާ އަޅާގަންނާނީއެއްނޫން.މާޢިޝް ހާޓް ބްރޯކް ވެދާނެ.”ޔޫލި ދިމާކޮށްލާ ފާޑަކަށް ބުނެލިއެވެ.”ހޫން.މަ ނޫޅެމޭ މޮޔަވެގެނެއް.އެހެންނޫނަސް މާޢިޝް އިސް އޯލް މައިން.އޯ މައި ގޯޑް!ދެޓް ސްމައިލް……””ހޫން ހޫން.ތިހިރީ ހަމަ ރަނގަޅަށް އިޝްގީ ބަލި ޖެހިފަ.މަށަށް ފެނޭ ޑޮކްޓަރަށް ދައްކާލަން.”ޒައިނާގެ ވާހަކަ މެދުކަނޑާލަމުން ޔޫލީ ބުނެލިއެވެ.

“ކަލޯ.މަބުނަންތަ ވާހަކައެއް.މި މާއްޓެގެ ކޮމްޕެނީއަށް ނުވާނެ ވަންނާކަށް ވެސް.އެޕޮއިންޓްމެންޓާ އެހެން ހުރިހާ ހަޑިއެއް ހާވަންޖެހޭ.”ޒައިން ވާހަކަދެއްކީ ޝާއިމްމެންނާއެވެ.އެމީހުންތިބީ ކޮފީއަށް އަރައެވެ.”އޭބަލަ ޒޭން.މަބުނިން ދޯ ދެން އެހެނެއް ނުވާނޭ.ކަލޭ ހަމަ ކުޓުވާހިތުން ދޯ؟”މާޢިޝް ޒައިންއަށް ލޯއަޅާލަމުން ބުނެލިއެވެ.”ހޫން ދެން ތިއެއް ނޫނޭ.ހާދަ ވައޭ.މާދަމާ މަ އޮފިޝަލީ ޑިއުޓީ ފަށާނެ.ދެން އަވަހަކަށް ކަމެއް ވެސް ނުކުރެވޭނެ.ކޮފީއަށް އެރުން ފިޔަވާ.”ޝައިމް ބުނެލިއެވެ.”އާނ ދޯ؟އަހަރުމެންގެ އެމްއެންޑްއީއެފް އޮފިސަރު ދޯ މީ؟”ހިނިގަނޑެއް ޖަހާލަމުން ޔަޢީޝް ބުނެލިއެވެ.”އާނ އާނ.ހިނގާ މިރޭ ޖޫގޯ ބޯންދާން އެންމެން.”މާޢިޝް ބުނެލިއެވެ.

އޮށޯވެގެން އޮތް ޒައިނާ ސިހުނީ ފޯނު ވައިބްރޭޓްވި އަޑަށެވެ.ބަލާލިއެރު މާޢިޝްގެ މެސެޖެކެވެ.ހަލުވިކަމާއެކު އިންބޮކްސް ހުޅުވާލި ޒައިނާގެ މޫނުމަތި އުޖާލާވެގެން ދިޔައީ މާޢިޝްގެ އެމެސެޖުފެނިފައެވެ.މިއަދު ހަވީރު ދެމީހުން އެކީ ދުއްވާލަން ދާން ހިނގާށޭ ބުނެފައި މާޢިޝް ކޮށްފައި އިން މެސެޖު ތިން ހަތަރު ފަހަރު ޒައިނާ ކިޔާލިއެވެ.”ކޮން ހުވަފެނެއް ތިބަލަނީ؟”ކޮޓަރީ ދޮރު ހުޅުވާލި ޒައިންއަށް ހެވިފައި އޮތް ޒައިނާފެނި އަހާލިއެވެ.”ކި…ކީ…ކޭ؟”ސިހިފައި ޒައިނާ އަހާލިއެވެ.”ކޮން ހުވަފެނެއްހޭ ތިބަލަނީ؟”ހެވިފައި ޒައިން ބުނެލިއެވެ.”ދޮންބެ ދޮރުގަ ޓަކި ޖަހާ ޖަހާ ހާންތި ވީރުވެސް ތިއޮތީވިއްޔާ.”ޒައިން އައިސް އެކޮޓަރީގައި ހުރި ސޯފާގައި ޖައްސާލިއެވެ.”ހެހެހެ.ސޮރީ!!ކީއްވެއޯ ތިއައީ؟”ޒައިނާ އަހާލިއެވެ.”މިރޭ ޖޫގޯ ބޯންދާން މިއުޅެނީ އެންމެން.ނިހާ ގާތު ބުނާތި.”ޒައިން ބުނެލިއެވެ.ވަގުތުން ޒައިނާ އޭނާގެ އާއެކުވެރިޔާ ތަޢާރަފުކޮށްދޭން ބޭނުންވާ ވަހަކާބުނެލިއެވެ.ޒައިން އެއްބަސް ވުމުން ޒައިނާ އަވަހަށް ހިޝާންއަށާއި ނިހާއަށް މިރޭ އަށްގަޑިބަޔަށް އާޓިފިޝަލް ބީޗަށް އައުމަށް މެސެޖުކޮށްލިއެވެ.

ހަވީރެވެ.ޒައިނާ ރީތިވެގެން ނުކުތް އިރު ގޭތެރޭގައި މީހެއްގެ ހިލަމެއް ވެސް ނުވެއެވެ.މަންމަވީ ބޭރަށް ގޮސްކަން އެނގޭތީވެ ހަރުގަނޑުން ސަނީކާރޒް ނަގައި އަރައިގެން ޒައިނާ ގެއިންނިކުތެވެ.ނަމަވެސް އޭނާގެ ފިޔަވަޅުތައް ހުއްޓުނީ ދޮރޯށި ކުރިމަތިގައި ސައިކަލު ޕާކުކޮށްގެން އޭގައި ލެނގިލައިގެން ހުރި މާޢިޝް ފެނިފައެވެ.ކަޅިޖަހާލަން ނޭނގިފައި ޒައިނާއަށް ހުރެވުނު އިރު މަގުންދިޔަ އެތައް އަންހެންކުއަޖެއްގެ ނަޒަރު މާޢިޝްއަށް ހުއްޓޭކަން އެނގުމުން ޒައިނާގެ ހިތުގައި ހަސަދައިގެ އޮއިވަރެއް ހިނގާލިއެވެ.ލައިގެން ހުރި ހުދުކުލައިގެ ހުޑީއާއި ކަޅުކުލައިގެ ކާގޯޖިންސްގައި މާޢިޝް ބޭރުމޮޑެލްއަކަށްވެސް ދޫނުކުރާނެކަން ގައިމެވެ.ލޮލުގައި އަޅާފައި އިން “ރޭބޭން”ބްރޭންޑްގެ އަވިއައިނުން އެތޫނު ދެލޯ ފޮރުވާލެވިފައި ވީނަމަވެސް އޭނާގެ ނަަޒަރު ހުރީ ޒައިނާއަށް ކަން އެނގުމުން ޒައިނާ ލަދުން އިސްޖަހާލިއެވެ.

ޒައިނާ ނިކުމޭތޯ ދޮރޯށި ކުރިމަތީ އިން މާޢިޝްއަށް ޒައިނާ ނިކުތްތަން ފެނުމުން އެސްފިޔަ ޖަހާލަންވެސް ނޭނގިފައި އިނދެވުނެވެ.އެހާވެސް ޒައިނާ ރީއްޗެވެ.އެ މުށި ކުލައިގެ ބުޅިއިސްތަށިގަނޑު މައްޗަށް ނަގާ އައްސާލައިފައި ވީއިރު ތުންފަތުގައި ލިޕްގްލޮސްއެއް އުނގުލާލުން ފިޔަވާ އިތުރު މޭކަޕެއް ކޮށްފައި ނެތުމުން ނުލާހިކު ސާދާކަމަށް ދައްކައެވެ.ކަރުކެހިލަމުން މާޢިޝް ޒައިނާއަށް ސައިކަލަށް އަރަން އިޝާރާތް ކޮށްލިއެވެ.މަޑު ހިނގުމުގައި ޒައިނާ އައިސް އެރުމުން މާޢިޝް ސައިކަލު ދުއްވާލިއެވެ.

ރޭގަނޑެވެ.ހިޝާން ފިޔަވާ އެންމެން ތިބީ އާޓިފިޝަލް ބީޗްގައެވެ.އޭނާ މިިދަނީކަމަށް މެސެޖު ކުރުމުން ޒައިނާ އެވާހަކަ އެންމެން ގާތުބުނެލިއެވެ.އިރުކޮޅަކުން އެތަނަށް އައިސް މަޑުކޮށްލި ޒުވާނާފެނި ޔޫލީގެ ދެލޯ ބޮޑުވިއިރު ހިތްހީވީ އޭގެ މަޤާމުން ފުންމާލާފާނެހެނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡
Follow Me Written By

♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡

Level 110 Stories

Just a gurl who wants to write stories! I'll accept positive and negative comments and even without comments 🥰I would love to see readers opinion to make my stories better than today😘Author of ''MAAZEE'','' WAANAMEY UMURAH EKY JAANAA'' AND ''HAYAAII''

Other Articles

Previous

އަބަދަށް-3

Next

ވާ ލޯބި އެގޭނަމަ(10)

Next
April 11, 2025

ވާ ލޯބި އެގޭނަމަ(10)

Previews
April 10, 2025

އަބަދަށް-3

20 Comments!

  1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
    April 12, 2025 at 5:15 am

    HEY HURIHAA KIYUNTHERIN! UNMEEEDHU KURAN HURIHAA KUDHINAH VES MI PART KAMUDHAANE KAMAH! REETHIHYAA BUNELAHCHE 😉😘

  2. Anonymous says:
    April 12, 2025 at 7:33 am

    vrh reethi mi part ves masha allah
    next part kiyaa hithun kehmadhuvefa mi hunnanee

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      April 12, 2025 at 1:56 pm

      THANKYOUUU SOO MUCHHHH🥰
      HEHEHE NXT SATURDAYGA INSHA ALLAH KIYAALAN LIBEYNE

  3. Tom says:
    April 12, 2025 at 7:35 am

    vrh reethi mi part ves masha allah
    waiting for next part

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      April 12, 2025 at 1:57 pm

      THANKS TOM🥰
      NXT SATURDAYGA INSHA ALLAH MIAH VURE DHIGUKOH KIYAALAN LIBEYNE

  4. yaanu says:
    April 12, 2025 at 11:04 am

    Mi part vx vrh reethi Masha Allah luving ❤️
    keep it up darl
    vrh loabiveyyyy ml <3<3<3

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      April 12, 2025 at 1:59 pm

      THANKYU SO MUCHH YAANU😘🥰
      THAT MEANS A LOT TO MEE
      KONME PART AKUNVES YAANUGE COMMENT EH FENNAATHEE VV HAPPY VEY😍🥰
      LUV YU MOREEE💋😍

    2. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      April 12, 2025 at 2:05 pm

      INGEYTHA ASLU VV CURIOUS TO KNOW WHO U R?😂😂

  5. yaanu says:
    April 12, 2025 at 3:19 pm

    you will know later 😉
    just wait 😘

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      April 12, 2025 at 4:14 pm

      OKAIII😊
      CAN’T WAITT TO KNOWW😅

  6. Nayerr says:
    April 12, 2025 at 7:08 pm

    Mi part ves vrh reethi curiously waiting for the next part love you 🤍❤️

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      April 12, 2025 at 8:27 pm

      THANKYU SO MUCHH NAYERR🥰
      INSHA ALLAH NXT SATURDAYGA KIYAALAN LIBEYNE.ASLU SCHHL HULHUVUNEEMA LIYAN TIME NUVANY.
      LUV YU MOREE😘😍

  7. Nayerr says:
    April 12, 2025 at 9:00 pm

    Yhh gaboolu kuran buxy vaane kan I ves vrh busy school dhuvas tah veema it’s fine ❤️🤍

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      April 13, 2025 at 1:25 pm

      Thnxx ☺️

  8. Girlyy says:
    April 13, 2025 at 1:25 am

    Mi part vess varah rethi Masha allah
    When next partrt?
    Time vee varakun liyeveytho balahcheyy
    Varah keh madhu vefa meenee next part kiyaalan
    Can’t waitt to read rhe next part
    Keep up the good work bestieee
    You are my favourite authourrr
    Loabivey bodukoh💋

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      April 13, 2025 at 1:29 pm

      THANK YOU SO MUCHH BESTIEEEEE😍
      NXT SATURDAY GA NXT PART KIYAALAN LIBEYNE INSHA ALLAH ☺️
      AWWN THAT MEANS A LOT TO ME 😍☺️
      YOU AH VURE I MAA LOABIVEY 😘😂

  9. Well-Wisher says:
    April 13, 2025 at 2:18 pm

    Hi loabs. Mi part ves varah varah reethi. You are so talented Masha Allah ❤️. Can’t wait to read the next part!!! Varah inthizaaru kuran eba!
    You truly are an inspiration 😘🥰😍 Who knows?? Mihaavarun dhanyaa even I might start writing stories in this website, taking inspiration from you!! Love you so much loabi ❤️❤️❤️

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      April 14, 2025 at 2:26 pm

      THANKYU SO MUCHHHH 🥰
      THAT MEANS A LOT TO ME😍
      INSHA ALLAH NXT SATURDAYGA KIYAALAN LIBEYNE😊
      AWWWW!!THAT’S SO CHWEEET🥰🥰
      OOOH THAT WOULD BE FUNNNN
      LUV YOU MORE BBY😘😉

  10. Alkko32 says:
    April 15, 2025 at 9:08 pm

    Wow Varah reethi
    Cant wait for what’s coming next
    Luv u gurlly💝

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      April 16, 2025 at 1:50 pm

      THANKYU SO MUCHH ALKKO32🥰
      TAHT MEANS A LOT TO MEE
      LUV YU MOREE GURRL😘😘

Comments are closed.

Next Episodeވާނަމޭ އުމުރަށް އެކީ ޖާނާ………….12←


All Right Reserved!