Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން އެކީގަ ވާނަމޭ.. (1)

lai Level 110 Stories100 Comments
December 16, 2015 6 Mins Read
34 Comments

އުޑުމަތި ވަނީ ކަޅުވިލާ ތަކުން ފުރާލާފައެވެ . ބޯކޮށް ވާރޭ ވެހެމުން ދިޔައިރު އެ ވާރޭ ތެރޭގައި އުމުރުން  12 އަހަރުގެ ނީޝަމް އާއިއެކު ހަޅޭއްލަވަމުން ދުވަމުން ސަކަރާތް ޖަހަމުން ދިޔަ އައިރީން ފެނުނު މީހަކު އެއީ އުމުރުން 18 އަހަރުގެ އަންހެންކުއްޖެކޭ ނުބުނާނެއެވެ. ވާނީވެސް އެހެން ތާއެވެ. އުޅެނީ ކުޑަ ކުއްޖެއް އުޅޭ ގޮތަށްށެވެ .

” ދަރިފުޅާ .. ދެން މިހާރު ތެމެވިއްޖެއެއްނު .. ކޮއްކޮ ގޮވައިގެން އާދޭ އެތެރެއަށް .. އެހާ ގިނައިރު ވާރޭ ތެރޭގައި އުޅޭކަށް ނުވާނެ .. ދަރިފުޅު ބަލިވެދާނެ .. އަވަހަށް ވަދޭ އެތެރެއަށް .. ” ނަޖުމާ ފެންޑާއަށް ނުކުމެ އެހެން ބުނުމުން ބަސް އަހާ ކުޑަ ކުއްޖެއް ފަދައިން އައިރީން ނީޝަމް ގޮވައިގެން ގޭތެރެއަށް މިސްރާބު ޖެހިއެވެ. ” ދޮންތީ ފެންވަރައިގެން އަންނައްޗޭ ނީޝް ކޮޓަރިއަށް .. މެތްސް ފިލާވަޅެއް ނިންމަން ވެގެން .. ” ފެންވަރަން ކޮޓަރިއަށް ވަންނަންދިޔަ ނީޝަމް އައިރިން އަށް އަޑު އިވޭނެ ވަރަށް ބުނެލިއެވެ.

ދުވެފައި ކޮޓަރިއަށް ވަތް އައިރީން ކުޑަކޮށް ނަށާލުމަށް ފަހު ލަވައެއް ކިޔަމުން ގޮސް ފާހަނަޔަށް ވަދެ ހޫނު ފެނުން ފެންވަރާލިއެވެ. ތުވާލި ގައިގާ އޮޅާލައިގެން ފާހާނައިން ނުކުތް އައިރީން ކޮޓަރި ތެރެ ފިނިގަދަ ކަމުން ތުރު ތުރު އަޅައިގެން ދިޔައެވެ. އަވަސް އަވަހަށް ރިމޯޓް ނަގާ އޭސީ ނިއްވާލުމަށް ފަހު އަލަމާރި ހުޅުވާ ހުދުކުލައިގެ އަތްދިގު ޓޮޕަކާ ކަޅު ކުލައިގެ ސްކިނީ އެއް ނަގައި ލިއެވެ . އަދި އައިރީން ގެ ދިގު ދިގު އިސްތަށިގަނޑު ކްލިޕަކުން ހައްޔަރު ކޮއްލިއެވެ. ލޯ ގަނޑުން އަމިއްލަ ސޫރައަށް ބަލާލުމަށް ފަހު އައިރީން ހިނިތުންވެލިއެވެ. ވަރަށް ހަމަޖެހިލާފަ ކޮޓަރިން ނިކުމެގެން ގޮސް ނީޝަމް ގެ ކޮޓަރިއަށް ވަންނަން ދިޔަ އައިރީން މަތަވީ މީހެއްގެ ގައިގާ ޖެހުމުން ނެވެ . ” ބީ ކެއަރފުލް ރީން .. ” މިފްޒާލް އެހެން ބުނުމުން އައިރީން ކަޅިއަޅާލިއެވެ. ” ދޮންބެ އޯ .. ރީން އެކަނި ތަ ބަލަން ޖެހެނީ .. ވަޓްއެވާ .. އެނީވޭސް ކޮޓަރިއަށް ވަންނަން ވެއްޖެ .. ތަންކޮޅެއް ދައްކަބަލަ .. ދެން މުޅި އުމުރަށްވެސް ދޮންބެ ތި ކޮޓަރި ދޮރުމަތީގަ ތަ ހުންނަނީ .. ” އައިރީން ތުންއަނބުރާލަމުން އެހެން ބުނުމުން މިފްޒާލް އެއްކައިރިއަކަށް ޖެހިލިއެވެ. މިފްޒާލް އެއްކައިރިއަކަށް ހަމަ ޖެހިލުމާއިއެކު އައިރީން ކޮޓަރިތެރެ އަށް ދެމިގަތެވެ.

“ނީޝް .. ” ނީޝަމް ކޮޓަރިތެރެއިން ފެންނަން ނެތުމުން އައިރީން ނީޝަމް އަށް ގޮވާލިއެވެ. ” ހޫމް ދޮންތާ .. ނީޝް މިހިރީ ފާހާނައިގައޭ .. އިރުކޮޅަކުން އެބަ ނިކުންނަން .. ” ނީޝަމް އެހެން ބުނުމުން އައިރީން އައިސް އެނދުގައި އިށީނދެލިއެވެ. އަދި އެދުމަތީގައި އޮތް ފޮތެއް ފެނުމުން އައިރީން އެ ފޮތް ނަގާ ބަލާލިއެވެ. ‘ މައި ޑައިރީ ‘ ބޭރު ގަނޑުގައި އެހެން ލިޔެފަ އިންތަން ފެނުމުން އައިރީން އަށް އެއީ ނީޝަމް ގެ ޑައިރީ ކަން ވަގުތުން ނަގައިގަނެވުނެވެ .ނުލަފާ ހިނިތުންވުމެއް ތުންފަތަށް ވެރި ކޮއްލަމުން އައިރީން އެ ފޮތް ނީޝަމް ފާހާނައިން ނިކުތުމުގެ ކުރިން އޭނާގެ ކޮޓަރިއަށް ގެންގޮސް ފޮރުވީ ފަހުން ކިޔަން ނިންމައިގެން ނެވެ.

ފޮތް ފޮރުވާފައި އެނބުރި ނީޝަމް ގެ ކޮޓަރިއަށް އައިރު ފާހާނައިން ނިކުމެ ނީޝަމް ހުރީ ކުޑަދޮރުން ބޭރު ބަލާށެވެ. ” ނީޝް ” އައިރީން ގޮވާލުމުން ނީޝަމް ދިޔައީ ސިއްސައިގެންނެވެ. ” ދޮންތަ ކޮންތާކަށް ގޮއްސަ ތިޔައީ .. ” ނީޝަމް އެހެން އެހުމުން އައިރީން ފާޑަކަށް އަނގަ ސަކަރާތް ވިއެވެ. ” ހެހެ .. ދޮންތަ ދިޔައީ ފެން ބޯން .. ކި ..ކިހިނެއްވީ ނީޝް ތިހެން ތިއެހީ ” އައިރީން ވާހަކަ ދެއްކި ގޮތުން ނީޝަމް ބުމަ އަރުވާލިއެވެ. ” ނީޝް މި އައީ ބަދިގެއަށް ގޮއްސަ .. އެކަމަކު ދޮންތަ އެއް ނެތް އެތާކު .. ” ” އާ .. މީ މީ .. ދޮންތަ ފެންބޮއެގެން ކޮޓަރިއަށް ދިޔައީ އެއްޗެއް ބަލާ .. މޭބީ އެގަޑީގަ ކަންނޭނގެ ނީޝް އަށް ބަދިގެއަށް ތި ދެވުނީ .. ” ބުނާނެ އެއްޗެއް ނޭންގުމުން އައިރީން އަނެއްކާވެސް ދޮގެއް ހަދާލިއެވެ. ” އޯހް އެހެންތަ .. ކޯއްޗެއް ބަލާ ދިޔައީ .. ” ނީޝަމް ހަށަން ބަނދެލަމުން އެހެން އެހުމުން ދެން އިތުރަކަށް އައިރީން އަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ” ދޮންތަ ދޮގު ނަހަދާ ބުނެބަ .. ކޮބާ މިތާ އޮތް ނީޝް ގެ ޑައިރީ ” ނީޝަމް އެ ސުވާލު އައިރީން އާ އަމާޒުކޮއްލުމުން އައިރީން އަށް ދެން އިތުރު ދޮގު ތަކެއް ނެހެދޭނެކަން އިނގުމުން ކުޑަކުއްޖެއްހެން ތުން ދިގު ކޮއްލިއެވެ. ފައިން އޭ ބުނުމަށް ފަހު އައިރީން އެ ފޮތް ގެނެސް ނީޝަމް އަތަށް ދިނެވެ.

ނީޝަމް އަށް ފިލާވަޅު ހަދަން އެހީވެ ދީފައި އައިރީން އެ ކޮޓަރީން ނިކުތް އިރު އަށެއް ޖަހައިފިއެވެ. ވަރުބަލި ފިލުވާލަން އައިސް ސޯފައިގާ ޖައްސާލިތަނާ އިރުކޮޅެއް ނުވަނީސް ފެނުނީ އައިރީން ފުންމައިގެން ގޮސް ކޮޅަށް ތެދުވި ތަނެވެ. ” މަންމާ .. މަންމާ .. މަންމާ .. ” ” އޯތް ދަރިފުޅާ ކިހިނެއްތަވީ .. ” ” މަންމާ .. މިއަދު މީ ބުދަ ތަ؟؟ ” ” ހޫމް ދަރިފުޅާ .. އެހެން އަހާލަންތަ އަޑު ގެ ކޮޅަށް ތި ގޮވަނީ ..” ނަޖުމާ އެހެން ހަމަ ބުނުމާއިއެކު އައިރީން އޯ މައި ގޯޑް އޭ ކިޔާ ދުވެފަ ގޮސް ކޮޓަރިއަށް ވަނެވެ. ތެޅެމުން ފޮޅެމުން ކޮޓަރިއަށް ވަތް އައިރީން އާއި ދިމާއަށް ބަލަހައްޓައިގެން ހުރި ނަޖުމާ ދެފަރާތަށް ބޯހޫރުވާލިއެވެ.

އެނބުރި ބަދިގެއަށް ގޮސް ތަށިތައް ނަގަން ހުއްޓާ މީހަކު ސަލާމް ގޮވާލި އަޑަށް ނަޖުމާ ސަލާމް ބަލައިގަންނަމުން ސިޓިން ރޫމަށް ނުކުތެވެ. ދޮރުމަތީގައި ހުރި ޒުވާނާ ފެނުމުން ނަޖުމާގެ ތުންފަތުގައި ހިނިތުން ވުމެއް ދުވެލިއެވެ. ” އަހަ .. ދަރިފުޅާ އިޒްޔަން .. ވަދޭ ވަދޭ .. އަވަހަށް ވަދޭ އެތެރެއަށް .. ” އިޒްޔަން ނަޖުމާއަށް ހިނިތުންވުމެއް ރައްދު ކޮއްލުމަށް ފަހު އެތެރެއަށް ވަދެ ސޯފައިގާ ޖައްސާލިއެވެ. ” ނަޖުމައްތާ ކޮބާ މިފޫ .. ” ” އޭނާ ނޭނގެ ދިޔަ ތަނެއް .. 8 ޖަހާކަށްހާއިރު ދިޔަ ގޮތަށް އަދި ނާދޭ .. ނޭނގެ އެހާ އަވަހަށް އަންނާނެކަމެއް .. ދައްތަ ބުނާނަން މިފްޒާލް އައީމަ އިޒްޔަން އައޭ ހޯދަން .. އިޒްޔަން އުޅެ ދެން ކޮންމެވެސް އެއްޗެއް ކާން .. މިރޭ މިގެއިން ކައިގެން ދާން ވާނީ އިނގޭ .. ” އިޒްޔަން ބޯޖަހާލުމުން ނަޖުމާ ބަދިގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ” ނަޖުމައްތާ ކޮބާ ރީން ” ” ރީން ވީ ކޮޓަރީގަ .. ތިހެން ބުނީމަ މި ހަނދާން ވީވެސް .. ރީން ވެސް އަދި އެ އުޅެނީ ނުކައި .. އައިޒަން ދޭބަލަ ރީން ގޮވައިގެން އަންނަން .. އޭރުން އެކަންޔެއް ނުވާނެ އެއް ނު ” ނަޖުމާ ބަދިގެއިން ބޯ ދިއްކޮއްލަމުން އެހެން ބުނުމުން އިޒްޔަން ހިނިތުން ވެލަމުން އައިރީން ގެ ކޮޓަރި އާއި ދިމާއަށް މިސްރާބު ޖެހިއެވެ.

ލެޕްޓޮޕަށް ލޯދީގެން ޓައިޕް ކުރަން އިން އައިރީން އަށް މީހަކު ކޮޓަރިތެރެއަށް ވަތް ކަމެއް ވެސް ނޭނގުނެވެ . މަޑުމަޑުން ލަވައެއް ކިޔަމުން ދިޔައިރު އިޒްޔަން ހުރީ އައިރީން ގެ ފަހަތުގައި ހުއްޓިލައިގެން އައިރީން ގެ އެ ޖާދުވީ އަޑުން ލަވަކިޔާ އަޑު އަހާށެވެ. ” އެވްރީ ނައިޓް އިން މައި ޑްރީމްސް .. އައި ސީ ޔޫ .. އައި ފީލް ޔޫ .. ” ‘މައި ހާޓް ވިލް ގޯ އޮން’ އެ ލަވަ ކިމުން ދިޔައިރު ހީވަނީ އައިރީން އެ އިނީ އޭނާގެ އަމިއްލަ ދުނިޔެއެއްގަ ހެންނެވެ. އައިރީން ސިހިގެން ދިޔައީ ފަހަތުގައި ހުރި އިޒްޔަން ލަވައިގެ ދެން އިންތަން ކޮޅު ކިޔާލުމުންނެވެ. ” ލަވް ކެން ޓަޗް އަސް ވަން ޓައިމް .. އެންޑް ލާސްޓް ފޯ އަ ލައިފް ޓައިމް .. ” އައިރީން ދެލޯ ބޮޑު ކޮއްލުމަށް ފަހު އެނބުރިލިއިރު ކުރިމަތީގައި ހުރި އިޒްޔަން ފެނުމުން މަޑު މަޑުން ގޮވާލެވުނެވެ . ” އިޒް ”

އިޒްޔަން ގެ މޫނަށް ކަޅި ހުއްޓާލެވުނު ގޮތަށް އައިރީން އަށް ބަލަން ހުރެވުނީ އެވެ. އައިރީން އަށް ހަމަހޭވެރިކަން ވީ އިޒްޔަން ހައި އޭ ބުނެލުމުންނެވެ. އަވަސް އަވަހަށް އެސްފިޔަ ޖަހާލަމުން ފުޅާ ހިނިތުން ވުމަކާއިއެކު އައިރީން އައިސް އިޒްޔަން ގެ ގައިގާ ބައްދާލިއެވެ. އަދި ކުޑަކޮށް ދުރުވެލުމަށް ފަހު ވާހަކަ ދައްކަން ފެއްޓިއެވެ. ” އިޒް .. ވާއު .. ކުރިއަކުން ރީން އަކަށް ނޭނގެ އިޒް އެހާ ރީއްޗަށް ލަވަ ކިޔާ ކަމެއް … ހެހެ .. އިޒް ކޮން އިރަކު ރަށަށް އައީ .. އައި ތޯޓް އެހާ ދުވަސް ކޮއްލާފަ އައިމަ ރީން މަތިން ހަނދާން ވެސް ނުހުންނާނެ ކަމަށް .. ހެހެ .. އިޒް އަށް އިނގޭތަ .. ” އައިރީން ހީވަނީ ހުރިހާ ވަހަކަ އެއް އެފަހަރާ ދައްކާ ނިންމާލަން އުޅޭހެންނެވެ. އެކަމަކު އައިރީން ދައްކަ ދައްކާ ހުރި ވާހަކަ މެދު ކަނޑާލީ އިޒްޔަންއެވެ. ” ރީން ތިއުޅެނީ އެއްފަހަރާ ހުރިހާ ވަހަކައެއް ދައްކާ ނިންމާލަންތަ .. ” ހިނިތުން ވެލަމުން އިޒްޔަން އެހެން ބުނެލުމުން އައިރީން އަނގަޔަށް ގޮތެއް ހަދާލިއެވެ.

ދެން އެދެމެދަށް ވެރިވެގެން ދިޔަ ހަމަހިމޭން ކަން ކަނޑުވާލީ އިޒްޔަންއެވެ. ” ރީން ނުކައި ދޯ ތިހިރީ .. ހިނގާ އަހަންނާއެކެ ކާން .. ” އައިރީން ހައިރާން ވެފައި އިޒްޔަން ގެ މޫނަށް ބަލާލުމުން އިޒްޔަން ބުމަ އަރުވާލަމުން ވަޓް އޭ ބުނެލިއެވެ.އެވަގުތު އިޒްޔަން އަށް އޭނާ ނުކައި ހުރިކަން އިނގުނީ ކިހިނެއްބާ އޭ އައިރީން ގެ ހިތަށް އަރަމުން ދިޔައެވެ. މަންމަ ގެ ނަން ހިތަށް އެރުމުން އައިރީން ހީލަމުން ދެފަރާތަށް ބޯހޫރުވާލުމަށް ފަހު މަޑު މަޑުން އަތުން ބޮލުގަ ޖަހާލިއެވެ. ” ސޮރީ އިޒް އަހަރެން ތައްޔާރު ވާންވެއްޖެ .. ކްލާހަށް ދާން ވެގެން .. ” އައިރީން އެހެން ބުނުމުން އިޒްޔަން ގެ މޫނަށް ހައިރާން ކަން ވެރިވެގެން ދިޔައެވެ. ” ކޮން ކްލާހެއް .. ” ” އެއީ ހަމަ ކްލާސް .. މާދަން ދާނަން އިނގޭ ތިގެއަށް .. ނައިން އަށް ދާން ޖެހޭނެ .. ރީން ވެއްޖެ ރެޑީ ވާން .. އިޒް ދޭ ކާން .. ރީން ކާނީ ކްލާހުން އައިސް .. ” އައިރީން އެހެން ބުނުމުން އޯކޭ އޭ ބުނުމަށް ފަހު އިޒްޔަން ކޮޓަރިން ގޮސް ނިކުންނަން ދެން އައިރީން އަށް އެ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އިޒްޔަން ނިކުމެގެން ދިޔަ ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުރެފައި ގަޑި ބަލާލުމާއިއުކު އައިރީން ގެ ދެލޯ ބޮޑު ވެގެން ދިޔައެވެ. ” ޝިޓް .. ޓްވެންޓީ ވީ .. އަދިވެސް މިހިރީ ފެން ނުވަރާ .. ” އައިރީން އަވަސް އަވަހަށް ފެން ވަރާލައިގެން ތައްޔާރު ވެލައިގެން ގިޓާ ހިފައިގެން ނުކުތް އިރު އަށްގަޑި ފަންސާސް ވެއްޖެއެވެ. ގަޑި ޖެހުމުގެ ކުރިން ދާން ވެގެން ދޮންބެ ކޮބައިތޯ ނަޖުމާ ކައިރިން އަހާ ލުމުން މިފްޒާލް ގޭގަ ނެތް ކަން އިނގުމުން އައިރީން އަނގަޔަށް ވައްތަރެއް ޖައްސާލުމަށް ފަހު ކުދި ކިޔަމުން ފައިވާނަށް އަރަން ފެށިއެވެ. ” އަހަރެން ދަންތަ ރީން ޑްރޮޕް ކޮއްދޭން .. އަހަރެން މި އުޅެނީ ސައިކުގަ .. ރީން އަށް ގަޑި ނުޖެހި ދެވޭނެ .. ” އިޒްޔަން އައިރީން ގެ ހަރަކާތްތަކަށް ބަލަން އިނުމަށްފަހު އެހެން ބުނުމާއިއެކު އައިރީން ޔޭސް އޭ ކިޔާފަ އައިސް އިޒްޔަން ގެ އަތުގައި ހިފައިގެން ނިކުތެވެ. އޭރު ކާން އިން ހަސަނު ވެސް އިނީ އައިރީން އުޅޭ ގޮތުން ހެވިފައެވެ.

” އަހަރެން ހިތަށް އަރާ ރީން ގެ އެ ޅަ ގޮތް ގަނޑު ކެނޑޭނީ ކޮންދުވަހަކުން ބާއޭ .. އެ ގިޓާ ކުޅޭ ކުލާހަށް ވެސް މި ފޮނުވަނީ ކޮންމެހެން އަހަރެން ހިތްހަމަ ޖެހޭތީ އެއް ނޫން … އިތުރަށް ކިޔަވަން އުޅޭށޭ ބުނީމަ ވެސް އެ ބުނީ ކިޔަވާ ހިތެއް ނުވެޔެއޭ .. ވަރެއްގެ ދަރިއެއް މަށަށް އެހެރީ ލިބިފަ .. ” ކުޑަ ކޮށް ހީލަމުން ކައިފަ ހުރި ތަށިތަށް ދޮންނަމުން ނަޖުމާ ހަސަނާއި ވާހަކަ ދައްކަމުން ދިޔައެވެ.

ހަސަނާ ނަޖުމާގެ ތިބެނީ ހަތަރު ކުދިންނެވެ. އެންމެ ބޮޑީ މިފްޒާލް އެވެ. ދެން ލިބުނީ އެއްމާ ބަނޑު ދެކުދިންނެވެ. އެއީ އައިރީން އާއި އައިލީން އެވެ. ނަމަވެސް ކަންދިމާ ކުރި ގޮތުން އައިލީން ވަނީ މި ދުނިޔެ ދޫ ކޮށް ގޮއްސައެވެ . ދެން ލިބުނީ ނީޝަމް އެވެ .

އައިލީން ގެ ވަކިވެ ދިޔުމުގެ ހިތައިމައިގާ ނަޖުމާ އެތަށް ދުވަހެއް އެ ދަރިފުޅު ގެ ހަނދާނުގައި ކަރުނަ އޮއްސިއެވެ. އަދިވެސް ނަޖުމާ އެކަނި ވުމުން އެދަރިފުޅު މަތިން ހަނދާން ކޮއްކޮއްފައި ރޯތަން ފެނުމުން ފިރިހެނަކަށް ވިޔަސް ހަސަނުގެ ހިތަށްވެސް ފުން އަސަރު ތަކެއް ކުރެއެވެ. ނަޖުމާ އެހެން ރޯތަން ދެކޭކަށް އެއީ އޭނައަށް ކުޅަދާނަ ވާވަރުގެ ކަމެއް ނޫނެވެ. އޭނައަށް ވާނަމަ އެ މިހުން ނާ ވަކިވެގެން ދިޔަ ދަރިފުޅު އަނބުރާ ގެނައީ ހެވެ. ނަމަވެސް މިއީ ތަގްދީރެވެ. ތަގްދީރު ބަދަލު ކުރެވޭނީ ކާކަށް ހެއްޔެވެ.ދަރިފުޅުގެ ހަނދާނުގައި ރޮއެ ހަދާއިރު އެމީހުންނަށް ނޭނގުނު ކަމަކީ އެމީހުން ދަރިފުޅު އައިލީން އަދިވެސް ދިރި ދުނިޔޭގައި އެބަ ހުރި ކަމެވެ. އެ ދަރިފުޅު މަރު ނުވާ ކަމެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lai

Level 110 Stories100 Comments

Other Articles

Previous

ފޮހެވޭނޭ ބާއޭ… 20

Next

ފޮހެވޭނޭ ބާއޭ… 21

Next
December 16, 2015

ފޮހެވޭނޭ ބާއޭ… 21

Previews
December 16, 2015

ފޮހެވޭނޭ ބާއޭ… 20

34 Comments!

  1. lai says:
    December 16, 2015 at 9:49 pm

    hey guyss .. this is my first story .. n yaah .. i knw mistakes hunnaane kan .. so mistake eh fenihjehyaa pls let me knw .. hope u all will like it .. enjoy 🙂

  2. Mayaa says:
    December 16, 2015 at 9:49 pm

    I love this story.
    Waiting for the next part……..

    1. lai says:
      December 16, 2015 at 9:57 pm

      hehe .. haadha avahakah thi cmmnt kohly .. anyways .. thanks alot mayaa .. next part varah avahah upload kohdheynan insha allah 🙂

  3. Girly says:
    December 16, 2015 at 9:57 pm

    Is dat boy’s name Aizan or Izyan??? It’s confusing coz sometimes It’s written Aizan n sometimes it’s written as Izyan tooo

    1. lai says:
      December 16, 2015 at 9:59 pm

      yah dhw .. thnks for telling me .. i’ll crrct that

  4. Mayaa says:
    December 16, 2015 at 10:00 pm

    Izyan or iezan

  5. lai says:
    December 16, 2015 at 10:04 pm

    srry evryone .. aslu izyan .. dhn eyny name olhifa .. varah bodah srry .. ekm mihaaru rangalhu kohlaifin ..

  6. Sijaa says:
    December 16, 2015 at 10:08 pm

    Ixyan nd aixan ekakah dhe name eh beynun koffa hope nxt part ga mi mistake rangalhu kuraane kamah

    1. lai says:
      December 17, 2015 at 8:21 am

      hmm thanks sijaa .. n yaah i will 🙂

  7. maalu says:
    December 16, 2015 at 10:17 pm

    Wowwwwww vrh vrh vrh reethi …..when is the next part??? Ehkala ehkala magun dhiyaama vaahaka ves fenuny. Hahahahahaha………..Waiting for the next part…….

    1. lai says:
      December 17, 2015 at 8:23 am

      thank you so much mal .. hehe ehkala ehkala magun dhw hehehe .. next part varah avahah upload kohdheynan insha allah 🙂

  8. ina says:
    December 16, 2015 at 11:17 pm

    Oh lai.wowwwwwww.this is v v v v v nice……i think it iz gonna be v intresting.when iz nxt part???avahah up kodhdhecchey……enjoyed a lot☺☺☺

    1. lai says:
      December 17, 2015 at 8:24 am

      thanka alot ina … hehe .. next part insha allah varah avahah upload kohdheynan 🙂

  9. Ryn says:
    December 16, 2015 at 11:34 pm

    omg omg omg omg omg atlstt lai ge vaahaka hehehe.. ok so frst wanna say the pic is so awsm.. ??? n scnd thing is o..m..g… ????ryn?? ixx?? ???? vrh salhi cpl akah vaane hn hyvey hehe.?.. ryn n ixx ?????? n stry dhw stry is jxt awsmmm…. jxt luv it. tonyt i gt 2 suprise.. laige vaahaka n dhn iRYN hehe yth adhi Ixyan vx ???. vrh lwbi names n plus stryge name vx hama habeyss gulha beys dhiyaa beys???? waitin waitin nxt prt ah.. hehe miss vey ingey thw eve.. luv vx ve eve..???? n gud lck too tc eve.. ?????

    1. Ryn says:
      December 16, 2015 at 11:37 pm

      *yrh* yth o hehehe

    2. lai says:
      December 17, 2015 at 8:32 am

      hehehehe .. thank u so much ryn .. hehe yaah ryn n ixx dhw .. adhi neynge ehnu e ee kameh cple akee .. hehe hama vedhaane .. heheh hmm vaaahaka liyun gadyga ryn mathin varah miss vi .. hehehehe saabas ryn gulha beys dhiya beyho .. anyways again thanks alot .. miss u tooo like u said .. n luv you more .. u too tc of ur self ingey 🙂 🙂 🙂

    3. lai says:
      December 17, 2015 at 8:33 am

      hehe mihaaru varah mistakes nuhurey dhw ryn liyaa ehchehyga .. hehehe hmm gud gud

  10. vaanamey..... says:
    December 17, 2015 at 12:21 am

    hmmmm interesting……. vrh rythivaanehnnn hyvanyyyy….. avahah next part upkhdhehchey……

    1. lai says:
      December 17, 2015 at 8:34 am

      thanks alot vaanamey.. will upload the next part soon insha allah ::)

  11. Sally says:
    December 17, 2015 at 12:41 am

    Nice starting….Gud luck lai 4 ur first story……..hope it’ll be interesting…..
    ????????????????

    1. lai says:
      December 17, 2015 at 8:35 am

      thank u so much sally .. 🙂 🙂

  12. Immy says:
    December 17, 2015 at 1:18 am

    ooohhh………. vrh salhi/ when nxt prt……. cntt wait laii……… aawwnnn its soooooo inteeresting….. 😮 😮 wat will happen nxt????? reallyyy?????? aileen mareh nuvey?? vrh salhi vaane mivaahaka…… thers no doubt about this… i luv luv luv this type of stry…. 😀 😀 :D……its all a mysetery….. vrh avaha nxt prt up kohdhehcheyyyy…. plxxxx plxxxxxxxx…….. fst stry aa balaafa vrh salhiiiiiiii……… <3 <3 <3 bst of luk llaiiii……….. 😀 😀 😀

    1. lai says:
      December 17, 2015 at 8:40 am

      thank u so muchh immy .. ehentha??? thanks alot ..neynge dhw lets see hehe .. yaah aileen mareh nuvey .. she’s alive .. hehe .. hmm hmm insha allah varah avahah up kohdheynan .. once again thanks 🙂 🙂

  13. Shabee says:
    December 17, 2015 at 6:24 am

    hey laiiiiiiiiiii 😀 mi vaahaka vrh vrh vrh habeyss…….dhn kuri ah huri baithahvx hyvany vrh interesting vaane hen 😉 aileen ehn v ma mareh nuvey dhw?? 😮 alhe vrh kiyaahithun indhaa enimuny 🙁 🙁 wat evr 😛 😛 heeheehee….1st story r balaafa hama ehvana ingey laiii 😉 😉 😉 n pic vx varaaaaaaaaaah salhii 😀 nxt prt vx avahah dhigu kh up khdhehchey….nd story ah lyk eh 😉 😛 😀
    🙂 all da bst 🙂

    1. lai says:
      December 17, 2015 at 8:46 am

      hey shabeeeeee ..thank u so much .. hmm aileen mareh nuvey .. alheyy .. hehe wht evr nulaa cmmnt eh kohnuleveydhw hama shabee akah .. wht evr queen viyya .. hehehe ..once again thank u so much shabee .. yaah dhn oiy bai dhigu kohlaanan miah vure ..thanks 🙂 🙂 🙂

  14. mice says:
    December 17, 2015 at 8:07 am

    very nice! waiting to know where is aileen

    1. lai says:
      December 17, 2015 at 8:50 am

      hehe .. thank u so much mice 🙂 🙂

  15. nuhnu says:
    December 17, 2015 at 10:39 am

    Ahchaaheyyy….wait karraheyyheyy
    Jaldheeseyy upkarooo…

    1. lai says:
      December 17, 2015 at 1:43 pm

      hehe .. thanks nuhnu .. will upload the next part soon insha allah 🙂

  16. Luvna❤ says:
    December 17, 2015 at 12:21 pm

    Laikkooo???… Balaa nuvs bune biggggg suprise eh thi dhiny?????????.. Hehe.. This part is varaaaaaaaaaaah boootiphull.. Lai anekka luv ge charctr iryn ah hadhaigen tha thiulheny????.. hHehw.. Same as how im.. Alhey eoh rythi koh kiyan indhaa e nimuny??.. pleaach next part varah avahah.. Inge?.. Hmm ehkala ehkala iryn ge twin devil sis eh gothah iz and iryn ge jodi break kohllan nugennahcheyy???.. And miss you ehkala ehkala boy vs??.. Byeeeee.. Tvgc..???.. And hope to see you soon.. That pic varah cute inge..

    1. lai says:
      December 17, 2015 at 1:56 pm

      hehehe dhn luvv… e ee hama luv ah suprize eh dheyn vegen nubuny .. hehehe .. thank u so muchh .. haha yah luv ge chracter e ee .. alheyy .. next part varah avhah upload kohdheynan insha allah .. hehe e ee devil eh nooney luv .. .. miss u too .. hehe yah ehka ehka boy dhw haha .. u too tvgc .. c u soon .. once again thanks 🙂 🙂 🙂

  17. nukko says:
    December 17, 2015 at 2:19 pm

    Heyyyyyyyy……… lai gandaaa….. nuvs buney… wat a suprse….!!! 😮 😛 Varaaaah rythi… hama wowwww… 😀 n loabi nms kolheh nd the pic is awsum…. 🙂 😉 😉 ryyn oo 😮 😀 hahahha…. cant wait dude.. avahah up kohdheychey… gud lukk… miss yew take care….

    1. lai says:
      December 17, 2015 at 2:34 pm

      heyyyyyyy …nukko gandaa .. hehehe e ee hama nukko ah suprize eh dheyn vegen nubuny .. hahaha …. thank u soooo muchh .. ehaa gina iru vandhen wait kuraakah nujahssnamey nukko .. hehe will upload the next part soon insha allah .. .. thnks once again .. miss u tooo alott .. u too tc ingey 🙂 😉 🙂 🙂 🙂

  18. Cupcake says:
    January 30, 2016 at 9:34 pm

    ?☺

Comments are closed.

Next Episodeލޯބިން އެކީގަ ވާނަމޭ.. (2)←


All Right Reserved!