Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

…އިޙްތިޔާރު

__devil__09 Level 210 Stories100 Login
April 28, 2025 5 Mins Read
0 Comments

އަތްތިލަ ބަޑީގެ އަޑުން މުޅި މާހައުލު ގުގުމާލިއެވެ. ކަށިއިގިލީ ގައި އޮތް ރިހި އަނގޮއްޓި ދައްކާލަމުން އެލީނާ އުފަލުން ހީލިއެވެ. އޭނާގެ އަތުގައި ހިފާލައިގެން ހުރި މެޓް ވެސް ހިނިތުންވެލީ އޭނާގެ އަނގޮއްޓި ދައްކައިލަމުންނެވެ.

ރޯޔަލް ބްލޫ އާއި ހުދުކުލައިގެ ކުދިކުދި މާތަކުން ޒީނަތްތެރި ކޮށްފައިވާ ހޯލް ތެރޭގައި އަތުރައިފައިވާ ގޮޑި ތަކުގައި ހުރީ ހުދު ފޮތިގަނޑެއް އައްސާލުމައް ފަހު ރޯޔަލް ބުލޫ ރެބަން އޮޅާފަ އެވެ. އެ ބޮޑު ހޯލް ގައި އާއިލާ މީހުންނާއި އެކުވެރިން ހޭލަމޭލަވެ އުޅެއެވެ. އެޅިނާ އާއި މެޓް ތިބީ އެމީހުންނަށް ހާއްސަ ކުރެވިފައިވާ ގޮޑީގަ އެވެ.

“ހާދަ ރީއްޗޭ ދޯ، މަގޭ ފިއުޗާރް ވައިފް..” އެލީނާގެ އަތައް ބޮސް ދެމުން މެޓް ފޮނި ވެލިއެވެ.

ލަދުން އޭނާގެ ބުޅި އިސްތަށިގަނޑު ރީތި ކޮށްލަމުން އޭނާގެ ދިގު އެސްފިޔަތައް ތިރި ކޮށްލިއެވެ. އެލީނާގެ ކޮތާފަތް ރަތް ވިތަން ފެނިފައި އެދެމީހުންގެ އެކުވެރިން ދިމާކުރަން ފެށިއެވެ.

އެންގޭޖްމެންޓަށް ހަފްތާއެއް ވެއްޖެވެ. ކައިވެނީގެ ކަންތަށް ދަނީ އޭގެ ހަލުވި ކަންމަތީގައި ކުރިއަށެވެ. މެޓް އުޅުނީ އޭނާގެ އެކުވެރިން ކޮޅަކާއި އެކު ނައިޓް ކްލަބްގަ އެވެ.

“މޭން ކޭސީ މިހާރު ހާދަ ރީއްޗޭ..!” ޓްރައިވެސް ބުނެލީ މެޓް ގާތުގަ އެވެ. ޓްރައިވަސް އަކީ މެޓްގެ ގާތް ރަހުމަތްތެރި އެކެވެ. ނަމަވެސް އޭނާ މެޓް އާއި އެލީނާގެ ކައިވެންޔަށް އެހާ ހިތްހަމައެއް ނުޖެހެ އެވެ.

“ކޭސީ އެއައީ ކޮރެއާއިން ދޯ..؟” މެޓްގެ އެހެން އެކުވެރިއެއް ވެސް ކައިރި ވެލިއެވެ.

އަތުގައި އިން ބިއްލޫރި ތަށި މޭޒުމަތީ ބައިންދަމުން މެޓް އޭނާގެ އުގުމަތީ އިން އަންހެންކުއްޖާ ފޮނުވާލީ ދުރަށެވެ. އަދި ކުރިއައް ޖެހިލައި އޭނާގެ އުޅަންބޮށި ވިއްދާލީ ކަކުލުގަ އެވެ. ދެއަތުގެ އިގިތަށް މަހާލަމުން އޭނާގެ ދަތްދޮޅި ވިއްދާލިއެވެ.

“ކޭސީ އައީތަ..؟” ވަރަށް ވިސްނުމައްފަހު މެޓް އަހާލިއެވެ. އެނާގެ އަތުގައި އެލީނާ އެޅުވި އެންގޭޖްމެންޓް އަގޮއްޓި އެއްނެތެވެ.

އިރު އޭގެ ވާޖިބު އަދާކުރުމަށް ދުނިޔެއަށް ބޯ ދިއްކޮށްލުމުގެ ކުރިއަށް އެލީނާ އޭނާގެ އެދުން ތެދުވިއެވެ. އޢނާގެ މޫނު މަތީގައި ވަނީ އުފާވެރި ކުލަވަރު ތަކެކެވެ. އޭނާގެ އުފާވެރި ކަމުގެ ފަހަތުގައި ވަނީ އެއްމެ ސަބަބެކެވެ. އެއީ އޭނާ އާއި މެޓްގެ ކައިވެނީގެ ދުވަހެވެ.

ހުދު ކުލައިގެ މާމެއިޑް ހެދުމެއްގައި ކައިވެނި ހޯލްގައި އެޅިނާ އިނީރު ހުރިހާ މެހެމާނުން ތިބީ މެޓްގެ އިންތިޒާރުގަ އެވެ.

ބައިގަޑިއިރު ވީއިރުވެސް މެޓް އެއް ނައެވެ. ނުވިތާކަށް އޭނާގެ އެކުވެރިޔަކު ވެސް ފެންނާކަށް ނެތެވެ. އެލީނާ އިނީ ރޮވޭވަރު ވެފަ އެވެ. އޭނާގެ މައިންބަފައިންނާއި މެޓްގެ މައިބަފައިން ވެސް މެޓް އަށް ގުޅޭތޯ މަސަތްކަތް ކުރަމުން ދިޔައެވެ.

ހޯލް ދޮރު ހުޅުވާލައިފައި ވަނީ މެޓްގެ އެކުވެރިޔާ ޓްރޭވިސްއެވެ. ދެން ފެނުނު މަންޒަރުން އެންމެންވެސް ހައިރާން ވިއެވެ. އެލީނާ އައް ހީވީ އޭނާގެ ފައިދަށުން ބިންގަޑު ދަމައިގަތް ހެންނެވެ. ކަޅު ކުލައިގެ ސޫޓް އެއްގައި ހުރި މެޓްގެ މުލައްދަޑީގައި އަތް އަޅުވައިލައިގެން އެހުރީ ދެވަނަ އެހެންމީހެެއް ނޫނެވެ. ކޭސީ އެވެ. އޭނާ ހުރީ ހުދުކުލައިގެ މާމެއިޑް ވެޑިން ޑްރެސް އެއްގަ އެވެ. އަތުގައި ހުދާއި ރަތުގެ މާބޮނޑި އެކެވެ. އެލީނާގެ ލޮލުން ހޫނު ކަރުނަތައް ފައިބަން ފަށާފިއެވެ. އެއީ އޭނާ ބޭނުންވާގޮތައް މެޓް ހަދައިދިން މާބޮނޑި އެކެވެ. ކެއިސީ ލައިގެން ހުރި ހެދުން އެއީ އޭނާ ބޭނުންވާގޮތަށް ފެހި އެއްޗެކެވެ.

 

“މީ އަހަރެންގެ އަންހެނުން.. ކެއިސީ..” މެޓް ބުނެލީ އެލީނާގެ ލޮލަށް ބަލަން ހުރެ އެވެ.

“މެޓް..” އެލީނާގެ އަޑު ނިކުތީ މަޑު އާހެއް ގޮތަށެވެ.

ހުރިހާ އެންމެން ތިބީ ހައިރާންވެ އަންތަރީސް ވެފައެވެ. މެޓް އަށް އެފަދަ ކަމެއް ކުރަން ކެރުނީތީ އޭނާގެ މައިންބަފައިން ތިބީ ލަދުންނެވެ. އެލީނާގެ އާއިލާ ތިބީ ރުޅިއައިސް އެވެ.

“މީ މިހާރު މަގޭ ވެޑިން.. އެލީނާ ތިތަނުން ދުރަށް ދޭ..!” ކެއިސީ ގޮސް ހުއްޓުނީ އެލީނާ ކުރިމަތީގަ އެވެ. އޭނާގެ ފެހި ކުލއިގެ ދެލޮލުން ބުރަމުން ދިޔައީ ނަފްރަތާއި ރުޅިވެރިކަމުގެ އަޅިކޮޅުތަކެވެ.

ލަދުންނާއި ވީދެރައިން ،އަތުގައި އޮތް މާ ބޮނޑި ބިންމައްޗަށް ޖަހައިފައި އެލީނާ އެތަނުން ނިކުމެވެން ހުރި ދޮރާއި ދިމާލަށް ދުއްވައިގަތެވެ. އޭނާގެ ރަތް ކުލައިގެ ބުޅި އިސްތަށިގަނޑު މިނިވަންކަމާއެކު ވިހުރެމުން ދިޔައެވެ. އެލީނާގެ ފަހަތުން އޭނާގެ އާއިލާގެ މީހުންނާއި އެކުވަެރިން ވެސް މިކުތެވެ.

“އުފް. ކާންޓް ބިލީވް ޔޫ ޖަސްޓް ލެޓް ހަރ ފްރީ” ކެއިސީ ވާހަކަ ދެއްކީ އޭނާގެ ދެއަތް މެޓްގެ ކޮޑުގައި ބާއްވައިލަމުންނެވެ. މެޓް ވެސް އޭނާގެ ދެއަތް ވަށައިލީ ކެއިސީގެ އުނަގަނޑުގަ އެވެ.

“ނޯ ޑައުޓް. ތީ އަހަރެންގެ ފުރަތަމަ ލޯބި. އެލީނާ އެއީ ކޮލެޖް ލަވް.” މެޓް ވާހަކަ ދެއްކިއިރު އެއަޑުގައި ވަނީ އުފާވެރިކަމެވެ.

ހަތް އަހަރުފަސް……..

ކެލަފޯނިޔާގެ ހެލްޑްސް ބޫރގ ގައި ގުގުމަމުން ދިޔައީ ހުނުމުގެ އަޑެވެ. އެތާތިބި އެހެން މީހުންގެ ނަޒަރު ހުއްޓިފައިވަނީ އެދިމާލަށެވެ.

ރަން ކުލައިގެ ކޮޑުކެނޑި، ދިގު ހެދުމުގައި އިން ކެއިސީގެ އިސްތަސިގަނޑު ވަނީ މިނިވަންކަމާއެކު ފަހަތައް ދޫކޮއްލެވިފައެވެ. އޭނާގެ އަތުގައި ގޫޗީ ދަބަހެއް އޮތެވެ، އަތުގައި އޮތް އައިފޯން 16 ޕްރޯ މެކްސް އިން ސެލްފީއެއް ނެގީ އޭނާ ގާތުގައިތިބި އެންމެން އަރާނެ ގޮތަށެވެ.

“މި ކްލާސް ރީ ޔޫނިއަން ކުރިން ނުބޭއްވުނީމަ ވަރަށް ދެރަވޭ” ކެއިސީ އޭނާގެ ރަތް ކުލައިގެ ލިޕްސްޓިކް ޖައްސައިފައިވާ ތުންފަތުގައި ފެން ތަށި ޖައްސައިލަމުން ބުނެލި އެވެ.

“ދެން އޯކޭތާ! މިކަހަލަ ތާކައް އެފޯޓް ކުރެވޭ މީހަކު ހުރީމަތާ މިކަހަލަ ތަނަކައް އާދެވޭނީ. ދޯ މެޓް؟”ދެންމެ ވާހަކ ދެއްކި މަންޖެ ދޯ ދިނީ މެޓް އަށެވެ.

މެޓް އޭނާގެ ރާޅުބާނީ އިސްތަށިގަނޑު ފަހަތަށް އައްސައިލަމުން ބަލައިލީ ކެއިޗީ އަށެވެ. ލުއި ހިނިތުންވުމެއް ހަދިޔާ ކޮއްލުމަށް ފަހު ދެން ބަލައިލީ އެހެން މީހުންނާއި ދިމާލަށެވެ.

“ތިމީހުން ބޭނުން އެއްޗެއް އޯދަރުކޮއްލާ. މަ ޕޭކުރާނަން.” އޭނާ އަތުގައި އޮތް ޕްލެތިނަމް ކާޑު ދައްކައިލަމުން މެޓް ފޮނިވެލި އެވެ.

އެންމެން ހައިރާން ވެގެން އުޅެން ފެށުމުން ކެއިސީ ވެސް ފޮނިވެލާފައި މެޓް ގެ އަތުގައި ވަރަށް ގާތް ކޮށް ހިފައިލި އެވެ.ހުރިހާ އެންމެން މެޓް އަށް މަރުހަބާކީ އޭނާގެ ކާމިޔާބީ ފެނިފަ އެވެ.

“ކޮބާ އެލީނާ؟” ޓްރައިވަސް އަހާލި އެވެ.

“މިހާ ފޭންސީ ތަނަކަށް އަންނަން އޭނާ އަތުގަ ލާނެ އެއްޗެއް ނެތީމަ ލަދުން ކަންނޭނގެ.” ކެއިސީ މިހެން ބުނުމުން އެންމެން އެއް އަޑުން ހޭންފެށި އެވެ.

ދިހަ ވަރަކައް މިނެޓު ތެރޭގައި އަޅި ކުލައިގެ ހުޑި އާއި ހަމަ އެކުލައިގެ ސްވެޓް ޕޭންސް ގައި އައިސް އެމޭޒު ކައިރީ ހުއްޓުނީ އެލީނާ އެވެ.އޭނާގެ ރަތް އިސްތަށިގަނޑު ވަނީ ކަންނެތް ގޮތަކަށް ހުޅިއެއް ގަހައިފަ އެވެ.

މޭޒު ވަށާ ނަޒަރެއް ހިންގައިލިއިރު އެލީނާ އައް ހުސް ގޮނޑި އެއް ފެނުނީ މެޓް ކައިރިން ނެވެ. އެލީނާ ގޮސް އެތާ އިށީނީ މެޓް އެއީ ދަންނަ މީހަކަށް ވެސް ހަދައިނުލަ އެވެ.

“ލަސް ވީތީ ވަރަށް ބޮޑަށް ސޮރީ” އެލީނާ ވާހަކަ ދެއްކީ އެންމެނަށް އަޑުއިވޭ ވަރަށެވެ.

“ލަސްވި އިރުވެސް ތިއްށް ވުރެ ރީތި އެއްޗެއް ނެތީތަ ލާން؟” ކެއިސީ ރުންކުރު ރާގަކައް ބުނެލި އެވެ. ދެން ތިބި މީހުން ވެސް ފާޑު ކިޔަން ފެށި އެވެ. އެލީނާ އޭނަ އަށް ރައްދުވަމުން ދިޔަ ނުރުހުމުގެ ބަސްތަކައް ޖަވާބުދިނީ ހިނިތުންވެ ހުރެ އެވެ.

“ތިހާ ޗީޕް އެއްޗެއް ލައިގެން މިކަހަލަ ތަނަކައް އަންނާކށް ނުވާނެ ދޯ”

“ތިހެން އައުމަށް ވުރެ ނައުން ވެސް މާ ރަނގަޅުވާނެ”

ދެހާހުގެ ޗެކް އެއް ލިޔެފައި މެޓް ދިއްކޮށްލީ އެލީނާ އަށެވެ. އެންމެން ހީކުރި ގޮތާ ހިލާފަށް އެލީނާ އެ ޗެކް ކައިރިކޮއްލީ މެޓް އާއެވެ.

“ނޯ ތެންކްސް” އެލީނަ ވަހަކަ ދެއްކީ ނަޑުމައިތިރިކަމާ އެކުއެވެ.

ހުރިހާ އެންމެންގެ ސަމާލުަކަން އަތުލައިގަތީ ވީ.އައި.ޕީ ރޫމް އިން ނިކުމެގެން އައި ހަތަރު އަހަރުގެ ފިރިހެން ކުއްޖައެވެ. ހަމުގެ ކުލަ ދޮން ވެފައި މުސި ކުލައިގެ ބޮޑު ލޮލެކެވެ. ރަތް ކުލައިގެ ފަން އިސްތަށިގަނޑެކެވެ.

އެ ކުއްޖާ ގޮސް ހުއްތުނީ އެލީނާ ކައިރީގަ އެވެ. އަދި ގާތް ކޮށް އެލީނާގެ ކަރުގައި އޮޅުލައިގަތެވެ. އެލީނާ ވެސް އެކުއްޖާ ގައިގައި ބައްދައިލި އެވެ. އެންމެން ތިބީ ހައިރާން ވެފަ އެވެ. އެމީހުންގެ ހައިރާންކަން އިތުރުވީ އެކުއްޖާ އެލީނާ އަށް މަންމަ އޭ ކިޔާ މުހާތަބު ކުރުމުންނެވެ.

” ވެދާނެ އެކުއްޖާގެ މަންމަ އާއި އަށްތަރީކަމަށް. އެއީ އަހަރެން ބުނި ބިލިއަނާ ޒޭވިޔާގެ ދަރި ހެރީ” ކެއިސީ ހަމޖެހިލި އެވެ.

“އެލީނާ ހަމަ އެކުއްޖާގެ މަންމަ އެހާ ވައްތަރިތަ؟” އެހެން މީހަކު ބުނެލި އެވެ. އެމީހަކު އެމީހަކައް ހީވި ގޮތަކަށް ވާހަކަ ދައްކަމުން ދިޔަ އެވެ. ހުރިހަ އެންމެންގެ ފާޑުކިޔންރަކައް ބީރު ކަަންފަތޭޢް ދީގެންއިނދެ އެލީނާ ހެރި އާއި ވަހަކަ ދައްކަމުން ދިޔަ އެވެ.

ވީ.އައި.ޕީ ރޫމްގެ ދޮރު ހުޅުވުނު އަޑަށް އެންމެންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ، ދޮރުން ނިކުމެގެން އައި ޒެވިޔާ ފެނި އެންމެންގެ ދެލޯ ބޮޑުވި އެވެ.

އާދައިގެ ހިނގުމެއްގައި އައިސް ޒޭވިޔާ ހުއްޓުނީ އެލީނާ ކައިރީގަ އެވެ. އޭރު ހެރީ އިނީ އެލީނާގެ އުނގުގައެވެ.

“މީ އަހަރެންގެ ފިރިމީހާ ޒޭވިޔާ. އެންދް މީ އަހަރެމެންގެ ދަރިފުޅު ހެރީ.” އެލީނާ ރީތި ހިނުތުން ވުމަކާއެކު އޭނާގެ ފިރިމީހަ އާއި ދަރީގެ ތަޢާރަފެއް ދިނެވެ. އެންމެން ތިބީ ހައިރާންވެ ލޯ ބޮޑު ވެފަ އެވެ. އެލީނާ ޒޭވިޔާ އައް އެތާ ތިބި މީހުން ތަޢާރަފު ކޮށްދިނެވެ.

“އެލީނާ ޒޭވިޔާ އާއި މެރީ ކުރީ އޭނާ މުއްސަނދިވީމަ. އޭނާ މެޓް އާއި ވެސް މެރީކުރަން އުޅުނީ މެޓް އަތުގަ ފައިސާ ހުރީމަ. މެޓް އޭނަ ދޫކޮށްލާފަ ދިޔައީމަ ޒޭވިޔާގެ ބޮލައް އެރިގެން އެހުރީ ޒޭވިޔާގެ ވައިފް އައް ވެގެން. ބިލިއަނާ އެއްގެ ވައިފް އަކައް ވީއިރުވެސް ބަލާބަލަ ހެދުން އަޅާފަ ހުރިގޮތް.” ކެއިސީ މެޓްގެ ކަންފަތް ދޮށުގައި ބުނެލި އެވެ. އޭނާ ބުނީ ކިތަންމެ މަޑުން ނަމަ ވެސް އެލީނާ އަށް އެ އަޑު އިވުނެވެ.

“ސޮރީ. އަހަރެން މިތަނައް އައީ ސަރޖަރީ އެއް ނިންމާލި ގޮތައް. އެހެންވެ ރީތިވާން ވަގުތުނުވީ. އަހަރެންގެ ބަރޓް ޑޭ އައް ވީމަ އަހަރެންގެ ހަޒްބެންޑް ވަނީ ކަމެއް ޕްލޭން ކޮއްފަ އެންޑް ހެރީ އުޅެނީ ލަސް ވާތީ ކަމުން އަހަރެން ދެން ގޮސްލީއޭ. ތި އެންމެނާ ދިމާވީމަ ވަރަށް އުފާވެއްޖެ. ބައީ.” މިހެން ބުނެ އެލީނާ ހެރީ އުރާލަމުން ވީ.އައި.ޕީ ރޫމް އާއި ދިމާލަށް ހިނގައިގަތެވެ. އޭނާ އާއި އެކު ޒޭވިޔާ ވެސް ހިނގައިގަތީ އެލީނާގެ ކޮނޑުގައި ހިފާ ގަޔާއި ކައިރި ކޮށްލަމުންނެވެ. 

-ނިމުނީ-

Share Article

Follow Me Written By

__devil__09

Level 210 Stories100 Login

Other Articles

Previous

ކުޑަކުޑަ ދަރިފުޅު 9

Next

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ ޓޮރެއިލަރ

Next
April 28, 2025

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ ޓޮރެއިލަރ

Previews
April 28, 2025

ކުޑަކުޑަ ދަރިފުޅު 9



All Right Reserved!