Skip to content
އެސްފިޔަ

ވާ ލޯބި އެގޭނަމަ(7)

*******2 މަސް ފަސް*******

މުޅި އަލަމާރި ތެރެ ހާވަމުން ދިޔަ ނައިރާ ހުރީ ހިތް އަވަސްވެފައެވެ. ނައިރާ ތައްޔާރު ވަމުން ދިޔައީ ރާއިން އާއި ދޭތެރޭ ނައިރާގެ ހިތުގައި އުފެދިފައިވާ އިހުސާސްތައް ރާއިން އަށް ހިއްސާ ކުރާށެވެ.”ސުއްބޫސް….ނައި މިހާވަރު ކޮށްގެންތަ ލާނެ ހެނދުމެއްވެސް ފެންނަ ކަމަށް ވަނީ” ކޮޓަރި ތެރެ އޮތްގޮތް ފެނުމާއެކު ރިފާ އަށް ބޮލުގައި އަތް އެޅުނެވެ.”އަޅެ ރިފް ނުފެނުނޭ ކަމުދާ ރަނގަޅު ހެނދުމެެއް…ހިނގާބަ ދާން ފިހާރަ އަކަށް ހެނދުމެއް ގަންނަން ޕްލީޒް”ނައިރާ ރިފާގެ އަތަށް ދަމާލިއެވެ.

“ފައިނަލީ……”ރިފާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ނައިރާ ރީތިކުރުމަށްފަހު ރިފަ ނައިރާ އާއި ދިމާލަށް ބަލާލީ ހުރިހާ ކަމެއް ވެސް ރަނގަޅުވާނޭ ބުނާ ފަދައިންނެވެ.ހުނދު އެސްޖަހާފައިވާ ކަޅު ކުލައިގެ ކަކުލާ ހިސާބަށް އަރާ އަތްދިގު ހެދުމުގައި ނައިރާ ވަރަށްވެސް ރީއްޗެވެ. އެފަން އިސްތަށިގަނޑު ފަހަތަށް ދޫކޮށްލެވިފައި ވީއިރު މޫނުމަތިގައި ލުއި މޭކަޕްއެއް ކުރެވިފައި ވެއެވެ.”ތެންކްސް ރިފް ނައި ދެންދަނީ ލަވް ޔޫ” އެދުމަތީގައި އޮތް ދަބަސް ހިފައިގެން ނުކުމެ ނައިރާ މިސްރާބު ޖެހީ ހުޅުމާލެ  އަށެވެ.

ކާރު ރިވެލި ބީޗް ކްލަބް ކުރިމައްޗަށް ހުއްޓުމާއެކު ފައިސާ ދެއްކުމަށްފަހު އެތެރަށް ވަނުމަށް ނައިރާ މިސްރާބު ޖެހިއެވެ.ރާއިންގެ ހަބަރެއް ނުވުމުން ނައިރާ ރާއިން އަށް ގުޅިއެވެ.ދެވަނަ ސިކުންތުގައި ފޯނު ބިޒީ ވުމުން ނައިރާ މާޔޫސް ވިއެވެ. ދެވަނަ ފަހަރަށް ގުޅި ވަގުތު ކައިރިން ފޯނު ރިންގްވިހެން ހީވުމުން މުޅި މަހައުލަށް އަވަސް ނަޒަރެއް ހިންގާލިއެވެ.އެވަގުތު ފެނުނު މަންޒަރަކުން ނައިރާގެ ލޮލަށް ކަރުނަތަށް ޖަމާވިއެވެ. ރާއިންގެ އަތުތެރޭގައި ހިނިތުން ވެގެން ހުރީ ލީޝާ ނޫން ދެވަނަ މީހެއް ނޫނެވެ. ލީޝާ އަކީ އީޝާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.އިތުރަށް މަޑުކުރުމެއްނެތި ނައިރާ ފޯނު ހިފައިގެން ދުވެފައި ނުކުތެވެ.ރާއިން އަށް ނައރާ ފެނުމާއެކު ލީޝާ ކޮށްޕާލިއެވެ. ނަމަވެސް އޭރު ނައިރާ ފެންނަން ނެތެވެ. މަންޒަރު ބަލަން ހުރި ލީޝާ ވަގުތުން އީޝާ އަސް ޕްލޭން ކާމިޔަބު ވެއްޖެކަން އަންގާލިއެވެ.

އޭ ލޯބިވާ މަލާ……މޭ ފިސްވި ހިތް މިލާ…….

ދިޔަޔަސް ހެވޭ ހިލާ…….ބުނެދީފަ ދޭބަލާ……

ރޯނޭ ގޮތެއް ހިލާ……ލޭ ކަރުނަޔާ ނުލާ…..

ކެރުނީމެ ތާ އަލާ…….ގައްދާރު ވީ ކަލާ………

ކަލާ…………ލޯބިވާތީހެ ގޯނާކުރީ…….

ތެދޭ ހިތް އެދޭތީހެ ބާކީ ކުރީ……..

ލިބޭ ޖަވާބަކީ…….ދިމާނުވާނެ ހާ އަސަރު……

,އެކީ ބިނާ ކުރީމާ……….ލޯބީގެ ގަނޑުވަރްްް…………

ހުޅުމާލެ ބީޗުގައި އިށީދެގެން ހުރި ނައިރާ ގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ލަވަ ކިޔައިނިމުނު އިރު ގިނަ މީހުންގެ ލޯތައް ނައިރާ އަށް ހުއްޓެމުން ދިޔައެވެ. ރާއިން އާއި މެދުގައި ފުރަތަމަ ފަހަރަށް ނައިރާގެ ހިތުގައި ޝަކުވާ އެފުދެނެވެ. “ދައްތާ….ދައްތަގެ ލަވަ ކިޔުން ވަރަށް ރީތި އަދި ލަވަ އެއް ކިޔާދވިދާނެތަ….ޕްލީޒް”ނައިރާ ގެ ކުރިމަތީގައި އިށީނަމުން އެ ކުއްޖާ ބުނެލިއެވެ. “ކޮން ކުއްޖެއް ތީ؟ކޮބާ ކޮއްކޮ މަންމަ؟”ނައިރާ އެކުއްޖާގެ ބޮލުގައި ފިރުމާލިއެވެ.”ޔަޒާ ކިޔަނީ އަޅުގަނޑަށް.މަންމި ވި ގޭގަ ކުޑީ އާއި އެއްކޮށް އައިސް މިއުޅެނީ…..އެނގޭތަ ކުޑީ އުޅެނީ ކުޑީގެ ބޭބެ ދިޔައީމަ ދެރަވެގެން އެހެންވެ ޔަޒް މިބުނީ ލަވައެއް ކިޔާދޭން ޔައިނާ ކިޔަނީ”ޔަޒާގެ އަމަލުތައް ހުރިގޮތުން ވެސް ޔައިނާ ދެކެ ވާ ލޯބި ފެނިގެން ދިޔައެވެ.”އޯކޭ…..ޔަޒް ބުނީމަ ކިޔާދޭނަމން ކޮންކަހަލަ ލަވައެއް ބޭނުމީ”ނައިރާ ސުވާލު ކޮށްލިއެވެ.”ކުޑީ އަޑޫ އަހަނީ ސޭޑް ސޯންގް” މައުސޫމް ގޮތަކަށް ޔަޒާ ބުނެލިއެވެ.ނައރާ ގަދަކަމުން ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރިކުރުވިއެވެ.

ދިވާނާ ކޮށްލާފާ ވާތީ……ލޯތްބަށް އެދިގެން ރޯލީމޭ…….

ނޭނގޭހާވޭސް ބުުނެދޭން ލޯތްބެއް…..ވާތީ ހިތުގާ ވާނަން ގުރުބާން……..

ފޮނި އުންމީދެއް އިހުސާސް ވާތީ……..ތިހިޔާލޭ ފިނި ރޯޅީގާ ވި………

ދީވާނާ ކޮށްލާފާ ވާތީ…….ލޯތްބަށް އެދިގެން ރޯލީމޭ

ހޯދަން ނޭދެން ލޯތްބެއް ތިނޫން……..ލިބެން ނެތުމުން ރޯލީމޭ…..

ފުރަގަސް ދީފާ ތިޔަހެން ދާތީ…….ހިތުގާ ޖެހިދޭ ކަރުނައިން ފުރިދޭ……..

ދާކަށް ނޭދެން އާދޭސް ކުރަމުން……..ބާރެއް ނުވެޔޭ ފަހަތުން ދެވެޔޭ…..

ދީވާނާ ކޮށްލާފާ ވާތީ..ލޯތްބަށް އެދިގެން ރޯލީމޭ……..

ހޯދަން ނޭދެން ލޯތްބެއް ތިނޫން……..ލިބެން ނެތުމުން ރޯލީމޭ………..

އޯހް…..ކަރުނުން ފުރާ ވާ ހާލުގާ………ލޯތްބަށް ޖަހާ މީ ސަލާމޭ ހުވާ……

ލޯތްބާ ރުހުން ދީފާ ނެތާސް……ހެވޭ ހިތް ހަވާލު ކުރަން ހެޔޮ ހިތުން…..

ދީވާނާ ކޮށްލާފާ ވާތީ……….ލޯތްބަށް އެދިގެން ރޯލީމޭ………

ހޯދަން ނޭދެން ލޯތްބެއް ތިނޫން……ލިބެން ނެތުމުން ރޯލީމޭ……….

ލީޝާ ރާއިން އަތުތެރޭގައި ހުރި ގޮތް ސިފަވުމާއެކު އަނެއްކާވެސް ނައިރާގއ ހިތުގައި ރިއްސާލިއެވެ…..”ވާއު އެއް ވަނަ”ޔަޒާ ނައިރާ އަށް ތައުރީފް ކޮށްލިއެވެ.”ޔަޒް މިތާ މިހާރު މުޅި މިތަން ބަލައިފީމޭ ޔަޒް ފެނޭތޯ”ޔައިނާ ބުނެލިއެވެ.”ކުޑީ އަށް ލަވައެއް ދެންމއެ ނައި ދައްތާ ކިޔައިދިނީ”ޔަޒާ އަށް ނައިރާ ކަމުދިޔައެވެ.މާގިނަ އިރުތަކެއް ނުވިޔަސް ނައިތާ އާއ ޔައިނާ ދެމެދުގައި އެކުވެރިކަން އުފެދުނެވެ.”ދެން ގޮސްލީ މިހާރު 10 ޖެހީ މީ ޔައިގެ ނަންބަރ ގުޅާލާނަން” ޔަޒާ ގޮވައިގެން ދަމުން ނައިރާ ބުނެލިއެވެ.

ކާރެއް ނުލިބުމުން ނައިރާ މާޔޫސް ވާ ގޮތް ވިއެވެ.މަންމަ އެކަނި ގޭގައި ހުރުމާއެކު ނައިރާ ގެޔަށް ނުގޮސް ލަސްވުމުން ފިކުރު ކުރާނެ ވަރު ނައިރާ އަށް އެގެއެވެ.ފޯނުނަގައި ކާރަކަށް ގުޅަން ބެލިއިރު ޗާޖު ނެތުމުން ނައިރާ ހިތްހަމަ ނުޖެހުނެވެ.މަޑުމަޑުން ހިގަމުން ދިޔ ނައިތާ ސިހުނީ ރާއިން ކުއްލި އަކަށް އައިސް ނައިރާ އަތުގައި ހިފުމުންނެވެ.”އިރާ އައި ކޭން އެކްސްޕްލެއިން”ރާއިން ބުނެލިއެވެ.”ބުނަން އަހަރެންގެ ލޯ ކުރިމައްޗަށް ހުރިހާ ކަމެއް ފެނުން. އިތުރަށް އެނގޭކަށް ކަމެއް ނެތް” ރާއިންގެ އަތް ފޮޅުވާލާފައި އެތަނަށް އެވަގުތު މަޑުކުރި ކާރަކަށް އެރިއެވެ.ކާރައް އެރުމާއެކު ކަރުނަތައް އޭގެމަގާމުން ދޫވެގެން ދިޔައެވެ.ނައިރާ ގެ އަމަލުން ރާއިން ހިތުގައި ރިއްސާލިއެވެ.ނައިރާ ބީވެގެން ދަނީ ކަމުގެ ސިގްނަލް ރާއިންގެ ސިކުނޑި ދިނަސް ހިތް އެކަމަކަށް އެއްބަހެއެ ނުވިއެވެ.ހުރިހާ ކަމެއް ނައިރާ ހަކމަ އަކަށް އެޅުމުން ކިޔައިދޭން ނިންމައިގެން ސައިކަލަށް އަރައި ގެޔަށް މިސްރާބު ޖެހި ނަމަވެސް ދެވަނަ ސިކުންތުގައި ރާއިން ކުރިމަތިލާން ޖެހުނީ މުޅިން އެހެން ކަމަކަށެވެ.

ނުނިމޭ………..

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (5)

  1. leeshaa

    alheyy mihaaru ladhu vx ganey eba 🙊
    btw kn lava eh kameh eh gothakah vx neyngunu ulhe ulhe 😭
    mi azaan alhunnah dhimaa kuran vx fashaifi…
    i wonder what happened to raain??
    nubunyas enge ehnu dhn loabivaakan dhw 😘😘😘

    1. Naberr🤍
      leeshaa

      Kn kamakah anehkaa ladhu gathy? Kn lava ehge vhk leesh thibuni I mean first or second
      Axaan kn kamakaa dhimaakury😉ets see what happened to raain dhww
      Yess love you too leesh💋

  2. leeshaa

    alheyy ladhu vx ganey eba 🙊
    btw kn lava eh kameh eh gothakah vx neyngunu ulhe ulhe mi part ga meenee kee…
    mihaaru abadhu azaan ge kamakee alhunnah dhimaa kurun 😅
    i wonder what happened to raain??
    lysssm naberr 💗

  3. leeshaa

    btw i thought post ah nufihthunee kamah heekohffa i commented 2 vana faharu 😭

  4. Anonymous

    Kuru vashaka ahh story ts sucks btw bfrfr

Comments are closed.