Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަބަދަށްޓަކައި ހިތުގެ ލޯބި 14

Aishath Limsha
Aishath Limsha Level 4100 Login10 Stories500 Login100 Comments
March 31, 2025 4 Mins Read
4 Comments

ފުން ޚިޔާލެއްގެ ތެރޭގައި ކަޑައްތުވެފައި ބެލްކަނީގެ ރެއިލިން ކައިރީގައި ހުރި އިވްލީންއަށް ދޮރާއި ދިމާއަށް ބަލާލެވުނީ ދޮރުގައި މީހަކު ޓަކި ދޭތީއެވެ. ދޮރުހުޅުވައިލުމާއެކު އަސްމާގެ ސުވާލާއި އިވްލީންއަށް ކުރިމަތިލާންޖެހުނެވެ.”ކޮބާ ޒިލާލް؟”
* * * * * *
އިވްލީންއަށް އިސްދަށަށް ޖަހައިލެވުނީ ހަމައެއްގޮތަކަށް ވެސް އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުމުންނެވެ.” ދަރިފުޅަށް ހަމަ ނޭނގޭތަ ޒިލާލް ދިޔަތަނެއް؟” މިފަހަރު ސުވާލު އައީ ޒުބޭރުގެ ފަރާތުންނެވެ.
“ނޭނގެ” ކުރު ޖަވާބެއް ދެމުން އިވްލީން އަސްމާއާއި ދިމާއަށް ބަލައިލިއެވެ. އެމަންމަގެ ދެލޮލުން ފެންނަމުން ދިޔައީ ދަރިއެއް އަތުން ބީވެގެން ގޮސްދާނެތީ ގަނެފައިވާ ބިރެވެ. ޖެހިލުންވެ ދެރަވެފައިވީ މިންވަރެވެ. ޒިލާލްމިއީ ކޮންކަހަލަ އިންސާނެއް ބާއެވެ؟ ރޭގަ ވެސް އެ މަންމަ އެހާ ރީތިކޮށް ވާހަކަދެއްކުމުން ވެސް މީނަ ބަވާލީ ވިއްޔާއެވެ.”ހަމްދާންއަށް ގުޅާލާ އޭނައަށް އެނގޭނެ!” އަސްމާ މިހެން ބުނުމުން ވަގުތުން ޒުބޭރު ހަމްދާންއަށް ގުޅާލިއެވެ.”ލައްބަ ސަރ” ނިދިފައިއޮތް ހަމްދާންގެ ނިދި ފިލައިގެން ދިޔައީ ޒުބޭރުގެ ފޯނެއް އަންނާތީއެވެ.” ހަމްދާން ޒިލާލް ދިޔަތަނެއް އެނގޭތަ؟”” ނޫނޭ ޒުބޭރުބެ.. ޒިލާލް ނުބުނޭ ތަނަކަށް ދާ ވާހަކަ ވެސް.. މަޑުކޮށްލާ އެބަ ބަލާލަދެން” ޒުބޭރުގެ ފޯނު ނިންމާލާފައި ޒިލާލްއަށް ދެތިން ފަހަރު ގުޅުމުން ވެސް އަރަނީ ބިޒީ ކަމަށެވެ. ތިންވަނަ ފަހަރު ގުޅުމުން ފުރަތަމަ ރިންގާއިއެކުހެން ޒިލާލް ފޯނުނެގިއެވެ. ނަމަވެސް ނަމަވެސް ވާހަކަދެއްކީ މާޔާއެވެ.” ކޮބާ ޒިލާލް؟ ކޮންތާކު ތިހުރީ؟ ހަމަ މިހާރު ޒިލާލްގެ އަތަށް ގޮސް ފޯނުދީ!”” ހަމަޖެހޭ އަހަރެން ނެތިން ދެލޯބިވެރިންގެ ވަގުތުކޮޅު ހަފުސްކޮށްލާކަށް .. މިހުރީ މާލެ އާ އެންމެ ކައިރީގަ ހުންނަ ރިސޯޓްގަ ބެސްޓީ ހާދަ ކަޑައޭ ދޯ ނުވެސް އެނގޭނުން އޭނަ އުޅޭ ނޫޅޭ ތަނެއް ވެސް ބެސްޓީއަކަށް ދެން ތިބުނީ ގޮސް ފޯނުދޭށޭ މަމީކީ ހަމްދާން މާހިރެއް ނޫނޭ މަމީ އާމިނަތު މީރާއާއި އަބްދުލް މާހިރުގެ މަރިޔަމް މާޔާ މިވަރުން ސާފުވާނެކަމަށް ހީއްކުރަން” މާޔާގެ ވާހަކަ ހުރިގޮތުން ހަމްދާންގެ ގާތަށް ވެސް އާއި އަމަށަކު ރުޅިއެއް ނޫނެވެ.” މަރިޔަމް މާޔާ!!!! ކަލޭގެ ބަފައާ މަ ބަފައާ އެކަކަށް ވިޔަސް އަހަރެމެން ދެމީހުންގެ ހިގާނީ އެއް ލެޔެއް ނޫން.. ނުހައްގުން ކޮމްޕެނީ ޖަހައިގަނެގެން އަދި އެބަ ތުއިވޭނުން… އާނ މަށަކީ ކަލޭއްނޫން ލަދުހަޔާތް ކުޑަވާކަށް ރީތި ގޮތުގަ ގޮސް ތި ފޯނު މުހައްމަދު ޒިލާލް އަތަށް ދޭންވީ!! ދާށޭ ..ދާށޭ!!!” އެވަގުތުވީ ޒިލާލް އައިސް މާޔާ ކައިރި ހުއްޓެވުނު ވަގުތަށެވެ.” ކިހިނެއްވީ ބްރޯ؟؟”ޒިލާލް ވަރަށް ހަމަޖެހިލައިގެން ވާހަކަދެއްކިއެވެ.” ކިހިނެއްވީހޭ ޒިލާލް ތިވައްތަރު ޖައްސަން މީހަކާއި އިނދެގެން ގެންގޮސް ގެއަށް ލާންޖެހޭތަ؟އަންހެނުން އެބަ އުޅޭ ދިޔަތަނެއް ނޭނގިގެން!”” އަންހެނުންނެއް ނޫން އަންހެނާ ޗި އެ ޑްރާމާ ކުއީން އަކަށް ވެސް ނޭނގުން ދޯ ޑްރާމާއެއް ޖައްސާކަށް ފިނޑިގޮލައެއް މަ ހީއްކުރީ ވަރަށް ގަޓު ވާނެ ކަމަށް!!” ޒިލާލް ނޯރާއަށް އަޑުއިވިދާނެތީ އުޅުނެއް ކަމަކު މާޔާއަށް ވަރަށްވެސް ރީއްޗަށް މި އަޑު އިވިއްޖެއެވެ. އެއްމިޔަކަނުން ހިނިއައިސްފައި ހުރެ މާޔާ އައި ދިމާއަށް ދާން ހިނގައިގަތެވެ. ކުރުގޮތަކަށް ވެގެން އުޅޭގޮތް ހަމްދާން ޒިލާލްއަށް ކިޔައިދިނެވެ. ގަޑިން އަށެއް ޖެހިއިރު އިވްލީން ހުރީ ޒެއިންއާއި އެކު ބޭރަށް ދާން ތައްޔާރުވާށެވެ. ފުލް ބްލެކްގައި ހުރުމުން އިވްލީންގެ ރީތިމޫނު އިތުރަށް ފުރިހަމަވެފައިވާ ކަހަލައެވެ. އެންމެފަހުކަމަކަށް ގަޔަށް ސެންޓު ބުރުވައިލިއެވެ. މި ޒަމާނުގެ ކުދިންނާއި ޚިލާފަށް އިވްލީން ހެދުން އަޅާއުޅެނީ ގައިގެ ބައްޓަންތައް ފައުޅުނުވާވަރުގެ ގޯނި ހެދުމެވެ. ބޭރަށް ދާން ހިނގައި ގަންނަން އުޅެނިކޮށް އަތުގައި އޮތް ފޯނަށް ނުދަންނަ ނަމްބަރަކުން ގުޅަންފެށިއެވެ.ދެ ޚިޔާލެއްގައި ހުރެ އިވްލީން ފޯނުނެގިއެވެ. “ކޮބާ ފަހަރި ރެޑީވީމަ އާދޭ ތިރިއަށް އިނގޭ”” އާނ މިހާރު މި ނިކުންނަނީ!”އިވްލީންގެ ހިތް މިރޭ ޒެއިން އާއި މެދު ދެކޭނީ ކިހިނެއްވާބާއެވެ؟މިރޭން ފެށިގެން އިވްލީންގެ މިގުޅުން ޒެއިން އާއި ދޭތެރޭގައި އޮންނާނެބާއެވެ؟ ނުވަތަ މިގުޅުން ހީނަރުވަމުންދާނީބާއެވެ؟ ޒެއިންގެ ބޯ ހާސްނުކުރުވަމުންދިޔަ ހިޔާލުތަކުން ނިކުމެވުނީ އިވްލީން އައިސް ދޮންބޭއޭ ކިޔާ ގޮވާލުމުންނެވެ. ދާން އޮތް މަންޒިލާ ހަމައަށް ވާސިލް ވެވުމުން އިތުރަށް ލަސްކުރަން ނުހަދާ ރެސްޓޯރެންޓް ތެރެއަށް ވަނެވެ. ޒެއިން ކޮފީއަކަށް އޯޑަރ ކުރިއިރު އިވްލީން އޯޑަރ ކުރީ ފިނި އެއްޗަކަށެވެ. ދެން ވާހަކަ ކުރިއަށް ގެންދާށޭ ބުނުމުން އިސްދަށަށް ޖަހައިގެން އިން ޒެއިން އިސްއުފުލާލިއެވެ. ” ޔޫ ނޯ އިޓްސް ނޮޓް ދެޓް އީޒީ ޓު ޓެލް… އިޓްސް ހާރޓިންގް މީ ރިއަލީ ބޭޑްލީ..” ޒެއިންގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތިކިތައް ފޮރުވުމަށް އިވްލީން އިން ފަރާތް ނޫން އަނެއް ފަރާތަށް އެނބުރިލަމުން ކަރުނަތައް ފުހެލިއެވެ.” ދޮންބޭ ޔޫނޯ ކޮންމެސް މީހަކަށް ވާހަކަތައް ޝެއާ ކޮށްލީމަ ހިތަށް ލުއިކަމެއް ވެސް ލިބޭނީ … މިހާވަރުން މިއައީ ވެސް ދޮންބެގެ ވާހަކަތައް ވަރަށް އަޑުއަހާލާ ހިތުން .. ދެން ތިގޮތަށް ނުހަދާ ކިޔާދީބަލަ ވަރަށް އަޑުއަހާލާ ހިތުން މީނީ..” އިވްލީން މިހެން ބުނުމުން ޒެއިން އިވްލީން އާއި ދިމާއަށް އެނބުރިފައި ފުން ނޭވާއެއް ދޫކޮށްލިއެވެ.” އަސްލު ފުރަތަަމަ މީހަކާ އިނީ އަހަރެން އެއީ މީގެ 3 އަހަރު ކުރިން އޭރު އަހަންނަށް 22 އަހަރު… މިހާރު 25…ދެން ބުނާނަމަ ޒިލާލް އެއީ ހަމަ އަހަރެންގެ ކޮޕީއެއް.. އެކަމު މުޅިއަކުން ޒިލާލްއެއް ވެސް ނޫން.. ޒިލާލްއަކީ ޕްލޭ ބޯއި އެއް ނޫން.. އެހެން ވިޔަސް އަހަރެންނަކީ ޕްލޭ ބޯއި އެއް އޭރު…. އެކަމު އަހަރެންގެ ދިރިއުޅުން ބަދަލުވީ އެ އަންހެން ކުއްޖާ ފެނުނު ދުވަހުން ފެށިގެން..”” ދެން؟” އިވްލީން އަޑުއަހައި ހިތުން އިނެއް ކަމަކު ވާހަކަ ކުރިއަށް ގެންދިޔުމަށް ޒެއިންއަށް ވީ ބޮޑު ތަކުލީފަކަށެވެ.”ދެ..ދެން ފުރަތަަމަ އަހަރެންނަށް އޭނަ ފެނުނީ މަގުމަތިން ލަދުރަކިވެފައި ހުންނާތީ އަހަރެންގެ ހިތް ފުރަތަަމަ ވެސް އޭނައަށް ފޯލް ވާން ފެށި.. ކޮންމެ ދުވަހަކުހެން ހަމަ އެވަގުތު އަހަރެން އެހިސާބުގަ މަޑުކޮށްލަން ހަމަ އެންމެ ކަމަކު އެއީ އޭނަ ދެކިލުމަށް ހިތް ތެޅިފޮޅޭވަރުން.. މިހެން 3 ވަރަކަށް ހަފްތާ ވަނިކޮށް އަހަރެން އޭނައާއި ވާހަކަ ދެއްކީން… ވަރަށް އުނދަގުލުން ވާހަކަ ދެއްކުނީ ވެސް ދެން ..” ތަންކޮޅު ކޮޅުން ވާހަކަ ހުއްޓާލާތީ ޒެއިންއަށް ކޮށްފައިވާ އަސަރުތައް އިވްލީންއަށް ދެނަގަނެވުނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އަނެއްކާވެސް ޒެއިން ވާހަކަ ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރިއެވެ.” ދެން އެއާ ޖެހިގެން އައި ހަފްތާގަ މަންމަމެން އަހަރެންގެ ކައިވެނި އެރޭންޖް ކުރީ.. އޭރު ޒީޝާލް އުޅޭނެ މިކޮޅުގަ އެކަމު ޒިލާލް ނޫޅޭނެ އޭނަ ކިޔަވަން ގޮސް އުޅޭނީ އެހެންވެ.. ދެން އަހަރެން ވަރަށް އެކަމާ ނެއްޓި އެކަން ނުކުރަން ކިރިޔާ ވެސް ދެއްކެން އޮތް ބަހަނާއެއް ދެއްކީން.. އެކަމު އެރޭ އަހަރެންނަށް ވީ ގޮތެއް ވެސް ނޭނގުނު އެހެންނު ވާނީ ކައިވެނި ކުރުމަށް ހަމަޖައްސާފަ އިނީ އެ އަންހެން ކުއްޖާ ދެން އަހަރެން އުފަލުން ވެސް އެ ކައިވެނި ކުރީން އެކަމު އެހެން މީހަކު ދެއްކި ދޮގުވާހަކަ ތަކެއް މަށަށް ގަބޫލު ކުރެވުނީ މަންމަ އަދި އެކަމާއި މާ ހިތްހަމަ ނުޖެހުން އޭނަ ދެކެ.. ވަގުތުން ވަގުތައް އަހަރެން އޭނަ ވަރިކޮށްފަ ގޭން ނެރެލީ އޭގެ ފަހުން އަހަރެންގެ އުޅުން ކުރީގެ އުޅުމަށް ރުޖޫޢަވެގެން ދިޔައީ މާކަށް ގިނަ ދުވަސްތަކެއް ނުވޭ އަހަންނަށް ފަޅާއެރީ އެއީ ދޮގު ވާހަކަތަކެއްކަން އެކަމު އޭރު އޮތީ ވަގުތު ފާއިތުވެފަ މިހާރު ނޭނގެ އޭނަ ދުނިޔޭގަ ހުރިކަމެއް ވެސް ނެތް ކަމެއް ވެސް.. ދުނިޔޭގަ ހުރިނަމަ އެފަކީރު އުޅޭނެ ހާލަތެއް އަންދާޒާ ކުރަން ވެސް ދަތި..” އެއިރު އެއީ ފިރިހެނެއް ނަމަވެސް ޒެއިންއަށް ދިޔައީ ގިސްލަ ގިސްލާފައި ރޮވެމުންނެވެ.” އެއީ ކީއްވެ ؟”” އެއީ އޭނަ ދުނިޔޭގަ އުޅުމަށް ވުރެ ނެތިދިޔުން ވެސް ހެޔޮވާނެތީ.. އޭނަ އުޅެން ޖެހެނީ ޖަނަވާރަކަށް ވުރެ ވެސް ދަށް ފަންތީގަ އެތާ މިބުނާ އެއްޗަކީ އޭނަ އާއިލާ މީހާގެ ފިރިހެން ދަރިންނަށް ހަށިވިއްކައިގެންނޭ… އޭނަ އާއި ކައިވެނި ކުރިޔަސް އުޅެން ވަރަށް އުނދަގޫވީ.. އަހަރެން ފެނުނަސް ބިރުން އުޅޭނީ ކޮންމެ ރޭކު ރޮވެ އާދޭސް ކުރާނެ ދޫކޮށް ނުލައްޗޭ ކިޔާފަ އަހަރެން ވެސް ހިތުގަ ޖެހޭ އޭނަ އުޅުނު ހާލުން އަހަރެން ވަރަށް ހިތްވަރު ދިނިން ވަރަށް ކެތްތެރި ވެސް ވީން…. އޭނަގެ ވަރަށް ބޮޑު އުންމީދެއް އަހަރެން ހަރުދަނާ ރަނގަޅު ވަޒީފާއަކަށް ދިއުން އަހަރެން މިވަޒީފާއަށް އައީ ވެސް މި ސަބަބާ ހުރެ…” އިވްލީން ޓިޝޫއެއް ދިނުމުން ޒެއިން ހިފިއެވެ.”އެކުއްޖާގެ ނަމަކީ ކޮބާ؟”” ނިޝްރީން” އިވްލީން ބުނިފަދައިން ވާހަކަތައް ހިއްސާ ކުރުމުން ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް ލިބިއްޖެއެވެ.” ދޮންބޭ އިންސާނުންނަށް ކުއްކުރެވޭނީ ވެސް ހަމައެގޮތަށް އެކުށައް ތައުބާ ވާނީވެސް އިންސާނުން އެއްވެސް މީހަކު ނުހުންނާނެ ކުށެއް ނުކުރާ… ދޮންބެ ވެސް މަސައްކަތްކުރޭ މޫވްއޮން ވެވޭތޯ ދޮންބެއަށް ވާނެ..” އިވްލީން މިރޭ އަދި ވަކިން އަންތަރީސްވެއްޖެއެވެ.” ހެއްދެވި ފަރާތައް އެނގޭނެ އެލޯބި އަނބުރާ ދެއްވެވުމަށް އެދި ކުރި އާދޭސް ސަޖިދައިގަ އޮވެ ރުއިވަރު… ތައުބާވީން ކުށެއް ނެތް ކުއްޖަކަށް އަހަރެންގެ ދެއަތުން ހާދަ ނުބައިކޮށޭ އޭނަ ނެރެ އެއްލާލެވުނީ!” ޒެއިންއަށް އިތުރަށް ރޮވެން ފެށުމުން ގެއަށް ދާންވީނުންހޭ ބުނެ އިވްލީން ތެދުވިއެވެ. އިވްލީންގެ ހިތަށް ވެސް ފުން އަސަރުތަކެއް ކުރުވައިފިއެވެ. ޒެއިން ނިޝްރީންދެކެ ވާ މާތް މަތިވެރި ލޯބި ފެނުމުން ހަމްދަރުދީން އިވްލީންގެ ހިތް ފުރުނެވެ. މިހާވަރު ވީއިރު ޒިލާލް މީ ކޮންކަހަލަ މީހެއް ބާއެވެ؟ ދުވަހެއްގެ ކޮޅުންވެސް އިވްލީންގެ ހިތް ޒިލާލްއާއި މެދު ރަނގަޅަށް ދެކެވޭނެ ބާއެވެ؟ އެރެއަކީ އެއްބަޔަކަށް ފޮނި އެހެނަސް އަނެއް ބަޔަކަށް އެހާމެ ހިތި ރެއެކެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aishath Limsha
Follow Me Written By

Aishath Limsha

Level 4100 Login10 Stories500 Login100 Comments

A girl who want it, work for it🖤.. trying my best to be a good author🤍 ... I'll accept positive n negative comments and without reader's comments🤍 I might have been repeating mistakes🖤...I would love to see reader's opinion for my stories?? 🤍Author of " abadhahtakaa hithuge loabi" luv yu my dear reader's 🤍🖤

Other Articles

Previous

ވިހަ ލޯބި 7

Next

ފުރާނައިގެ ދިރުމޭތިއީ 24

Next
April 1, 2025

ފުރާނައިގެ ދިރުމޭތިއީ 24

Previews
March 31, 2025

ވިހަ ލޯބި 7

4 Comments!

  1. gurrrrl says:
    April 1, 2025 at 8:59 am

    mashallah mi part ves vrh reethi when next part cant wait hama

    1. Aishath Limsha Aishath Limsha says:
      April 1, 2025 at 5:22 pm

      Thank yu gurrrl ❤️
      Next ep submit kohlan vee dhen … Vrh avahah inshallah next ep

  2. Aara says:
    April 1, 2025 at 8:26 pm

    When’s next part

    1. Aishath Limsha Aishath Limsha says:
      April 1, 2025 at 9:06 pm

      Thank yu Aara❤️
      I’m submitting migadeega.. publish veema kiyaalan libeyne

Comments are closed.

Next Episodeއަބަދަށްޓަކައި ހިތުގެ ލޯބި 15←


All Right Reserved!