Skip to content
އެސްފިޔަ

ދުރުވާން ޖެހުނަސް 11

ވާހަކަ ކިޔުން ތެރިންނަށް .

ނިހާޔަތަށް މާފަށް އެދެމެއެވެ . މިދުވަސް ކޮޅު އަޅުގަނޑު އެސްފިޔަ އަށް ” ދުރުވާން ޖެހުނަސް \” މި ސީރީސް ގިނަ ދުވަސް ވެގެން ގޮސްފިއެވެ .

އަޅުގަނޑުގެ ދިރިއުޅުމުގެ މަސައްކަތާ ހެދި ވާހަކަ އަޕްލޯޑް  ނުކުރެވިގެން ދިޔުމުން ކިޔުން ތެރިން އަދި ވާހަކަ އަށް ކޮމްންޓް ކުރަމުން އަންނަ ފަރާއްތަކަށް މާފަށް އެދެމެއެވެ .

ވާހަކައިގެން ކުރިޔަށް ދާނަމައެވެ .

” އަދި ކިރިޔާ ދޯ އަހަރެން ކައިރީ ބުންނަން އިގުނީ ” ރާނިޔާ ރުން ކުރު ގޮތަކަށް ބުނެލިއެވެ . ” ސޮރީ ލަސް ވެގެން ނުބުނެވިގެން ދިޔާމާ ” ޒައިނާ ދެރަވެލައިފައި ބުނެލިއެވެ .

ސަބަބަކަށް ވަނީ ރާނިޔާ ހަރުކަށިކޮށް ޒައިނާ އާ ދިމާ އަށް ބުނުމުން ޒައިނާ ދެރަވެ ކަންބޮޑު ވެގެން ދެއެވެ .  އެއީ ޒައިނާ އަބަދު ވެސް ހާލަތެއެވެ .  ” ކޮން އިރަކު ވެޑިން އޮތީ ؟” ރާނިޔާ އަހާލިއެވެ . ” މި ފެށޭ މަހު ކުރީ ކޮޅު ވެޑިން އޮތީ . ރާނިޔާ އަންނާނެ ކަމަ ހީކުރަން ”  ޒައިނާ  ހެވިލާފައި ބުނެލިއެވެ .  ‘ އާން ދާނަން އިގޭ … ” ރާނިޔާ ބުނެލިއެވެ .

ރާނިޔާ އާއި ޒައިނާ އަކީ އެކުގައި އުޅެމުން އައި 2 އެކުވެރިންނެއެވެ . އެކުވެރި ކަމަށް ތުރެން ރާނިޔާ އާއި ޒައިނާ ބަލަމުން އަންނަނީ އެއީ އެއްބަނޑު އެއްބަފާ 2 ކުދިން ގެ ގޮތުގައެވެ .

” ކޮންކުލައެއް  ވެޑިންގައި ބޭނުން ކުރަނީ ؟ އޭ ރުންދޯ އަހަންނަށް ވެސް ތައްޔާރީ ތަކެއް ވެވޭނީ ވެސް . ” ރާނިޔާ ލާނެއް ގޮތަކަށް ބުނެލިއެވެ .

އެތަކެއް ހުވަފެނެއް ޒައިނާ ދެކެމުން ދިޔައެވެ . އެތަކެއް އުއްމީދު ތަކެއް ކުރިއެވެ . ޒައިނާ އާއި ޒައިން ގެ އުފާވެރި ހަޔާތަށް އެތަކެއް ކަމެއް ގެނުވިގެން ދިޔައެވެ . ޒައިނާ ހިތުގައި އަބަދު ވެސް އޮންނަނީ ޒައިން  ދިރިއުޅުން އަބަދު ވެސް އުފާވެރި ކުރުމަށް .

ދުވަސްތައް ޒައިން އާއި ޒައިނާ ގެ ކައިވެނި ކުރާ ދުވަސް ކައިރި ވެއްޖެއެވެ . ޒައިން އާއި ޒައިނާ ދިޔައީ ކައިވެނީގެ ޕާރޓީ ގެ ދައުވަތު ކާޑޫ ބަހަމުންނެއެވެ . ރަށުގެ އެންމެން ކަހަލަ ގޮތަކަށް މި ޕާރޓީ އަށް ދައުވަތު ދިނެއެވެ . ރަށުން ބޭރުން އަންނަން ތިބި އެކުވެރިން މިޔަދު ޒައިނާ ގެ ކައިވެނި ޕާރޓީ އަށް އައެވެ . އޭގެ ތެރޭގައި ރާނިޔާ ހިމެނެއެވެ .

” ހޫމް … އަހަރުމެން ގެ ބްރައިންޓެންސް … ކޮންގްރާ އިގޭ …” ރާނިޔާ ބުނެލިއެވެ . ” ޝުކުރު  ކޮބާ ވެޑިން ޑްރެސް ފެހިއްޖެ ތަ ” ޒައިނާ ބުނެލިއެވެ .  ” އާން .. ރަށުން މި އައީ ވެޑިން ޑްރެސް ވެސް ފަހައިގެން …. ” ރާނިޔާ ބުނެލިއެވެ .

ކައިވެނީ ގެ ހަފްލާ އޮތީ  ސަން ސެޓް ވެޑިން އެއް ކަމުން . ރަށުގެ ގިނަ މީޙުން ދިޔައީ ހުޅަނގު ފަރާތަށެއެވެ .  ކައިވެނި ކުރުން ވެސް އޮތީ އެދިމާ ކަމުން ޒައިން  ތައްޔާރު ވެލައިގެން ދިޔައީ ވެޑިން އަށް ތައްޔާރު ކޮއްފައި ވާ ދިމާ އަށެއެވެ . އަދި ރާނިޔާ ވެސް ދިޔައީ އެދިމާ އަށެއެވެ .

ކޮންމެ ޒަވާޖީ ހަޔާތަކަށް އެތަކެއް ފޮނި އުއްމީދު ތަކެއް ކުރާނެއެވެ . އެ ގޮތުން ޒައިނާ އަދި ޒައިން އައީ އެތަކެއް ފޮނި ކަމެއް ކުރަމުންނެއެވެ . ހާއްސަ ކޮށް ޒައިނާ އެވެ .

ކައިވެނި ވެސް ކުރެވިއްޖެއެވެ . ކައިވެނީގެ ހަފްލާ ގެ ތެރެއިންނެއެވެ .

މަޑު މަޑޫ މިޒުކު ގެ އަޑެއް ހުއްޓެއެވެ . އެ އަޑުގެ ތެރެއިން ގޮނޑު ދޮށަށް ބީއްސަމުން ދާ ރާޅު ތަކުގެ ރާގުން އެ އަޑުން ވަނީ ފުރިހަމަ ކަމެއް ގެނެސް ދީފައެވެ .