Skip to content
އެސްފިޔަ

ދުރުވާން ޖެހުނަސް 10

ޒައިނާ އާއި ޒަކުވާން ގެ ލޯބީގެ  ގުޅުމަށް އެތަކެއް ވެގެން ހިގައްޖެއެވެ . އެއް ދުވަހަކަށް ފަހު އަނެއް ދުވަހެއް ޒަކުވާން އާއި ޒައިނާ ގެ ގުޅުމަށް ވަނީ  ވަރު ގަދަ ވެގެން ގޮސްފައެވެ .  ކުދި ކުދި މައްސަލަ ތަކެއް ޖެހުނެއް ކަމަކު ޒަކުވާން އާއި ޒައިނާ ގެ ލޯބީގެ ދުވަސްތައް ދަނީ ފައްކާ ވަމުންނެއެވެ.

” ޒައީ އެބައިން ވާހަކަ އެއް ބުނެލަން ވެފާ .. އެކަމަކު އެއީ ސަޕްރައިސް އެއް ” ޒަކުވާން ބޯ ކަހާލަމުން ބުނެލިއެވެ . ” ހޫމް ބުނެބާ …. ” ޒައިނާ މޫނު މައްޗައް އުފާވެރި ކުލަ ދައްކާލަމުން ބުނެލިއެވެ . ” މި ވަގުތަކު ނޫން . މިޔަދު ހަވީރަށް ތައްޔާރު ވެބާ …” ޒަކުވާން ބުނެލިއެވެ . ” އޯކޭ …. ” ޒައިނާ ބުނެލިއެވެ .  .

ހަވީރުގެ ވަގުތެއެވެ .  ޒައިނާ  ރީތި ވެލައިގެން ޒަކުވާން އަށް ގުޅާލިއެވެ . ” ބޭބީ އައި އެމް ރެޑީ … ” ޒައިނާ ބުނެލިއެވެ .  ” އޯކޭ މި ދަނީ . ” ޒަކުވާން އެހެން ބުނުމަށް ފަހު ފޯނު ކަޑާލިއެވެ

އެތަކެއް ސުވާލު ތަކެއް ޒައިނާ އަށް ކުރިމަތި ކުރުވިއެވެ . އަނެއްކާ ޒަކުވާން މި އުޅެނީ އަނެއްކާ ރަގަޅު ކަމެއް ކުރަން ބާވައެވެ . ނުވަތަ އަހަރެން ދެރަ ކުރަން ބާވައެވެ .   ނޫނެކެ ޒަކުވާން އެ ގޮތަކަށް އަހަންނާ ދޭތެރެ އަކު ނުހަދާނެއެވެ . އަހަރެން ދެކެ ޒަކުވާން އެހާ ވެސް ލޯބި ވާނެއެވެ .

އިރުކޮޅެއްގެ ފަސް ….

ޒަކުވާން  . ޒައިނާ މެން އުޅޭ ގެޔާ ކައިރި ކޮއްލުމަށް ފަހު ސައިކަލު ގެ ބަރު ގަޑު އަޅާލިއެވެ . އެ އަޑޫ ޒައިނާ އަށް އިވުމުން އެއީ ޒަކުވާން ކަން އިގިގެން ދިޔައެވެ . . ލޯގަނޑު ކުރިމައްޗަށް އެރުމަށް ފަހު ޒައިނާ ނަލަކަން ބަލާލުމަށް ފަހު . ޒައިނާ ހިގައިގަތީ ޒަކުވާން ބޭރުގައި އިނުމުން އެ ދިމާ އަށެއެވެ .

” އަނެއްކާ މަ ޒައިނާ ތަ ތީ ؟ މިޔަދު ހާދަހާ ރީއްޗެއް ވެލައިގެން .. ” ޒަކުވާން އަހާލިއެވެ .  ލަދުރަކި ވުމަށް ފަހު ޒައިނާ ޒަކުވާން ގެ ސައިކަލް ފަހަތަށް އަރާލިއެވެ . ” ޒަކޫ .. އަނެކާ ކޮން ކަހަލަ ކަމެއް ކުރަން ތި އުޅެނީ … ” ޒައިނާ އަހާލިއެވެ . ” ޖަސްޓް ވެއިޓް އަދި ނުބުނެވިފައި ނެތެއް ނު ” ޒަކުވާން ހިނިތުން ވެލާފައި ބުނެލިއެވެ .

އިރުކޮޅެއްގެ ފަސް . ޒަކުވާން ބޭނުން ވާ މަންޒިލް އާ ހަމަޔަށް އާދެވުނެއެވެ . އަދި ޒައިނާ ކައިރި ފޭބުމަށް އެދުނެއެވެ .  އެ ހިސާބަކީ . ހަވީރު ވަގުތު މީޙުން ގިނަވާ އެއް ހިސާބެއެވެ . އަބިދަރިން ގޮވައިގެން އުޅެމުން އަންނަ އެއް ސަހަރައްދެއެވެ .

” ޒައި … މިއީ އަހަރެން ގެބ ހަޔާތުގައި ކުރަން ބޭނުން ވީ އެއް ކަންތައް އަދި އަހަރެން ޒައިނާ އަށް ޓަކާ އެ ތަކެއް ދުވަހެއް އިންތިޒާރު ކުރި އެއް ދުވަސް .. ޒަކުވާން ބުނެލިއެވެ . ޒަކުވާން އެހެން ބުނުމުން ޒައިނާ އަށް ހުރެވުނީ ލަދު ގަންނަ ގޮތް ވެފައެވެ . އެކަމަކަށް އެއްވެސް އެއްޗެއް ޒައިނާ އެއް ނުބުނެއެވެ .

ޒަކުވާން އެއްފައި މައްޗަށް އިށިންނަމުން . ޒަކުވާން ޖީބުގައި އޮތް އަގޮއްޓި ނެގުމަށް ފަހު . ” ވިލް ޔޫ މެރީ މީ ” ޒަކުވާން ބުނެލިއެވެ . ” ޔެ…… ޔެ…… ޔެސް އަ….. އަ……. ވިލް ……. ” ލަދުގަނެފައި ހުރި ޒައިނާ ބުނެލިއެވެ . އަދި ހަވީރު ފިންޏަން ނިުކުމެފައި ތިބި މީހުންގެ އަތް ތިލަ ބަޑިން ގުގުމާލިއެވެ .

ޒައިނާ އަށް ހިހުސާސް ވީ  ޒައިނާ އަށް މުޅިން އެހެން ދުނިޔެ އަކަށް ދެވުނު ހެންނެއެވެ . އަދި މުޅިން އައު ހަޔާތަކަށް އާދެވުނު ހެންނެއެވެ .

ފަހަތުގައި ފޮރުވިފައިވާ ކަމެއް ޒައިނާ އަށް އިހުސާސް ނުކުރެވޭ ކަހަލައެވެ .

މި ވާހަކަ ތަށް ރާނިޔާ އަށް ހިތްސާ ކުރެވިގެން ދިޔައެވެ . އަދި ރާނިޔާ އަށް ހުރެވުނު ތަނެއް ވެސް ނުމެ އިގެއެވެ . ސަބަބަކަށް ވަނީ ޒައިނާ އެހާ އަވަހަށް ޒަކުވާން އާ އިންނަން އެއްބަސް ވުމުންނެއެވެ، އަދި ޒައިނާ އަދި ޒަކުވާން ގެ ގުޅުމުގެ އެއްވެސް ވާހަކަ އެއް ރާނިޔާ އަށް ނޭންގުމުންނެއެވެ .

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (2)

  1. Cutie girl

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Finally zai and zakvaan is getting married
    They both are made for each other
    Haadha curious kohlaafa thi nimaaly
    I appreciate your hard work

    1. blackshadow eddie
      Cutie girl

      in shaa allah mi vaahaka ge new ep eh nikunnaane v avaheh <3 … thank you supporting with me

Comments are closed.