ވާ ލޯބި އެގޭނަމަ(6)
ބަންގީގެ އަޑު ކަންފަތުގައި ޖެހުމާއެކު މޯޅިއަކަށް ދެމިލާފައި ނައިރާ ތެދުވިއެވެ .ފާހަނަ އަށް ވަދެ ދަތްއުގުޅައި ވުޟޫކޮށް ނުކުމެ ނައިރާ ނަމާދުކުރިއެވެ.ބެލްކަނިއަށް ނުކުތް ނައިރާގެ އިސްތަށިގަނޑު ވަޔާ ވިހުރެން ނައިރާ ދޫކޮށްލިއެވެ.”ހަލޯ..ކަމަނާ މިއަދު މަންމަ ކުޑަކޮށް ބަލި…އެހެންވެ މިއަދު ނެތް ދުވަން ދެވޭކަށް..ސޮރީ”ނައިރާ ފޯނުނެގުމާއެކު އެއް ނޭވާއިން ރިފާ ބުނެލިއެވެ.”އެ އޯކޭ ވާނެ….މަންމަ އަށް ވެސް ސަލާމް ބުނައްޗޭ…ބްރޭކް ލިބުނީމަ ދާނަން ތިގެޔަށް..”ނައިރާ އޭނާގެ މޫނުމަތީގައި ފިރުކެމުން ދިޔަ އިސްތަށިގަނޑު އައްސާލަމުން ބުނެލިއެވެ.ރިފާ ގެ މަންމަ ދެކެ ނައިރާ ލޯބިވަނީ އަމިއްލަ މަންމަ ދެކެވެސް ލޯބިވާފަދައިންނެވެ.ރިފާ އާއި އެއްކޮށް އެގެޔަށް ގޮސް ހަދާއިރު ނައިރާ އާއި ދޭތެރޭވެސް ކަންތައް ކޮށްދެނި އަމިއްލަ ދަރިއަކަށް ކަނަތައް ކޮށްދޭ ހެންނެވެ.
******** ******** ********
ދުވަމުން ދިޔާ ނައިރާގެ މޫނުމަތީގައި ވަރުބަލިކަން ވީ ނަމަވެސް އެކަމާ ނައިރާގެ އެއްވެސް ފަރުވާލެއް ނެތެވެ. އެއަށްވުރެ ބޮޑަށް ނައިރާ ގެ ސަމާލުކަން ހުރީ ކަންފަތަށް ޖަހައިފައިވާ އެއާޕޮޑްއިން އިވެމުންދިޔަ ލަވައަށެވެ.”އިރާ..”ނައިރާ އާއި އެއްވަރުކުރަމުން ރާއިން ނައިރާގެ އަތުގައި ހިފިއެވެ.”މާނޭވާލެވިފައި ހުރި ރާއިން ފެނުމާއެކު ނައިރާ ދެލޯ މުދުނަށް އަރައިގެން ދިޔައެވެ.”ރާއި.. އަހަރެން ހީކުރީ އެމްއެންޑީއެފް ގަ މީހުން އެހާ އަވަހަށް ވަރުބަލި ނުވާނެކަމަށް.”ނައިރާގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.”ސާބަހޭ…ހާދަވަރަކަށޭ އިރާ އަށް ގޮވަމުން މިޔައީ އަޑު ނީވުނީމަ ދެން ޖެހޭނީ ބާރަށް ދުވެފަ އައިސް އެއްވަރު ކުރާކަށްނު.”އުކުޅުގައި އަތް ވިއްދައިގެން ހުރެ ރާއިން ބުނެލިއެވެ.”އޯކޭ…ގަބޫލު ކޮށްފީމޭ…ހަމަ އަހަރެން ފަހަތުން ދުަމުން މިހިސާބަށް ތިޔައީ؟ނައިރާ ހިނިގަނޑު މަތަކުރަން މަސައްކަތް ކުރަމުން އަހާލިއެވެ.”ޔެސް….މުޅި އުމުރު އިރާ ފަހަތުން މިހެން ދުވަން ޖެހުނަސް އެކަމަކާ ދުވަހަކުވެސް ޝަކުވާ އެއް ނުކުރާނަން”ރާއިން ބުނެލީ އަޒުމާއި އެކުގައެވެ.ނައިރާ ގެ ތުންފަތް މައްޗަށް ލުއި ހިނިތުން ވުމެއް ވެރިވީ ރާއިން ނައިރާ ދެކެ ވާ ލޯބި ހިތައް އެރުމުންނެވެ.”އިރާ…އޯކޭތަ އަހަރެން މީގެ ފަހުން އިރާ އޮފީހަށް ގެންދައިދީ ގެޔަށް ލައިދީ ހެދިޔަސް…އިރާ ބޭނުމިއްޔާ އަހަރެން މަޖުބޫރެއް ނުކުރަން…”ރާއިން ނައިރާ އާއި ދިމާލަށް ބަލައިލީ އުންމީދުން ފުރިފައިވާ ނަޒަރަކުންނެވެ.”އޮފްކޯޒް..އިރާ އޭރުން ވަރަށް އުފާވާނެ”ނައިރާ ވެސް ހިނިތުން ވެލަމުން އެހެން ބުނީ ރާއިން ދެރަކުރަން ބޭނުން ނުވާތިއެވެ.
********** ******** *******
“ދަރިފުޅާ!މިހާރު އުމުރުން 19 އަހަރު ވީ. ދަރިފުޅު ކުއްޖަކާ ގުޅޭކަށް ހިޔާލެއް ނުކުރަންތަ؟”ސައިބޯން ހުރި ނައިރާ އަށް ނޫރާ ސުވާލު ކޮށްލިއެވެ.ނޫރާގެ ސުވާލުން ނައިރާ އަށް ސިހުން ގެނުވިއެވެ.ވާނީވެސް އެހެންނޫން ހެއްޔެވެ؟އެއީ ނޫރާ އެކަހަލަ ވާހަކަ އެއް ދެއްކި ފުރަތަމަ ފަހަރެވެ.”އެބަހުރި މަންމާ….ރާއިން ކިޔަނީ”ރާއިން އެވަގުތު މެސެޖު ކޮށްފައި ބަލައި އައިސްހުރި ވާހަކަ ބުނެލިއެވެ.”ދަނީ މަންމާ ސައިބޮއިގެން ދެން މަންމަ އަރާމުކޮށްލާ އިނގޭ….ރާއި އާއި ބެހޭ ގޮތުން ފަހުން ކިޔާދޭނަން..ވަރަށް ލޯބިވޭ”ނޫރާ ގެ ކޮލަށް ދޮނެއް ދިނުމަށްފަހު ނައިރާ އަވަސް އަވަހަށް ނިކުމެގެން ދިޔައީ ރާއިން އޭނާގެ އިނެތިޒާރުގައި ހުރީތީއެވެ.ނައިރާ ދިޔަދިމާލަށް ނޫރާ ބަލަން ހުރީ ލޯބިވާ ދަރިފުޅު އެނާދެކެ ވާ ލޯތްބާއި އޯގާތެރިކަން ފެނިފައެވެ.ލޯބިވާ ދަރިފުޅުގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދުނުމަށްޓަކައި ނުފޮރުޅާ އެންމެ ގާ ކޮޅެއްވެސް ނުބާއްވައެެވެ.
********* ********** *********
އޮފީސް ކައިރިއަށް ރާއިން ސައިކަލު ހުއްޓާލި ވަގުތު އަޒާންވެސް އައިސް ހުއްޓާލިއެވެ.އެއިން އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓައި ސައިކަލުނެ ފޭބުމަށްފަހު ނައިރާ ރާއިންގެ ހަށިގަނޑުގައި ބައްދާލިއެވެ”ވަރަށް މިސްވާނެ….އިރާ ނިމޭނެ 10 ގަ..އަށްނަށްޗެ ބަލާ”ނައިރާ ރާއިންއާއި ދުރަށް ޖެހިލަމުން ބުނެލިއެވެ…”އައިލް މިސް ޔޫ މޯރ ދޫނީ..ޔެސް އަންނާނަން އިރާ ނިމޭ ގަޑިއަށް ބަލާ….”ނައިރާ ނިތްކުރި ނައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ރީރި ކޮށްލައިދެމުން ރާއިން ބުނެލިއެވެ…އެއާއިއެކު ނައިރާ ވެސް ހިނިތުން ވެލާފައި އޮފީހަށް ވަދުނެވެ..ނައިރާ ދިޔަދިމާލަށް ބަލަންހުރި އަޒާން އަށް ބަލައިލެވުނެވެ.ލީޝާ އަށް އެމަންޒަރު ފެނުމާއެކު ނައިރާ އާއި ނެދުގައި އޮތް ނަފްރަރު އިތުރު ވިއެވެ.އެވަގުތު ސިކުނޑި އަށް އައި ހިޔާލާއެކު ލީޝާގެ ތުންފަތް މައްޗަށް މަކަރުވެރި ހިނިތުން ވުމެއް ވެރިވިއެވެ…
ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.



naberr Mi part vx vrh reethi Masha Allah ❤️
mihaaru i am also there…. hehe
azaan vrh jealous vaa typo dhw
when next part?
lysssm naberr 💗
Jealous v dhw e dhn hehehe yesss leesha e l kadaalaafa eyny hehe
Kuree bayah kohfa in comment dhekunin age bunelan mithan public dhw ehn gothakah contact kohleveynyya kohlaba
Next part liyany mi
Lym leesh🥰
o’level ninmaafa insta id eh hulhuvan kamah
cox maa bodah kiyevumaa dhuru vedhaanethee
not much days ehnu so will wsit till i finish o’level then i will make id eh and we can talk
Yhh good ideaaa so nabaa A level hadhani now
And Goodluck o level ah eid mubaarak leesh ah n axaan ahves😂axaan eyy bunyyas mhr hini aadhey vihyya
anehkkaa kihineh v maa varakah hini annanee azaan ey buneema
Saabahey maa bodu kmh nuve leesh axaan ulhey gothuga vhk bunima ehnve ehn noonas nabaa ah vure kuda he is like my brother 😌
hehe will show your comment azaan ah
he just went diving ah