އަބަދަށްޓަކައި ހިތުގެ ލޯބި 13
ހެނދުނު 6 ޖެހީ ނޯރާމެން ލާންޗު ކައިރީގައި ތިއްބައެވެ.” ޒިއްލު މިއަދު އަންނަގޮތަކަށް ނޫންދޯ؟” ޒިލާލްގެ ކައިރިއަށް ޖެހިލަމުން ނޯރާ ފޮނިވެލާފައި ބުންޏެވެ.” ޔޭސް ސްވިޓީ ސަޓަރޑޭ ހަވީރު އަންނާނި..” ޒިލާލް ވެސް އިތުރަށް ނޯރާއާއި ގާތްވެލަމުން ބުންޏެވެ. ޒިލާލްގެ އެދޮން މޫނަށް އެވަގުތު ވެސް އެތަނުގައި ތިބި އެތައް ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ.ހަލުވި މިނުގައި ދުއްވާފައި ދިޔަ ލާންޗުގައި އިން ހަމްދާނުގެ ނަޒަރު ކުރިމަތިން ފެންނަންއޮތް ރަށަށް ހުއްޓުނެވެ. ލާންޗުން ފައިބައިގެން ހަމްދާން ރަށުތެރެއަށް ހިނގައިގަތެވެ.މަގުގެ އެއްފަރާތުން ހިނގާލާފައި ދިޔަ ރާއިލްގެ ނަޒަރު ކުރިމަތިން ދިޔަ ހަމްދާންއަށް ހުއްޓުނު ވަގުތު ރާއިލްގެ މޫނަށް ރޫތައް ގިނަވެގެން ދިޔައެވެ.
* * * * * * * * * *
ޑިއުޓީއަށް ދާން ގަޑިޖެހޭތީ ކޮފީއެއް ގިރައިގެން މޭޒުކައިރީގައި އިށީނދެ އިން ޔުމްނާ ސިއްސައިގެން ދިޔައީ މީހަކު މިވަގުތު ގޭގެ ދޮރުގައި ޓަކިޖެހުމުންނެވެ. ގަޑިން 8 ގަޑިބައިވާން އޭރު އިނީ 15 ވަރަކަށް މިނެޓެވެ. ދޮރުހުޅުވައިލި ވަގުތު ދޮރުމަތީ ހުރި ހަމްދާން ފެނުމުން ޔުމްނާގެ މޫނުމަތިން ފުޅާ ހިނިތުންވުންމެއް ފެނިގެންދިޔައެވެ.” ހަމްދޮން ކޮ.. ކޮންއިރަކު؟.. ކީއްވެތަ ނުބުނީ؟ ބުނެފަ އައިނަމަ ދޯ.. ކާއެއްޗެއް ވެސް ނުހުންނާނެ..” ޔުމްނާ ހުރިހާ ސުވާލުތަކެއް އެއްބޮނޑިއަކަށް އޮއްސާލިއެވެ. ހަމްދާންގެ ހާލަކީތޯއެވެ. އަމިއްލަ ކޮއްކޮ ފަދައިން ލޯބިވާ ކޮއްކޮގެ އުފާވެރި މޫނު ފެނުމުން ހިތްހަމަޖެހުނެވެ.” ޔުއްމު އިހަށް ހަމަޖެހޭ! ހަމަ ދެންމެއަކު އެއްނު މިއައީ…ބުނެފަ އައިނަމަ ޔުއްމުގެ މޫނުމަތިން ތިފެންނަ ކުލަވަރެއް ލާހިކެއް ނޫނެއްނު ހަމްދޮންއަށް ހޯދާކަށް.. ދެން ތިބުނީ ނެތޭ ކާއެއްޗެއް ކާކަށް ނޫންވިއްޔަ މިއައީ ޔުއްމު ކައިރިއަށް އައިމަ ވެސް ފޮނުވާނުލެވިގެން ތިއުޅެނީ..” ޝަކުވާކުރާ ރާގެއްގައި ހަމްދާން އެހެން ބުނުމާއެކު ޔުމްނާ ކުއްލިއަކަށް ދުވެފަ އެއްޗެއް ހަނދާންވާ ކަހަލަގޮތަކަށް ގޮސް ކޮފީ ތަށި ޒިންކަށް ލާފައި ހޭންޑް ބޭގް ނަގައިގެން ނިކުންނަން ދިޔައެވެ. ޔުމްނާ ސައިކަލު ނެރެން އުޅުނު ހާލު ފެނިފައި ހަމްދާންގެ ގާތަށް ހިންޏެއްވެސް އައެވެ.”ދަންތަ ލާދޭން؟”” އަވަސް އަވަސް އިޓްސް އޯލްމޯސްޓް އެއިޓް ޓްވެންޓީ ސައިން އިން ވާން ޖެހޭނޭ ޓެން މިނެޓްސް ކުރިން..” ޔުމްނާ ގަޑިޖެހޭތީ ތެޅެމުން ދިޔަ މަންޒަރު ބަލަން ހުރެފައި ހަމްދާން ގާތަށް ލާނެތް ހިންޏެއް އައެވެ. ހެނދުނު ޒިލާލް ދިޔަފަހުން ނިދާލާފައި އިވްލީން ހޭލިއިރު ހުރީ 10 ޖަހާ ބޮޑުވެފައެވެ. ނިކަން އަވަސްއަވަސް ކޮށްލާފައި އިވްލީން ކޮޓަރިން ނުކުތްއިރު ގޭތެރޭގައިވީ މަރުފަދަ ހިމޭންކަމެވެ. އެވަގުތު އަދި އިވްލީން ސޯފާއާއި ދިމާއަށް ބަލައެއް ނުލައެވެ.” އޭ ފަހަރި ފަހަރީ..” ޒެއިންގެ އަޑު އައިސް ކުއްލިއަކަށް އިވްލީންގެ ކަންފަތުގައި ޖެހުމުން އިވްލީން ސިހިގެންދިޔައެވެ.”އޯހް ދޮންބެ ދޯ ޑިއުޓީއަށް ނުދަން؟” މިހެން އަހާލުމުން ޒެއިން ބޯޖަހައިލިއެވެ.”މީ ހުކުރު ދުވަހެއްނު ދެން އާދިއްތަ ދުވަހުން ޖެހޭނީ އެންމެއަވަހަށް ވެސް ޑިއުޓީއަށް ނިކުންނަން.. އެއްޗެކޭ ހީނުކުރަށްޗޭ ސުވާލެއް ކޮށްލަންތަ؟” ވަގުތުން އިވްލީން ބޯޖަހައިލިއެވެ.”ރަށުގަ އެއްވެސް ޖޮބްއަކަށް ދަންތަ؟ ދާކަމުގަ ވަންޏާ މިކޮޅުގަ ނުދާނަން؟” ޒެއިންގެ މިސުވާލުން އިވްލީންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.” ދަން .. އައިމް އަ ރެޖިސްޓަރޑް ނަރސް.. ދޮންބެ މީ ކީއްވެ.. ދޮންބެއަށް ވުރެ ކުރިން ޒިލާލްގެ ކައިވެނި ކުރެވުނީ؟” މި ސުވާލުން ޒެއިން ވަރަށް ލަދުގަނެއްޖެއެވެ. ހަގީގަތުގައި ވެސް ޒެއިން ލަދުގަނެއްޖެއެވެ.މި ހަގީގަތް އިވްލީންއަށް ކިޔާދޭންވީ ބާއެވެ. އިއްޔޭކުހެން މިގެއަށް އައި ކުއްޖާއަށް ހަގީގަތް ކިޔާދީ ޒެއިން އަމިއްލައަށް ބޭޒާރުވާންވީހެއްޔެވެ؟ ޒެއިންގެ ގޮތް އިނގިއްޖެ ނަމަ އިވްލީން ޒެއިންއާއި ދޭތެރޭގައި ދެކޭގޮތް ބަދަލުވެގެން ދާނެބާވެއެވެ؟ހަމަ ރަނގަޅަށް ވެސް ޒެއިންއަށް ޒެއިންގެ މާޒީގައި ވަރަށް ބޮޑެތި ގޯސްތަކެއް ހެދިއްޖެއެވެ. މިއަދު ޒެއިން މީގެ 3 އަހަރު ކުރީގެ ހަނދާންތައް އާވުމުން އިންތިހާއަށް ލަދުގަނެއެވެ. ދެރަވެއެވެ.”ދޮންބެ ކޮބާ ޖަވާބު ؟” ކުއްލި ސިހުމެއް ލިބުނީ އިވްލީންގެ އަޑުންނެވެ.”ޖަ.. ޖަވާބު ދޯ؟އުމް މިރޭ ފަ..ފަހަރި ފްރީތަ؟ އަސް..އަ..އަސްލުތީ ވަރަށް ހަ..ހަމަޖެހިލައިގެން ދެއްކޭކަހަލަ ވާހަކަ..” ކުއްލިއަކަށް ގުޅުން ނުވެސް ނެތް ކަމެއްގަ އިވްލީންގެ ސަމާލުކަން އަތުލައިފިއެވެ. ވަގުތުން ބޯޖަހައިލެވުނީ ވެސް އެކަމަށް އިވްލީންގެ ޝައުގުވެރިކަން ދަމައިގަނެފައިވީ މިންވަރުންނެވެ. ގަޑި ބުނުމަށްފަހު ޒެއިން ބޭރަށް ނިކުތެވެ.ޔުމްނާ ލާފައި އައިސް ގޭގައި ހަމްދާން ހުންނަން ހުރި ކޮޓަރިއަށްވަދެ އެނދުމައްޗަށް ޖެހިގަތީ ވެފައި ހުރި ވަރުބަލިންނެވެ. ނިދޭތޯ މަސައްކަތް ކުރެވުނު ވަރު އިނގޭނީ ހަމަ ހަމްދާން އަކަށް ނޫންހެއްޔެވެ؟ ފޯނު ހުޅުވާލާފައި ގެލެރީއަށް ވެދެ ހިޑެން އަލްބަމްގައި އިން ހޫރު ޕަރީ ފެނުމުން ހަމްދާން ހިތްހަމަޖެހެވުނެވެ. އެހިތުގެ މަލިކާ ނުފެނި މިވީ ދުވަސްތަކުގައި އޭނާ ހާދަކެތްތެރިވެއްޖެއެވެ. އެ ރީތި ހިމަތޮޅި ހަށިގަނޑާއި ހިތި ފަތެއް ފަދަ ރީތި ބުމަ ފެނުމުން އަޖައިބުވެ އަންތަރީސްވަނީއެވެ.އަބަދުމެ ހިތް ބުނަމުންދިޔައީ ދެން ދިމާވާ އެންމެ އަވަހަކަށް ހިތުގައިވާ ހުރިހާ ވާހަކަތަކެއް އެ ލޯބިވާގެ ކުރިމަތީގައި ބަންޑުން ކޮށްލުމަށެވެ. ނަމަވެސް ނަމަވެސް ޖެހިލުންވަނީއެވެ. އެ ހިތުގެ އުދާސް ތަކުން ހިތުގެ މަލިކާއަށް އުނދަގޫވުމަށް ހިތްނޭދެނީއެވެ. އެހެންނަމަވެސް ފިނޑިވެގެން ލޯތްބެއް ކާމިޔާބެއް ނުކުރެވޭނޭ ބުނާއަޑު އަހަމެވެ. ފުން ހިޔާލުތެރޭގައި އޮތް އިރު މަޑުމަޑުން ހަމްދާންގެ އެސްފިޔަތަކަށް ބާރުވެ ލެއްޕެމުން ދިޔައެވެ. އަތުން ފޯނުދޫވެ ފުން ނިންޖެއްގެ ތެރެއަށް ގެނބިގެންދިޔައެވެ.އިވްލީން ހުރީ އަޖައިބުވެ އަންތަރީސްވާ ހާލުގައެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ޒެއިން އާއި ޒިލާލް ހާދަހާވާ ތަފާތެވެ. އުޅުމާއި އަޚްލާގާއި މިޒާޖާއި ބަހުރުވަ ހާދަހާވާ ތަފާތެވެ. ހަމަ ލޮލަށް ފެންނަ މީހަކު ނަމަ އެއީ އެއްބަނޑު އެއްބަފާ ދެބެންކަމަށް ގަބޫލުނުވެސް ކުރާނެކަން ގައިމެވެ. އިވްލީންއަށް ވެސް ވީ ހަމަ މިހައްކަ ވަރެވެ.އެހާވެސް ތަފާތު ވިއްޔާއެވެ. އިވްލީންއަށް އަދި އެކިޔާ ޒީޝާލްއެއް ނުފެނެއެވެ. ނަމަވެސް އިވްލީންއަށް މި ހީއްކުރެވެނީ މުޅިން ރަނގަޅަށް ބާއެވެ؟ ނޫނީ ދިމާ އިދިކޮޅަށް ބާއެވެ؟ ނުވަތަ ކަންއޮތީ އިވްލީންގެ ޚިޔާލުގައި ވެސް ނެތް ގޮތަކަށް ބާއެވެ؟ ފުން ޚިޔާލެއްގެ ތެރޭގައި ކަޑައްތުވެފައި ބެލްކަނީގެ ރެއިލިން ކައިރީގައި ހުރި އިވްލީންއަށް ދޮރާއި ދިމާއަށް ބަލާލެވުނީ ދޮރުގައި މީހަކު ޓަކި ދޭތީއެވެ. ދޮރުހުޅުވައިލުމާއެކު އަސްމާގެ ސުވާލާއި އިވްލީންއަށް ކުރިމަތިލާންޖެހުނެވެ.”ކޮބާ ޒިލާލް؟”
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.




