Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

…އެދުވަސްތައް އަނބުރާ ލިބިދާނެބާ

__devil__09 Level 210 Stories100 Login
April 3, 2025 3 Mins Read
5 Comments

ހެނދުނުގެ ހިތްގައިމު ވަގުތެވެ. ފިނިފިނި ވައިރޮޅި ޖެހެމުން ދިޔައެވެ. ފަޒާގައި ވެސް ތެއްފިނިކަމެއް ހުއްޓެވެ. އަހަރެން މިއިނީ އަތިރިމަތިގައެވެ. ފިނިވާތި ދެއަތް ދެއަތާ އުނގުޅާލަ އުނގުޅާލަ އެވެ. އުޑުމަތިން ވިއްސާރަ ގޮތް ދައްކާލި އެވެ. ނަމަވެސް އަހަރެން ގެއަށްދާ ހިޔާލެއް ނުކުރަމެވެ. ޖެހޭ ފިނި ވައިރޯޅީގެ އަސަރު ހިތަށާއި ސިކުނޑިއަށް ފޯރަމުން ދިޔައެވެ. ސްކޫލު ދައުރުގެ ފޮނި ހަނދާންތައް އާވާން ފެށިއެވެ. މަންޒަރުތައް ލޯމަތީ ސިފަވާން ފެށި އެވެ.

އެއީ މީގެ 9 އަހަރު ކުރިއެވެ. އަހަރެން ކިޔަވަމުން ދިޔައީ ގްރޭޑް 7 ގަ އެވެ. އަހަރެން ނަކީ އެހެން އަންހެން ކުދިންނާއި ހިލާފަށް ކުލާސްތެރޭގައި ފިރިހެން ކުދިންނާ އެއްބައިވެގެން ސަކަރާތްޖަހާ ކުއްޖެކެވެ. ކުލާހުގައި އުޅޭ އެންމެ ބަސްނާހާ ކެރިގެން އުޅޭ ކުދިންނާ ވެސް ޒުވާބުކޮށް ހަދަމެވެ. މިހެން އުޅެމުން ދިޔަކަމުގައި ވިޔަސް އަހަރެން ދިޔައީ ކިޔެވުމަށް ފަރުވާތެރިކަން ބަހައްޓަމުންނެވެ. އެންމެ މަތިން މާކްސް ނުލިބުނަސް ބަލައިގަނެވޭ ފަދަ ނަތީޖާ އެއް އަބަދުވެސް ހޯދަމެވެ.

ދުވަސްތައް އާދައިގެ ގޮތަކަށް ފާއިތުވަމުން ދިޔަ އެވެ. ކުލާސް ތެރޭގައި ދެކެވެމުން ދިޔަ ވާހަކަ އަކީ ކުލާހަށް އާ ކުއްޖަކު އަންނަން އުޅޭކަމުގެ ވާހަކަ އެވެ. އެއީ ފިރިހެން ކުއްޖެއްކަން ވެސް އަހަރެންނަށް ވަނީ އެނގިފަ އެވެ.

ހަފްތާއެއް ފަހުން އެކުއްޖަ ސްކޫލަށް އަންނަން ފެށި އެވެ. ރިހާން ވީ ހުރިހަ ކުދިންގެ ޝައުގު ވެރިކަން އަތުލައިގަތް ކުއްޖަކަށެވެ. އެކަމާ އަހަރެން ގާތަށް އައީ އަމަށްކު ރުޅިއެއް ނޫނެވެ. އަހަރެން އޭނާއަށް ވަނަން ކިޔާ މަލާމަތްކޮށް ހެދީމެެވެ.ރައްދުގައި ރީހާން ވެސް އަހަރެންނާއި ދިމާލަށް އެކި އެއްޗެހި ކިޔެވެ. ރީހާން އަހަރެންނަށް ވުރެ އެއަހަރު ބޮޑުކަން އިނގުމުން ވެސް އަހަރެން އެކަމަށް ކުރީ މަލާމާތެވެ.

މުޅި އަހަރު ނިމިގެން ދިޔައީ އެފަދަ ގޮތަކަށެވެ. ރީހާން އާއި އަހަރެން އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ރައްދު ކުރުމުގައި އެވެ. އެކަން ހުއްތުވާނެ މީހަކު ވެސް ނުވީ އެވެ.

ޖެހިގެން އައި އަހަރު ވެސް ކުރިއަށް ދިޔައީ އެފަދަ ގޮތަކަށެވެ. ނަމަވެސް މާގިނަ ދުވަސް ތަކެށް ނުވެ މުޅި ދުނިޔެ އަށް ފެތުރުނު ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެ ވެސް ފުރަބަންދުވި އެވެ. ސްކޫލު ވެސް ބަންދުވި އެވެ. ފުހި ކަމާއި އެކު 4 މަސް ދުވަސް ވޭތުލުރުމަށް ފަހު އަނެއްކާ ވެސް ސްކޫލު ހުޅުވުނެވެ.

އެތައް ދުވަހެއް ފަހުން އެކުވެރިންނާ ދިމާވުމުން އުފާވި އެވެ. މިހާރު އެހެން ކުއްޖެއް ވެސް އުޅެއެވެ. އަންހެން ކުއްޖެކެވެ.

ރީޙާން އަށް އީނަލް ކަމުދިޔަކަން އެންމެ ފުރަތަމް އެނގުނީ އަހަރެންނަށެވެ. އަހަރެން ވަށްބަހުން ރީހާން އަށް ދިމާކުރީމެވެ. އެވާހަކަ އެއްވެސް ކުއްޖެއް ކައިރީ ނުބުނުމަށް އެދި ރީހާން އަހަރެން ކައިރީ އެތައް އާދޭހެއް ކުރި އެވެ. ނަމަވެސް ރީހާން ރުޅިއަރުވައިލުމުގެ ގޮތުން ކުލާސް ހުރިހާ ކުދިން ކައިރީ ކިޔައިލީމެވެ. ހުރިހާ ކުދިންގެ މަލާމާތުގެ ބަސްތައް އަޑުއަހަން ރީހާން އަށް ޖެހުނެވެ.

ދުވަސް ކޮޅެއްފަހުން ލިބުނު ޙަބަރަކީ އީނަލް އާއި ރީހާން އާއި ރައްޓެހިވިކަމުގެ ޙަބަރެވެ. އޭގެފަހުން އަހަރެން ކުރި އުދަނގޫ ކޮއްލީ އިތުރެވެ. ރީހާން އަށް އުނދަގޫކުރުން ވީ އަހަރެންނަށް ވަރަށް މަޖާ ކަމަކަށެވެ.

ނަމަވެސް އޭގެ އަނެއް ދުވަހު ރީހާން އަހަރެން ކައިރީ ބުނި ވާހަކަ އަކުން އަހަރެން ވަރަށް ހައިރާން ވި އެވެ. “އީނަލް ލޯބިވަނީ އެހެން ކުއްޖެއް ދެކެ. އޭނަ މަށާ ބްރޭކް އަޕް ވެއްޖެ.” ރީހާން ގެ އަޑުގައިވީ މޫނުމަތީގައިވީ ނުތަނަވަސްކަން ފެނި އަހަރެންގެ ހިތަށް އަސަރު ކުރީ އެދުވަހު އެވެ.

އެދުވަހު ރީހާން އަށް މަލާމާތް ކުރުމުގެ ބަދަލުގައި އަހަރެން ބެލީ ރީހާން ހިތްހަމަ ޖައްސައިދެވޭތޯއެވެ. އެހެން ކަމުން އޭނާ އާއި އެތައް ވާހަކަ ތަކެއް ދެއްކީމެވެ. ނަމަވެސް ރީހާންގެ މޫނުމަތީގައިވީ ހިތަމައިގެ އަސަރު ފިލައިގެންދާ ގޮތެއް ނުވިއެވެ.

ސެޝަން ނިމުމުން ކްލާހުން ނިކުތުމުގެ ކުރިން އެންމެ ފަހު ފަހަރަށް ރީހާން އާއި ދިމާލަށް ބަލައިލީމެވެ. ހިތާމައިގެ ތަސްވީރެއްފަދައިން އީނަލް އަށް ބަލަން އިންތަަން ފެނިފައި ހީވީ މެއަށް ކައްޓެއް ހެރުނު ހެނެވެ. އެމޫނު މަތިން އެންމެފހަރަކު ނަމަވެސް ހިނިތުންވުމެއް ދެކިލާހިތްވި އެވެ. ރީހާން އާއި މެދު ހަމްދަރުދީވެވު ނެވެ.

ދުވަސްތައް އޭގެ ހަލުވިމިނުގައި ފާއިތުވަމުން ދިޔައެވެ. ފަހަކަށް އައިސް ރީހާން ފެނުމުން އަހަރެންގެ ހިތައް ވާގޮތެއް ޙުދު އަހަރެންނަކަށް ވެސް ނޭނގެ އެވެ. ރީހާން ވެސް ތަފާތު ގާތްކަމެއް ބަހައްޓކަން ފާހަގަވިއެވެ.

ދުވަސްތައް އާދައިގެ ގޮތަކަށް ފާއިތު ވަމުން ދިޔައެވެ. ރީހާން އަހަރެންނަށް ލޯބި ހުޝަހެޅި އެވެ. އާބަސް ދެވުނީ އަމިއްލަ އިޙްތިޔަރުން ބޭރުންނެވެ. އެއީ އަހަރެންގެ ދިރިއުޅުމަށް އައި ބަހާރު މޫސުމުގެ ފެށުމެވެ.

އުފާވެރި ދުވަސްތަކަށް ނިމުން އައީ އޯލެވެލް ނިމި މަތީ ތަޢުލީމަށް ދެމީހުން ދެތަނަށް ދާން ޖެހުމުންނެވެ. އަހަރެން ދިޔައީ އުތުރުގެ ރަށަކަށެވެ. ރީހާން ދިޔައީ އޭނާގެ ރަށަށެވެ. ދުރުގައި ވިއެއްކަމަކު ރީހާން ދުރުގައިވީ ފަދަ އިހުސާސް އެއްވީ އަކާ ނުދެއެވެ. ގުޅައެވެ. މެސެޖު ކުރެ އެވެ. ރޭގަޑު އެވެ. ދުވާލުއެވެ. ރީހާން އެފަދަ ގޮތަކަށް ކަންތައް ކުރަމުން ދިޔަކަމުގައި ވިއެއްކަމަކު އަހަރެންގެ ހިތް އެހެން ފަރާތަކައް ލެބެމުން ދިޔައީ އަމިއްލަ އިޙްތިޔާރުން ބޭރުންނެވ. ރީހާން އާއި މެދު އޮތް އިހުސާސްތައް ފަނޑުވާން ފެށި އެވެ. އެހެން ކަމުން ރީހަން އާއި ރުޅިވީ އަހަރެން އަމިއްލަ އަށެވެ.

ރީހާން އާއި ރުޅިވިތާ މާގިނަ ދުވަސްތަކެށް ނުވަނީސް އަހަރެން، އަހަރެންގެ ހިތުގެ ވެރިޔާ އާއި ލޯބީގެ ގޮތުން ގުޅުނީމެވެ. ދާނިޝް އެވެ. ރީތިކަމުގެ ދެވަނައެން ނުވާ މިސާލެކެވެ. އަންހެން ކުއްޖެއްގެ ހިތް ދަމައިގަންނަ ފަދަ ހުރިހަ ސިފަ އެއް އޭނާ އަށް ލިބިގެން ވެއެވެ. ދާނިޝް އަހަރެންނާއި މެދު ބަހައްތާ އޯގާތެރި ކަމުގެ ސަބަބުން އަހަރެންގެ ހިތް ދާނިޝް އަށް ހިބައިން ދެވުނެވެ. އަހަރެންނަށް ހީވީ ދާނިޝް އަހަރެން ދެކެވީ ހަޤީޤީ ލޯބި ކަމަށެވެ. ނަމަވެސް އެންމެ ފަހުން އޭނާ އަހަރެން ދޫކޮށްލައިފައި ދިޔައީ އެވެ. އަހަރެންގެ ހިތައް އެތައް އަނިޔާއެއްދީފަ އެވެ. ވީހުރިހާ ވައުދެން ވަޔާލާ ބުރުވާލާފަ އެވެ.

ރީހާން އަހަރެން ދެކެވީ ހަޤީޤީ ލޯބިކަން އެނގުނީ ދެނެވެ. އަހަރެންނަށް މަޢާފުކޮއް ދިނުމަށް އެދި އަހަރެން އާދޭސް ކުރީމެވެ. ރީހާން އަހަރެންނަށް މަޢާފުކޮށް އަހަރެންނައް ފުރުސަތެއް ދިނެވެ. އަހަރެން ވީ އެންމެ ރަންގަޅަކައް ރީހާން އާއި އެކު އުޅުނީމެވެ. މަނަވެސް ރީހާން ވެސް އެންމެ ފަހުން ކަންތައް ކުރީ ދާނިޝް ވެސް ކަންތައް ކުރި ފަދައިންނެވެ. ރީހާން ދިޔައީ އަހަރެންގެ ހިތް އެއްކޮށް ކުދިކުދި ކޮއްލާފައެވެ. ދުވަހަކުވެސް ކުދިކުދި ވެފައިވާ އެތިކޮޅުތައް އެއްނުކުރެވޭހާ ދެރަދީފަ އެވެ.

ސިއްސައިގެން ގޮސް ހިޔާލުތަކުން ބޭރުވެވުނީ ޖަހައިލި ބާރު ގުގުރިއަކާއި އެކު އެވެ. ތުނިތުނި ކޮއް ވާރޭވެސް ވެހެމުން ދިޔަ އެވެ. އެހެން ކަމުން އަހަރެން މިސްރާބު ޖެހީ ގެއަށް ދިއުމަށެވެ. ދުވަހަކުވެސް ރީހާން ދިން އަނިޔާމަތިން ހަނދާން ނައްތައި ނުލެވޭ ހާލުގަ އެވެ.

-ނިމުނީ-

ނޯޓް: މިއީ އަޅުގަނޑު _devil_ އައިޑީ އިން ލިޔެފައިވާ ވާހަކައެއް ކިޔުންތެރިންނަށް އަންގައިލެވިފައިވާ ފަދައިން “ވިތް ކަރެކްޝަން” ލިޔެފައި އެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރަމެވެ. އަދި އަޅުގަނޑުގެ އޯލެވެލް އެގްޒާމްސް ކައިރި ވެފައިވާތީ އިތުރު ވާހަކައެއް ކިޔުންތެރިންނާއި ހަމައައް ނުގެނެސްދެވިދާނެ ވާހަކަ ވެސް ދަންނަވާލަމެވެ.

Share Article

Follow Me Written By

__devil__09

Level 210 Stories100 Login

Other Articles

Previous

ބަދަލް…. 5

Next

ވާނަމޭ އުމުރަށް އެކީ ޖާނާ………9

Next
April 3, 2025

ވާނަމޭ އުމުރަށް އެކީ ޖާނާ………9

Previews
April 3, 2025

ބަދަލް…. 5

5 Comments!

  1. aisha says:
    April 4, 2025 at 7:29 am

    vrh reethi mi vhk
    rovihje alhuganduge life r relate vyma ehaa bodah
    😭😭
    gud luckkk
    tc ly

  2. baby girl 🙈 says:
    April 4, 2025 at 9:44 am

    the story is very heart touching…. Masha Allah 💗
    life can be complicated frfr 😭
    btw devil gud luck with your exams 🤞🍀
    ly <3

    1. __devil__09 says:
      April 4, 2025 at 9:42 pm

      thank you so much baby girl

  3. ކިއުންތެރިއެއް says:
    April 4, 2025 at 8:44 pm

    ތިޔަކުރާ ހިތްވަރަށް ހަމަ ސާބަސް. އޯލެވެލް އިމްތިހާނުން ފަޚުރުވެރިވާ ފަދަ ރަނގަޅު ނަތީޖާއެއް އެދެން

    1. __devil__09 says:
      April 4, 2025 at 9:43 pm

      thank you

Comments are closed.



All Right Reserved!