!!އަހަރެންނަށް މަޢާފުކުރޭ
އުޑުމަތީ ކަޅުވިލާތައް ހުރިއިރު އިރުގެ އަލިކަން ވަނީ ފަޑުވެފައެވެ. މާހައުލުގައިވީ ހަމަހިމޭންކަމުން ގަބުރަސް ތާނަށް އިތުރު ނާމާން ކަމެއް ގެނުވައެވެ. އެމުޅި މާހައުލުން ވެސް އަރެންނަށް އިވޭ ހަމައެކަނި އަޑަކީ ބާރަށް ޖެހެމުންދާ އަހަރެންގެ ހިތު ވިންދުގެ އަޑެވެ.
މަހާނަ ތަކުގެ މެދެއްހާ ހިސާބުގައި ހުއްޓިލައިގެން އަހަރެން ހުރީމެވެ. ދިރުއުޅުމުގައި ކުރެވިފައިވީ ކުށްތަކައް އިންތިހާއް ހިތާމަ ކުރާ ހާލު، ކުރިމަތީ ހުރި މަހާނަ ދޮށައް ތިރިވެލީމެވެ. އެ މަހާނައިގައި ވަޅުލެވިފައި ވަނީ އަހަރެންގެ ލޯބިވާ މަންމައެވެ. ވެލިގަޑުގައި އަތްޖައްސާލުމާއެކު، ހިފެހެއްޓުމެއް ނެތި ލޮލުން ފައިބަން ފެށި ކަރުނަތައް ކޯތާފަތް ތެނަމަމުން ދިޔައެވެ. އެވަގުތު މީހަކު އައިސް އަހަރެންގެ ކޮޑުގައި އަތް ބާވާލިއެވެ. އެމީހާ އިޝާރާތް ކޮށްލީ އަހަރެންގެ ހިތި މާޒީއަށެވެ.
ހަދާން ހުންނަން ފެށީއްސުރެ މަންމަ އަކީ އެކަނިވެރި މައެކެވެ. މަންމަގެ ހުންނަނީ ހަމަ އެކަނި އަހަރެން ކަމުގަވިއަސް ވެސް އަހަރެންނަށް ބެލުން ވެފައި އޮތި މަންމަށް ވަރަށް އުދަގޫ ކަމަކަށެވެ. މަންމަ ވަޒީފާއައް ދާއިރު އަހަރެން ހުންނާނީ ގޭގައި އެކަންޏެވެ. މަންމަގެ އާއިލާމީހުން ގިނަ ކަމުގައިވީ ނަމަވެސް އެހީތެރިކަމުގެ އަތެއް ދިއްކޮއްލާނެ މީހަކު ނުވެއެވެ. އަހަރެމެން ދެމައިންނައް އަޅާލާނެ މީހަކު ނުވެއެވެ.
މަންމަ އަހަރެން ގޮވައިގެން ރާއްޖޭގެ ވެރި ރަށް މާލެ ބަދަލުވީ އަހަރެންނަށް ކިޔަވާދިނުމަށެވެ. ކުޑަކުޑަ ތަންކޮޅެއް ގައި އުޅެންޖެހެނީ ވަރަށް ހާލުގައެވެ. ހޫނުގަދަކަމުން ކެއްވަނީކިރިއާއެވެ. ކުޑަކުޑަ ކޮޓަރި ގަޑަކާއި ކުޑަކުޑަ ސިޓިންރޫމެކެވެ. ހީވަނީ ދެންމެ ދެންމެ ބޮލަން ވެއްޓިދާނެ ހެންނެވެ. މަންމަ ދެވަޒީފާއަށް ދިޔަ ކަމުގައި ވިޔަސް ގިނަފަހަރު އޮންނާނީ ދެކޮޅު ނުޖެހިފައެވެ. އަނެއް ކޮޅުން އަހަރެންނަށް ބޭނުން އެއްޗެއްވެސް މަންމަ އަކަން ގިނަފަހަރު ހޯދައެއް ނުދެވެއެވެ.
އަހަރެން ކިޔަވާހިތެން ނުވިއެވެ. ސުކޫލައަށް ދާ ދުވަސް ތައްވެސް މަދު ކުރަން ފެށީ ކުދިންގެ މަލާމާތުގެ ޝިކާރައަކަށް ވުމުންނެވެ. އެހެން ކުދިންގެ އަތުގައި އޮނަ ކަހަލަ މޮޅެތި ފޯނާއި އެއްޗެހި ނުހުންނާތީއެވެ. އަހަރެންވެސް މޮޅެތި އެއްޗެހި ބޭނުމެވެ. ނަމަވެސް އެވަރުގެ ފެނަވަރެއް ނެތެވެ. އެހެން ކަމުން އަހަރެން ބޭނުންވީ ލާރި ލިބޭނެ ގޮތެކެވެ. އެއީ އެންމެ ގޯސް މަގުކަމުގައި ވިޔަސް އަހަރެނަށް އެންމެ ރަނގަޅެވެ.
ދުވަހުގެ އެންމެ އަވި ބާރު ގަޑިއެވެ. ލޯ ވެސް ހުޅުވާލެވެނީ ކިރިޔާއެވެ. ވިިލާ ރޮއްޖެއް ވެސް ނެތް އުޑުމަތިން ފެންނަލެ ނުލަހިކު ހިތްގައިމެވެ. ބާރު ހިގުމެއެއްގައި ދިޔަ އަހަރެންގެ މިސްރާބު ހުރީ ކުރިމަތިން ފެންނަން ހުރި ގަރާޖާއި ދިމާލަށެވެ. އެެއީ އަހަރެންގެ ގެއާއި މާދުރު ނޫން ހިސާބެކެވެ. ކުރިމަތީ ހުއްޓުނުތަނާހެން ގަރާޖުގެ ދޮރު ހުޅުވުނެވެ. ފިނި ވެފައިވީ އަތަކާއި ތެޅި ތެޅިއޮތް ހިތަކާއި އެކު އަހަރެން އެތެރެއަށް ފިޔަވަޅެއް އަޅާލީމެވެ.
އެތާ އެތެރެ ފުދޭވަރަކަށް އަދިރިއެވެ. އެއްވެސް ކަހަލަ ތަރުތީބެއްނެތެވެ. އެތަން މިތަނައް ހުރީ އެއްޗެހި އުކާފައެވެ. ފާރުތަކަށް ސްޕުރޭ ކޮއްފައި އާއި މަކުނު ވަލެވެ. މީގެން ޒަމާނަކުވެސް އެތަން ކުނިކަހާފައިއޮތް ހެނެއް ހީއެއްނުވެއެވެ. އަހަރެން މި އުޅެންޖެހޭ ކުޑަ ކުޑަ ގެގަޑުގެ ހާލުވެސް މާރަނގަޅޭ އަހަރެން ހިތަން އެރިއެވެ.
“މީތަ ތިބުނާ ކުއްޖަކީ؟” ފަހަތުން އިވުނީ ބަރު އަޑެއްގެ ވެރިޔެއްގެ އަޑެވެ. ފަސްއެބުރި އަހަރެން ބަލާލީމެވެ. އެމީހާ ހާދަ ބިޔައޭ އަހަރެން ހިތަށް އެރި އެވެ.
“މަ ކިހިނެއް މީނާއައް ކަމެއް ހަވާލު ކުރާނީ؟ މިހުރީ މީނާ ވާވަރު..” އަހަރެންނާ ދިމާލައް ބަލަމުން އެމީހާ ވާހަކަ ދެއްކިއެވެ. “މީ އަދި ކުޑަ ކުއްޖެއްނު؟؟” އޭނާގެ ރުޅިވެރި ރާގުން އަހަރެންގެ ހިތަށް އިތުރު ބިރުވެރި ކަމެއްވަނެވެ.
“އޭނާއެހުރީ ފައިސާ އައް ކޮންމެ ކަމެއް ކުރަން ތައްޔާރަށް އެހެންމަ ރަނގަޅުވާނެ..” އިތުރު މީހަކު ވާހަކަ ދެއްކިއެވެ.
އުޑުމަތީ ތަރިގިނަ އާދައިގެ ދުވަހެކެވެ. މިރެއަކު އާދަޔާ ހިލާފައް މީހުން މަދެވެ. އަހަރެން ގެއިން ނުކުތީ މަންމައާ ޒުވާބު ކޮއްފައެވެ. އަހަރެންނަށް އިތުރު ގޮތެއް ނޭނގުނީމައެވެ.
“އޭތް..” މީހަކު އަހަރެންގެ ކޮޑުގައި ބާރަށް ކޮއްޓާލިއެވެ. “ތަރިބާލަން ހުއްޓަކަސް ނުވާނެ.. އަންނައްވީ ދާން.. އަވަސް ކޮއްބަލަ..” އަހަރެންގެ ބުރަކަށީގައި އަތް އަޅާ ކޮއްޕާލަމުން އޭނާބުންޏެވެ.
އަހަރެންވެސް ހުރީ އެންމެންނާއި އެކު ފިހާރަ ކައުންޓަރު ކާރިގައި ދަބެހެއް ހިފައިގެއްނެވެ. އެބަޔަކު ތިބީ ފްރިޖު ކާރިގައި އެއްޗެހި އަޅާށެވެ.
މާ ދުރުނޫން ހިސާމަކުން ފުލުހުންގެ ސައިރަން އަޑުއިވެއް ފެށިއެވެ. އެބަޔަކު ފިލަން ދުންވައި ގަތްއިރު އަނެއްބަޔަކު ތިބީ ނެގުނު އެއްމެ ގިނަ އެއްޗެހި ނަގާށެވެ. އަހަރެންނަށް ވެސް ލިބުނީ އެފަދަ ލަޑެކެވު. އަހަރެން ދާން އުޅުމުން އަހަރެއްގެ އަތުގަ ހިފައި މަޑު ކުރުވީއެވެ.
ފުލުހުންގެ އަޑު ކަންފަތުގައި ޖެހުމާއިއެކު އަހަރެއްގެ ހިތުގެ ވިންދު ހުއްތުނު ކަހަލައެވެ. މުޅި މީހާ ފިނިވެފައި ތުރުތުރުލަނީއެވެ. ފިލަން އަހަރެން ވަނީ ކައުންޓާ ދަށަށެވެ. ކަންފަތް މަތި އަތް އަޅާ ލެލޯ ފިއްތާބާރު ކޮއްލީމެވެ. އަދި ކަކޫ ގެނެސް މޭގާ ޖައްސާ ފިއްތާލިމެވެ. ފުންކޮށް ނޭވާލެވެމުން ދިޔައީ އަމިއްލައިހުތިޔާރުން ބޭރުގައެވެ.
މާގިނައިރު ތަކެއްނުވެ އަހަރެންވެސް އިނީ ފުލުހުންގެ އައްދަށު ވެފައެވެ. އޭރުވެސް އަހަރެން ބިރުން ރޫރު އަޅަނީއެވެ. ބޭއިޙްތިޔާރުގައި ފުންކޮށް ނޭވާ ލެވެމުން ދިޔައެވެ. ސިކުޑީގައި އެތަން ހިޔާލުތަކެއް އެއްފަހަރާ އެބުރެމުން ދިޔައެވެ.
ޖެހިގެން އައި ދުވަހު މުޅި ރާއްޖެ ގުގުމާލީ ރާއްޖޭގެ އެއްމެ ބޮޑު އެއް ފިހާރަ، އެސް.ޓީ.އޯ އިން ބަޔަކު ވައްކަަން ކުރަން އުލުމުގެ ތެރެއިން އަތުލައިގަތް ވާހަކައެވެ. އޭގެ ތެރޭގައި އަހަރެންވެސް ހިމެނެއެވެ.
ޖަލު ގޮޅީގައި އެކަނިވެރިކަމާއެކު ހޭދަ ކުރި ކޮންމެ ފަޅި ސިކުންތަކު ވެސް އަހަރެން މަންމަ މަތިން ހަދާން ވެއެވެ. މަންމައަށް ހެޔޮ ދުޢާ ކުރަމެވެ. މަންމަގެ އޯޤާތެރި ބަސްތަކާއި ނިޔަނެތި ފިރުމުންތައް މަތިން ހަދާންވާ ކޮންމެ ފަހަރަކު ރޮވެއެވެ.
ހަތަރު އަހަރު ފަހުން މިނިވަންކަން ލިބުމުން އަހަރެންގެ މިސްރާބު ފުރަތަމަވެސް ހުރީ މަންމަ އުޅޭ އެޕާޓްމެންޓްއަށެވެ. މަންމަ ފެންނާނެ ކަމުގެ އުންމީދުގަ އަހަރެން ދޮރުގައި ތަކިދިނީމެވެ. ދޮރު ހުޅުވާލީ އަހަރެެން ހީކުރި ގޮތާ ހިލާފަށް މަންމައެއް ނޫނެވެ. އެތާ އުޅުނު މީހާ ފަރާރުން އެގުނީ މަންމަ އެތާ ނުއޫޅޭތާ ތިން އަހަރު ވެއްޖެކަމަށެވެ. މާޔޫސްވެފައިވީ ހިތާއި އެކު އަހަރެން ގުޅީ މަންމަގެ އެންމެ ގާތް އެކުވެރިޔާ އަށެވެ. އޭނާގެ ފަރާތުން އެގުނީ މާ ހިތާމަ ވެރި ވާހަކައެކެވެ. އަހަރެންގެ ފައި ދަށުން ބިންގަޑު ދަމައިގައިން ކަހަލައެވެ.
ކުއްލިއަކަށް ވެހެއްފެށި ވާރޭއާ އެކު ޖެހި ބާރު ގުގުރިގެ ސަބަބުން މާޒިގެ ދުނިޔެއިން ބޭރުވެ ހަމަ ދުނިޔެއައް އެބުރި އާދެވުނެވެ. ތެމިފައި ވީ ފަސްގަޑުސައި އަދިވެސް އެއްފަހަރު މަޑު މަޑުން ފިރުމާލާރައި ތެދުވެ ނިކުންނަށް ދާން ހިގާގަތީމެވެ. ދިރިއުޅުމުގެ ކުރިއައް އޮއްތަނުގައި މަންމަ ބޭނުން ވަފަދަ ހަރުދަނާ ޒުވާނަކަށް ވުމަށް ހިތާ ހިތުން ވަޢުދު ވީމެވެ. ދެން އެފަދަ ކުށެއް ނުކުތާނެ ކަމަށް އަޒުމު ކަޑަ އެޅީމެވެ.
— ނިމުނީ —
6 Comments!
Comments are closed.



Wow!
Haadha sad eyy mi story!
V reethi!
Keep it up!
Thank you!
devil man theena tha thee?
btw kiyaalaafa hithah vrh asaru kohffi
hithuge doctor ah hama dhahkkaalan dhaan appointment nagan vefa meenee…
vrh salhi ingey
mww devil ge dhahtha. we are not the same person.
mee*
Devil vrh dhuvx vejje dhw comment eh koh nuleveythaa…. Anyways vhk hama habeys vrh reethi dhaantte bunihen doc ah kanne dhahkan dhaan vee well curiously waiting for your new story 🫶🏻 keep it up luv yu devil 🥰