Skip to content
އެސްފިޔަ

ގެންދާށެ މިހިތް ލޯބިން ކަލާ.. 3

އެ ގުރޫޕު އެ މައުލޫއަށް ވަހަކަ ދައްކަމުން ހީ ސަކަރާތް ޖަހަމުން ގެއާއި ދިމާލަށް މިސްރާބު ޖެހިއިރު މަގްރިބް ނަމާދުގެ ބަންގީގެ އަޑު މުޅި ރަށުތެރޭ ގުގުމަމުން ދިޔައެވެ.

————

ވުޟޫ ކޮއްލައިގެން އައިސް ނަމާދު ކޮށްނިންމާލުމަށްފަހު ލިވްޔާ އައިސް އެނދަށް ވެއްޓިގަތެވެ.  އެ ލޮލުގެ ތެރޭގައި ބޮނޑިވެފައި ހުރި ކަރުނަތަކުގެ ތެރެއިން ވެއްޓުނު ކަރުނަ ތިއްކެއް ގޮސް ބާލިސް ތެރެއަށް ހިނދިގެން ދިޔައެވެ. މާޒީ ލޯ ކުރިމަށްޗަށް ސިފަވެގެން ދިޔުމުން އެ ރީތި މޫނުމަތިން ހިނިތުން ވުމެއް ފެނިގެން ދިޔައެވެ. ލިވްޔާ ގެ ހަނދާނަށް އިޔާން އާއި ދެމީހުން ތޮޅުނު ދުވަސް ތައް އައުމުން ހިނިއައެވެ. ނަމަވެސް ލަމްހާ މަރުވާން އުޅުނު ދުވަސް ހަނދާން ވުމުން އެ މޫނުމަތީގައި ކުރިން ހުރި ހިނިތުންވުން ފަނޑުވެގެންދިޔައެވެ. އެއީ ކުރީގަ ކިހާ އެކުވެރިކޮށް އުފާވެރިކަން މަތީގައި އުޅުނު ބައެއް ހެއްޔޭ ލިވްޔާގެ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް ވީ ކަމެއްގެ ސަބަބުން އެ އުފާވެރިކަން ނެތި ދިޔައީ އެވެ.

*****************************

” ދެން މަންމާ ބަލާބަ .. ލަމްމްމްމް .. މިހިރަ އިޔާން ގަނޑު މިތަނުން ނެރެބަލަ ” އަޑު ގެ ކޮޅަށް ވާހަކަ ދައްކަމުން ދިޔަ ލިވްޔާ އޭރު ހުރީ އިޔާން އަށް އަތުނުވާން ވެގެން ގޮސް ސޯފާ މައްޗަށް ކޮޅަށް އަރައެވެ. އޭރު ނުލަފާ ފާޑަކަށް ހިނިއައިސް ފާ އިޔާން ހުއްޓެވެ. ” ދެން މަންމާ ..” އިޔާން އަންހެން އަޑަކުން ވަރަށް ތުއި ވެލަމުން އެހެން ބުނުމުން ލިވްޔާގެ ރުޅިގަނޑު އިތުރަށް ވީ ގަދައެވެ. އެގަޑީ ލިވްޔާގެ ކޮޓަރި ދޮރުންވަދެގެން އައި ލަމްހާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ” ލަމްހާ .. ދެން ލަމް ވެސް އަދި ހެނީތަ .. މިހިރަ މީހާ ގަނޑާ ހެދި މިހާރު އުޅެވޭ ވަރެއް ނޫން .. ” ދެބުމަ ގޮއްޖަހާލަމުން ލިވްޔާ އެހެން ބުނެލިއެވެ. ” ހަހަހަ ސޮރީ ސޮރީ .. އޯކޭ ޗުޕް .. ދެން ނުހޭނަން..” ލަމްހާ ނުހޭން ވެގެން ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލައިގެން ހުއްޓަސް ހެވެމުން ދިޔައެވެ. ” ދައިތަ ރުޅި އައީ ތާ؟ .. އެނގޭތަ ތިހާވަރަށް ރުޅި އަންނާކަށް ނުވާނެ .. އަވަހަށް މުސްކުޅިވެދާނެ .. ” އިޔާން އެހެން ބުނުން ލިވްޔާ ސޯފާއިން ފޭބުމަށްފަހު ގޮސް އިޔާން ގެ ކުރިމައްޗަށް ހުއްޓިލިއެވެ.

” އޯހް ހެލޯ .. ތިބުނީ އަހަރެން މިހާރު މުސް ކުޅިއޭތަ .. ހަހް ލިވް ދައިތައަކަށް ވާނަމަ ތީ މުސްކުޅި ކާފަ ބެއްޔާ ގަނޑު .. ” ” ވާއު .. ހާދަ ރީތި ނަމެކޭ … އެހެންނޫނަސް ސަންޕަދައިތަ ހާދަ ރުޅި ގަދަ އޭ ދޯ ..ހަމަ މީހުން ބުނަނީ ތެދެކޭ .. ބަލާބަ މިހާރުވެސް ލޯގަނޑުން .. މޫނުގަ ގަ މިހާރުވެސް ރޫ ހުރިހެން އެބަ ހީވޭ .. ” އިޔާން އެހެން ބުނުމުން ދެލޯ ބޮޑު ކޮއްލުމަށް ފަހު ލިވްޔާ ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓި ލޯގަނޑުން މޫނަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. އިޔާން އެ ބުނި ރުލެއް ނުފެނުމުން ލިވްޔާ ދެބުމަ ގޮއްޖަހާލުމަށްފަހު އިޔާން އާއި ދިމާލަށް އެނބުރިލިއެވެ. އޭރު ލަމްހާ ހުރީ ހީހި ބަލިވާވަރުވެފައެވެ. ” ބެއްޔާގަނޑު ހާދަ ދޮގުވެސް ހަދަ އޭ ދޯ .. އައި ހޭޓް ޔޫ .. ބެއްޔާގަނޑަށް މީހަކާ ރީއްޗަސް ވާހަކަ ދައްކަންވެސް ހަމަ ނޭނގެނީތަ .. ބޮލަށް އުނދަގޫ .. ހަމަ ޖެއްސުމެއް ކޮއްނުލާ ނުހުރެވެނީ ދޯ .. ޖަސްޓް ގެޓް އައުޓް އޮފް ހިއާ .. އަހަންނަކަށް ހިއެއްނުވޭ ބެއްޔާގަނޑަށް ރަނގަޅަށް އަޑު އިވޭ ހެނެއްވެސް.. މިހާރު ސަތޭކަ ފަހަރު ބުނެވިއްޖެ މި ކޮޓަރިން ނުކުންނާށޭ .. އެކަމަކު ނޫން.. ތި ކަންފަތަކަށް އަޑެއް ނީވޭ ވިއްޔަ .. އަހަރެން ދޮންބެ ކައިރީގަ ބުނާނަން ބެއްޔާގަނޑަށް އިޔަރިން އެއިޑް އެއްހައްދަދޭ ށޭ އަޑު ނީވޭތީ .. ހަމަ މިހާރު މި ކޮޓަރިން ނުކުމޭ .. ” ކިޔާނެ އެއްޗެއް ކިއުމަށް ފަހު ލިވްޔާ ކޮޓަރި ދޮރާ ދިމާލަށް އިނގިލި ދިއްކޮއްލީ ވަތް ދޮރުން ނިކުމެގެން ދާށޭ ބުނާ ފަދަ ގޮތަކަށްށެވެ.އޭރު އެ މޫނުމަތިވަނީ ރުޅިން ގޮސް ރަތް ވެފައެވެ. ” އޯކޭ ދައިތާ .. ” އެހެން ބުނުމަށް ފަހު އިޔާން ދަމުން ދިޔައީ ލިވްޔާގެ އިސްތަށިގަނޑު ހާވާލާފައެވެ. އައިރުޅިން ކުދި ކިޔަމުން ގޮސް ލިވްޔާ ފާހާނަޔަށް ވަދެ ބަންލާފަ ދޮރު ޖެހިއެވެ. ކޮޓަރި ތެރޭގައި ހޭން ހުރި ލަމްހާ ބޯ ހޫރާލުމަށްފަހު މަޑު މަޑުން ސާބަހޭ ބުނެލިއެވެ.

ލިވްޔާގެ ކޮޓަރިން ނިކުމެގެން ލަމްހާ ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ވުމާއިއެކު އޭނާ ދިޔައީ ސިއްސައިގެންނެވެ. ނާއިކް އެ ކޮޓަރި ތެރެއިން ފެނުމުން އެ ހިތުގެ ހިނގުން އަވަސްވެލިއެވެ. “ނިކް .. މި ކޮޓަރީގަ ކިއްތިކުރަނީ .. ކޯއްޗެއް ތި ހޯދަނީ؟؟” ނާއިކް އެއްޗެއް ހޯދަނީ ހެން ހީވުމުން ލަމްހާ ވަރަށް ނުކެރި ހުރެވެސް އަހާލިއެވެ. ލަމްހާ ވާހަކަ ދެއްކި އަޑަށް ފުރަގަސް ދީގެން ކަބަޑު ތެރެ ހާވަން ހުރި ނާއިކް އެނބުރި ބަލާލިއެވެ. ނާއިކް ބަލާލި ގޮތުން ލަމްހާ ގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. ” މީ ޕެނަޑޯލް ގުޅައެއް އޮތް ތޯ .. މަންމަ ބުނީ ނެތޭ .. އެކަމް ފަހަރެއްގަ ލަމް އަތުގަ ހުރެދާނެޔޭ .. އެހެންވެ ބޭސް ގުޅައެއް ފެނޭތޯ ހާވާލީ .. ސޮރީ ” ނާއިކް އެހެން ބުނުމުން އޯހް އެހެންދޯ އޭ ބުނުމަށްފަހު ލަމްހާ ޑްރެސިން ޓޭބަލް ބަތީގައި އިން ދަޅެއްގެ މަތިނެގުމަށްފަހު އޭ ތެރޭގައި އޮތް ޕެނަޑޯލް ކާޑު ނަގާ ނާއިކް އަށް ދިއްކޮއްލިއެވެ. ނާއިކް ތޭންކްސް އޭ ބުނުމަށްފަހު ކޮޓަރިން ނިކުންނަން ދިޔައެވެ. ނަމަވެސް ކޮޓަރީގެ ދޮރާ ހިސާބުން ފިޔަވަޅުތައް މަޑު ޖައްސާލުމަށްފަހު އެނބުރި ލަމްހާއާ ދިމާއަށް ބަލާލިއެވެ.

” މަންމަ ބުނީ ލީއްކޮ އާއި ދެމީހުން ކާން ދާށޯ .. ” އެހެން ބުނެލުމަށް ފަހު އެންމެ ސިކުންތެއްވެސް މަޑު ކޮށްލުމެއްނެތި ނާއިކް އެ ކޮޓަރިން ނިކުމެގެން ދިޔައެވެ.ނާއިކް ނުކުމެގެން ދިޔަ ދޮރާ ދިމާލަށް ބަލަން ހުރި ލަމްހާ މޫނަށް ވައްތަރެއް ޖައްސާލިއެވެ. ” ހޫމް ވަރަށް ފޫހިވޭ .. ފޮނިވެސް ފިރިހެނެއް.. ”

ހައްވަ ކާން ގޮވުމުން ލަމްހާ ލިވްޔާ ގެ ކޮޓަރިއަށް ދިޔައީ ލިވްޔާ ބަލައެވެ. ކޮޓަރި ދޮރު ހުޅުވާ ބަލާލިއިރު ލިވްޔާ އެދުގައި ބަންޑުން އޮށޯވެގެން އޮތެވެ. ލިވްޔާ އޮތް ގޮތުން އަދިވެސް އޮތީ ރުޅި އައިއްސަކަން އެނގުމުން ފުން ނޭވައެއް ދޫކޮއްލުމަށްފަހު އައިސް އެނދުގެ މަގަތުގައި އިށިނދެލިއެވެ. ” ލިވް” ލަމްހާ ގޮވާލުމުން ލިވްޔާ އެއޮތް ގޮތަށް އޮވެ ހޫމް އަޅުވާލިއެވެ. ” އަދިވެސް ރުޅިއައިއްސަ ތަ؟ ..” ލަމްހާ އެހެން އެހުމުން ލިވްޔާ މަޑު މަޑުން ތެދުވެ އިށީނދެލިއެވެ. ލަމްހާ އަދިވެސް ލިވްޔާ ހުރީ ރުޅި އައިއްސަ ކަމަށް ހީކުރިޔަސް މިހާރު އެ މޫނުމަތިން ރުޅީގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ލަމްހާ އެހެން އެހުމުން ލިވްޔާ ހިނިތުން ވެލަމުން ބޯހޫރުވާލިއެވެ. އަދި ކޮއްކޮ މަތިން މާ ބޮޑަށް ހަނދާން ވަނީ ކަމަށް ބުނެލިއެވެ. އޭރު ލިވްޔާގެ އެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. ލިވްޔާ ގެ ލޮލުން ވެއްޓުނު ކަރުނަތިކި ލަމްހާ ފުހެލަ ދިނެވެ. އަދި ދެފަރާތަށް ބޯހޫރުވާލީ ދެން ނުރޯށޭ ބުނާ ފަދައިންނެވެ. ލިވްޔާ އެއިން ގޮތަށް އިނދެ ލަމްހާގެ ގައިގާ ބައްދާލުމަށް ފަހު ދެލޯ މަރާލިއެވެ.

ލިވްޔާގެ ކޮއްކޮ ވިޝާވަނީ ލޭގެ ކެންސަރު ބަލީގައި އުމުރުން އެންމެ 10 އަހަރުގައި މި ފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކިޔާފައެވެ. ” ދޮންތީ .. އައި ލަވް ޔޫ ސޯމަޗް .. ދޮންތި ނުރޮއްޗޭ .. ދޮންތި ރޮންޔާ ވިޝް ވަރަށް ދެރަ ވާނެ .. ވިޝް ދިޔަޔަސް ވިޝް ގެ ހަނދާން ތައް ދޮންތި އާއެކު އަބަދުވެސް ވާނެ.. ވިޝް ގޯސްޓެއްގެ ސިފައިގަ ކޮންމެ ރެއަކުވެސް ދޮންތިކައިރިއަށް އަންނާނަން .. ހެހެ ދޮންބެއަށް ވުރެވެސް ބޮޑަށް ވިޝް ދޮންތި ދެކެ ލޯބިވޭ .. ވިޝް ދިޔަޔަސް ދޮންތި ދެރަ ނުވައްޗޭ އިނގޭ.. .ވިޝް މިދަނީ ވަރަށް އުފަލުން ..ދޮންތިވެސް ވަރަށް ހެޕީ ކޮށް މަންމަމެންނާއެކު އުޅެއްޗޭ .. ދޮންތި އާއި އެކު ނުވިޔަސް ދުވަހަކުވެސް ވިޝް މަތިން ދޮންތި ހަނދާން ނައްތާ ނުލައްޗޭ .. ދެން ނުރޮއެ .. ވިޝް ބުނީމެއްނު ނުރޮއްޗޭ .. އެކަމަކު މިހާރުވެސް ތި ރޮނީނު . .. ކޮބާތަ ދޮންތިގެ ހެޕީ ސްމައިލް .. ވިޝް ބޭނުމީ ވިޝް ވަކިވެގެން ދާއިރު ދޮންތި ހިނިތުންވެލައިގެން ހުންނަން .. ވިޝް އަބަދުވެސް ދޮންތިދެކެ ލޯބިވާނަން … .”އެއީ އެ ކުޑަ އަތުން ލިވްޔާ ގެ ދެލޮލުން އައިސް ފައިވާ ކަރުނަތަށް ފުހެލަ ދެމުން އެންމެ ފަހުން ވިޝާ ބުނެލި ޖުމްލަ ތެކެވެ. އެއަށްފަހު އެ ފުރާނަ މި ދުނިޔެއާއި ވަކިވެގެން ދިޔައީއެވެ.އަބަދުގެ އަބަދަށްޓަކައި އެ ދެލޯ މަރާލީއެވެ. އަދިވެސް ކޮއްކޮ ބުނެލި ވާހަކަ ތައް އިއްޔެ ބުނިއެއްޗެއްހެން ލިވްޔާގެ ކަންފަތުގައި ހަރުލާފައި ވެއެވެ. ކޮއްކޮ ގެ ލޯބި ލޯބި ވާހަކަ ތަކާއި އެކުގައި އުޅުނު ދުވަސްތަކާއި ކޮއްކޮ މުޅި އުމުރަށް އޭނަޔާއި ވަކިވެގެން ދިޔަ ދުވަސް ހިތަށް އެރުމުން ލިވްޔާ އަށް ގިސްލަ ގިސްލާފައި ރޮވެން ފެށުވެ. ކިތަންމެ ނުރޯން މަސައްކަތް ކުރިޔަސް މިއަދު އެކަމެއް ލިވްޔާއަކަށް ކާމިޔާބެއް ނުވިޔެއެވެ.

ދޮރުމަތީގައި މިމަންޒަރު ބަލަން ހުރި އިޔާން ގެ ހިތުގަ ރިއްސާލިއެވެ. ލިވްޔާ ރުޅިއަރުވާ ހެދިޔަސް ލިވްޔާ ރޯތަން ބެލުމަކީ އިޔާން އަށް ކެތްވާނެ ކަމެއް ނޫނެވެ. މިވަގުތުވެސް އޭނާގޮސް ލިވްޔާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ހުއްޓުވަން ބޭނުމެވެ. ނަމަވެސް ކެތްތެރިވެލީ ލަމްހާ އެތާ އިނުމުންނެވެ. އިޔާން ކޮޓަރިތެރެއަށް ވަންނަން ވެގެން އުޅެނިކޮށް ލަމްހާއަށް އެތަން ފެނުމުން މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ. އަދި ލޮލުގެ އިޝާރާތުން އިހަށް އެތަނުން ދިޔުމަށް އެދުނެވެ. އަތް މުއްކަވާލުމަށް ފަހު އިޔާން އެނބުރި ދިޔައިރު ތަންކޮޅެއް ފަހަތުގައި ހުރި ނާއިކް ގެ ހިތަށްވެސް ވަނީ ފުން އަސަރުތަކެއް ކޮއްފައެވެ.

ލިވްޔާ ހިތްފުރެންދެން ރޯ ލުމަށް ފަހު ލަމްހާ އާއި ކުޑަކޮށް ދުރަށް ޖެހިލިއެވެ. އޭރު ގަދަޔަށް ރުއިމުގެ ސަބަބުން އެ ދެލޯ ވަނީ ދުޅަވެފައެވެ. ނޭފަތަށް ރަތްކަމެއް ފާއްދާލާފައި ހުއްޓެވެ. ” ލިވް ތިހެން ރޮއުނީމަ ވިޝް ކިހާ ދެރަވާނެ .. ލިވް ތިހެން ރޮންޔާ ވިޝް ގެ ފުރާނަޔަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެ. .. ދެން ނުރޮއްޗޭ .. ޕްރޮމިސް މީ ދެން ނުރޯނަން ކަމަށް .. ” ލަމްހާ އެހެން ބުނުމުން ލިވްޔާ ބޯ ޖަހާލުމަށްފަހު ހިނިތުންވެލިއެވެ. ” ޕްރޮމިސް ” .. ” ހެހެ ގުޑް ގާލް .. ދެން ދޭބަލަ މޫނު ދޮވެލައިގެން އަންނަން .. ވަރަށް ބަނޑުހައިވޭ އެބަ .. އަވަސް ކޮއްގެން ނިކުންނައް ޗޭ .. ލަމް މިދަނީ ތިރިއަށް .. ” ލަމްހާ ބުނި ބުނުމަށް ބޯ ޖަހާލުމަށް ފަހު ލިވްޔާ ފާހަނަޔަށް ވަދެ މޫނު ދޮވެލުމަށްފަހު ކާގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ. ލަމްހާއާ ލިވްޔާއާ ދެމީހުން ކައިގެން ކާގެއިން ނިކުންނަނިކޮށް އިޔާން އައިސް ކާގެއަށްވަދެ އައިސްއަލަމާރިން ފެންފުޅިއެއް ނަގައިގެން ލިވްޔާ މެންނާ ދިމާލަށް ބަލާލުމެއްވެސް ނެތި ނުކުމެގެން ދިޔައެވެ.

” ހަހް އޭނަޔަށް ކިހިނެއް އެވީ .. ކުރިން މަ ފެނިއްޖެއްޔާ ޖެއްސުމެއް ކޮއްނުލާ ނުދެވޭނެ .. އެއްގޮތަކުން ރަނގަޅެއްނު .. ބޮލަށް ފަސޭހަ ވިއްޔަ.. ” ވަރަށް ހައިރާންވެފައި ލިވްޔާ އެހެން ބުނުމުން ލަމްހާ އަނގަޔަށް ގޮތެއް ހަދާލުމަށްފަހު ދެކޮނޑު އަރުވާލިއެވެ. ” ލިމް .. އިންނާނެ ވަރަށް ސަޅި ފިލްމެއް .. ހިނގާ އޭތި ބަލަން .. ލިވް ވެސް އަދި ނުބަލަން އެއެއް … ” ދެމީހުންނަށް ގޮސް ކޮޓަރިއަށް ވަދެވުމާއިއެކު ލިވްޔާ ބުނެލިއެވެ. ” ހޫމް އުޅެބަލަ .. މިހާރު ލިވް ތިޔަ ފިލްމެއްގެ ވާހަކަ ކިޔާތާވެސް ލައްކަ ދުވަސް ވެއްޖެ އެއްނު .. އިނގިދާނެތާ ރީތި ވަރެއްވެސް .. ” ލަމްހާ ހީލަމުން އެހެން ބުނުމުން ލިވްޔާ އުފާވެރި ހިނިތުން ވުމަކާއި އެކު ގޮސް ލެޕްޓޮޕް ހުޅުވާލުމަށް ފަހު އެ ފިލްމު އަޅުވާލިއެވެ.ކޮޓަރީގެ ހުދު ބޮކި ނިއްވާލައިގެން ނިދާ ބޮކި ޖައްސައިގެން ދެމީހުން ވެސް ވަރަށް ގަޔާވެފައި ފިލްމު ބަލަންތިއްބާ ސިއްސައިގެން ގޮސް ދެމީހުންވެސް ދޮރާއި ދިމާލަށް ބަލާލީ ދޮރު ހުޅުވިފަ ލެއްޕިގެން ދިޔަ އަޑަށްށެވެ. ކޮޓަރި ތެރޭގައި ހުރި ކަޅު މީހާ ފެނުމުން ދެ އަންހެން ކުދިން އެއްފަހަރާ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. އޭރު އެމީހުން ކުރިމަތީގައި ހުރި އެތީގެ ދެލޯ ވަނީ ދިއްލިފައެވެ. މަޑު މަޑު ފެހި އަލީގެ ތެރޭގައި އޭތި ފެންނަލެއް ވަރަށްވެސް ބިރުވެރިއެވެ.

( ނުނިމޭ )

Comments (17)

  1. Mishya

    hey… here’s the next part .. hope that u all will like it .. enjoy reading 🙂

  2. Kiyuntheriyaa

    Varah reethi. Keep it up. 🙂

    1. Mishya
      Kiyuntheriyaa

      thanks alot kiyuntheriyaa 🙂

  3. Shabee

    hey mish….mibaivx vrh reeethiii 😉 anehka kwchh baa dhw ei 😮 …..iyaan kanneynge eii 😛 dhn ingidhaanethaa dhn anna prt ehga…avahah up khdhehchey 😀 all da bst 🙂

    1. Mishya
      Shabee

      hey shabee.. thank u so much .. hehe yah ingidhaane thaa dhw e ee koahcheh kan .. vedhaaane hama iyaan kamah vess hehe .. dhn oiy bai iraadhakurehviyya varh avahah upload kohdheynan .. once again thanks 🙂

  4. Luvna❤

    OMG?????. Ghost ehthaa? Hihiw. Mi part vs varaaaaah rythi. Waiting for the next part.?????. Ekam hama nurovuny kiriyaa???. Ahahaha.. Iyan vs dww???. Aneh bai kon irakun?? Keep it up mish.

    1. Mishya
      Luvna❤

      thank u so much luv .. owh ehntha? ..hehe neynge dhw .. hama vedhaane ehen ehcheh kamah vess .. lets see .. iraadhakurehvihya varah avahah upload kohdheynan insha allah .. thanks alot luv 🙂

  5. Ryn

    woww mosh oops mish heheh. vrh salhi n intrstin too.. wanna ryd the nxt prt asap hehehe…. gud lck miss u alt.. luv ya.. tc. 😉 😉 😉

    1. Mishya
      Ryn

      hehe thank u sooo much ryn oops ryb hehehe .. thanks alot .. next part varah avahah upload kohdheynan insha allah .. miss u too n luv u more .. u too tvgc ryn 🙂

  6. zee

    V reethi:-):-):-):-):-):-)

    1. Mishya
      zee

      Thanks alot zee ☺ 🙂

  7. Lyn

    Salhii…. kyp up da gud wrk. Hope to c nxt part soon…. once again its really very nice.

    1. Mishya
      Lyn

      Thank u so much lyn .. aneh bai iraadhakurehviyya varah avahah upload kohdheynan insha allah . Once again thanks ☺? 🙂

  8. Meekail

    It’s really good. Best of luck. You can improve well waiting for the next part

  9. someone

    reethii..
    when next part..
    waiting..

  10. maleficnt

    humm dhnn salhi waiting for da next part

  11. maleficnt

    kobaa waahaka?????????????????????????????????????????

Comments are closed.