Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

އިންސާފު ލިބޭނެބާ – 31

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
March 27, 2025 5 Mins Read
10 Comments

ފަހަރަކު މީހަކު ހައްޔަރު ކުރަމުން ގޮސް އެތާ ތިބި އެންމެސް ހައްޔަރު ކުރެވުނެވެ. ދާރިއަން އާއި މާވިން އައްސާފައި ހުރި ރޯނުތައް ކަޑައިލުމަށްފަހު އެމީހުން މިނިވަން ކުރިއެވެ. ދާލިޔާއަށް ބިރުން ހުރެ ދާރިއަންގެ ނޭފަތުގައި އަތް ޖައްސައިލެވުނެވެ. އޭނައަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދާރިއަންގެ ނޭވާ އިހްސާސްވުމުންނެވެ. “މާވިންއެއް ނޭވާއެއް ނުލާ!!” ހާސްވެ ހުރެ ލޫކް ބުންޏެވެ.

***ޕާޓް 31***

ލޫކްގެ ޖުމުލަ އިވުމުން އެތަނުގައި ހުރި އެންމެންގެ މޫނަށް ހާސްކަމުގެ ކުލަ ފާއްދައިލިއެވެ. އެވަގުތު އެތާ ހުރި އެމް.ވީ.އެސް.އޭ އެޖެންޓެއް މާވިންއަށް ސީޕީއާރ ދޭން ފެށިއެވެ. މެޑިކްއެއް އައިސް މާވިންއަށް ބޭގް މާސްކް ވެންޓިލޭޝަން ގުޅުމުން މާވިންއަށް ނޭވާ ލެވެން ފެށިއެވެ. އެމީހުން ދިޔައީ މާވިން ސްޓޭބަލައިޒް ކުރުމަށްޓަކައި އެވަގުތަށް ދެވެން ހުރި ހުރިހާ ފަރުވާއެއް ދެމުންނެވެ. އެތަނުން އެކަކު ދާރިއަން ގާތަށްގޮސް ދާރިއަންއަށްވެސް ފަރުވާ ދޭން ފެށިއެވެ. ދާރިއަންގެ އިނގިލިތަކުގެ ނިޔަފަތިތަށް ނައްޓާފައި ހުރި ތަންތަނުން ލޭ މަނާ ކުރުމަށްޓަކައި ބަންޑޭޖް އޮޅާލިއެވެ. އަދި ދާރިއަންގެ ފަލަމަސްގަނޑުން އަންނަމުން ދިޔަ ލޭތައް މަނާ ކުރުމަށްޓަކައި އެތަނުގައި ފޮތިގަނޑެއް ފަދަ އެއްޗެއް ޖައްސާ ލޭ މަނާ ކުރަން މަސައްކަތް ކުރަން ފެށިއެވެ. އެމީހުން މަސައްކަތް ކުރާ މަންޒަރު ބަލަން ހުރި އުކައިލް، ދާލިޔާގެ ކޮނޑުގައި ހިފައްޓަމުން ދުރައްޖެހިލިއެވެ.

އޭރު ނަޒީދު، ވަދީހު، ޝިމާއު، ފަޒީން އަދި ހާދިންގެ އިތުރުން ޝަކީލްގެ އަތުގައި ބިޑި އަޅުވައިގެން ފުލުހުންގެ ލާންޗަށް އެރުވިއެވެ. އެމީހުންގެ މޫނުތައް މަތިން ފެނިގެން ދަނީ ރުޅިވެރިކަމެވެ. އެކަކުގެ ފަރާތުންވެސް އެމީހުން ކުރި ކުށްތަކާއި މެދު ބިރުވެތިވާ މަންޒަރެއް ނުފެނެއެވެ. ދާރިއަން އާއި މާވިން ސްޓްރެޗާގައި ދެވަނައަށް އޮތް ފުލުހުންގެ ލާންޗަށް އެރުވިއެވެ. އެއްބަޔަކު މަޑުކުރީ އެ ކުޑަ ގޭގަނޑުގެ ފޮޓޯ ފަދަ ތަކެތި ހެކީގެ ގޮތުގައި ކެމެރާގައި ރައްކާކުރާށެވެ. އުކައިލް އާއި ދާލިޔާ ދެވަނައަށް އޮތް ފުލުހުންގެ ލާންޗަށް ދާރިއަންމެނާއިއެކު އެރިއެވެ. ދާރިއަންގެ ބޯލާ ކޮޅުގައި އޭނަގެ ކައިރިން ދުރައް ނުގޮސް ހުރި ދާލިޔާގެ ދެލޮލުން ދިޔައީ ހުއްޓުމެއް ނެތި ކަރުނަތައް ފައިބަމުންނެވެ.

ދާލިޔާގެ ހަށިގަނޑަށް ސިހުމެއް ވެރިވީ އޭނަގެ އަތަށް ދާރިއަން ފިތާލުމުންނެވެ. ދާލިޔާ އަވަސް އަވަހަށް ދާރިއަންގެ މޫނަށް ބަލައިލިއެވެ. އޭރު ކުޑަކުޑަކޮށް ލޯހުޅުވައިގެން އޮތް ދާރިއަން ފެނި ދާލިޔާގެ ހިތަށް ފިނިކަމެއް ވެރިވިގެން ދިޔައެވެ. އޭނައަށް މަޑުމަޑުން ދޮންބޭއޭ ކިޔާ ގޮވައިލެވުނެވެ. ކިތަންމެ ވޭނެއް ތަހަންމަލް ކުރަމުން ދިޔަ ނަމަވެސް ކޮއްކޮގެ އަޑު ދާރިއަންގެ ކަންފަތުގައި ޖެހުމުން އެ މޫނަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ދާރިއަން ކޮންމެސް އެއްޗެއް ބުނަން ތުންފަތް ހަރަކާތްކޮށްލުމުން ދާލިޔާ މަޑުމަޑުން ދާރިއަންގެ މޫނާއި އޭނަގެ ކަންފަތް ކައިރިކޮށްލިއެވެ. “ދޮން.. ދޮންބެގެ.. ޖީބު..” އެހެން ބުނެވެންވާރައި ދާރިއަން ކޮށިއެރިއެވެ. އޭނަގެ އަނގައިން ރަތް ކުލައިގެ ލޭތައް ފައިބައިގަތެވެ.

ދާލިޔާ އަވަސް އަވަހަށް ދުރައް ޖެހިލިއެވެ. އޭރު އެ ލާންޗް ތެރެއިން އިވެމުން ދިޔައީ އޭނަގެ ހިތްދަތި ރުއިމުގެ އަޑެވެ. “ދާޔާ އިޓްސް އޯކޭ.. ދޮންބެ ރަނގަޅު ވާނޭ.. ދޮންބެ ވަރަށް ހިތްވަރު ގަދަ ވާނެ.. ޝޫޝް.. ދާޔާވެސް ދޮންބެހެން ހިތްވަރު ގަދަވާން ވާނެ.. ތީ ޕޮލިހެއްނުން.. ދޮންބެ ކިހާ ދެރަވާނެ ދާޔާ ތިހެން ރޮންޏާ.. އަވަހަށް ހުއްޓާލާ..” އެތާ ތިބި މީހުންނަށް ބެލުމެއްނެތި އުކައިލް ދާލިޔާ މަސަލަސް ކުރަން ފެށިއެވެ. ދާލިޔާގެ ރުއިމުން އޭނަގެ ހިތް ފިތެމުންދާ ފަދަ އިހްސާސެއް ކުރެވެމުން ދިޔައެވެ. ނަމަވެސް މިވަގުތު އޭނަ ބަލިކަށިވެއްޖެނަމަ ދާލިޔާ މާބޮޑަށް ދެރަވާނެކަން އެނގެއެވެ. އެހެންކަމުން އުކައިލް ކެތް ކުރިއެވެ. “ދޮންބެ ބުނީ.. ކޮންމެސް އެއްޗެއް ދޮންބެގެ ޖީބުގައި އެބައޮތޭ..” ގިސްލެވިފައި ހުރެ ދާލިޔާ ބުންޏެވެ.

ދާލިޔާއަށް ބަލައިލުމަށްފަހު އުކައިލް މަޑުމަޑުން ދާރިއަންއާ ކައިރިވެލިއެވެ. އަދި މެޑިކް ގާތު ދާރިއަންގެ ޖީބު ޗެކް ކުރަން ބުންޏެވެ. އެމީހުން ދާލިއަންގެ ޖީބުގައި އޮތް ކުޑަވަރެއްގެ ރިކޯޑަރ ޕެން ނެގުމަށްފަހު އުކައިލްއަށްދިނެވެ. އުކައިލްއަށް ވަގުތުން އެއީ ކޯއްޗެއްކަން އެނގުނެވެ. އުކައިލް އަވަސް އަވަހަށް އޭތި އެވިޑެންސް ބޭގްއަށްލުމަށްފަހު ދާލިޔާއާއި ދިމާލަށް ބަލައިލާ، ހުރިހާކަމެއް ރަނގަޅުވާނޭ ބުނާފަދައަކުން ބޯޖަހައިލިއެވެ. ދާލިޔާ މަޑުންމަޑުން އޭނަގެ ދެލޮލުން އައިސްފައި ހުރި ކަރުނަތައް ފޮހެލިއެވެ. ލާންޗް މާލެ އައުމާއިއެކު އެމްބިޔުލާންސްގައި ދާރިއަން އަދި މާވިން ހޮސްޕިޓަލަށް ގެންދެވުނެވެ.

ކިނާން ދާރިއަންމެން ރަހީނުކޮށްގެން ގެންގޮސްފައި ހުރި ރަށުގައި ހުރެ އެ ކަންތައް ކޮށްފައި ހުރި ތަން ރީދޫ ޓޭޕް އަޅައި ބަންދު ކުރިއެވެ. އެތަނުގައި ތިބި ފުލުހުން ދިޔައީ އެތާގައިވި ހުރިހާ އެއްޗެއްގެ ފޮޓޯ ނަގައި ހެކި ރައްކައުތެރިކުރަމުންނެވެ. ކިނާން އަތަށް އަންގި ލެއްވުމަށްފަހު ވަދީހު އަދި ހާދިން، ދާރިއަންއަށާއި މާވިންއަށް އަނިޔާ ކުރަން ގެންގުޅުނު ވަޅި، ލައްޓިބުރި ފަދަ ހަތިޔާރުތައް އެވިޑެންސް ބޭގްއަށްލައި ރައްކާ ކުރިއެވެ. މި ކޭސްވެގެން ދާނީ ނުހަނު ބޮޑު އަދި ބޮޑެތި އެތައް ބަޔެއްގެ ނުފޫޒު ފޯރުވައި ކޭސްއަކަށްކަން އޭނައަށް އެނގެއެވެ. އެހެންކަމުން އޭނަ ދިޔައީ ފެންނަން ހުރި ކުދިކުދި ހެއްކުން ބޮޑެތި ހެއްކަށް ދަންދެން ރައްކާ ކުރަމުންނެވެ. ހިތްހަމަޖެހޭވަރުވުމުން ހެކިތައް ހިފައިގެން އޭނައާއިއެކު މަޑުކޮށްގެން ތިބި ފުލުހުންނާއި އެކީ އޭނަ ދާން ލާންޗަށް އެރިއެވެ.

މިޔާއާއި ވާހަކަ ދައްކަން ހުރި ހޫރީން ބޭރަށް ނުކުތީ ހޮސްޕިޓަލުން އަޑުގަދަ ކޮށްގެން އުޅޭތީ ވީ ކިހިނެތްކަން ހޯދުމަށްށެވެ. އޭނައަށް ދާލިޔާއާއެކު އުކައިލް ހޮސްޕިޓަލުން ފެނުމުން ކޮންމެސް ގޯހެއް އުޅޭކަމަށް އޭނަގެ ހަވަނަ ހިއްސު އިންޒާރު ދޭން ފެށިއެވެ. މިޔާއަށް ބަލައިލުމަށްފަހު އޭނަގެ ހާސްކަން މޫނު މަތިން ފޮރުވައިލަމުން ހޫރީން ވާހަކަ ދައްކަން ފެށިއެވެ. “ހޫރީ ވަރަށް އަވަހަށް އެބަ އަންނަން.. މިޔާ މިތާ ބަސްއަހައިގެން އޮންނައްޗޭ..” ކުޑަކުއްޖަކާ ވާހަކަ ދައްކާހައި ލޯބިން ހޫރީން ބުންޏެވެ. މިޔާ މަޑުމަޑުން ބޯޖަހައިލިއެވެ. މިޔާގެ އަތަށް އަދިވެސް އޮތީ އައިވީ ގުޅާފައެވެ. އެހަށިގަނޑުގެ ނިކަމެތިކަން ބަލައިލުމުންވެސް އެނގޭހާވެއެވެ. މިޔާ އޮތް ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު ހޫރީން އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަތީ އުކައިލްމެންނާ ދިމާލަށްށެވެ. އޭރު އުކައިލްމެން ތިބީ އައިސީޔޫއާއި ދިމާލުގައެވެ.

ދާލިޔާގެ މޫނުން ފެންނަމުން ދިޔަ ހިތާމައިގެ ކުލަވަރުން ހޫރީންގެ ހިތުގައި ހާސްކަން ދަތުރުކޮށްލިއެވެ. ސުވާލު ކުރަން އެންމެ ރަނގަޅު ވަގުތު ކަމުގައި ނުވި ނަމަވެސް ހޫރީންއަށް އޭނަގެ ދުލުގައި ހިފައްޓައެއް ނުލެވުނެވެ. “ކޮބާ މާވިން؟ ކޮބާ ދާރިއަން؟ ކިހިނެތްވީ އެމީހުންނަށް؟” ހާސްކަމުގެ މަތީ ހުރި އެއްފަހަރާ ސުވާލު ގޯންޏެއް އުކައިލްމެންނާ ކުރިމަތި ކުރުވިއެވެ. ދާލިޔާ އާއި އުކައިލްގެ މޫނަށް ބަލަމުން ދިޔަ ހޫރީން، ޖަވާބެއް ބޭނުންވެފައި ހުރި މިންވަރު ދޭހަވެއެވެ. “އަހަރެމެންނަށް ދެވުނު އިރު ދާރިއަންއަށާއި މާވިންއަށް ވަރަށް ބޮޑަށް އަނިޔާކޮށްފަ އޮތީ.. އެމީހުންވީ އައިސީޔޫގަ ވަރަށް ކްރިޓިކަލް..” އުކައިލް ތުރުތުރު އަޅާ އަޑަކުން ހޫރީންގެ ސުވާލަށް ޖަވާބުދިނެވެ. ހޫރީން ބޮލުގައި މީހަކު އެއްޗަކުން ޖެހިކަމުގެ އިހްސާސްވިއެވެ. އެހެން ނަމަވެސް ހޫރީންގެ ހިތުގައި ރިއްސައިގަތީ ފަހަތުން އިވުނު މިޔާގެ އަޑުންނެވެ.

“ނޫން ދޮންބެ އަހަރެން ދޫކޮށްފައެއް ނުދާނެ.. ދޮންބޭ އަހަރެން ބޭނުން ދޮންބެ ކައިރިއަށް ދާން..” ރޮއެގަނެފައި މިޔާ ބުންޏެވެ. އޭނަ ގޮސް އައިސީޔޫގެ ދޮރުގައި ރޮމުން ތަޅަން ފެށިއެވެ. މި މަންޒަރު ބަލަން ހުރި ދާލިޔާއަށް އުކައިލްގެ މޭތެރޭގައި ބޮޑިވެވުނެވެ. އޭނައަށްވެސް ދިޔައީ ގިސްލަގިސްލާފައި ރޮވެމުންނެވެ. މިޔާގެ ވޭނީ އަޑު އިވުމުން ދާލިޔާގެވެސް ހިތަށް އަސަރު ކުރިއެވެ. އެހެނީ އެތާ މިޔާގެ ދޮންބެ ފަދައިން އޭނަގެ ދޮންބެވެސް މަރާ ހަނގުރާމަ ކުރަމުން ދިޔައީތީއެވެ. އުކައިލް ދިޔައީ ދާލިޔާގެ އިސްތަށިގަނޑުގައި ލޯބިން ފިރުމަމުންނެވެ. އޭނަވެސް ދިޔައީ އެކުވެރިޔާގެ ކޮއްކޮ ކަމައްވާ އޭނަގެ ލޯބިވެރިޔާއަށްޓަކައި ހިތްވަރުކުރަން މަސައްކަތް ކުރަމުންނެވެ.

ހޫރީން އަވަސް އަވަހަށް މިޔާގެ ހަށިގަނޑުގައި އަތް ވަށައިލާ މިޔާ މަސަލަސް ކުރެވޭތޯ އުޅެންފެށިއެވެ. މިޔާގެ ސިއްހަތު ހުރި ގޮތުން މިޔާއަށް މިފަދަ ބޮޑު ހިތާމައަކާއި ކުރިމަތިލުމުގެ ހިތްވަރު ނުހުންނާނެކަން އޭނައަށް އެނގެއެވެ. އެހެންކަމުން އޭނަގެ އިހްސާސްތައް ކުޅަދާނަ ކަމާއިއެކު ފޮރުވައިލަމުން އޭނަ އުޅުނީ މިޔާ މަސަލަސް ކުރެވޭތޯއެވެ. ނަމަވެސް މިޔާގެ ރުއިން ދިޔައީ އިތުރަށް ބާރުވަމުންނެވެ. ރޮއެރޮއެ އެންމެފަހުން މިޔާގެ ހަށިގަނޑުން ހަކަތަ ނެތިގެން މިޔާ އެނބުރުން އަރައިގެން ވެއްޓުނެވެ. އުކައިލް އަވަސް އަވަހަށް ދާލިޔާ ހޫރީންއާ ހަވާލު ކުރުމަށްފަހު މިޔާ އޭނަގެ އަތްދަނޑި މައްޗަށްއުފުލައިލިއެވެ. އެއަށްފަހު މިޔާގެ ލުއި ފަތްކޮޅެއްފަދަ ހަށިގަނޑު ގެންގޮސް އޭނަ އޮތް ކޮޓަރިއަށްލިއެވެ. އެއާއެކު ނަރުސް ކުދިން އައިސް މިޔާގެ އަތައް އައިވީ ގުޅިއެވެ.

***އެއް ހަފްތާ ފަސް***

އެތަކެއް އޮޕަރޭޝަންތަކަކާއި ސާޖަރީތަކަކަށްފަހު މާވިންއާއި ދާރިއަންގެ ހާލަތު ހަމައަކަށް އެޅިގެން ދިޔައެވެ. ދާރިއަންގެ ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން އެއް ހަފްތާއަކަށް ކޯމާއަކަށް ދިޔައެވެ. މާވިންގެ ހިދުމަތުގައި ހޫރީން އާއި މިޔާ މުޅި ދުވަސް ހޭދަކުރެއެވެ. ހަމައެފަދައިން ދާލިޔާ އާއި އުކައިލް، ދާރިއަންގެ ހިދުމަތުގައި މުޅި ދުވަސް ހޭދަ ކުރެއެވެ. މާވިންއަށްޓަކައި މިޔާ ހިތްވަރު ކުރިއެވެ. މިހާރު މިޔާގެ ހާލަތު ކުރިއަށްވުރެ ރަނގަޅެވެ. ދާރިއަން އާއި މާވިން ވަނީ ޕްރައިވެޓް ރޫމްއަކަށް ބަދަލު ކުރެވިފައެވެ. ދެމީހުންވެސް އޮތީ އެއްކޮޓަރިއެއްގައެވެ. މާވިންއަށް ވުރެ ބޮޑަށް ދާރިއަންއަށް އަނިޔާ ލިބިފައިވެއެވެ. ނަމަވެސް ދެމީހުންގެ ހާލަތުވެސް ދިޔައީ ދުވަހެއް ދުވަހަކަށް ރަނގަޅުވަމުންނެވެ.

މިޔާ ދޮރު ހުޅުވައިލުމަށްފަހު ކާއެއްޗެހި އަޅާފައިވާ ކޮތަޅެއް ހިފައިގެން ވަދުނެވެ. “ހޭއި ރެޕަންޒިން ތީ އަހަރެންނަށްތަ؟” ލާނެތް ރާގަކަށް ދާރިއަން އަހައިލިއެވެ. މިއަދު އެކަކުވެސް އެތަނަށް ނާންނާތީވެ އޭނަ ހުރީ ފޫހިވެފައެވެ. މި ދުވަސްކޮޅު އެންމެން މަސައްކަތް ކުރަނީ ކޭސް ނިންމުމަށްކަން އޭނައަށް އެނގެއެވެ. އެއާއިއެކު މިޔާގެ މޫނަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ. އޭނަގެ ދޮންބެ އޮއްވައި އެކަހަލަ ވާހަކައެއް ދާރިއަން ބުނުމުން އޭނަ ހައިރާންވެސްވިއެވެ. ދާރިއަންގެ އަޑުގައިވި ލާނެތް ކަމުން މާވިން ބުމަ އަރުވައިލިއެވެ. “މަގޭ ކޮއްކޮ ކީއްކުރަން ކަލެޔަށް ކާއެއްޗެހި ގެންނަންވީކީ.. މީ ދޮންބެއަށް ދޯ ދޫނީ..” ދާރިއަންއަށް ލޯއަޅައިލަމުން މާވިން ވަރަށް ލޯބިން މިޔާއާ ދިމާލަށް ބުންޏެވެ. މިޔާ ކުޑަކުއްޖެއް ފަދައިން ބޯޖަހައިލިއެވެ. މިޔާގެ މަޑުމައިތިރިކަމުން ދާރިއަން ގާތަށް ހިނިއައެވެ. ކުރިން އޭނައާއި ބައްދަލުވި ކުއްޖާއޭ ހީވެސް ނުވެއެވެ.

މިޔާ ގޮސް މާވިން ގާތު ހުރި ގޮޑީގައި އިށީނދުނެވެ. އޭނަ ގެނައި އެއްޗެހި ހުޅުވަން އުޅުނު ވަގުތު އެތަނަށް ހޫރީން އައިސް ވަދުނެވެ. ހޫރީންވެސް ހުރީ ކޮންމެސް ކާއެއްޗެއް ހިފައިގެންނެވެ. ހޫރީންގެ އަތުގައި ރަތްކުލައިގެ ފިނިފެންމާބޮޑިއެއްވެސް އޮތެވެ. “އޭ އޭ އެއްވެސް ފެއާރއެއްނޫން.. މަ މިތާ އެކަނި އޮންނަ އިރު މަގޭ ކައިރިއަށް އެކަކުވެސް އައީކީ ނޫން ވިއްޔާ.. ކަލެއާ ހުރެ މަށަށް ރޮމޭންސް ކުރާނެ ވަގުތެއް ނުވޭ މިޝަންގަ.. އެކަމަކު މިސޮރު ބަލާ ކުރިއަށް ޖައްސާލައިގެން އުޅޭވަރު.. މަށަށް ކަލޭގެ ކޮއްކޮ ދީ.. ކަލެޔަށް އެހުރި މަންޖެ..” ހޫރިންއަށް ކިޔާ ނަން ނޭނގުމުން ދާރިއަން ބުންޏެވެ. ދާރިއަންގެ ވާހަކައިން އެންމެން ޕަކަޕަކަ ޖަހާފައި ހޭން ފެށިއެވެ. އެހެން ނަމަވެސް ދާރިއަންގެ ވާހަކައިން މިޔާ ހުރީ ނުހަނު ބޮޑަށް ލަދުގަނެފައެވެ. “ދެން ކޮއްކޮ ބޭނުމިއްޔާ ދޭ ދާރިއަންއަށް ކާންދޭން.. އެ ސޮރަށް ވިއްޔާ ކުއްޖަކު ނުލިބިފަ އެއޮތީ..” ލާނެތް ގޮތަކަށް އެއްމިޔަކަނުން ހެވިފައިހުރެ މާވިން ބުންޏެވެ.

މިޔާ ދާން ނުދާން ހުރެފައި އެންމެ ފަހުން ދާރިއަންގެ ގާތަށް ދިޔައެވެ. އޭނަ ދާރިއަން އެނދު ކައިރީ ހުރި ގޮޑީގައި އިށީންނުމުން ދާރިއަންގެ މޫނަށް އަލިކަމެއްވެރިވެގެން ދިޔައެވެ. “ލިޔާ ކޭސްގެ ކަންތަކުގަ އުޅޭތީ ނާދެވުނީ.. ބުނި ދޮންބެ ކައިރީގަ ސޮރީ ބުނާށޭ..” ދާލިޔާ ބުނި ވާހަކަ ހޫރީން ބުންޏެވެ. ދާރިއަން ބޯޖަހައިލިއެވެ. އޭނަގެ ނަޒަރު ހުއްޓިފައިވަނީ މިޔާގެ މޫނަށްށެވެ. “ރެޕަންޒިލް އަހަރެންނަށް ލަވައިދޭންވީނުން.. އަހަރެންގެ ގައިގަ ވަރަށް ރިއްސާ އެބަ.. އަދި އަތުން ކެވޭކަށް އަތުގަ ނިޔަފަށްޗެއްވެސް ނެތް..” ވޭނުގައި އުޅޭކަމަށް އެކްޓްކޮށްލަމުން ދާރިއަން ބުންޏެވެ. ދާރިއަންގެ އެދުމާއިއެކު ފެން ކުލައިގެ ފިއްސަކުން މިޔާގެ ކޮލުގައި ޖަންބުކުލަ ޖައްސާލި ފަދައެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

އަބަދުމެ ތި ސޫރަ މި ހިތުގައި ވާނޭ

Next

“އަބަދުމެ ތި ސޫރަ މި ހިތުގައި ވާނޭ”… ޝަޚުޞިއްޔަތްތަކުގެ ތަޢާރަފް

Next
March 27, 2025

“އަބަދުމެ ތި ސޫރަ މި ހިތުގައި ވާނޭ”… ޝަޚުޞިއްޔަތްތަކުގެ ތަޢާރަފް

Previews
March 27, 2025

އަބަދުމެ ތި ސޫރަ މި ހިތުގައި ވާނޭ

10 Comments!

  1. leeshaa says:
    March 27, 2025 at 1:16 pm

    Maash darl Mi part vx vrh reethi Masha Allah 💗
    when next part??

    1. Maash Maash says:
      March 27, 2025 at 2:40 pm

      Thank you leeshaa.. I’m glad u like it.. Next part insha allah Monday ga 💜🦋

  2. Your fav bab says:
    March 27, 2025 at 4:16 pm

    Varah furihama Maasha Allah!!
    Bro dhaarian n miyaa are made for each other, so cute💖
    Ukail n dhaaliya as well
    Thank God maavin n dhaarian salaamai vi kan cuz it was critical!!
    Anyways I loved this part
    Lysssssm💗💗💗
    When next?

    1. Maash Maash says:
      March 28, 2025 at 2:13 pm

      Thank you darling.. I’m happy u like it..
      Dhwww.. Miya and dhaariyan are soo cute dhww..
      Yeah they were really critical but salaamai vejje dhw..
      Aww thank you darlll..
      Love you moreee
      Insha Allah next part Mondayga 💜🦋

  3. unknown gurll says:
    March 27, 2025 at 9:16 pm

    mi part ves vrh vrh reethi whens next part waiting for the next part

    1. Maash Maash says:
      March 28, 2025 at 2:13 pm

      Thank you darling.. I’m glad u like it..
      Insha Allah next part Mondayga 💜🦋

  4. Anonymous says:
    March 27, 2025 at 10:28 pm

    woww!
    vrh intresting nd vrh kamudhey
    when is next part???

    1. Maash Maash says:
      March 28, 2025 at 2:14 pm

      Thank you darling.. I’m glad u like it..
      Insha Allah next part Mondayga 💜🦋

  5. Oreo gurll says:
    March 29, 2025 at 2:54 am

    Ohhh.. so ROMANTIC
    You people thihaa romance vaakah nuvaane dhw
    I’m also blushing 😊
    But varah reethi ingey mi episode. Gang ge kanthah ves hamajehunee. So many people will get justice because of that
    I’m glad Dhaarian and Maavin ah aniyaa vegen ves mikan nimmuneethee.
    They should get an award for this. But I’m still concerned, won’t the remaining gang members try to get back at them? I mean, it’s a big loss for them..
    The police will have to find out everyone or don’t think the result will be good.
    Anyways, I’m so happy and sad at the same time
    MAASHHH! the story is ending. Please don’t tell me you’ll stop writing stories after this one.
    Please please please please please
    Write another one. Don’t stop. And I’ll be one of the fans who cherish your stories the most
    I’ll be loyal 👍🖤
    Anyways, the next episode??

    1. Maash Maash says:
      March 29, 2025 at 2:48 pm

      Awww mioh lowbi comment eh dhwww… miya and dhaarian ge romance vrh cute ey dhwww.. Aww thank you darling I’m glad u like this part.. Yes gang kanthah hama jehuneema justice libeyne gina bayakah.. Let’s see dhwww I hope they’ll get an award for it too.. Let’s see what happens to the remaining gang members dhww..
      Hehe yes this story is coming to an end now.. I promise I won’t stop writing darling.. I may take breaks but I’ll come back for sure.. Insha Allah dhen annaany kushakey kobaa season 2 aa ehkoh.. Aww that’s so sweet.. This comment is a big motivation for me❤❤..
      I’m happy that I have such an amazing and loyal fan like u❤❤
      Next part insha allah mondayga

Comments are closed.

Next Episodeއިންސާފު ލިބޭނެބާ – 32←


All Right Reserved!