ބޭވަފާތެރިޔާ
ސްކޫލު ދައުރުއްސުރެ އެއްކޮށް އުޅުނު އެންމެ ގާތް އެކުވެރިޔާއާ ލޯބީގެ ގޮތުން ގުޅެން ލިބުމަކީ އަހަރެންގެ ނަޒަރުގައި ވަރަށް ނަސީބުގަދަ މީހަަކަށް ނޫނީ ނުލިބޭނެ ފުރުސަތެކެވެ. އަހަރެންނަށް ވެސް އެފުރުސަތު ލިބުނެވެ. އެންމެ ގާތްކޮށް އުޅުނު އާހިން އަހަރެން ކައިރީ ރައްޓެހިވާން އެހީ އަހަރެން ގްރޭޑް 8 ގައި އުޅެނިކޮށެވެ. އެއިރު އަހަރެންގެ ހިތުން އާހިންއަށް ޖާގަދެވިފައި ނުވިކަމުގައި ވިޔަސް އާހިންގެ އެ އެދުމަށް އަހަރެން އާން ބަސްދިނީމެވެ. އޭނާ އަކީ ރަނގަޅު ކުއްޖެއްކަން އަހަރެންނަށް އިނގޭތީއެވެ.
ރައްޓެހިވެގެން އުޅުނު ފުރަތަމަ ދުވަސްކޮޅު އެއްވެސް މައްސަލައެއް ނުޖެހި އުޅެވުނެވެ. ހަަމަ އެދުވަސްކޮޅު އަހަރެންގެ ހިތުގައި އާހިން އަށް ޓަކައި އައު ވިންދެއް ޖަހަމުން އަންނަ ކަަމުގެ އިޝާރާތް ވިއެވެ. އެހެނީ އާހިންގެ ހަބަރެއް ނުވެއްޖާ އަހަރެން އެހާ ހާސްވެއެވެ. އާހިން ނުފެނި ގޮއްސިއްޔާ ދުވަސްވެސް ފުރިހަމަ ނުވާފަދައެވެ. ހުވަފެނުގައި ވެސް އާހިން ފެންނަންފެށިއެވެ. އެހިސާބުން އަހަރެން ނިންމީ އަހަރެންގެ ހިތުގައި އާހިންގެ ނަން ފެވިއްޖެ ކަމަށެވެ.
އެގޮތުގައި އަހަރެމެންނަށް ފަސްވަރަކަށް މަސް އުޅެވުނެވެ. ނަމަވެސް އޭގެ ފަހުން އާހިން ބަދަލުވާން ފެށިއެވެ. އަހަރެންނަށް ވަގުތު ދޭވަރު މަދުވިއެވެ. ދެމީހުންނަކީވެސް ކިޔަވާ ކުދިންނަށް ވީތީވެ އަހަރެން ޝަކުވައެއް ނުކުރަމެވެ. ނަމަވެސް ބަނދު ދުވަހެއްގައި އާހިން ގުޅި ރެޔަކު އަހަރެންނަށް ކެތް ނުވެގެން ޝަކުވާ ކުރެވުނެވެ. އެރޭ އާހިން ވަރަށް ލޯބިން އަހަރެންނަށް ވިސްނައިދިނެވެ. ވާހަކަ ދައްކަން ފަނަރަ ވަރަކަށް މިނެޓު އިނދެފައި އާހިން ދިޔައީ ނިދި އައިއްސިއޭ ކިޔާފައެވެ. އަހަރެން މައްސަލައެއް ނެތޭ ބުނުމުން އާހިން ދިޔައީ ނިދާށެވެ. ނޫނެކެވެ. ނިދި އައީއޭ ކިޔާފައި އާހިން ދިޔައީ ނިދާކަށެއް ނޫނެވެ. އެހެން އަންހެން ކުދިންނާ ވާހަކަ ދައްކާށެވެ.
ހަގީގަތް އިނގުނު ދުވަހު އަހަރެންގެ ހިތް ކުދިކުދި ވި ކަހަލައެވެ. އާހިންގެ އަނދިރި ފަރާތް އަހަރެންނަށް ހާމަވާންފެށި ދެނެވެ. އަހަރެން އާހިންއަށް ފާރަލާން ފެށީއެވެ. އަނެހެން ބުނަންޔާ ‘ސްޓޯކް’ ކުރަންފެށީއެވެ. ވަގު އެކައުންޓްތައް ހަދައިން އާހިން އަށް މެސެޖު ކުރަން ފެށީއެވެ. އެހެން އުޅުމުގެ ތެރޭގައި އާހިން އެ އަންހެން ކުދިންނާ ރޭގަނޑު ބައްދަލު ކުރާކަންވެސް އިނގުނެވެ. ދިރި ހުއްޓާ އާހިންގެ ދެއަތުން އަހަރެން މަރާލިކަހަލައެވެ. ހަގީގަތުގައިވެސް އާހިންގެ އަނދިރިފަރާތް ވަރަށްވެސް އަނދިރިއެވެ. ކިތަންމެ ލޯބިވިޔަސް ދެން އެކުގައި ނޫޅެވެނެކަން އިނގޭތީ އަހަރެން އާހިންއާ ގުޅުން ކަނޑާލީ ހިތްމަތީ ހިލަގަނޑެއް ބާއްވައިގެންނެވެ. އެކަމާ އާހިން ދެރަނުވާކަން އަހަރެންނަށް އިނގުނީ ގުޅުން ކަނޑާލިތާ އިރުކޮޅެއްތެރޭ އިންސްޓާ ސްޓޯރީއަށް ލީ އެއްޗަކުންނެވެ. ދެލޮލުން ކަރުނަ އޮހޭ ހާލު އަހަރެންނަށް އިނދެވުނީ ބަލާށެވެ.
އޭގެ ފަހުން އަހަރެންނަށް ލޯބިވީ ހިތި އެއްޗަކަށެވެ. ފިރިހެނުންނަކީ އަގެއް ނެތް ބައެއް ގޮތުގައި ދެކެން ފެށުނެވެ. ހުރިހާ ފިރިހެނުން އެއްގޮތް ނުވާނެކަން އިނގެއެވެ. އެހެންނަމަވެސް ބޭވަފާތެރިއެއްގެ ދަލުގައި އަނެއްކާވެސް ޖެހެން ބޭނުން ނުވާތީވެ އަހަރެން ފިރިހެނުންނާ ވާހަކަ ދެއްކުން ހުއްޓާލީއެވެ. ހަގީގަތަކީ އަދިވެސް އަހަރެންގެ ހިތުން އާހިންގެ ނަން ނުފިލާކަމެވެ. އާހިންގެ ސަބަބުން އަހަރެންގެ ހިތުގައި އެޅުނު ކޫރުތައް ކިތަންމެ ގިނަ ކަމުގައި ވިޔަސް އަހަރެންގެ ހިތުން އާހިންގެ ލޮއެއްބެއް ނުފިލިއެވެ. އާހިން މަތިން ހަނދާނެއްވެސް ނުނެތުނެވެ. ހަނދާން ނެތޭނީވެސް ކިހިނެއް ހެއްޔެވެ؟ ކޮންމެ ދުވަހަކު އެތައް ފަހަަރަކު ސްކޫލުން އާހިން ފެނެއެވެ. އަހަރެން އިސްޖަހައިން ހުރެ އާހިން ކައިރިން ދަނީއެވެ.
ބޭރުފުށުން ނުދެއްކިޔަސް އަދިވެސް އާހިން ފެނުމުން އަހަރެންގެ ހިތް އަވަސްވެއެވެ. އެ މޫނުގައި ލޯބިން ބޮސްދޭ ހިތްވެއެވެ. ދުވެފައިގޮސް އެ އަތުތެރެއަށް ވަންނަ ހިތްވެއެވެ. ނަމަވެސް އަހަރެން އަނބުރާ އާހިން ކައިރި އަކަށް ނުދާނަމެވެ. އިތުރު މީހަކާ ރައްޓެއްސެއްވެސް ނުވާނަމެވެ. މިގޮތުގައި ފަހު ނޭވާ ދޫކޮށްލަން ޖެހުނަސްވެހެވެ.
34 Comments!
Comments are closed.



craxy baby this story is so good 😍
i really really like it
keep it up darl
lyssm 💗
awwnnn thankiu sm leeshaa?
lymm darll??
mashaa allahh vrhh reethi vhk eh
keep it upp sisterrrr
thankiu sm konmesmeeheh??
keep it upp
thankiu rrrr?
vrhh reethi vhk eh
thankiu sm?
craxyy babyy ge ithuru gina vhk thah kiyan libey kamah unmeedhu kuran
mi vhk vx vrhh reethii
IA vrh avh kuru vhk eh kiyaalan libeyne
thankiu sm?
salhi ingeyy mann
thankxx?
masha allah dhuvahakah vure dhuvaheh kuri araa eba
keep itt upp
hehe thankiu meeheh?
thi gothuga kuriyah dheyy
labba and thanks?
How old ru crazy baby???
age dhww.. sorry i cant tell u that?
Aslu mi vhk vrh Reethi can’t wait for the next part
alheyh thankiu smm?
Aw my bbg still so good at this
Just ma sha allah
Keep it up, proud bbg🤩❤️🔥
ehehe thankiu smm whokilledme?
Haadha reehchey thi vaahaka thah
Masha Allah 😍❤️
thankiu ekkalakujja??
Kaley vrh talented 🥹❤️
Ahnaf tha ahyaan akee?😂😂😂😂😂😂😂
ahnaf akee kaaku?
and who is ahyaan??
Next part Kon irakun tha mihaaru kiyaahithun
Moya vey eba
Next part dhen nulaa gothah thrr??? Vaanuvaa eh angaala dheebala maabodah inthizaaru ga nubahahtaa thihen hadhaakah nuvaannu….. It’s been a week
Miakee kuru vhk eh!!😅
dhnn kon irakun tha ehn vhk eh kiyaalan libeyneee
IA vrh avhhh…
niceeeee
thankiuu someone…