Skip to content
އެސްފިޔަ

އިންސާފު ލިބޭނެބާ – 30

މި މަންޒަރު ބަލަން ހަމަޖެހިފައި ފަޒީން، ޝިމާއު އަދި ވަދީހު ހުއްޓެވެ. އެމީހުންގެ ހިތުގައި ރަހުމެއް ކުލުނެތްނެތެވެ. އިންސާނިއްޔަތުކަމެއް ނުވަތަ ބިރުވެރި ކަމެއްވެސްނެތެވެ. ޝިމާއުއަށް ފޯނު ކޯލެއް ލިބުމުން ޝިމާއު އެމީހުންނާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އެ ފޯނުކޮޅު ނިންމާފައި ޝިމާއު އެމީހުން ކައިރިއަށް އައިސް ހުއްޓުނެވެ. “ކާކު؟” ސުވާލުގެ ނަޒަރަކަށް ހާދިން އަހައިލިއެވެ. “ބޮސް އަންނަނީ..” ޝިމާއު ހަމަޖެހިލަމުން ބުންޏެވެ. ހާދިން އެއްމިޔަކަނުން ނުލަފާ ގޮތަކަށް ހީލިއެވެ.

***ޕާޓް 30**

ކުޑައިރުކޮޅެއް ފަހެވެ. އެތަނުގެ ހިމޭންކަން ނަގައިލީ މީހެއް ދޮރުގައި ޓަކި ޖަހާ އަޑުންނެވެ. ޝިމާއު ހިނގައިފައި ގޮސް ދޮރުހުޅުވައިލިއެވެ. އެއާއެކު އެތަނަށް ފިރިހެނެއް ވަދުނެވެ. އޭނާގެ ދެ ފަރާތުގައި ހަށިގަނޑު ވަރުގަދަ ދެމީހުން ހުރިއިރު ހީވަނީ އެމީހަގެ ބޮޑީ ގާޑުންހެންނެވެ. އެމީހަގެ މޫނު ވަނީ މާސްކެއްގެ އެހީގައި ފޮރުވައިލާފައެވެ. ދާރިއަން އާއި މާވިން ދިޔައީ ޝައުގުވެރިކަމާއިއެކު އެމީހައާއި ދިމާލަށް ބަލަމުންނެވެ. އެމީހަ މަޑުމަޑުން އައިސް ދާރިއަން އާއި މާވިންގެ ގާތުގައި ހުއްޓުނެވެ. “މިއީތަ ގޭންގަށް ދޯކާ ދިން ދެމީހުންނަކީ؟ ގައިމު މީ ޝިމާއުއަށް ރަނގަޅުވެގެން އުޅުން ދެމީހުންނެއްނުން..” އޭނަގެ ބަރުއަޑުން ބުނެލިއެވެ. “މީހުން ބުނެއެއްނުން އެންމެ ކައިރީގަ ހުންނަ މީހާއޭ އަބަދުވެސް ދޯކާ ދޭނީ.. މަށަށް މިމީހުންނަށް މާ ބޮޑަށް އިތުބާރު ކުރެވުނީ..” ޝިމާއު ދާރިއަންމެނަށް ދެލޯ އަޅައިލަމުން ބުންޏެވެ.

އެމީހަ ދެ ބުމަ ކައިރި ކޮށްލަމުން ބޯޖަހައިލިއެވެ. “ތީ ކާކު؟” މާވިން ދެ ބުމަ ގޮށްޖަހައިލަމުން އަހައިލިއެވެ. އެމީހާގެ ތުންފަތް މާސްކުގެ ދަށުން އެއްމިޔަކަނުން ދެމިލިއެވެ. “އަހަރެން ނޭނގޭ މީހަކު މަދު ވާނެ މި ރާއްޖޭގަ.. ކަލެމެންނަށްވެސް މަ އެނގޭނެ.. އޯހް ދެން މާސްކު އަޅައިގެން ހުރީމަ ނޭނގިދާނެ ދޯ.. ސިލީ މީ… ކަލެމެންނަށް ފެންނާނޭ އެންމެ ފަހުތަނަކީ މީކަމަށް ވާތީ އަހަރެން މި މާސްކު ނަގާނަން..” މަލާމާތެއް ކުރާ ފަދައިން އެމީހާ ބުންޏެވެ. އަދި މަޑުމަޑުން އޭނާގެ މާސްކްގެ އެއްފަޅީގައި ހިފައިލިއެވެ. އޭނާގެ މާސްކް މޫނާއި ވަކިވި ހިދު ފެނުނު މޫނެއްގެ ސަބަބުން ދާރިއަންމެނަށް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ. އެއީ ދިވެހި ރާއްޖޭގެ އެތައް ބަޔެއްގެ ލޯބި ހޯދާފައިވާ ދިވެހި ދަރިއެއް ކަމުގައިވާ ޔޫތް މިނިސްޓާރ އަލީ ޝަކީލްއެވެ. ޝަކީލްއަކީ ހިތްހެޔޮ މީހުންނަށް އޯގާތެރި އަދި ރާއްޖޭގެ ތަރައްގީއަށް މަސައްކަތްކުރާ ޒުވާނެއް ކަމަށް އެންމެންގެ މެދުގައި މަގުބޫލުވެފައިވި ފަރާތެކެވެ. މިފަދަ މީހެއްގެ މިފަދަ އަނދިރި ފަރާތެއް އޮންނާނެ ކަމަށްވެސް ގަބޫލު ކުރާނީ ކާކު ހެއްޔެވެ؟

ދާރިއަން އާއި މާވިން ހުރީ ޝަކީލްގެ މޫނު ފެނުމުން ހައިރާންވެގެންގޮސް ބުނާނެ އެއްޗެއް ނޭނގިފައެވެ. “ކަލޭ؟” މާވިންއަށް އާނގަމުވެފައި ހުރެ ބުނެވުނެވެ. ޝަކީލް ހިނިގަނޑެއް ޖަހައިލިއެވެ. “އާނ މަ.. އެނގިއްޖެދޯ މަމީ ކާކުކަން.. ކިހިނެތް ނޭނގި ހުންނާނީ.. މަށަކީ ނުލާހިކު މަޝްހޫރު މީހެއްނުން..” ހިނިގަނޑެއް ޖަހައިލަމުން ބޮޑާވެ ހުރެ އޭނަ ބުންޏެވެ. ދާރިއަންއަށް ދަތްކުނޑި ވިކާލެވުނެވެ. ވެރިން މިފާޑަށް އުޅުނީމަ ހުރިހާ ގެއްލުމެއްވަނީ ޒުވާނުންނާއި ކުޑަކުދިންނަށެވެ. ރައްޔިތުންގެ ލޯ މަތީ އޭނަގެ ރަނގަޅުކަން ދައްކައިގެން ކަނުބަނެގެން ގެންގުޅުން އިރު އަޑީގައި ހުރެގެން ގޭންގުގައި ކުރާ ހުރިހާ ނުބައި ކަމެއްގެ ފަހަތުގައި މިހުންނަނީ ޝަކީލްއޭ ދާރިއަންގެ ހިތަށް އެރިއެވެ.

“ކަލޭ ހާދަ މޮޅޭ ޑްރާމާ ކުޅެން.. އާންމުން ކުރިމަތީ ތިމަންނައަކީ ބިމުގައި ހުރި އެންމެ މާތް މީހާ ކަމުގައި ދައްކައިގެން އަޑީގައި ހުރެގެން ހުރިހާ ނުބަޔެއް ކަލޭ ތިހަދަނީ.. އެހަށް ދުވަހަކު އަމިއްލައަށް މަސްތުވާތަކެތީގެ ވާހަކަ ދައްކާ އެއީ ޒުވާނުންގެ މެދުގައި ނައްތާލަން ޖެހޭ އާދައެކޭ ކީއިރު، ކަލޭ މިއޮތް ހުރިހާ ދުވަހަކު ހުރެގެން އެކަމަށް އެއްބާރުލުން ދެނީ..” ދާރިއަން ދެބުމަ ގޮށްޖަހައިލައިގެން ހުރެ ބުންޏެވެ. އެއާއެކު ޝަކީލް ނުލަފާ ގޮތަކަށް ހޭންފެށިއެވެ. “އަހަރެން މޮޅު ދޯ.. ހެހެ ދާރިއަންއަށް އެނގޭތަ މިކަމުން ހެސް ކިޔާފަ ފައިސާ ލިބެޔޭ.. މިއީ އެއްނުންތަ މިހާރު ހުރިހާވެސް އެއްޗަކީ..” ޖީބުން ސަތޭކަ ރުފިޔާގެ ނޫޓްތައް ނަގާ ދައްކާލަމުން ޝަކީލް އެއްމިޔަކަނުން ހެވިފައި ހުރެ ބުންޏެވެ.

“ކަލެމެން ތިހުންނަނީ ފައިސާއާ ހުރެ ބޫތު ކައިފައެއްނުން.. ކަލޭމެންގެ ބޮޑު މުސާރަ ދީފަ ހުންނަ ވަޒީފާތަކުން ތި ފައިސާއެއް ނުލިބެނީތަ އޭ؟ ޒުވާނުންތައް ހަލާކު ކުރަމުން ތި ދުވަނީ..” މާވިން އައި ރުޅިން ހަޅޭއްލަވައިގަތެވެ. އެއާއެކު އޭނަގެ މޫނަށް ޝަކީލްގެ އަތުގެ ހަމަލާއެއް އަރައިގެން ދިޔައެވެ. އަޅާ ވޭނުން މާވިންގެ ދެލޮލުން ކަރުނަ ހިލުނެވެ. “ކަލޭ ހުރޭ ހަޅޭއްނުލަވާ މާ ބާރަށް.. މަ މިކަން ކުރަނީ މަށަށް މިކަން ކުރެވޭތީ.. އަޑުއިވިއްޖެތަ އޭނ..” މާވިންގެ ކަންފަތުގައި ހިފައި ފިއްތާލަމުން ޝަކީލް ބުންޏެވެ. އައިސްފައި ހުރި ރުޅިން މާވިންގެ މުޅި ހަށިގަނޑު ރޫރޫ އަޅަމުންނެވެ. “ކަލެމެންނަށް އަހަރުންގެ ހަގީގަތް އެނގުނީ ފަޒީން ބުނީމަތަ؟” ފުންނޭވާއެއްލުމަށްފަހު ދާރިއަން އޭނަގެ ހިތުގައި އުފެދިފައިވާ ސުވާލު އެމީހުންގެ މޫނުތަކަށް ބަލައިލަމުން ކޮށްލިއެވެ.

ޝިމާއު ދެބުމަ ގޮށްޖަހައިލަމުން ނުރުހުމާއިއެކު ދާރިއަންއަށް ބަލައިލިއެވެ. “އާނ.. އޭނަ އަހަރުންނަށް ހުރިހާ އެއްޗެއް ކިޔައިދިނީ ކަލޭ އެ އަންހެންގޮލާ ކައިރިއަށް ހޮސްޕިޓަލަށް ދިޔައިރު.. ދެން މަ ކަލޭގެ ބޯތެރެއަށް ރިކޯޑިން ޗިޕެއްލީން ކަލޭ މީޓިން ނިންމާފަ ދަނިކޮށް… އެފަހުން މަށަށް އެނގުނީ މިހިރަ މާވިންއެއްގެ ހަގީގަތްވެސް.. އަދި ކިނާން މަރައިލަން އުޅެފައި އެ ޕްލޭން ބަދަލުވީ ކަލެމެން ދެމީހުން މަރައިލަން..” ހާދިން އެއްވެސް އަސަރެއް ނެތް ފަދައަކުން ދާރިއަން އާއި ދިމާލަށް ބަލައިލަމުން ބުންޏެވެ. “ހާދިން ކަލޭ ދޯ އުކައިލްގެ މަންމަ މަރައިލީ.. އެކަމަކު ކާކު މިޔާ ކިޑްނެޕްކުރީ؟” ދާރިއަން އަހައިލިއެވެ. ދާރިއަންގެ ސުވާލުތަކުން މާވިންގެ ދެލޯ ބޮޑުވިއެވެ. މިހާރު ދާރިއަން ހީވަނީ އެމީހުން ލައްވާ އެމީހުންގެ ކުށްތަކަށް އެއްބަސް ކުރުވަން އުޅޭހެންނެވެ.

މާވިން ދާރިއަންއަށް ބަލައިލިތަނާހެން އޭނަގެ ލޮލުގައި އަޅައިގަތީ ދާރިއަންގެ ޖީބުގައި އަބަދުވެސް އިންނަ ގަލަމެވެ. އޭނައަށް އެއީ ރިކޯޑާރއެއްކަން ޔަގީންވިއެވެ. އޭނަ އެއްޗެކޭ ނުބުނެ ޝިމާއުމެންގެ ޖަވާބަކަށް އިންތިޒާރުކޮށްގެން މަޑުންއިނެވެ. “ތިއީ ކަލޭ ކީއްކުރަން އަހާ ސުވާލުތަކެއް.. ކަލެއަށް ތި ސުވާލުތަކުގެ ޖަވާބު އެނގޭނެ.. ޝަކީލް ހިނގާ އަވަހަށް މި މީހުން މަރައިލަމާ..” ޝިމާއު ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ. “ޝަކީލް ކަލޭ މިތަނަށް އައިސްފަ ތިހުރީ އަހަރެމެން ބައްދަލު ކުރަން ބޭނުންވާތީއެއްނުން.. އަހަރުމެން މަރުވުމުގެ ކުރިން އަހަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމަކީ މާ ބޮޑުކަމެއްތަ؟” ދާރިއަން އަހައިލިއެވެ. އެއާއެކު ޝަކީލް އޭނާގެ ތުބުޅީގައި އަތް ކާތްތައިލަމުން ކުޑަކޮށް ވިސްނައިލިއެވެ.

” ދޮގެއްނޫން.. އަހަރުމެން އެމީހުންގެ ސުވާލުތަކަށް ޖަވާބު ދިނަސް ކީތް؟ ހަމަގައިމުވެސް މިތަނަކުން އެމީހުންނަކަށް ދިރިހުރެ ނުދެވޭނެ..” ޝަކީލް ވިސްނައިލުމަށްފަހު ބުންޏެވެ. އެއާއެކު ހާދިން ފުންނޭވާއެއް ދޫކޮށްލިއެވެ. “އާނ އަހަރެން އުކައިލްގެ މަންމަގެ ގައިގަ ރޯކޮށްލީ.. އެއީ އުކައިލް މި ގޭންގަށް ދޯކާ ދިނީމަ.. އަހަރުމެން އުކައިލްމެންގެ ގޭގައިވެސް ރޯކޮށްލީ.. އަދި އަހަރެން އިންޒާރުގެ ނޯޓްކޮޅެއްވެސް އޭނަގެ މަންމަ މަރައިލުމުގެ ކުރިން އޭނަ ޖީބަށްލީން..” ހާދިން އޭނާ ކުރި ކުށްތައް އެއްވެސް ވަރަކަށް ފޮރުވުމެއް ނެތި ކިޔައިދިނެވެ. “އަހަރެމެން މިޔާ ކިޑްނެޕް ކުރި ކަމަކަށް ނުވާނެ ކަންނޭނގެ.. މިޔާގެ ބައްޕަ މާހީނަކީ އަހަރުންނަށް މަސައްކަތްކުރި މީހެއް.. އޭނަ އަހަރުންނަށް އަދާކުރަންޖެހޭ ދަރަންޏެއް އަދާކުރުމުގެ ގޮތުންނާއިއެކީ އިތުރު ފައިސާކޮޅެއް ހޯދަން މިޔާ އަހަރުންނަށް ވިއްކާލީ.. އަހަރުން އޭނަގެ ހަށިވިއްކަން އެތައް މީހަކު ގެނައިން،، އެކަމަކު ކޮންމެސް ގޮތަކުން އެ އަންހެން އެތި އެމީހުން އެތަނުން ނެރެނީ ކޮންމެސް ގެއްލިމެއް ދީފަ..” ދަތްކުނޑި ވިކައިލަމުން ވަދީހު ބުންޏެވެ.

ވަދީހުގެ ވާހަކަ އަޑުއަހަން ހުރި މާވިން ދިޔައީ އޭނާގެ ރުޅި މަޑުކުރުމަށްޓަކައި ފުންނޭވާތަކެއްލަމުންނެވެ. “މަށަކަށް ނުކުރަމެއްނުން އެންމެ ސުވާލެއްވެސް..” ދެރަވެފައި ހުރި ކަމަށް އެކްޓު ކުރަމުން މަލާމާތުގެ ރާގަކަށް ޝަކީލް ބުންޏެވެ. “އަލީ ޝަކީލް އިއުތިރާފުވަންތަ ކަލޭކަމަށް މި ގޭންގު ހިންގަނީ؟ ކަލޭކަން މި ގޭންގުގެ މީހުނަށް އެމީހުންގެ މަސްތުވާތަކެތި އެތެރެކުރަން އެހީވެ ފައިސާ ފަންޑު ކުރަނީ؟ ކަލޭކަން މި ހުރިހާ ކަމެއްގެ ފަހަތުގައި ވަނީ؟” ދާރިއަން އިންޓޮރޮގޭޓް ކުރާ ރާގަކަށް އަހައިލިއެވެ. “އާން… އޭ މަޑުކޮށްބަލަ.. ކަލޭ އަހަރުން އިންޓޮރޮގޭޓް ކުރަނީތަ ތި؟ ހާދިން، ޝިމާއު ހަމަ މިހާރު މި ދޭތި މަރައިލާ.. ވޭން ހުރި މަރެއް ދޭތީ.. ފަޒީން ކަލޭ ހޯދަބަލަ މިތާ ނޫނީ އެމީހުންގެ އަތުގައި ވިޔަސް ކޮންމެސް ކަހަލަ ރިކޯޑަރެއް ފަދަ އެއްޗެއް ހުރިތޯ..” ޝަކީލް އެމީހުންނަށް އަމުރު ކުރިއެވެ.

އެއާއެކު ވަދީހު ވަޅިއެއް ނަގާއި ދާރިއަންގެ ފަލަމަސްގަނޑަށް ހަރައިލިއެވެ. ހާދިން މާވިންގެ ބަނޑަށް ވަޅި ހަރައިލުމަށްފަހު ވަޅި އަނބުރައިލިއެވެ. މާވިންގެ އާއި ދާރިއަންގެ އަނގައިން ކެއްކި ރަތް ކުލައިގެ ލޭތަށް ހޯސްލަފައި ފައިބައިގަތެވެ. “އޭ ބުނޭ ހަމަ މިހާރު! ކަލޭ ކޮންތާކަށް ރިކޯޑަރު ލައިގެން ތިއުޅެނީ އޭނ؟” ފަޒީން ދާރިއަންގެ ބޮލުގައި އެތާ އޮތް ލައްޓިބުރިއަކުން ޖަހައިމުން އަހައިލިއެވެ. އެވަގުތު ބޭރުގައި ހުރި ނަޒީދު އެތަނަށް ވަދުނެވެ. އޭނަގެ މޫނުމަތީގައިވީ ހާސްކަމެވެ. “ފުލުހުންގެ ލާންޗުތަކެއް އައިސްފި..” ނަޒީދު ހާސްވެ ހުރެ ބުންޏެވެ. އޭނައަށް އެހެން ބުނެވުމާއިއެކުހެން ފުލުސް ޔުނީފޯރމްގަޔާއި ކަނޑު ނޫކުލައިގެ ޔުނީފޯރމްގައި، މޫނު ފޮރުވައިގެން ހުރި ބަޔަކު ދޮރު ވައްޓާލައިފައި ވަދުނެވެ. އެމީހުން ތިބީ އެމީހުންގެ ބަޑިތައް ގޭންގު މީހުންނާއި ދިމާލަށް ދިއްކޮށްގެންނެވެ. އޭރު ދާރިއަންމެންގެ ކިރިޔާ ހޭހުރިކަމެވެ.

ޝަކީލް މާސްކުން މޫނު ނިވައިކޮށްލަމުން ފިލާނެ ތަނެއް ހޯދުމަށްޓަކައި އޭނަގެ ލޯ ހަރަކާތް ކުރަން ފެށިއެވެ. ނަމަވެސް ފުލުހުންނާއި އެމް.ވީ.އެސް.އޭ ގެ މީހުން އެމީހުން ވަށައިލާފައިވުމުން އެމީހުންނަށް ފިލަން ދެވޭނެ އިތުރު ތަނެއްވެސްނެތެވެ. ވަދީހު ކުއްލިއަކަށް ދާރިއަންގެ ފައިފަލަމަސްގަނޑަށް ހަރައިލައިފައިވި ވަޅި ނައްޓާލުމަށްފަހު ދާރިއަންގެ ކަރުގައިޖެއްސިއެވެ. “ހަމަ މިހާރު ކަލެމެންގެ އަތުގައި އޮތް ހަތިޔާރުތައް ތިރިކުރޭ!” ވަދީހު އަމުރު ކުރިއެވެ. ވަދީހުއާއި ދިމާ ކައިރީގައި ހުރި އެމް.ވީ.އެސް.އޭ އޭޖެންޓް ވަދީހުގެ އަތުގެ މުލައްދަނޑީގައި ހިފައި އޭނަގެ އަތް އަނބުރައިލުމަށްފަހު ބިންމައްޗަށް ގުޅަވަރަކަށް ޖެހިއެވެ. އަދި އޭނަގެ އަތުން ވަޅި އަތުލުމަށްފަހު ވަދީހުގެ ދެއަތާއި ދެފައި ލޮކް އެޅުވިއެވެ. ވަދީހުއަށް އޭނަގެ ގައިގައި ހިފައިގެން އޮތް މީހާގެ މާސްކު ދަމައިގަނެވުނެވެ. އެއާއެކު ވަދީހުގެ ދެލޯ ދެކާށްޓަށް ބަދަލުވި ފަދައެވެ.

ލަމްއާން އޭނަގެ މާސްކު ވަދީހު ދަމައިގަތުމުން ބަލައިލިއެވެ. އަނެއްކޮޅުން ވަދީހުގެ ހިތް ދިޔައީ ޑަންޑަންލާފައި ތެޅެމުންނެވެ. ވާނީވެސް އެހެނެއްނުން ހެއްޔެވެ؟ އޭނަގެ ދެލޯ ކުރިމަތީގައި ދާރިއަން ޓެސްޓު ކުރުމަށްޓަކައި ދާރިއަންއަށް މަރަން ޖެއްސި މީހަ އެހުރީ އޭނަގެ ގައިގަ ހިފައްޓައިގެންނެވެ. ވަދީހު އެހެން އޮއްވައި ފުލުހަކު އައިސް ވަދީހުގެ ދެއަތުގައި ބިޑި އެޅުވިއެވެ. އުކައިލްއަށާއި ދާލިޔާއަށް ދާރިއަންމެން އޮތް ހާލު ފެނުމުން އެމީހުންގެ ގާތަށް އާދެވުނެވެ. ފަހަރަކު މީހަކު ހައްޔަރު ކުރަމުން ގޮސް އެތާ ތިބި އެންމެސް ހައްޔަރު ކުރެވުނެވެ. ދާރިއަން އާއި މާވިން އައްސާފައި ހުރި ރޯނުތައް ކަޑައިލުމަށްފަހު އެމީހުން މިނިވަން ކުރިއެވެ. ދާލިޔާއަށް ބިރުން ހުރެ ދާރިއަންގެ ނޭފަތުގައި އަތް ޖައްސައިލެވުނެވެ. އޭނައަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދާރިއަންގެ ނޭވާ އިހްސާސްވުމުންނެވެ. “މާވިންއެއް ނޭވާއެއް ނުލާ!!” ހާސްވެ ހުރެ ލޫކް ބުންޏެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (12)

  1. Your fav bab

    Very touching 😭😭
    Bro no maavin maraanulaathi!!!
    I was waiting for this part hehehe!!
    Now that these ppl are arrested dhaarian n Maavin r saved 😪
    Keep it up
    When next??
    Lyssssssssm💗💗💗💗💗💗💗

    1. Maash
      Your fav bab

      Aww thank you your fav bab..
      Let’s see maavin maruv thw dhww.
      Yes they are arrested now..
      And dharian and maavin are saved..
      Next part insha allah Friday or Thursday ga.
      Love you moree💜🦋

  2. cutie girl

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    alhey dhaarian maavin save kurachey
    miyaa and dhaarian gulhuvachey
    dhaaya and ukail ves
    they all are made for each other
    fainally emeehun hayyaru kury
    haadha curious kohlaafa thi nihmaaly
    i appreciate your hard work
    tc
    ly maash

    1. Maash
      cutie girl

      Thank you cutie girl.. I’m happy u like it..
      Let’s see what happens dhww..
      Yes kuhverin emme fahun haiyaru v..
      Aww thank you darling..
      Tc
      Love u moreee💜🦋

  3. Shhhhh

    Vaahaka Nimen ulheniitha???

    1. Maash
      Shhhhh

      Yes mihaaru vaahaka nimen ulheney e dhen💜🦋

  4. Oreo gurll

    Ohhhhh… vaahaka nimen ulhenee tha??
    Varah varah touching and emotional ingey mi episode..
    Im so relieved that they are caught. Adhi hurihaa evidence and proof aa ehkoh eves! God.. im so curious to know what happens next
    Ekam, Maavin maraa nulahchey! Don’t let him die. He waited three whole and painful years for this moment. And he needs to be there to celebrate it. To celebrate the moment to its fullest. So don’t let him die. Miyaa ves kihaa dhera vaanetha?
    Either way, when’s the next episode gonna arrive?
    Varah reethi ingey mi episode
    🥰🩷 take care Maash

    1. Maash
      Oreo gurll

      Yes mihaaru vaahaka nimen ulheney e.. Aww thank you.. I’m relieved that they are caught too hehe.. Let’s see dhw maavin maruvey thw noony noon thw.. Yes miyaa vrh dhera vaane maavin maruviyya.. Next ep insha allah I’ll try Thursday ga genesdheveythw.. Thank you I’m happy u liked it💜.. Take care darling 💜🦋

  5. Aara

    Can u upload thankolheh avahah next parttt…..can’t wait….loved this part
    Ly❤️

    1. Maash
      Aara

      Insha allah I’ll try next ep Thursday ga up kureveythw… Thank you darling.. I’m happy u loved this part.. Love you moree💜🦋

  6. unknown gurll

    mi part ves vrh ves reethi masha allah

    1. Maash
      unknown gurll

      Thank you unknown gurll.. I’m happy u like it💜🦋

Comments are closed.