Skip to content
އެސްފިޔަ

އިންސާފު ލިބޭނެބާ – 29

ކުއްލިއަކަށް ދޮރު ހުޅުވައިލާފައި ވަދުނު މީހަ ފެނުމުން ދާރިއަންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދޮރު ހުޅުވައިފައި ވަނީ އޭނަގެ ސުވާލުގެ ޖަވާބެވެ. ގޭންގަށް ދާރިއަންގެ ކޮންމެ ހަރަކާތެއް ކިޔައިދެމުން އައި މީހާއެވެ. ދާރިއަންގެ ހަގީގަތް ބޭޒާރުކޮށްލި މީހައެވެ. ދާރިއަން އާއިއެކީ މަސައްކަތްކޮށް އެއްސުފުރާ މަތިން ކައި ބޮއެ އުޅުނު އޭނަ ޕޮލިހުންގެ ތެރެއިން އެންމެ އިހުތިރާމު ކުރާ އެކަކެވެ. އެމީހަގެ ނުލަފާ ހިނިތުންވުން ފެނިފަ ދާރިއަންގެ ބޮލަށް ރުޅި ސަވާރުވެގެން ދިޔައެވެ. ދާރިއަންގެ ނޭވާ ހުއްޓުނީ އެމީހަގެ އަތުގައި އޮތް ކުޑަ ކުޑަ ރިމޯޓު ފަދަ އެތި ފެނިފައެވެ. ދެން ދާރިއަންއަށް ބަލައިލެވުނީ އޭނަ އާއި މާވިން އައްސާފައި ހުރި ގޮޑިއަށްށެވެ. އޭނަގެ ލޮލުގައި އަޅާގަތީ އެ ގޮޑީގައި ހަރުކޮށްފައި ހުރި ކަރަންޓު ނަރުތަކަށްށެވެ.

***ޕާޓް 29***

އެއާއިއެކު ދާރިއަންގެ ހިތަށް ބިރުވެރިކަން ވަދެގެންދިޔައެވެ. ގޭންގް މީހުންނަކީ އެއްވެސް ރަހުމެއް ހުރި ބަޔެއް ނޫންކަން އޭނައަށް ރަނގަޅަށް އެނގެއެވެ. އެއީ އިންސާނުންގެ ސިފައިގައި ހުރި ޖަނަވާރުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް ފުލުހަކަށްވެހުރެ އާންމުން ރައްކައުތެރިކޮށް ގައުމު ހިމާޔަތް ކުރުމަށް ހުވާ ކޮށްފައިވި މީހެއްގެ ލޮލުން އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނުފެނުމުން ދާރިއަންގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ޖަހައިލިއެވެ. “ހާސްނުވޭ އޭނަ އަދި މަރެއް ނުވޭ..” ދާރިއަން މާވިންއަށް ބަލަމުން ދިޔަގޮތް ފެނުމުން ފަޒީން ނުލަފާ ގޮތަކަށް ހީލައިގެން ހުރެ ބުންޏެވެ. “ޕޮލިހަކަށްވެ ހުރެ ތިފަދަ ދޯކާއެއް ދޭން ކެރުނީ ކިހިނެތް؟ ކަލޭ ތިހުރީ ވައުދެއްވެފައޭ..” ދާރިއަން ރުޅިއައިސް ހުރެ ހަޅޭއްލަވައިގަތެވެ. “ހެހެ މާ ބާރަށް ހަޅޭއްލަވާނެ ކަމެއް ނެތް.. މީ މާލެއެއް ނޫން.. ކަލޭ ހަޅޭއްލެވިޔަކަސް ސަލާމަތް ކުރަން އަންނާނޭ މީހުންނެއް މިތާކުއެއް ނުހުންނާނެ..” ފަޒީން ރިމޯޓެއް އަތައް ނަގަމުން ބުންޏެވެ. ހީވާ ގޮތުންނަމަ އެއީ އެ ގޮޑިއަށް ކަރަންޓު ފޮނުވައިދޭ ރިމޯޓެވެ.

އެވަގުތު އެތަނުގެ ދޮރުހުޅުވައިލުމަށްފަހު ހާދިން އަދި ވަދީހުގެ އިތުރުން ޝިމާއު ވަދެގެންއައެވެ. “ޕިސްޕިސް އަހަރުންނަށް އޮޅުވައިލިވަރު ބަލާބަލަ.. ނަމާ ހުރިހާ އެއްޗެއް ބަދަލުކޮށްގެން.. ހަމަ ސާބަސް ދޭ ވަރުވޭ ނޫންތަ ޝިމާއު؟” ގޮޑީގައި އައްސާފައިވި ދާރިއަންއަށް ބަލައިލަމުން ހާދިން ބުންޏެވެ. ޝިމާއުގެ އަތްވަނީ މުއްކެވިފައެވެ. “މަ އޭރުވެސް ބުނީމޭ މި ޝިމާއު ކައިރީގަ މީނަ ވައްދާނެ ކަމެއް ނެތޭ.. އެކަމަކު ކަންފަތުގެ ބަދަލުގަ ދޮރުފަތެއް ވިއްޔާ އިންނަނީ..” ޝިމާއުއަށް ބަލައިލަމުން ވަދީހު ބުންޏެވެ. ޝިމާއު ގޮސް އަތަށް ބާރުލުމަށްފަހު ދާރިއަންގެ ކޯތާފަތުގައި އަތް މުއްކަވާލުމަށްފަހު ޖެހިއެވެ. އެއާއިއެކު ދާރިއަންގެ މޫނު އެއްފަރާތަށް އެނބުރިގެން ގޮސް އަނގައިން ލޭގަނޑު ފައިބައިގަތެވެ. “ކަލޭ މަ މޮޔަ ހައްދާފަ.. ކީކޭ ހިތާ ތަ އުޅުނީ އޭ؟ އަހަރުންނަށް ހަގީގަތް ނޭނގޭނޭ ކަމަށްތަ ހީކުރަނީ؟ އަހަރުން މީ މޮޔައިން ކަމަށްތަ ހީކުރަނީ އޭނ؟” ޝިމާއު އަނެއްކައިވެސް ބޮނޑިއެއް އަޅަމުން ދާރިއަން ގާތު އެހިއެވެ.

ޝިމާއުގެ ހަމަލާ މިފަހަރު އަމާޒުވީ ދާރިއަންގެ ނޭފަތަށްށެވެ. އެއާއިއެކު ދާރިއަންގެ ނޭފަތް ފަޅާއިގެންގޮސް ލޭތަށް އޮހޮރިގަތެވެ. ދާރިއަންގެ މުޅި އަނގަމަތީގައި އޮތީ ލެޔެވެ. އޭނަ ދިޔައީ އަޅާ ވޭނަށް ކެތްތެރިވާން މަސައްކަތް ކުރަމުންނެވެ. މާވިންގެ ގަޔަށް ފެން ބާލިދީއެއް ހާދިންގެ އަމުރަށް ވަދީހު އަޅައިލިއެވެ. އެއާއެކު ސިހިފައި މާވިން ލޯ ހުޅުވައިލިއެވެ. އޭނަ ވަރުދެރަ ގޮތަކަށް ދާރިއަންއަށް ބަލައިލިއެވެ. “ދެން ކަލޭ.. އަހަރުން ހީކޮށްގެން މިހުރީ އަހަރުންނަށް ކަމަށް ކަލޭ މޮޔަ ހައްދައިގެން މިއުޅެވެނީ.. އެކަމަކު ނޫން.. ކަލޭ މިހިރަ ދަޔާންއެއް.. ނޫން ދާއިރަން މަށަށް ހެޔޮ ކޮންމެ ރިއަން އަކަށްވިޔަސް… މިހިރަ ފެންނަ އިންސާނާއާ ބައިވެރިވެގެން ކަލޭވެސް އަހަރުންނަށް ދޯކާ ދިނީ..” މާވިންގެ އިސްތަށިގަނޑުގައި ހިފައި ބާރުކޮށްލަމުން ޝިމާއު ބުންޏެވެ.

މާވިން ދެލޯ އަޅައިލަމުން ޝިމާއުއަށް ބަލައިލިއެވެ. “ކަލޭ ހިތުން މަގޭ ކޮއްކޮއަށް ދުނިޔޭގަ ހުރިއްޔާ ހުރި އަނިޔާއެއް ކުރީމަވެސް މަ ކަލޭމެންގެ ބުޑުގައި ވިއްދާފަ ހުންނަންވީ އޭ؟” މާވިން އަޅަމުން ދިޔަ ވޭނަށް ކެތްކުރަމުން ހަޅޭލަވައިގަތެވެ. އެއާއެކު ހާދިން ހިނިގަނޑެއްޖަހައިލިއެވެ. “މިހިރަ ފެންނަ މޮޔަޔާ.. ކަލޭގެ ބަފާ އަހަރުންނަށް ހުރީ އެ އަންހެންއެތި ވިއްކާލާފަ އަހަރުން ބޭނުން ގޮތެއް ހަދަން… އަހަރެންގެ ހައްގަކަށް އަހަރުންނަށް ބޭނުން ކަމެއް ކުރުމުގެ ހައްގު އޮންނާނެ..” ހާދިން ބުންޏެވެ. ހާދިންގެ ޖުމުލައިން މާވިންގެ އެތެރެ ހަށީގައި ރުޅިވެރިކަމުގެ އަލިފާނުގެ ހުޅުގަނޑު ބޮޑުވި ފަދައެވެ. “އެއީ އިންސާނެއް.. އޭނަ އިންސާނަކަށް ވީތީ އޭނަގެ ހައްގުތަކެއް ހުންނާނެ.. އެއީ ގަނެވިއްކާ މުދަލެއްނޫން.. އަދި ކަލޭ ކުޅެން ހަދާފަ ހުރި ބުދެއް ނޫން.. އެއީ މަގޭ ކޮއްކޮ.. މަށަށް ހެޔޮ މަ މަރައިލިޔަސް މަށަށް ކަލޭމެންގެ ކައިރިން މަގޭ ކޮއްކޮ ސަލާމަތް ކުރެވިއްޖެ..” މާވިން ފިނިނޭވާއެއް ދޫކޮށްލަމުން ގޮޑީގެތެރެއަށް އޭނާގެ ޒަހަމްތަކުން ފުރިފައިވާ ހަށިގަނޑު ދޫކޮށްލަމުން ބުންޏެވެ.

މާވިންގެ ވާހަކައިން ދާރިއަންގެ ހިތުގައި ބިރުވެރިކަން ދަތުރުކޮށްލިއެވެ. ދާރިއަންއަށް ހާސްވެފައި މާވިން އާއި ދިމާލަށް ބަލައިލެވުނެވެ. އެހެންނަމަވެސް މާވިންގެ މޫނު މަތިން ފެނިގެން ދަނީ އޭނަ ބުނި ވާހަކައިގެ ތެދުކަމެވެ. “ކަލޭމާ ވަރުއަރުވާނެ ކަމެއް ނެތް.. ތިހުރީ އަހަރުންގެ ބާރުގެ ދަށުގަ..” ހާދިން މާވިންގެ ކޯތާފަތުގައި ގޮއްމުށުން ޖަހަމުން ބުންޏެވެ. ހާދިންގެ ހަމަލާއިން މާވިންގެ އަނގައިން ލޭތައް ބުރައިގެން ދިޔައެވެ. “ހެހެ ކަލޭމެންގެ މޮޔަ ކަމުންނެއްނުން މާވިން ކަލޭމެންގެ ގާތު ތިން އަހަރު އުޅުންއިރުވެސް އެކަމުގެ ހިލަމެއްވެސް ނުވީ.. ބުނާނޭ ތީ ވަރަށް ބޯ ބޮޑު މީހުންނޭ.. އެކަމަކު ތީ ހުސް ގަމާރު ބައެއް..” ހާދިން މާވިންގެ ގައިގައި ޖަހަން އަތް ނެގުމުން ދާރިއަން ބުންޏެވެ.

ދާރިއަންގެ ވާހަކަ އަޑުއިވި ހާދިން އަލިފާނުގެ ނަޒަރަކުން ދާރިއަންއަށް ބަލައިލިއެވެ. އަދި މަޑު ފިޔަވަޅުތަކެއްގައި ދާރިއަންގެ ގާތަށް ހިގައިގަތެވެ. އޭނަ މަޑުމަޑުން އޭނަގެ ޖީބުގައި އޮތް ވަޅި ނެގިއެވެ. ކިތަންމެ ބިރުގަނެފައި ހުއްޓަސް ދާރިއަން އެކަން އޭނާގެ މޫނު މަތިން ހާމައެއް ނުކުރިއެވެ. “ހާދިން މަޑުކުރޭ.. ބޮސް އައީމަ ބޮސްއަށް މިމީހުން ދައްކާފަ މަރައިލާނީ.. ބޮސްއާ އެހާ މީޓް ކުރަން އުޅުނު ބަޔަކު ބޮސް އަތުން މަރައިލިއްޔާނުން ރަނގަޅުވާނީ..” ހާދިންގެ އަތުގެ މުލައްދަނޑީގައި ހިފައްޓަމުން ޝިމާއު ބުންޏެވެ. އެއާއެކު އަމިއްލަ މީހާ ހަމައަކަށް އެޅުވުމަށްޓަކައި ހާދިން ފުން ނޭވާއެއްއެވެ.

“މީނަ ބުނި ވާހަކައަށް އަދަބެއް ދީފަ ނޫނީ ދުލެއް ނުކުރެވޭނެ.. ދީ މަށަށް ނަރުކެނޑި..” ހާދިން އަތް ދިއްކޮށްލަމުން ބުންޏެވެ. ވަދީހު ނުލަފާ ގޮތަކަށް ހީލަމުން ހާދިންއަށް ނަރުކެނޑި އެތާ ކައިރީގައި ހުރި މޭޒަކުން ނަގާފައި ދިނެވެ. އެއާއިއެކު ހާދިން ދާރިއަންއާ ކައިރިވެލިއެވެ. ” އަހަރެން ހިތައް އަރާ ކަލޭގެ އެކުވެރި އުކައިލްގެ މަންމަހެން އަހަރުންގެ އަތުން މަރައިލީމަ އޭނަ ކީއްބާއޭ ކުރާނީ.. ހެހެ ކަލޭތީ ހަމަ ބޮޑު މޮޔައެއް އޭނަގެ ސަބަބުން މި ގޭންގަށް ވަދެ އަހަރުންނަށް ދޯކާދީ..” ދާރިއަންގެ ނިޔަފައްޗާއި ނަރުކެނޑި ގާތްކޮށްލަމުން ހާދިން ބުންޏެވެ.

***

އުކައިލް ކާރު ދުއްވަމުން ދިޔައިރު އިޔާދު ހުރީ ކުޑަދޮރުން ބޭރު ބަލާށެވެ. އޭނަ ދިޔައީ ދާރިއަން އެއްވެސް ކަހަލަ އެއްޗެއް ދޫކޮށްފައި ދިޔަތޯ ބަލަމުންނެވެ. “އުކައިލް މަޑުކޮށްބަލަ!” ކުއްލިއަކަށް އިޔާދު އެހެން ބުނުމުން އުކައިލް ކާރު ހުއްޓިއެވެ. އޭރު އެމީހުން ތިބީ ހަތް ނަންބަރު ޖެޓީ އާއި ތަންކޮޅެއް ދުރުގައެވެ. މެންދަން ވަގުތުކަމުން ކާރާއި ސައިކަލުތައް އެދިމާލުގައި އުޅެނީ ވަރަށްވެސް މަދުންނެވެ. އިޔާދު ހުއްޓަން ބުނީ ކީއްވެތީ އަހައިލަން އުކައިލް އެނބުރިލިއިރު، އިޔާދު ކާރު ދޮރުހުޅުވައިފައި ކާރުން ފައިބާފިއެވެ. އުކައިލްވެސް ކާރު އެތާ ކައިރީގައި ޕާކް ކުރުމަށްފަހު ކާރުން ފޭބިއެވެ. އިޔާދު އުޑުފައިން ތިރިވެ ނޫ ކުލައިގެ ރަބަރ ބޭންޑެއް ފަދަ އެއްޗެއް އަތަށް ނަގާފައި އުކައިލްއަށް ދައްކައިލިއެވެ.

އެއާއެކު އުކައިލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެއީ ދާރިއަންގެ އެއްޗެއްކަން އެއްވެސް ޝައްކެއް ނެތި އޭނައަށް އެނގުނީ އޭގެ އެތެރޭގައި ‘ދަޔާން’ އިނގިރޭސިން ޖަހައިފައިވުމުންނެވެ. “މީ؟” އިޔާދު އެއަށް ބަލައިލަމުން ސުވާލު މާކެއްގެ ތެރޭގައި އަހައިލިއެވެ. “ދާރިއަންގެ އެއްޗެއް” އުކައިލް އެއްވެސް ޝައްކެއްނެތި ޔަގީން ކަމާއިއެކު އިޔާދުގެ ސުވާލަށް ޖަވާބު ދިނެވެ. އުކައިލް އެތަނާ ތަންކޮޅެއް ދުރުން އަނެއްކައިވެސް ހަމަ އޭގެ ރީދޫކުލައިގެ ރަބަރ ބޭންޑެއް ހޮވިއެވެ. “ދާރިއަން އެމީހުން އޭނަ ގެންދިޔަތަން އަންގަން މިހެން ހަދާފަ މިއޮތީ.. މިއެއްޗެހީގެ ފަހަތުން ކާރު ދުއްވަމާ ހިނގާ..” އުކައިލް ބުންޏެވެ. އުކައިލްގެ ވާހަކައާ އެއްބަސްވުމުގެ ގޮތުން އިޔާދު ބޯޖަހައިލިއެވެ.

އުކައިލް އާއި އިޔާދު އެ އެއްޗެހީގެ ފަހަތުން ދަނިކޮށް ދާރިއަންގެ ކަންފަތުގައިލާފައި ހުރި ތަކެތިވެސް ފެނިގެން ދިޔައެވެ. އެމީހުންނަށް އެހެން ދަމުންދަމުން ގޮސް ހުއްޓެވުނީ ހަތް ނަންބަރު ޖެޓީއާއި ގާތުގައިއެވެ. “މަށަކަށް ހިޔެއް ނުވޭ ދާރިއަން މާލޭގަ ހުރިހެނެއް.. މަށަށް ހީވަނީ އޭނަވީ މާލޭން ބޭރުގަހެން..” އިޔާދު ވިސްނުންތެރިކަމާއިއެކު ބުންޏެވެ. އުކައިލް ބޯޖަހައިލަމުން އެމީހުންނަށް ދެނެގަނެވުނު އައު މައުލުމާތުތައް ހިފައިގެން ސްޓޭޝަންއަށް ދާން ދުއްވައިލިއެވެ.

ކިނާން، ލޫކް އަދި އަޔާޝް ހުރީ އައިޓީ ސެކްޝަންގައެވެ. އެމީހުންގެ ކައިރީގައި އިސްޖަހައިގެން އެ ސެކްޝަނާއި ހަވާލު ހުރިހާ ފުލުހުން ފަދައިން އިސްޖަހައިގެން ހުއްޓެވެ. “އަހަރެން މިއަހަނީ ތި މީހުންނަކަށް ނޭނގޭހޭ ކެމެރާތައް ހެކް ކުރިއިރުވެސް؟ ކަލޭމެން މިތަނުގަ ތި ހުންނަނީ ކޮންކަމަކު އޭ؟ ފޫހި ވީމަ ކޮފީއަށް ގޮސްފަ ނިދަންތަ؟ މި ވަރު ކަމެއް ވެގެން އުޅޭއިރު ކޮންމެސް އެކަކަށް ނަމަވެސް އެނގެން ޖެހޭނެދޯ؟ މިހާ ފަރުވާ ކުޑަ ކުރަންޏާ ކީއްކުރަން މިތާގަ އުޅެނީ؟ މި ފުޓޭޖްތައް ރިކަވާ ކުރޭ ހަމަ މިހާރު އެހެން ނޫނީ އެންމެން ސަސްޕެންޑުވާނެ..” ކިނާން ރުޅި އައިސްފައި ހުރެ އެންމެންނާއި ދިމާލަށް ބަލައިލަމުން ބުންޏެވެ. އެއާއެކު އެންމެން ފަދައިން ބޯޖަހައިލުމަށް ފަހު ކިނާން ދިން މަސައްކަތާގެން އުޅެގަތެވެ.

“އަހަރެން އެމް.ވީ.އެސް.އޭއިން ބެކަޕަށް ގުޅާނަން.. އަހަރެންނަށް ޕާމިޝަން ލިބުނީމަ ޑާރކްވެބުން ފުޓޭޖްތައް ރިކަވާ ކުރެވޭތޯ ބަލާނަން އޭރުން ތަންކޮޅެއް އަވަސް ވާނެ..” ލޫކް ފޯނު ނަގަމުން ބުންޏެވެ. އަޔާޝް ހުރީ އެމީހުންގެ ފަރުވާ ކުޑަކަމާއި ހުރެ ހައިރާންވެފައެވެ. އެވަގުތު ޒޯޔާ އާއި ދާލިޔާ ފުސް މޫނެއްގައި އެތަނަށް އައިސް ވަދުނެވެ. “ރަނގަޅު ހަބަރެއް ހިފާގެނެއް ނޫންކަން ތިއައީ އެބަ އެނގޭ ދެމީހުންގެ މޫނަށް ބަލައިލާފަ..” އަޔާޝް ނިތުގައި ފިރުމައިލަމުން ބުންޏެވެ. “ސޯ އަހަރުމެންނަށް ޓްރެކް ކުރެވުނު ދޮންބެގެ ފޯނު..” ދާލިޔާ ފުސްމޫނަކާގެން ބުނެލިއެވެ. “ދެޓްސް ގްރޭޓް ދާޔާ.. ތި ހޯދުނީއެއްނުން ދާރިއަން ތިހެން ވިއްޔާ..” ސްޓޭޝަންއަށް ވަދަގެންއައި އުކައިލްއަށް ދާލިޔާގެ އަޑުއިވުމުން އަވަސް އަވަހަށް ބުންޏެވެ. “ޓްރެކް ކުރެވުނީ މާލޭ ކަނޑުން” ޒޯޔާ ދާލިޔާ ނުބުނެ އޮތް ތަންކޮޅު ބުނެދިނެވެ. އެއާއެކު އުކައިލްގެ އަނގަ ބަންދުވިއެވެ. “ދެން ތި ބުނަނީ އެމީހުން ދާރިއަން ކަނޑު ފެއްތީއޭތަ؟” ދެލޯ ބޮޑުކޮށްލަމުން އިޔާދު އަހައިލިއެވެ. އެއާއެކު ދާލިޔާ އަވަސް އަވަހަށް ބޯހޫރުވައިލިއެވެ. “ދޮންބެ މަރެއް ނުވާނެ..” ދާލިޔާއަށް ވަގުތުން އިޔާދުގެ ވާހަކަ ދޮގު ކުރެވުނެވެ.

އުކައިލް މަޑުމަޑުން ދާލިޔާގެ ކޮނޑުގައި ހިފައްޓައިލިއެވެ. “އަހަރެން މިކޮޅުން އެކި ޓީމްތައް މި އަތޮޅުގެ ރަށްތައް ޗެކް ކުރަން ފޮނުވާނަން.. އިރާދަކުރެއްވިއްޔާ ދާލިޔާގެ ދޮންބެ އަދި މާވިން ފެންނާނީ ހެޔޮ ހާލުގަ..” ކިނާން އަވަސް އަވަހަށް ބުންޏެވެ. ދާލިޔާ މަޑުމަޑުން ކިނާން ދިން ހިތްވަރަށް ޝުކުރުވެރިވުމުގެ ގޮތުން ބޯޖަހައިލިއެވެ. އުކައިލް ދާލިޔާއަށް ހިތްވަރު ދިނުމުގެ ގޮތުން ދާލިޔާގެ ކޮނޑަށް ކުޑަކޮށް ފިތާލިއެވެ. ލޫކް އެޖެންސީގެ ފަރާތުން އޭނައަށް ހުއްދަ ލިބުމާއިއެކު ޑާރކްވެބަށް ވަދުނެވެ. އަޔާޝް ލޫކްއަށް އެހީވަމުން ދިޔައިރު، ޒޯޔާ ފޯނު ނަގައި އެޖެންސީއަށް ގުޅައިގެން ފަޅު ރަށްތަކާއި ރިސޯޓްތައް ބެލުމަށް ހަމަޖެއްސިއެވެ.

ލޫކްއަށް ނުފެނި ހުރި ސީސީޓީވީ ފުޓޭޖްތައް ރިކަވާރ ކުރެވުނެވެ. އެއް ފުޓޭޖުން ދާރިއަންގެ ހަރަކާތެއް ނެތް ހަށިގަނޑު ކާރުން ނެރިގެން ލާންޗަކަށް އެރުވިތަން ފެނިގެން ދިޔައެވެ. އަނެއް ފުޓޭޖުން މާވިންގެ ހަރަކާތެއްނެތް ހަށިގަނޑު ގޭންގުގެ ބައްދަލުވުން ބާއްވާ ތަނުން ނެރިގެން ދިޔަ މަންޒަރު ފެނުނެވެ. މާވިންވެސް ދާރިއަންއެކޭ އެއްފަދައިން އެއްލާންޗަކަށް ލެވުނެވެ. ދެ މަންޒަރުވެސް ފެނިގެން ދިޔައީ ވަރަށް އަނދިރިކޮށެވެ. ލޫކް އެއްޗެއް ހީވެގެން އެ ފުޓޭޖް ހެކް ކުރި އައިޕީ އެޑްރެސް ހެކް ކުރަން ފެށިއެވެ. މިކަހަލަ ސެކިޔުރިޓީ ވަރުގަދަ ތަނެއް ހެކް ކުރެވޭނީ ވަރަށް ހުށިޔާރު ހެކަރަކަށް ނޫނީ މިތަނުގަ މަސައްކަތް ކުރާ ފުހުލަކަށްކަން އޭނައަށް އެނގެއެެވެ.އޭނަ ހެކް ކުރި އެއައިޕީ އެޑްރެސް ފަޒީންގެ އައިޕީ އެޑްރެސްއާއި ދިމާވެގެން ދިޔައެވެ. ކިނާންއަށް މިކަމުން ލިބުނީ ހައިރާން ކަމެކެވެ. ފަޒީންއަކީ ކިނާންގެ އެކުވެރިންގެ ތެރޭގައި ހިމެނޭ އެކުވެރިއެކެވެ. މިހާ ބޮޑު ދޯކާއެއް ފަޒީންގެ ފަރާތުން ލިބިދާނެ ކަމަށް އޭނަ ދުވަހަކުވެސް ހިޔެއް ނުކުރެއެވެ. ފަޒީންއަކީ ކިނާން ފަދައިން ސީނިއާރ ސަރޖެންޓްގެ މަގާމެއްގައި ހުރި އޮފިސަރެކެވެ. ފަޒީން ހޯދުމަށް ކިނާން އިޔާދުގެ އިތުރުން އެހެން ފުލުހުންނަށް އެންގިއެވެ.

***

ލިބޭ ވޭނަށް ކެތް ކުރަން މަސައްކަތް ކުރަމުން ދިޔަ ދާރިއަންގެ ލޮލުގެ ހިމަކޮޅުން ކަރުނަ ތިއްކެއް ވެއްޓުނެވެ. މާވިން އާއި ދާރިއަންގެ ހަށިގަނޑަށް ހާދިންގެ އަތުގައި އޮތް ރިމޯޓުގެ ސަބަބުން ދިޔައީ ކަރަންޓު ޖެހެމުންނެވެ. ދާރިއަންގެ އެންމެ އަތެއްގައިވެސް ނިޔަފަތީގެ ނިޝާނެއް ނެތެވެ. އޭގެ ބަދަލުގައި އޭނަގެ އިނގިލިތަކުގެ ކުރިން ދިޔައީ ހޯސްލާފައި ލޭ އަންނަމުންނެވެ. މި މަންޒަރު ބަލަން ހަމަޖެހިފައި ފަޒީން، ޝިމާއު އަދި ވަދީހު ހުއްޓެވެ. އެމީހުންގެ ހިތުގައި ރަހުމެއް ކުލުނެތްނެތެވެ. އިންސާނިއްޔަތުކަމެއް ނުވަތަ ބިރުވެރި ކަމެއްވެސްނެތެވެ. ޝިމާއުއަށް ފޯނު ކޯލެއް ލިބުމުން ޝިމާއު އެމީހުންނާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އެ ފޯނުކޮޅު ނިންމާފައި ޝިމާއު އެމީހުން ކައިރިއަށް އައިސް ހުއްޓުނެވެ. “ކާކު؟” ސުވާލުގެ ނަޒަރަކަށް ހާދިން އަހައިލިއެވެ. “ބޮސް އަންނަނީ..” ޝިމާއު ހަމަޖެހިލަމުން ބުންޏެވެ. ހާދިން އެއްމިޔަކަނުން ނުލަފާ ގޮތަކަށް ހީލިއެވެ.

(ނުނިމޭ)

މި ބައި ލަސްވި ކަމަށްޓަކައި އެންމެހައި ކިޔުންތެރިންގެ ކިބައިން އަޅުގަނޑު މާފަށް އެދެން.. އަޅުގަނޑު މިދޭތެރޭގައި ކުޑަކޮށް ބަލިވެގެން އުޅުމާއިއެކު މިއީ ރަމަޟާންމަހަށް ވީތީ ތަންކޮޅެއް ބިޒީކޮށް އުޅުނީމަ މި ބައި ނުގެނެވި ލަސްވީ.. އިންޝާﷲ ދެން އޮތްބައި އަވަހަށް ގެނެސް ދެވޭތޯ މަސައްކަތް ކުރާނަން🦋💜

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (12)

  1. Shhhhh

    Shafakillah!!
    Alhey haadha thadheh thi kuranii dhaariyan asha maavin ah?
    Fazyn haadha goahey…

    1. Maash
      Shhhhh

      Thankyou darlingg🦋💜

  2. Nina🩷

    Alheyyy dhaariyan aa maavin ah haadha aniyaa ekey e kollany. Also i wonder who the “boss” of the gang is. I cant wait to know who it is aaaah

    1. Maash
      Nina🩷

      Hehe sorry Nina dhaarian menah ehaa aniyaa kureveythii😅 Next ep ga engeyne boss akey kobaakan.💜🦋

  3. Your fav babe

    GWS💖
    I was suspecting iyaadh the innocent one 😅
    I never thought that a senior sergeant like fazeen could’ve do that!!
    But mihaaru thibeny untrustworthy ppl.
    Poor dhaarian n Maavin!!
    Haadha varekey e kohlanee. Just ppl with stone hearts!
    Now i wanna know who the hel is their “boss”
    Lysssssm💗💗💗💗
    When next??
    Tc 🙂

    1. Maash
      Your fav babe

      Aww thank you darlingg.
      hehe yes mihaaru gina vaany untrustworthy meehun..
      those ppl really have no humanity..
      boss akey kobaakan ingeyne next part ga..
      Love u more darling ..
      next part insha allah monday
      Tc dear💜🦋

  4. Cutie girl

    It’s ok
    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Alhey mi part kiyaafa rovijje 😭
    Alhey maavin and dhaarian ah dhera gotheh nuhadhachey
    Dhaaya and ukail gulhuvachey
    Miyaa and dhaarian ves
    They all are made for each other
    I appreciate your hard work
    Thihaa busy koh ulhemen ves vaahaka kiyaalan libeythee v ufaavey
    Kuhverinah adabu dhee
    Your my fav author ❤️
    Tc ❤️😘
    Ly maash ❤️😙

    1. Maash
      Cutie girl

      Thank you for ur understanding darling..
      I’m happy u like this partt
      aww i’m sorry dhaarian menah varah goi goi hadhaalevey dhw eba..
      lets see if they end up together dhww..
      Aww thankyou darlingg..
      am honored to be ur fav author❤❤
      Tc darl
      Love you moree💜🦋

  5. ishko

    vv reethi mi part vx
    waiting for the next part

    1. Maash
      ishko

      Thank you ishko.. I’m. Happy u like it..
      Next part mihaaru up vefa iny💜🦋

  6. Oreo gurll

    Hey marsh. Sorry ingey comment las veethee
    But, my guess was wrong dhw ehenvyma
    It wasn’t Iyaadhu.. but honestly I don’t really remember who Fazeen is. Maybe I didn’t when I commented on the previous episode either
    But I still don’t remember after reading this episode either 😁
    The next episode is already uploaded now, so.. imma read that now
    Once again, really sorry for the late comment
    And it’s okay.. you had your reasons. And those are valid, so I approve 👌
    Take your medicine regularly and get better soon
    Luv you Maash

    1. Maash
      Oreo gurll

      It’s ok darling.. I totally understand hehe.. Fazeen came in the 24th episode.. He released a gang member dhaaliya suvaalu kuri.. Aww than you for understanding darling.. Means a lot… Love u moreee💜🦋

Comments are closed.