Skip to content
އެސްފިޔަ

އާއިލާ(ޕާޓް 2)

ބިރުން ތުރުތުރުއަޅާ ޙާލުގައި އަހަރެން ކޮއްކޮއަށް ގޮވާ ހޭލެއްވީމެވެ. ހޭލެވުމާއިއެކު އެކުއްޖާއަށް ވެސް އެ އަޑު އިވި ބިރުގަނެގެން އަހަރެންގެ ގައިގައި ބާރަށް ބައްދައިގެންފިއެވެ.

މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވުނު ތަން ފެނިފައި ކޮއްކޮ އިހުނަށްވުރެވެސް ބާރަށް އަހަރެންގެ ގައިގައި ހިފައިގަތެވެ.

‘ނާންނާތި ކައިރިއަށް ..ހަމަ މިހާރު ނުކުމޭ މިތަނުން!’ އަހަރެންގެ ދުލުން އެބަސްތައް ބޭރުވީ ހަރުކަށިކަމާއިއެކުގައެވެ.އޭރު ކޮއްކޮ އަޑުން އަޑު ނަގައި ރޯން ފަށައިފިއެވެ.

‘ކީއްކުރެވޭނީ ސުހާއަށް؟!އަޑު ގަދަ ކުރާނެ ކަމެއްނެތް! ސަނާވެސް ރޯނެ ކަމެއް ނެތް..މަގޭ ވާހަކަ އަމާ ކައިރީ ބުނެފިއްޔާ ކަލޭމެންގެ އަމާގެ ދުވަސް ދުއްވާލާނަން…އަޑު އިވިއްޖެތަ އޭނ! އަޑުގަދަ ނުކޮށް ތިބޭ!’ ބޮޑުބޭބޭ އިންޒާރުގެ ބަސްތައް އިއްވައިލުމުން ގަތް ބިރުން އަހަރެމެންނަށް ހިމޭން ވެވުނެވެ.

ބޮޑުބޭބެ އަހަރެންގެ ގައިގައި އަތްލާން ފެށުމުން ކޮއްކޮ އެކަމަށް ހުރަސް އަޅަން މަސައްކަތް ކުރިއެވެ.އެހެނަސް ބޮޑު ސިންގާ ފިރިހެނެއްގެ ކުރިމަތީގައި އެ ކުޑަ ކުއްޖާއަށް ދެއްކޭނީ ވަކި ކޮން ބާރެއް ހެއްޔެވެ؟ ބޮޑުބޭބޭ އެއްއަތުން އަހަރެންގެ ގައިގައި ހިފަހައްޓައިގެން ހުރެ އަނެއް އަތުން ކޮއްކޮ އަހަންނާއި ދުރަށް ކޮއްޕާލިއެވެ. އެކުއްޖާ ކިތަންމެ ގަދަ ހެދި ނަމަވެސް ބޮޑުބޭބެ ދުލެއް ނުދިނެވެ.އެކުއްޖާގެ ގައިގައި ޖެހި ޖެހީނުން ބުރާންތި ކޮށްލިއެވެ.

ބޮޑުބޭބޭ އަހަރެންގެ ހަށިގަނޑުގެ މައްޗަށް ގަދަވެގަނެ، ގަދަކަމުން އަހަރެން ފޭރާމާއި ވަކިކޮށް ލިއެވެ.އަހަރެން ދޫކޮށްލުމަށް އެދި ކުރި އާދޭހަށާއި ރުއި ރުއިމަށް ބޮޑުބޭބެ ދިނީ ބީރު ކަންފަތެކެވެ.

އެއްވެސް ރަޙުމެއްނެތި، ބޮޑުބޭބެ އަހަރެންގެ ޢިއްފަތްތެރިކަން ވެއްޔާ މޮޑެލީ އަހަރެންގެ ކުޑަ ކޮއްކޮގެ ކުރިމަތީގައެވެ.ހިރިލާނެވަރުވެސް ނެތިފައި އެ ކުޑަ ކުއްޖާ ރޮއެ ރޮއެ އޮތެވެ.އެ ބިރުވެރި ހުތުރު މަންޒަރު އެ ޅަ ސިކުނޑީގައި ދާއިމަށް ބިންވަޅު ނެގި ގެންދާނެކަން ގައިމެވެ.

އަހަރެންގެ ޢިއްފަތްތެރިކަން ފޭރިގަތުމަށްފަހު ބޮޑުބޭބެ ދެން ދިމާކުރީ ކޮއްކޮ އާއެވެ.އޭރު އަހަރެންގެ ގައިން ހަކަތަ ހުސްވެ މީހާގެ ހޭވެރިކަން ކިރިޔާ ހުރި ކަމެވެ.

އަމިއްލަ ދިފާޢުގައި ހަނގުރާމަ ކުރާނެހާ ހަކަތައެއް ކޮއްކޮގެ ގަޔަކު ނެތެވެ. ރޮއެ ރޮއެ އޮއްވާ އެ ނުބައި ފުރޭތަ އެކުއްޖާގެ ޢިއްފަތްތެރިކަންވެސް ފޭރިގަތީ އެވެ.އަހަރެންގެ ބަލިކަށިކަމުން އެ ކުޑަ ކުއްޖާއަކަށް ޙިމާޔަތެއް ނުދެވުނެވެ. އަހަރެންގެ އަމިއްލަ ނަފްސު ދެކެ އިންތިހާއަށް ރުޅިއާދެވުނެވެ. އަހަންނަށް އެ ކޮއްކޮ ބޭނުން ޖެހުނު ވަގުތު އެކަމަށް އަހަރެން ނުކުޅެދުނީތީއެވެ.

‘ޔާރައްބީ މަގޭ ދަރިން!’ އަހަންނަށް ހޭވެރިކަންވީ މަންމަ ރޮއެގަތް އަޑަށެވެ. އަހަންނާއި ކޮއްކޮ އޮތީ ބަރަހަނާ ޙާލުގައެވެ.ކޮއްކޮގެ ހެޔެއްވެސް ނެތެވެ.މަންމަ  އަވަސް އަވަހަށް އަހަރެމެންގެ ހަށިގަނޑު ނިވާކުރިއެވެ.މުޅި ހަަށިގަނޑުގައި އަޅަމުން ދިޔަވޭނުން އަހަންނަށް އަނެއްކާވެސް ރޮވުނީއެވެ.

‘ބޮޑުބޭބޭ’ އަހަންނަށް ބުނެވުނީ އެވަރަށެވެ.މަންމަ ބާރަށް ރޮއިގަތެވެ.’މަގޭ އަތުން މަރުވާނެ މިއަދު އެ ނުބައި ޝައިޠޯނު!’ މަންމަ ކޮޓަރިން ނުކުމެގެން ދުއްވައިގަތެވެ.މަންމައަށް ވެފައި ހުރި ގޮތުން ހުއްޓުވަން ބޭނުންވި ނަމަވެސް އެ ހިތްވަރެއް ގަޔަކު ނެތެވެ.

ދެން އިވެން ފެށީ  ގޭތެރޭގައި އަޑު ހަރުކޮށް މަންމައާއި ބޮޑުބޭބޭ ޒުވާބު ކުރާ އަޑެވެ. ގިނައިރުތަކެއް ނުވެ ޕޮލިހުންވެސް އަތުވެއްޖެ އެވެ.ބައްޕަވެސް އެންމެ އަވަހަށް އާދެވެން އޮތް އެއްޗަކުން ރަށަށް އަންނަން ފުރައިފިއެވެ. ގެއަށް މީހުންތައް ޖަމާވަމުން ދިޔަކަން މަސްހުނި ވަމުންދިޔަ އަޑުތަކުން އަހަންނަށް އެނގުނެވެ.

ބޮޑުބޭބޭ ފާޅުގައި ދެކޮޅު ހަދަމުން ދިޔައެވެ. ނަމަވެސް އަހަރެންގެ ހެކިބަހާއި، އަހަރެމެން ދެބެއިންގެ ގައިގައި ހުރި ނިޝާންތަކުންވެސް ބޮޑުބޭބެގެ އެ ގޯނާތައް ސާބިތުވިއެވެ.

ބައްޕަ ވެސް ގެއަށް އައި ގޮތަށް ހީވީ ދެންމެ ދެންމެ ބޮޑުބޭބެގެ ދުވަސް ދުއްވާލަން އުޅުނުހެންނެވެ.ބަޔަކު ބައްޕަ ނުހިފެހެއްޓިނަމަ ހަމަ ޔަގީނުންވެސް ބޮޑުބޭބޭގެ ގައިގައި ތަޅައިގަތީހެވެ. އަނެއްކޮޅުން ބޮޑުބޭބެގެ އަންހެނުން އެހާ ފޯރި އެރުވިއެވެ.ދިމާލަށް މަންޒަރު ފެންނަން އޮއްވާވެސް ކުށްވެރިކޮށް އިނގިލި ދިއްކުރަމުން ދިޔައީ އަހަރުމެންނަށެވެ. އާއިލާއެއް ބިކަކޮށްލިކަމުގެ އިލްޒާމް އެޅުވީ އަހަރެމެންގެ ބޮލުގައެވެ. ބޮޑުބޭބޭގެ ފަރާތުން އަހަރެމެންނަށް ލިބިގެންދިޔަ އަނިޔާތަކަށް އޭނާ ބެލީ ކަނު ލޮލަކުންނެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ ނޫން ހެއްޔެވެ؟

ބޮޑުބޭބޭ ހައްޔަރުކޮށް އޭނާގެ މައްޗަށް 15 އަހަރުގެ ޖަލު ޙުކުމެއް އިއްވިއެވެ. އެ ގޯނާތަކުން މިންޖުވީ ނަމަވެސް އެ ގޭތެރޭގައި ދިރިއުޅުމަކީ އަހަރެމެންނަށް ވޭންދެނިވި ކަމަކަށް ވިއެވެ.ބޮޑުބޭބޭގެ އަންހެނުން ހީވަނީ އަހަރެމެން ރޮލާ ކައިލަން އުޅޭހެންނެވެ.ނަފްސާނީ ގޮތުންވެސް އަހަރެމެން ދެބެއިން ތިބީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. އެހެންކަމުން މަންމަ އާއި ބައްޕަ ނިންމީ އަހަރެމެން ގޮވައިގެން އެގެއިން ނުކުތުމަށެވެ.

ރަށުން ދެކޮޓަރީގެ އެޕާޓުމަންޓެއް ކުއްޔަށް ނަގައިގެން ދެމަސް ދުވަހު އުޅުމަށްފަހު ބައްޕައަށް ރިސޯޓުން ޕްރޮމޯޝަނެއް ލިބި އާމްދަނީއަށް ކުރިއެރުން ލިބުމުން ދިރިއުޅުން މާލެއަށް ބަދަލުކުރި އެވެ. އެވެސް އަހަރެމެންނަށް ލެއްވި ރަޙުމަތެކެވެ.އެކަމާއި މާތް ކަލާނގެ ކިބައަށް ފަށްފަށުން ޝުކުރުވެރިވީމެވެ.

މާލެ ބަދަލުވުމަށްފަހު އަހަންނާއި ކޮއްކޮ ގަވާއިދުން ޑޮކްޓަރަށް ދައްކައި ތެރަޕީ ނަގަން ފެށިީމެވެ.އާ ހިތްވަރަކާއި އަޒުމަކާއިއެކު އަހަރެމެން ދެބެއިން ވެސް އަލުން ކިޔެވުމާއިގެން ކުރިއަށް ދާން ފެށީމެވެ.އަހަރެންގެ ލޯބިވާ ކުޑަ ކުޑަ އާއިލާގެ އެއްބާރުލުމާއި ލޯބި ނުލިބުނު ނަމަ އެކަމުން އަރައިގަނެ ދިރިއުޅުމައިގެން ކުރިޔަށް ދާކަށް އެހާ ފަސޭހައެއް ނުވީހެވެ.

(ނިމުނީ)

 

Comments (6)

  1. Cutie girl

    Trailer v reethi
    Masha Allah
    Curiously waiting for the next trailer
    Keep it up

    1. Lamhaaa
      Cutie girl

      Thank you ❤️

  2. Cutie girl

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    I appreciate your hard work

    1. Lamhaaa
      Cutie girl

      Thank you ❤️

  3. Cutie girl

    I really appreciate the trailer part keep going girl u got this
    Curiously waiting for the next trailer….

    1. Lamhaaa
      Cutie girl

      New stories on the way,! 😊 ❤️

Comments are closed.