ކަޔާންގެ އެޕާޓްމަންގެ ތެރެއިން ނުކުތް ސޯފިއާގެ މޫނުމަތީގައިވީ ވިހަ ހިނިތުންވުމެކެވެ. “ޑަން” ފޯނު ނަގައިގެން ހުރެ މީހަކަށް މެސެޖް ކޮށްލި އިރު އޭނާގެ ތުންފަތް މަތީގައިވި ހިނިތުންވުން ލޮލާއި ހަމަޔަށް ދެމިލިއެވެ.
***
“ދެވިފަ ހުރި ބޭސްތައް ގަނޑިން ގަޑިއަށް ކާލާތި.. މާ ބޮޑަށް ބޮލުގަ ރިއްސާނަމަ ލަސްނުކޮށް ދައްކަން އަންނަން ވާނެ.. ހަފްތާއެއް ވަންދެން ބޭސް އަޅަން އަންނާނީ ކޮންމެ ދުވަހެއްގެ ވެސް ރޭގަނޑު ” އެނދުގައި އިށީންދެ އިން ލިއާނާގެ އަތައް ގުޅާފައިވާ އައިވީ ކެނިއުލާ ނައްޓަން ހުރި ނަރުހަކު ކިއައި ދެމުން ދިޔައެވެ. އެއިން ކޮންމެ ވާހަކައަކަށް ބޯޖަހަމުން ލިއާނާ ދިޔައެވެ.
“ކޮބާ ދަމާ..އޭތް އޭތް ލިއާ މަޑުމަޑުން” ޒެވިއަލް ދާން ހިނގާށޭ ބުނެލި ހިނދު ފުންމައިގެން އެނދުން ތެދުވި ލިއާނާ ދޮރާއި ދިމާލަށް ދުއްވައިގަތުމުން ޒެވިއަލް ތަންކޮޅެއް ބާރަށް ގޮވައިލިއެވެ.
“ދެންމެ އެނގޭ ދޫކޮށްލީ..އަނެއްކާ ބާއްވަން ބުނެފާނަން މަޑުން ނުހުރެވެންޏާ” ޒެވިއަލް ދެލޯ ހަނިކޮށްލުމުން ލިއާނާ ދެލޯ އަޅާލިއެވެ. ދެބެންގެ އަރާރުން ފެނި ފަހަތުގައި ހުރި އީވާ ވެސް ދިޔައީ ހެމުންނެވެ.
“މިތަނުން ސަލާމަތް ނުވެވިގެން އޮއްވަ ވިއްޔަ ލިއާ އެ ޑިސްޗާޖް ކޮށްލީ..” ލިއާނާ ހުރީ ތުން އޫ ކޮށްލައިގެންނެވެ. ލިއާނާގެ ޅަކަން ފެނި ޒެވިއަލް ގާތައް ހިނިއައެވެ.
“ދޮންބެ ކާރު ކުރީ ދުވަހުގެ ގެއިން ނަގައިގެން އުޅެނިކޮން ފުރޮޅަށް ގޮތެއް ވެގެން ގަރާޖަށް ލާފަ އައީ.. މިހާރު ނިމިގެން ގުޅައިފި.. އަރްކާން އެއޮތީ ބަލާ އައިސް.. ކާރުނަގައިގެން ދޮންބެ ގެޔަށް ދާނަން.. އީވް އާ އެއްކޮން ދޭ އެ ކާރުގަ” ބޭރަށް ނުކުމެފައި ޒެވިއަލް ބުނެލިއެވެ.
އަރްކާންގެ ނަން އިވިލި ހިނދު ލިއާނާގެ ހިތައް އެނގުން ވެލިއެވެ. ޒެވިއަލް ދަނީއޭ ބުނެ ހިނގައިގަތުމުން ލިއާނާ ނިތް އަރުވާލައިގެން ހުރެ ފަރާތް ފަރާތް ހޯދާލީ އަރްކާން ފެންނަ ހިސާބުގައި ހުރިތޯއެވެ. އެމީހުންނާއި މާދުރު ނޫން ހިސާބެއްގައި ޕާކު ކޮށްފައިވާ ކާރުގައި ލެނގިލައިގެން އަރްކާން ހުއްޓާ ފެނުމުން އޭނާއަށް ކަޅި ޖަހައި ނުލާ ބަލަހައްޓައިގެން ހުރެވުނެވެ. އެއްއަތުން ފޯނު ކަންފަތުގައި ޖަހާލައިގެން ހުރި އިރު އަނެއް އަތުން ކަޅުކުލައިގެ އަވިއައިނު އަނބުރާލަ ހުއްޓެވެ. ދުވަހަކީ ހުކުރު ދުވަސްކަމުން އޮފީހަށް ނުދާތީ އޭނާ ހުރީ ނުރަސްމީ ހެދުމުގައެވެ. ވަޅުފެހިކުލައިގެ އަތްކުރު ޓީޝާޓާއި ކަޅުކުލައިގެ ސޯޓުގައި ހުރި އިރު ނުހަނު ހިތްގައިމެވެ.
“އެހުރީ ދޮންބެ…ލެޓްސް ގޯ” ގެއްލިފައި ހުރި ލިއާނާއަށް ސިހުމެއް ލިބުނީ އީވާ އޭނާގެ އަތުގައި ހިފާ ދަމައިލުމުންނެވެ.
ލިއާނާއާއި އީވާ ކާރުގެ ކައިރިއަށް ހުއްޓުނުތަން ފެނި އަރްކާން ފޯނުބޭއްވިއެވެ. ލިއާނާއާއި ދިމާ ބަލައިލި ހިނދު ހުރީ އިސްޖަހާލައިގެންނެވެ. ނިތްކުރިން ފެށިގެން ވައަތްފަރާތު ކަންފަތާއި ހަމަޔަށް އަޅާފައިވާ ބޮޑު ބޭސްގަނޑު ފެނުމުން އަރްކާންގެ ހިތައް އުނދަގުވެލިއެވެ. ނަމަވެސް އެ ރީތިކަމަކަށް ބަދަލެއް ނާދެއެވެ. އިސްތަށިގަނޑު ދޫގޮތަކަށް އައްސާލާފައި ގެނެސް އޮތީ ކޮނޑު މައްޗަށް ދޫކޮށްލާފައެވެ. މޫނުމަތީގައި ވަނީ ތާޒާކަމެވެ. ހަތަރު ދުވަސްފަހުން ލިއާނާ ފެނުނު އިރު މިއަދު އާދަޔާއި ހިލާފަށް ގިނައިން ބެލިއްޖެކަން އޭނާ އަމިއްލައަށް ވެސް އިޙްސާސްވިއެވެ. ނަމަވެސް އެންމެ ފަހަރަކު ވެސް ލިއާނާ ބަލައިނުލުމުން މާޔޫސްކަމެއް ހިތައް ވެރިވެގަތެވެ.
“އެހެމް އެހެމް..ދޮންބޭ.. ލިއާ ގޮވައިގެން ދާންވީ އެންނު.. މިތާ ކައިރީގަ ހުންނަ އީވްގެ ފްރެންޑަކަށް ވިޒިޓް ކޮށްލާފަ ދާންވެގެން” ލިއާނާގެ މޫނަށް ކަޅި ޖަހައި ނުލާ ބަލަން ހުރި އަރްކާން ހުރިގޮތް ފނި އީވާގެ ގާތައް އައީ ހިންޏެވެ. އޭނާ ހުރިކަމެއް ވެސް އަރްކާންއަށް ހަމަ ނޭނގެނީބާއެވެ. އަރްކާން ހުރިގޮތުން ހީވީ ހަމަ އާވާރާ ވެފައި ހުރި އާޝިގެއް ހެންނެވެ. އަރްކާން ޖަވާބެއް ދޭންވާ އިރަށް އަވަހަކަށް އީވާ އެތަނުން ދުރަށް ދިޔައެވެ. އޭރުވެސް އޭނާ ދިޔައީ ހެމުންނެވެ.
“އީވް މަޑު ކޮށްބަ ދެން” އީވާ ދާން ފެށުމުން ލިއާނާ ގޮވާލިއެވެ. ނަމަވެސް ނުހުއްޓި ދުވެލާފައި ދިޔައީ އިރުކޮޅަކުން ގެޔަށް އެބަދަމޭ ގޮވާލާފައެވެ. ލިއާނާ ތުން ހަދާލައިގެން ހުރެ ބަލައިލިއިރު އަރްކާން އޭނާއާއި ދިމާ ބަލައިލިގޮތުން ހިތް ހިތްތެޅިލިއެވެ.
“އަރާ” އަރްކާންގެ އަޑު އިވިލުމުން ފިނިވެފައި ހުރެ އޭނާ ފަހަތު ސީޓު ދޮރުހުޅުވާލުމަށްފަހު އެރިއެވެ. ސީޓުގައި ބޯ އެޅިގޮތައް ގުޑުމެއް އަރުވާ ނުލާ އޭނާ އިނީ މާ ބޮޑަށް ބޯ ހެލުވުމުން އެނބުރުން އަރާފައި ހުރުމުންނެވެ.
“ކުރީ ސީޓުގެ ތެޅުވުން މަޑުވާނެ..”އަރްކާންގެ އަޑުއިވުމުން ލިއާނާއަށް ލޯ ހުޅުވާލެވުނެވެ. އަރްކާން ނުސީދާކޮން އެބުނީ ކުރީ ސީޓަށް އަރާށޭ ހެއްޔެވެ. “މިހާރު ކީއްކުރަންތަ މާ އަޅާލާކަމަށް ހެދެނީ ހުއް.. އެންމެން އެވަރަށް ވިޒިޓް ކުރިއިރުވެސް ގޮވާލަން ވެސް އައީ އެއްނޫނޭ.. އައި ނޯ ވީ އާރ ކައިންޑް އޮފް އެނިމީޒްކަން..ސްޓިލް ދުޝްމަނުން ބަލިވުމުން އެޓްލީސްޓް ދެއްކެން ނަމަވެސް ދިޔަނަމަ…މަށެއް ނޫޅެން ދާކަށް ކުރީ ސީޓަކަށް..މަމިއުޅެނީ މޮޔަވެގެންނެއް ނޫނޭ.. އަދި ބުނެފިއެއްނު މަޑު ވާނެ އޭ.. މަށައް ހެޔޮ ސްޕޮންޖާއި ވެލްވެޓް ޖަހާފަ ހުއްޓަސް މަށެއް ނާރާނަން” ބަނޑައް އިވޭ ވަރަށް ލިއާނާ ތަޅުވާލި އިރު އިނީ މޫނު ހަދައިގެންނެވެ. އަރްކާން ބުނި އެއްޗެއް އިވޭ ކަމަށް ވެސް އޭނާ ނުހެދިއެވެ. އަނެއްކާ ވެސް ސީޓުގައި ބޯ އެޅިގޮތައް ލޯ މަރާފިއެވެ.
“ހޫންން..ކުރިއަށް ނާރަން ދޯ ތި އިންނަނީ…ބަނޑަށް އިވޭ ވަރަށް ވާހަކަ ދެއްކިއަސް އަދި މަށަކަށް ނީވޭނެ” ދެލޯ މަރައިގެން އޮވެ ވެސް އަރްކާން ވާހަކަ ދެއްކި އަޑައް ލިއާނާ މޫނަށް ޖައްސާލި ވައްތަރުން އޭނައަށް ހޭން ނުފެށުނީ ކިރިޔާއެވެ. ވަރަށް ހިތްވަރުން އަނގަމަތީގައި އަތް އަޅައިގެން އިނދެ ކޮންޓްރޯލް ކޮށްލިއެވެ. އޭނާ ދިޔައީ ލޯގަނޑުން ލިއާނާ އުޅޭ ހުރިހާ ގޮތެއް ބަލަމުންނެވެ.
ކާރު ދުއްވާލި އިރު ވެސް ދެމީހުން ކުރެން އެކަކު ވެސް އަނގައިން ބަހެއް ނުބުނެއެވެ. ލިއާނާ ދެލޯ މަރައިގެން އޮތް ނިދެމުން ދަނިކޮން ރައިހާ ގުޅިއެވެ. ނިދި މޯޅީގައި ހުރެ ކޯލް ނަގަން އުޅުނު ހިނދު އޭނާއަށް ލެވުނީ ސްޕީކަރަށެވެ.
“އޭން ރޭގަ މަ ބުނި ބްލައިންޑް ޑޭޓްއަށް ރެޑީ ދޯ އެހެންވީމަ” ކުއްލިއަކަށް ކާރުތެރޭގައި ގުގުމައިގެން ދިޔަ ފޯނުގެ އަޑު އިވި އައިސް ހުރި ނިދި ފިލާ މުޅި ކުއްޖާ ކޮޅަށް ޖެހުނެވެ. ތެޅިގަނެފައި އަވަސް އަވަހަށް ފޯނު ކަނޑާލަން އުޅެގަތް ވަގުތު ދެން ވީ އަދި މާދެރަ ގޮތެކެވެ. ކަޅި ޖަހާނުލާ އޭނާގެ މޫނަށް ބަލަހައްޓައިގެން އިން އަރްކާން ފެނި މާ ބާރަށް ތެޅިގަތުމުން ފޯނު މައްޗަށް އެރިގޮތައް ގޮސް ޖެހުނީ ކުރީ ސީޓަށެވެ. އެ ކާރުގައި ފަހަތު ސީޓު އިންނަ ގޮތުން ފަހަތުގައި އިނދެފައި ކުރީ ސީޓަށް އަތް ފޯރުވުމަކީ ވެސް ފަސޭހަކަމެއްނޫނެވެ.
“ލިއާ އޭ އެއްޗެކޭ ބުނެބާ.. ހީ ސެއިޑް ހީ ރިއަލީ ލައިކްސް ޔޫ އޯ” ރައިހާގެ ދެވަނަ ޖުމްލަ އިވުނު ހިނދު ލިއާނާ އަނގަމަތީގައި އަތް އެޅިއެވެ. އޭރު އެމީހުންނަށް ތިބެވުނީ ބޭރު މަގުގައި ކަމުން އެއްފަރާތަކަށް އަރްކާން ކާރް ޕާކް ކޮށްލިއެވެ. އަރްކާން އެ ފޯނު ނެގިތައް ފެނި ލިއާނާގެ ދެލޯ ބޮޑުވިއެވެ. ބަލާކަށް ނުހުރެ ފަހަތު ސީޓު ދޮރު ހުޅުވާލާފައި ބޭރަށް ނުކުމެ ގޮސް ބާރަކަށް ކުރީ ސީޓް ދޮރު ހުޅުވާލާފައި އެތެރެއަށް ދެމިގަތެވެ. ބޮލުގައި އިން ޒަހަމް ގަނޑަކަށް ވެސް ފަރުވާލެއް އިންހެނެއް ހިޔެއް ނުވެއެވެ.
“ގާލް އީޒީ” ފޯނު އަތައް ނަގައިގެން އިނދެ މިއުޓްއަށް ލާފައި އަރްކާން ގޮވާލިއެވެ. އެއްވެސް އަސަރެއް ނުދައްކާ އިން ނަމަވެސް އޭނާ ނުހީ ކޮންޓްރޯލް ކުރަމުން ދިޔައި ނުހަނު ގަދަ ހިތްވަރުންނެވެ. ފޯނު ޖަހައިގަތުމަށް ލިއާނާ އަތް ފޯރުވަމުން ކުރަމުން ދިޔަ މަސައްކަތް ފެނި އޭނާ ގާތައް ހައްތަހާ ހިނި އަންނަ ގޮތްވިއެވެ.
“ގެންނަން ވީ..ތީ މަގޭ ފޯނު” އަރްކާން ފޯނު ނުދޭންވެގެން އަތް މައްޗައް ހިއްލާލަމުން ލިއާނާ ރުޅިގަދަވެފައި ހުރެ އެ އަތުލުމަށް މަސައްކަތް ކުރަމުންދިޔައެވެ. އަރްކާންގެ ގައިގާ އަތްލަން ނުކެރޭތީ ފޯނު އަތުލުންވެސް ވެސް އިންތިހާއަށް އުނދަގޫ ކަމަކަށެވެ.
“ލެޓް މީ ހޭވް ފަން ލިލް މަޗް” އަރްކާން ބުނަން ބޭނުންވި އެތި ބުނެލާފައި ފޯނު އަންމިއުޓް ކޮށްލާފިއެވެ.
”ކުއްޖާގަނޑާ ވާހަކަ ދައްކާށޭ.. ލިއާ މާ އިނޮސެންޓް ވެގެން އަނގައިން ބަހެއް ބޭރު ނުކުރަން އިންނާނެކަމެއް ނެތް… އެސޮރާއި އެއްކޮން ޑޭޓްއަށް ދާން ޖެހޭނީ އެނގޭ.. ލިއާނާ ބަޓޫކްއަށް އެންމެ ކަމުދާ ކަހަލަ ހޮޓް ސޮރެކޭ އެއީ.. ޔޫ ރޭގަ އައި ކައިރީގަ ބުނީމެންނު ޕޮއިންޓެއް..އެ ޕޮއިންޓް ވެސް އެ ސޮރު ކައިރީގަ ބުނިން.. ޔޫ ސެއިޑް ދިސް.. އެންމެ އަވަހަށް އަހާ މީހަކާއި އިނދެގެން ގޮސް ދަރިއެކޭ ދެން ހޯދާނީ.. ” ދެން ރައިހާ އެންމެ ފަހުން ބުނެލި ޖުމްލަ އަހާފައި ތޫލި އަޑަކުން ލިއާނާ ހަޅޭއްލަވައިގަތެވެ. މުޅި ކުއްޖާ ރަތްވެގެން ދިޔައިރު ގަތް ލަދުން އިސް އުފުލާލަން ވެސް ނުކެރުނެވެ.
”ހަމަ މިހާރު ތި ފޯނު ކަނޑާލާ” ލިއާނާ ހަޅޭއްލަވައިގަތުމުން އަރްކާން ފޯނު ކަނޑާލިއެވެ. އޭނާ ބަލައިލިއިރު އިސްޖެހިގޮތައް ލިއާނާ އިނެވެ. ލިއާނާއަށް ވެފައި އިންގޮތުން އޭނާގެ އުނގުމައްޗަށް ފޯނު ވައްޓާލަމުން އަރްކާން އަނެއްކާ ވެސް ކާރު ދުއްވާލިއެވެ. އޭރުވެސް އެތެރެއިން ހީހީ ގޮސް އަރްކާން އިނީ ބަލިވެފައެވެ.
”މްމްމް އެންމެ އަވަހަށް އެހިމީހަކާ އިނދެ ދަރިއަކު ހޯދުން..ނޮޓް ބޭޑް” ލިއާނާއަށް އިވޭ ވަރަށް ބުނެލި ހިނދު ލިއާނާ ކަޅި އަލާއިގަތެވެ.
މާ ބޮޑަށް ލަދުގަތުމުން އޭނާ އިނީ ރޮވެން ކައިރިވެފައެވެ. އެއީ އަބަދުވެސް ހާލަތެވެ. ކޯތާފަތްމަތިން ކަރުނަތިކި ފޭބި ހިނދު އަތުގެ ނުފުށުން އަވަހަކަށް ފުހެލިއެވެ.
ލިއާނާގެ ހުރިހާ ހަރަކާތަކަށް ފާރަވެރިވެގެން އިނުމުން އަރްކާންއަށް ލިއާނަގެ ދެލޮލުން ފޭބި ކަރުނަތިކިތައް ވެސް ފެނުނުނެވެ. “އޭމް އައި ގޯން ޓޫ ފާރ” ތުންފަތުގައި ދަތް އަޅައިލާގެން އިނދެވުނީ މާފަށް ވެސް އެނދެން ނުކެރިފައެވެ.
ގޭގެ ގޭޓްގެ ތެރެއިން ކާރު ވައިން އިރު ތަންކޮޅެއް ދުރުގައި ގޭގައި ގެންގުޅޭ މީހަކާއި ދިނާޔާ ގަހެއް އިންދުމުގައި އުޅޭތަން ފެނުމުން އަވަސް އަވަހަށް މޫނު ސާފްކޮށްލަމުން ފޯނުގެ ކެމެރާއިން މޫނު ރަނގަޅުތޯ ލިއާނާ ބަލައިލިއެވެ.
“އަމް ސޮރީ” އަރްކާންގެ އަޑު އިވުނު ނަމަވެސް އަޅައިލުމެއް ނެތި ލިއާނާ ކާރުން ފޭބިއެވެ. ލިއާނާގެ އެ އަމަލުން އަރްކާންގެ ހިތައް ވަރަށް އުނދަގުވިއެވެ.
ބާރުބާރަށް ހިނގާލާފައި ލިއާނާ ގެޔަށް ވައިން އިރު ސޯފާގައި އިން ރައިހާ ފެނުމުން އެދިމާލަށް ދިޔައީ ފުންމައިގެންނެވެ. ކުއްލިއަކަށް އޭނާ ފެނުމުން ރައިހާ ދިޔައީ ވެސް ސިއްސައިގެންނެވެ. އެކަމަކާއި ހުރެ ހަޅޭއްވެސް ލަވައިގަނެވުނެވެ.
“ބިކޯޒް އޮފް ޔޫ އައި ގޮޓް ސްޕޮއިލްޑް ބިޗ*” ލިއާނާ ހުރީ ދެލޯ އަޅާލައިގެންނެވެ. ރައިހާ އެއްޗެއް ބުނަން އުޅުނު ހިނދު ގޭތެރެއަށް ވަދެގެން އައި އަރްކާންފެނި ހުއްޓުނެވެ.
“ޔޯ ބޭގްސް” އަރްކާން އަތުގައި ހުރި ކޮތަޅުތައް ގެނެސް ސޯފާގެ މަތީގައި ހުރި މޭޒުމަތީގައި ބަހައްޓާފައި ދިޔައެވެ.
“އޭންން ލިއާ.. ތިއައީ އޭނަ އާ އެއްކޮންތަ” ފާޑަކަށް އަނގަނަގައިން އިނދެ ރައިހާ އަހައިލިއެވެ. އެ ސުވާލުން ރައިހާގެ ގައިގާ ލިއާނާ ވަރުގަދަ ބޮނޑިއެއް އަޅާލިއެވެ.
“އައްދިއްޔޯއި.. އަނިޔާ ނުކޮށްބަލަ ކުއްޖާގަނޑާ… ތަދޭ ވީ” ލިއާނާ ޖަހާލި ތަނުގައި ފިރުމަމުން ދިޔަ ރައިހާ ފައިން ލިއާނާގެ ފައިގާ ޖަހާލިއެވެ.
“ތިޔަށް މިކުރި ވަރު ކުޑައޭ..ކިޔަންތަ ވީގޮތް” ދެންމެގެ ހާދިސާ ލިއާނާ ކިއައިދޭން ފެށުމުން ރައިހާގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. ލިއާނާ ކިއައިދޭ ގޮތުން އަދިން ވަކިން މަޖާވިއެވެ. ލިއާނާ ރުޅި ގަދަވެފަ ހުރިވަރުން މިއަދު ވާހަކަ ދެއްކުނީ ވެސް އެހެންޏާއަށް އަށްވުރެން ސްޕީޑް އަވަސްކޮންނެވެ.
“ވެއިޓް ބުރޯ ޔޫ ކްރައިޑް އޭތަ ތިބުނީ ދެންމެ ކާރުގަ…އީވެން ހީ ސެއިޑް ސޮރީ ސްޓިލް ޔޫ ކްރައިޑް.. ވަޓް އަ ޖޯކް ބަޓޫކޫ…ހަހްހަހާ..” ލިއާނާއަށް ރޮއެވުނު ވާހަކަ ބުނެވުނު ހިނދު ރައިހާއިނީ ހީ ހީ ބަނޑަށް ތަދުވެފައެވެ.
“ތިހެން ނުކިށޭ… މަ އަލަށް ފެނުން ދުވަހުން ފެށިގެންނޭ އެހެން ތިކިޔަނީ..މިހާރު ހުއްޓަން ވެއްޖެ އެންނޫން ތަ.. ދެން ބުނެބަލަ މަ އޭނާ އާއި ފޭސް ކުރާނެ ގޮތެއް.. ލަދުން ބޯހަލާކޭ މީނދަ އަންހެނާޔާ” އެ ހާދިސާ ހަނދާން ވީ ވީހެން ލިއާނާ ލަދުގަންނަމުން ދިޔައެވެ. އެއިން ކޮންމެ ފަހަރަކު އޭނާގެ އަތުގެ ހަމަލާއެއް ރައިހާއަށް ދެއެވެ.
“ދެންމެ ވެސް ތި ފޭސް ކުރީނުން… އެހެންނޫނަސް އެއީ އެވަރުކަމެއްތަ… މަ ދަންތަ ބުނަން ލިއާ އެބަ އުޅެއޭ ވަރަށް މިސްވެގެން” ރައިހާ އެހެން ބުނެލި ހިނދު ލިއާނާ ކަޅިއަޅައިލިއެއެވެ. ރައިހާގެ ހުނުން ވީ ހައްތަހާ އިތުރެވެ.
****
ކޮޓަރިއަށް ވައިން ގޮތައް ޒެވިއަލް ޖެހިގަތީ އެނދުމައްޗަށެވެ. ފާއިތުވި ހަތަރު ދުވަހު ރަނގަޅަށް ނުނިދާ ހުރެވުމުން އޭގެ ކަންތައް ދިޔައީ އޭނާއަށް ފެންނަމުންނެވެ. ބޮލުގައި ރިއްސަން ފެށުމުން އެނދުން ތެދުވެ ބޭސް ގުޅައެއް ކާލިއެވެ. ލާފައިހުރި ޓީޝާޓު ގައިން ވަކިކޮށްލާފައި އަނެއްކާ ވެސް އެނދަށް އެރިއެވެ. ނިދިއައިސް ހުރި ނަމަވެސް ނިދައިފިއްޔާ ނަމާދަށް ނުދެވިދާނެކަމުގެ ބިރަށް އަނެއްކާ ވެސް ތެދުވެ ބާލީހެއް ނަގާ ބުރަކަށި ދަށައް ލައްވާލައިގެން އެނދުގެ ހެޑްބޯޑުގައި ލައްވެގަތެވެ.
ފޯނު ނަގައި އޭނާ ހުޅުވާލީ ވަކި އެއްޗެއް ބަލާކަށް ނޫނެވެ. ނަމަވެސް ވައިބާއިން އަރްކާން އިރުކޮޅެއް ކުރިން ފޮނުވާފައި ހުރި ޑޮކިއުމަންޓް ތަކަކަށް އޭނާގެ ނަޒަރު ހުއްޓުނެވެ. އޭގައި ހުރީ އެސް އެން ވީ އަދި ސޭޖް އެސް ކުންފުނީގެ ރެޖިސްޓްރީގެ ކޮޕީތަކެވެ.
ސޭޖް އެސްގެ ފައިލްތައް ބަހައްޓާފައި އޭނާ ސަމާލްކަން ދަމައިގަތީ އެސް އެން ވީ ގެ ސާމާނަށެވެ. އެ ޑޮކިއުމަންޓްގައި މާކަ ބައިވަރު މައުލޫމާތެއް ނެތެވެ. ނަމަވެސް ފެންނަން އިން ނަމަކުން އޭނާއަށް ނިތް އަރުވާލެވުނެވެ.
“ކުންފުނީގެ ނަން އެސް އެން ވީ.. ކުންފުނީގެ ވެރިޔާ އެފް އެސް.. ވަޓް އިޒް ދިސް” ޒެވިއަލްއަށް އަނގަ ހަދާލެވުނެވެ.
“މިވެސް ދެން ނަމެއްތަ..ކޯއްޗެއް ތަ މީގެން މި ދޭހަ ވަނީ.. ރެޖިސްޓާ ނަމްބާރ އެއް އިންކަން ވެސް ނަސީބު..” ފަހަރަކު އެއްޗެއް ހާވަމުންދަނިކޮން އެމީހުންނާއި ގުޅޭނެ ނަންބަރަކާއި އެޑްރެސް އެއް އިނެވެ. އެތަކެތި ފެނުމުން ހިސާބެއްގެ ފިނިކަމެއް ހިތައް ލިބުނެވެ.
“ބޮޑު އަރަތަކަށް މިކަންތައް ވެސް މިވީ.. ޔަގީނުންވިއްޔާ މިވެސް އެމީހުންގެ މީހެއް…ނަން ދެނެގަނެވިދާނެތީ ޖަހާފަ އިން ނަމެއް މީ.. ގޯހެއް ނޫން…މިބަޔަކު ހޯދާފަ ނޫނީ ނުހުއްޓާލާނަން.. ދެން އަނެއްކާ ދާންވީ އަރްކާން ހޯދާކަށްނު…މިކަމަކާއި ހުރެ ދުވަހަކު ވާހަކަ ނުދައްކަން ހުރި އިންސާނަކާއި މިހާރު މިޖެހެނީ ޥާހަކަ ދައްކަން” އަނެއްކާ އެނދުގައި ހަމަޖެހިލީ އިރުކޮޅަކު އަރާމްކޮށްލަން ހިތައްއަރުވާފައެވެ.
****
ބާރު ހިނގުމުގައި ގޭތެރެއަށް ވައިން ނަސްރާގެ ދެއަތުގައި ބަރާކޮށްފައި ހުރި ކޮތަޅުތައް ހިފައިގެން އައި ގޮތައް ޖެހިގަތީ ލިވިންގްރޫމުގައި ހުރި ސޯފާތަކުން ސޯފާއަކަށެވެ. ސޯފާގެ މަގަތުގައި ހުރި ކުޑަ މޭޒުމަތީގައި ބެހެއްޓިފައި ހުރި ޓިޝޫފޮށިން ޓިށޫއެއް ނަގާ އޭނާގެ ދޮން މޫނުމަތީގައި ބަބުޅަމުންދިޔަ ދާތިކިތައް ފުހެލިއެވެ.
“މާޒު..މާޒޫ” އެހެން އިނދެފައި އޭނާގެ ބޮޑާ ހަރުކަށި އަޑުން ނިކަން ބާރަށް ގޭގައި މަސައްކަތު މީހެއް ކަމުގައިވާ މާޒްއަށް ގޮވަންފެށިއެވެ. އޭނާއަށް ގޮވާތާ އިރުކޮޅެއްފަހުން އޭނާ އައެވެ. މާޒުގެ މޫނުމަތިން ފެންނަމުންދިޔައީ ނުތަނަވަސް ކަމެވެ.
“ކަލެއަށް ގޮވާތާ ބައިގަޑިއިރު ފަހުން ދޯ މިހާރު ތިޔަ އާދެވެނީ..” ނަސްރާގެ މޫނުމަތީގައިވި ރުޅިވެރިކަން އަޑުން ވެސް ދިޔައީ ދައްކަމުންނެވެ.
“އަހަރެން ބަގީޗާގާ ހުންނަނީމާ ދައްތަ ގޮވަނީ..އަހަރެން އަވަސް އަންނަނީ..މާފްކުރަނީ” މާޒް އިސްޖަހައިލައިގެން ހުރެ އަދަބްވެރިކަމާއި އެކުބުނެލިއެވެ. ނަސްރާ ފުސްމޫނު ހަދާލައިގެން އިނދެ ފެންތައްޓެއް ގެނައުމަށް އަމުރުކޮށްލިއެވެ. މާޒް ދުވެފައި ކަހަލަ ގޮތަކަށް ކާކޮޓަރިއާއި ދިމާލަށް ދިޔައެވެ.
“މި ބަންގާޅީންނެކޭ ރާއްޖެތެރެ މީހުންނެކޭ ތަފާތެއް ނުހުންނާނެ..ކަންޖޫސީ ވާނެ އެއްވަރަށް.. މަގެއް މައްޗަށް ނުކުތަސް އެވެރިންގެ ވަބާ ނިކަން ބޮޑު ވާނެ.. ގައިން ދުވާ ވަހުން ވެސް ނޯށްދަމާލަން ނުކެރޭނެ.. މި މާޒު މެން ވެސް ކަންކަމުގައި ހޭޑެއް ފޭޑެއް ނުހުންނާނެ.. ފެން ހިފައިގެން އައި އިރު އެއައީ ތަބަކަކަށް ވެސް ނުލާ.. އަލުން ދޭ އެހެން ތައްޓެއް ހިފައިގެން އަންނަން” ބަދިގެ އިން ނުކުމެގެން މާޒު އަންނަތަން ފެނުމުން ނަސްރާ ހަޅޭއް ލަވައިގަތް ގޮތުން އެފަކީރު ބިރުން އަލުން އަނބުރާ ގޮސް އައީ ތަނބަކެއްގައި ފެން ހިފައިގެންނެވެ.
”މަންމާ ހާދަ ވަރެއް އެސޮރަށް އަރުވާލާ ދުވަހެއް” ނަސްރާގެ އަޑަށް ގެޔަށް ވަދެގެން އައި ޝަވަން ވެސް ގޮސް ހުއްޓުނީ ލިވިންގް ރޫމަށެވެ.
“ހަޅޭއްލަވާ ވަރު ކުޑައޭ އަދި…ތިއެއް ނޫނޭ ކޮބާ ކައިވެނީގެ ކަންތައް ކިހާ ހިސާބެއްގައޮތީ” ޝަވަން ފެނުމުން ނަސްރާގެ މޫޑުވެސް ވަގުތުން ބަދަލްވެއްޖެއެވެ. ހިނިއައިސް އިންވަރުން ނުފެންނަ ދަތެއް ވެސް ނެތެވެ.
ނަސްރާގެ ސުވާލުން ޝަވަންގެ މޫނަށް ވެރިކޮށްލީ ހުސްކަމުން ފުރިފައިވާ ހިނިތުންވުމެކެވެ. އެހިނިތުންވުމުން ނަގަންވީ މާނަ ނޭނގުނު ނަމަވެސް ނަސްރާވެސް ހީލިއެވެ.
އެވަގުތުވީ ހަމްދީ ވެސް ގެޔަށް އައިސް ވައިން ވަގުތެވެ. ދެމީހުން އިތުރަށް އެވާހަކަ ނުދައްކާ ވާހަކައިގެ މިސްރާބު ބަދަލްކޮށްލިއެވެ.
“ޝަވަން ކޮންއިރަކުންތަ ސޭމް އަންނަނީ.. މެޑްރިޑް އިން އައިސް ހަފްތާއެއްގަ މިކޮޅުގަ މަޑުކޮށް ލަންޑަނަށް އެދިޔަ މީހާ އަންނަން އުޅުނިއްޔެއް ވެސްނޫނޭ..” ކަރުގައި އަޅާފައި އޮތް ޓައީ ބާލަމުން ހަމްދީ ކުރި ސުވާލަށް ޖަވަބު ދިނުމުގެ ބަދަލުގައި އޭނާ ބަލައިލީ ނަސްރާގެ މޫނަށެވެ.
“އަންނާނެ ކަންނޭގެ ހަފްތާ އެއްވަރު ފަހުން.. ކުރީ ރޭ އެކަހަލަ އެއްޗެއް ބުނި” ޝަވަން ޖަވާބެއް ނުދީ އިންނަން ފެށުމުން ނަސްރާ ފާޑަކަށް އިނދެ ބުނެލިއެވެ. ހަމްދީ ވެސް އިތުރު އެއްޗެއް ނުބުނެ އެހެންހޭ ބުނެ އެތަނުން ދިޔުމުން ޝަވަން އަނެއްކާ ވެސް ބަލައިލީ ނަސްރާއާއި ދިމާލަށެވެ.
“ބައްޕައަށް ޝައްކު ނުވާނެ ދޯ” ނަސްރާ އަހައިލީ ޔަގީން ކުރަން ބޭނުންވެފައިވާ ފަދައަކުންނެވެ. ޝަވަން ޖަހައިލީ ބޮލެވެ. އިތުރަށް އެއްޗެއް ނުބުނެ އެތަނުން ޝަވަން ދިޔައެވެ.
***
ޒެވިއަލް އިނީ އަލާރާގެ ކޮޓަރީގެ ބެލްކޮނީގައެވެ. ކޮފީ މޭޒުމަތީގައި ހުރި ލެޕްޓޮޕުން ކިޔައިވައިދެމުން ދިޔަ ކްލާހަކަށް މިރެއަކު އޭނާގެ ސަމާލުކަމެއް ދެވޭވަރެއް ނުވިއެވެ. އޭނާ ކިޔަވަން އިން ކަން އެނގިގެން ދިނާޔާ އިރުކޮޅެއްކުރިން ގެނެސްދިން ކޮފީ މަގު ވެސް ހިހޫވެއްޖެއެވެ. ޒެވިއަލްއަށް އޭގައި ވެސް އަތްލެވޭ ވަރެއް ނުވިއެވެ. ކަޅިޖަހައިނުކާ އޭނާއަށް ބެލެމުން ދިޔައީ ނިދިފައި އޮތް އަލާރާގެ މޫނަށެވެ. އެނދު އިންނަނީ ބެލްކޮންޏާއި ދިމާލަށްކަމުން މިރޭ އެ ދޮރު ކަހާލާފައި ހުރުމުން ހުރަހެއް ނެތި އަލާރާ ފެންނަމުންދިޔައެވެ. ކަރާއި ހަމައަށް ބޯ ކްއިލްޓް އަޅާލައިގެން އޮތް އިރު ފެންނަނީ ހަމައެކަނި މޫނުކޮޅެވެ. އިސްތަށިތައް މޫނުގެ ދެފަރާތުން ގޯނާކުރަމުން ދިޔައިރު އަލާރާ ވަނީ ފުން ނިދީގެ ތެރެއަށް ގެނބިފައެވެ.
އެހެން އިނދެފައި ޒެވިއަލް ތެދުވެގެން ގޮސް ހުއްޓުނީ އަލާރާގެ އެނދާއި ފޫޓެއްހާ ދުރުގައެވެ. އެހާކައިރިން އެ ރީތި ފެނުމުން ބީހިލަން ހިތް އެދެންފެށިއެވެ. އޮމާން މޫނުކޮޅުގައި ކޫރުމެއް ވެސްނެތެވެ. ރަތް ތުންފަތް ނިދީގައި އޮވެ ތަޅުވާލާ ގޮތަކުން ވެސް ލޯބިން ހިތް ފުރިދެއެވެ.
“ސޯ ބިއުޓިފުލް” އަތް ހިއްލާލުމަށްފަހު އަލާރާގެ ކޯތާފަތައް ގޯނާކުރަމުން ދިޔަ އިސްތަށިކޮޅުތައް ޒެވިއަލްގެ އަތުން އެއްފަރާތް ކޮށްލަ ދިނެވެ. އެވަގުތު ޒެވިއަލްގެ އިނގިލތަކުގެ އިހްސާސްވެގެން އަލާރާގެ ދިގު އެސްފިޔަތައް ތަޅުވާލިތަން ފެނިގެން އަވަސް އަވަހަށް އިންތަނުން ތެދުވެގެން ގޮސް ބެލްކޮންޏަށްވަނެވެ. އަލުން ސޯފާގައި އިށީންދެލާފައި އަނެއްކާވެސް އަލާޜާއާއި ދިމާ ބަލައިލިއެވެ. ރަނގަޅަށް ނިދިފައި އޮތްތަން ފެނި ޒެވިއަލްގެ ހިތައް ހަމަޖެހުން ލިބުނެވެ. އޭނާގެ ތުންފަތުގައި ފެވިލީ ރީތި ހިނިތުންވުމެކެވެ. ހިތުގެ އެންމެ ހިމަ ނާރާ އެ ރީތިކަން ކުޅެމުންދަނީ އަޖައިބެއްފަދަ ގޮތަކަށެވެ. އަންހެންކުއްޖަކާއިމެދު ނުވެސް ވިސްނާ ހުއްޓާ އަލާރާ ފުރަތަމަ ފެނުން ދުވަހުން ފެށިގެން ޒެވިއަލްގެ ހިތައް އެނގުންވެލިއެވެ. ހިތުގައި އުފެދެމުންދިޔަ ޖަޒުބާތުތައް އެއްދުވަހަށް ވުރެން އަނެއްދުވަހު ދަނީ ކުރިލާ ހެދެމުންނެވެ. އަލާރާގެ ކުރިމަތީގައި ގިނަ ވަގުތު ހުންނަން ޖެހުމުގެ ނަތީޖާއަކަށް ވީ އެހުރިހާ އިހްސާސްތަކެއް އިތުރަށް ފުންވެގެން ދިޔުމެވެ.
މާގިނައިރެއް ނުވެ ކްލާސްވެސް ނިމުމުން ލެޕްޓޮޕް ލައްޕާފައި ގަޑި ބަލައިލި ހިނދު ދިހަ ގަނޑިބައެވެ. ”ހާދަ އަވަހަކަށް މިރޭ މި ނިދީ.. އެހެންޏާ މީ ހަމަ ހޭލާ އުޅޭގަޑިއެއް..”ޒެވިއަލް ފޯނު ނަގައި ސޯފާގައި ރަނގަޅަށް ހަމަޖެހިލިއެވެ. އެހެންއޮއްވާ އަރްކާންގެ މަތިން ހަނދާންވިއެވެ.
“މިގަޑީގަ ދާންވީ ކަންނޭގެ އެވާހަކަ ދައްކާލަން” ބެލްކޮނީގެ ދޮރު އެތެރެއިން ތަޅުލުމަށްފަހު ޒެވިއަލް ބޭރަށް ނުކުމަތެވެ. ،ލިވިންގްރޫމަށް ނުކުމައިން އިރު އަރްކާން ފެނުމުން ޒެވިއަލް އެދިމާލަށް މިސްރާބުޖެހިއެވެ.
“ނީޑް ޓް ޓޯކް” ފޯނަށް ގެއްލިފައި އިން އަރްކާންއަށް ޒެވިއަލްގެ އަޑު އިވިގެން އިސްއުފުލާލިއެވެ ބުނާށޭ ބުނާފަދައަކުން ބޯޖަހައިލިއެވެ.
“ވަޓް އިޒް ދިސް”ޒެވިއަލް ފޯނު ނަގާފައި ދައްކާލީ ސެން އެން ވީ ކުންފުނީގެ ރެޖިސްޓާއެވެ.
“ތިކަމާ މިހާރު ވެސް މިއުޅެނީ.. ތިންފަހަރަށް ބަލާފި މަ ބުނެގެން..ހަމަ އެތަނުގެ ރެޖިސްޓާ އިންނަނީ ތިހެން.. ވަގު އެއްޗެއްގެ ގޮތުގަ ވެސް ލޭބަލް ކުރެވޭކަށް ނެތް.. ބިކޯޒް އެޑްރެސް އިޒް ދެއާ ޕްލަސް ކޮންޓެކްޓް ޑީޓެއިލްސް..” އަރްކާން ކިއައިދިނެވެ.
”ދެން ، ސަންޑޭ ވާން ވާއިރަށް މިކަމުގެ ޑީޓެއިލްއެއް ނުލިބިއްޖެޔާ ދާނީ ސްޓޭޝަނަށް…ޒެވިއަލް ބުނެގެން އެކޮޅަށް ގުޅައިގެން ވެސް އެއްވެސް ކަމެއް ހޯދަން ނޫޅެ މަ މިހުންނަނީ.. އެދުވަހުން އެތަނަށް ދިޔައީމަ ދެން އެކޮޅުން ދޭ ޖަވާބަކުން މި އެޑްރެސް އަށް ދާނީ” އަރްކާން އިތުރަށް ބުނެލިއެވެ.
އޭނާ ކިއައިދެމުން ދިޔައިރު ޒެވިއަލް ދިޔައި ބޯޖަހަމުންނެވެ. ނަމަވެސް އޭނާގެ ހިތުގައި ވަނީ އެހެން ޕްލޭނެކެވެ. އެކަންތައް އޭނާ ކުރާނީ އަމިއްލައަށެވެ. އަރްކާން ގާތުގަ އެހެން ބުނެފި ނަމަ ޔަގީނުން ވެސް ހުރަސް އަޅާނެއެވެ.
***
(ނުނިމޭ)
****
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.





Heyonuvaane heeheee halaaku mithiba dhemyhun ulhey gothakhn😭😭😭🤣🤣🤣🤣🤣🤣
Badugai rihsaa ganehje
Vvvv reethi cant wait next part ah. ❤️
Ekamaku vaa car scen thoh😂😂😂😂😂😂😂😂
Why raiha is too funny😭🤣🤣
Lia aa arkan ves mi ajaibeh kahala dhemyhun eba thibi yennu adhi rulhi aisgen 🤣🤣
I love the way you described all those scenes and scenary
Zev and ala 🔥❤️❤️❤️
Just know insta story fenunu
Hama mivaguthun miaee… nuhaaru wednesday ah keh nulavaafi😭😭 cNt wait hama😭
What the🤣🤣🤣 heehee gos halaaku vevey eba
Varah salhi igey mi part ves .. nexttt part ah inthizaaru
Lots love from me
Vrh reethi mi part annora you are the best
One of my fav eh hama
🥲❤️❤️
Masha Allah 😍 vrh reethi mi part ves ☺️ when’s next curiously waiting for the next part keep it up ❤️ LYSM 🫶🏻
😭😭😭🤣🤣🤣🤣🤣🤣🤣🤣
Alhe heehee baduga rihsaa eba🤣🤣🤣
Hama heevi i ah ves edhenyhunnaa ekkon car ge thereyga thibevun hen🤣🤣
Ypu the best best and always my fav ✍️ author
Love you bigg avahahah up kihla dheythi next ves🥰💚💚💚
Vvv reethi
Next part when?
Saamiu aa nasra adhi shavan ah v suspect kurevey
Idk why i felt hamdhee ia innocent ey
And zev and lia part was too hilarious 😆😂 cant wait to read next💕💕💕🫂
Lots and lots of love from ishwa💕
Mashah arkan
Too handsome sahaadhai
Handsome and tall ahhhh🤩🤩🤩
Again ekkala manje 🤣🤣 meena ey comment section ga arkan athulan ves ulhuny🤣🤣🤣
U can have jungkook and i can have arkan 🤭🤭❤️
Nooo nulibeyne arkan ey
He is mine 😭
Wow haadha reechey mi part vx thanks annss avavahah up kndheythy
Hope next partves kiyaalan libeyne kamah v avahah
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Wow…🤩🤩🤩 Mi part wex warah reethiii…. Laughing so hard after the car scene🤣🤣🤣🤣
Next part kiyrrr hithun mihaar hurewenii ehves nooney
Avas kohla dhehcheh fav 💙💙
Hurihaa kudhin heylaigen migadeega dho mi vaahaka kiyany
Heheh not bad
Masha Allah mi part vx vrh reethi ❤️
When’s next part??
Curiously waiting for the next part 🙂
Avahah up kohla dhehcheyy ingeyy…
Can’t wait..
You are one of my fav author
Keep it up 👏
vrh reethi mi part ves
raihaa and liyaana ulhun goeh kiyaafa hama heveny
alaara and zev avahah gulheyne nama
can’t wait for the next part
vrh avahah next part kiyan libeyne kamah ummeedhu kuran
you are so talented masha allah
keep up the good work
E thibw babies menneh alhe🤣🤣🤣 vvvv salhi
Can’t wait for the next part😘😘♥️♥️♥️
Mi s gang dho maa nubaivegen miulheny
Zev anehka kon plan ehba ekurany plz arkan aa ekkon ulhe emyhjn bodi eh dheefaanw😭😭
Avahah up kurahchey wednesday annandhen kihineh kehkuraany😔😔😩
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Mi part kiyaafa heehee halaaku 😂
Arkaan and liaa gulhuvachey
Alaa and zev ves
They all are made for each other
Kon boy eh ge vaahaka Rai e dhehkee
Haadha curious kohlaafa thi nimaaly
Liaa ah dhera gotheh nuhadhachey 🥺
Alaa ah ves
Savan and sophia hayyaru kurey
Urgh i hate savan and sophia 😡
I appreciate your hard work
Tc ❤️😘
Thihaa busy koh ulhemen ves vaahaka kiyaalan libeythee v ufaavey
Miayee varah kiyaala hithun kiyaa vaahaka eh
Ly annora ❤️😙
Ohh myy godddd
Last night ga tha up vefa mi iny
I was waiting for this whole dayy🥲😭😭😭😭
This is toooo goooooood
Keep up the good work 💖💗
Varah furihama varah lwbi
Ma sha allah
And arkan r lia is such a vibe😭🤣
Kona dhooni
Ekamaku aharumen macaw eh rashugai belin
Ekamaku aharumen macaw eh rashugai belimey
Vvv reethi igey
When next
Nice story! Love it!❤️😂
Hama heveny liana r raiha miulhey gothakun🤣🤣🤣🤣
Vvv salhi
Kaleyney😭😭🤣🤣🤣
Okay lia good job
Arkan bunihen what a thinking 🤣🤣
I jussssssss caaannnnnnttt waiiittttt
Plsss avahah ipload kohlabaa
Kobaa wednes miadhh mii
I just cant wait🥹😭😭