“ވަޓް ދަ ހެލް” ދަތްތަކަށް ބާރުވި އިރު ރުޅިގަދަވެގެން ޒެވިއަލް ތުރުތުރުއަޅައެވެ. ވާނުވާ ނޭނގޭވަރުވިއެވެ. “ގާތިލުން މިނިވަން ވެއްޖެ” އަރްކާން ފޮނުވި ފޮޓޯއާއި އޭގެ ތިރީގައިވާ މެސެޖް ދެވަނަ ފަހަރަށް ބަލައިލި ހިނދު ޒެވިއަލްއަށް ފާރަށް ބާރުހުރި ގޮށްމުށުގެ ހަމަލާއެއް ދެވުނެވެ. މީހާ ތުރުތުރު އަޅަމުންދިޔައިރު މޫނުމަތިން ފެނިގެންދަނީ ރުޅީގެ އިންތިހާއެވެ.
ޒެވިއަލް ފޯނު ނަގާ އަރްކާންގެ ނަމްބަރަށް ގުޅާލިއެވެ. އޭރު ވެސް ކޮޅަށް ހުންނަންވެސް ދަތި ވާވަރަށް ދިޔައީ ތުރުތުރު އަޅަމުންނެވެ.
“ކޮންތާކު.” އަރްކާން ޖަވާބު ދިން ހިނދު އިތުރަށް މަޑުނުކޮށް އޭނާގެ ސައިކަލަށް އަރައިގެން ދުއްވާލީ ދުވަހަކުވެސް ސައިކަލް ނުދުއްވާހާ ބާރަށެވެ. ޒެވިއަލްއަށް ދެވުނު އިރު އަރްކާން ކާރުގެ ކައިރީގައި ހުއްޓެވެ. ފުރަގަސްދީގެން ހުރުމުން އަރްކާން އަށް ޒެވިއަލް އައިކަމެއް ނޭނގެއެވެ.
“ކޮބާ އެމީހުން” ޒެވިއަލްގެ އަޑު އިވުނު ހިނދު އަރްކާން ދިޔައީ ސިއްސައިގެންނެވެ. ޒެވިއަލްއަށް ވެފައި ހުރިގޮތުން އަރްކާންވެސް ހުރީ ނުތަވަސްވެފައެވެ.
އެމީހުން ފެނުނު ގޮތް އަރްކާން ކިޔައިދީ ނިމުނު އިރު ޒެވިއަލްގެ ރުޅި ވަކިން ގަދަވިހެން ހީވިއެވެ. “އެދެމީހުން ނުކުމަތީ ހަމްދީގެ އޮފީހުންނޭ ތަ ތިބުނީ..” ޒެވިއަލް އަހައިލީ ޔަގީންކުރަން ބޭނުންވެފައި ވީ ފަދައަކުންނެވެ. އަރްކާން ބޯޖަހައިލި ހިނދު ކާރުގެ ބޮނެޓް މައްޗަށް އަނެއްކާވެސް ދޫ ކޮށްލެވުނީ އަތުގެ ބާރު ހުރި ހަމަލާއެކެވެ. ޒެވިއަލްގެ އަތުން އޭރު ހުރީ ހިލިފައެވެ.
“ހަމަޖެހޭ.. އަދި ވެގެން އުޅޭ ގޮތެއް ވެސް ނޭނގޭ..ކޮން އިރަކު ކަމެއް ވެސް ނޭނގޭ އެމީހުން ދޫކޮށްލީ.. އެމީހުން އަރައިގެން ދިޔަ ވޭނުގެ ނަމްބަރު ފޮނުވާލައިފިން ބަލާލަން .. އާދޭ މަށާ އެއްކޮން” އަރްކާންއަށް ބެލެމުންދިޔައީ ޒެވިއަލްގެ އަތުން ފައިބަމުން ދިޔަ ލޭތަކަށެވެ. އިތުރަށް އެއްޗެއް ނުބުނެ އަރްކާންގެ ފަހަތުން ޒެވިއަލް ގޮސް ކާރަށް އެރިއެވެ.
އަރްކާންއަށް ދޫ ކޮށްލެވުނީ ފުންނޭވާއެކެވެ. އަމިއްލަ މައިންބަފައިންގެ ގާތިލުން އެހާ މިނިވަންކަމާއި އެކު ފެނުމުން އޭނާ ނަމަވެސް ވާނީ އެފަދަ ގޮތެކެވެ.
“މުޅި އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ތިބި ބަޔަކު މިނިވަން ވެފައި ތިބީ ބައެއްގެ ނުބައި ރޭވުމެއް އޮތީމަ..ކޮންމެ ވެސް ބަޔަކު އަޑީގަ ތިބެގެން ކުރާ ކަމެއް މިއީ..” ދަތްދޮޅީގައި ބޮޑުވާ އިނގިލި އަޅުވާލައިގެން އިނ އިރު ޒެވިއަލް އަށް ހަމަ ސިފަ ވަނީ އަރްކާން ދެއްކި ފޮޓޯއެވެ.
“އާން.. އެހެންނަމަ ހަ އަހަރު ފަހުން އެހެން ފެންނާކަށް ނުތިބޭނެ… މަށައް ވެސް ނޭނގެނީ އެމީހުން ހަމްދީގެ އޮފީހުން ނުކުމައިން ސަބަބެއް..” އަރްކާން ބުނެލިއެވެ. އެތައް އަހަރެއް ފަހުން ޒެވިއަލްއާއި އެފަދަ ގޮތަކަށް ވާހަކަ ދައްކާލެވުމުން އަރްކާންއަށް ޒާތެއްގެ އުފަލެއް އިޙްސާސް ކުރެވެމުންދިޔައެވެ. މޫނުމަތިން ވެސް އެކަން ހާމަވެއެވެ.
“ވޭން ނަމްބަރު ރެޖިސްޓާރ ކޮށްފަ އިން ފަރާތެއް އެނގިއްޖެ ތަ” ޒެވިއަލް އަހާލުމާއި އެކު އަރްކާން ދެފަރާތައް ބޯ ހޫރުވާލިއެވެ. “ދައްކަބަލަ ނަންބަރު” ޒެވިއަލް ބުނުމާއި އެކު އަރްކާން ފޯނު ދައްކާލިއެވެ.
ޒެވިއަލް ދެން ފޯނު ނަގާ ގުޅާލީ ކަޔާންއަށެވެ. ”ބްރޯ ޑިއުޓީގަތަ.. މި ފޮނުވާ ނަމްބަރު ވަރަށް އަވަހަށް ބަލާލަ ދީބަލަ..މްމް ވޭން” ޒެވިއަލް ފޯނު ބޭއްވިތާ ފަސްމިނެޓް ނުވެ އަލުން ކަޔާން ގުޅައިފިއެވެ.
“ބްރޯ އެ ނަމްބާރ ރެޖިސްޓާ ކޮށްފަ އިނީ ‘އެސް އެން ވީ’ ކިޔާ ކޮމްޕެނީ އެއްގެ ދަށުން..” ކަޔާންގެ ޖަވާބު އަހާފައި ޒެވިއަލްއަށް ކީކޭ ހޭ އަހައިލެވުނެވެ.
“އާން..އޯކޭ” ކަޔާން ވާހަކަ ދައްކަ ދައްކާ ހުއްޓާ ޒެވިއަލް ފޯނު ކަނޑާލިއެވެ. އޭރު ކިހިނެތް ވީހޭ އަހާފަދައަކުން އަރްކާން ބަލަހައްޓައިގެން އިނެވެ.
“އެސް އެން ވީ އެއީ ކާކުގެ ކޮމްޕެނީއެއް..ހަމްދީގެ ތަ” ޒެވިއަލް އަހައިލުމާއި އެކު އަރްކާން ވަގުތުން ބޯ ހޫރުވާލިއެވެ.
“ނޫނޭ.. ހަމްދީގެ ކޮމްޕެނީއަށް ކިޔަނީ ސޭޖް އެސް.. އަހަރެން ބަލާނަން އެ ކާކުގެ ތަނެއް ތޯ ފުރަތަމަ ތި އަތުން ތި ފައިބާ ލޭ މަނާ ކޮށްބަލަ..” އަރްކާން ކާރުގެ ޕާކު ކޮށްލުމަށްފަހު ވަތްގަނޑަކުން ނެގި ފަސްޓް އެއިޑް ބޮކްސް އެއް ޒެވިއަލްއަށް ދިއްކޮށްލިއެވެ.
ޒެވިއަލްއަށް އަމިއްލަ އަތައް ބަލައިލެވުނީ ވެސް އަރްކާން އެހެން ބުނުމުންނެވެ. “ތޭންކްސް” އަސަރެއް ނެތް ފަދައަކުން ބުނެލުމަށްފަހު އޭގައި ހިފައި ކުޑަގޮތަކަށް ބޭސް އަޅާއިލިއެވެ. ކާރު ހުއްޓާފައި އޮތުމުން ބަލައިލި އިރު ޕޮލިސް ސްޓޭޝަންގެ ކުރިމައްޗަށް ހުއްޓާފައި އޮތުމުން ޒެވިއަލްއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ.
“އެއީ ކޮންބައެއްކަން އެނގުނީމަ އައުން ކަންނޭގެ ބުއްދިވެރީ..”
“ނޫނޭ އެމީހުން ދޫކޮށްލީ ކާކުކަން ވެސް އެނގޭނީ އެތެރެއަށް ވަދެގެން” ޒެވިއަލްގެ ވިސްނުމާއި އަރްކާންގެ ވިސްނުން އެކަމުގައި ތަފާތެވެ.
“މިތަނަށް އަހަރުން ދެމީހުން އެއްކޮން ވަދެގެން ސެލެބްރިޓީއަކަށް ވާކަށް މަ ބޭނުމެއް ނޫން.. މަށެއް ނުކުރަން ޕޮލިހުންނަކަށް އިތުބާރެއް” ޒެވިއަލްގެ ވާހަކަ ހުރިގޮތުން އަރްކާން ގާތައް ހިނި އައި ނަމަވެސް ކަރުކެހިލުމަށްފަހު ހިނގަނޑު ކޮންޓްރޯލް ކޮށްލިއެވެ. ޒެވިއަލްގެ ކައިރީގާ ހޭ ވަރަށް ވުރެން ދުރުކަމަށް އަމިއްލައަށް ވެސް ގަބޫލްކުރެވެއެވެ.
“މްހްމް.. ގެޔަށް ގޮސްފަ ކޯލް އެއް ކޮށްލާނަން އެހެންވީމަ.. އާން މަށެއް ވެސް ޕޮލިހުންނަކަށް އިތުބާރެއް ނުކުރަން..މިހާރު ކަންތައް ވެގެން ދިޔަ ގޮތުން އަދި އަމްދުން އިތުބާރު ކުރަން ދަތި.. އެތަނުގެ ބައެއްގެ އަތެއް ވެސް މިކަމުގައި ނުވެ ހިނގައި ދާނެއެކޭ އަހަރެންގެ ހިތެއް ނުބުނޭ” އަރްކާންގެ ވާހަކަ ތައް ޒެވިއަލްއަށް ގަބޫލް ކުރެވުނެވެ. އޭނައަށް ވިސްނާ ވިސްނާ ވެސް ހަމްދީއާއ އެމީހުންނާއި ހުރި ގުޅުމެއް ފަހްމް ވާ ގޮތެއް ނުވިއެވެ. ޒާފިރް ނިޔާވުމުގެ ކުރިން އޭނަ އާއި ހަމްދީ އެތައް ފަހަރެއްގެ މަތިން ބައްދަލްވިއެވެ. އޭގެ ފަހުން ޖަލުން ސަލާމަތްވި ފަހުން ވެސް ދިމާވި ދެފަހަރު ވެސް ޒާފިރްގެ ދަރިއެއްކަން އެނގިގެން ހަމްދީ ވާހަކަ ދެއްކީ ނުހަނު ގާތް ގޮތަކަށެވެ. ހަމްދީގެ އަތެއް އެކަމުގައި ވެދާނެއޭ ބުނަން ޒެވިއަލްއަށް ދައްޗެވެ.
ދުނިޔެއަކީ ފާޑެއްގެ ތަނެވެ. ގިނަފަހަރަށް ހަބަރަށް ވުރެން ކަމުގެ ހަގީގަތް ހިއްޗެވެ. މިހާ ތަނަށް އޭނައަށް ދިމާ ވެފައިވެސް ހުރީ އެއްވަރުގެ ކަންތަކާއިއެވެ. މީހަކަށް އިތުބަރު ކުރުމަކީ ޒެވިއަލްއަށް ކުރަން އެންމެ އުނދަގޫ ކަންތަކެވެ. އެންމެ ވޭން ހުރި ކަންތަކެވެ. އިތުބާރު ކޮށްގެން ލިބުނު ގެއްލުމެއް ވެސް ލިބިފަ ހުރީ އޭނައަށެވެ. ޒެވިއަލް ސިހުނީ ފޯނު ރިންގުވިއަޑަށެވެ.
“ކީކޭ ދޫނި…” ޒެވިއަލް ފޯނު ނަގައި ގޮވައިލިގޮތުން އަރްކާން އަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެހާ ލޯބިން ގޮވާލީ އެ ކާކަށް ބާއޭ ހީވިއެވެ. އަނެއްކާ އެއޮތް ކަޓު މީހާ ބިޓެއް ނެގީބާއެވެ. ޒެވިއަލް އެހާ ‘ރޮމޭންޓިކް’ ވީ ކޮން އިރަކު ހެއްޔެވެ. ނޫނެކެވެ. ބިޓެއް ގެންގުޅޭ ވަރަށް ވުރެން ޒެވިއަލް އަކީ އެ ފަންތީގައި ނާތަހްޒީބް މީހެކެވެ. ދުވަހަކު އަންހެން ކުއްޖަކާ ވާހަކަ ވެސް ދެއްކި މީހެއް ނޫންވިއްޔާއެވެ. ހިތައް އަރަމުން ދިޔަ އެއްޗިސް އަރްކާން އިނީ ހިނިއަންނަ ގޮތްވެފައެވެ.
“ކޮންތާކުތަ ހުރީ..ދެން ދޮންބެ ދަމުން ގެންދެވޭނީ ވެސް.. ފޮނި އެއްޗެއް ވިއްޔާ ލިއާ ކާ ހިތް ވާނެ” ވަރަށް ހިނިއައިސްފައި އިނދެ ޒެވިއަލް ވާހަކަ ދައްކަމުން އެދިޔައީ ލިއާނާއާއި ކަން އެނގި އަރްކާންއަށް އަނގަ ހަދާލެވުނެވެ.
“ކޮންތާކަށް ގެންދަން ވީ” ޒެވިއަލް ފޯނު ބޭއްވިތަން ފެނިގެން އަރްކާން އަހައިލިއެވެ. އޭނާގެ އަމިއްލަ ގެޔަށޭ ބުނުމުން ހައިރާންވި ނަމަވެސް އިތުރު ސުވާލެއް ނުކޮށް އަރްކާން ބޯޖަހައިލިއެވެ.
***
އިރު އޮއްސި އަނދިރިވެގެން ދިޔައިރު އަލާރާ ފޯނު އަތައް ލައިގެން އިނީ ބެލްކޮނީގައެވެ. އިއާރ ޕޮޑު ކަންފަތައް ޖަހާލައިގެން އިން އިރު އެއިން މަޑު މިއުޒިކްއެއްގެ އަޑު އިވެމުންދިޔަ ނަމަ ވެސް އެއްވެސް ހިތްހަމަ ޖެހުމެއް އޭނާގެ މޫނުމައްޗަކުން ނުފެނެއެވެ.
“އެމީހާގަނޑު އެ ފޮޓޯ ތަކަށް ކިހިނެތް ބަ ހަދާނީ..ކާކު ކައިރިން ހެލްޕަކަށް ވެސް އެދޭނީ..ލިއާ ރަނގަޅުވެގެން އަންނަން ދެން ހުންނަން ޖެހޭނީ… މިއަދު ވެސް ގުޅާފަ އިންޒާރު އެ ދިނީ އެ ފޮޓޯ ތަކޭ ކިޔާފަ…” ސޯފާގައި އޮށޯވެލިއިރު ވެސް އަލާރާގެ މޫނުމަތިން މާޔޫސްކަން ފެންނަމުން ދިޔައެވެ.
“ލިއާ ސެއިޑް ޒެވް އަކީ ވަރަށް މޮޅު ހެކާރ އެކޭ..ބުނަން ވީ ބަ..ނުބުނަން ވީ ބަ”
“ދެ އާ މަސްޓް ބީ އަ ވޭ ޓް ސާވައިވް.. އެހާ ފަސޭހަކަމެއް ވެސް ނޫން ޒެވް އަށް މި ވާހަކަ ކިއައިދިނުމަކީ.. މީހަކަށް ކިއައިދީފިއްޔާ ދެން ހަދާނެ ގޮތެއް ވެސް އެނގެނީ އެންނޫން..” ސިކުނޑި ސުމަކަށް ދާ ވަރު ވެފައި ވީ އިރު މުޅި ކުއްޖާގެ އޮތީ ދާހިއްލާގަނެފައެވެ. އަލާރާ ދެލޯ ތަގުޅިކޮށްލައިގެން އޮތް އިރު ހިޔާލުގަ ލޯގަނޑަށް ސިފަ ވެލީ އޭނާ ސިނޑިން ވެއްޓުނު ދުވަހުގެ ހާދިސާއެވެ.
“އެދުވަހު ސިޑިން ކޮއްޕާލީ ވެސް އަތައް ރަބަރު ފާޑު އަންގިއެއް ލައްވައިގެން ހުރި މީހެއް.. އަހަންނާ ދިމާކޮށްލާފަ ހުރިކޮންމެ ދުވަހަކު އެ އައި މީހަކުވެސް ހުރީ ފާޑެއްގެ އަންގިއެއް ލައްވައިގެން.. އަހަންނަށް ވެސް އެނގޭ މިއީ އެއްބަޔެއް ކުރާ ކަމެއްކަން .. ބަޓް އައި ޑޯންނޯ އެދުވަހު ސިޑިން ވައްޓާލި މީހާ ކަމެއް މިހާރު ދިމާ ކުރަން މި އަންނަނީ.. އޯލް އައި ނޯ އެމީހުންގެ ތެރެއިން މީހެއް ކަން… އެކަމަކު އަހަންނަށް ކުރެވުނު ކަމެއް ވެސް އޮންނާނެ އެންނު މިހެން ހަދަން..” އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިގެން ހުރެ ވާންކޮށްލި އިރު އަލާރާގެ މޫނުމަތިން މާޔޫސްކަމާއި އެއްވަރަށް މޮޅިވެރިކަން ވެސް ފެންނަމުންދިޔައެވެ. ހިތާއި ނަފްސަށް އަރަޤުވެފައިވާ ހިޔާލްތަކުން މިންޖުވުމަށް އޭނާއަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ ނިދާލުމެވެ. ނަމަވެސް އިރުއޮއްސޭތަނުން ނިދުމަކީ ވެސް އޭނަ ކޮށް އުޅޭ ކަމަކަށް ނުވާތީ ކުރަން ފަސޭހަ ކަމެއް ނޫނެވެ.
އަލާރާ އިންތަނުން ތެދުވެ ހިނގައިގަތީ އެނދުގައި އޮށޯވެލުމަށެވެ. ޒެވިއަލް އާއި ދިނާޔާ ވެސް ހޮސްޕިޓަލްގައި އުޅުމުން ބޭރަށް ނުކުމެލެވޭނެ ގޮތެއް ވެސް ނެތެވެ. ދެން ހުރީ އީވާ އެވެ. މިހާރަކަށް އައިސް އީވާވެސްއުޅެނީ އަމިއްލަ ދުނިޔޭގައެވެ. މުހިއްމު ކަމެއް ޖެހިގެން ނޫނީ ގޭގައި އިތުރު މީހަކު ނެތުމުން ނޫނީ އޭނާ އެ ކޮޓަރިއަށް ވެސް ނުވަދެއެވެ. ދެން އެހެންނޫނީ ވަންނާނީ ނިދަންވީމައެވެ. އެހެން އުޅެނިކޮން އަރްކާން އައިސް ވަނެވެ.
“އަލާ.. ނިދަނީތަ” އަލާރާ އެނދުގައި އިންތަން ފެނިގެން އަރްކާން އަހައިލިއެވެ. އަލާރާ ދެފަރާތައް ބޯހޫރުވާލަމުން އަރްކާން އައިސް ޖައްސާލީ އޭނާގެ މަގަތުގައެވެ.
“ފޫހިވެގެން މިއުޅެނީ..މަންމައާއި ޒެވް ނެތީމަ..ލިއާ ނެތީމަ އަދި ވަކިން ފޫހި…” އަލާރާގެ މޫނުމަތިން ފެނުނު މޮޅިވެރިކަމުން އަރްކާންގެ ހިތައް އުނދަގުވެލިއެވެ. މަސައްކަތުގެ މާހައުލުގައި އުޅެންޖެހޭލެއް ބުރަކަމުން ކޮއްކޮއަށް ފަރުވާ ކުޑަ ކުރެވިއްޖެކަން އިޙްސާސްވި ހިނދު އަރްކާންގެ ދެލޯ ފެންކަޅިވިއެވެ. އެއީ އޭނާ އެންމެ ލޯބިވާ ކޮއްކޮއެވެ.
“ސޮރީ ދޮންބެ މިހާރު ކަމަކާއި ލައްވާލައިގެން އުޅެން ޖެހުނީމަ ވަރަށް ބުރަ ދުވަސްވަރެއް މިދަނީ..ގެއިން އޮފީހަށް ..އޮފީހުން ގެޔަށް.. ދޮންބެ އައިސް ބަލާލާއިރު އަލާ އަށް ނިދިފަ އޮންނަނީ..އެހެންވެ ދިމާވާ ވަރުވެސް މަދީ” އަލާރާގެ އަތުގާ ހިފާލައިގެން އިނދެ ވަރަށް ލޯބިން އަރްކާން ވާހަކަ ދެއްކިއެވެ. އަލާރާގެ ތުންފަތައް ވެރިވި ހިނިތުންވުން ފެނި އަރްކާން އަށް ވެސް ހީލެވުނެވެ.
“އޮފީހުގަ ކަމެއް ދިމާ ވެގެން ތަ ތިއުޅެނީ.. މަންމަ ވެސް ބުނި މަންމަމެން އަންނަ ފަހުން ވެސް ދޮންބެމެން މަސައްކަތުގަ ތިބެއޭ.. މަންމަ އެހީމަ ވެސް އެއްޗެއް ނުބުނި ވާހަކަ ބުނީ..ފެންނަ ފެނުމަށް ކަމެއް އުޅޭހެނެއް ހިއެއް ނުވެއޭ ބުނީ.. އިޒް އެވްރީތިންގް އޯލްރައިޓް” އަރްކާންގެ މޫނު ނުފެނުނު ނަމަވެސް އެ އަޑުން ކަމެއް ގޯސްކަން އަލާރާ ދެނެގަތެވެ.
“މްމްމް..ސަމްތިންގް ހެޕެންޑް..އަދި ބައްޕަމެން ގާތު ނުބުނައްޗޭ.. ބައްޕަ ހާސްވާނެ ތީ ނުބުނަން މިހުންނަނީ.. ކޮމްޕެނީގެ ފައިސާގެ އެކައުންޓުން ބަޔަކު ފައިސާ ޑައިވާޓުކޮށްގެން ބޮޑު ވައްކަމެއް ކޮށްގެން މިއުޅެނީ..” އަރްކާންގެ ވާހަކަ އިވި އަލާރާއަށް ކީކޭހޭ އަހައިލެވުނެވެ. އެކަން އެނގި ފައިވާ މިންވަރަށް އަރްކާން ކިއައިދިނެވެ. އެހާ ބޯގޮވާފައި ހުރި ދަނޑިވަޅެއްގައި އަލާރާ އާއި އެ ވާހަކަ ހިއްސާކުރުމުން ހިސާބެއްގެ ލުއިކަމެއް ވެސް ސިކުނޑިއަށް އިޙްސާސް ވެގެންދިޔައެވެ.
“ވަޓް…ފާތިމަތި ސާރާ ކިޔާ މީހެއްގެ ނަންމަތީގަ އޭ.. ކޮމްޕެނީގަ އުޅޭ އެއްވެސް މީހެއް އެކައުންޓްއާއި މެޗް ނުވިއަސް ތިކަހަލަ ކަމެއް ނުކުރެވޭނެ ބޭރުން އަންނަ މީހަކަށް… ދޮންބެ ފުރަތަމަ ބަލާބަލަ ފައިނޭންސް ޑިޕާޓްމަންޓްގެ މީހުންގެ އަތެއް ތިކަމުގަ ވޭތޯ…” އަލާރާ ވިސްނަން އިނދެފައި ބުނެލިއެވެ.
“ބަލައިފިން..އެތަނުގެ ވެސް އެކަކުގެ އެކައުންޓަކާއި މެޗެއް ނުވޭ.. ވަރަށް ޕްރެޝާރ ކޮށްގެން ވެސް ބަލައިފިން.. އެކަކު ވެސް އެއްބަހެއް ވެސް ނުވޭ އެކަހަލަ ކަމެއް ކުރިކަމަކަށް.. އެކަމަކު ދޮންބެއަށް ވެސް އެނގޭ އެތަނުން މީހެއްގެ އަތެއް ކޮންމެވެސް ހިސާބަކުން ގުޅިފަ އިންނާނެކަން” އަރްކާންގެ ކޮންމެ ޖުމްލައަކުން އޭނާއެކަމާއި ބޯހާސްވެފައި ހުރިވަރު ހާމަވެއެވެ.
“ހިތައް އަރާ އަހަންނަށް ދޮންބެއަށް އެހީވާން މިއަދު ހުރެވުނު ނަމައޭ..ކެން އައި ސޭ ސަމްތިން”
“ޔެސް ސްވީޓްހާޓް”
“ދެއާރ އާ ސަމްވަން އައި ކެނޮޓް ޓްރަސްޓް..” އަލާރާދެން ބުނެލި ވާހަކައަކުން އަރްކާންގެ ދެލޯ ބޮޑުވިއެވެ. އަލާރާ ބުނަމުން ދިޔަ ކޮންމެ ޖުމްލައެއް ސިކުނޑީގައި ހަރުލަމުން ދިޔައިރު ކުރިން އެކަންތައް އޭނާގެ ވިސްނުމަށް ނައުމުން ހައިރާން ވެސް ވިއެވެ. އަލާރާގެ އެ ވާހަކަތައް ވީ އޭނާގެ މަސައްކަތައް ލިބުނު ނުހަނު ބޮޑު ކުރިއެރުމަކަށެވެ.
“މްމްމް ދޮންބެއަށް ކުރިން ތިކަމާއި ވިސްނާލަން ނޭނގުނިއްޔޭ..އެންމެނަށް ޝައްކު ކުރަމުން ގޮސް ވެސް އެމީހުންނަށް ޝައްކު ނުކުރެވުނީމަ ހައިރާންވެސް ވެއްޖެ.. މާދަން އޮފީހަށް ގޮސް އުޅޭނީ ތިކަމާ އެންމެ ފުރަތަމަ ވެސް…ތޭންކިއު މައި އަލާ… އަދި މިކަމުން އަލި މަގެއް ނުފެނިގެން އުޅެނިކޮން އަނެއްކާ އަނެއް ކަންތައް ލައްވާލައިފި” އަރްކާން ދެން ކިއައިދޭންފެށީ މިއަދު ޒެވިއަލްއާއި ވާޙަކަ ދައްކަން ޖެހުނު ހާދިސާއެވެ. އަރްކާން ފެށިގެން ނިމެންދެން އެ ވާހަކަ ކިއައިދިން އިރު އަލާރާއަށް ވެފަ އިންގޮތުން ނުހޭން ހުރި ނަމަވެސް ހެވިއްޖެއެވެ. އަނގަ ހުޅިފައިވާއިރު އަނގަ ލައްޕާލަން ވެސް ޖެހުނީ އަރްކާން އަށެވެ.
“ދޮންބޭ..ދޮންބެ އާއި ޒެވް ވާހަކަ ދެއްކީ.. އޭމް އައި ޑްރީމިންގް”އެއިން ގޮތައް އިނދެ އަލާރާ އަހައިލިއެވެ. އަރްކާން ހެވިފައި އިނދެ ހޫމް އަޅުވާލިއެވެ.
“މޭއިބީ ތި ހަބަރާއިގެން ބައްޕަ ކައިރިއަށް ގޮސްފިނަމަ އުފަލުން ގޮސް މީހާ ހޭނެތޭނެ… މަންމަ ނޭނގޭ އުފަލުން ރޯން ނުފަށާނެ ކަމެއް..ބައި ދި ވޭ..އާފްޓާ އޯލް ދިސް ޒެވް..ޒެވް ކިހިނެތް ތަ”އަހަން ނާހަން އިނދެފައި އަލާރާ އަހައިލިއެވެ. ޒެވިއަލްގެ ވާހަކަ އަލާރާ އެހިގޮތުން އަރްކާންއަށް ބަލައިލެވުނެވެ. އޭނާއަށް ދެލޯ ހަނިކޮށްލެވުނެވެ.
“ދެން އޯކޭ އެއް ނުވާނެތާ.. މަންމައާއި ބައްޕަގެ ގާތިލުން އެހާ މިނިވަންވެގެން އުޅޭތަން ފެނުނީމަ ކާކަށް މަޑުން ހުރެވޭނީ.. ވަރަށް ސަކަރާތް ވެފަ ހުރީ… ” އަރްކާންއަށް ވެސް ވިސްނެމުންދިޔައީ ޒެވިއަލްއާއި މެދުގައެވެ. އަދި އެހަބަރު ލިއާނާއަށް ލިބިއްޖެ ނަމަ ވާނެ ގޮތެއް ވެސް ނޭނގެއެވެ.
“ދެން ނުދަންތަ ޕޮލިސް ސްޓޭޝަނަކަށް ވެސް ތިކަން ތިވީ ކިހިނެތްތޯ ބަލާކަށް ވެސް” އަރާލާ އަހައިލުމުން އަރްކާން ނޫނެކޭ ބުނެ އެތަނަށް ދިޔުމުން ޒެވިއަލް ހެދިގޮތް ކިއައިދިނެވެ.
“ހިނގާށޭ ވަންނަން ބުނީމަ ނުއެއް ވައިން..ދެން އޭނާ އެބުނީ ވެސް ރަނގަޅާށް.. އެސް އެން ވީ އަކީ އެމީހުން ދިޔަ ވޭން ރެޖިސްޓާރ ވެފަ އިންތަން.. އެތަނުގެ މައުލޫމާތު ނޭނގި ދިޔަޔަސް ޝައްކު ކުރަންވީ ކާކަށް ކަމެއް ނޭނގޭނެ.. ދެން މިބަލަނީ ބޮޑެތި މީހުންނަށް ކޮންޓެކްޓް ކޮށްގެން އެމީހުން ޖަލުން މިނިވަންވި ގޮތެއް ހޯދޭތޯ… އެހެންވެ ބައްޕަ މި ހޯދަނީ … ބައްޕަ އުޅެފިއްޔާ އެނގިދާނެ ހެން ހީވަނީ” އަރްކާންގެ ވާހަކަތައް އަޑުއަހަމުން ދިޔައިރު ޒެވިއަލްއަށް އާއި މެދު ވިސްނި ވިސްނިހެން އަލާރާގެ ހިތައްދިޔައީ އުނދަގޫ ވަމުންނެވެ. ޒެވިއަލް ހާދަ ދެރަވާނެއެވެ. އޭނާ ބޭނުންވީ ވީހާ ވެސް އަވަހަކަށް ޒެވިއަލްއަށް ގުޅާށެވެ.
“މްމް..އަލާ.. އައުޓް އޮފް ޓޮޕިކް އިނގޭ…ކޮންކަހަލަ އެއްޗިއްސެއް އަންހެން ކުދިން ލައިކްވާނި” އެހެން އިރު އޭނާ އިނީ ހިސާބަކަށް ލަދުގަންނަ ގޮތްވެފައެވެ.
“ދޮންބެ އަންގާ ވެސް ނުލާ ޑޭޓްކުރަން ފެށީތަ..އެހެމް އެހެމް ކޮބާތަ އެ ލަކީ ކުއްޖަކީ” އަލާރާގެ އަޑުގައި ވާ ދިމާކުރުންގަނޑު އިހްސާސްވެ އަރްކާންގެ ތުންފަތުގައި ދެމިލީ ލުއި ހިނިތުންވުމެކެވެ.
”އަދި އެކަހަލަ ކަމެއް ނެތް.. ދެން ބުނެބަލަ” ،
“ޕްލާވާސް.. ޗޮކްލެޓްސް.. ޕާފިއުމްސް.. މްމްމް މިކަހަލަ އެއްޗިސް.. އެންޑް މަދުން ކާކަމަށް ހެދުނަސް އަންހެންކުދިން ވަރަށް ލޯބިވާނެ ކާ އެއްޗިސްއަށް..ހާއްސަކޮން ފޮނި އެއްޗިސް” އަލާރާ ހެމުން ހެމުން ބުނެލި އިރު އެ ހުނުމުގައި އަރްކާން ވެސްބައިވެރި ވިއެވެ.
އަރްކާން ނުކުމެގެން ދާން ދިޔައިރު ހިސާބަކަށް ހުރީ މޫނު އަލިވެފައެވެ. “ޑެޒާޓްސް…”މަޑުމަޑުން ކިޔާލެވުނު އިރު މިއަދު ކާރުތެރޭގައި ލިއާނާއަށް ޒެވިއަލް ގުޅައިގެން އިނދެ ދެއްކި ވާހަކަ ހަނދާންވިއެވެ. ” ‘ކޮންތާކުތަ ހުރީ..ދެން ދޮންބެ ދަމުން ގެންދެވޭނީ ވެސް.. ފޮނި އެއްޗެއް ވިއްޔާ ލިއާ ކާ ހިތް ވާނެ’ ”
އަރްކާންގެ ތުންފަތުގައި ފެވިލި ހިނިތުންވުން ފުޅާވެގެން ދިޔައިރު އޭނާއަށް ހުއްޓެން މަޖުބޫރުވީ އަލާރާ ގޮވާލުމުންނެވެ.
“އެނގޭތަ މީ އެންޑް ލިއާ ވަރަށް ގިނައިން އޯޑާރ ކުރަން ސްޓްރޯބެރީ ޗީޒްކޭކްއަށް… މައި ސިކްސްތް ސެންސް އެބަ ބުނޭ ލިއާ އަށޭ ތި ހޯދާ އެއްޗެއް ހޯދަނީ” އަލާރާގެ ލާނެތް އަޑު އިވުމުން ނޫނެކޭ ބުނެ އަރްކާން އަވަހަކަށް ކޮޓަރިން ނުކުމަތެވެ.
***
ލިއާނާއަށް ނިދިފައި އޮތް އިރު ކޮޓަރީގައިވާ ކުޑަ ބެލްކޮނީ ކޮޅުގައި ޒެވިއަލް ހުއްޓެވެ. ލިއާނާގެ އަތައް ގުޅާފައިވާ އަވީ ފުޅިއަށް ދޭތެރެއަކުން ޒެވިއަލް ނަޒަރު ދިއްކޮލައެވެ. އެހެންހުރި އިރު ވެސް އޭނާގެ ސިކުނޑީގެ ލޯގަނޑުން ރޯލްވަމުން ދިޔައީ ޝާލިއާ އާއި ޒާފިރްގެ ހަނދާންތަކެވެ. އެ އުފާވެރި މާޒީއެވެ. އުމުރުން ވިހި އަހަރުވީ އިރުވެސް މަންމަގެ އަތުން ނޫނީ ނުކާން އޭނާ ބޮޑާ ހޭކި ދުވަސްތަކެވެ. މަންމަ ރުޅިއައިސްފާނެތީ ބައްޕައާއި ދެމީހުން މަންމައަށް ސިއްރުން ރޭގަނޑު މަސްބާނަން ދިޔަ ރޭތަކެވެ. ހަތަރު މީހުންގެ ކުޑަ އާއިލާ އުޅުން އުފާވެރި ދުވަސްތައް ސިފަވެގެން ދިޔައިރު ޒެވިއަލްގެ ކޯތަފަތް މަތިން ތިރިއަށް ފިރުކިގެން ދިޔައީ ކަރުނަތިކިތެކެވެ. އެދެމީހުން އޭނާއާއި ވަކިވެގެން ދިޔައީ ދިރިއުޅުމާއިގެން އެކަނި އުޅެން ދަސް ނުވަނީހެވެ. ނުވިތާކައް ކުޑަ ކޮއްކޮ ބެލުމުގެ ފުރިހަމަ ޒިންމާ އޭނާގެ މައްޗަށް ހަވާލްކޮށްފައެވެ. އެކަމަކު ލިއާނާ ހިމާޔަތް ކޮށްދިނުމުގައިވެސް އޭނާއަށް އިޙްމާލު ވެވިއްޖެއެވެ. ޒެވިއަލްގެ ކަރުނުތައް ކޮންޓްރޯލުން ނެއްޓިއެވެ. ހޯސްލާފައި އޮހެމުންދިޔަ ކަރުނަތައް ފުހޭކަށް ވެސް އޭނާ ހަނދާނެއް ނެތެވެ. އެތައް އިރެއް ވަންދެން އެގޮތުގައި ޒެވިއަލް ހުއްޓެވެ.
“ފެއިލްޑް އޭޒް އަ ސަން އެންޑް އައި ތިންކް އޭޒް އަ …ބްރަދާ ޓޫ” ދެލޯ މަރާލެވުނު އިރު ޒެވިއަލްގެ ހިތައް ކޮށްފައިވި އަސަރު މޫނުމަތިންވެސް ހާމަވާން ހުއްޓެވެ.
“ބަޓް ފްރޮމް ނައު އޮން އައި ވޯންޓް ލެޓް ދެމް ޓަޗް މައި ތިންގްސް… ” ދެލޯ ހުޅުވާލި އިރު ކަރުނައިގެ ތެރެއިން ވެސް ޒެވިއަލްގެ ދެލޮލުން ފެނިލީ ނުރައްކާތެރިކަމެވެ. ވެފައިވި ދެރައިގެ މައްޗަށް އެހެން އިޙްސާސްއެއް ކުރިހޯދައިފިއެވެ.
***
“ޔާން…ކަޔާން…އެހެމް އެހެމް ކަޔާންބޭ..” ކަޔާންގެ އެޕާޓްމަންޓްގެ ތެރެއަށް ވަދެގެން އައި ސޯފިއާގެ އަޑު ޖެހުނު ހިނދު ސޯފާގައި އިން ކަޔާން އަށް ލިބުނީ ސިހުމެކެވެ. އެޕާޓްމަންޓްގެ ޕާސްވޯޑު ސޯފިއާއަށް އެނގުނު ގޮތަކާއިމެދު ކަޔާން ހައިރާންވިއެވެ.
“އައްޗާ ބޮޑީ އިސްތިހާރު ކޮށްލައިގެން” ކަޔާންއަށް ހުރެވުނު ގޮތް އިހްސާސްވީ ދެނެވެ. ސޯފާގެ މައްޗަށް ގުޅައަކަށް ޖަހާފައި އޮތް ޓީޝާޓް ނަގާއި އަވަސހަކަށް ގަޔަށް މަޙާލިއެވެ.
“ކިހިނެތް މިގޭ ޕާސްވޯޑު އެނގުނީ..”ކަޔާންގެ އަޑުގައިވަނ ނުރުހުމެވެ. އޭނާގެ ފިރިހެންވަންތަ މޫނުމަތީގައި އިރުކޮޅެއްކުރިން ވި ތާޒާކަން ވެސް މިހާރު ފެންނާކަށް ނެތެވެ.
“މަށައް ވިއްޔާ އެނގޭކަށް ނުޖެހޭނެތަ.. މަ މިއައީ ހަމަ މިސްވެގެންނޭ..” ސޯފާއަށް ޖެހިގައިން އިރު އޭނާގެ ގައިން އަރަމުން ދިޔަ ސިނގިރޭޓް ވަސް މުޅި ގޭތެރޭގައި ހިފާލައިފިއެވެ.
“ކާކުހޭ މިގޭގެ ކޯޑް ބުނެދިނީ.. ކީއްކުރަން ތިއައީ..މަށާ ސޯފިއާގެ ނުހުންނާނެ ދިމާވާން ޖެހޭ އެއްވެސް ސަބަބެއް.. ” ކަޔާންގެ ގާތައް އަންނަމުންދިޔައީ ގަދަފަދަ ރުޅިއެކެވެ. ސޯފިޔާގެ އަތުގައި ބާރަކަށް ހިފާލައިގެން ހުރެ އެދިޔަ ބާރުމިނުގައި ދިޔައީ ދޮރާއި ދިމާލަށެވެ.
“މަޑުކޮށްބަ މަޑުކޮށްބަ.. ވާހަކައެއް ހިފައިގެން މިއައިއީ” ސޯފިއާގެ ޖުމްލައިން ކަޔާންގެ ފިޔަވަޅުތައް މަޑު ޖެހިލިއެވެ.
“އަލާރާގެ ސޯ ކޯލްޑް ފިއާންސޭ ޝަވަން.. ޝަވަން އިޒް ޗީޓިން އޮން ހާރ..” ސޯފިއާގެ ޖުމްލަތަކުން ކަޔާންއަށް ލިބުނީ ވަރުގަދަ ޝޮކެކެވެ. “އެންޑް އަމް ސެންޑިން ސަމް ޕިކްޗާސް.. ހެއްކަކަށް ފުދޭނެ… ޕްލީޒް އަވަހަށް ބުނޭ ޔާންގެ ބެސްޓީ ޒެވް ކައިރީގަ މި ވާހަކަ.. އެންޑް އަމް ގޮއިން .. ބާއީ” ކަޔާންއަށް ލިބިފައިވާ ޝޮކްގެގެ ތެރެއަށް ދޫކޮށްލުމަށް ސޯފިއާ އެތަނުން ނުކުމެގެން ދިޔައެވެ. ދަމުން އެބުނާ ފޮޓާތަކެއް ފޮނުވާލުމަށް ފަހު ފޯނު ވެސް ދައްޚާލިއެވެ.
ސޯފިއާ ނުކުމެގެން ދިޔުމުން ސޯފާ މައްޗަށް ކަޔާންއަށް ތިރިވެވުނެވެ. އެ ފޮޓޯތަކަށް ބަލާލި އިރު އޭނާގެ ގާތައް އައީ ރުޅިއެވެ. އެބުނާ ޝަވަން އަކާއި ކޮންމެވެސް އަންހެންކުއްޖަކު ނުހަނު ގައިގޯޅި ކަންމަތީގައި ތިއްބާ ނަގާފައިވާ ފޮޓޯއެކެވެ. ފުރަގަސް ދީގެން ހުރުމުން ކާކުކަމެއް ނޭނގެއެވެ. ކަޔާންގެ ދެއަތް އިސްތަށިގަނޑުގެ ތެރެއަށް މަހާލެވުނެވެ.
****
ކަޔާންގެ އެޕާޓްމަންގެ ތެރެއިން ނުކުތް ސޯފިއާގެ މޫނުމަތީގައިވީ ވިހަ ހިނިތުންވުމެކެވެ. “ޑަން” ފޯނު ނަގައިގެން ހުރެ މީހަކަށް މެސެޖް ކޮށްލި އިރު އޭނާގެ ތުންފަތް މަތީގައިވި ހިނިތުންވުން ލޮލާއި ހަމަޔަށް ދެމިލިއެވެ.
***
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.





oww yes im the first
Hama besttt … liyaa missed 💔
Strawberry cheesecake dhechey i ah ves🙌
Alheyyy mi part ves vrh reethi … Can’t wait for the next part 😭♥️
So nice
Waiting for next ,when do you think it’ll be
Mi part ves vrh reethi maasha Allah
Waiting for the next part
Hama ul vey tho bala balaaa mihuryy
Hure eba kiyaaan
Vvvv reethi vane yageen hama
Masha Allah mi part vx vrh reethi ❤️
When’s next part????
Curiously waiting for the next part 🙂
Aaaahhhh my zev is crying 😭
My heart is hurting 😭😭😭😭 i cant wait to slap them all😡😡😡
Zev and arkan vaahaka dhehkiima hama hairaan vegen antharees vefa mi i y
Sahaadhai😭😭😭😭 bt am really happy 😊
Dhen madu madu dhemyhun ge gulhun ragalhu vamun iA dhaany
I just cant wait lia and arkan ge part akah
And kayaan plx do something with sofia bitch😡😡😡
Sis avahaha up kohla dheebaaaaa
Cant wait 🫂🫂😭😭
Enme baraabaru vaahaka mi
Site ga in
Avahah aneh baa ves upload kohla
Gurl bcx of u im craving for the strawberry cheesecake 🍓 sahaaadhaiiiii
Dhen zev ah hugg eh dhehvaba alaa
Eha dhera vefa ey ehury aharen ge zev huvaa tovihjee e part kiyaafa
Badhigeyga ulhefa mi balaali
Hama fenun thanhn masahkai huttaafa mikiyaali
E varuge worth huri vaahaka eh mi
Reehchey masha allah
Aaaaaaaaassiiii mi sofia kn kajala molhu plan akaa gen ba edhiyaeee😡😡huvaa haadha foohi meeha gadekey ey🙄🙄 kayaan fakeeru avadhi kohlaane e anhenaa😭😭😭 plz give me my kayaan
My fav kihineh sunday ah wait kuraany.. pleasssszzzyyyy eyah vuren avahah ves upkollaaa dheeeba if u free😭😭😭😭😭🥺🥺🥺🥺
Thankuuu for this amazing stunning story❤️
Lots of love from kayaan ge wify kaaayer😘😘😘😘
Woahh😭😭😭😭
Hama bunaane ehxheh ves neygifa
Zev ge parents ge gaathilunnaa hamdhee r shavan r gulhumeh vaakah yageen mihaaru
Arkan menge company ge kanthah gadu ves related ba anehka ?
I wanna read next asap plz make it up fast😚😚😚😚
Alheyyyyyyyyyy vrhhh vrhh reethi masha Allah 😍 kiyaa hithun moyavaan fashaifi when’s next curiously waiting for the next part keep it up ❤️
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Arkaan and liaa gulhuvachey
Zev and alaa ves
They all are made for each other
Haadha curious kohlaafa thi nimaaly
Alhey liaa and alaa ah dhera gotheh nuhadhachey 🥺
I appreciate your hard work
Tc ❤️😘
Thihaa busy koh ulhemen ves vaahaka kiyaalan libeythee v ufaavey
Ly annora ❤️😚