“އާނ މަ ވަރަށް ނައްޓާ އެ ހަމްދާނުއާ ހަފީޒާގަނޑުދެކެ.. ހިތަށް އަރާ އެ ހަފީޒާ މަ ބައްޕައާއި ދިމާނުވިނަމަ ކޮންފަދަ ބާއޭ. އިން އިރުވެސް ބައްޕަ އެ ހަފީޒާ ވަރިކޮށްފަ މަ މަންމައާ އިންނަމަ ކީއްތަވާނީ؟. ތީ ވެސް ތެދެއް އެކަން މަށަށް ވެގެން ވަންޏާ ލާހިކެއް ނޫން ހަމްދާންއަށް މި ކޮމްޕެނީއާ ވައިއެޅިލަންވެސް..”މާޔާގެ މޫނުމަތިން ނުރައްކާތެރިކަން ފެންނަމުން ދިޔައިރު ނޯރާގެ މޫނުގައިވި ވިހަ ހިނިތުންވުމެއް ނުފިލައެވެ. ނޯރާ ފޯނު ބޭއްވުމުން ޒިލާލް ހޯދަމުން ދިޔައީ އިވްލީންއެވެ.
* * * * * * *
ޒިލާލް އިވްލީން ހޯދާހޯދާ ބަލިވިއިރު ވެސް އިވްލީންއެއް ނުފެނުނެވެ. އެނދުގައި އިށީނދެލައިގެން އިންދާ ފާހަނައިން މާގަނޑު ދޫކުރި އަޑު އިވުމުން އިވްލީން އެ އުޅެނީ ފާހަނައިގައި ކަން ވަގުތުން އެނގުނެވެ. އިވްލީން ފާހަނައިގައި ލަސްވާތީ ޒިލާލް އިތުރަށް ހައްތަހައި ރުޅިއަންނަ ގޮތްވިއެވެ. އިވްލީން ފެންވަރައިގެން ނުކުތީ ޒިލާލް އަދިވެސް އިންނާނީ ފޯނުގައިކަމަށް ހީއްކުރަމުންނެވެ. މިއީ އަދި ޒިލާލްއަށް އިވްލީން ބުރުގާ ނާޅައި ހުއްޓާ ފެނުނު ފުރަތަަމަ ފަހަރެވެ. އިވްލީން ފެނުމާއެކު ހެން ޒިލާލް އިވްލީންއާއި ދިމާއަށް ދާންފެށިއެވެ. ޒިލާލް ކުރިއަށް އަޅައިލި ކޮންމެ ފިޔަވަޅަކަށް ޖެހިލުންވެ ހުރެ އިވްލީން ދިޔައީ ފަހަތަށް ފިޔަވަޅު އަޅަމުންނެވެ.ދަމުން ދަމުން ގޮސް އިވްލީން ފާރުގައި ޖެހުނެވެ. ޒިލާލްގެ ހޫނު ނޭވާތައް ދިޔައީ އިވްލީންގެ މޫނަށް އެޅުމުންނެވެ.ދެން އިތުރަށް ހަދާނެގޮތެއް ނޭނގުމުން އިވްލީންއަށް ޒިލާލްއާއި ދިމާއަށް ބަލާލެވުނެވެ. ހަމަ ބަލާލުމާއެކުހެން އިވްލީންއަށް ދެލޯ މަރާ ބާރުކޮށްލެވުނީ ޒިލާލްގެ ރަތައް އަރާފައިވާ ދެލޯ ފެނުމުންނެވެ.” ކަލޭ ހީނުކުރަށްޗޭ މީހެއްގެ ދިރިއުޅުން ހަލާކުކޮށްފަ ކަލެއަށް ވަކި އުފަލުގަ އުޅެވޭނޭ… މަށަށް އޭރުވެސް ހީވިއޭ ކަލެއަށް މަފުރަތަަމަ ފެނުން ދުވަހުގެ ކަންތަކޭ މިޖެހެނީ.. ބުނަންތަ ގަދަ ކަމަކުން މީހެއްގެ ހިތެއް އަތެއް ނުލެވޭނެ އަންހެނާ.. ކަލޭ މަށާ އަޅައިގަނެގެން މަ ހޯދިޔަސް މަގޭ ރުހުމެއް ދުވަހަކު ވެސް ނުލިބޭނެ މިހިރަ އެއްޗާ ފައިސާގެ ދަހިވެތިކަމުގަ ޕިސް ޕިސް ފުކެއް ބޮޑުވަރުދެން.. މިހާރުގެ އަންހެނުން އުޅޭ ވައްތަރެއް ޗީޑި އަންހެނުންނަށް ވެސް ހުތުރު… ކަލޭ ނިދަން ޖެހޭނީ ތިހިރަ ސޯފާގަ މަ ނިދާނީ ކިންގް ސައިޒު ތިހިރަ ބޮޑު އެނދުގަ އަޑު އިވިއްޖެ! އަދި ބުނަން ކަލެއަށް ލިބޭނީ ހަތަރު ބާލީސްތެރޭން އެއް ބާލިސް.. އަޅާނެ ބްލޭންކެޓެއް ނުހުންނާނެ.. ގައިމު މީހެއްގެ މުއްސަނދިކަން ފެނިގެން ހޭބަލިވީމަ ތާހިރު ފަށެއް ވެއްޖޭނުން އަމިއްލަ ރަށުގަ ހުރިނަމަ މައިތިރިވެގެން މިހެނެއް ނުވީސް..” އެވަގުތު އެކޮޓަރި ދޮރުގައި މީހަކު ޓަކި ޖެހިއެވެ. އޭރު އިވްލީންގެ ލޮލަށް ބޮނޑިވެފައި ހުރި ކަރުނަތައް އިސްރާފުވަމުންދިޔައެވެ. ކަރުނަތިއްކަކަށް ފަހު ކަރުނަތިއްކެއް ފައިބަމުން ދިޔައިރު އިވްލީންގެ މޫނު ވަނީ މިލައިމޯޅިވެފައެވެ.” އޭ އެކްޓްރެސް މާ އެކްޓް ބޮޑު ނުކޮށް ރީއްޗަށް ހުރޭ ބައްޕަ ކަންނެންގެ އެ ތަޅަނީ..” ޒިލާލް މިހެން ބުނީ ޝަހާދަތް އިނގިލި ދިއްކޮށްލީ އިންޒާރެއް ދޭ ފަދައިންނެވެ. އިތުރަށް އެ ހަށިގަނޑުގައި ހަކަތައާއި ނުރޮވެ ހުންނާނެ ހިތްވަރު ނެތުމުން އިވްލީން އަތުގައި އޮތް ތުވާލި އަތަށް ބޮނޑި ކޮށްލަމުން އަނެއްކާވެސް ފާހަނައަށް ވަނެވެ. އިވްލީން ފާހަނައަށް ވަނުމުން ޒިލާލް ގޮސް ދޮރުހުޅުވި އިރު ހުރީ ޒުބޭރުއެވެ.” ދަރިފުޅާ ހަމްދާން އިނީ ހަފްތާ އަކަށް ޗުއްޓީއަށް އެދިފަ.. ދެން ދަރިފުޅު ހަމްދާނުގެ ޗުއްޓީ ޝީޓް ފުރާލަދޭތި އޮފީހަށް ގޮސް…ދަމުން ބުނާތި އޮފީސް ކީ އޮތީ ބައްޕައަތުގަ އިނގޭ… ކޮބާތަ އިވްލީން؟ ދަރިފުޅުމެން ދެކުދިން އާދޭ ކާން އަވަހަށް..” ޒުބޭރު މިހެން ބުނެފައި ދިޔުމުން ޒިލާލް ކޮޓަރި ދޮރު ތަޅުލާފައި ފާހަނަ ކައިރިއަށް ގޮސް ދޮރުގައި ޓަކިޖެހުމުން އިވްލީން ދޮރުހުޅުވިއެވެ.” އަޑު އިވިއްޖެއެއްނު ކާން އަންނާށޯ މަށަށް ވަރިހަމަ ކަލޭ އަޔަސް ނަޔަސް މަމިދަނީ ކާން..””ނުކާނަން” ޒިލާލް ދާން ހިނގައިގެން އިރަށް އިވްލީން ނުކާނަމޭ ބުނި އަޑު އިވުނެވެ.” ކައެ ރަނގަޅު ވާނީ ވެސް ނުކައި ހުރީއާ..” ހިތްހަމަޖެހުމުގެ ރާގަކަށް ޒިލާލް އެހެން ބުނަމުން ކާގެއަށް ނިކުތެވެ. އޭރު ދިހަ ގަޑި ބައިވަނީއެވެ. ޒިލާލް ކާން އައި އިރު އިވްލީން ނައުމުން ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް ޒިލާލްއަށް ލިބިގެން ދިޔައެވެ.” ދަރިފުޅާ އިވްލީން ކޮބާތަ ؟”ކުރިން ވެސް މަންމަގެ މިސުވާލު ކުރިމަތިވާނެކަން ޒިލާލްއަށް އިނގެއެވެ. “ކައިފިހެން ހީވަނީ ބުނީ ނުކާނަމޯ..””އިވްލީން ބަލީތަ؟”ދެން ވެސް ސުވާލު އައީ އަސްމާގެ ފަރާތުންނެވެ.”ޕިސް ޕިސް އިވްލީން އިވްލީން އިވްލީން ދެރަ ކަމެއްނު މިހާރު މަންމަމެންނަށް ވެސް އޭނަޔާ ނުލާ އެއްޗެއް ނުދިރެނީތަ؟ އޭނަ ނުކާނަމޭ އެބުނީ ކާން ބޭނުން ނުވާތީއެއްނު ދެން ބަހައްޓަބަލަ އޭނަ…” ދުވަހަކު އަސްމާ އާއި ދިމާއަށް ޗުއްޕުވެސް ނުބުނާ ޒިލާލް މިއަދު އެގޮތަށް ވާހަކަ ދެއްކުމުން އަސްމާ އިންތިހާއަށް ހިތުގައި ޖެހުނެވެ. އަސްމާއަށް ވެފައި އިންގޮތް ފެނުމުން ޒުބޭރުއަށް ކެތްކުރަން އުނދަގޫވީއެވެ.
“ޒިލާލް ތީތަ އަހަރުމެން ޒިލާލްއަށް ދިން ތަރުބިއްޔަތުގެ ނަތީޖާ؟
ޒިލާލްގެ ބަނޑުއަޅައި ވިހޭ މައިމީހާއަށް ކަންތައް ކޮށްދޭން ބައްޕަ ދަސްކޮށްދިނީ ތިހެންތަ؟”” ބުނަންތަ ބައްޕާ ވާހަކައެއް ރަނގަޅަށް ކަންފަތް ހުޅުވައިގެން އަޑުއަހާތި… ބައްޕަ ދިން ތަރުބިއްޔަތުގެ ނަތީޖާ
ރަމްޒުކޮށްދޭނެ އަހަރެންވީ ޤުރުބާނީން ވެސް… ތި ބައްޕަގެ އެދުމުގަ ކޮޅުފައިންނެއް ޖަހާކަށް އަހަރެން ކުޑަވެސް ފުރުޞަތެއް ނުދެމެއްނު… އެކަން ވެސް އެއޮތީ ކޮށްދީފަ.. ދެން އިތުރަށް އަހަރެންގެ ދިރިއުޅުމަށް ފާޑު ނުކިޔާ ތިބެވޭތޯ ބަލާ މަންމަވެސް ބައްޕަވެސް..”
ޒިލާލް އެންމެފަހުން ބުނެލި ލަފުޒު ބުނީ ޝަހާދަތް އިނގިލި ދިއްކޮށްލަމުންނެވެ.ޒުބޭރުގެ ސުވާލުތަކުން ޒިލާލްގެ ރޯވަމުން ދިޔަ އަލިފާންގަނޑުގެ ހުޅުގަނޑު އިތުރުވި ކަހަލައެވެ. ޒިލާލް އިން ގޮނޑި ފަހަތަށް ކޮއްޕާލަމުން ކާގެއިން ނިކުމެ ގޮސް ގޭގެ ދޮރު ޖެހުމާއެކު އަސްމާގެ ބަޑި ފަޅައިގެންދިޔައެވެ. އަސްމާ ޒުބޭރުގެ މޭތެރެއަށް ބޮނޑިވެގަންނަމުން ގިސްލަ ގިސްލާފައި ރުއި އަޑު ކޮޓަރީގައި ހުރި އިވްލީންގެ ކަންފަތާއި ހަމައަށް ކިތަންމެހާ ރަނގަޅަކަށް ވެސް ފޯރިއެވެ. އެވަގުތު އިވްލީންގެ ހިތްމުޅިން ޒިލާލްއާއި މެދު އިންތިހާ ޝަކުވާއިން ފުރުނެވެ. ނޯރާ ކައިރިއަށް ދާން ނިކުމެ ސައިކަލަށް އަރަމުން ޒިލާލް ހަމްދާންއަށް ގުޅާލިއެވެ. ހަމަ ފުރަތަަމަ ރިންގާއިއެކުހެން ހަމްދާން ފޯނުނެގިއެވެ.” ހަނދު ބޮޑުވެގެންތަ ކައެ ހަފްތާއަކަށް ޗުއްޓީ ޖެހީ ބްރޯ؟..”” ސާބަހޭ މިއުޅެނީ ޔުއްމު ކައިރިއަށް ދާން… ނުބުނާތި އިނގޭ އޭނަ އަކަށް ނޭނގޭނެ.. މަ މާދަމާ ފުރަން ހެނދުނު” ހަމްދާން ބުނެލި ކޮންމެ ބަހަކުން ޒިލާލްގެ މޫނަށް ދިޔައީ ހައިރާންކަމުގެ ކުލަތައް ވެރިވަމުންނެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ހަމްދާން އަބަދުވެސް ކަންކަން ނިންމާ ހަދާނީ ޒިލާލްގެ މަޝްވަރާއަށް ފަހުގައެވެ. ގައިމުވެސް މިއަދުގެ ގިނައިރު އުޅުނީ ވެސް ހަމަ ހަމްދާންއާއިއެކުއެވެ. އެއީ ކުއްލިއަކަށް ނިންމި ނިންމުމެއް ކަމުގައި ނިންމާ ޒިލާލް އެތެރެއަށް ވަދެ އޮފީހުގެ ތަޅުދަނޑި ނަގައިގެން ނިކުމެ ސައިކަލަށް އަރާ ނައްޓާލިއެވެ. ދަންވަރުގެ ވަގުތަށް ވީއިރުވެސް އިވްލީންގެ ލޮލަށް ނިދީގެ އިހްސާސެއް ވެސް ނުކުރެވެއެވެ. ކަންކަމާއި ވިސްނެނީއެވެ. ސޯފާގައި އޮތެއް ކަމަކު އަޅާނެ ބްލޭންކެޓެއް ނެތުމުން ނިވާކަން ކުޑަކަމުގެ އިހްސާސް ކުރެވެނީއެވެ. ރައްކާތެރިކަމާއި ހިމާޔަތް ލިބުމަށް މިހާރު އިވްލީން އިންތިހާއަށް ބޭނުންވެއެވެ. އެހެން އޮއްވާ ދޮރު ތަޅުގައި މީހަކު ހިފުމުން އިވްލީން ދެލޯ މަރައިލިއެވެ.” އޭތް!!ތެދުވެބަލަ!” ޒިލާލްގެ އަޑު ކަންފަތުގައި ޖެހުމާއިއެކު އިވްލީން ކޮޅަށް ޖެހުނެވެ.” ކިހިނެއްވީ؟”” ކިހިނެއްތަ ނުވަނީ؟ އަންނަންވީ މަށަށް ބޭގް ޕެކް ކޮށްލަދޭން…” ޒިލާލް މިހެން ބުނަމުން ކަބަޑުން ދަބަހަށް އަޅަން ބޭނުންވާ އެއްޗިހިތައް ނަގަންފެށިއެވެ. އެއްޗިހިތައް ގެންގޮސް އިވްލީން ނިދަން އޮތް ސޯފާ މައްޗަށް އަޅާލުމުން ކުޑަކޮށް އިވްލީން ހިތްހަމަ ނުޖެހުނެވެ. އެހެނަސް މީކީ އިވްލީންއަށް ބާރު ފޯރުވޭނެ ކަންކަމެއް ނޫންވިއްޔާއެވެ. ދަބަސް ދީފައި އެއްޗިހިތައް އަޅާށޭ ބުނެ ޒިލާލް ނިދަން އެރިއެވެ.” އެކަމު އަދި 3 ނެކޭ ޖެހީ..”” ބޭކާރު ވާހަކަނުދައްކާ ތި އެއްޗިހި އެޅޭތޯ ބަލާ… މަށަށް ގޮވާތި 6 ޖަހާއިރުޖެހޭ ފުރަން.. ކަލޭ ނުލާހިކު މޮޅެއްނު ޑްރާމާ ކުޅެން މަންމަމެން ކައިރީގަ ވެސް ކައެ ޑްރާމާއެއް ޖައްސާ މަ ކޮބާހޭ އަހައިފިއްޔާ ނިމުނީ ކަލޭތީ މަގޭ އަންހެނުންކަން ނޯރާއަށް އިނގިއްޖެއާ ހަނދާން ކުރާތި!” ޒިލާލް ކިޔަން ހިތުލައިގެން ހުރި އެއްޗިހި ފަތި ފައްޗައް އަމުނައިލިއެވެ.” ނޯރާ އެ ކާކު؟”” މައި ވަން އެން އޮންލީ.. މިވަރުން އިނގޭނެ ކަމައް ހީއްކުރަން.. އުހުން ފަހަރެއްގަ އެކްޓްރެސްއެއް ވީމަ ނޭނގިދާނެދޯ އެ މަގޭ ގާރލް ފްރެންޑް.. މާނޭކީ ލޯބިވެރިޔާއޭ.. ފެއްސޭ ދެން މިތަނުން މަށަށް ޖެއްސުން ނުކޮށް..” ޒިލާލްގެ މިފަހަރު މިހެން ބުނުމުން އިވްލީންއަށް ހަގީގަތުގައި ވެސް މީހެއްގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަނެވުނީއޭ ހީވިއެވެ. ކަރުނުން ތެމުނު ދެލޯ ފުހެލަމުން ކުރަންހުރި މަސައްކަތާއިގެން އިވްލީން ކުރިއަށްދިޔައެވެ. ހެނދުނު 6 ޖެހީ ނޯރާމެން ލާންޗު ކައިރީގައި ތިއްބައެވެ.” ޒިއްލު މިއަދު އަންނަގޮތަކަށް ނޫންދޯ؟” ޒިލާލްގެ ކައިރިއަށް ޖެހިލަމުން ނޯރާ ފޮނިވެލާފައި ބުންޏެވެ.” ޔޭސް ސްވިޓީ ސަޓަރޑޭ ހަވީރު އަންނާނި..” ޒިލާލް ވެސް އިތުރަށް ނޯރާއާއި ގާތްވެލަމުން ބުންޏެވެ. ޒިލާލްގެ އެދޮން މޫނަށް އެވަގުތު ވެސް އެތަނުގައި ތިބި އެތައް ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ.ހަލުވި މިނުގައި ދުއްވާފައި ދިޔަ ލާންޗުގައި އިން ހަމްދާނުގެ ނަޒަރު ކުރިމަތިން ފެންނަންއޮތް ރަށަށް ހުއްޓުނެވެ. ލާންޗުން ފައިބައިގެން ހަމްދާން ރަށުތެރެއަށް ހިނގައިގަތެވެ.މަގުގެ އެއްފަރާތުން ހިނގާލާފައި ދިޔަ ރާއިލްގެ ނަޒަރު ކުރިމަތިން ދިޔަ ހަމްދާންއަށް ހުއްޓުނު ވަގުތު ރާއިލްގެ މޫނަށް ރޫތައް ގިނަވެގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.





Mi part haadha has rheehchey keep it up can’t wait for the next part
mi parrt ves mashallah vrh reethi
when next part cant wait foe next
Thank yu malaa ❤️
Vrh bodah sorry next ep ah eba jehey patiently wait kohlan.. thank you for the support n the lovely comment🫶🏻
Thank yu lovely girl ❤️
Vrh bodah sorry next ep ah eba jehey patiently wait kohlan.. thank you for the support n the lovely comment’s 🫶🏻