Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށްޓަކައި ހިތުގެ ލޯބި 11

Aishath Limsha
Aishath Limsha Level 4100 Login10 Stories500 Login100 Comments
March 24, 2025 5 Mins Read
4 Comments

“ޒިލާލް…ކާންވީނު”އިވްލީން މަޑުމަޑުން ބުނީ ކޮންމެހެން ބުނަން ބޭނުންވާތީ އެއްނޫނެވެ.ބުނަން ޖެހޭތީއެވެ.”ހޫނ.. ކަންތަކާއި ލައިގަތީ ނޫޅެން ކާކަށް ކައިގެން މިހުރީ އުނދަގޫ ނުކޮށް ހުރެބަލަ..” މިފަހަރު ޒިލާލް މިހެން ބުނުމުން އިވްލީންއަށް ވެސް ލޯ އަޅައިލެވުނެވެ. “އެއްޗެއް ރަނގަޅަކަށް ވެސް ބުނެވެނީކީ ނޫން ސަލާމަތެއް ނެތެއްނު…” އިވްލީންއަށް ހިތާހިތުން ކިޔާލެވުނެވެ.
* * * * * * * * * * * *
ރަޝީދާ ފިހާރައަށް ވަދެ ގެއަށް ބޭނުންވާ ބައިވަރު އެއްޗިހި ގަނެގެން ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ.ރަޝީދާގެ އަތަށް ކެތްނުވާވަރަށް ކޮތަޅުތައް ބަރެވެ. އެތަނުން އެއްކޮތަޅު އޮތީ ހަލާކުވާންވެސް ކައިރިވެފައެވެ.ކުއްލިއަކަށް ފަހަތުން ކުއްޖަކު އައިސް ދައްތާއޭ ކިޔާފައި ގޮވާލުމުން ރަޝީދާ ފަހަތަށް ބަލައިލިއެވެ. ރަޝީދާގެ އަތުގައި އޮތް ހަތަރު ކޮތަޅު ތެރޭން ދެ ކޮތަޅު ހިފައިދިނީ ވެސް ހަމަ އެ އަންހެން ކުއްޖާއެވެ. އަދި އެކުއްޖާގެ އެދުމުގެ މަތިން އެގޯޅީގައި ހުރި އެކުއްޖާގެ ގެއަށް ރަޝީދާ ދިޔައެވެ. މީގެ ކުރިން ދެކެފައި ނުވާ އެކުއްޖާ ރަޝީދާގެ ޝައުގުވެރިކަން ދަމައިގެންފިއެވެ. އެގެއަށް ވަދެ ސިޓިންރޫމުގައި އިށީނދެލައިގެން އިންދާ ރަޝީދާގެ ލޮލުގައި އަޅައިގަތީ ރެކުމަތީގައި ބައިންދާފައި އިން އަންހެން މީހާގެ ފޮޓޯގަނޑެވެ. ރަޝީދާ އެ ފޮޓޯގަނޑު ނަގައިގެން ހުއްޓާ އެކުއްޖާ ހަލާކުވާން ކައިރިވެފައޮތް ކޮތަޅު ބަދަލުކޮށްފައި ރީތިކޮތަޅަކަށް އެއްޗިހިތައް އަޅައިގެންނާއި ފެންތައްޓެއް ހިފައިގެން އައެވެ.”ޝަކީލާ..” މަޑުމަޑުން ރަޝީދާއަށް ކިޔާލެވުނެވެ.” ދައްތަ ދަންނަންތަ ތިމީހަ؟” އެކުއްޖާގެ ސުވާލުކުރިއެވެ.” އިނގޭ ކޮންމެސް ވަރަކަށް.. މާކަށް ބޮޑަކަށް ހަނދާނެއް ނެތް.. އެއީ ވަރަށް ރަނގަޅު މީހެއް މީހުންނާއި ގުޅޭ މީހުންގެ އިޚްތިރާމް ހޯދާފައި ހުރި މީހެއް”
“ދައްތާ އެ…އެއީ އަހަރެންގެ މަންމަ އެކަމަކު އަހަރެން ނުދެކެން ދުވަހަކު ވެސް އަހަރެންގެ މަންމައެއް އަހަރެން ވިހާފަ މަންމަ ނިޔާވީ ދެން އަހަރެން ބަލަމުން ދިޔައީ އަހަރެންގެ ބައްޕަ ފަރާތު ބޮޑުދައިތަ އަހަރެންގެ އުމުރުން 2 އަހަރު ބައްޕަ އަހަންނާއި ވަކިވީ އޭގެ ފަހުން އަހަރެންގެ ހުރިހާވެސް މީހަކީ ބޮޑުދައިތަ.. ބޮޑުދައިތަގެ ދަރި ވެސް އަހަންނަށް ވަރަށް ހެޔޮވާނެ..އޭނާ ދެކެނީ އަހަރެންމީ އޭނަގެ ކޮއްކޮ ކަމަށް އެއީ އަހަރެންގެ ވެސް އެއްބަނޑުއެއްބަފާ ކަމުގެ އިހްސާސް ކުރެވި ކުލުނު ޖެހިފަ ހުރި އަހަރެންގެ ބޭބެއެއް ކަހަލަ ކުއްޖެއް” އެހިސާބަށް ވާހަކަ ދެއްކުނު އިރު އެކުއްޖާއަށް ގިސްލަ ގިސްލާފައި ރޮވެމުން ދިޔައެވެ. ރަޝީދާގެ ގެއާއި ހިސާބަށް ދެވުނު އިރު ވެސް އެދެމެދުގައި ލައްކަ ވާހަކަ ދެކެވުނެވެ. އެދުވަހު ހަވީރުން ފެށިގެން ރޭ ވަންދެން ވެސް އިވްލީން އުޅުނީ މުޅި ކޮޓަރިތެރޭގައި ފޫހިވާތީއެވެ. އެއިރުވެސް ޒިލާލް އޮތީ ފުން ނިދީގެ ތެރެއަށް ޤަރަގުވެފައެވެ. އިވްލީން ފޫހިވާތީ އެންމެފަހުން ގޭތެރެއަށް ނިކުމެ ސޯފާގައި އިނީއެވެ. އެހެން ވަރަށް ގިނައިރު ވަންދެން އިން ފަހުން ޒެއިން އައިސް ގެއަށް ވަނެވެ. ފުލުސް ޔުނިފޯމްގައި ހުރި ޒެއިން ފެނުމުން އިވްލީންގެ ޝައުގުވެރިކަން ޒެއިންއަށް ދަމައިގަންނާކަށް ފަޅި ސިކުންތެއް ވެސް ނުނެގިއެވެ.” ޕޮލިހުގަތަ އުޅެނީ ؟” އިވްލީން ކުޅެން އިން ފޯނު ބާއްވަމުން ބުންޏެވެ.” އާނ މިހާރު ދެން މީ 2 ވަނަ އަހަރު… ކިހިނެއްވީ ވަރަށް ޝައުގުވެރިވިހެން ހީވެއްޖެ… އޭ އެކަމު ނެތޭ ދޮންބެއަކަށް މިހެން އިނދެވޭކަށް ވެސް.. ވާހަކަ ދައްކަން ތިބެވިދާންނު ފަހުން ވެސް..މިއައީ ވެސް ވަރަށް އަވަހަށް އަންނާނަމޭ ވެސް ކިޔާފަ ހައިވާވަރުން ކާން.. ކޮބާތަ މަންމަ؟” “އެހެންތަ ތިހެންވީއިރު އާދޭ އަވަހަށް ކާން.. މަންމަ ހަވީރު ވެސް އުޅުފަ އެވަނީ މަންމައަށް އުނދަގޫ ނުކޮށް އަވަހަށް އާދޭ ދެން ވެސް…. ރެޑީގަ ހުންނާނީ ވެސް” އިވްލީން ބަދިގެއަށް ދާން ހިނގައި ގަންނަމުން ބުންޏެވެ. ޒެއިން ކައިގެން ޑިއުޓީއަށް ދިޔައިރު ހުރީ 9 އެއްވެސް ޖަހާފައެވެ. އިވްލީން ކޮޓަރިއަށް ވަންނަން ދަނިކޮށް ޖަޒްލީގެ ފޯނެއް އައެވެ. ފޯނައް ޖަވާބު ދެމުން ކޮޓަރިއަށް ވަދެ ދޮރުލައްޕާފައި އިވްލީން މިސްރާބުޖެހީ ބެލްކަންޏާއި ދިމާއަށެވެ. ރާއިލްއަށް އިވްލީންގެ ހަނދާންތަކާއި ދުރަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިގެންދިޔައީ ރަޝީދާގެ އޯގާތެރިކަމާއި އަޅާލުމުންނެވެ. އެ މަންމަ ދޭ ހިތްވަރުގެ ބަސްތަކުން ރާއިލްއަށް ވެސް ދިރިއުޅުމައިގެން ކުރިއަށްދާން ފަސޭހަވިއެވެ. ޕޮލިސް ޓްރެއިނިންގއަށް ހަފްތާއެއް ފަހުން ރާއިލް މާލެދާން ޖެހޭނެއެވެ.40 ވަރަކަށް މިނެޓު ވަންދެން ޖަޒްލީ އާއި ވާހަކަ ދެއްކުމަށް ފަހު ޖަޒްލީ ފޯނު ބޭއްވުމުން އިވްލީން ބެލްކަނީގެ ރެއިލިން ކައިރީގައި ހުއްޓެމުން ގުދުރަތީ ރީތިކަމަށް ނަޒަރު ހިންގާލިއެވެ. ރީއްޗެވެ. އެހާވެސް ފުރިހަމައެވެ. ރީތިކަމުގެ އިންތިހާއެވެ. ކަޅުކަންގަދަ އުޑުމަތި ފުރާލާފައި ވަނީ ހުސް ތަރިންނެވެ. ހަނދުގެ ފުރިހަމަކަން ވެސް އެހާމެ ހިތްގައިމެވެ. ހަނދު ވަރުގެ އަލިކަން ލިބޭތީ އިވްލީން ހުރީ ވެސް ބެލްކަނީގައި އިންނަ ފަނޑު އަލީގެ ލައިޓް އޮފްކޮށްފައެވެ. އުޑުމަތިން ފެންނަމުން ދިޔަ މަންޒަރުން އިވްލީންއަށް ދޭހަވީ މުޅިން އެހެން މާނައެކެވެ. އެއީ ދިރިއުޅުމުގައި ވެސް އެހާމެ ގިނަ މީހުންނާއި އެބަ ދިމާވެއެވެ. ނަމަވެސް ހަނދާއި ތަރިތަކުން ދޭހަވާ ފަދައިން ދިރިއުޅުމުގެ ބައިވެރިއަކަށް ވާނީ އެކަކެވެ. އިވްލީންގެ ލޯ އޭރު ދިޔައީ ފެންކަޅި ވަމުންނެވެ.އިވްލީންގެ ހިތަށް އެރިއެވެ. ލޯބިވާ މީހުންނާއި ކައިވެނި ކުރެވެނީ ކިތައް މީހުންނަށް ބާވެއެވެ؟ ފުރަތަަމަ ލޯބި ކާމިޔާބު ކުރެވެނީ ކިތައް މީހުންނަށް ބާވެއެވެ؟ އިންނަން ބޭނުންވާ މީހާ ނުލިބި ތިބެނީ ކިތައް މީހުން ބާވެއެވެ؟ މިއަދު އިވްލީންއަށް މީހަކާއި އިނދެވިއްޖެއެވެ. ދިރިއުޅުމުގައި ނިންމަންޖެހޭ އެންމެބޮޑު އެއްނިންމުން ވެސް އިވްލީންއަށް މިއަދު ނިންމިއްޖެއެވެ. ނަމަވެސް އެއީ އިވްލީންގެ އަމިއްލަ އިޚްތިޔާރާއި ނުލައެވެ. އެކަމު މި ނިންމުން ނިންމައިގެން އިވްލީންއަށް ލިބުނު އެއްވެސް ހިތްހަމަޖެހުމެއް ނެތެއް ނޫންހެއްޔެވެ؟ އެއިރު އިވްލީންގެ ލޮލުން ހޯސްލާފައި ކަރުނަތައް އެދޮން ކޯތާފަތް ތެންމަމުން ދިޔައެވެ.އެކި ޚިޔާލުތައް ސިކުނޑީގައި ފުނި ޖެހެމުން ދިޔައިރު އިވްލީންއަށް މިހުރެވެނީ ކޮންތާކުކަން ވެސް ނޭނގޭކަހަލައެވެ. އިރުކޮޅެއް ވަންދެން އެހެން ހުރުމަށްފަހު އަތުގެ ނުފުށުން ކަރުނަތައް ފުހެލަމުން ކޮޓަރިތެރެއަށް ދެމިގަތް އިވްލީން ދިޔައީ ތަޅުވައިގެންނެވެ. މީގެ އިރުގަނޑެއް ކުރިން ފުން ނިދީގެ ތެރޭގައި އޮތް މީހާ މިހާރު އެއޮތީ ކިހިނެއްވެފައި ބާވެއެވެ؟ އަނެއްކާ އަހަރެން ދޮންބެ ދައްތަގާތު ދެއްކި ހުރިހާ ވާހަކަތަކެއް ޒިލާލްއަށް އަޑުއިވުނީ ބާވެއެވެ؟ ޒިލާލް އޮތް ގޮތް ފެނުމުން އިވްލީންއަށް ހަދާނެ އިތުރު އެއްވެސް ގޮތެއް ނޭނގި ހުއްޓިފައިހުރެވުނެވެ. ޒިލާލް އޮތީ ސީލިންގް އާއި ދިމާއަށް ނަޒަރު ހުއްޓިފައެވެ. އިތުރު އެހެން ތަނެއް ޒިލާލްއަށް ނުފެންނަ ކަހަލައެވެ. އާނއެކެވެ. ޒިލާލް އެ އޮތީ ވަރަށް ބޮޑު ވިސްނުމެއްގެ ތެރޭގައެވެ. އޭނާގެ ބޮއްސުންލާފައިވާ ދިރިއުޅުމާއި ހެދީ މިހާރު ރަނގަޅަށް ލޮލުފިޔަ ޖަހައިލެވޭވަރު ވެސް ނުވެއެވެ. ޒިލާލް ނޯރާދެކެ އެހައި ލޯބިވާއިރު މަންމަމެން އެކަމާއި ނުރުހެންވި އެއްވެސް ސަބަބެއް ޒިލާލްއަކަށް ނުވިސްނުނެވެ. ފަހަރެއްގައި މިކަމުގައި ޒީޝާލްގެ އެހީތެރިކަމެއް ލިބިދާނޭ ޒިލާލްގެ ހިތަށް އެރިއެވެ. އޭރަށް ޒީޝާލްގެ ކައިރިން އެ ސަބަބެއް އޮޅުންފިލުވައި އިވްލީން ވަރިކުރުމަށްފަހު ޒިލާލްއަށް ނޯރާއާއި އިނދެވޭނެއެވެ. މީހެއްގެ ދިރިއުޅުމުގައި ހުޅުޖަހާފައި ހުޅުރޯވާތަން ބަލަން ވަކި އިވްލީންއަށް ހުރެވޭނެ ހެއްޔެވެ؟ ނޫނެކެވެ. އެގޮތަށް އެހެންވިޔަކަ ޒިލާލްއެއް ނުދޭނެއެވެ. އެގޮތަށް އެހެންވާކަށް ޒިލާލްއެއް ފުރުސަތެއް ވެސް ނުދޭނެއެވެ. ޒިލާލްގެ ހިތުގައި ޝައިޠާނީ އެތައް ވަސްވާސްތަކެއް އުފެދެމުންދިޔައެވެ. އިވްލީން އެހުރިގޮތައް ހުއްޓާ ޑްރެސިންގް ޓޭބަލް މަތީ ބާއްވާފައިއޮތް ފޯނު މިހާރު އެ ރިންގުވަނީ 2 ވަނަ ފަހަރަށެވެ. އިވްލީންއަށް އެއިރުވެސް ވެސް ހުރެވުނީ ހަމަ އެ ހާލަތުގައެވެ. ހަމަ ހުއްޓުން އަރާފައެވެ. އަޅެ މި ފެންނަނީ ދުނިޔޭގެ ހަތް އަޖައިބުން އެއް އަޖައިބު ހެއްޔެވެ؟ އިވްލީން އެންމެފަހުން ގޮސް ޒިލާލްގެ ފޯނު ކައިރީގައި ހުއްޓެމުން ފޯނުގެ ސްކްރީނަށް އަރާފައި އިން ނަން ކިޔާލިއެވެ.” މައި.. ވަން.. އެން… އޮންލީ…” އިވްލީންއަށް މިނަން ދުލުން ރަނގަޅަށް ބޭރުކުރެވުނު ކަމެއްވެސް ނޭނގެއެވެ. ޒިލާލް ފުންމައިގެން ތެދުވިއެވެ. އިވްލީންއަށް ފަހަތަށް ބަލާލެވުނު އިރު ޒިލާލް އިވްލީން ހުރި ތަނާއި ދިމާއަށް އަންނަނީއެވެ. ޒިލާލްގެ މޫނުގައި އޭރު ހުރީ މުޅިން އެހެން ކުލަވަރެކެވެ. ބަޔާންކުރަން ވެސް ދަތި ތަފާތު ކުލަވަރެކެވެ. ދެން ވާނެގޮތެއް ނޭނގޭތީ އިވްލީންއަށް އިވްލީންގެ ހިތުގައި އަތްއަޅާލެވުނީ އިސްދަށަށް ޖަހައިލަމުންނެވެ. ޒިލާލް އައިގޮތަށް އައިސް އިވްލީންގެ އަތުތެރޭގައި އޮތް ފޯނު ޖަހައިގަތީއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.” މިހާރު 3 ވަނަ ފަހަރަށް މިގުޅަނީ..ޒިއްލު އަޅެ ހަނދާން އެބަހުރިތަ؟ ރިސޯޓްއަށް ދާން ކީމެއްނު…” ނޯރާގެ ވާހަކައިން އަނެއްކާވެސް ޒިލާލްއަށް ޖެހުނީ ޝޮކެކެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ޒިލާލް ހަމައެއްގޮތަކަށް ވެސް އެކަމުގެ މަތިން ހަނދާނެއް ނެތެވެ. އާނ އެކެވެ. ވީކެންޑްއަށްށޭ ކިޔާފަ މާދަމާ އަކީ ހުކުރުދުވަހެވެ.”އަ ..އާނ ޔޭސް ހަނދާން ހުންނާނެތާ ދެން ސްވިޓީ ދައްކާ ވާހަކަ ދޯ.. މިހާރު މާޔާއާ އެވާހަކަ ދެއްކީތަ؟ މިރޭ ދާނަން އިނގޭ””އާނ ދެއްކިން އޭނަ އޯކޭ..ޔެއާ އަންނައްޗޭ…. ޒިއްލު ވާނެ އިނގޭ ޓްރިޕްގެ ހަރަދުތަކާ ހަވާލުވާން..” ނޯރާ މިހެން ބުނުމުން ޒިލާލް ވަގުތުން ހަރަދުތައް ދޭނަން ކަމުގައި ބުންޏެވެ. ޒިލާލްގެ ފޯނު ބޭއްވި ނޯރާގެ މޫނުމަތިން ވިހަ ހިނިތުންވުމެއް ފެނިގެން ދިޔައެވެ. އެވަގުތު އެތާގައި އިން މާޔާއަށް ވީގޮތް ކިތަންމެހާވެސް ރަނގަޅަކަށް ފަހުމްވިއެވެ.” އެކަން އަބަދު ނުވާނެދޯ ބިޓަކަސް ތިވަރަށް އޭނަ އަތުން ރުފިޔާ ތަޅާކަށް! ހަމަ ނޯރާގެ ޑޭޑްގެ ވެސް ޕަބްލިކް ނޫނަކަސް ޕްރައިވެޓް ކޮމްޕެނީއެއް އޮވޭންނު އަނެއްކޮޅުން ތީނު ނަސީރުބޭގެ ހަމައެކަނި ހުރި ދަރިޔަކީ ވެސް ޒިލާލްގެ ވިއްޔާ ޒިލާލްގެ ޑޭޑްގެ 3 ކުދިން ތިބޭނު…” މާޔާގެ ބަސްއިއްވާލުމުން ނޯރާއަކަށް މަޑަކުން ނީންދެވުނެވެ.”އާނ މަށެއް ވެސް މަށަށް ހަރަދުތައް ނުދެވޭ ފަންތީގެ މީހެއް ނުގެންގުޅޭނަން.. އެކަން ހަމަ އެންމެރަނގަޅަށް އިނގޭނީ ވެސް މާޔާއަށް.. އާނ މަ ޑޭޑްގެ ވެސް ކޮމްޕެނީއެއް އޮވޭ އެކަން މާޔާއާ ޒިލާލް ޑޭޑްގެމެންގެ ހާ އަހަރުން ޑޭޑްގެ ކޮމްޕެނީއެއް ނުހިނގާ.. ތި މުޅި ރާއްޖޭގަ ވެސް އެންމެ ނަން މަޝްހޫރުވެފަ ހިނގަމުންދާ 2 ކޮމްޕެނީ.. މާޔާއޯ ވަކި ތީނަވެސް ލަކީއެއްނު.. އަސްލު ޔޫ ވަރަށް ގަޅި އިނގޭ މިހެން މިބުނީ ހަމްދާން އެ ހުންނަނީ ޒިލާލްމެންގެ ކޮމްޕެނީގަ ކިހާ ފަސޭހައިން އެ ކޮމްޕެނީގެ ކަންކަން ހޯދާ ބެލޭނެ ތިމީހުން އޭނަ ތި ކޮމްޕެނީއާ ގުޅުވީމަ… ތި ދައިތައަށް ހަޖަމު ނުވާތީދޯ މައްސަލޭކީ””އާނ މަ ވަރަށް ނައްޓާ އެ ހަމްދާނުއާ ހަފީޒާގަނޑުދެކެ.. ހިތަށް އަރާ އެ ހަފީޒާ މަ ބައްޕައާއި ދިމާނުވިނަމަ ކޮންފަދަ ބާއޭ. އިން އިރުވެސް ބައްޕަ އަޅެ އެ ހަފީޒާ ވަރިކޮށްފަ މަ މަންމައާ އިންނަމަ ކީއްތަވާނީ؟. ތީ ވެސް ތެދެއް އެކަން މަށަށް ވެގެން ވަންޏާ ލާހިކެއް ނޫން ހަމްދާންއަށް މި ކޮމްޕެނީއާ ވައިއެޅިލަންވެސް..”މާޔާގެ މޫނުމަތިން ނުރައްކާތެރިކަން ފެންނަމުން ދިޔައިރު ނޯރާގެ މޫނުގައިވި ވިހަ ހިނިތުންވުމެއް ނުފިލައެވެ. ނޯރާ ފޯނު ބޭއްވުމުން ޒިލާލް ހޯދަމުން ދިޔައީ އިވްލީންއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aishath Limsha
Follow Me Written By

Aishath Limsha

Level 4100 Login10 Stories500 Login100 Comments

A girl who want it, work for it🖤.. trying my best to be a good author🤍 ... I'll accept positive n negative comments and without reader's comments🤍 I might have been repeating mistakes🖤...I would love to see reader's opinion for my stories?? 🤍Author of " abadhahtakaa hithuge loabi" luv yu my dear reader's 🤍🖤

Other Articles

Previous

ތިޔަ ލޯތްބަށް އެދެވޭތީ… 35

Next

އިންސާފު ލިބޭނެބާ – 30

Next
March 24, 2025

އިންސާފު ލިބޭނެބާ – 30

Previews
March 24, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 35

4 Comments!

  1. cutie girl says:
    March 24, 2025 at 11:13 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    raail and evleen dhuru nukurachey
    they both are made for each other
    haadha curious kohlaafa thi nihmaaly
    tc
    ly

    1. Aishath Limsha Aishath Limsha says:
      March 25, 2025 at 10:12 am

      Thanks cutie girl ❤️
      Means a lot 🥹
      Lym dear 🫶🏻
      Tc 😊

  2. Lovely girl says:
    March 25, 2025 at 11:37 pm

    Mi part văd varah Reethi can’t wait for the next part 😁

    1. Aishath Limsha Aishath Limsha says:
      March 27, 2025 at 7:21 am

      Thank yu lovely girl ❤️
      Maa Gina iru wait kuraakah nujeheyne I already submitted 😊

Comments are closed.

Next Episodeއަބަދަށްޓަކައި ހިތުގެ ލޯބި 12←


All Right Reserved!