Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަބަދަށްޓަކައި ހިތުގެ ލޯބި 10

Aishath Limsha
Aishath Limsha Level 4100 Login10 Stories500 Login100 Comments
March 19, 2025 3 Mins Read
8 Comments

މިހާރު އިވްލީންއަކީ އެހެން މީހެއްގެ ހައްގެކެވެ. މިހާރު އެއީ މީހެއްގެ އަތްބެކެވެ. ރާއިލް ގެއަށް ދަމުން ދުޢާ ކުރީ އިވްލީން އާއި އަދި އެއް ދުވަހަކުން ދިމާވެވޭތޯއެވެ. ނަމަވެސް އެއީ ލޯބިވެރިންގެ ގޮތުގައެއްނޫނެވެ. ރަހުމަތްތެރިންގެ ގޮތުގައެވެ.
************
ޒިލާލްގެ ހިތުގައި ހިނގަމުންދިޔަ ހައިޖާނުގަނޑުގެ ސަބަބުން ދެ ކަންފަތައް އެއާރޕޮޑްސްޖަހައިލައިގެން ފޯނަށް ސަމާލުކަމެއް ދިނީ ފުދޭވަރަކަށް ބޮލުގައި ވެސް ރިއްސާތީއެވެ. ބިނދި ބިނދިފައި ރާޅުތައް ގިރާކުރަމުން ދިޔަ ލޯންޗުގައި އެންމެން ވެސް ތިބީ ދާން އޮތް މަންޒިލާ ހަމައަށް ދެވޭނެ ކަމާއި މެދު ވެސް ޝައްކެއްގެ މަތީގައެވެ. ޖެހި ރާޅަކާއެކު އިވްލީންއަށް ޒިލާލްގެ އަތުގައި ހިފުނީ ބޭއިޚްތިޔާރުގައެވެ. މިކަމުގެ ސަބަބުން ޒިލާލް ހިތްހަމަނުޖެހުނުކަން އަތުގައި ހިފާ ޒިލާލްގެ އަތާއި ދުރުކޮށްލި ގޮތުން ވެސް އިވްލީންއަށް ކިތަންމެހާވެސް ރަނގަޅަކަށް އިނގުނެވެ. ހެނދުނު ފުރައިގެން މާލެ އާދެވުނު އިރު  މެންދުރުވެއްޖެއެވެ. ލޯންޗު ގާތްކުރުމާއެކު އެންމެން ފޭބިއެވެ. “އެބަޖެހޭ ވަރަށް އަވަހަށް ތާކަށް ދާން” މިހެން ބުނަމުން އަވަހަށް ގޮސް ޒިލާލް ސައިކަލަށް އަރައި ނައްޓާ ނުލެވިގެން އުޅެނިކޮށް ޒުބޭރު ގޮވާލިއެވެ.” އިވްލީން ވަރަށް ވަރުބަލި ދޯ؟” ޒުބޭރު މިހެން ބުނުމުން އިވްލީން މަޑުމަޑުން ބޯޖަހާލިއެވެ. “ދަރިފުޅާ އިވްލީން ވެސް ގޮވައިގެންދޭ ވަރަށް ވަރުބަލި ވެފަ އެހުރީ” ޒުބޭރު މިހެން ބުނުމުން އިވްލީން މަޑުމަޑުން ގޮސް ސައިކަލަށް އެރީ ހަގީގަތުގައި ވެސް ވަރަށް ބޮޑަށް ވަރުބަލިވެފައި ހުރުމުންނެވެ.ޒިލާލް ސައިކަލު ދުއްވަމުން ދިޔައީ ފުދޭވަރަކަށް ބާރު ސްޕީޑެއްގައެވެ.”ހާދަ ބާރަކަށްށޭ ތިދުއްވަނީ..” އިވްލީން ދުލާއި ހަމަޔަށް އައި ބަސް ބޭރުވީ އިޚްތިޔާރުން ބޭރުގައެވެ.” ކިތަންމެ ބާރަށް ދުއްވިޔަސް މަ ފަހަތަށް އަރަން ވެއްޖެ ވިއްޔަ.. ވަރަށް އަވަހަށް ތާކަށް ދާން ޖެހޭ ބުނެފަ އޮއްވަ އަރާކަށް ނުޖެހޭނެ..” ޒިލާލްގެ ހިތްހަމަނުޖެހުން ފާޅުކޮށްލިއެވެ. ޒިލާލްމެން ތިބޭ އިމާރާތުގެ ކުރިމައްޗަށް ސައިކަލު މަޑުކުރެވުމާއެކު އިވްލީން ފޭބީ އަނެއްކާ އިވްލީން އާއި ދިމާއަށް އެއްޗެކޭ ބުނެފާނެތީ ޖެހިލުންވެ ހުރެއެވެ.” ކޮބާތަ ތަޅުދަނޑި ؟” ޒިލާލް ސައިކަލުން ފައިބަމުން ބުންޏެވެ. ” ކޮ..ކޮ.. ކޮން ތަޅުދަނޑިއެއްތަ؟” އިވްލީންއަށް ބަލައިލި ކޮންމެ މީހަކު ވެސް މިވަގުތު އިވްލީން އެހުރީ ބިރުންނޭ ބުނާނެކަން ކަށަވަރެވެ.”އެކަމަކުވާ އެޕާޓްމަންޓް ކީ… އެވެސް ނުގެނޭ ރަނގަޅަށް ވިއްޔާ…” ޒިލާލް ސައިކަލު މަތީގައި ޖައްސާލައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައިރު ދޭތެރެއަކުން އެއްޗިހި ބުނެލާއިރު ދެލޯ އަޅައިލާ ފަހަރު ވެސް ދެއެވެ. “އަސްމާއްތަ ނުބުނެޔޭ ކީ އެއްގެ ވާހަކަ އެއް… ހަމަހުވާ …ދެންް ޒިލާލް މިތަނުން ދިޔަކަސް މަށަށް ހެވޭ ” އިވްލީން މިފަހަރު ވާހަކަ ދެއްކީ ކެރި ހުރެގެންނެވެ. ހަމައެހެން ބުނުމާއެކު ވައިސޫރިއެއްހެން ސައިކަލުގައި ޒިލާލް ނައްޓައިލިއެވެ. މަންޒަރު ބަލަން ހުރި އިވްލީންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.ހަމްދާންއާއެކު ޒިލާލް ވަނީ ގޯޅި ކަންމަތީގައި ހުރި ފިހާރައަށެވެ. އެވަގުތު އެތަނަށް މަޑުކުރި ކާރުގައި ތިބީ ނޯރާ އާއި މާޔާއެވެ. ނޯރާ ފައިބަމުން މާޔާ ގާތު އައުމަށް ބުންޏެވެ. އަތުގެ އިޝާރާތުން މާޔާ ނޫނެކޭ ބުނަމުން ނެގުނު ފޯނައިގެން ކުރިއަށް ދިޔައެވެ. ފިހާރައަށް ވަދެ ޒިލާލް ކައިރީގައި ނޯރާ މަޑުކުރިއެވެ. “ކީއްވެތަ ރޭގަ ގުޅީމަ ފޯނު ނުނެގީ؟””އެ ނިދަން މިޔަރެކޭ ދެން ވާނީ އެހެންނު..” ހަމްދާން ބުންޏެވެ. ހީލަމުން މިރޭ ހަބަރެއް ވާނަމޭ ބުނަމުން ނޯރާ ނިކުތެވެ. ސައިކަލަށް އަރަމުން ހަމްދާން ޒިލާލްގެ ކޮނޑުގައި ޖަހާލިއެވެ.”ޒިލާލް ކައެ އިސްލާހެއް ނުވާނެ އޭނަ ކީއްކޮށްދޭތީތަ އޭނަޔާ ހެދީތި  ހޭބަލިވަނީ؟ އަދި އެ މާޔާ އެކޭ އޭނޭކޭއެއްވަރެއްނު ވާނީ އެއްކަހަލަ މީހުން ވިއްޔަ” ހަމްދާން އަބަދުމެ ދައްކާ ވާހަކަ ތަކުރާރުކުރަމުން ބުންޏެވެ. ” ބްރޯ މަ ޕާރސަނަލް ކަންކަމާ ދެން ނުބެހިބަލަ.. ތިއޭ މައްސަލައަކީ އެންމެން ނުވާނެ އެއްގޮތެއް މަ ކައެއާ އެއްކޮށް އުޅުނަސް އަހަރުން ދެމީހުން ވެސް އެއްގޮތެއް ނޫނެއްނު ކައެ ވިސްނުން ވެސް އުޅުން ވެސް މަށާއި އަޅާބަލާ އިރު ހާސް ބައި ތަފާތުވާނެ ކައެއަށް ވެސް އިނގޭނެ އަދި މާޔާގެ ގޮތް އެއްކޮށް އުޅެލީމާ..” ޒިލާލް ބުންޏެވެ.” އައްޗި މަށަށް ވާ ސަލާން ކައެ ތިއުޅެނީ މާޔާގެ ގޮތް ނޭނގިގެން އޭނަގެ ގޮތް މަށަށް ދޯ އިނގޭނީ.. މަގޭ ބައްޕައާއި މަށާ ޖައްސުވާފަ ހުރި މީހަކު ދެން ކޮންކަމެއް ރަނގަޅަށް ކުރާނީ”” ތިދޮގެކޭ ނުބުނަމެއްނު އެކަމު…. އެކަމު ނޯރާއޭ ނުކިޔާތި ދެން” ޒިލާލް ބުންޏެވެ.ޒިލާލްގެ ކޮޓަރިއަށްވަދެ އަޖައިބުވެފައި ހުރި އިވްލީން ސިހުނީ ދޮރުގައި މީހަކު ޓަކި ދޭތީއެވެ.ދޮރު ހުޅުވާލިއިރު ހުރީ ޒެއިންއެވެ.”މިހުރީ ފަހަރީގެ ފޮށި.. މަންމަ ބުނީ އަންނަށްޗޯ ކާން”” ތެންކިއު.. މަންމަ ކައިރީގަ ބުނެލާ ނަމާދުކޮށްގެން ދާނޭ”އިވްލީން އާއި ހެދީ ހަނދާން ނުކުރަން ހުއްޓަސް ޒެއިންއަށް މީގެ 3 އަހަރު ކުރީގެ މަންޒަރުތައް ލޮލު ކުރިމަތީ ސިފަވަމުން ދިޔަކަހަލައެވެ. ޒެއިންއަށް ވެގެންވާނަމަ އެ ހިތި މާޒީގެ ދުވަސްތައް އަނބުރާ ގެނައީހެވެ. ނަމަވެސް އެއީ ވާނެކަމެއްހެއްޔެވެ؟އެއްވެސް އިންސާނަކަށް އެމީހެއްގެ މާޒީ އަނބުރާ ނުގެނެވޭނެއެވެ. ޒެއިންއަށް އަދިވެސް އެދުވަސްތައް ހަނދާންވާ ކޮންމެ ފަހަރަކު ނޯރާދެކެ އިންތިހާއަށް ނަފްރަތުގެ ކުރެވެއެވެ. ނަމަވެސް ޒެއިންއަކީ ބަދަލު ހިފުމުގެ ސިފަ ލިބިފައިވާ ކުއްޖެއް ނޫނެވެ. ހިނިތުން ވެލަމުން ޒެއިން ދިޔުމުން އިވްލީން ފޮށި ވައްދާފައި ނަމާދު ކުރަން ތައްޔާރުވާން ފެށިއެވެ. ނަމާދު ކޮށްގެން ބަދިގެއަށް ދިޔައިރު ކާންހަދަމުން ދިޔަ އަސްމާއަށް އިވްލީން އަތްގާތް ކޮށްދޭން ފެށިއެވެ. އިވްލީން ކައިނިމިގެން ކޮޓަރިއަށް ގޮސް ވެދެ ފޮށީގައި ހުރި އެއްޗިހި ނަގާ ތަރުތީބު ކުރަމުން ދިޔައެވެ. ދެތިން ހެދުން ކޮނޑުގައި އަޅުވާލެވުނު އިރަށް އަރީކާ ގުޅުމުން އިވްލީން ނިކުމެލީ ކޮޓަރީގައި ހުރި ބެލްކަނީއަށެވެ.ޒިލާލް ހަމްދާންމެން ގޭގައި ހަމްދާން އާއިއެކު ހަފީޒާ ކައްކައިދިން ނޫޑްލްސް ކައި ނިންމާލިއިރު ހަވީރު ވެއްޖެއެވެ. ވެފައިހުރި ވަރުބަލިން ގެއަށް ދަނީ ކަމުގައި ބުނަމުން ޒިލާލްނިކުތެވެ. “މަންމާ ފަހުން ގުޅާލާނަން އިނގޭ”އިވްލީން ބުންޏެވެ.ޒިލާލް ކޮޓަރިއަށް ވަދެ ދޮރުލައްޕާފައި ކަބަޑުން ޓީޝާޓަކާއި ސޯޓެއް ހިފައިގެން ގޮސް ފާހާނާއަށް ވަނެވެ. ޒިލާލް ފާހަނައަށް ވަތްކަން ޔަގީންވުމުން ރެއިލިންގައި އަތްއަޅުވާލައިގެން ހުރި އިވްލީން ވެސް އެތެރެއަށް ވަދެ ބެލްކަނީގެ ދޮރު ލެއްޕިއެވެ. ދެން އިވްލީން ކުރަން ހުރި މަސައްކަތާއިގެން ކުރިއަށްދިޔައެވެ. ޒިލާލް ފާހަނާއިން ނިކުމެ އެނދު މަތިން ބާލިހަކާއި ކުއިލްޓު ހިފައިގެން ގޮސް ސޯފާގައި އޮށޯތެވެ. ޒިލާލްއަށް ކާންގޮވަންވީބާއޭ ނޫނީ ނުގޮވާނީބާއޭ ހިތަށް އަރާ ދެ ފިކުރެއްގައި އިވްލީން އިނީއެވެ.”ޒިލާލް…ކާންވީނު”އިވްލީން މަޑުމަޑުން ބުނީ ކޮންމެހެން ބުނަން ބޭނުންވާތީ އެއްނޫނެވެ.ބުނަން ޖެހޭތީއެވެ.”ހޫނ.. ކަންތަކާއި ލައިގަތީ ނޫޅެން ކާކަށް ކައިގެން މިހުރީ އުނދަގޫ ނުކޮށް ހުރެބަލަ..” މިފަހަރު ޒިލާލް މިހެން ބުނުމުން އިވްލީންއަށް ވެސް ލޯ އަޅައިލެވުނެވެ. “އެއްޗެއް ރަނގަޅަކަށް ވެސް ބުނެވެނީކީ ނޫން ސަލާމަތެއް ނެތެއްނު…” އިވްލީންއަށް ހިތާހިތުން ކިޔާލެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aishath Limsha
Follow Me Written By

Aishath Limsha

Level 4100 Login10 Stories500 Login100 Comments

A girl who want it, work for it🖤.. trying my best to be a good author🤍 ... I'll accept positive n negative comments and without reader's comments🤍 I might have been repeating mistakes🖤...I would love to see reader's opinion for my stories?? 🤍Author of " abadhahtakaa hithuge loabi" luv yu my dear reader's 🤍🖤

Other Articles

Previous

މި ވާވަރު ބުނެދޭހިތްވޭ

Next

ހަޔާތް

Next
March 19, 2025

ހަޔާތް

Previews
March 19, 2025

މި ވާވަރު ބުނެދޭހިތްވޭ

8 Comments!

  1. Zulaikha Kareem says:
    March 19, 2025 at 12:20 pm

    Kae ge maanayakee kobaitho

    1. Aishath Limsha Aishath Limsha says:
      March 19, 2025 at 9:07 pm

      Thank yu zulaikha Kareem❤️
      It’s dhen “Kaley” dho bunaanama .. “Kaley” maana kohdheyn kurukoh “kae” egothah alhugandu liyelaafa eyni kiyamun dhaairu undhagoo Kameh annanee tha zulaikha??

  2. Malaa says:
    March 19, 2025 at 1:04 pm

    Mashallah mi part ves vrh reethi
    When next part can’t wait for next

    1. Aishath Limsha Aishath Limsha says:
      March 19, 2025 at 9:09 pm

      Thank yu Malaa ❤️
      Happy to see ur comment
      Next ep up kuran v dhen…

  3. Cutie girl says:
    March 19, 2025 at 4:07 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Evleen and raail dhuru nukurachey
    They both are made for each other
    I appreciate your hard work

    1. Aishath Limsha Aishath Limsha says:
      March 19, 2025 at 9:12 pm

      Thank yu Cutie girl ❤️
      Next ep up kohlan vee dho dhen..
      Evleen and raail ah ves vaagoiy balamaa ..alhugandu story raavaalaafa in gothah kuriah dhaani hope you guys will enjoy….
      Dhen balamaa dho vaane gotheh

  4. Lovely girl says:
    March 27, 2025 at 5:36 am

    Mi part văd vrh Reethi masha allah keep it up 👍

    1. Aishath Limsha Aishath Limsha says:
      March 27, 2025 at 4:27 pm

      Thank yu lovely girl ❤️

Comments are closed.

Next Episodeއަބަދަށްޓަކައި ހިތުގެ ލޯބި 11←


All Right Reserved!