Skip to content
އެސްފިޔަ

ގެންދާށެ މިހިތް ލޯބިން ކަލާ.. 2

ފެންވަރާލައިގެން ތެތްއެއްޗެހި ބަދަލު ކޮއްލައިގެން ދެމީހުންވެސް ހިޔާ ކޮއްފައިވާ ޓެރެސްއަށް އަރާ އެތާ ބަހައްޓާފައިވާ ސޯފައިގައި އިށީންދެލިއެވެ. އެކި ވާހަކަ ދައްކަމުން ގޮސް ލިވްޔާ ރޭގަ ކަންތަށް ކުރެވުނު ގޮތުން މައާފަށްވެސް އެދުނެވެ. ދެމީހުން ދައްކަމުން ދިޔަ ވާހަކަ މެދު ކެނޑުނީ ލިވްޔާގެ ފޯނު ރިންވާ އަޑަށްށެވެ. ފޯނު ނަގާ ހަލޯ އޭ ބުނުމުން އެ ކޮޅުން ބުނި އެއްޗެއް އަޑު އިވިފައި ލިވްޔާގެ އަތުން ފޯނު ދޫވެގެން ވެއްޓުނެވެ. އޭރު އެދެލޯ ވަނީ ކަރުނުން ފުރިފައެވެ.

“ލިވް ކިހިނެއްވީ؟؟ ” ލިވްޔާ ހުރިގޮތުން އިޔާން ސުވާލު ކޮއްލިއެވެ. ” ޔާން.. ލަ ލަމް.. ” ” ލަމް އަށް ކިހިނެއްވީ؟؟..” އިޔާން އަށް ކެތް ނުކުރެވުމުން އެންމެ ފަހުން ލިވްޔާގެ ދެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. އޭރު ލިވްޔާ ގެ ތުންފަތް މަތީގައި ފަނޑު ހިނިތުންވުމެއް ވިއެވެ. ” ޔާން ލަމް .. ލަމް .. ހޭއަރައިފި ..” ” ކީކޭ.. އަދި އެއްފަހަރު ބުނެބަލަ” އޭރު އިޔާން ހުރީ އެ އިވުނު އަޑަކީ ހަގީގަތެއް ކަން ގަބޫލު ނުކުރެވިފައެވެ. ” ޔާން ލަމް ހޭއަރައިފިއޭ.. ދެންމެ ހޮސްޕިޓަލުން ގުޅާފަ އެހެން އެބުނީ .. ޔާން ހިނގާބަ އަވަހަށް ހޮސްޕިޓަލަށް ދާން ” ދެމީހުން ސައިކަލުގަ ހޮސްޕިޓަލާއި ދިމާއަށް މިސްރާބު ޖެހިއިރު ވެފައި ތިބި އުފަލެއްގެ ބޮޑު ކަމުން ލަމްހާ ހޭއެރިކަން އެހެން މީހުން ކައިރީގަ ބުނާކަށްވެސް ހަނދާނެއްނެތެވެ.

އެންދުގައި އޮތް ލަމްހާ ދޮރު ހުޅުވިގެން ދިޔަ އަޑަށް އެ ދިމާލަށް ބަލާލިއެވެ. ދޮރުން ވަދެގެން އައި ލިވްޔާ އާއި އިޔާން ފެނުމުން ހިނިތުންވެލިނަމަވެސް އެ މޫނު މަތީގައި އެއްވެސް ދިރުމެއް ނުވެއެވެ. އެމޫނުމަތިން ވަރުބަލިކަން ފެންނަމުންދިޔައެވެ. ކައިރިއަށް އައިސް ހުއްޓުނު އިޔާން އަށް ގޮވާލަމުން ލަމްހާ ތެދުވާން އުޅުމުން އިޔާން އެކަން މަނާ ކުރިއެވެ. ” ދޮންބޭ ކޮބާ މަންމަ؟ ” އިޔާން އަށް އެކަކު ކައިރީގަވެސް ލަމްހާ ހޭއެރި ވާހަކަ ނުބުނެވޭކަން ހަނދާން ވީ ލަމްހާ އެހެން އެހުމުންނެވެ. ” އޫޕްސް .. އޯހް ނޯ .. މަންމަ .. ކޮއްކޮ ހޭއެރި ވާހަކަ އަޑު އިވުނީމަ އުފަލުން ގޮސް އެކަކު ކައިރީގައި ވެސް ބުނަން ހަނދާން ނެތުނީ.. ސޮރީ ” އިޔާން މޫނަށް ގޮތެއް ހަދާލަމުން އެހެން ބުނުމުން ލަމްހާ ޕިސް ތަޅާލިއެވެ.

” ލަމް އަހަރެން މަތިން ހަނދާން ނެތުނީތަ؟ އަހަރެންވެސް މިތާ އެބަ ހުރީމޭ.. ހޫމް ދެން ހަނދާނެއްނުވާނެތާ ދޯ .. އަހަރެން މީ ލަމް އަށް އެއްވެސް މީހެއް ނޫން ވިއްޔަ” ރުޅި މޫނު ހަދާލަމުން ހަށަން ބަދެލުމަށް ފަހު ތުންކޮޅު ދިގުކޮއްލަމުން ލިވްޔާ އެހެން ބުނުމުން ލަމްހާ އާއި އިޔާން އަށް އެއްފަހަރާ ހީލެވެވުނެވެ. ” ހެހެ .. އަދިވެސް ތި ބޭބީ ގޮތް ގަނޑު ނުކެޑޭ ދޯ .. ނޫނޭ މައި ލަވްލީ ބެސްޓީ މަތިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ ..” ލަމްހާ އެހެން ބުނުމުން ލިވްޔާ ހިނތުންވެލަމުން ލަމްހާ ގައިގާ ކުޑަކޮށް ބައްދާލިއެވެ.  ލަމްހާ ކޯމާއެއްގާ އޮތްއިރު ލިވްޔާގެ މިޒާޖަށް އައިސްފައިވާ ހަމަހިމޭންކަން ލަމްހާ ހޭއެރުމުން ކުޑަ ކުޑަ އިރު ކޮޅެއްގެ ތެރޭގައި ބަދަލުވެގެންދިޔައެވެ. ކުރީގެ މަޖާ މިޒާޖު ލިވްޔާގެ ކިބައިން ފެންނަން ފެށިއެވެ. އެތަށް ދުވަހެއް ފަހުން އެ މޫނުމަތިން އުފާވެރި ހިނތުންވުމެއް ފެންނަމުން ދިޔައެވެ.  ” ހޫން .. އަދިވެސް އިނީތަ އާގަމަ ވެފަ .. ދެންވެސް ދޭބަލަ މަންމަ މެން ކައިރީ ލަމް ހޭއެރި ވާހަކަ ބުނަން ” ލިވްޔާ އަދިވެސް އިޔާން އެ އިންގޮތަށް އިނުމުން ބޮނޑިއެއް އަޅާލުމަށް ފަހު ބުންޔެވެ. އިޔާން ފޯނު ކޮއްފައި އެ ހަބަރު ދިނުމުން ކުޑައިރު ކޮޅެއްގެ ތެރޭގައި އެންމެން ހޮސްޕިޓަލަށް އައި އިރުވެސް ނާއިކް އެއް ނައެވެ.

އެންމެން އައިރުވެސް ނާއިކް ނައުމުން ލަމްހާގެ ހިތުގައި ރިއްސާލިއެވެ. އުފާވެރި މޫނެއް ދައްކަން އުޅުނަސް އެމޫނުމަތިން މާޔޫސްކަން ފާޅުވާން ހުއްޓެވެ. ލަމްހާގެ ހިތަށް އެތަށް އެއްޗެއް އަރަމުން ދިޔައެވެ. އޭނާ މައާފު ކުރިތާ ކިތަންމެ ދުވަހެއް ވެއްޖެކަން ނާއިކް އަށް އިނގޭނެނަމައެވެ. އެދުވަހު ކަންތައް ކުރެވުނު ގޮތުން އޭނާ މިހާރު ދެރަވެއެވެ. އޭނައަށް މަރުވުމަކީ ހައްލެއް ނޫންކަން ނުވިސް ނުނީ އެވެ. އޭނައަށް އަލުން މި ދުނިޔެއަށް ލޯ ހުޅުވާލަން ފުރުސަތު ލިބުނީތީ ﷲ އަށް ޝުކުރުވެރިވިއެވެ. އޭނަ ދެން ދުވަހަކުވެސް ހަމަހޭގަ ހުއްޓައި އެކަހަލަ މޮޔަކަމެއް ނުކުރާނެއެވެ. ނާއިކް އެގޮތަށް ކަންތައް ކުރިޔަސް އޭނާ ހިތުގައި ނާއިކްއަށް އޮތް ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ހުރިހާކަމެއް ހަނދާން ނައްތާލާފައި އޭނާ އަލުން ނާއިކް އާއި ގުޅެން ބޭނުމެވެ. އެކަމަކު ނާއިކް އޭނާ ބޭނުންވާނެ ހެއްޔެވެ ؟.

އެހެން އެކަކަށް ފާހަގަ ނުވިޔަސް ލަމްހާގެ މޫނުމަތީގައިވާ އަސަރުތައް ލިވްޔާ ދެނެގަތެވެ. ފެންކަޅިވެފައިހުރި ލިވްޔާގެ ލޮލުން ކަރުނަތިއްކެއް ވެއްޓި އެ ކޯތާފަތްމަތީގައި ރޮނގު ދެމިގެން ދިޔައެވެ. އަވަސް އަވަހަށް މޫނު ފުލެލުމަށްފަހު އެންމެނަށް ފާހަގަ ނުވާނެހެން ފަހަތަށް ފަހަތަށް ޖެހެމުން ގޮސް ލިވްޔާ ދޮރުން ނިކުމެގެން ދިޔައެވެ.

———–

އެންމެންނަށް އެއީ ނާއިކް ގެ ކުށެއްކަމަށް ހީވިޔަސް އަސްލު ހަގީގަތް އޮތީ ވަންހަނާވެފައެވެ. ނާއިކް ވަނީ އެ ހަގީގަތް ފަސްއަޅާ ފޮރުވާލާފައެވެ.  ޓެރެސްމަތީ ސޯފާގައި އިށީންދެލައިގެން އިން ނާއިކް ގެ މޫނުމަތީގައި ވަނީ ހިތް ހަލާކުވާފަދަ އަސަރުތަކެކެވެ. އެއްދިމާލަކަށް ބަލަހައްޓައިގެން އިންއިރު ނާއިކް ފެނުނު ކޮންމެ މީހެއްގެ ހިތުގައިވެސް ހަމްދަރުދީ އެފެދޭނެކަން ޔަގީނެވެ. ލަމްހާ ހޭއެރި ހަބަރު ލިބުނީއްސުރެ އެ ހިތް ތެޅި ފޮޅެނީއެވެ. ލަމްހާ ދެކިލާ ހިތްވަނީއެވެ. އޭނާ ލަމްހާ ކައިރީގައި ލޯބިވާވަރު އަންގަދޭން ބޭނުންވެއެވެ. އެކަމަކު ތަގްދީރު އޭނައާއި މުޅިން ދެ ކޮޅެވެ. މި ދުނިޔޭން ލަމްހާ ނުލިބުނިއްޔާ އާހިރަތުގައި ލަމްހާއާއި އެންމެ ކައިރީގައި ލެއްވުމަށް އެދި އޭނާ އަބަދުވެސް ދުއާ ކުރެއެވެ.

ލަމްހާ އަމިއްލައަށް މަރުވާން އުޅުނު ދުވަސް އޭނާގެ ހިތަކުން ދުވަހަކުވެސް ފިލައިގެން ނެއް ނުދާނެއެވެ. ލިވްޔާ ލަމްހާ ގާތު އެވާހަކަ ބުނުމުން އޭނާ ލިވްޔާ ކުއްވެރި އެއްނުކުރެއެވެ. އެއީ ހުދު އޭނާވެސް ބޭނުންވި ގޮތް ކަމަށް ވާތީއެވެ. ދޮގު ތުހުމަތެއް އަމިއްލައަށް ބޮލުގަ އެޅުވީ ހަމަ ލަމްހާ އަށް ޓަކައެވެ. އެ ފުރާނަ ސަލާމަތް ކުރުމައްޓަކައެވެ. އެހެން ނަމަވެސް ކަންތަށް ވެގެންދިޔައީ ދިމާ އިދިކޮޅަށްށެވެ.

———-

އިރުއޮއްސި 6 ޖެހިއިރުވެސް ލިވްޔާ  އިނީ އަތިރިމަތީގައި އިށީންދެލައިގެންނެވެ. އޭރު ވާރޭ ހުއްޓާލައިފާ އޮތެއްކަމަކު އަދިވެސް އުޑުމަތިއޮތީ ބަނަކޮށްށެވެ. ލިވްޔާ ހިޔާލުތަކަށް ގެއްލިފައި އިންއިރު  ދުނިޔެމަތީގެ އެއްވެސް ކަމަކަށް ސަމާލުކަމެއް ނެތްފަދައެވެ.  އެހެންއިންދާ ލިވްޔާ ސިއްސައިގެން ދިޔައީ ބޯޅައެއް އައިސް އޭނާގެ ގައިގާ ޖެހުމުންނެވެ. ބޯޅަ އައި ދިމާލަށް ބަލާލިއިރު ބޯޅަ އެއްލި ޒުވާނާ އޭނައާއި ދިމާލަށް ދުވެފައި އަންނަތަން ފެނުނެވެ. ކައިރިއަށް އައިސް ހުއްޓިލުމުން ލިވްޔާ ވަރަށް ރަނގަޅަށް އެ ޒުވާނާ އާއި ދިމާލަށް ބަލާލިއެވެ.

ރީތި ބާމަތި ފުޅާ ހަށިގަނޑެކެވެ. ދާހިތްލާފާހުރުމުގެ ސަބަބުން ލައިގެން ހުރި ޓީޝާޓް ހުރީ ގައިގަ ތަތްލާފައެވެ. ނިއްކުރިމައްޗަށް އިސްތަށިތަށް ވެރިފައި ހުރިއިރު ރީތި މީހެކޭ ލިވްޔާގެ ހިތަށް އެރިއެވެ. ނަމަވެސް ކުޑަކޮށް ބޯހޫރާލީ އެ ހިޔާލުން މިންޖުވުމަށްށެވެ. ކުޑަ ހިނދު ކޮޅަކަށް ނަމަވެސް ލިވްޔާއަށް އެ ޒުވާނާގެ ރީތި ކަމަށް ގެއްލިފައި އިނދެވުނެވެ. ”  ހޭ ބާބީގާލް .. ސޮރީ .. އަސްލު ..” އެ ޒުވާނާ ބުނަންއުޅުނު ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލަން ޖެހުނީ ލިވްޔާ އިންތަނުން ތެދުވެ އެނބުރި ހިނގައިގަތުމުންނެވެ. އެއްމިޔަކަނުން ހިނތުންވެލަމުން ބޯކަހާލުމަށްފަހު އެ ޒުވާނާވެސް އޭނާގެ ރަހްމަތްތެރިންނާއި ދިމާލަށް ހިނގައިގަތެވެ.

” ކޮބާ ބްރޯ .. ކަމެއްވިތަ؟ .. ” އެމީހުން ކައިރިއަށް އައުމުން  ޒައިން އިޝާން ގެ ކޮނޑަށް އަތްވައްޓާލަމުން އަހާލިއެވެ. ” ކޮންތާކު .. މަށަށް ރަނގަޅަށް ވާހަކަވެސް ނުދެއްކިގެން އުޅެނިކޮށް އެ ދިޔައީ .. މަ ބުނަން އުޅުނު އެތިވެސް ނުބުނެވުނު .. ” ” ހަހަ ކޮބާ .. މަށަކަށް ހިއެއްނުވޭ ޝާންޓޭ އަށް ތިކަންވާނެހެނެއް ..” އިމާދު އެހެން ބުނެލުމުން ދެންތިބި އެންމެން ހޭން ފެއްޓިއެވެ. ” އައްޗި .. މަށަށް ނުވާނެ ކަމެއް އޮންނާނެތަ.. މިހާރުވެސް އަންހެން ކުދިން އެތިބެނީ އަހަންނާހެދި މޮޔަވެފަ މަށަށް މަށަށް ކިޔާލަ ކިޔާލާ .. ކަލޭމެން ބަލަން ތިބެއްޗޭ .. މަ ދެން ހުއްޓާލާނީ އެ މަންޖެ ހާސިލް ކޮއްފަ .. ” އިޝާން ވަރަށް ޔަގީން ކަމާއެކު އެހެން ބުނެލިއެވެ. ހީވަނީ މި ދުނިޔޭގައި އޭނައަށް ނުވާނެ ކަމެއް ނޯންނާނެ ހެންނެވެ. ” ހޫމް ހޫމް އަހަރެމެން ބަލަން ތިބޭނަމޭ ..އެކަމަކު އެދުވަހަކުން ޝާންޓޭ ޖެހެނޭ އަހަރުންނަށް ކެއުމެއްދޭން އަހަރުމެން ބޭނުންތަނަކުން ދޯ ޒޭން ” އިމާދު ޒައިން އަށް ދޯ އެއްލިއެވެ. އެ ގުރޫޕު އެ މައުލޫއަށް ވަހަކަ ދައްކަމުން ހީ ސަކަރާތް ޖަހަމުން ގެއާއި ދިމާލަށް މިސްރާބު ޖެހިއިރު މަގްރިބް ނަމާދުގެ ބަންގީގެ އަޑު މުޅި ރަށުތެރޭ ގުގުމަމުން ދިޔައެވެ.

( ނުނިމޭ )

Comments (27)

  1. Mishya

    hey .. here’s the next part ..varh balaafa mi upload kury ekmvess hama kuh huredhaane .. n kusheh fenihjehyaa let me knw ingey .. hope u all will like this part.. enjoy reading 🙂

  2. Kiyuntheriyaa

    I like the way this story is going. 🙂

    1. Mishya
      Kiyuntheriyaa

      thank u kiyuntheriyaa 🙂

  3. ryn

    wowww mosh 😛 oops mish.. vrhh salhi bt kuru.. i myn ehaa lwbi kh kiya kiya indhaa nimuny…gud luck misss u mish .. heheh vrh nyc ingey dhn in prt dhigu khlnchey.. 😉

    1. ryn
      ryn

      bt kurehvx nuney dhw hehe.. vedhaane maa kiyaathun inyma kamah… 😉

    2. Mishya
      ryn

      hehe asluthaaa?? .. thanks u thank u thank u sooo muchh ryb oops ryn hehehehe…yah dhw e kuruhen hyvany ey ekm mibai kurin bayah vure dhigu kohlaafa innaany .. ekmvess dhn inbai miahvure dhigu kohlaanan .. darling ryb bunyma dhn jeheyny dhigu kohlan thaa dhw 😛 .. anyways thanks alot .. n miss u more 🙂

  4. reekko

    alhey…miahvureh dhigukh genes dhyba plx..stry vvvvvvvvv nice…waiting for next part…

    1. Mishya
      reekko

      thnks alot reekko .. dhn oiy bai mi ah vure dhigu kohlaanan .. 🙂

  5. ishyy

    shaviyani sukun kuran jeheyy thanthaa alifu sukun koffa huri kan faahaga kolleveyy… vaahaka vrh habeys

    1. Mishya
      ishyy

      oh ehntha? ishyy bunedhyfaanantha mish ah e ee kon thanthanehga kan eyrun dhw i can imprve .. .. anyways thanks alot ishyy 🙂

  6. Naxoo

    nice…waiting for the next part….avahah upload kohlabaa…so best of luck… mishy 🙂

    1. Mishya
      Naxoo

      Thanks alot naxoo .. next part varah avahah upload kohdheynan insha allah .. once again thanks?☺

  7. Luvna❤

    Aathaa thih thi kannn..?????.. Varah lwbii.. Next part thankolheh long koh avahah up kohdhehchey. Mish haadha molheyyy????.. Alheyy varah sad vejje???.. Varaah vefa thihthi koh kiyan indhaa e nimuny. Eagerly waiting for next part. Pls avahah up kohdhehcheyy..????

    1. Mishya
      Luvna❤

      Thank u sooooo muchh luv .. alheyyy .. hehe yah next part miah vure dhigu kohleveytho balaanan.. n iraadhakurehviyya varah avahah aneh bai upload kohdheynan..thank you ???☺?

  8. zee

    Mi bai hama vvvv reethi, and wish you all abadhuves:-):-)

  9. zee

    Wish you all the best abadhuves :-):-)

    1. Mishya
      zee

      Thank u so much zee..?

  10. foni myha

    v reethi

    1. Mishya
      foni myha

      Thanks foni myha ☺

  11. RynFaxooNukkoElsaJboatRavooPinkyLuvna.....

    Hi Mish,
    mi part es varah reethi <3 waiting for the next part 😀
    dhen mistakes thakuge thereyga:
    "ނާއިކް" އަށް ލިޔުމުގެ ބަދަލުގައި = ނާއިކަށް" މިހެން ލިޔާނީ
    ދެން "ނާއިކް އާއި" މިހެން ލިޔުމުގެ ބަދަލުގައި ލިޔާނީ "ނާއިކާއި" މިގޮތަށް
    anyways the story is the best

    1. Mishya
      RynFaxooNukkoElsaJboatRavooPinkyLuvna.....

      Thanks RynFaxooNukkoElsaJboatRavoopinkyLuvna.. mistakes faahaga kohladhinythy .. n thanks for reading ☺

    2. elsa
      RynFaxooNukkoElsaJboatRavooPinkyLuvna.....

      haadha dhigu name ekey . lol :-p

    3. Mishya
      RynFaxooNukkoElsaJboatRavooPinkyLuvna.....

      hehehe yah dhw

  12. elsa

    nice one

    1. Mishya
      elsa

      thnk u so much ely 🙂

  13. Mary

    v v nyc story eh…avahah up kurahchey ingey mish…next partah inthizaaru kureveny

  14. reader

    varah reethi… 🙂 nxt part kon irakun up kurany

Comments are closed.