Skip to content
އެސްފިޔަ

އެއް އިނގިއްޔާއި ދެއިނގިލި

ޕަޓޯއަކީ ވަރަށް އާދައިގެ މުއަށްޒަފެކެވެ. މީނާ މަސަކަތް ކުރަނީ ރައީސް އޮފީހުގައެވެ. އެއްދުވަހަކު ޖެހުނު މައްސަލައެއްގައި ޕަޓޯ އޮފީހުން ވަކިވެއްޖެއެވެ. އައިސްފަހުރި ރުޅީގައި އޮފީހައި ވައިއެޅޭ ހިސާބައްވެސް އަންނާކައް ބޭނުމެއް ނުވިއެވެ. އޮފީސް ހުންނަ އަވަށުންވެސް ނިކުމެގެން ހިގައްޖެއެވެ.
ޕަޓޯ ދިއުމުން ރައީސް ވަރަށް ދެރަވެ ކަންބޮޑުވެއްޖެއެވެ. މީނާ އަނބުރާ ގެނައުމަށް ރައީސް މަސައްކަތް ފައްޓަވައިފިއެވެ. މިގޮތުން، ރައީސްގެ އަރިސް ބޭފުޅަކު ފޮނުވައި ވަޒީފާއަށް އައުމަށް ވަރަށް އާދޭސް ކޮއްފިއެވެ. ޕަޓޯ ހަމަ ކަހާތަން ހިރުވާވެސް ނުލައެވެ. ރައީސް އަދި މިވަރަކުން ދުލެއްނުކުރިއެވެ. ރައީސްގެ ކުޑަވަރެއްގެ ވަފުދެއް މީނާ ގާތަށް ގޮސް ވަރަށް ތަފާތު ގިނަ ހުށައެޅުންތައް ހުށައަޅައިފިއެވެ. ޕަޓޯ ހަމަހިލާ އެެ އަވަށަށް ވެސް އަރަން ބޭނުމެއް ނުވިއެވެ.
ކޮންމެއްކަސް ޕަޓޯ ގެނާ މީހަކަށް ރައީސް ވަރަށް ބޮޑު އިނާމެއް ހުށައަޅައިފިއެވެ. ވަރަށް ގިނަ މީހުން މިކަމަށް މަސަކަތް ފަށައިފިއެވެ. މިގޮތުން ރައީސް އަރިހުގައި މަސަކަތްކުރާ މުޖައްރިބު ވެސް މިކަމާ ދިމާ ކޮއްފިއެވެ. މުޖައްރިބަކީ ކުދިކުދި “ކިޔެވެލި” ކިޔަވާ ކަމަށް ބުނާ މީހެކެވެ.
މުޖައްރިބު ޕަޓޯ ގާތަށް ދިޔައިރު ޕަޓޯ ވަނީ ރައިސްގެ އެއްވެސް މީހަކު އޭނައާއި 50 ފޫޓައްވުރެ ކައިރި ނުވުމަށް މުޅިސަރައްދުގައި އިއުލާން ކޮއްފައެވެ. ޕަޓޯ އައިސްފަ މިހިރީކީ އާދައިގެ ރުޅިއެއް ނޫނެވެ. މުޖައްރިބުވެސް މިއަށް އިހުތިރާމް ކުރުމުގެގޮތުން ހުރީ 50 ފޫޓައްވުރެ ދުރުގައެވެ. ޕަޓޯ ފެނުމާއި އެކު މުޖައްޖިބު ޝަހާދަތް އިނގިލި މައްޗަށް ހިއްލާލިއެވެ. މުޖައްރިބު އިނގިލި ހިއްލާލުމާއެކު ޕަޓޯ ދެ އިނގިލި (ފޮޓޯގައި ވާގޮތަށް) މައްޗަށް ހިއްލާލިއެވެ. މުޖައްރިބު ބިންމަތީގައި ވަށްބުރެއް ކުރަހާލުމުން ޕަޓޯ އެއަށްވުރެ ބޮޑުބުރެއް ކުރަހާލިއެވެ. އެކަކުވެސް ވާހަކައެއް ނުދައްކައެވެ.
ކޮންމެއަކަސް އެއްކަލަ ޕަޓޯ އަނބުރާ އަތުވެއްޖެއެވެ. ރައީސާއި އެހެންމީހުންވެސް މިކަމާއި ވަރަށް ހައިރާން ވެއްޖެއެވެ. އެތަށް ހުށައެޅުންތަކަކުންވެސް ނުގެނެވުނު މިމީހާ ގެނާގޮތެއް ބަލަން ރައީސް ބޭނުންވެއްޖެއެވެ. މިހެންވެ ރައީސް މުޖައްރިބު ގާތަށް ގޮސް އެހިއެވެ.
ރައީސް: “ކަލޭ ކީކޭ ކިޔާފަތަ އެސޮރު ތިޔަ ގެނައީ… އަނެއްކާ މަށަށް ކޮށްދެވޭވަރު ކަމެއްގެ ވާހަކަތަ ބުނީ”
މުޖައްރިބު: “އަހަރެން ޝަހާދަތް އިނގިލި ހިއްލާލާފައި ނިޔަތްގަތީ ﷲ އެއްކައުވަންތައެވެ. އެހިނދު ޕަޓޯ 2 އިނގިލި ދައްކާލިއެވެ. އޭގެ މާނައަކީ އުޑައި ބިމުގަވެސް ﷲ އެއްކައުވަންތައެވެ. އަހަރެން ބިންމަތީގައި ބޮޅެއް ކުރަހައި ހިތަށް އެރުވީ މިބިމުގެ ވެރިފަރާތަކީ ﷲ އެވެ. އެހިނދު ޕަޓޯ އެއަށްވުރެ ބޮޑު ބޮޅެއް ކުރެހި…މާނައަކީ މުޅިކާއިނާތުގެ ވެރިފަރާތަކީ ﷲ އެވެ.”
ރައީސް ހިތާހިތާ ބުނެލިއެވެ. “އެހެންވީމާ މުޖައްރިބެއްވުރެ ޕަޓޯ މާމޮޅުތާއެވެ….އެއޮއް ހުރިހާ ފައިސާއަށްވެސް ނައިމީހާ ހަމައެކަނި އެހެން ހަދާލައިގެން އަތުވެދާނެބާ…ރުޅިގަނޑު މައިތިރިވީބާ….”
ކޮންމެއަކަސް ރައީސް ނިންމެވީ ޕަޓޯގާތަށް މުޖައްރިބު ބުނީ ކީކޭތޯ ބަލާށެވެ.
ރައީސް ގޮސް ޕަޓޯގާތު އެހިއެވެ. ” ކަލޯ، މުޖައްރިބު ކީކޭތަ ބުނީ، ކަލޭ ތިޔައައީ…ރުޅިގަނޑު މައިތިރިވީތަ؟..”
ޕަޓޯ: ” މުޖައްޖިބު އިގިއްޔެއް ދެއްކި…ބުނިކަހަލަ މަގޭ ލޮލަށް އިނގިލި ކޮއްޕާލާނަމޭ…މަދެއްކިން 2 އިނގިލި” މިހެންކިޔާ ރައީސްގެ ދެލޮލަށް ޕަޓޯ 2 އިނގިލި އަމުނާލަފިއެވެ. މިކަލޭގެ އައިސްފަހުރި ރުޅި ހަމަ ކުޑަތަންކޮޅެއްވެސް މަޑެއްނުވެއެވެ.
އެ ކުރެހި ވަށް ބުރުން ޕަޓޯއަށް ދޭހަވި މާނަ ކޮމެންޓަށް ދޫކޮއްލާނަމެވެ.

Comments (22)

  1. އަނާ

    ހަހަ. ވަރަށް މަޖާ.. ބޮޅުގެ މާނައެއް ހަމަ ނެންުގުނޭ…

  2. Milli Adam

    ވަރަށް ސައުގުވެރި.

  3. nishan

    ނޭގުނު އެބޮޅުގެ މާނަ އެއް ..

  4. admin

    އަޅުގަނޑަކަށް ހަމަ ވިސްނާ ވިސްނާ ވެސް ނޭންގުނޭ..

  5. fathimath Asim

    މުޅި އޮފީހުގައި ބޮޑުކަން ދޭނަމޭ.

  6. އައިށް

    ވ މަޖާ ސާބަސް ހަމަ ތިޔަގޮތުގައި ހުރުން އެދެން

  7. my tongue

    alhe dhen engey myhaku bunan v nu dhw e bolhuge maana

  8. Lovely girl

    Mashahves neyngunu e bolhuge maana

  9. zam-aa

    dhen konmeves meehaku javaabu bunebala….. cant wait :p

    1. share
      zam-aa

      AFAIC that’s the best answer so far!

  10. Pato

    Varah Salhi..:)

  11. ކެޓް

    bolhu ge maana? o__O

  12. ޕަޓޯ

    ބޮޅުގެ މާނަ އަކީ ކަލޭ ވަޅު ލާނަމޭ..

  13. mystyrious grl

    bolhakee eyna vahtaalevunu andhavalhah vure bodu andhavalhakah vahtaanameyy

  14. ސިއްޕޯ

    ތިޔައްވުރެ ބޮޑު ބޮނޑިއެއް ދޭނަމޭ

  15. testing carried

    ha ha ha ha… enme fahu thankolhu kee meege 30 minnit kurin… hee hee enme fahun koment mi kure vunee lahun dhoa…

  16. naani

    Ahahaha…. Warah majaa

  17. aisha

    Is that you

  18. xaaxaa

    Tht mynns kaley fohgadei heh modelaaname. Dhn anekaku buny kaley e ah wure bodu foh gadei heh modeynameyy

  19. Shaa putyy

    Kuda bolhu ge maana aky kale ah vazyfaa dheynamey.. nd bodu bolhu ge maana aky mashah raees kan dheyshey.. maybee

  20. baby

    masha ves bolhu elhi dhaane kithanme varakah ves that is the meaning of that circle maybe

  21. Rau Eym Eva

    Hehe varah majaa

Comments are closed.