Skip to content
އެސްފިޔަ

ގެންދާށެ މިހިތް ލޯބިން ކަލާ.. 1

ރޭގަނޑުގެ ހަމަހިމޭންވަގުތެވެ. އަރާމު ނިންޖަކުން ނިދާލާފައި އޮތް ލިވްޔާ ސިއްސައިގެން ދިޔައީ ކައިރީގައި ބާއްވާފާ އޮތް ފޯނު ރިންގުވާންފެށުމުންނެވެ. ދެލޯ އުނގުޅާލުމަށްފަހު ކައިރީގައި އޮތް ފޯނުނަގައި ހަލޯ އޭ ބުނެލުމާއެކު އެކޮޅުން އިވުނު އަޑަކުން ލިވްޔާގެ ދެލޯ ތަންމިނަށް ހުޅުވިގެންދިޔައެވެ. ފުޅާ ހިނިތުންވުމަކާއިއެކު ފޯނު ކަނޑާލުމަށްފަހު ލިވްޔާ އޭނާގެ ހޭވިފާވައި ދިގު ދިގު އިސްތަށިގަނޑު އަތުން ރީތި ކޮއްލިއެވެ. އަދި ދުވަމުން ކަހަލަ ގޮތަކަށް ގޮސް ގޭގެ މައިދޮރު ހުޅުވާލިއެވެ.

ފޯނާ ކުޅެންހުރި ނާއިކް ދޮރުހުޅުވިގެން ދިޔަ އަޑަށް އިސްއުފުލާ ބަލާލިއެވެ. އުފާވެރި ހިނިތުންވުމެއްގައި ހުރި ލިވްޔާ ފެނުމުން ކުޑަކޮށް ހިނިތުންވެލުމަށްފަހު އެއްވެސް އެއްޗެކޭ ނުބުނެ ދަބަސްތަށް ހިފައިގެން ނާއިކް ގޭތެރެއަށް ވަދެގެން ދިޔައެވެ. ނާއިކް ވަދެގެން ދިޔަ ދިމާއަށް ބަލަހަށްޓައިގެން ހުރި ލިވްޔާ ގެ މޫނުމަތީގައި މިހާރު ކުރިން ހުރި ހިނިތުންވުމެއް ނެތެވެ. އެ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. އެ ރީތި ދެލޮލުގައި ކަރުނަތަށް ވިދަމުން ދިޔައެވެ.

ދޮރުމަތީގައި މި މަންޒަރު ބަލަންހުރި އިޔާން ގެ ހިތަށް އެތަށްއެއްޗެއް އަރާފައިބަމުން ދިޔައެވެ. ނަމަވެސް ބޯ ހޫރުވާލުމަށްފަހު ކަރުކެހިލީ ލިވްޔާއަށް އޭނާ އެތާހުރިކަން އަންގާލަންށެވެ. އިޔާން ގެ އަޑަށް ލިވްޔާ ސިއްސައިގެން ދިޔައެވެ. ކަރުނަތަށް ފުހެލުމަށްފަހު އިޔާންއަށް ބަލާލުމެއްވެސް ނެތި ކުޑަމިނުން ވަންނާށޭވެސް ނުބުނެ ލިވްޔާ އޭނާގެ ކޮޓަރިއާއި ދިމާލަށް ހިނަގައިގަތެވެ . ދެކޮނޑު އަރުވާލުމަށް ފަހު އިޔާންވެސް ދޮރުލައްޕާލުމަށްފަހު ދަބަސް ހިފައިގެން ނާއިކް ގެ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ.

ކޮޓަރިއަށްވަދެ ދޮރުލައްޕާލުމާއިއެކު ލިވްޔާ ހިފަހައްޓައިގެން ހުރި ކަރުނަތަށް އޭގެ މަގާމު ދޫކޮށް ފައިބާގަތެވެ . ނާއިކް ކަންތަށް ކުރި ގޮތުން ލިވްޔާގެ ހިތް ޝަކުވާއިން ފުރެމުން ދިޔައެވެ.އޭނާ ހީކުރީ އޭނައަށް ނާއިކް މައާފުކުރާނެކަމަށްށެވެ.ނާއިކްގެ ކުއް އިހްސާސްވާނެ ކަމަށްށެވެ.ނަމަވެސް އެއީ ކުއްހީއެއްކަން ނާއިކް ގެ ދުރުހިލޭ ކަމުން ސާބިތުކޮއްދީފިއެވެ. އެރޭ ލިވްޔާއަށް ނިދުނީވެސް ރޮއެ ރޮއެ އޮއްވައެވެ.

——————-

ގަދަނިދީގައި އޮތް ލިވްޔާއަށް ހޭލެވުނީ ފޯނު އެލާމްވާ އަޑަށްށެވެ. މޯޅިއަކަށް ދެމިލުމަށްފަހު އެނދުން ތެދުވެ ލިވްޔާ ފާހާނައަށް ވަދެ ފެން ވަރާލިއެވެ . ފާހާނައިން ނުކުމެ ރީތިވެލައިގެން އެންމެ ފުރަތަމަ ކަމަކަށްވެސް ލިވްޔާ ކުޑަދޮރުތަށް ހުޅުވާލިއެވެ. އޭރު ވަރަށް ބޯކަށް ވާރޭ ވެހެމުން ދިޔައެވެ. ހިނިތުން ވެލުމަށްފަހު ލިވްޔާ ވެހެމުން ދިޔަ ވާރޭ ތެރެއަށް އަތްދިއްކޮއްލިއެވެ.

އިރުކޮޅެއްވަންދެން އެހެން ހުރުމަށް ފަހު ލިވްޔާ ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ .  ކޮޓަރިން ނުކުންނަން އެޅި ފުރަތަމަ ފިޔަވަޅާއެކު މީހެއްގެ ގައިގާ ޖެހިފަ ވެއްޓެން ދިޔައެވެ. ވެއްޓުނު ގޮތުން ލިވްޔާއަށް ތަދުވި ނަމަވެސް އަވަސް އަވަހަށް ތެދުވެ ލިވްޔާ ކުރިމަތީގައި ހުރި އިޔާން އަށް އަވަސް ނަޒަރެއް ދިނުމަށްފަހު ފަސްދީފާ ބަދިގެއާއި ދިމާއަށް ހިންގައިގަތެވެ . ” އައި އެމް ސޮރީ ” ބަދިގެއަށް ވަންނަންދިޔަ ލިވްޔާ ގެ ފިޔަވަޅުތަށް ހުއްޓުނެވެ. ” އިޓްސް އޯކޭ ” ފަސްއެންބުރި ބަލާލުމެއްނެތި ލިވްޔާ އެހެން ބުނެލުމަށް ފަހު ބަދިގެ ތެރެއަށް ވަދެގެން ދިޔައެވެ.

އެންމެން ކާންތިބި އިރު އެކިވާހަކަ ދައްކަމުން ދިޔައިރު އިޔާން ގެ ކަޅި ހުރީ ކުރިމަތީގައި އިން ލިވްޔާއަށް ހުއްޓިފައެވެ. އޭނައަށް ފާހަގަ ކުރެވުނީ ކާން އިންއިރު އެންމެ ފަހަރަކު ވެސް ލިވްޔާ އިސްއުފުލާ ބަލާނުލިކަމެވެ. އެންމެން ކައި ނިމުމުން ތަށިތައް ދޮވެ ލުމަށްފަހު ލިވްޔާ ބެލްކަންޔަށް ނިކުމެލިއެވެ. ވެހެމުން ދިޔަ ވާރޭ ތެރޭގައި ހުރިއިރު އެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ.

ބެލްކަނި ކުރިމަތިން ހުރަސް ކަނޑާލި އިޔާން އަށް ބޯވާރޭ ތެރޭގައި ހުރި ލިވްޔާ ފެނުމުން ހުއްޓެވުނެވެ. ޔަގީން ކޮއްލުމަށް އިޔާން ބެލްކަންޔާ ދިމާއަށް ބަލާލިއިރު ހަމަ އެ ހުރިތާ ގުޑިވެސް ނުލާ ލިވްޔާ ހުއްޓެވެ. މަޑު މަޑުން ހިނގާލާފަ ގޮސް އިޔާން ލިވްޔާގެ ފަހަތުގައި ހުއްޓިލިއެވެ. އިޔާން ހައިރާން ވީ އޭނައަށް ގޮވާލަމުން ލިވްޔާ ވާހަކަ ދައްކަން ފެށުމުންނެވެ. އޭނާ އެތަނަށް އައިކަން ލިވްޔާއަށް އިނގުނީ ކިހިނެއް ބާއޭ އިޔާން ގެ ހިތަށް އަރަމުން ދިޔައެވެ. ” ޔާން އަހަރެންގެ ކުށަކީ ކޮބާ؟.. ލަމް ވަކިވެގެން ދިޔައިމަ އަހރެންވެސް ދެރަވެޔޭ .. އެކަމަކު އަހަރެން ކީއްތަ ކުރާނީ؟.. ދޮންބެ އަހަރެންގެ ބޮލުގައި އެފަދަ ބޮޑު  އިލަޒާމެއް އެޅުވީ ކީއްވެތަ؟.. ލަމް ވަކިވެގެން ދިޔައީ އަހަރެންގެ ސަބަބުން ތަ؟.. އެ ދުވަސް ބަދަލު ކުރެވޭނެ ނަމަ.. 3 އަހަރު .. މިއަދު މިވީ ތިން އަހަރު ލަމް ހޭނާރާ ކޯމާއެއްގަ އޮންނަތާ.. ހޭއަރާނެ ކަމުގެ އެއްވެސް އުންމީދެއްނެތޭ ޑޮކްޓަރު ބުނުމުން ދޮންބެއަށްވުރެ ބޮޑަށް އަހަރެން ދެރަވި.. އެއީ އަހަރެންގެ އެންމެ ގާތް ރަހަމަތްތެރިޔާ އަދި ދައްތައެއްފަދަ ކުއްޖެއް.. އެވާހަކަ ލަމް ގާތު ބުނެވުނީމާ އަހަރެން ކޮންމެ ދުވަހަކު އަމިއްލަ ނަފްސު ކުއްވެރި ކުރަން..އެއީ އަހަރެންގެ ހަޔާތުގައިވެސް ހެދުނު އެންމެ ބޮޑު ގޯސް.. އެވާހަކަ ނުބުނެވުނު ނަމައޭ ހިތަށް އަރާ .. އެކަމަކު ލަމް ގެ ހަޔާތް ބަރުބާދުވެގެން ދާތަން ބަލަން އަހަންނަށް ނުހުރެވުނީ .. ”

އެހުރިހާ ވާހަކަ އެއް ދެއްކުމަށްފަހު އެނބުރި ލުމުން އެ މޫނުމަތީގައި ވާ ބަޔާންނުކުރެވޭ ފަދަ އަސަރުތަށް ފެނިފައި އިޔާން ގެ ހިތަށް އެތަށް ގޮތެއް ވެގެން ދިޔައެވެ. ” ޔާން .. އަހަރެން ..” ލިވްޔާ ބުނަންއުޅުނު ޖުމްލަ މެދު ކެނޑުނީ އިޔާން ވާހަކަ ދައްކަން ފެށުމުންނެވެ. ” ވީ ކަމެއް ނުވާ ކަމަކަށް ނެހެދޭނެ .. އެހެންނޫނަސް ކާކު ބުނީ އެއީ ލިވް ގެ ސަބަބުން ވީ ކަމެކޭ ؟؟ .. މިއީ ތަގްދީރު .. ދުނިޔޭގައި އުޅޭއިރު ހިތާމަވެރި ކަންކަމާވެސް ދިމާވާނެ .. ލިމް އަށް މިވަގުތު ބޭނުންވަނީ ހެޔޮ ދުޢާ .. އިރާދަކުރެއްވިއްޔާ ނިކް އަށް އަދި ވިސް ނޭނެ ލަމް އެހާލުގައި އެއޮތީ ނިކް ގެ ސަބަބުން ކަން .. ”

އިޔާން ގެ ވާހަތަށް އަޑުއިވުމުން ލިވްޔާގެ ހިތަށް ކުޑަނަމަވެސް ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. އަދި ހިނިތުން ވެލަމުން ލިވްޔާ  މައުލޫ ބަދަލު ކޮއްލީ އެވާހަކަ ދައްކައިގެން ހިތްދަތިވުން ނޫންކަމެއް ނުވާނެކަން އިނގޭތީއެވެ. އަދި ދެމީހުން އެކި ވާހަކައިގަ ތިބެގެން ގޭތެރެއަށް ވަންނަށް މިސްރާބު ޖެހިއެވެ. އޭރު ދެމީހުންވެސް ތިބީ ތެމި ފޯވެފައެވެ.

ލިވްޔާ އާއި އިޔާން އަކީ ކުޑައިރުއްސުރެ ދެ ރަހްމަތްތެރިންނެވެ. ޗުއްޓީގައި އެ ރަށަށް އައިސް އުޅޭއިރު އިޔާން ހުންނަނީ ލިވްޔާމެން ގޭގައެވެ. ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބި ވާއިރުވެސް ރަހްމަތްތެރިކަމަށް ބުރޫއަރާފާނެތީ އެ އިހްސާސް ތަށް ފާޅު ކުރާކަށް ދެމީހުން ކުރެ އެކަކަށްވެސް ނުކެރެއެވެ.

ފެންވަރާލައިގެން ތެތްއެއްޗެހި ބަދަލު ކޮއްލައިގެން ދެމީހުންވެސް ހިޔާ ކޮއްފައިވާ ޓެރެސްއަށް އަރާ އެތާ ބަހައްޓާފައިވާ ސޯފައިގައި އިށީންދެލިއެވެ. އެކި ވާހަކަ ދައްކަމުން ގޮސް ލިވްޔާ ރޭގަ ކަންތަށް ކުރެވުނު ގޮތުން މައާފަށްވެސް އެދުނެވެ. ދެމީހުން ދައްކަމުން ދިޔަ ވާހަކަ މެދު ކެނޑުނީ ލިވްޔާގެ ފޯނު ރިންވާ އަޑަށްށެވެ. ފޯނު ނަގާ ހަލޯ އޭ ބުނުމުން އެ ކޮޅުން ބުނި އެއްޗެއް އަޑު އިވިފައި ލިވްޔާގެ އަތުން ފޯނު ދޫވެގެން ވެއްޓުނެވެ. އޭރު އެދެލޯ ވަނީ ކަރުނުން ފުރިފައެވެ.

( ނުނިމޭ )

Comments (39)

  1. Mishya

    this is my first story .. if there’s any mistake pls tell me .. anyways hope u all will like it.. . 🙂

  2. Shar

    Salhi

    1. Mishya
      Shar

      thanks shar 🙂

  3. 13.13

    Its really nice and interesting.. Loved this part ❤️. Hope that we will get to read this story on a regular basis.. ???

    1. Mishya
      13.13

      thank u 13.13 🙂

  4. ina

    V nice n v intresting stry eh.when iz nxt part.waiting 4 next part

    1. Mishya
      ina

      thanks ina .. next part iraadhakurehviyya varh avahah upload kohdheynan 🙂

  5. shaa

    v nice

    1. Mishya
      shaa

      thnks shaa 🙂

  6. m

    V salhi than lam maruvaa habaru kanneyge libeny

    1. Mishya
      m

      thnks m .. neynge dhw hama .. lets see wht happens .. thanks for reading 🙂

  7. Een

    Wow. V reethi. Hieh nuvey aa kujjeh heneh ehury liyefa. V reethi. Ingey .. Hama superb. Super se upar valaadaa

    1. Mishya
      Een

      hehe thnk u so much een 🙂

  8. Een

    Wow. V reethi. Hieh nuvey aa kujjeh heneh ehury liyefa. V reethi. Ingey .. Hama superb. Super se upar valaadaag

  9. aNaH

    Starting is awesome…❤️❤️.. Hope that others parts also will be as interesting and awesome as this part.??? When are u going to upload the next part??? Waiting for other parts. And please upload this story on a regular basis… ??????

    1. Mishya
      aNaH

      thnks anah .. iraadha kurehviyya varh avhah aneh bai upload kohdheynan insha allah 🙂

  10. Naaz

    Nice…heevane mi vaahaka v reethivaanehen.next part knirakun

    1. Mishya
      Naaz

      thnks naaz .. next part v avahah upload kohdheynan .. thnks fr reading 🙂

  11. Shabee

    wow vrh reethii….md 1st story r balaafa hama ehvana 😉 nxt prt kon irakun? avahah up khdhehchey 😀 all da bst 🙂

    1. Mishya
      Shabee

      thank u so much shabee .. nest part varh avahah up kohdheynan insha allah 🙂

  12. Anonymous

    v gina sukunuge kuh ebahuri.. alif sukunaa shaviyani sukun olhuvaalaafa.
    kanthah mihen kiyaairu alif sukun innaannee. sababakee kanthakey mihen kiyeythee.. kanthashey nukiya ehnu..
    hama egothah misaalakah “ehchehsah” mihen kiyaairu shaviyani sukun innaanee.. ey ehchehsakey ehen nukiyaathee.. ehchehsashey kiyaathy..
    shey adhi key ah visnaigen liyuneema faseyha vaane..
    liyuntheriyaage vaajibakee hama ekani kiyuntheriyaa munifoohi filuvumeh noon.

    1. Mishya
      Anonymous

      thnks anonymous .. dhn varah balaigen liyaany .. thnks for reading 🙂

  13. Naxoo

    Heiii…mishya…First story aa balaafa rahgalhu…heekuran mi vaahaka akee ves ehn vaahaka ekey eyfadhain reethi vegen dhaane vaahaka eykamah…whn r u uploading the next part of the story…
    wish u all the best dear :-):-)

    1. Mishya
      Naxoo

      thank u so much naxoo .. iraadha kurehviyya will upload the nest part soon insha allah 🙂

  14. A.M

    Starting hama varah salhi hope so next part thah reethi vaane kamah varah reethi ♡♡

    1. Mishya
      A.M

      thanks alot A.M 🙂

  15. rish

    Varah reethi

    1. Mishya
      rish

      thnks rish 🙂

  16. mik

    Mishyaaaaaaaaaaaaaaaaaaaaaaaaa

    1. Mishya
      mik

      lahbaa mikkkkkk .. anyways thanks for reading the story 🙂

  17. flwr

    Anonymous thihaa varah kutha kiyaadheynama amilah vaahaka eh nerey dhuvahu kiyuntheriaka kiyey vareh nuvaaneh ….abdhuves vaahak eh geh kusheh nufenigen ulhey hen hyvany..huh…vvv reethi mivaahakige feshun …gudluck mishyaa

    1. Mishya
      flwr

      thanks alot flwr 🙂

  18. flwr

    Mivaahakaige***

  19. zee

    Vvv reethi mi feshun.

    1. Mishya
      zee

      thanks alot zee 🙂

  20. Ryn

    wowww… vrh salhi 😉 jxt luv it

    1. Mishya
      Ryn

      thank u soo muchh ryn .. thanks for reading 🙂

  21. Thaathu

    Vaahaka v reethi

    1. Mishya
      Thaathu

      thnks thaathu 🙂

Comments are closed.