Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

(ރޯދަ ހަދިޔާ) އާއެކޭ ލޯބިވޭ… ފުރަތަަމަ ބައި ( މިއީ އަޝްބާގެ އެކަނިވެރި ދިރިއުޅުމޭ)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
March 1, 2025 3 Mins Read
10 Comments

ވިސްނުންތޫނުކަން އެއީ އަހަރެންގެ ނަމުގެ މާނައެވެ. ނަމަކީ އަޝްބާއެވެ. އަހަންނަކީ ހަނދާން ހުންނަ ފެށީން ސުރެއް ވާހަކަ ލިޔާ މީހެކެވެ. ފޮތް ފޮތުގައެވެ. ގޭގައި އެކި އުމުރު ފުރާއާ ގުޅޭ ވާހަކަ ހުރެއެވެ. ވާހަކަ ފޮތްތަކަކީ އަހަރެންގެ އެންމެ ގާތް މިތުރުންނެވެ. ދުވާލަކު ފޮތެއް ކިޔާ ނިންމަމެވެ.

މައިންބަފައިން ވަނީ އަހަރެން ވަރަށް ކުޑައިރު ނިޔާވެފައެވެ. އުމުރުން ސައުވީސްވަނަ  އަހަރުގެ ދުވަސްތައް މި ގުނަނީ މަލޭގެ  ހަލަބޮލި މާހައުލުގައި އެކަނިމާ އެކަންޖެއެވެ.  ހަޔާތަށް ބައިވެރިޔަކުވެސް ލިބުނެއެވެ.  އެއީ އަހަރެން އެންމެ ބޭނުންވި މީހާއަށް ނުވުމުން އެކަން ކުރަން ފޫހިވީއެވެ. އޭނާވީ ހިސާބެއް ވެސް އަހަންނަށް މިހާރަކު ނޭނގެއެވެ. އެކަން މުހިންމު ކަމަކަށް ނުވެސްދެކެވެ.

މި ހާތަނަށްވެސް މިހުރީ އިންތިޒާރެއްގަ އެވެ. ދިގު އިންތިޒާރެއްގައެވެ. ދެން އެވާހަކަ އިހަށް ބާއްވަމާ ދޯއެވެ. އެއްވެސް ސިފައެއްގައި ކިޔުންތެރިންގެ ހަމްދަރުދީއެއް ނޭދެމެވެ. މިހެން އުޅޭތާ ލައްކަ ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ.

ވާހަކަ ލިޔާ އިރުވެސް އެއްވެސް އިތުބާރެއް އަހަންނަކަށް ނޯވެއެވެ. ވާހަކަ ރީތިވާނެ ކަމުގެ ކުޑަވެސް ޔަޤީންކަމެއް ނީދެއެވެ. އެކަމަކު ވާހަކަ ފޮތެއް ލިޔުމަކީ އަހަރެންގެ ދުވަސްވީ ހުވަފެނެކެވެ. އެކަން މިއަހަރު ނިމުމުގެ ކުރިން ކުރަން މިހިރީ ހިތުލައިގެންނެވެ. އަހަންނަށް އެކަން ވުން އަދާ ހުރިހާ ކިޔުންތެރިންވެސް ދުޢާކޮށްދެއްޗެވެ.

ލޯތްބަށްޓަކައި މި ކުރެވޭ ދިގު އިންތިޒާރަށް ފޮނި ނިމުމެއް އަންނާނެ ނަމަ ކޮންފަދަ ހެއްޔެވެ؟ އަހަރެންގެ ހަޔާތުގެ ނަވު އައިސް އޭނާ އާއި އާރާ ހަމަވާން މިހާރު ވެއްޖެއެވެ.

މޮޅު ލިޔުންތެރިއަކަށް ވުމަކީ އަހަރެން ދެކެމުން އަންނަށް ފޮނި އުއްމީދެކެވެ. ނޫހެއްގެ ބޭރު ގަނޑުން އަހަރެންގެ ތަސްވީރާއެކު އެއީ ރާއްޖެ ދުން ކުޅަދާނަ ލިޔުންތެރިއެކޭ ޖަހާފަ އިންނަށް ތަން ނުހަނު ދެކޭ ހިތްވެއެވެ.

ސިއްރެއް ބުނަން ހެއްޔެވެ؟ އަހަންނާއި ވައްތަރު އިތުރު މީހަކު އުޅޭނެއެވެ. އެއީ އަހަރެންގެ ކޮއްކޮ އިޞްބާއެވެ. އޭނާ އުޅޭނީ ހއ ދިއްދޫގައެވެ. ބައްޕަ ފަރާތު ބޮޑުދައިތައެއްްގެ ކައިރީއެވެ. ހަޔާތުގެ ޒުވާން އުމުރު އެޅުނު ޅައްއެއްޗެއްގެ ސަބަބުން ކޮއްކޮގެ މުޅި ދިރިއުޅުންވަނީ އަނދިރިވެ ފައެވެ.

ފޮތެއް ލިޔަން ބޭނުންވާ މައިގަނޑު ސަބަބަކީ ވެސް އެއެވެ. ކޮއްކޮ އަށް ރަނގަޅު ފަރުވާ އެއް ކޮށް ދިނުމެވެ. މިހެން ބުނުމުން ކިޔުންތެރިން ސުވާލު އުފެދޭނެކަން ގައިމެވެ. އެކަމަކު އެއީ އަހަންނަށް ދައްކަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. މާ ބޮޑަށް ތަފްސީލުކޮށް ކިޔައި ނުދެވުނަސް ކުޑަ ޚުލާސާއެއް ކިޔައިދެވޭތޯ އެބަ ބަލަމެވެ. ވަރަށް ކެތްކުރަމުން މިކިޔައިދެނީއެވެ. އަޑުއަހާށެވެ.

މިއީ އިޞްބާއެވެ. އުމުރަކީ 18 އަހަރެވެ. މިއުޅެނީ ލޯބިވެރިޔާއާއި ކައިވެނިކޮށްގެން އޭނާގެ ރަށް ދުއާފަރުގައެވެ. ދެ މީހުންގެވެސް މިއީ އަލަތު ކައިވެންޏެވެ. ވަރަށް ލޯބިވެގެން ކައިވެނި ކުރިޔަސް މިކުރެވުނީ މާ ރަނގަޅު ކަމެއްކަމަކަށް އަހަރެން ނުދެކެވެ. އެއީ އަތް އިސްކުރާ ރުޅިގަދަ މިޒާޖެއްގެ މީހެކެވެ. ލޯބިވެގެން އުޅުން އިރު ނުފެންނަށް އެތައް ސިފަތަކަކުން އޭނާ ހުރީ ޒީނެތްތެރިވެފައެވެ. އެވަރަށް ދުން ބޮއެވެ. އޭނާއަކީ ވާޒީފާއެއް އަދާ ކުރާ މީހަކަށް ނުވެއެވެ.  އެކަމަކު ހުސްނުވެ ލާރި ގެންގުޅެއެވެ. އެކަމާ ސުވާލެއް ކުރިޔަސް ދޭނީ ވަރަށް ރުންކުރު ޖަވާބެކެވެ. އޭނާގެ ކަންކަމާ ބެހުމުގެ ހައްޤެއް އަހަންނަށް ލިބިގެން ނުވެއެވެ. އަބަދުވެސް ބައްޕަގެ ބޮޑު ފިހާރައިން ލިބޭ ފައިސާކަމަށް  އޭނާ ދައުވާކޮށް ހަދައެވެ.

ފަހަރުގައިވެސް އަހަރެން ހިޔެއް ނުކުރަމެވެ.  ސިނގިރޭޓް ބުޔަސް އޭނާ މަސްތުވާތަކެތި ވިއްކާ ބޭނުންކޮށް ހަދާނެ ކަމަށް އުންމީދުވެސް ނުކުރަމެވެ. މިކަމެއް އަހަންނަށް އިނގުނީ ކައިވެންޏަށް އަހަރެއް ވީރެއެވެ. އަލަތު ކައިވެންޏަށް އަހަރެން ފުރުމުން  އެކަމުގެ އުފަލުގައި އޭނާއަށް މީރުވާނެހާ އެއްޗެއް ކެއްކީމެވެ. ކުކުޅު ބިރިޔާނިއާ ލޮނުމެދު “އިސްޕެކެޓީ” އެވެ. ހަލުވާ އާއި މެގުނަމް ޕުޑިންއެވެ. ކޮންމެ މީހަކަށް ވެސް މީރުވާނެކަން ޔަޤީނެވެ. ވަރަށް ކުޑައިރުން ފެށިގެން އަހަރެން ކައްކާ އުޅެމެވެ. އެހެންކަމުން މިއަދު ކައްކަނީ ވަރަށް ސައުޤުވެރިކަމާއެކުއެވެ. ދެން ކޮއްކޮގެ ވާހަކަ ދައްކަނީ ފަހުންނެވެ. އިހަށް އަހަރެން ނެރެން މިއުޅޭ ފޮތުގައި ލިޔާނެ ވާހަކެއް ނިންމަމާހެވެ. ހަމަގައިމުވެސް ބިރުވެރި ވާހަކައެއް އަހަންނަކަށް ނުލިޔެވޭނެއެވެ. ޖިންނިން ދެކެ އަހަރެން އިންތިހާއަށް ބިރުގަނެއެވެ. ވާހަކަ ލިޔަމުން ދަނިކޮށް ޖިންނިއެއް ސިފަ ވިޔަސް ކޮޅަށް ދިޔައީއެވެ. އެހީވާނެ މީހަކުވެސް ނުހުއްނާނެއެވެ.

އަހަންނަށް އަބަދުވެސް އެންމެ ކަމުދަނީ ލޯބީގެ ވާހަކަތަކެވެ. ލިޔަންވެސް ބޭނުމީ އެފަދަ ވާހަކައެކެވެ. ނަމަވެސް ލޯތްބަކީ މީހުން ލިޔެ ފޫހި ކޮށްފައި އޮތް ސުރުޚީ އެކެވެ.

މިއަހަރު އަހަރެންގެ ކިޔެވުން ނިމޭނެއެވެ. އަހަންނަކީ ނަރުހެކެވެ. ނަރުހަކަށްވީ ހަމަ އެންމެ މީހަކަށްޓަކައެވެ. ލޯބިވާ ކޮއްކޮއަށް ޓަކައެވެ. ސުކޫލުގައި އުޅުނު އިރު ނަރުހަކަން ވާނެކަމަށް ވަރަށް އަޒުމުގައި ކޮއްކޮ ބުނާނެއެވެ. އަހެރެން ވާން ވޭނުންވީ ދިވެހި މުދައްރިސަކަށެވެ. ކުދިންނަށް ކިޔަވައިދީ ތަފާތު ލިޔުން ލިޔެ ހެދުމަކީ އަހަރެން ވަރަށް ކުރާ ހިތްވާ ކަންކަމެވެ. ދެން އެދުވަހެއް ނާއްނާނެވެ. މިއަދު އަހަންނަކީ ނަރުހެކެވެ. މީހެއްގެ ކުލަނުވި ހުވަފެނެއްގައި ކުލަޖެއްސުމަށްޓަކައި އަހަރެންގެ ހުރިހާ އުފާތަކެއް މިހުރީ ދޫއްކޮށްލައިގެންނެވެ. ކޮންމެ ކަމެއްވެސް ކުރާނީ އަހަރެންގެ ލޯބިވާ ކޮއްކޮއަށް ޓަކައެވެ. އެއީ މި ދުނިޔޭގައި އަހަރެންގެ ހުރި ހަމައެކަނި އާއިލާއެވެ. ތަޤުދީރުގައި މައިންބަފައިންގެ ލޯބިން ލިބެން ނެތުމަކީ  ފަހެ އަހަރެންގެ ކުށެއް ހެއްޔެވެ؟ ކޮއްކޮގެ ދެ ލޮލަށް ނުފެނުން އެއީވެސް އަހަރެންގެ  ނާޤާބިލްކަމުން ވީ ކަމެއްހެއްޔެވެ؟ އަހަރެން މީ އެހާވެސް ފިޑި ދޮންތައަކީތާއެވެ.

ނުނިމޭ

 

 

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…67

Next

ދުނިޔެއީ ދައުރުވާ އެއްޗެއްމެ..9

Next
March 1, 2025

ދުނިޔެއީ ދައުރުވާ އެއްޗެއްމެ..9

Previews
February 28, 2025

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…67

10 Comments!

  1. baby girl 🙈 says:
    March 1, 2025 at 1:19 pm

    vrh reethi Masha Allah ❤️
    keep it up sissy…
    lysssm 😘

    1. Isnaa says:
      March 3, 2025 at 1:48 pm

      Thank you “baby girl” 💗💐
      Love you too dear 🤗

  2. Ghost girl 👻 says:
    March 1, 2025 at 4:17 pm

    Masha Allah 😍 vrh vrh interesting hope to see your new stories soon LYSM 🫶🏻😊

    1. Isnaa says:
      March 3, 2025 at 1:49 pm

      Thank you “Ghost girl” 💗💐
      New story eh fonuvaafa ihnaanee mihaaru pending ga ulheynee 🥰
      Love you too dear 🤗

  3. Ghost girl 👻 says:
    March 1, 2025 at 4:17 pm

    And when’s next??? Curiously waiting for the next part

    1. Isnaa says:
      March 3, 2025 at 1:51 pm

      Next part IA maadhan kiyaalan libeyne kamah balamaa 😊

  4. Aalerrr says:
    March 1, 2025 at 10:11 pm

    Masha Allah vrh interesting story eh..
    Curiously waiting for the next part..

    1. Isnaa says:
      March 3, 2025 at 1:52 pm

      Thank you “Aalerrr” 💗💐
      Next part IA maadhan kiyaalan libeyne
      kamah balama 🤗

  5. rosie says:
    March 1, 2025 at 11:30 pm

    mi part ves reethi i wonder where this story is gonna go when next part

    1. Isnaa says:
      March 3, 2025 at 1:53 pm

      Thank you “rosie” 💗💐
      Vaahaka vrh reethi vaane kamah balamaa dhw 🥰
      Next part IA maadhan kiyaalan libeyne
      kamah balama 🤗

Comments are closed.



All Right Reserved!