Skip to content
އެސްފިޔަ

15062019 ( ޕާރޓް 01

15062019  ހިސާބު ނަމްބަރ އަކަސް މިއީ ހަޤީޤީ ހާދިސާ އަކަށް ބިނާ ކުރެވިފައިވާ ވާހަކައެކެވެ . މި ހިސާބު ނަމްބަރ ގެ ސިއްރު މި ވާހަކަ ނިމޭ ހިސާބުގައި ބަޔާން ކުރެވިގެން ދާނެ ވާހަކަ ދަންނަވާލަމެއެވެ .

މި ވާހަކަ ކިޔާދިން މީހާ ނަން ސިއްރު ކުރުމަށް ފަހު މި ހާދިސާ ނުގެއްލޭ ގޮތަށް މި ވާހަކަ ކުރިޔަށް ގެންދާނަމެއެވެ . މި ވާހަކަ އަކީ  އިބުރަތް ތެރި އަދި އެކި އެކި ބިރުވެރި ކަންކަމާ ކުރިމަތި ކުރުވައިފައި ވާ ވާހަކައެކެވެ .މިއީ މި ކަހަލަ ވާހަކަ އެއް ލިޔާ ފުރަތަމަ ފަހަރެއެވެ ( ހިސާބު ނަމްބަރ އަކަށް )

އުފާވެރިކަން ހިތާމަ ތަކަށް ބަދަލުވެގެން ދެއެވެ . ހީވެސް ނުކުރާ ގޮތަކަށް ކަން ކަން މެދުވެރި ވެގެން ދެއެވެ . އަހަރުމެންނަށް އޮތީ ކެތްތެރި ކަން ކުރިމަތި ލާށެއެވެ .

########################################################################################################################

ދުވަސް ވަރަކީ ވިއްސާރަ  މޫސުމެއެވެ . މެދު ކެނޑުމެއް ނެތި ވިއްސާރަ ކުރަމުން ދެއެވެ . ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުން ދާތީ ރަށުން ބޭރަށް ނުދިޔުމަށް މެޓް އޮފީހުން ވަނީ އަންގާފައެވެ .

ސްކޫލް ކުދިން ވެސް އެ ކުދިން ކިޔަވައި ނިމްމާފައި ގެޔަށް އަންނަ އިރު ހުންނަނީ ތެމިފައެވެ . ބައެއް ކުދިން އެ ކުދިން ގެ މައިންބަފައިނ އެކުދިން އުރައިގެން ގެޔަށް އާދެއެވެ .

ޒަކުވާން އަކީ މި އަހަރު ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ . ޒަކްވާން އަކީ ކިޔަވަން މޮޅު ކިޔަވާ ހިތުން ކިޔަވަމުން އަންނަ ދަރިވަރެކެވެ . ސްކޫލް ގެ އެންމެ މަތީ މާކްސް ހޯދަމުން އަންނަ އެއް ކުއްޖެކެވެ . ކުދިން ގެ މެދުގައި ވަރަށް ގަދަރު އަރާފައިވާ ކުއްޖެކެވެ . ސްކޫލް ގައި ބާއްވާ ހަރަކާތް ތަކުގައި މޮޅެތި ވަނަ ތަށް ހޯދުމުން އަންނަ އެއް ކުއްޖަކަށް ޒަކުވާން ( އަސްލު ނަމެއް ނޫން ) އާދެއެވެ .

\ޒަކުވާން އަކީ އެ އާއިލާ ގައި 2 ވަނަ އަށް ކުޑަ ކުއްޖާ އެވެ . ޒަކުވާން އެއްބަނޑު އެއްބަފާ ބޭބެ އަކާ 1 ކޮއްކޮ އެއް ހުރެއެވެ . ބޭބެ ދިރިއުޅެމުން ގެންދަނީ މާލޭގެ ވަޒީފާގައެވެ . ޒަކުވާން އާއިލާ އަކީ ވަރަށް ވެސް ގުޅެމުން އަންނަ އާއިލާ އެކެވެ .،. ރަށުގައި ދިރިއުޅެމުން އަންނަ ކޮންމެ މީހަކަށް ވެސް ވަރަށް ވެސް ގުޅެމުން ގެންދެއެވެ . ނުދަންނަ މީހުން ވެސް ޒަކުވާން އާއިލާ މީހުން އެކުވެރި ކަމާއެކު އުޅެމުން ގެންދެއެވެ .

ކުރިޔަށް ވާނޭ ގޮތެއް ޒަކުވާން އާއިލާ އެއް ނުމެ ވިސްނައެވެ .  އުފާވެރި ކަން މަތީ ޒަކުވާން އާއިލާ ހުރިހާ މެމްބަރުން ދިރިއުޅެމުން ގެންދެއެވެ .

2019 ވަނަ އަހަރެއެވެ . ޒަކުވާން ސްކޫލް ނިމްމާލުމަށް ފަހު ޒުވާނުން ގެ ތެރެއަށް ނިކުތެއެވެ . ޒަކުވާން ކުޑަ އަށް ހުރި އަންހެން ކޮއްކޮ އުޅެމުން ގެންދަނީ ގްރޭޑް 10 ގައެވެ . އެކި ކަން ކަމުގައި ޒަކުވާން އުޅެމުން ގެންދެއެވެ . އެހެން މީހުންނަށް  އެހީތެރި ކަން ފޯރު ކޮށްދެމުން ގެންދެއެވެ .

” މަންމާ ނެތް ތަ ކާނެ އެއްޗެއް ވަރަށް ބަޑު ހައި ” ޒަކުވާން ގެއިން ވަންނަމުން ބުނެލިއެވެ . ” އަބަދު މި ދޮންބެ ހުންނަނީ ކާ ހިތް ވެފާ  އަބަދު ކާން ކާން ކާން ” ޒައިނާ ( އަސްލު ނަމެއް ނޫން ) ބުނެލިއެވެ . ޒައިނާ އަކީ ސަކަ މިޒާޖެއްގެ އަންހެން ކުއްޖެކެވެ . އަބަދު ކަހަލަ ގޮތަކަށް ޒަކުވާން އާ ކޯޅެ ކޯޅެ ހުންނަ ހުރެއެވެ .

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (5)

  1. Your fav bab

    Dude I have a classmate name zakuwaan!!
    Those description are the opposite of him 😂😂😂
    He hate studying, always get a fail from the exams, loves to bully others, never get trusted and etc..
    Hope this story would be interesting
    I thought of sharing u my thoughts
    I think 15062019 this number is a date
    lemme know if what I said was correct✨✨
    Lysssm💗💗

    1. mr eddie
      Your fav bab

      |in shaa allah i will try my best . thank you given feed back in this story

  2. Samathy

    I also have a classmate named zakuwaan 😀😃
    Some similar feature are there but some totally different

  3. Ghost girl 👻

    Masha Allah 😍 vrh vrh interesting vaane hn heevey mi story ❤️🔥 waiting for the next part 🫶🏻 keep it up dear your doin great 😃👍🏻👍🏻👍🏻 vrh kiyaa hithun Gina dhuvx veefahun biruveri story eh mi fenunee finally 😃 curiously waiting for the next part 🫶🏻🥰🥰🥰

    1. mr eddie
      Ghost girl 👻

      mi story ge part 2 uploaded . and thank you supporting with me all of us <3

Comments are closed.