“15062019 ( ޕާރޓް 02
މަންމާ ނެތް ތަ ކާނެ އެއްޗެއް ވަރަށް ބަޑު ހައި ” ޒަކުވާން ގެއިން ވަންނަމުން ބުނެލިއެވެ . ” އަބަދު މި ދޮންބެ ހުންނަނީ ކާ ހިތް ވެފާ އަބަދު ކާން ކާން ކާން ” ޒައިނާ ( އަސްލު ނަމެއް ނޫން ) ބުނެލިއެވެ . ޒައިނާ އަކީ ސަކަ މިޒާޖެއްގެ އަންހެން ކުއްޖެކެވެ . އަބަދު ކަހަލަ ގޮތަކަށް ޒަކުވާން އާ ކޯޅެ ކޯޅެ ހުންނަ ހުރެއެވެ. .
ޕާރޓް 02
މިހާރު ވެސް 2 ކުދިން ހީވަނީ ކުޑަ ކުއްޖެއް އުޅޭ ހެންނެއެވެ . ހައިކަލް އަކީ މި 2 ކުދިން ގެ އެންމެ ބޮޑަށް ހުރި ބޭބެއެއެވެ . މި 3 ކުދިން އެއްތަން ވެއްޖެ ނަމަ ސަކަރާތް ޖެހުމާއި މަޖާ ކުރުން އަބަދު ވެސް ގެންގުޅެމުން ދެއެވެ . ދުވަސްތައް ފާއިތު ވެގެން ހިގައްޖެއެވެ
ޒުބައިދާ އަކީ އަވަށު ކުނި ކަހަމުން އަންނަ މީހެކެއެވެ . މަހު މުސާރަ އަށް އަވަށު ކުނި ކަހަމުން އަންނަ އަންހެނެކެވެ . ދުވަހަކީ ހުކުރު ދުވަހެއެވެ . ފަތިސް ގެ ވަގުތެއެވެ . ޒުބައިދާ އަވަށު ކުނި ކެހުމަށް ތައްޔާރު ވަމުން ދަނީ އެވެ . ޒަކުވާން އަދި ޒައިނާ ތިބީ ގަދަ ނިދީގައެވެ .
ދަރިފުޅާ ޒައިނާ ދަރިފުޅާ ޒަކުވާން އަވަހަށް ތެދުވޭ ފަތިސް ނަމާދު ކުރަން ” ޒުބައިދާ 2 ކުދިންނަށް ގޮވާލިއެވެ .
” ހޫމް … މަންމާ މި ތެދުވަނީ ” ޒަކުވާން ނިދި މޯޅި އެއް ރާގަށް ބުނެލިއެވެ .. ޒުބައިދާ ދިޔައީ ޒަކުވާން އަދި ޒީއިނާ ދިޔައީ 2 ކުދިންނަށް ގޮވާލާފައެވެ .
އިރުގެ އޭގެ އަލިކަން ބިންމައްޗަށް ވެރި ކުރުވާފިއެވެ . ޒައިނާ އަދި ޒަކުވާން ލޯ އުގުޅަމުން ތެދުވިއެވެ . ” 2 ކުދިން ނަމާދު ކުރިން ތަ ؟ މަންމަ ދިޔައީ 2 ކުދިންނަށް ގޮވާފާ ” ޒުބައިދާ ފުރަތަމަ ސުވާލު ކޮއްލިއެވެ . ޒައިނާ އަދި ޒަކުވާން ތިބީ އެއްވެސް އެއްޗެއް ނުބުނެވިފައެވެ . ސަބަބަކަށް ވަނީ ދެ މީހުންގެ ތެރެއިން އެކަކަށް ވެސް ނަމާދު ކުރަން ނުތެދުވުމުގެ ސަބަބުންނެއެވެ .
ޒައިނާ އަވަސް ވެ ގަތީ ފާހާނާ އަށް ކުރުމަށެއެވެ . ސަބަބަކަށް ވަނީ އަވަހަށް ބަދިގެ އަށް ވަންނާށެއެވެ . ” މަންމަ ދިޔައީ 2 ކުދިންނަށް ފަތިސް ނަމާދު ކުރުމަށް ގޮވާފާ ” ޒުބައިދާ ބުނެލިއެވެ . ޒުބައިދާ ބުނެލިއެވެ . ޒައިން ބޯ ކަހާލިއެވެ . ސަބަބަކަށް ވަނީ ތެދުވެފައި އާރ އެކެ ބުނެފައި ނިދުނީމައެވެ . ” ސޮރީ މަންމާ . ދެން އިރާދަ ކުރެއްވިއްޖިއްޔާ ދެން ނުވާނެ. ” އެހެން ބުނުމަށް ފަހު ޒަކުވާން ހިގައި ގަތީ ފާޙާނާ ކޮށްލުމަށެއެވެ . ޒައިނާ ފާޙާނާ ކޮށްލުމަށް ފަހު ޒައިނާ ބަދިގެ އަށް ވަދެ މަސައްކަތް ކުރަން ފެށިއެވެ .
” މަންމާ މިޔަދު ކޯށެއް ކައްކަނީ ؟ ” ޒައިނާ މަންމަ އަށް ސުވާލު ކޮށްލިއެވެ . ” މިޔަދު ކައްކާނީ ކޯއްޗެއް ދަރިފުޅު ބޭނުން އެއްޗެއް ހަދަން ވީ . ” ޒުބައިދާ ހިނިތުން ވެލާފައި ޖަވާބު ދާރީ ވިއެވެ . ނަމަވެސް ޒުބައިދާ އަށް މިޔަދު އުޅެމުން ގެންދަނީ ވަރަށް ވެސް ވަރުބަލި ކަން މަތީގައެވެ . ކަރު ހިއްކުން ފިލުވާލުމަށް ޓަކައި ޒުބައިދާ ފެންތައްޓެއް އަޅާ ލުމަށް ފަހު ފެން ފޮދެއް ބޯން ފެށިއެވެ . ނަމަވެސް ޒުބައިދާ ގެ ފެން ބޮވޭ ވަރެއް ނުމެވެއެވެ . ޒުބައިދާ 2 މިޔަ ކަނުން ފެން އޮހެންފަށާފިއެވެ . ފެން ޒުބައިދާ ކަރުން ނުދިރެއެވެ .
” އާދޭ ސައިބޯން ! ” ޒުބައިދާ ގޮވާލިއެވެ . ޒަކުވާނާއި ، ޒައިނާ ، އަހަމަދު އަދި ޒުބައިދާ އެއްކޮށް ސައިބޯން އެރިއެވެ . އެކި މަޖާ ވާހަކަ ތައް ސައިބޯން ތިބެގެން ޖެހިއެވެ . މިއިން ކޮންމެ ދުވަހަކު ވެސް މި ކުޑަ އާއިލާ އަބަދު ވެސް ކުރަމުން އަންނަ ކަމެކެވެ . މިއީ ކުޑަ އާއިލާ މެދުގައި އޮންނަ އާއްމު ސިފައެކެވެ .
ދުވަސް ފާއިތު ވެގެން ހިގާ އެބަދެއެވެ . ޒުބައިދާ އަށް ގޮތް ނޭންގޭ އެތަކެއް ކަމެއް ކުރިމަތި ކުރުވައެވެ . ވިއްސާރަ ދުވަސް ވަރު ވެސް ޒުބައިދާ ގެ ގައިން ހޫނު އަރަމުން ގެންދެއެވެ . އަތުގެ ހަމުން ރޫ އަރަމުން ގެންދެއެވެ .
” ދޮންބޭ ބަލާބާ މަންމަ ގެ އަތަށް . އެޔޮށް ރީތި އަތް ބަލާބަލަ ” ޒައިނާ މަޑު މަޑުން ބުނެލިއެވެ . ޒައިނާ އެހެންބުނުމުން އެކަމަށް ވަރަށް ޒަކުވާން ވިސްނިއެވެ .
3 ވަނަ ޕާރޓް އަށް އިންތިޒާރު ކޮށްލަވާ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

