Skip to content
އެސްފިޔަ

ކަލާގެ އިންތިޒާރުގާ{1}

ހަވީރުގެ ވަގުތެވެ. ނަމަވެސް ވިއްސާރަ ދުވަސްކޮޅެއްކަމުން މުޅި ތަނަށް ވަނީ އަނދިރިކަން ވެރިވެފައެވެ. ވާރޭ ބޯކޮއްލުމުން ރަށުގެ އެއްމެން ތިބީ ގެތަކަށް ވަދެ ހިޔާވެގެންނެވެ. އުމުރުން 15 އަހަރުގެ ނާހީ ހުރީ އޭނަގެ ގޭގައި އަލީޝާ އާއެކު ގުރުޕު މަސައްކަތެއް ކުރާށެވެ. އެކުދިންގެ 9 ގެ އަހަރުކަމުން އެކުދިން އަބަދު ވެސް އުޅެނީ ކޮންމެސް ސުކޫލު ކަމަކައިގެނެވެ.

 

ނާހީ އާއި އަލީޝާ އަކީ ގުރޭޑު 7 ފެޝިގެން ވަރަށް ގާތް ދެ އެކުވެރިންނެވެ. އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު މާ ގާތް ކޮށް އުޅޭތީ މީހުންގެ އުނދަގުލާ ކުރިން ވަރަށް ގިނައިން ކުރިމަތިލާން ޖެހުނެވެ. ނަމަވެސް މިހާރު އެދެކުދިންގެ އެ ގާތް ގުޅުމަކީ މީހުނަށް ފެނި ފެނި ބާވެފައިވާ ގުޅުމެކެވެ. މީހުން ވެސް މިހާރު ދެކެނީ އެ ދެ އެކުވެރިން ގޮތުގައެވެ. އަޅުވާކިޔާ ދިމައެއް ނުކުރެއެވެ. ނަމަވެސް ނާހީގެ ހިތުގައި އަލީޝާއަށް ވަނީ މީގެ މާ ކުރީއްސުރެން އެހެން ދަރަޖައެއްދެވިފައެވެ.

 

އެއް ދުވަހުގެ ސުކޫލު ވަގުތެވެ. ނާހީ އިނީ ކޮންމެސް ކަމަކާ ވަރަށް ބޮޑަށް ވިސްނާށެވެ. އަލީޝާއަށް މިކަން ފާހަގަ ކުރެވުމުން ނާހީ ކައިރީ އަހާލިއެވެ. “ކޮންކަމަކާތަ ތި ވިސް ނަނީ”. ނާހީ ހީލާފާ ކަމަކާ ނޫނެކޭ ބުނެލިއެވެ. ނަމަވެސް މުޅި އެދުވަހު ވެސް ސުކޫލުގައި ނާހީ އިނީ ހަމަ އެ ވިސްނާކަމަކާ މެދު ވިސްނާށެވެ.

 

އެދުވަހު ސުކޫލު ނިންމާލާފާ ގެއަށް ދިއަމަގުމަތީ އަނެއްކާ ވެސް އަލީޝާއަށް ނާހީ ހުރިގޮތް ފެނިފާ ކެތް ނުކުރެވިގެން ސުވާލު ކުރިއެވެ. “ނާހީ އަޅެ ކިއެއް ވެފަތަ މިއަދު؟ ކޮންކަމަކާތަތި ވިސްނަނީ؟” އެސުވާލު ކުރުމާކެ މުޅި ދުވަހު ހިފަހައްޓައިގެން ހުރި ކަރުނަތައް ނާހީގެ ކޯތާފަތު ފައިބަން ފެށިއެވެ. އެކަރުނަތައް ފޮރުވުމައްޓަކާ ބޮލައް ތަދުވަނީކަމަށް ބުނެ އޮޅުވާލާފާ ނާހީ ވަރަށް ބާރަށް ދުވެފައިގޮސް ގެއަށް ވަނެވެ.

 

އޭގެ އަނެއް ދުވަހުގެ ރޭގަނޑެވެ. އެދުވަހު ސުކޫލުގައި ރޭވުނު ގޮތަށް ނާހީ އާއި އަލީޝާ އާއި އަދި އެހެން ދެ ރަހުމަތްތެރިން ނާހީމެން ގޭގައި ކައްކަން އުޅުނެވެ. މިއީ އެކުދިން ވަރަށް ގިނައިން ކުރާކަމެކެވެ. އެހެން އުޅެލާފާ ވަރަށް މީރު އެއްޗިހި އެކުގައި ކައްކާލައެވެ. ކިތަންމެ އަވަހަށް ކެއްކޭ އެއްޗެއް ކައްކަން ވެސް އެކުދިން މަދުވެގެން 2 ގަޑީރު ނަގާނެއެވެ. އެއީ ކައްކާ އިރަށް ތުރެން ސަކަރާތް ޖަޙާ އިރު ގިނަ ވީމައެވެ.

 

އަލީޝާ ނޫޑުލިސް ކައްކަން ފިޔާ ކޮށަ ކޮށަ ހުއްޓާ ނާހީ އަލީޝާ އާއި ވަރަށް ކައިރީގައި އިށީނެވެ. އަދި އަލީޝާ ރުޅި އަރުވާލުމަށްޓަކައި އަލީޝާ އާއި އޭނައާ އަޅައިގަނެގެން އުޅޭ އެރަށު ފަލަ އަލީ އާއި އަޅުވާކިޔަން ނާހީ ފެށިއެވެ. އަލީޝާ އައީ ރުޅިން އަތުގައި ހުރި ފިޔަލުގެ ދިޔަ ނާހީގައި އުނގުޅާލުމަށް ނާހީ ގައިގާ ބައްދާލިއެވެ. ނާހީއަށް އެވަގުތު ކުރެވުނު އިހްސާސް ބުނެދޭކަށް ވެސް ނޭންގުނެވެ. އޭނަގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. އަލީޝާގެ އެ ހަށިގަނޑުގެ ރީތި ބައްޓަމުގެ ސިފަ ނާހީއަށް އިހްސާސް ކުރެވެމުން ދިޔައެވެ.

 

ކައްކާ ކައި ނިމިގެން ނާހީ ދިން ހަބަރުން އަލީޝާ އަނބުރައިނުގަތީ ކިރިޔާއެވެ. އެއީ ދުވަހަކު ވެސް އަލީޝާގެ ހިޔާލަށް އައީ ކަމެއް ނޫނެވެ. އަލީޝާއަށް އެ ވާހަކަ ގަބޫލު ނުކުރެވުގެން ނާހީ ކައިރީ އެހިއެވެ. ”ހަމަ އަސްލަށް ވެސް ތިއުޅެނީ މާލެ ބަދަލުވަންތަ؟” ނާހީ އާއިކޭ ބުނުމުގެ ގޮތުން ބޯގަހައިލިއެވެ. އަލީޝާއަށް ދެރަވެގެން ރޮއެ ނުގަނެވުނީ ހަމަ ކިރިޔާއެވެ. އޭނާއަށް އެވަގުތު ދެރަނުވާކަމުގެ މޫނު ދައްކަން ވަނީ މަޖުބޫރުވެފައެވެ. އެއީ އެހެން ނޫނިއްޔަ ނާހީ އަދި މާ ދެރަވާނެއެވެ.އަދި ނާހީ މިދުވަސްކޮޅު އެވިސްނާ ވިސްނުމަކީ މިއީކަން ވެސް އަލީޝާއަށް އެނގިގެން ދިޔައެވެ.

 

ނާހީއަށް ވަނީ މާލެ ބަދަލުވުމަށް މަޖުބޫރު ވެފައެވެ. އެއީ އޭނަގެ ބައްޕަ ބޭނުންވާގޮތެވެ. އޭނަގެ ބައްޕަ ދެކޭ ގޮތުގައި ރަށުލައެއް ރަނގަޅު ފެންވަރަކަށް ނުކިޔެވޭނެއެވެ. އެހެންކަމުން މާލެ ކިޔަވަން ދިއުމަށް މަޖުބޫރުވީއެވެ. މާލެ ދިއުމުގެ ކުރިން ނާހީ އަލީޝާ ދެކެ ވާ ލޯބި ބުނެދެން ބޭނުންވިއެވެ. ނަމަވެސް އޭނައަކީ ފަލަ އަދި ކަޅު މީހެއް ކަމުން އޭނަ ގަބޫލު ކުރާ ގޮތުގައި އޭނަ ވަރަށް ހުތުރެވެ. އެހެންކަމުން އަލީޝާ އޭނަ އާމެދު އެފަދަ ނަޒަރަކުން ނުދެކޭނެކަމަށް ބުނެ އޭނާ އެވާހަކަ ސިއްރު ކުރިއެވެ.

 

މާގިނަ ދުވަހެއް ނުވެ ނާހީ ފުރާ ދުވަސް ޖެހިއްޖެއެވެ. ނާހީ ފުރުވަން އަލީޝާ ބަނދަރަށް ގޮސް ހުއްޓެވެ. ގާތް ރަހުމަތްތެރިއެއް އެހާ ދުރަށް ދާތީ ނުހިފެއްޓިގެން އަލީޝާގެ ލޮލުން ކަރުނަ އަންނަން ފެއްޓިއެވެ. ނާޙީ ފުރުމަށް ލޯންޗަށް އަރަމުން ބަނދަރަށް  ބަލައިލި ގަޑީ އަލީޝާ އާއި ހަތަރު ކަޅި ހަމަވިއެވެ. މިހާރު އެދެކުދިންގެ ސިކުނޑީގައިވަނީ ދެން އެ ދެކުދިންގެ އެ ގުޅުމަށް ވާނެ ގޮތަކާއި މެދުގައެވެ.

 

= ނުނިމޭ =

Comments (8)

  1. It's the me

    Hi the wife of devil queen
    How’re you devil king

  2. Cutie girl

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Naahy and aleesha gulhuvachey
    They both are made for each other
    I appreciate your hard work

    1. Devilking
      Cutie girl

      u just have to wait and see. i wont disappoint u for sure

    2. Devilking
      Cutie girl

      this is a long story so ill be posting new part every saturday

    3. Devilking
      Cutie girl

      2 part is released

  3. Ghost girl 👻

    Masha Allah 😍 vrh reethi mi part ves when’s next curiously waiting for the next part 🫶🏻 keep it up 💪🏻🥳

    1. Devilking
      Ghost girl 👻

      this is a long story so ill be posting new part every saturday

    2. Devilking
      Ghost girl 👻

      2 part is released

Comments are closed.