Skip to content
އެސްފިޔަ

ހަޔާތް ބަދަލުކޮއްލި ބުޅާ

ރަމަޟާން މަހުގެ ކުރުވާހަކަ ސީރީޒް: ވާހަކަ 1

އަހަރެމެންގެ މިދުނިޔޭގައި ކިތައް ދީން ހިމެނޭ ހެއްޔެވެ؟ މާގިނަ ދީންތަކެއް އަހަރެންނަށް ނޭނގުނަސް ކޮންމެވެސް ވަރަކަށް އެނގެއެވެ. އަހަރެން ބޮޑުވީ ކްރިސްޓިއަނުންގެ އާއިލާއެއްގައެވެ. އަހަރެންގެ އާއިލާގައި އެނޫން އެހެން ދީނެއްގެ މީހަކު އުޅެޔޭ ބުނެފިއްޔާ އެވާނީ ރޯބުހުތާނު ދޮގަކަށެވެ. އަހަރެންގެ ބައްޕައަކީ “ޗާރްޗް” އެއްގެ ވެރިފަރާތެކެވެ. އަހަރެންގެ މަންމައާއި ބައްޕައަކީވެސް “ދީނުގައި” އުޅުނު ދެމަފިރިންނެވެ. ނަމަވެސް ހަގީގަތަކީ އެއީ ނޫން ކަން އަހަރެންނަށް އޭރުން ސުރެ އެނގުނު ނަމައެވެ.

ސުކޫލު ދައުރު ނިންމާފައި އަހަރެން ކޮލެޖައް ވަނީމެވެ. އަހަރެންގެ ކުލާހުގައި އަހަރެންނާ ލައިގެން 5 އަންހެން ކުދިންނެވެ. އެތަނުން ތިން ކުދިން ތިބީ ފާޑެއްގެ އެއްޗެއް މުޅި މޫނުގައި އަޅައިގެންނެވެ. ހަށިގަނޑުގެ ވަނާތައް ފޮރުވިފައިވީ އިރު، ފެންނަނީ ހަަމަ އެކަނި ދެލޮލެވެ. ދެން އިން ކުއްޖާއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަހަރެން އޭނަ ގާތުގައި އެސުވާލު ކުރީމެވެ. “އެއީ މުސްލިމުން. އެމީހުންގެ ތެރެއިން ނިވާވުމަށް އަޅާ ބުރުގަލެއްގެ ވައްތަރެއް އެއީ. އެއީ ނިގާބް” އޭނާ ބުންޏެވެ.

އެދުވަހަަށް ފަހު އަހަރެންގެ ޝައުގު ވެރިކަން އެތިންކުދިންނަށް ހުއްޓުނެވެ. އެމީހުން ލައިގެން ހުރި އަންނައުނުގެ ސަބަބުންނެއް ނޫނެވެ. އެމީހުންގެ ހެޔޮލަފާ އަޙްލާގްއެވެ. އެތިން ކުދިން ފިރިހެން ކުއްޖަކާ އަނގައިން ނުބުނާއިރު، ބަލާވެސް ނުލައެވެ. އެކަމުގައި އަހަރެން ވަރަށް އަޅައިގަތެވެ.

އެއްދުވަހެއްގެ މެންދުރެވެ. އަހަރެމެންގެ ކްލާހުގެ އެތިން އަންހެން ކުދިން ތިބީ ބެންޗުގައެވެ. އަހަރެންގެ ލޮލުގައި އެކުދިން އަޅައިގަތެވެ. ނޫނެކެވެ. އެކުދިންގެ އަތުގައި އޮތް ފޮތެވެ. އަހަރެން ގޮސް އެކުދިން ގާތުގައި އިށީނީމެވެ. “ކީއްތިކުރަނީ؟” އަހަރެން އެހީމެވެ. “ޤުރްޢާން ކިޔަވަނީ” އެއް ކުއްޖަކު ހީލަމުން ބުނެލިއެވެ. އަހަރެންގެ މޫނު މަތީގައި ހުރި ޝައުގު ވެރިކަން އެކުދިންނަށް އަޅައިގަތީ ކަންނޭނގެއެވެ. އަހަރެންނަށް އިވޭ ވަރަށް ރީތިކޮއް އެކުދިން ކިޔަވައިދިނެވެ. އެއަޑު އަހާފައި އަހަރެންގެ ހަށިގަނޑުގައި ހުރި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. ހިތްހަމަ ޖެހުނު ކަމުގެ އިހްސާސް އެއް ކުރެވުނެވެ. މަންމަމެންގެ ގެންގުޅޭ “ބައިބަލް” ގެ އަޑުއިވި ނުކުރެވޭ އިހުސާސްތަކެއް ކުރެވުނެވެ.

އަހަރެން އެކުދިން ގާތުގައި ސުވާލު ކުރަން ފެށީމެވެ. އެދީނާމެދު އަހަރެން ޝައުގު ވެރި ވިއެވެ. ގަޑިއިރެއް ހާއިރު ވާހަކަ ދައްކަން ތިބުމައް ފަހު ހިނގައިގަތީމެވެ. ވަކި ހިސާބަކުން ދެކުއްޖަކު އެހެން ގޯޅި އަކުން އެޅިއެވެ. އަހަރެން ގާތުގައި އެވަގުތު ހުރީ އަބާ އެކަންޏެވެ. ތަފާތު އެކި ވާހަކަ ދައްކަމުން އަހަރެމެން ދިޔައީމެވެ. އަހަރެމެންގެ ވާހަކަ މެދު ކެނޑުނީ ދާދި ގާތުން އިވުނު “މިއާއު” ގެ އަޑާއި އެކުއެވެ.

ބިންމަތީގައި އޮތީ އޮރެންޖު ކުލައިގެ ކުޑަކުޑަ ބުޅަލެކެވެ. ހީވާގޮތުން ނަމަ އެބުޅާ އޮތީ ހައިބަނޑާއެވެ. ފެންނަ ހިސާބުގައި އެބުޅަލުގެ މަންމަ ފެންނަން ނެތުމުން އަބާ ގޮސް އެބުޅަލައް ފެން ދިނެވެ. އަދި ކައިރީ ހުރި ފިހާރައަކަށް ވަދެ އެބުޅަލައް ކާން ދިނެވެ. އެބުޅާ އުފާ ވެލާފައި އަބާގާތައް ޖެހިލިއެވެ. އަބާ އުފާވެލާފައި އެބުޅާގެ ބޮލުގައި ފިރުމާލަދިނެވެ.

އަނެއްކާވެސް އަހަރެމެންގެ ހިގައިގަތީމެވެ. ނަމަވެސް އަބާގެ އަތް ކަހާކަން އަހަރެންނަށް ފާހަގަވިއެވެ. އެދެލޮލުންވެސް ދިޔައީ ވޭން ފެންނަމުންނެވެ. “ކިހިނެތްވީ؟ އޯކޭތަ؟” އަހަރެން ހާސްވެފައި އެހީމެވެ. “ހެހެ. އައިމް އެލާރްޖިކް ޓު ކެޓްސް..” އަބާ ބުނެލިއެވެ. އަހަރެންގެ ދެލޯ ވަގުތުން ބޮޑުވިއެވެ. “ދެން ކީއްވެ އެބުޅަލާ ގާތްވީ؟ ކީއްވެ އެއަށް ކާންދިނީ؟ ހިނގާ އަވަހަށް ހޮސްޕިޓަލަށް” އަހަރެން ހާސްވެފައި ބުނީމެވެ. “އަހަރެމެންގެ ދީނުގައި އިންސާނުންގެ އިތުރުން، ދިރޭތަކެއްޗައްވެސް ކަމޭހިތުމައް ބާރުއަޅާ. އެއީވެސް އިމްތިހާނެއް. ގިޔާމަތް ދުވަހުން އަހަރެންގެ ދިފާއުގައި އެބުޅާ ވާޙަކަ ދައްކާނެ” އަބާގެ ދެލޮލަށް އެހެން ބުނި އިރު އެރި އުފާވެރިކަން ފެނި އަހަރެންނަށް ކުރެވުނީ ތަފާތު އިހްސާސްއެކެވެ. ހިތްހެޔޮ ކަމުގެ ލާމަސީލު މިސާލެކެވެ.

އެއް އަހަރު ފާއިތުވެގެން ދިޔައެވެ. އަހަރެންނަކީވެސް މިހާރު މުސްލިމެކެވެ. އަހަރެންގެ މައިންބަފައިންނަށް އެކަން އެނގި އަހަރެން ގެއިން ބޭރު ކޮއްލިއެވެ. އަހަރެން ދެރަވި ނަމަވެސް ﷲ އަށް ވަކީލު ކޮއްލިމެވެ. އަހަރެންނަށް އެވަގުތު އެހީވެދިނީ އެތިންކުދިންނެވެ. އިސްލާމް ދީނުގެ މަތިވެރިކަމާއި މާތްކަން އަހަރެންނަށް ދަސްވިއެވެ. މާތް ﷲ އަހަރެންނަށް ތެދުމަގު ދެއްކެވީތީވެ އަހަރެން ޝުކުރުވެރިވަމެވެ. މިއީ އަހަރެންގެ ފުރަތަމަ ރޯދަ މަހެވެ. އަލްހަމްދުލިއްލާހިއެވެ. މާތް ﷲ އަހަރެންނަށް އެކަލާންގެ ގެފުޅުގާތައް ދިޔުމުގެ ފުރުސަތު ލިބުނެވެ. އަލްހަމްދުލިއްލާހިއެވެ. އަހަރެންނަށް ގެފުޅުގައި ބީހިލުމުގެ ފުރުސަތުވެސް ލިބުނެވެ. މިއަދު އަހަރެންވެސް ބުޅަލެއް ގެންގުޅެމެވެ. އިންސާނުންގެ އިތުރުން، ދިރޭތަކެއްޗައް ވެސް އޯގާތެރިވަމެވެ. އަހަރެންގެ ބުރަމަސެއްކަތުން އަންހެނުންނަށް ހާއްސަކޮއް މިސްކިތެއް ބިނާ ކުރެވުނެވެ. ގެއްލިފައިވީ ދުނިޔެއިން އަހަރެންނަށް ތެދުމަގު ދެއްކެވީތީވެ އަބަދުގެ އަބަދައް އަހަރެން ޝުކުރުވެރިވާނަމެވެ.

(ނިމުނީ)

Comments (8)

  1. No one007

    Masha Allah very reethi mi story
    I love how you brought everything in this story so perfectly.
    Lysmmm shiherrrr ❤️
    When next story from you?

    1. shihaamaa ali
      No one007

      Jazaakallah khairan this comment made me so happy🥹🫶🏻
      In sha allah vrh avahah ehn kuruvaahaka eh genessdheynan

  2. UNKNOWN GURLL

    V reethi mi vaahaka

    1. shihaamaa ali
      UNKNOWN GURLL

      Jazaakallah khairan 🫶🏻

  3. Anonymous

    Masha Allah vrh vrh reethi story ehh

    1. shihaamaa ali
      Anonymous

      Jazaakallah khairan 🫶🏻

  4. pineapple

    vrh iburaihtheri vhk eh
    masha allah mi vhk vs vrh reethi
    furaanaige dhirumey thiee ge next part up kurany kn irkn???
    shihaa ge ehn vhk akh vrh inthizaar kuran😊
    tc
    ly shihaa vrh vrh bodukohh
    ❤️❤️❤️

    1. shihaamaa ali
      pineapple

      Jazaakallah khairan 🫶🏻
      Pineapple ge comments makes me rlly happy🥰

Comments are closed.