Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަބަދަށްޓަކައި ހިތުގެ ލޯބި 9

Aishath Limsha
Aishath Limsha Level 4100 Login10 Stories500 Login100 Comments
March 7, 2025 5 Mins Read
4 Comments

އީވާންމެންނަށް ގެއަށް ދެވުނު އިރު ފަތިސް ނަމާދަށް ބަންގި ވެސް ގޮވަނީއެވެ. އެދުވަހު މެންދުރު ހާއިރު އިވްލީން ކައިރީގައި ބައްޕައަށް ވީގޮތް އީވާން ކިޔާދީފައި އެތައް ފަހަރެއްގެ މަތިން އިވްލީން ގާތު ބައްޕައާއި ދޭތެރޭގައި އެއްޗެއް ކިތަންމެ ބުނަން ބޭނުންވިޔަސް ވިސްނާލާފައި ބުނުމަށް ނަސޭހަތްތެރިވިއެވެ.
* * * * * * * * * * * * * * * * * * * *
ހަމްދާންމެން ގެއިން އައިސް ގެއަށް ވަތް ޒިލާލްގެ ހިތަށް އެރީ މި އިވެމުންދަނީ ރަނގަޅު އަޑުތަކެއް ބާވެއެވެ. ” ދަރިފުޅު އައިކަން ވަރަށް ރަނގަޅު މިދައްކަނީ ހަމަ ދަރިފުޅުގެ ކައިވެނީގެ ވާހަކަ…” ޒިލާލްގެ ހިތް ހީވީ ނިކުމެ ދާނެ ހެންނެވެ. ހިތުގެ ވިންދު އަވަސްވީވަރުން ނޭވާ ވެސް ތާށިނުވީ ކިރިޔާއެވެ.”ދަރިފުޅުގެ ކައިވެނީ ކުރެވޭނީ ބައްޕަގެ ރައްޓެއްހި ވަހީދުގެ ދަރި އިވްލީން އާއި އިނގޭ…””އެކަމަކު ތިވަރުގެ ބޮޑު ނިންމުމެއް ނިންމަންވާނީ އަހަރެންގެ ޚިޔާލެއް ވެސް ހޯދާފަ ކަންނެ!…”ދެން މިކަމާ ދެކޮޅު ހަދަން ޒިލާލް ނުވިސްނާތި އޭރަށް މާ ރީޗެއް ނުވާނެ ހަމަ މަށަށް ޖެހޭނީ ލަދުގަންނަން…… މާދަމާ ފުރަނީ އެރޭ ކައިވެނި އަނެއްދުވަހު ހެނދުނު މާލެއަށް އަންނަ ގޮތައް. އެކޮޅުން ވެސް ބޭނުންވަނީ މިކަންތައް ވަރަށް އަވަހަށް ނިންމާލަން… އުއްމީދު ކުރަން ޒިލާލް ބައްޕަ ލަދުގަންނުވާލާނެ ފުރުސަތެއް ހޯދައި ނުދޭނެކަމަށް..” ހުރިހާ ވާހަކަތަކެއް ދައްކާ ނިމުމުން ޒުބޭރު ގޮސް ކޮޓަރިއަށް ވަނީ ހިތްހަމަނުޖެހިގެންކަން ކިތަންމެހާއި ވެސް ރަނގަޅަކަށް ޒިލާލްއަށް އެނގެއެވެ. ބައްޕަ ބުނެލި ކޮންމެ ލަފުޒަކުން ޒިލާލްގެ ހިތަށް ހީވީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލިހެންނެވެ. ދެރަވެ ހިތުގައި ޖެހުނުލެއް ބޮޑުކަމުން އިސްދަށަށް ޖަހައިގެން ހުރެ ގޮސް ވަނީ ކޮޓަރިއަށެވެ. ދެރަވާނެ ނޫންހެއްޔެވެ؟ ދިރިއުޅުމުގައި ނިންމަންޖެހޭ އެންމެބޮޑެ ނިންމުން ވެސް ޒިލާލް ނިންމަން މިޖެހުނީ މަޖުބޫރަކުންނެވެ. ޒިލާލްގެ ހާލަތު ފެނުމުން ޒެއިންގެ ހިތުގައިވެސް އިންތިހާ ރިއްސާލިއެވެ. ނަމަވެސް މިވަގުތު ޒިލާލްގެ ބޯ ހާސްނުކުރުވާ ޒިލާލްއަށް ވަގުތު ދިނުމަށް ނިންމާއި ޒެއިން ދިޔައީ ބޭރަށެވެ.ހަމްދާން ނޫން މީހަކު މިވަގުތު ޒިލާލް ބޭނުމެއް ނުވެއެވެ. ހަމްދާންއަށް ގުޅުމުން ފޯނު ނެގީ ހަމްދާންގެ މަންމަ ހަފީޒާއެވެ. ” އަހަން ޒިލާލް ދޯ މަޑުކޮށްލާ …ހަމްދާން މިއޮތީ ޒިލާލްގެ ފޯނެއް….” ހަފީޒާ ހަމްދާން އަތަށް ފޯނު ނަގައިގެން ގެންގޮސް ދެމުންބުންޏެވެ.” އާނ ކިހިނެއްވީ؟ބްރޯ؟” ހަމްދާން އިތުރަށް ހާސްވީ ޒިލާލްގެ މާޔޫސްވެފައިވާ އަޑު އިވުމުންނެވެ. “ބްރޯ ކަމެއް ވީތަ؟؟” ހަމްދާންއަށް ޒިލާލް ވީގޮތް ކިޔާދިނީ އެންމެ ފިއްޔެއް ވެސް ވއްޓާނުލާ އަކުރުން އަކުރަށެވެ.ހަމްދާންއަށް ވަކި ކޮށްދެވޭނީ ކޮންކަމެއްހެއްޔެވެ؟ ހިތްވަރު ދިނުމުގެ ގޮތުން ހަމްދާން ވާހަކަ ދެއްކިއެވެ.އެންމެން ކާން ތިބި ވަގުތު ކާމޭޒު ދޮށުގައި މަދީ އެންމެ މޫނެކެވެ. އެއީ އިވްލީންގެ މޫނެވެ. އަރީކާއަށް އިވްލީން ގެނެވުނީ ވެސް ވަރަށް ގިނައިން ކިޔައިގެންނެވެ. އިވްލީންއަށް ވަނީ މިހާރު ކައިވެނީގެ މައުލޫމާތު ލިބިފައެވެ. ދެރަވިޔަސް ވާނޭ ކަމެއް ނެތް ވިއްޔާއެވެ. ކޮންމެ ކަމެއް ވެސް ވާނީ ހަމަ ރަނގަޅަކަށްށޭ އިވްލީންގެ ހިތަށް މިހާރު އަރައެވެ. ސަބަބެއް ނެތި އެއްވެސް ނޫނެވެ.ރާއިލްގެ ކައިރީގައި ވެސް ވީގޮތް ކިޔާދިނުމުންވެސް މާކަށް ބޮޑަކަށް އަޅައެއް ނުލިއެވެ. މިހާރު ލޮތްބަކީ އިވްލީން ގަބޫލު ކުރާ އެއްޗެއް ނޫނެވެ. ރާއިލް ދެކެ ވެސް އެހާ ލޯބި ވީއިރު ރާއިލް ވެސް މިއަދު ބުނަމުން ދަނީ ބައްޕަމެންގެ ނިންމުމާ ދެކޮޅު ނުހެދުމަށެވެ. އިވްލީންގެ ގައިގައި މިހާރު ހިތްވަރެއް ނުހުރެއެވެ. ދެން އެކިޔާ ޒިލާލް އަކާއި ކައިވެނި ކުރުން ނޫންގޮތެއް އެބައޮތްހެއްޔެވެ؟ ގޮތްނޭނގޭ ބައެއްގެ ތެރެއަށް ގޮސް އުޅެން ޖެހުމުގެ ވަގުތު ވެސް ކުޑަތަންވަނީއޭ ހިތަށް އަރާ ފަހަރު ވެސް މަދެއްނޫނެވެ.އެރޭ ހަތަރުދަމު ޖަޒްލީ އާއި އަރީކާ އުޅުނީ ގޭތެރެ ރީތިކުރުމުގައެވެ. އަނެއް ދުވަހުގެ އިރު އެރީ އެކިމީހުންގެ ހަޔާތަށް އެކި ކުލަތައް ޖައްސާދެމުންނެވެ. ލޯންޗު އައިސް ފަޅުތެރެއަށް ވަނީ ކަނޑުގެ ލޮނުގަނޑު ކަފަމުންނެވެ. އެންމެންނަށް ތިބެވޭނެހެން ކޮޓަރިތައް ވެސް ހުރީ ތައްޔާރަށެވެ. އަސްމާ އާއި ޒުބޭރުއަށް ހުރީ ހުސްކޮށް ހުރި ކޮޓަރިއެވެ. އީވާންމެންގެ ކޮޓަރި ޒިލާލްއަށްށާއި ޒެއިންއަށް ދީފައި އީވާންމެން ދިޔައީ ޖަޒްލީ ކުރިން އުޅުނު ގެއަށެވެ. އެގޭގައި އުޅެނީ ޖަޒްލީގެ މާމަ އާއި މާމަގެ ފިރިހެން ދަރީގެ އަންހެނުން އެކަންޏެވެ. އެދުވަހު އެއްކޮށް ހެން ޖަޒްލީ އުޅުނީ އަރީކާ އާއި އެކު އަވަދިނެތިއެވެ. އިވްލީންގެ ކޮޓަރި ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް އަރީކާ ހުރީ ކޮޓަރި އޮތް ގޮތް ފެނުމުން އަޖައިބު ވެފައެވެ. ދުވަހަކު ވެސް އިވްލީންއަކީ ކޮޓަރި ހަޑިކޮށްފައި ބޭއްވި ކުއްޖެއް ނޫނެވެ. ” މަންމާ އާދެބަލަ.. އެތެރެއަށް ނުވަންނަން ތިހުރީ ކޮޓަރި އޮތް ގޮތުންނެއްނު… ސޮރީ މަންމާ އެކަމު މިފަހަރު މަންމަ ސާފުކޮށް ދެއްޗޭ ވަރަށް ވަރުބަލި ކަމުން މިއޮތީ”އިވްލީން މަޑުމަޑުން ވާހަކަ ދެއްކިއެވެ. ” ހުމް މަންމަ ކޮށްދޭނަން… ދަރިފުޅު ދެން ނުރޮއްޗޭ އަސްމާ ދައްތަ ވަރަށް ހެޔޮވާނެ…. މަންމަމެން ކައިރިއަށް ވެސް ޗުއްޓީތަކުގައި ހަމަ އަންނަން ބޭނުންވީމަ އަންނަންވީ…. ދަރިފުޅު ހަނދާން ކުރާތި މަންމަ އަބަދުވެސް ދަރިފުޅާއެކު ވާނަން…. މިއީ މަންމަގެ ލޯބިވާ އިވްލީންގެ ކައިވެނި ކުރެވޭ ދުވަހޭ ދެން ހީލަބަލަ…” އަރީކާ އިވްލީން ގައިގައި ބައްދާލީ އަބަދުވެސް ދަރިފުޅާއެކު ވާނަމޭ ބުނާފަދައިންނެވެ. ކައިވެނީގެ ވަގުތު އައިސް ކުޑަތަންވަނީއެވެ. މާބޮޑުކޮށް ހަފްލާއެއް ނުބޭއްވި ނަމަވެސް ކުޑަ ކެއުމަށް ވަނީ ތައްޔާރުކޮށްފައެވެ. ބަދިގެ ތެރޭގައި ހުރި އަސްމާ ބަލައިލީ ޔުމްނާގެ އަޑު އިވުމުންނެވެ.” އަހަން ޔުމްނާ… ކޮންއިރަކުންތަ ދެން މާލެ ދާނީ؟” “ޗުއްޓީއެއް ލިބުނީމަ ދާނަން.. ކޮބާތަ ޒިލާލް؟”” ދޭބަ ވަދެލަން އެކޮޅުގަ އެހުރި ކޮޓަރީގަވީ..” ޔުމްނާއަކީ ޒިލާލްގެ އެންމެގާތް އެކުވެރިންގެ ތެރޭގައި ދެން ހިމެނޭ ކުއްޖާއެވެ. ކޮޓަރީގެ ދޮރުގައި ޓަކިޖެހީމަ ދޮރު ހުޅުވީ ޒެއިންއެވެ. “ޒިލާލް ސަޕްރައިޒްއެއް އައިއްސި….” ޒެއިންގެ ޖުމުލައިން ދޮރާދިމާއަށް ބަލައިލި ޒިލާލްގެ މޫނުމަތިން ފެނުނީ ފަނޑު ހިނިތުންވުމެކެވެ.” ވާއު މިރޭ ހާދަ ސްމާޓޭ..” އެއްކޮށް ކަޅުކުލައިގައި ހުރުމުން ޒިލާލްގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. ނަމަވެސް އެ ދޮން މޫނުން ހިތްހަމަޖެހިފައި ނުވާކަން ކިތަންމެހާވެސް ރަނގަޅަށް އިނގެއެވެ. ” ޔުމް މަތިން ނެތް ހަނދާން ވެސް…”ޒިލާލްގެ މޫޑު ކުޑަކޮށް ރަނގަޅުވީހެން ހީވުމުން ޒެއިން ބޭރަށް ނިކުމެލީ ގޭތެރެ ޒީނަތްތެރިކޮށްފައިވާލެއް ރީތިކަމުން ބަލާލަންށެވެ. ” ހެހެ ބްރޯ ހަނދާން ނުވިޔަސް ބްރޯ މަތިން އަހަރެން ހަނދާނެއް ނުނެތޭ….. އަދިއެބައިން ވަރަށް ހަނދާންވާ ކަމެއް!” ކޮންކަމެއްހޭ އަހާލާ ފަދައިން ޒިލާލް އެއްބުމަ ހިއްލާލިއެވެ. ޔުމްނާ ހަމްދާންއަށް ވީޑިއޯ ކޯލް ކުރިއެވެ.” ހަމްދޮން ވެސް ހަނދާންވާނެ އެދުވަސް އެއީ މީގެ އަހަރެއްހާ ދުވަސްކުރިން 3 މީހުން ކޮފީއަށް ދިޔަ ދުވަހު ކުރި ބެޓެއް އެންމެ ފުރަތަަމަ މީހަކާ އިންނަ މީހާ ޑިނަރ އެއް ދޭން…” ” ޔުމް މީ އެކަން ހަނދާން ވެސް ގަދަ މީހެއްދޯ ހަމްދާން..” ތިން އެކުވެރިން އެއްކޮށް ތިބުމުން ވަގުތުދިޔަ ގޮތް ވެސް ނޭނގުނެވެ. ޒެއިން އައިސް ދޮރުހުޅުވާލާފައި ސިޓިންރޫމަށް ނުކުތުމަށް ބުނުމުން ޔުމްނާއާއި އެކު ޒިލާލް ވެސް ނިކުތެވެ. އަރީކާ އިވްލީން ބަލައި ކޮޓަރިއަށް ގޮސް ވަތްއިރު ސިމްޕަލްކޮށް ޝޯލްއަޅާފައި އިން އިވްލީންގެ ގަޔަށް ސެންޓު ޖަހައިދޭން ހުރި ޖަޒްލީ މި ނިމުނީއޭ ބުންޏެވެ. ތަންކޮޅަކަށް ހިނގައިގަނެފައި އިވްލީން އަނެއްކާވެސް ހުއްޓުނެވެ.” ދަރިފުޅު ނައިސްގެން މިހާރު ނުފެށިފަ އެތިބީ… ތިގޮތަށް ހެދީމަ ދެން ކަމަކު ނުދާނެ ބައްޕަ އެހާ އުފާވެފައި ހުއްޓާ ބައްޕަ ދެރަކޮށްލާކަށް ނުވާންނު…”ސިޓިންރޫމުގައި ތިބީ އާއިލާގެ ގާތްމިހުންނެވެ. މޭޒުކައިރީގައި ތިބި މީހުންނާއި ދިމާލަށް ބަލާލަމުން އިވްލީން މަޑުމަޑުން ގޮސް ޒިލާލްގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. ކައިވެނީގެ ޚުތުބާ ކިޔަން ފެށުމުން އިވްލީންގެ ހިތަށް އެރީ އިރުކޮޅެއްގެ ތެރޭގައި އިވްލީން ވެގެން ދާނީ ނުވެސް ދަންނަ މީހެއްގެ އަތްބަކަށްކަމެވެ. ދިރިއުޅުމަކީ އިމްތިހާނެކޭ ބުނާ ވާހަކަ މިއަދު އިވްލީން ޤަބޫލުކުރެއެވެ. ކައިވެނީގެ ޚުތުބާ ކިޔަންވަން އިން ޤާޒީ ޒިލާލްގެ ކައިރީގައި “އަނބި ޤަބޫލު ކޮށްފިންތޯ” އެހުމުން އިވްލީންއަށް ދެލޯ މަރާލެވުނެވެ. އިސްދަށަށް ޖަހައިގެން އިން ޒިލާލްގެ ގާތު ދެވަނަ ފަހަރު ޤާޒީ ސުވާލު ތަކުރާރު ކޮށްލިއެވެ. “އަނބި.. އަނބި ޤަބޫލު ކޮށްފިން” އަޅައަޅައިގަންނަމުން ޖަވާބު ދިން ޒިލާލްއަށް އިވްލީންގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ފުހެލިތަން ކިތަންމެހާވެސް ރީއްޗަށް ފެނުނެވެ. އިރުކޮޅެއް ވަންދެން އެންމެން ގާތު ހުރުމަށްފަހު އިވްލީން ކޮޓަރިއަށް ދާން ހިނގައިގަތީ ކެތްކުރަން އުނދަގޫވުމުންނެވެ. ކޮޓަރިއަށް ވަންނަން ދިޔައިރު ވަހީދު ޒިލާލްގެ އެއްޗިހި އަޅާފައިވާ ދަބަސްގެނެސް އިވަލީންގެ ކޮޓަރިއަށް ލާފައި ނިކުތެވެ.” ކޮޓަރީގަ އޭނީ ޒިލާލްގެ ދަބަސް .. ވަރަށް މަދު އެއްޗެއް ކަންނެ އެހުރީ އެދަބަހުގަ ދަރިފުޅު އެއްޗިހި އަޅާ އިރު ފޮއްޓަށް އެ އެއްޗިހި ވެސް އަޅާލާތި އޭރަށް އިތުރު ދަބަހެއް ނުހިފިޔަކަސް ވާންނުން …. ބައްޕަ ވަރަށް ބޮޑަށް އުފާވެެއްޖެ….ދަރިފުޅު ބަސްއަހައިގެން ރީތިކޮށް އުޅޭތި ބައްޕަ އަބަދުވެސް ލޯބިވާކަން ހަނދާން ކުރާތި..” ވަހީދު ބުނި ކޮންމެ ވާހަކައަކަށް އިވްލީން މަޑުމަޑުން ބޯޖަހާލިއެވެ. ވަހީދު ދިއުމުން ލަސްތަކެއް ނުކޮށް އިވްލީން ކޮޓަރިއަށް ވަނެވެ. އެންމެންތައް ނިދަންދާން ފެށުމުން ޒިލާލް ވެސް ނިދިއައިސްފައިވާތީ ހިނގައިގަތެވެ. ނަމަވެސް އިވްލީންގެ ކޮޓަރިއަށް ވަންނަން ޖެހޭތީ ގޮތަކުން ވެސް ހީވިއެވެ. ކޮޓަރި ދޮރު ހުޅުވާލާފައި އެތެރެއަށް މަޑުމަޑުން ވަތް ޒިލާލް ދޮރުލައްޕާފައި ކޮޓަރި ތެރެއަށް ދެތިން ފިޔަވަޅު އަޅާލި އިރަށް ކަންފަތުގައި ޖެހުނީ ފާހަނައާއި ދިމާލުން އިވްލީން ގިސްލަ ގިސްލާފައި ރޯއަޑެވެ. ފޯނު ހިފައިގެން އެނދުގައި އިށީނދެލައިގެން އިންއިރު ވެސް އިވްލީން ރޯ އަޑު އިވެއެވެ. ފާހަނާގެ ދޮރު ހުޅުވާލާފައި ނިކުމެ އިވްލީން ގޮސް ކޮޓަރިން ނިކުތް ވަގުތު ޒިލާލް ދަބަހުން ސޯޓަކާއި ޓީޝާޓެއް ނަގައިގެން ފާހާނައަށް ވަދެ އެއްޗިހި ބަދަލު ކޮށްލައިގެން ނިކުތެވެ. އެވަގުތުވީ އިވްލީން އައިސް ކޮޓަރިއަށް ވަތް ވަގުތަށެވެ. “މާދަމާ ފުރުން އިނީ 7 ގަޑި ބައިގަ…” ޒިލާލް އެހެންބުނަމުން ބޭލި ގަމީހާއި ފަޓުލޫނު ދަބަސް ތެރެއަށްލިއެވެ. “ކޮންތާކު މަ އޮންނަންވީ؟ ތިރީގަ؟” ހުރީ އެނދު އެކަނިންކަމުންނާއި އެނދުގައި އޮތުމުން އިވްލީން ރުޅި އަތުވެދާނޭ ނޫނީ ހިތްހަމަނުޖެހި ދާނޭ ހީވުމުން ޒިލާލް ބުންޏެވެ. ޒިލާލް ވެސް ކޮންމެހެން ބުނަންޖެހޭ އެއްޗެއް ނޫނީ ނުބުނެވޭތޯ ބަލައެވެ. ” އުހުން އެނދުގަ އޮތަކަސް ހެވޭ … ބައްޕަ ބުނީ އަހަރެން ފޮއްޓަށް އެއްޗިހި އަޅާއިރު ޒިލާލްގެ ދަބަހުގަ ހުރި އެއްޗިހި ވެސް އަޅާށޯ އޭރަށް ދަބަސް ނުހިފިޔަކަސް ވާންނުންހޯ ސޯ ޕެކް ކޮށްލަން ދެން ލައިޓް ނުނިވާ ބެހެއްޓިޔަސް އޯކޭތަ؟””ޔެއާ އޯކޭ”އިވްލީން ކައިވެންޏާއި ދޭތެރޭގައި ހިތްހަމަނުޖެހިފައި ހުއްޓަސް އޭގައި ވަކި ޒިލާލްއަށް ކުރެވޭނެ ކަމެއް ނޯންނާނުންހެއްޔެވެ؟ ވީއިރު ޒިލާލްދެކެ ރުޅިއައުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. ޒިލާލް ވެސް މިކައިވެންޏާ އެހާ އެހާ ނޫންކަން އިވްލީންއަށް އިނގެއެވެ. ހެނދުނު 6 ޖެހީންސުރެ 5 މިނެޓުން 5 މިނެޓުން އެލާރމު ވާވަރުން އިވްލީންއަކަށް ނުވެސް ނިދުނެވެ. އިވްލީން ރެޑީވެ ނިމުނު އިރު 7 ޖަހަނީއެވެ.ޒިލާލް އަށް އެއޮށްހާވަރަށް އެލާރމު ވާއިރު ވެސް އަޅެ ނުހޫލެވެނީބާވޭ އިވްލީންގެ ހިތަށް އެރިއެވެ. ވަގުތު ނެތުމުންނާއި އެއްކޮށް އިވްލީން ޒިލާލްއަށް ގޮވާލައެވެ.
“ޒިލާލް.. ޒިލާލް.. މިހާރު އެއޮތް 7 ޖެހީ” ދެ ފަހަރަކު ހޫން ލައްވާލާފައި ޒިލާލް އަނެއްކާވެސް ނިދީއެވެ. މިފަހަރު އިވްލީން ގޮވާލީ ތަންކޮޅެއް ބާރަށް ކޮނޑުގައި ވެސް ކޮއްޓާ ލަމުންނެވެ.” އެކަމަކުވާ ޒިލާލް 7 ޖަހައިފިއޭ….” މިފަހަރު ޒިލާލް ދިޔައީ ކޮޅަށް ޖެހިގެންނެވެ. 7 ގަޑި ބައިވީ އިރު އެންމެން ތިބީ ބަނދަރުގައެވެ. އެންމެންގެ ގައިގައި ބައްދާލަމުން ލޯންޗަށް އަރަން ދިޔަ އިވްލީންއަށް އަނެއްކާވެސް ބަލާލެވުނީ ލޯބިވާ މަންމައާއި ބައްޕައަށެވެ. ފަޅުތެރެއިން ނުކުތް ލޯންޗު ގޮސް ލޮލުކޮޅަށް އޮބާލަންދެން ރާއިލް ވެސް ބަލަން ހުއްޓެވެ. ނަމަވެސް އެހެން މީހުންނަށް ނުފެންނާނެހެންނެވެ.މިއަދުން ފެށިގެން ރާއިލްގެ ހިތުގައިވާ އިވްލީންގެ ލޯބި ރާއިލް ހިތުގެ ކަނެއްގައި ފޮރުވައިލިއެވެ. އިވްލީންގެ ލޯބި ރާއިލް ޤުރުބާންކުރީ ރާއިލް އިވްލީންދެކެ ވަރަށް ލޯބިވާތިއެވެ. ނަމަވެސް މިވަގުތު ރާއިލްގެ ހިތަށް ވިސްނައިދިނީ އިވްލީން ނޫން ކުއްޖެއް ހަޔާތަށް ގެންނަން މަސައްކަތް ކުރުމަށެވެ. މިހާރު އިވްލީންއަކީ އެހެން މީހެއްގެ ހައްގެކެވެ. މިހާރު އެއީ މީހެއްގެ އަތްބެކެވެ. ރާއިލް ގެއަށް ދަމުން ދުޢާ ކުރީ އިވްލީން އާއި އަދި އެއް ދުވަހަކުން ދިމާވެވޭތޯއެވެ. ނަމަވެސް އެއީ ލޯބިވެރިންގެ ގޮތުގައެއްނޫނެވެ. ރަހުމަތްތެރިންގެ ގޮތުގައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aishath Limsha
Follow Me Written By

Aishath Limsha

Level 4100 Login10 Stories500 Login100 Comments

A girl who want it, work for it🖤.. trying my best to be a good author🤍 ... I'll accept positive n negative comments and without reader's comments🤍 I might have been repeating mistakes🖤...I would love to see reader's opinion for my stories?? 🤍Author of " abadhahtakaa hithuge loabi" luv yu my dear reader's 🤍🖤

Other Articles

Previous

ފުރާނައިގެ ދިރުމޭތިއީ 10

Next

އިންސާފު ލިބޭނެބާ – 26

Next
March 7, 2025

އިންސާފު ލިބޭނެބާ – 26

Previews
March 7, 2025

ފުރާނައިގެ ދިރުމޭތިއީ 10

4 Comments!

  1. Cutie girl says:
    March 7, 2025 at 4:06 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Alhey eve and raail dhuru nukurachey
    They both are made for each other
    I appreciate your hard work
    Tc ☺️
    Haadha curious kohlaafa thi nimaaly
    Ramadan Mubarak ❤️

    1. Aishath Limsha Aishath Limsha says:
      March 9, 2025 at 6:19 pm

      Thank yu Cutie girl ❤️
      Maabodah anehkaa curious kohlevunee tha? dhen maa las thakeh nuve vrh avahah next part kiyaalan libeyne inshallah … Vrh ufaa vejje mi comment kiyaalaafa 🥰
      Tc… Ramadan Mubarak to yu as well ☺️

  2. Lovely girl says:
    March 27, 2025 at 5:33 am

    Mi part vrh Reethi masha Allah 😍

    1. Aishath Limsha Aishath Limsha says:
      March 27, 2025 at 4:28 pm

      Thank yu lovely girl ❤️ vrh inthizaaru kurin lovely girl ge comment akh ❤️

Comments are closed.

Next Episodeއަބަދަށްޓަކައި ހިތުގެ ލޯބި 10←


All Right Reserved!