Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގާ ވާތީފަނާ… (6ވަނަ ބައި)

Eyesh Level 210 Stories100 Comments
December 6, 2015 3 Mins Read
12 Comments

އެއަޑުއަހަން ސަމީރާގެ ފަހަތުގައިހުރި މޫސަ ކޮޓަރިތެރެއަށްވަދެ އަފާކައިރީގައި އިށީނެވެ. “ދަރިފުޅާ.. ދަރިފުޅުކުރާ ކޮންމެކަމަކާ ބައްޕަ އެއްބަސް ވަނީދަރިފުޅުދެކެ ވާލޯތްބެއްގެ ބޮޑުކަމުން. އެކަމަކު ޒައިން ކަހަލަ ކުއްވެރިޔަކާ ދަރިފުޅު ގުޅޭކަށް ބައްޕަ ބޭނުމެއްނޫން… ޒައިންއާ އިނދެފިއްޔާ ދަރިފުޅަށް މީހުން ކިހާމަލާމަތެއްކުރާނެ. ދަރިފުޅަކީ ނުލާހިކު ރަނގަޅަށް ކިޔަވައިގެންހުރި ކުއްޖެއް. ދަރިފުޅަށް މާ ރަނގަަޅު މީހުންވާނެ.” މޫސަ މަސައްކަތްކުރީ އަފާއަށް ލޯބިން ވިސްނައިދޭށެވެ. އެހެނަސް އަފާއަށް މޫސަގެ ވާހަކަތަކުން އެއްވެސް އަސަރެއް ނުކުރިއެވެ. ޒައިންގެ ލޯތްބަށްޓަކައި އޭނާ މީހުންގެ މަލާމާތާއި ކުރިމަތިލާންވެސް ފަހަކަށް ނުޖެހޭނެއެވެ.
މޫސައެކޭ އެއްފަދައިން ވަސީމްއާއި ރީޝާވެސް އަފާއަށް ވިސްނައިދިނީ ޒައިންގެ ހަނދާންތައް ހިތުން ފޮހެލުމަށެވެ. ބުނެލަން ކިތަންމެފަސޭހަޔަސް ވޭންއަޅަމުންދާ ހިތެއްގެ އިހުސާސްތައް އެމީހުންނައް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ޒައިން އަަފާއަށް ބޭވަފާތެރިއެއް ނުވެއެވެ. އެހެންވީއިރު އަފާއަށް ޒައިންދެކެ ރުޅިއާދެވޭނީވެސް ވަކި ކިހިނަކުންހެއްޔެވެ؟.
15 ދުވަސް ހަމަވުމުން ކޯޓުގައި އޮތްއަޑުއެހުމުގައި އަނެއްކާ އިތުރު 15 ދުވަސް ޒައިންގެ ޖަލުބަންދަށް އިތުރުކުރީ ޕޮލިހުން އިތުރަށް މައްސަލަބަލައި ތަހުގީގުކުރާކަމުގައި ބުނެއެވެ. އަނެއްކާ ދުވަސްތަކެއް އިތުރުވީއެވެ. ނައީމާ ވަނީ ޒައިންދެކޭހިތުން ކެތްމަދު ވެފައެވެ.
މައެއްގެހިތް ދުވަހަކުވެސް ދަރިއަކަށް ނުބައިނުވާނެއޭ ބުނާބުނުން އެއީތެދެކެވެ. ޒައިންކުރި ކުށުގެސަބަނުން ނައީމާ ޒައިންދެކެ ކިތަންމެ ރުޅިއައިނަމަވެސް އެކަނިއިނދެ އަދިވެސް ޒައިންމަތިން ހަނދާންކޮށް ރޮއެވެ. އެހެނަސް މީހުންގެ ކުރިމަތީގައި ހިތްވަރުކޮށްފައި އުޅެނީ އިތުރަށް ހިތާމަކޮށްގެން ވާނެފައިދާ އެއްނެތުމުންނެވެ.
***************
އަދިވެސްއަފާ މީހުންނާ ވަހަކަދައްކާ ހީނޫޅުނަސް، ރީޝާގެ މަސައްކަތުން އަފާގެހާލު އަންނަނީ ދުވަހެއް ދުވަހަކަށް ރަނގަޅު ވަމުންނެވެ.
“އަފާއަށް އެންމެމީރީ ކުޅިމަހެއްނު ދޯ؟ މިއަދު މަ އިނގޭ ކުޅިމަސް ހަދާނީ. އަފާޖެހޭނެ މަށާއެކު ކާން.” އަފާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.
ސަމީރާއާއި ރީޝާ ބަދިގެތެރޭގައި ހެނދުނުގެސައި ތައްޔާރުކުރުމުގައި އުޅެއެވެ. “ދެމީހުން މާ ބުރަކޮށްލައިގެން ކޯއްޗެއް ކައްކަނީތަ؟” މޫސަ ދުފާތަބައް ހިފައިގެން އައިސް ކާމޭޒުކައިރީގައި އިށީނެވެ. “މިއަދު ރީޝާ އަފާއަށް ކުޅިމަސް ހަދައިދޭން އެއުޅެނީ. ރީޝާ މިގޭތެރޭގައި އުޅެންޏާ ސަމީރާއްތައަށް ޗުއްޓީ. ދޯ ރީޝާ؟.” ސަމީރާ ރީޝާއާއި ދިމާލަށް ނިތް އެއްލަމުން ހީގަތެވެ. “އެހެންތަވީ؟ އަހަރުމެންގެ ވަސީމުވެސް އަޅެމިކަހަލަ މުރާލިކުއްޖެއް މިގެއަށް ގެންނާނެނަމަ ދޯ. އޭރުން ސަމީރާ އަބަދު އުޅޭނީ ޗުއްޓީގައެއްނު.” މޫސަ ސަމާސާ ރާގެއްގައި އެހެން ބުނެލީ ސިޓިންރޫމުގައި ޓީވީ ބަލަންއިން ވަސީމުއަށް އަޑުއިއްވައިލާށެވެ. ވަސީމު ކުއްޖަކާއި ރައްޓެހިނުވާތީ މޫސައާއި ސަމީރާ އަބަދުވެސް ވަރަށް ޝަކުވާކުރެއެވެ. ވަސީމުއަށް އެއަޑު އިވުމުން، އެވަގުތު ރީޝާގެހިތަށް އަރާނެ އެއްޗަކާއި ދެތެރޭ ވިސްނަލަފައި ހެވުނެވެ.
“އަދިއެބަ ހެޔެއްނު. ހޭނެކަމެއް ނެތް.. ހަމަ ރީޝާކަހަލަ ކުއްޖެއް މިގެއަށް ގެންނަން ޖެހޭނީ” ސަމީރާ ހެމުން ވަސީމުކައިރީގައި ސޯފާގައި އިށީނެވެ. “މިހާރުވެސް އަޅުގަނޑު ތިކަހަލަކަމަކާ ވަރަށްމަސައްކަތް އެބަކުރަން. އެކަމަކު އަދި ކާމިޔާބެއްނުވޭ.” ވަސީމު މަޖާވެފައި ވާހަކަދެއްކީ ބަދިގެތެރޭގައި ކައްކަންހުރި ރީޝާއަށް އިއްވާށެވެ. ރީޝާހުރީ އެމީހުންނަށް ފުރަގަސްދީގެންކަމުން ރީޝާގެ މޫނުމައްޗަށްވެރިވި ލަދުރަކި ހިނިތުންވުން އެމީހުންނަކަށް ނުފެނެއެވެ.
ކާން ތިބިއިރުވެސް ސަމީރާއާއި މޫސަ މުޅިންވެސްދެއްކީ ވަސީމު އަދިވެސް ކުއްޖަކާއި ރައްޓެހި ނުވާވާހަކައެވެ. މަޑުމޮޅިވެ ދެރަވެފައި އިން އަފާވެސް ވާހަކައިގައި ބައިވެރިވިއެވެ. “ދޮންބެ ދެންއުޅެބަލަ މީހަކާ ރައްޓެހިވާން. ދޮންބެ ތިހާރީތި އިރުވެސް ބިޓެއް ސެޓުނުވާތީ އަހަރެންވަރަށް ހައިރާންވޭ.” އަފާވެސް ވަރަށް ގަޔާވެލާފައި ވަސީމުއާއި ދިމާކޮށްލިއެވެ. އެންމެންވެސް ތިބީވަރަށް އުފަލުންނެވެ. އަފާ ގަޔާވެގެން ވާހަކަދައްކަން ފެށުމުން އިތުރަށްއެވާހަކަ ކުރިއަށް ގެންދިޔައެވެ. “ދޮންބެއަށް ނޭނގެނީ ކަންނޭގެއެންނު ސެޓުކުރަން” ސަމީރާ އަފާގެގައިގާ ކޮއްޓާލުމުން ދެމައިންނަށް އެއްފަހަރާ ހީގަނެވުނެވެ. އަފާހޭތަން ފެނުމުން އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ. ރީޝާ ލަދުންއިނދެ ވަސީމްގެ މޫނަށް ބަލައިލިއެވެ. އޭރު ވަސީމްވެސް ވަގުވަގަށް ރީޝާއަށް ބަލަންއިނެއެވެ.
ސައިބޮއިގެން އެންމެން ކޮޓަރިތަކަށް ވަނުމުން ވަސީމު ފޯނުހިފައިގެން ސިޓިންރޫމު ސޯފާގައި ޖައްސާލިއެވެ. ގޭމުކުޅުމުގެތެރެއަށް ގެއްލިފައިން ވަސީމުއަށް ބަލައިލެވުނީ ރީޝާއައިސް ކައިރީ އިށީނުމުންނެވެ. “އަހަރެން ވަރަށް ވިސްނައިފިން.” ރީޝާ ވާހަކަ ދެއްކީ ވަރަށްމަޑުމަޑުން ނެވެ. “ދެން ކޮބާތަ ޖަވާބަކީ؟” ވަސީމް އިނީ ރީޝާގެ ޖަވާބަކަށް ކެތްމަދުވެފައެވެ. “ޖަވާބަކީ….އާނ އެކޭ….” ރީޝާ ލަދުން އިނދެ އިސްޖަހާލިއެވެ. “އަސްލުތަ؟….” ވަސީމް ރީޝާގެ ދޮތްދޮޅީގައިހިފާ މަޑުމަޑުން ހިއްލާލިއެވެ. “އަހަންނަށް އެނގޭ ރީޝާ އަހަރެންދެކ ލޯބި ނުވާކަން. އެކަމަކު އަހަރެން ރީޝާ ދެކެ ވަރަށް ބޮޑަށް ލޯބިވޭ. އަހަރެން ދުވަހަކުވެސް ރީޝާ ދުލެއް ނުކުރާނަން.” ރީޝާގެ އަތުގައި ބާރަށް ހިފައިގެންއިންއިރު ވަސީމްހީވަނީ އަގުބޮޑު ޖަވާހިރެއް އަތުންދޫވެދާނެތީއޫޅެހެންނެވެ. ވަސީމް އޭނާދެކެ ލޯބިވާވަރު އެނގެއެވެ. ރީޝާއަށް ވަސީމްދެކެ އަދި ލޯބިނުވެވުނަސް ވަސީމްގެ ކިބައިގައި ރީޝާއަށް ކަމުދާ އެތައްސިފަތަކެއް އެބަހުއްޓެވެ. ވަސީމްގެ ލާނެއް ބަސްތަކާއި ކޮށްލާސަމާސާތަކުން ރީޝާގެހިތްވެސް ވަނީ މަޑުމަޑުން ވަސީމުއަށް ލެނބެންފަށައިފައެވެ.
*****************
މިއަދަކީ ޒައިން ޖަލުގައި ހޭދަކުރާ ތިރީސްވަނަ ދުވަހެވެ. ހަށިގަނޑު ވަރަށްބޮޑަށް ހިކިއަނަރޫފަވެފައިވާއިރު، ހަމަނިދި ނުލިބުމުގެ ސަބަބުން އޭނާގެދެލޯކައިރިވަނީ ވަރަށްބޮޑަށް ކަޅުވެފައަވެ. ޒައިން އިންނަނީ ގިނަވަގުތު އަފާގެ ހިޔާލުގައެވެ. އަފާ ޒައިންމަތިން ހަނދާން ކުރާނެބާއެވެ؟.ޒައިންއަކީ ކުށްވެރިއެއްކަން އެނގުމުން އަފާޒައިންދެކެ ނަފްރަތު ކުރާނެ ބާއެވެ؟ ނޫނީ އަދިވެސްހަމަ ކުރިއެކޭ އެއްފަދައިން އަފާ ޒައިން ބޭނުންވާނެބާއެވެ؟ އަފާ ޒައިންއަށް މާފް ކުރާނެބާއެވެ؟ މިފަދަ އެކިހިޔާލުގައި އިނދެ އޭނާ މުޅިދުވަސް ހޭދަކޮށްލައެވެ. ޒައިންއަށް ކުރެވުނު މޮޔަކަންތަށް ހިތަށްއަރާ ކޮންމެފަހަރަކު އަމިއްލަނަފްސުދެކެ އާދެވޭރުޅިން އަމިއްލައަށް މަރުވާންވެސް ހިތަށްއަރައެވެ.
ގަޑިން ހެނދުނު ނުވަޔެއް ޖެހީއެވެ. ކޯޓަށް ހާޒިރުވާން ޖެހޭއެންމެން އައިސްހަމަވުމުން މައްސަލައިގެ އަޑުއެހުން ފެށުނެވެ. މިއަދަކީ ޒައިންގެ މައްސަލަ ވަކިގޮތަކަށް ނިމޭނެ ދުވަހެވެ. ޒައިންގެހިތް ބާރުބާރަށް ނެގިނެގިފައި ޖެހެމުންދެއެވެ. ޒައިންގެވަކީލެއްގެ ގޮތުގައި ހަމަޖެއްސިފައިވާ ޝާން ހުށިޔާރުކަމާއިއެކު ޒައިންގެދިފާއުގައި ވާހަކަދެއްކިއެވެ. އޭނާއަށް ލިބިފައިވާ ތަޖުރިބާގެ ބޭނުންކޮށް ޒައިން ސަލާމަތްކުރުމަށް ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް މައްސަލަ ނިމިގެންދިޔައީ ޒައިންއާއި ދެކޮޅަށް ދައުލަތުގެފަރާތުން ލިބިފައިވާ ހެކިތައް ޣާޒީގެއަތަށް ހުށަހެޅި، އެއެއްޗިއްސަށް ބިނާކޮށް ޒައިންގެ މައްޗަށް ފަސްއަހަރުގެ ޖަލުހުކުމެއް އިއްވިގެންނެވެ.
ޖަލުގެ ކަނަކަށްޖެހި މީހާ ހުއްޓުންއަރާފައި އިންއިރު ދެލޮލުން ވެއްޓޭ ކަރުނަތިކިތަކުން ކޯތާފަތް ތެންމަމުންދިޔައެވެ. ތަފާތުގިނަ ސުވާލުތަކާއި ހިޔާލުތަކުން ސިކުނޑި ދިޔައީ ބަރާވަމުންނެވެ. ދިރިއުޅުމަށް މިއައި ވަރުގަދަ ތޫފާނުން އަހަރެން ސަލާމަތް ވާނެބާއެވެ؟… ފަސްއަހަރު އަހަރެން ޖަލުގައި ހޭދަކުރާނީ ކިހިނެއް ހެއްޔެވެ؟… އަފާ އަހަރެންނަށް އިންތިޒާރު ކުރާނެ ބާއެވެ؟…. މަންމަގެ މާޢާފް އަހަންނަށް ލިބޭނެ ހެއްޔެވެ؟… ކެހިވެރިބައެއްގެ ބަހަށްހެއްލި އަހަރެންނަށް މިވަނީ ކުށްކުރެވިފައެވެ…. ދިރިއުޅުމުގެ ފޮނިމީރުކަން ލިބެންއޮތް ދުވަހު އެއުފަލުން މަހުރޫމުވެ ޖަލުގައި އެކަނި އުޅެންޖެހުނީއެވެ… ދެންވާނީ ކިހިނެއްބާއެވެ….

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Other Articles

Previous

ކުށްވެރިޔަކީ… (3)

Next

ފޮހެވޭނޭ ބާއޭ… 13

Next
December 6, 2015

ފޮހެވޭނޭ ބާއޭ… 13

Previews
December 6, 2015

ކުށްވެރިޔަކީ… (3)

12 Comments!

  1. m says:
    December 6, 2015 at 6:02 pm

    Me 1st

  2. m says:
    December 6, 2015 at 6:02 pm

    Me 2nd

  3. m says:
    December 6, 2015 at 6:03 pm

    Me 3rd story salhi

    1. Eyesh says:
      December 6, 2015 at 9:23 pm

      Thanx m ?

  4. nuhnu says:
    December 6, 2015 at 6:17 pm

    Waah waaah waaah vrh vrh vrh vrh vrh vrh salhi.i love this story..

    1. Eyesh says:
      December 6, 2015 at 9:21 pm

      Thanx nuhnu… ? thnx for reading my stories

  5. naax says:
    December 6, 2015 at 7:55 pm

    V rythi.. masha allah.. knirakun next part.. inthizaaruga..

    1. Eyesh says:
      December 6, 2015 at 9:21 pm

      Thanx naax ? madhama aneh part upkuraanan

  6. mice says:
    December 6, 2015 at 8:37 pm

    vvv nice. can u make the stry a bit long??

    1. Eyesh says:
      December 6, 2015 at 9:23 pm

      Thanx mice ? every day liye upload kuraathy ehaa dhigu nuvanee.

  7. Naaz says:
    December 6, 2015 at 9:41 pm

    Wow!!!v v v reethi

    1. Eyesh says:
      December 7, 2015 at 1:05 am

      Thnx naaz ?

Comments are closed.

Next Episodeލޯބީގާ ވާތީފަނާ… (7ވަނަ ބައި)←


All Right Reserved!