އެ އަންހެން ކުއްޖާ 04
ހައިޝަމް އަށް ހަދާނެ ގޮތް ހުސް ވެއްޖެއެވެ . ކުރާނެ ކަމެއް ނުމެ އިގެއެވެ . ހައިޝަމް ލައިގެން ހުރި ޖިންސް ގައި އަތް އުގުޅާލިއެވެ . ފޯނު އޮތް ކަން ހަނދާން ވީ އަދި ކިރިޔާ އެވެ . ހައިޝަމް ފޯން ނެގުމަށް ފަހު ޒައިން ގެ މަންމަ އަށް ގުޅާލުމުން ޒައިން ގެ މަންމަ ކައިރީ ގައި ހޮސްޕިޓަލް އަށް ދިޔުމަށް އެދުނެއެވެ ހައިޝަމް ކޮނޑަށް ޒައިން ލައިގެން ހައިޝަމް ހިގައިގަތީ ރަށު ހޮސްޕިޓަލް އާ ދިމާ އަށެއެވެ .
އިރުކޮޅެއްގެ ފަސް
ހައިޝަމް ހޮސްޕިޓަލް އާ ހަމަޔަށް އާދެވިއްޖެއެވެ . އެ ވަގުތު ޒައިން ގެ މަންމަ އާއި ބައްޕަ ހޮސްޕިޓަލް ކައިރީގައި ހުއްޓެއެވެ . ޒައިން ވެއްދީ އަވަސް ފަރުވާ ދޭ ތަނަށެއެވެ .
” ކިހިނެއް ވީ ؟ މިހާރު ކިހިނެއް ؟ މަގޭ ދަރިފުޅު ހޭ އަރާފި ތަ ؟ ” ޒައިންގެ މަންމަ ( ޒުބައިދާ ) އެތަކެއް ސުވާލެއް ހައިޝަމް އަށް ކުރިމަތި ކުރުވިއެވެ
” ޑޮކްޓަރ ބުނީ އެއްވެސް ކަމެއް ނުވާ ކަމަށެއެވެ . ނުކައި ހުންނަ ސަބަބުން ވެދާނެ ކަމަށް ޑޮކްޓަރ ބުނި ” ހައިޝަމް ބުނެލިއެވެ . ޒައިން ހޭ އެރި ގަޑީއެވެ . ” ޒައިން ކިހިނެއް ވީ ؟ އަނެއްކާ ރަގަޅު ތަ ” ޒުބައިދާ އެތަކެއް ސުވާލު ކުރިއެވެ . ” މަންމާ އަހަރެން ރަގަޅޭ . ނޭންގެ ވީ ގޮތެއް މޫނު މައްޗަށް ފާޑެއްގެ ކަޅު ކުލަ އަކަށް އަރާފާ އެ ހިސާބުން އަހަންނަކަށް ނޭންގޭ ވީ ގޮތެއް ” ޒައިން އަށް ބުނެވުނީ އެ ހިސާބަށެއެވެ . ޑޮކްޓަރ އަކަށް ވެސް ޒައިން އަށް ވާ ކަމެއް ނުމެ އިގެއެވެ . ޑަކްޓަރ ފަރުވާ އަކުން އެއްވެސް ބަލި ކަމެއް ނުމެ ފެނެއެވެ .
ޒައިން އަކީ އަބަދު ވެސް ކިޔެވުމަށް މޮޅު ކުއްޖެއްގެ ގޮތުގައި ލޭބަލް ކުރެވިފައި ވާ ކުއްޖެކެވެ . ނަމަވެސް އޭގަ ގެ ކިޔެވުން އެއްދުވަހަކަށް ފަހު އަނެއް ދުވަހެއް ދިޔައީ ދަށް ވަމުން ނެއެވެ . މިހާރު ޒައިން އަކީ އެ ކިލާހުގެ އެންމެ ދަށް މާކްސް ހޯ ދެއް ދަރިވަރެއެވެ . އަދި ކިޔަވައި ދޭ ގަޑި ތަކުގައި މުޅިން ވެސް އުޅެމުން އަންނަނީ ސްކޫލް އިން ބޭރުގައި ނުވަތަ އެއް ކުއްޖަކަށް އުނދަގޫ ކުރުމުގައެވެ .
ހައިޝަމް ހުންނަނީ އެކަމާ ޒައިން ދެކެ ހިތް ހަމަ ނުޖެހިފައެވެ . މޮޅު ކޮށް ކިޔަވަމުން އަންނަ ދަރިވަރަކު އެ ގޮތަށް އުޅުމުން ނެއެވެ . ނަމަވެސް ހައިޝަމް އަދި އެހެން މީހުންނަށް ނޭންގޭ އެތަކެއް ސިއްރު ތަކެއް ޒައިން އަށް އިގެމުން ދެއެވެ .
ޒައިންގެ މައިންބަފައިން މި ކަމަށް ތިބެނީ މި ކަމާ ވިސްނާ ވިސްނާ ކަންބޮޑު ވެފައެވެ . ޒައިންނަށް ކުއްލި އަކަށް މި ގޮތަށް ކަންތައް ތައް ދިމާ ވުމުގެ ބޮޑު މައްސަލަ އަކީ ކޮބައި ކަމެއް ނޭންގުމުންނެވެ . އެއްވެސް ޑޮކްޓަރީ ގެ އެއްވެސް ކަމެއް ނުފެނުމުން . ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޒައިންނަށް މި ގޮތަށް ހޭނެތިގެން ވެއްޓެމުން ދާތީއެވެ . ކޮންމެ ޓީޗަރުންނާ ބައްދަލު ކުރާ ފަހަރު ވެސް ދައްކަމުން ގެންދަނީ ޒައިން ނުކިޔަވާ ވާހަކަ ދައްކަމުން ގެންދާތީ އެވެ .
ރޭގަނޑު ގެ ހަމަ ހިމޭން ވަގުތެއެވެ . މަގުތަކު ގެ ބައްތި ނޫން އިތުރު އެއްވެސް އަލި ކަމެއް ނެތެއެވެ . ރަށު ތެރެ ވަނީ ނިދާ މޮޅިވެފައެވެ . 14 15 ހަނދުގެ އަލި ކަން ބިންމައްޗަށް އެޅިފައި ހުއްޓެއެވެ . އޭރު މެންދަމު އަލިވެ 2:30 ވެއްޖެއެވެ . ބޮޑު މަގުގެ މެދުން އެހެރަގެން ދަނީ ޒައިންނެއެވެ . މިސްރާބު ހުރީ މީހުން ނޫޅޭ ހިސާބަށެއެވެ . ފަޅު ހިސާބަކަށެއެވެ . ޒައިން ގެ އަތް ވަނީ އުފުލިފައެވެ . ކޮންމެ ވެސް މީހަކު ގެންދާ ކަހަލައެވެ . ! އާއެކެވެ . ޒައިން އަތުގައި ހިފައިގެން ހުރީ ޒައިން އާ އަވަލާފައި ހުރީ ޒައިން އަށް ފެނުނު އަންހެން ކުއްޖާއެވެ . އިތުރު މީހަކަށް އެ އަންހެން ކުއްޖާ އެއް ނުމެ ފެނެއެވެ.
ޒައިން އަށް ނިދިން ހޭލެވުނެއެވެ . އަހަރެންނަށް އުރެވުނީ މީހުން ނޫޅޭ ފަޅު ހިސާބެއްގައެވެ . ވީރާނާ ވެފައިވާ ގޭ ތެރޭގައެވެ . ވެރި ވެފައި ވަނީ ފަޅު ކަމާއި ބިރު ވެރި ކަމެއެވެ .
ޒައިން ” ޒައިން ގެ ނަމުން މީހަކު ގޮވާލި އަޑު އިވުނެއެވެ . ޖެހިލުން ވެ ހުރެވުނެއެެވެ . ޒައިން އަށް ހުރެވުނީ ގަބު ކާފައެވެ . ދާނޭ ކޮޅެއް ނޭންގޭ ހާލުގައެވެ . 2 ވަނަ ފަހަރަށް ޒައިން އަށް އިވުނެއެވެ . އަންހެން ކުއްޖެ ގެ އަޑެއެވެ .
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Haadha grammar mistakes gina ey. Ekan rangalhu kohlaa