Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައި ވިޔަސް… (6)

writer Level 310 Stories100 Comments
December 5, 2015 5 Mins Read
9 Comments

” އެކަމަކު ” ނަކީލް މާޔާ ވީ ފަރާތަށް ކުރިމަތިލީ މާޔާގެ މޫނު މައްޗަށް އަރާ ފައިބަމުންދާ ކުލަވަރު ދެކިލުމުގެ ނިޔަތުގައެވެ. މާޔާ ހިތާ ހިތުން އެ ބަސް ތަކުރާރު ކޮށްލިއެވެ. އަނެއްކާ ވާން މިއުޅެނީ ކިހިނެތްބާއެވެ. ކުރިމަތި ވާން މިއުޅެނީ ކޮންކަހަލަ ޝަރުތެއް ބާވައެވެ.

” އަހަންނާއި އެކު ކޮރެއާ އަށް ދާންވީ…. އަހަރެންގެ އަންހެނުންގެ ގޮތުގައި… ވާނެތަ..” ނަކީލް މާޔާއަށް ނަޒަރުހުއްޓާލައިގެން ހުރެ ބުނެލިއިރު މާޔާގެ ޖަވާބު ނަކީލްއަށް އެނގޭ ފަދައެވެ. ނަކީލް ކުއްލިއަކަށް ބުނެލި ޖުމްލައިން މާޔާ މޫނުމަށްޗަށް ވެރިވި ހިނިތުންވުން ފަޑުވިކަހަލައެވެ. ގަބޫލުކުރަން ދަތިވެފައި ނކީލްއާއި ދިމާލަށް ބަލަން ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

” ވިލް ޔޫ މެރީ މީ ” ނަކީލް މާޔާއަށް ބަލަން ހުރެ ބުނެލިއެވެ.

މާޔާއަށް ދޭންވީ ކޮން ޖަވާބެއްކަމެއްވެސް ނޭނގުނެވެ. ނަކީލްގެ އިންތިޒާރުގައި މާޔާ ހޭދަކުރި ދުވަސްތަށް މާޔާގެ ލޯމަތިން ސިފަވަމުންދިޔަކަހަލައެވެ. ކޮންމެވެސް ދުވަހަކުން ނަކީލް އަންނާނެކަމުގައި މާޔާ އިންތިޒާރުކުރިކަމުގައި ވިޔަސް މިގޮތަށް މާޔާގެ ހަޔާތަށް ނަކީލް އައިސްދާނެ ކަމަކަށް އުއްމީދެއްނުކުރެއެވެ. މާޔާގެ ހިތުގެ ހަމަޖެހުން ނަގައިލައި ދިރިއުޅުމަށް ތޫފާނެއް ގެނެސްދާނެ ކަމަކަށް އެއްވެސް ވަރަކަށް އަންދާޒާކޮށްފައެއް ނުވެއެވެ.

” ހެހެހެ…ހެހެހެ…” ނަކީލްގެ ހުނުމުގެ އަޑަށް މާޔާގެ ހައިރާން ކަން އިތުރުވިއެވެ. ނަކީލް މިރާވަނީ ކޮންފަދަ ރޭވުމެއްބާއޭ މާޔާގެ ހިތަށް އަރަމުން ދިޔައެވެ.

” ހެހެހެހެ… އަހަންނަށް އެނގޭ އޭރުވެސް މާޔާ އަހަންނާއި ނީންނާނެކަން… ލޯބިވާ ފާރިލް ހުއްޓާ ކީއްކުރަން ދޯ އަހަންނާއި އިންނަންވީ…” ނަކީލް މާޔާ ވަށައިގެން ހިގަމުން ބުނެލިއެވެ.

ނަކީލްގެ އަޑުގައިވަނީ މަލާމަތްކުރުމުގެ ރާގެވެ. ނަކީލްގެ ކޮންމެ ބަހަކުންވެސް މާޔާގެ ހިތް އިތުރަށް ޒަހަމުވަމުން ދިޔައެވެ. މާޒީ ވެދިޔަ ކަންތަކަށް އަދިވެސް ނަކީލް މާފްނުކުރާކަން މާޔާއަށް ޔަޤީންވިއެވެ.

” ނަކީލް… ކާކު ބުނީ އަހަރެން ފާރިލް ދެކެ ލޯބި ވެޔޭ… އޭރުވެސް މިހާރުވެސް އަހަރެން ލޯބިވީ ހަމަ އެންމެ މީހަކު ދެކެ… އެމީހަކީ ތީ…އެންމެ ފަަހަރަކުވެސް އަހަރެންނަށް އިތުބާރުކުރިނަމަ މިއަދު މިހެން ވާކަށް ނުޖެހުނީސް ކަންނޭނގެ.. ނަތީއްކޮ އަށް ބައްޕައެއްގެ ލޯބިން މަހްރޫމް ވާން ނުޖެހުނީސް ކަންނޭނގެ…” މާޔާ ހިތްވަރުކޮށްފައި ބުނެލިއެވެ.

މާޔާގެ ހިތުގައި ނަކީލްއާއި މެދު އުފެދިފައިވާ ޝަކުވާތަށް ބޭރުކޮށްލެވުނީ ހިތަށް އިތުރަށް ކެތްނުވުމުންނެވެ. އެއީ މިހާރު މާޔާ ކުރިން ދަންނަ ނަކީލް ނޫންކަން މާޔާ ހިތަށް ވިސްނައިދޭން މަސައްކަތްކުރާކަހަލައެވެ. ވޭތުވެ ދިޔަ ތިން އަހަރު ތެރޭ ހާދަ ބަދަލުވެއްޖެ އޭ ހިތަށް އެރިއެވެ. އެހިތުގައި ހަމަ ކުޑަކޮށްވެސް ލޯބި ނެތީ ހެއްޔެވެ.

“ހުއްޓާލާ މާާޔާ…ހުސްދޮގު…ކިހާވަރަކަށްތަ މާޔާ އަހަންނަށް އޮޅުވާލަން ބޭނުންވަނީ…މިހާރު ކުރެވުނު ވަރު ކުޑައީތަ… މި މައުސޫމް ފުރާނަ ބައްޕައެއްގެ ލޯބިން މަހުރޫމްކޮށްލީ އަހަންނޭތަ ތިބުނީ…” ނަކީލް މާޔާގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. މުޅިމީހާ ރުޅިން ތުރުތުރުއަޅާ ކަހަލައެވެ. ” އެނގޭތަ… މި ހުރިހާ ދުވަހުވެސް މާޔާއަށް ކުރަން އެނގުނީ އެންމެ ކަމެއް…އަމިއްލަ  ކުށްތައް އެހެން މީހުންނާއި މަތިކުރުން… އަހަރެން ބުނެގެންތަ އަހަންނަށް ނޭނގީ މިވީހާ ދުވަހު… އޭއް… އެންމެ ފަހަރަކުވެސް މަސައްކަތް ކުރިންތަ ބުނެވޭތޯ…” ނަކީލް މާޔާ ދުރުކޮށްލިއެވެ. އެ އަޑުގައިވަނީ މާޔޫސްކަމެވެ.

” ވަރަށް މަސައްކަތްކުރިން…އެކަމަކު..” ނަކީލް އަނެއްކާވެސް މާޔާގެ ވާހަކަތަައް ހުއްޓުވިއެވެ.

” އެކަމަކު..މިކަމަކު…ދެންވެސް ކޮންމެވެސް މޮޅު ބަހަނާއެއް ހޯދާނެ… އަހަންނަށް މާޔާ ކިތަންމެ ހާވެސް ރަގަޅަށް ދަސްވެއްޖެ…މާޔާ އަހަންނާއި އިނީ ކޮންމެހެން އަހަރެން ދެކެ ލޯބިވާތީއެއްނޫން… އެއީ އަހަރެންގެ ލޯ މައްޗަށް އިޮޅުވާލި އޮޅުވާލުމެއް… އަަހަރެންގެ ފައިސާދެކެ މާޔާ ލޯބިވީ…” ނަކީލް މާޔާއަށް ފުރަގަސްދިނެވެ.މާޔާ ނަކީލްއަށް ގޮވާލިއިރު އެއަޑުގައި އެކުލެވިފައިވަނީ ވަރުބަލިކަމެވެ. ހުރިހާ ހިތްވަރެއް ގެއްލިފައިވާ މީހެއްފަދައެވެ. ނަކީލްގެ ހިތުގައި މާޔާއާއި މެދު ވާ އެއްޗެއް އެނގުމުން ހިތަށް ވެރިވެފައިވަނީ ބުނެދޭން ނޭނގޭ ކަހަލަ ހުސްކަމެކެވެ. އެންމެ ފަހަރަކުވެސް މާޔާގެ ވާހަކަ އަހާނެނަަމައެވެ.

” މާޔާއަށް އޮތީ ދެގޮތް… ފުރަތަމަ ގޮތަކީ އަހަންނާއި އެކު ކޮރެއާ އަށް ދިޔުން…ތަނަކުން ހިލޭ އަންހެނެއް ގޮވައިގެން ގެއަކަށް ނުގެންދެވޭދޯ… އަހަރެންގެ ޝަރުތު ޤަބޫލު ނޫނިއްޔާ ދެން އޮތީ މާޔާގެ ދަރިއެއް ދުނިޔޭގައި ހުރިކަން ހަދާން ނައްތާލުން…އަަވަހަށް ޖަވާބެއްދީ… ބޭކާރު ކުރާނެ ވަގުތެއް ނުވޭ އަަހަންނަކަށް..” ނަކީލް ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.

” އައި ވިލް މެރީ ޔޫ..” މާޔާގެ ނިންމުން މާޔާ އިއްވާލިއެވެ. ނަކީލް ކޮންމެގޮތަކަށް ކަންތައްކުރިކަމުގައި ވިޔަސް ހެޔޮކަމަށް ނިންމަމުންނެވެ. ލޯބިވާ ދަރިފުޅަށްޓަކައި ކޮންމެފަދަ ގުރުބާނީއެއްވާން ޖެހުނަސް މާޔާ ހުރީ އެކަމަށް ތައްޔާރަށެވެ. މާޔާގެ ޖަވާބު އިވިފައި ނަކީލްގެ ހިތުގައި މިއުޒިކެއް ކުޅެލިކަހަލައެވެ. މޫނުމައްޗަށް ފަޑުހިނިތުންވުމެއް ވެރިވެގެން ދިޔަކަމުގައިވިޔަސް ދެވަނަ ސިކުންތުގައި މާޔާގެ އަޑުގައި ވާ މޮޅިވެރިކަން ދޭހަވުމުން އުދަނގޫ ވިއެވެ. ނަކީލް ގޮސް މޭޒުމަތީގައި އޮތް ފޯމު ނަގައިގެން އައިސް މާޔާގެ އަތަށް ދިއްކޮލިއެވެ. މާޔާ އެއަށް ބަލާލި އިރު އެއީ ކައިވެނީގެ ފޯމެވެ.އެއްފަހަރު ފޯމަށް އަނެއްފަަހަރު ނަކީލްއަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.

“ތިފޯމު ފުރާފަ ދީ މާދަމާ… އަަހަރެން ބޭނުން ވީހާވެސް އަވަހަށް މިތަނުން ފުރަން … ” ނަކީލް މިހެން ބުނުމަށް ފަހު ނަތީޤް ކައިރީ އިށީނެވެ.

” ދެން އެންމެ ރަގަޅު މާޔާ ދިޔަޔަސް..” މާޔާއަށް ބެލުމަށްފަހު ނަކީލް ބުނެލިއެވެ. މާޔާވެސް އިތުރަށް އެއްޗެއް ނުބުނެ ނިކުމެގެން ދިޔައީ ހިތާއި ދެކޮޅަށެވެ.

މާޔާ ގެއަށް އައިސް ވަތް އިރު ސިޓިންރޫމްގައި އާރިފާ ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ.އާރިފާ މާޔާ ފެނުމުން ވީ ކިހިނެތްތޯ ސުވާލުކުރިއެވެ. މާޔާ ކަންތައް ހިނގައިދިޔަ ގޮތް ކިޔައިދިނުމުން އާރިފާގެ ހާސްކަން ދެގުނައަށް އިތުރުވިއެވެ. މާޔާގެ ނިންމުން ބަދަލުވޭތޯ އެތަށް ގޮތަކުން ނަސޭހަތް ދިނުމުންވެސް ވީ އެއްވެސް ފައިދާއެއްނެތެވެ. ދަރިފުޅުގެ މަޖްބޫރީ ހާލަތު ވިސްނި ގޮސްހުސްވިއެވެ. ދެވަނަ ފަހަރަށް އެފަދަ ތަނަކަށް މާޔާ ދޫކޮށްލާނީ ކިހިނެތްހެއްޔެވެ. އެއްއިރެއްގައި ނަކީލްއަށް އިތުބާރުކުރެވުނެއް ކަމަކު އާރިފާ ދެން އިތުބާރެއް ނުކުރާނެއެވެ.އާރިފާ މާޔާއަށް ކެތްތެރިވުމަށް އެދި ނަސޭހަތްތެރިވިއެވެ.  މާޔާގެ ސަލާމަތަށް އެދި ހިތާހިތުން ދުޢާ ކުރާހާލުގައެވެ.

އަނެއް ދުވަހު ނަކީލް މާޔާމެން ގެއަށް އައީ ނަތީޤް ގޮވައިގެންނެވެ. ދޮރުހުޅުވި އިރު ނަކީލް ފެނިފައި އާރިފާގެ މޫނު ބަނަވިއެއްކަމަކު ގެއަށް ވަނުމަށް ތަންދިނީ މާޔާއަށް ޓަކައެވެ. ނަތީޤް އުރާލައިގެން ހުރެ އެތެރެއަށް ވަނީ އާރިފާއަށް މާބޮޑު ސަމާލުކަމެއް ނުދީއެވެ.  އާރިފާ މާޔާއަށް ގޮވާއި ނަތީޤް ގެނައި ވާހަކަ ބުނުމުން މާޔާއަށް ހީވީ ކުޑަވަރެއްގެ އީދެއް އައިހެންނެވެ. މާޔާ ދުވެފައި ގޮސް ނަތީޤް އުރާލިއެވެ. އެހިތުގައި އުތުރި އަރަމުންދިޔަ މައިވަންތަަކަމުގެ ލޯބި އެއްދުވަސް ތެރޭ ދޭން ބޭނުންވާކަހަލައެވެ. މާޔާގެ ލޮލުން ފައިބަން ފެށި ކަރުނަތަށް ނަތީޤްގެ ކުޑަކުޑައަތުން ފޮހެދިނެވެ.

” މަންމީ …ސޮރީ… ނުރޯތި… ކޮއްކީ ބޭބެ އާއި އެކީ ދިޔާއިމަ މަންމީ ދެރަވީތަ..” ނަތީޤް މައުސޫމް ވާހަކަތަށް އިވުމުން މާޔާގެ ހުރިހާ ހިތާމަތަކެއް ފިލާދިޔަކަހަލައެވެ. މިމަންޒަރު ބަަލަންހުރި ނަކީލްއަށްވެސް ބޭއިހްތިޔާރުގައި ހިނިތުންވެވުނެވެ.

ހަފްތާއެއްގެ ތެރޭގައި މާޔާއާއި ނަކީލްގެ ކައިވެނި ކުރެވިގެންދިޔައީ ވަރަށްވެސް އާދައިގެ ގޮތަކަށެވެ.ހާލަތާއި ވަގުތާއި ގުޅޭގޮތުންނެވެ.މާޔާއާއި ނަކީލްގެ ކައިވެނި ކުރެވުނީ ހެދުނުގެ ވަގުތެއްގައި ކަމުން އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ނަކީލް ކޮރެއާދިއުމަށް ޓިކެޓްނެނގިއެވެ. މަންމައާއި ވަކިން ދުރަށް ދާންޖެހޭތީ މާޔާ ދެރަވިއެވެ. އެެހެންނަމަވެސް އާރިފާގެ ހިތްވަރުދިނުމުގެ ބަސްތަކުން މާޔާ ހިތްހަމަޖެއްސޭތޯ މަސައްކަތްކުރިއެވެ. މަންމާއި ސަލާންކުރުމަށް ފަހު ނަތީޤް އުރައިގެން ހުރެ މާޔާގޮސް ކާރަށް އެރިއިރު ނަކީލް ކާރުގައި އިނެވެ. މާޔާއާއި ނަކީލްގެ ދެމެދަށް ވެރިވެފައިވަނީ ބުނެދޭންނޭނގޭ ފަދަ ހަމަހިމޭންކަމެކެވެ.

ކާރުތެރޭގައި ގުގުމާފައިވަނީ ނަކީލްއާއި ނަތީޤްގެ ސަކަރާތްޖެހުމުގެ އަޑެވެ. އާމާހައުލަކަށް އާދެވުމުން މާޔާ ހީކުރި ގޮތާއި ހިލާފަށް ނަތީޤް ހުންނަނީ މަޖާވެފައެވެ. ނަކީލް އާއި ދޭތެރޭ އެހާމަދު ދުވަސްކޮޅެއްގެ ތެރޭގައި އުފެދިފައިވާ ގާތްގުޅުންފެނި މާޔާ އުފާވިއެވެ.

މާޔާ ނަކީލްގެފަހަތުން ގޮސް މަޑުކޮށްލިއެވެ.އޭރުވެސް މާޔާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. މާލެއިން ފުރި ފަހުންވެސް ނަކީލް މާޔާއަކަށް އެހާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ހުރިހާވެސް ވަގުތެއް ހޭދަކުރަނީ ނަތީޤް ހިތްހަމަ ޖެއްސުމުގައެވެ.ނަތީޤް އުރާލައިގެން އެއްއަތުން ރަގަބީލްއަށް ދެތިންފަހަރަކު ފިއްތާލިއެވެ.

މެލީސާ ކިޔަންއިން މެގަޒިން ބޭއްވުމަށްފަހު ދޮރު ހުޅުވަން ހިނގައިގަތީ ގޭގައި މަސައްކަތްކަތްކުރާ މީހުންގެ ހަބަރެއް ނުވުމުންނެވެ.އޭރު ޖެނީވެސް  ބަދިގެއިން ނިކުމެގެން އައިސް ސޯފާގައި އިށީނެވެ.މެލީސާ ދޮރު ހުޅުވާލިއިރު ކުރިމަތީ ނަކީލް ހުރިތަން ފެނުމުން އުފާވިއެވެ. އެހެނަސް މެލީސާގެ މޫނު ބަނަވެގެން ދިޔައީ ނަކީލް އުރާލައިގެން ހުރި ކުޑަ ކުއްޖާ އާއި ކައިރީގައި ހުރ މާޔާ ފެނުމުންމެވެ.މެލީސާގެ ސުވާލަކަށް ބެލުމެއްނެތި ނަކީލް އަނެއް އަތުން މާޔާގެ އަތުގައި ހިފައިގެން އެތެރެއަށްވަނެވެ. މާޔާ ހުރީ މެލީސާ ރުޅިއައިސްފައި ހުރިވަރު އެނގުމުން ޖެހިލުންވެފައެވެ. ނަކީލް ކައިރީ ގައި ހުރި އަންހެން ކުއްޖާ ފެނުމުން ޖެނީގެ ފައިދަށުން ބިންގަނޑު ކެހިގެން ދިޔަ ކަހަލައެވެ.

” ތީ ކޮންކަމެއް ނަކީލް…؟ ” މެލީސާއެއްކޭ ނުބުނެވިގެން އުޅެނިކޮށް ސިޑިން ފައިބަމުން އައި ނިހާލް ބުނެލިއެވެ. މެލީސާ އެކޭ އެއްގޮތަށް ނިހާލްވެސް ހުރީ ހިތްހަމަ ނުޖެހިފައެވެ.

” ތިކަންތައް ކުރަން ދޯ އެކޮޅުގައި މަޑުކުރީ..” ނިހާލް އައިސް ނަކީލް އާއި އަރާހަމަކުރަމުން ބުނެލިއިރު އެ އަޑު ކުރިއަށްވުރެ ބާރުވިއެވެ. ނަތީޤް ބިރުން ނަކީލްގެ ގައިގައި ބައްދައިގަތެވެ. ދުވަހަކުވެސް މީހަކު ބާރަށް ވާހަކަ ދެއްކި އަޑެއް އިވިފައި ނުވުމާއި އެކުވެސް އެކުޑަ ހިތުގައި ވނީ ބިރުވެރިކަން އުފެދިފައެވެ. ނަކީލް ނިހާލްގެ ވާހަކަތަކަށް އެހާ ބޮޑު ސަމާލުކަމެއް ނުދީ ނަތީޤް ހިތްހަމަޖައްސައިދެވޭތޯ ބެލިއެވެ. މާޔާ ހުރިން ބިރުން ހަދަންވީ ގޮތެއްވެސް ނޭނގިފައެވެ.

” ނަކީލް … ބަލަ ކާކާތަ ވާހަކަ މިދައްކަނީ… މި ކިޔާ އެއްޗެއް އަޑެއް ނީވޭތަ…” ނިހާލްގެ ރުޅިގަނޑު ހައްތަހާވެސް ވީ ގަދައެވެ.

” ބައްޕާ ޕްލީޒް…މަޑުން ވާހަކަ ދައްކަބަލަ… ނަތިއްކޮ ބިރުގަނެޔޭ އެބަ…” ރޮވެން ކައިރިވެފައި އިން ނަތީޤް މާޔާގެ އަތަށް ދެމުން ނަކީލް ބުނެލިއެވެ

” މަޑުން ދައްކާވާހަކައެއް އިވޭތަ އަޑު.. ތީ ކޮންކަމެއްހޭ މިއަހަނީ…” މެލީސާ ކައިރީހުރުންވީ ނަސީބަކަށެވެ.

” މޯމް…ޑޭޑް… މިއީ ނަތީޤް.. އަހަރެންގެ ދަރިފުޅު…” ނަކީލްގެ ވާހަކައިން އެންމެންނަށް ވެސް ޝޮކެއް ލިބުނުކަހަލައެވެ. މެލީސާއާއި ނިހާލްވެސް ގަނޑުވިކަހަލައެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުން ނަތީޤް އެއްފަހަރު ނަތީޤްއަށް އަނެއް ފަހަރު ނަކީލަށް މެލީސާއަށް ބަލައިލެވުނެވެ. ނަތީޤް ހީވަނީ ހަމަ ނަކީލްގެ ކުޑައިރުގެ ތަސްވީރެއް ހެންނެވެ. އެއްވެސް ތަފާތެއް ނެތެވެ. މާމަ ދަރިފުޅު ފެނި މެލީސާގެ ހިތް ލޯބިން ފުރުނެވެ. މާޔާގެ އަތުގައި އިން ނަކީލް އުރާލާއި  ނަތީޤްގެ ނިތުގައި ބޮސްދިނެވެ. ނިހާލްއަށް ވެސް އެވަރެވެ. އެތައްފަހަރަކު މިއީ ދަރިފުޅުގެ މާމަ އާއި ކާފަ ކަން ބުނެދެމުން ގެންދިޔަ މަންޒަރު ބަލަން މާޔާއަށް ހުރެވުނީ ފެންކަޅިވެފައެވެ.

ނީހާލް ޖަޒުބާތުގައި ޖެހިގެން ދިޔަ ކަމުގައި ވިޔަސް ޖެނީގެ މަތިން ހަދާން ވުމުން ފަހަތް ބަލައިލިއެވެ. އޭރު ޖެނީގެ ލޮލަށް ޖަމާވެފައިހުރި ކަރުނަތަށް ފެނުމުން ނިހާލް ޖެނީ ގެ އަތުގައި ހިފައި ގެނެސް ނަކީލްގެ ކުރިމައްޗަށް ގެންދިޔައެވެ.

” ނަތީޤް މިތަނަށް ގެނައީތީ ބައްޕަ އުފާކުރަން… އެކަމަކު މީ ކީއްކުރާ އަންހެނެއްތަ މިތާ… މީނަގެ ބޭނުމެއް  ނެތެއްނު …” ނިހާލް މާޔާއަށް އިށާރާތްކުރަމުން ބުނެލިއެވެ. މާޔާގެ ހިތުގެ ހިނގުން ހުއްޓުނުކަހަލައެވެ. މިތަނުން މާޔާ ބޭރުކޮށްފިއްޔާ މުޅި އުމުރަށްވެސް ނަތީޤް އާއި ދުރުކޮށްފާނެއެވެ. މާޔާ ހިތް ބިރުގަންނަން ފެށިއެވެ.ކުށްވެރިއަކު ފަދައިން އިސްޖަހަލައިގެން ހުރި އިރު މާޔާ ދެއަތް ދެއަތާ މޮޑެމުން ދިޔައެވެ.

” ނޯ ޑޭޑް… އެއީ އަހަރެންގެ ދަރިފުޅުގެ މަންމަ… ނަތީޤްގެ މަންމަ… އެ މަޤާމް އެހެންމީހަކަށް ނުދެވޭނެ… ޝީ ނީޑް ޓު ބީ ހެއަރ..” ނަކީލް ބައްފައަށް ވިސްނައިދޭ ފަދަ ގޮތަކަށް ބުނެލިއެވެ.

” އެންމެ ރަގަޅު…އެކަމަކު ދެވަނަ ފަހަރަށް މިގެއަށް ތިގެނައީ މިގޭގެ އުފާތަށް އަނެއްކާވެސް ފޭރޭނެ މީހަކު ނުވީމަތަ… ނަކީލް ވިސްނާލަބަ… ޖެނީ މިހުރީނު ނަތީޤް ބަލަން…ދެން ކޮބާ އޭނަގެ ވަކި ބޭނުމަކީ..” ނިހާލްގެ ހިޔާލު ވަރަށް ތަފާތެވެ. ކޮންމެގޮތަކުންވެސް މާޔާ ނަކީލްގެ ހަޔާތުން  ދުރުކުރުމަށް ދެމަފިރިން ކިތަންމެ ހާވެސް ބޭނުމެވެ.

” މީ އަހަރެންގެ އެންމެ ފަހުގެ ނިންމުން… އަހަރެންގެ ދަރިއަކަށް ދޮންމައްމައެއް ހޯދައިދޭކަށް ބޭނުމެއް ނޫން… މާޔާ ހުއްޓާ ނަތީޤްގެ މަންމައަކަށް ވުމުގެ ހައްޤު އެހެން އެއްވެސް މީހަކަށް ދޭކަށް ބޭނުމެއް ނޫން…” ނަކީލް މާޔާއަށް ބެލުމަށް ފަހު ސާބިތުކަމާއި އެކީ ބުނެލިއެވެ. މާޔާގެ ތެޅިތެޅިއޮތް ހިތަށް ހަމަޖެހުމެއް ލިބުނު ކަަހަލައެވެ.

” ނަކީލް ބޭނުން ވިޔަސް ނުވިޔަސް ނަތީޤްއަށް ދޮންމަންމައެއް ހޯދަ ދީފަ ތިހރީ…” ނިހާލްގެ ޖުމްލައިން މާޔާގެ ހިތުގައި އެތަށް ސުވާލެއް އުފެދުނެވެ. ނަކީލް އަށް ބަލާލީީ ސުުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.

ނަކީލް އެހެން މީހަކާއި އިނީ ހެއްޔެވެ.؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

މިލަހަނދުވަރު (3)

Next

ފޮހެވޭނޭ ބާއޭ… 12

Next
December 5, 2015

ފޮހެވޭނޭ ބާއޭ… 12

Previews
December 5, 2015

މިލަހަނދުވަރު (3)

9 Comments!

  1. mixu says:
    December 5, 2015 at 6:27 pm

    Wow. Very touching. Plx avahah up koh dhehchey

  2. Kamana says:
    December 5, 2015 at 6:28 pm

    Varah obii. Love it ??

  3. maash says:
    December 5, 2015 at 6:33 pm

    Varah reethi story! But too short! Next part dhigukoh genesdhehchey plz

  4. sam says:
    December 5, 2015 at 7:23 pm

    Sam emme salhi eh vaahaka mi.. thankolheh avahah genesdhechey.. varah balan mi vaahaka upload veytho.. story hama salhi ♡♥

  5. nihaa says:
    December 5, 2015 at 8:48 pm

    V reethi whn nxt part……:-)

  6. Aisha says:
    December 6, 2015 at 8:42 pm

    Vaahaka varareethi next part avaha up kola deyne kaman heekuran

  7. Zaanaa says:
    December 8, 2015 at 8:55 pm

    Khon erakun anehbai up kuranee haada lahay

  8. Zaanaa says:
    December 14, 2015 at 9:54 pm

    Writer keekuranee story up nukoh

  9. writer says:
    December 15, 2015 at 5:40 pm

    All readers…. midhuwas varaky final exam dhuwas varu kamun stroy ge kuriyah oi baitha upload kohla dheyny test thah nimunyma.. that is after december 30 … very sorry for inconvenience..

Comments are closed.

Next Episodeދުރުގައިވިޔަސް… ( 7 ވަނަ ބައި )←


All Right Reserved!