ފަންވަރު 05
ހިދުކޮޅަކަށް ފަހު އަޑުގެ މައްޗަށް އޭނާ ބާރު ފޯރުވަމުން ބުނެއެވެ.މުސްކުޅިޔާ އެވެ.ފިކުރު ބޮޑު ނުކުރޭ ށެވެ މާތްރަސްކަލާންގެ ރުައްސެވިއްޔާ މީނާ ވަރަށް އަވަހަށް ރަގަޅު ވެދާނެއެވެ.މައަށް ވަރެ ދަށަށް ގޮސްފައި ތިބި މީހުން ރަގަޅުވާތަން ވެސް އަހަރެން ދުށީމެވެ.އުންމީދު ކަޑާލާންވީ އެއްވެސް ސަބަބެއް ނުފެނެއެވެ. މާތްކަލާންގެ ރަޙްމަތުން ފަހަރެއްގައި ވެސް އެދުން ކަޑާކަށް ނުވާނެއެވެ.މުސްކުޅިޔާ:-(ކަރަނުތައް ފޮހެމުން)އެކަމަކު ކަލޭ މިއޮއް ފަދަ ނުރައްކަލުގެ ތެރެއަށް ތިޔަ ވެއްޓި ގަތީ ކީއްރަން ހެއްޔެވެ.ކަލޭގެ ހަނދެއް ފަދަ މޫނު އަންގައިދެނީ ތިޔައީ ކޮންމެވެސް މާތް ޚާންދާނެއްގެ އައްޔެއް ކަމެވެ . އަހަރެންގެ ބަސް އަހާށެވެ.މިސުންޕާ ރަށް ދޫކޮށްފައި އަވަހަށް ހިގައިދާށެވެ.މިތާގައި އެއްމެ މިނެޓެއްގެ އިރުވެސް ކަލޭ ހުރުމަކީ އެކެށީގެންވާ ކަމެއް ނޫނެވެ ދާށެ ދާށެ އަހަރެންގެ ބަސް އަހާށެވެ.މިތަނުން އަވަހަށް ހިގައިދާށެވެ.އަންވަރު :-ނޫނެކެވެ.ދައިތާއެވެ.ކޮންމެއަކަސް މިހުރީ އާދެވިފައެވެ.ދެން އަހަރެން ހުއްޓަދޭށެވެ.އަހަރެންވެސް ކަލޭގެ ކިޝްވަރު ސުލްތާނާ ގެ ހާލު ބަލާނީއެވެ.އެކަކަށް ވުރެ ދޭއް ރަގަޅު ވާނެއެވެ.މުސްކުޅިއާ :-ނޫނެކެވެ. ދަރިފުޅާއެވެ.ކަލޭގެ ދެފައިގައި ހިގައި ބުނަމެވެ.މިތާ އެއްގޮތަކަށް ވެސް ނުހުރެ އަވަހަށް ދާށެވެ.މަރުގެ އަގައާ ޚަވާލުވާނީ ކާކު ކޮން އިރަކުން ކަމެއް ނޭގެއެވެ.
މުޅި ރަށުގައި އަގަހުޅުވައިގެން އެއޮށް ދުވަނީއެވެ. އެކަމަކުވެސް ބަނޑެއް ބޮޑެއް ނުވެއެވެ. އަންވަރު:-ތިޔަހެން ވިއްޔާ ކަލޭ ހަދާނެ ގޮތެއް ނިކަން ބުނެބަލާށެވެ.މިތާގަައި އިންނާނީ ހެއްޔެވެ؟ މުސްކުޅިޔާ :- އާއެކެވެ.މިނަސީބެއް ނެތް އިންސާނާ އަށް ދިރިހުރެ ވަކި ކުރާނީ ކީއްހެއްޔެވެ ؟އެންމެންވެސް ކޮންމެވެސް ދުވަހަކުން މަރުވާނެއެވެ.ވީއިރު އަހަރެންގެ ކިޝްވަރަށް ޓަކައި ޖާނު ދުއްވާލިއަސް ދިރިއުޅުން ބޭކާރުވީ ކަމަކަށް އަހަރެން ނުދެކޭ ނަމެވެ.އެކަމަކު އެއްވެސް ކަމަކާއި ނުލައި ކަލޭގެ ފުރާނަ ބިރުވެރި ކަމުގެ ތެރެއަށް ވައްދަންވީ ކިއްކުރަން ހެއްޔެވެ؟އަންވަރު :-ތިޔަބުނަނީވާ ތެދެކެވެ. ނަމަވެސް ކަލޭ އަންހެނަކު ކަމުގައިވާ ހާލު ތިޔަ ފަދަ ހިތްވަރަކާއި ހަމްދަރްދީ އެއް ދައްކާއިރު އަހަރެން ފިރިހެނަކަށްވެ މަރަށް ފިލަން ދުވާނީ ކިހިނަކުން ހެއްޔެވެ؟ އެންމެ ރަގަޅެވެ.ދެން ދިގުވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ.މީނާއަށް އަވަހަށް ބޭސް ދެމާހިގާށެވެ.މުސްކުޅިޔާ އަށް ޖެހުނީ މަޖްބޫރު ވެގެން ނަމަވެސް ވާހަކަ ހުއްޓާލުމަށެވެ.އަދި ބޭސް ދޭންވީ ގޮތް ލިއެފައިވާ ކުރުދާސްގަދު އަންވަރު އަތަށް ދީފިއެވެ. އަންވަރު ކިޝްވަރު ސުލްތާނާ މަޑުމަޑުން ނަގާ އެނާގެެ ބޯ އަންވަރުގެ ކޮޑު ގައި ޖައްސާ ބެންދުމަށް ފަހު. ބޭސް ދީފާ އެނެއްކާވެސް ބާއްވައިފިއެވެ. އަދި ކޯލާވަޓަރުން ތުނި ފޮތި ކޮޅެއް ތެންމައިގެން ނިއްކުރީގައި އަޅަން ފަށައިފިއެވެ މުޅި ރޭގަޑު ހަތަރު ދަން ވަންދެން ގެއްލިފައި އޮތުމަށް ފަހު އިރުގެ އަލިކަން އޭގެ ދޯދިތައް ސިއްރު ސިއްރުން އެކޮޓަރީގެ ތެރެއަށް ފޮނުވިއިރުވެސް އަންވަރު އިނީ ކިޝްވަރު ސުލްތާނާ ގެ މިލާފައިވާ މޫނާ ދިމާއަށް ކަޅި ހުއްޓާލައިގެން ނެވެ.އުއްމީދާއި ހިތާމަ އެކުލެވިފައިވާ ހާލެއްގައެވެ. ކިޝްވަރުތޯއެވެ.ކުރިއެކޭ ވެސް އެއްފަދައިން ހޭނެތިފާ ގޮތަށް އެބައޮތެވެ.
ބާބު2 މިސްޓަރ ރަޙީމް ބާއި .
ކުރީގެ ހާދިސާތައް ހިގިރޭގެ ފަހު ދުވަހެވެ. ބޫމްބާގެ ވަރަށް ވެސް ވަރުގަދަ އިމާރާތެއްގެ ބޮޑު ކޮޓަރިއެއްގެ ތެރޭގައި މިސްޓަރ ރަޙީމް ބާއި (ކިޝްވަރު ސުލްތާނާގެ ބޮޑުބޭބެ އަދި އޭނާގެ މޫދާ ތަކުގެ ހަވާލުދާރު) ވަރަށް ވެސް ޒަމާނީ ހެދުމެއް ލައިގެން އެނާގެ ސިއްރުވެރި ރަޙްމަތްތެރި ޝީރާޒީ އާއި ވަހަކަ ދައްކަން އިނެވެ.ބޮޑުސުއްޓާއެއްގެ އޮލަ ދުންގަޑު ކޮޓަރި ދުއްވަސް ދުއްވައެވެ.އަދި އެނާގެ ހިނިތުންވުމުން ބުމްބާގެ ޖައްވުގެ ޒީނަތްތެރިކަން އިތުރު ކުރެވޭތޯ ގަދަ މަސައްކަތް ކުރޭމެވެ. މިސްޓަރ ރަޙީމް ބާއިގެ އުމުރަކީ ގާތްގަޑަކަށް ފާންސާސް ފަހެއްހާ ވަރެވެ.އޭނާގެ ކުލަ ރީދުލުވެ . އިސްކޮޅު މެދުމިނެވެ.ހެޔޮ ވަރަށް ވުރެ ފަލައެވެ.ކޭލް ބޯއްޓެއްހެން ހުރި ބޮލުގައިވާ އިސްތަށިތައް އެންމެ ވައްތަރީ އޫރުގެ އިސްތައްޓާއެވެ.ވަރަށް އޮލަކޮށް އަންޒޯރާކްރިމް އުގުޅާލައިގެން ވެސް އިސްތަށިތައް ވަނީ ކިޔަމަން ނުވެފައެވެ.ނިއްކުރި ނުތަނަވަހެއެވެ.ފަުފިފައިވާ ދެލޮލެކެވެ.ނޭފަތް ތޯއެވެ؟އެފަދަ އަޖައިބެއް ދުނިޔޭގެ ވަރަށް ދަުރަށް ދަތުރު ކުރިޔަސް ފެނުމަކީ ނާދިރު ކަމެކެވެ. ހީވާނީ ވަރުގަދަ މުޅާގޮޑިއެއްގެ ދެލޯވަޅު ތޮރުފާފައި އޭނާގެ މޫނުމަތީގައި ތަތްކޮށްފައި ހުރިހެންނެވެ.
ދެލޮލުގެ މައްސަލައޭތޯއެވެ؟މާތްރަސްކަލާން ގެ ދުނިޔޭގައިވާ ފުރާނަ ހުރި ކޮންމެ އެއްޗަކަށް ދެލޯ ދެއްވި ކަމުގައިވި އަސް މިސްޓަރ ރަޙީމް ބާއި އަށް ލިބިފައިވަނީ އެންމެ ލޮލެކެވެ.އެލި ބުނު ލޮލުގެ ވެސް ފެނުމުގެ ބާރު ވަނީ ވަރަށް ކޮޑަކޮށެވެ.އެކަމަކު ލޯ އެނާއަށް ދެއްވުމުގައި ގުދުރަތް ވީ ދަހިވެތިކަމުގެ ބަދަލު ފަރިހަމަ ކޮންދެއްވާފައިވަނީ އަގައިގެ ބޮޑުކަމުންނާއި ދަތްތަކުގެ ދިގު ކަމުންނެވެ. ޝައްކެއްވެސް ނެތެވެ.ވިޔާފާރިގައި ޙީލަތާއި މަކަރު ހެދުމުގެ ފަންނުގައި އޭނާއަކީ މުޅި ބޫމްބާ އަސް އެއްވަނަ އެެވެ .އެކަަމަކު އެކަންތައް ފިޔަވައި އޭނާއާއި އެހެނިހެން ޢިލްމް ތަކާއި ހުރިތިމާގެ ކަމަކީ ރަގަޅު ހިމާރަކާއި ބުއްދިއާއި ހުރި ތިމާގެ ކަމެވެ .ދަންވަންތޯއެވެ؟ރަޙީމް ބާއިގެ ދަތް ތަކާއި ހުރި ފަރަގަކީ އެތުގެ ދަތުގެ ހުދުކަމެވެ.ރަޙީމް ބާއިގެ ދަތް ތައް ވަނީ ވައްތަރެއްގެ ފެއްސެއް ޖެހުމާއި އެކު ރީދު ވަފައެވެ .އަދި އޭނާގެ އަގަހުޅުވާލުމުން އެފެތުރިގަންނަ ވަހެއް އެނެކަކަށް އަސަރުކޮށްފިނަމަ ހަމަކަށަވަރުން ބޭރަށް ހިންގުން ނުޖެހިއެއް ނުހުންނާނެއެވެ.މިަފަދަ ފުރިހަމަ ސިފަ ތަކެއްގެ ވެރި ރަޙީމް ބާއި ގެ ޒީނަތްތެރި ކަން ވަކިން އިތުރު ކޮށްްދެނީ އޭނާގެ އެހަރަ ތުބުޅުއެކެވެ.އެއީ ހަމަ ނޫރްޢަލީނޫރް އެވެ. މިސްޓަރ ރަޙީމް ބާއިގެ އިޢްތިޤާދުގައި އޭނާގެ ތިބުޅިއަކީ ވަރަށް ޒަމާނީ ފެޝަންގެ ފަރަންސޭސި ގޮތަކަށް ކޮށާފައިވަ ތުބުޅިއެކެވެ.އެކަމަ ކު އާއްމު ނަޒަރުގައި އަދި އެމީހުން ހީކުރާ ގޮތުގައި ވީގޮތަކީ ރަޙީމް ބާއި އެއްދުވަހަކު ބަޑުފައި ގަނެގެން ދިރިދިރި އިން ކުކުޅެއް ކާލީއެވެ.ނާސީބު ދިމާކުރި ގޮތަކުން އޭގެ ފިދުފަތް ރަޙީމް ބާއި ގެ އަގައިގެ ބޭރުގައި ހަރުލައްޖެވެ. އިސްވެދިޔަ ސިފަ ތަކުގެ ވެރިޔާގެ ތިން އަބީން ވަނީ މަރުވެ ގޮސްފައެވެ.އޭގެ ސަބަބަކީ އެއްވެސް އޮޅުމެއް ނެތި ރަޙީމް ބާއި ގެ ފިތުރަތުގަވާ އަނިޔާވެރިކަމާއި ކަމީނާ ކަމެވެ.އެބޭކަބަލުން ނިޔައުވުމަށް ފަހު ހަމަ އެކަނި މުސްކުޅި އާދަ ކާދަ ނިޔާކުރާތި އެހެން ކާވަންޏެއް ކޮށްފިއެވެ.މިފަހަރު އިން ކުއްޖާ ގެ އުމުރަކީ 15 އަހަރެވެ.ސިފަ އާއި އަޚްލާޤު ވެސް ރަގަޅު ކުއްޖެއްމެއެވެ.އެކުއްޖެއްގެ މައިންބަފައިން ޙިޔާލު ކުރީހަމަ އެކަނި ރަޙީމް ބާއި ގުނަމުން ގެންދާ ފައިސާ ތަކަށެވެ.އެހެން ޢިބާރާތަކުން ދަންނަވާނަމަ’އެމުސްކުޅި ބޭގަޑުގެ ސިފައަކަށް އަޚްލާގަކަށް އުމުރަކަށް ބެލުމެއް ނެތި އެބާމީހުންގެ ތަޢްލީމް ޔާފަތު އުފާ މިޒާހެއްގެ ދަރިފުޅު ދޯޔޯ އަކަށް ގުރުބާން ކުރި ކަހަލައެވެ.އެނަސީބެއް ނެތް އެންހެން ކުއްޖަާ ރަޙީމް ބާއި އާއި ރައްޓެހިވެފައިވަނީ ކަތިލަން ދަމާ ބެދެފައި އޮތް ބަކަރިއެއް ކަތިލާ މީހާ އާއި ރައްޓެހިވާނެ ވަރެށެވެ. ނުވަތަ މީދަލެއް ބޮޑު ބުޅަލަކާއި ރައްޓެހިވާނެ ވަރެށެވެ.މައިންބަފައިން ތިބީ އުފަލުންނެވެ ދަރިފުޅު ފައިސާވެރިއަކާ ދެވުނު ކަމަށް ޓަކައެވެ. އަންހެންކުއްޖާގެ ދެލޮލުން ކަރުނަ ނުހިކިއެވެ.
ދިރިދުނީޔޭގައި އިންދާ ނަރަކައިގެ ރަހަ ފެންނަ ކަމަށް ޓަކައެވެ. އަސްވެ ދިޔަ ތަޢާރަފަށް ފަހު ރަޙީމް ބާއި އާއި މިސްޓަރ ޝީރާޒީ އާއި ދެމެދުގައި ދެކެވަމުންދާ ވާހަކަ އަހާލިއަސް ރަޙީމް ބާއި ގެ ސިފައަކަށް ވުރެ އުފާވެރިކަން ކުޑައެއް ނުވާނެވެ.ޝީރާޒީ އާއި މުޚާތަބްކޮށް ރަޙީމް ބާއި ބުނެއެވެ.ރަޙްމަތްތެރި ޔާއެވެ . ނިކަން ބުނެބަލާށެވެ.މިހަދާލި އުކުޅު ކޮން ކަހަލައެއްހޭ؟ހަރުފަ ވާނި މަރެވެ.ލަަޓިގަޑު އޮންނާނީހަމަ އޮތް ގޮތަށެވެ.”ޝީރާޒީ:- ޝައްކެއް ނެތެވެ.އޭނާ މަރުވުމަށް ފަހު އެއޮތްމުދާ ތަކުގެ މުޅި ވެރިއަކަށްވާނީ ކަލެއެވެ.ސައިދެހެރެވެ.ތިޔަކަހަލަ ނަސީބު ރަގަޅު މީހުން ދުނިޔޭގައި ވަރަށްވެސް މަދުވާނެއެވެ.
ރަޙީމް ބާއި:-(ތުބުޅީގައި އަތް އުގުޅާލުމަށް ފަހު ) އިހަށް ނިކަން މަރުވިޔަދީބަލާށެވެ. އޭރުން ބުނި ވަރަކަށް ސައި ދީފަނަމެވެ.އަންހެނުންނަކީ ފަސޭހައަކުން މަރުވާ ބައެއްވެސް ނޫނެވެ . އަހަރެން އެންމެ ފިކުރު ބޮޑުވަނީ އެނާ މަރުނުވެދާނެތިއެވެ.ޝީރާޒީ :-(ހީގެންފައި ) ތިޔަބުނީ ރަގަޅޫ ވާހަކައެކެވެ.އެންހެންގެ ފުރާނަ ތިޔަހާ ވަރުގަދަ ނޫން ކަމުގެ ހެއްކަކީ ވިދިވިދިގެން ކަލޭގެ އެތައް އަބިންނެއް މަރުވެއްޖެއެވެ.ކަލޭ އަދިވެސް ތިޔަހުރީ ހެޔޮ ޚާލުގައެވެ.ބުނެބަލާށެވެ. ފަހުން އިން ކުއްޖާ މިގެއަށް އަންނާނީ ކީހާތާކު ހެއްޔެވެ.ރާޙީމް ބާއި:-ގިނަ ދުވަހެއް ނުވެ އަތުވެދާނެއެވެ.މިހާރުވީ އޭނާގެ ގޭގައެވެ.މަށަ ށް ފިކުރު ބޮޑުވެފައިވަނީ ކިޝްވަރުގެ ޙާލާއި މެދުގައެވެ . އޭނާ މަރުއްޖެ ކަމުގެ ޙަބަރު ނުލިބިގެންނެވެ. ޝީރާޒީ:-(ސަމާސާ އަށް ) ފިކުރު ބޮޑުވާންވީ ކިއްވެގެން ހެއްޔެވެ.އެފަދަ ރީތި ކޮއްކޮ އެހާ ނުރައްކާތެރި ބައްޔެއްގައި އޮތް ހިދު ފިކުރު ބޮޑުވާނޭ ކަން ކަށަވަރެވެ.އާދަ ކާދަކާދައިގެ ގޮތުން ބޮޑު ބޭބެ އިންނަށް ހަރުފައޭ ކީޔާތި ވެސް އަހަރެން ވަނީ އަހާފައެވެ.ނުވަތަ ހަރުފަ އަށް ބޮޑުބޭބެގެ ނަމުން ނަންދެވިފައިވަނީ ކަންވެސް ނޭގެއެވެ . ރަޙީމް ބާއި:-ގަދަ އަޑުން ހީގެންފައި ‘ކަލެއަކީ ފަރިސީ އެއް ކަމުގައި ވީނަމަވެސް ސަމާސާ ވެސް ވެރިއަކީ މުތާއެވެ.މިހާތަނަށް ވާހަކަ ދިޔަތަނާ ގެގޭ ނޯކަރުކު ރިހީން ހަދާފައިވާ ކުޑަކުޑަ ތައްޓެއް ގައި ތެލިގިރާފެއް ބާއްވައިގެން އަތުވެއްޖެއެވެ. ރަޙީމް ބާއި ތުރުތުރު އަޅައަޅާ ހުރި އިގިލި ތަކަކުން މެސެޖް ކަޑާލުމަށްފަ ހު އިވޭ ވަރަށް މެސެޖް ކިޔާލައިފިއެވެ.އޭގައި ވަނީ ޚާލުވަރަށް ވެސް ބޮޑެވެ. ގަދަވޭނެ ކަމުގެ އުއްމީދެއް ނެތެވެ . މިފައިންނެވެ.ރަޙީމް ބާއީ ބުނެއެވެ.މާތްކަލާގެ ކުޅަދުންވަންތަ ކަމެވެ.ހަމަ އެ ޚަބަރެވެ.ހަމަ އެޚަބަރެވެ. އަހާ އަހާ ފޫހިވެއްޖެއެވެ.ގަދަވާނެ ކަމުގަ އުއްމީދެއް ނެތެވެ މިހެން އަންގާއިރު މިހާތަނަށް އެބުޅާގަޑު މަރުނެވެ އޮންނަނީ ކިހެނަކު ން ހެއްޔެވެ.ޝީރާޒީ:-(ހީލާފައި ) އުއްމީދު ކަޑާނުލާށެވެ.ލަހުން އަންނަ ކޮންމެ ކަމެއް ރަގަޅު ވާނެއެވެ.ދެން މިހާރު އަހަރެން ދަނީއެވެ.މާދަމާއަކު އަނެއް ދަުވަހަކު ކަލެއަށް މުބާރަކްބާދް ދިނުމުގެ ދަޑިވަޅު އަތުދާނެ ކަމަށް އުއްމީދު ކުރަމެވެ.ކަލޭގެ ނަސީބާމެދު އެހެން މީހުން ވެސް ދަހިވެތިވާހާވެއެވެ. އެފަދަ ބޮޑު މުދާ ގަޑެއްގެ ވެރިއަކަށް ވެދާނުއެވެ.މޮޓަރު ކުންފުނީގެ ނުލާހިކު ބޮޑު ދެކުންފުންޏެވެ.ނުލާހިކު ބޮޑެތި އަދި މިޒަމާނުގެ ބާވިހަކަށް ގެއެވެ.އަދި ނަޤުދުން ފުރިހަމަ ފަރަނަ ލައްކަ ރުފިޔާއެވެ.ބިމުގެ ގޮތުން ބަލާއިރު ކުދި ކުދި ދިހަ ބާރަ ރަށެވެ.މަދު އެތިކޮޅެއް ހެއްޔެވެ
.ޝީރާޒީ:-ތިޔައީވާ ތެދެކެވެ. އިބްރާހީމް އެފަދަ ކުއްލި ގޮތެއްގައި މަރުނުވިނަމަ އަހަރެންނަކީ ވަރަށް ވެސް ބޮޑު ނަސީބުވެރިއަކަށް ވީހެވެ އެކަމަކު އޭނާ މަރުވުމުން ދުނިޔެއިން އަހަރެން ވަނީ އެދުން ކެޑިފައެވެ.ޝީރާޒީ :ـ އެކަން އެހެން ހިގުމުގައި ވެސް ގުދުރަތުގެ ކޮންމެވެސް މަޞްލަހަތެއް ވާނެއެވެ.ރަޙީމްބާައި :-ތިޔައިވާ ތެދެކެވެ.އެކަމަކު އެލާދެއް ނެތުމުން މުދަލުގަގެވެސް މަޖަލެއް ނެތެވެ. ޝީރާޒީ :-މާޔޫސްވަނީ ކީއްވެގެން ހެއްޔެވެ.ކަލޭގެ ޒުވާން އައު އަބިމީހާ އެތަން ފޫބައްދައިދީފާނެއެވެ.ރަހީމްބާއި :- (މާނޭވައްލާފައި ) އެކަމަކު އިބްރާހިމް ކަހަލަ ކުއްޖަކު ލިބޭނީ ކޮންތާކުން ހެއްޔެވެ .އެއީވާ މައްސަލައެކެވެ. މިހެން ބުނެފައި ބޮޑު ކޯމަހެއް ހެން ރަޙީމް ބާއި އެނެއް މާނޭވާލައިފިއެވެ.އަދި އޭނާގެ ދެއަތުން ބޮލުގައި ހިފަހައްޓައިގެން އިންއިރު އެނާގެ އެކަނިވެރި ލޮލުން ކަރުނަތައް އޮހޮރެއެވެ.ގުދުރަތް ތެރި ކަމަކިވެސް އަޖައިބެއް ކަހަލަ ކަމެކެވެ.ފެންނަ ފެނުމުގައި ދިމާ އިދިކޮޅު ދެއެއްޗެއް އެކުވެގެން ވެސް ފިތުރަތުގެ ބާރުތައް ފައުޅުވެދެއެވެ. ފަރުބަދައިގެ ހިލަ ތަކުގެ މެދުން ފެންކޯރުތައް ނިކުންނަ ފަދައިން ހަރުކަށި ގަދަފަދަ ހިތް ތަކުގެ ވެރިންގެ ލޮލުން ކުރުނައެވެ.މުދައުވެރި ކަންތޯއެވެ.މީހުންގެ ފުރާނަތައް އެއަށްޓަކައި ޤުރުބާންކުރާ މުދައުވެރި ކަން ގިނަ ފަހަރަށް ވެފައިވަނީ އެމީހުންގެ އަރާމު ދެނެވި އެއްޗަކަށް ނޫނެވެ.އަދި ކީއްތޯއެވެ ފައިސާވެރި ކަމާއި ހިތްހަމަ ޖެހުމާއިހަމަ އެކަނި އެއް މާނައެއްގައިވާ ދެލަފްޒް ކަމަށް ނުވަނީއަކީ ނޫނެވެ.
ގިނަފަހަރަށް އެކަތި އެނެކަތީގެ އިދިކޮޅު ކަމުގައި ވެސް ވަނީ އެވެ.ފުރިހަމަ ގުދުރަތް ތެރިކަމުގެ ތިލަފަތުގެ ދޮކޮޅު އެއްވަރު ކުރެއްވުން ހުރިހާ ފަރާތްތަކަށްމެ ދަނީ އިންސާފު ކުރަމުންނެވެ.ފައިސާވެރިންނާއި ފަގީރުން’ދޮންމީހުން ނާއި ‘ކަޅުމީހުން’މުސްކުޅިންނާއި ‘ޒުވާނުން ‘ރީތި މީހުންނާއި ހުތުރު މީހުން އެއްގޮތަކުން ނޫނީވިއްޔާ އެނެއް ގޮތަކުން ހަމަހަމަ ކުރަމުންނެވެ .ކާލާންގެ ކުޅަދުންވަންތަވެރި ކަމުގެ މައްޗަށް ފަުރިހަމަ އަށް ވިސްނާ ވަޑައިގެން ބައްލަވާށެވެ އެއްވެސް އުނިކަމެއް އެއްވެސް ބޭއިންސާފެއް އަދި ކިތަންމެ ކުޑަވިއަސް އައިބެއް ދަުވަހަކުވެސް އުނިކަމަކީ އަޅުގަޑުމެން ގެ ވިސްނުމާއި ބެލުމުގެ ހުރި އުނިކަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

