ފަންވަރު 04
އިރާދަ ކުއްރެއްވިޔާ ވަރަށް އަވަހަށް ރަގަޅު ވެދާނެއެވެ.އަންވަރުގެ ދުލުން މިބަސް ބޭރު ކުރި ކުމުގައި ވިއަސް މީރީތި ބައްތި ވަރަށް އަވަހަށް ނިވިދާނެ ކަމުގެ ޙިޔާލު އޭނާގެ ހިތަށް ވަނީ ހަރަހަރައެވެ.މިފަދަ ނުރައްކާތެރި ބައްޔަކުން އަދި އެފަދަ ހާލަކަށް ގޮސްފައިވާ މީހަކު ސަލާމަތް ވުމަކީ މުސްތަޙިލު ކަމެވެ.
(މިކޮޓަރީގައި ދިއްލާފައިވާ ބައްތި ބަލާލުމަށްފަހު) އަންވަރުގެ ހިތަށް އަރައެވެ . މި ބައްތި މޮގޮތަށް ދިއްލިފައި ހުރުން އެއީ އެދިއްލި އަދި ކޮންމެވެސް އެހެން މީހަކު ވެސް ވާނެ ކަމުގެ ދަލީލެކެވެ. މިހެނީ އެފަދަ ހާލުގައި އޮވެގެން ބަލިވެ އޮތް ކުއްޖާ އަށް މިކަންތައްތައް ނުކުރުވެނެ ކަން ޔަގީނެވެ. ވިއިރު މީގޭގައި މިއަންހެން ކުއްޖާ ފިޔަވައި އަދި ކޮންމެވެސް އެހެން މީހަކު ވެސް ވާން ވާނެއެވެ.މިޙިޔާހުލު ހަމަ އައުމާއި އެކު އޭނާ ޓޯޗު ހިފައިގެން މުޅި ގޭތެރެ އަލިކޮށް ހޯދަފިއިއެވެ. ނަމަވެސް އެކަކުވެސް ނުފެނުނެވެ .މިވާގޮތަކާއި މެދު އޭނާ ވަކިން ބޮޑަށް ޙައިރާން ވެއްޖެއެވެ .ކޮންމެވެސް މީހަކު ވާނެއެވެ . ނޫންނަމަ ބައްތި ދިއްލޭނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު އެމީހަކުވެސް މިނިކަމެތި ކުއްޖާ ދޫކޮށް ފައި ފިލީކަން ނޭގެއެވެ. އެމީހެއްގެ ހިތްވަރުވެސް އިންސާނީ ހަމްދަރްދީ އާއި އަތުގުގުޅާލުމަށް ތަން ނުދިނީކަން ނޭގެއެވެ. އަންވަރު އެނެއްކާވެސް އެދުގެ ކައިރިއަށް އައިސް އެތާހުރި ސަރަންފީ ގޮޑިއެއްގައި އިށީދެއްޖެއެވެ.އަދި ދެން ކުރައްވީ ކަމަކާއި މެދު ވިސްނާން ފަށައިފިއެވެ.
މިފިކުރުގެ ތެރެއަށް އޭނާ ފެތިފައި އިންދަ ކޮންމެވެސް މީހެއްގެ ހިގުމުގެ އަޑު މީނާ އަށް އިވިއްޖެއެވެ ކުއްލިއަކަށް އިސް އުފުލާ ބަލާލިއިރު އެއް އަތުން ޓުކުރި އެއް އެނެއް އަތުން ފުޅި އެއް ހިފައިގެން އަންނަ މުސްކުޅި އަންހެނަކު ގޭގެ ބޮޑު ކޮޓަރި ތެރެއިން އަންނަ ތަން އަންވަރަށް ފެނިއްޖެއެވެެ. އެމީހަކު އަޅާފައި ހުރި ހެދުމުން އޭއީ ނޯކަރެއް ކަން އެގެއެވެ. އެމުސްކުޅިއާ އޭނާގެ ޙީޔާލާތު ގެ ތެރެއަށް ގެއްލިފައިވާ ވަރީ އަންވަރު އޭނާއަށް ފެނުނީ މިކޮޓަރި އަށް އައިސް ވަނުމުންނެވެ.ހަމަ ފެނުމާއި އެކު ސިހިގެން ގޮސްފައި ދެފިޔަވަޅެއް ފަހަތަށް ސޮއްސައިލަފިއެވެ.އެވަގުތު ކުއްލިއަކަށް އަންވަރު ތެދުވެ އެނާގެ އޯގާވެރި އަދި ރީތި އަޑުން ބުންޏެވެ މުސްކުޅިޔާއެވެ ބިރު ނުގަންނާށެވެ. އަހަންނަކީ ހިލޭ މީހެއްމެއެވެ. އެކަމަކު ކަލެއަކަށް ވެސް އެހެން މީހަކަށް ވެސް ގެއްލުމެއް ދޭކަށް އައި މީހަކީމެއް ނޫނެވެ.މުސްކުޅިޔާ :-އެކަމަކު ކަލެއކީ ކާކުހެއްޔެވެ ؟މިތަނަން އައީވެސް ކިހިނަކުން ހެއެޔެވެ؟ އަންވަރު:-އަހަރެން މޮޓަރުގައި ބުމްބާ އަށް ދަނިކޮށް މޮޓަރު ހަލާކުވީއެވެ ދެން މުގު މައްޗަށް އެދޫކޮށްލާފައި އިބްރާހިމް ގެ ހޯދަމަށް މީހާތަނަށް އައީއެވެ.
މުސްކުޅިޔާ :-(ޙައިރާން ވެފައި ) އިބްރާހީމް އޭ ހެއްޔެވެ. އަންވަރު:-އާއެކެވެ. އިބްރާހީމް އެވެ. މިއީ އިބްރާހީމް ގެ އެއެއް ނޫން ހެއްޔެވެ؟މުސްކުޅިޔާ :-ނޫނެކެވެ.އެކަމަކު އިބްރާހީމް މަރުވެއްޖެއެވެ.އަންވަރި:-(ނުލާހިކު ބޮޑަށްް ޙައިރާން ވެފައި) މަރުއްވެއްޖެއޭ ހެއްޔެވެ؟އިބްރާހިމް މުރުވީ ހެއްޔެވެ ؟ ކޮން އިރަކު ކީއްވެގެން ކިހިނެކުން ހެއްޔެވެ؟ މުސްކުޅިޔާ:- މަރުވީ އިހަށް ދުވަހު އެވެ. ތާޢޫންގެ ސަބަބުންނެވެ. އޭނާ މަރުވުމަށް ފަހު (އެންހެން ކުއްޖާ އާ ދިމާއަށް އިޝާރާތް ކޮށްލިއެވެ)ކިޝްވަރު ސުލްތާނާ އޮށޯވެއްޖެއެވެ.އިބްރާހިމްގެ ބައްޕަ ކިޝްވަރުގެ ބޮޑުބޭބެ ގަތް ބިރުން މީނާ އަހުރެންނާއި ޙަވާލު ކޮށްފައި ބޮމްބާ އަށް ހިގައްޖެއެވެ.:-އަންވަރު މިފަދަ ނިކަމެތި ހާލަކަށް އޭނާގެ ކޮއްކޮ ގޮސްފައި ވަނިކޮށް ދެވެ ފިލައިގެން ދިޔައީ ހެއްޔެވެ.؟އެއީ ކިހެނަކުން އެކެށީގެންވާ ކަމެއް ހެއްޔެވެ؟ މުސްކުޅިޔާ:- ތިޔަ ގޮތެއް މަށަކަށް ނޭގެއެވެ.އެކަމަކު އެގެނީ ވީ އެހެން ކަމެވެ.އަންވަރަު :-އިބްރާހިމް ވެސް އެފަދަ ޅަ އުމުރުގައި މަރުވިތާއެވެ. ހިތާމަ ހުއްޓެވެ . މުސްކުޅިއެއް ޒުވާނެއް ރަގަޅު މީހެއް ނުލަފާ މީހެއް މަރެއް ވަތްކެއް ނުކުރެއެވެ.މިހެން ބުނެފައި އަންވަރު ކުރިންވެސް އިށީދެ އިން ގޮޑީގައި އިށީދެއްޖެއެވެ. އަދި ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިއްޖެއެވެ.މުސްކުޅިޔާ:- މީނާގެ ހާލު ކިހިނެއް ހެއްޔެވެ ؟(ސިހިގެން ގޮސްފައި )ކުރިއެކޭ ވެެސް ހަމަ އެއްގޮތެވެ. އަދި ބުނެބަލާށެވެ. ކަލޭ ތިޔަ އަންނަނީ ކޮން ތާކުން ހެއްޔެވެ؟ މުސްކުޅިޔާ:- އަހަރެން ދިޔައީ މީނާގެ ބޭސް ބަލާއެވެ.ބަލިމީހުންތައް ބަލަން ޑަކްޓަރ ގޮސް އުޅެފާ އައީވެސް ވަރަށް ލަހުންނެވެ.އެއާއި އެކު ބޭސް ބަލާ ގޮސް އޮތް މީސްތަކުންގެ ގިނަ ކަމުން ވެސް އެހާކަންބޮޑުވިއެވެ . އަހަރެންގެ ހިތް އޮތީ ތެޅިތެޅިމެއެވެ އެކަމަކު ބޭސް ހިފައިގެން ނޫނީ އައުމުގައި ވެސް އޮތީ ކޮން ފައިދާއެއް ހެއްޔެވެ.އަންވަރު:-މުސްކުޅިޔާއެވެ.ކަލެއަކީ މިތަންގަޑުގެ މީހެއް ހެނެއް ހީއެއް ނުވެއެވެ . ކަލޭގެ އަސްލު ރަށަކީ ކޮބައިހެއްޔެވެ ؟މުސްކުޅިޔާ :-ދަރިފުޅާއެވެ. އަހަންނަކީ ލަކަނޫގެ އަހުލުވެރިއަކީމެވެ. ކޮންމެވެސް ޒަމާނެއްގައި އުފާވެރި ދުނިޔެއެއް ވެސް ދުށް މީހަކީން މެއެވެ.އެކަމަކު އެންމެ ރަގަޅެވެ.މާތް ކާލާންގެ ކިބައަށް ޝުކުރު ހުއްޓެވެ އަދު މިއިން ހާލު ކަލޭ ތިޔަ ދެކުނީއެވެ.ޒަމާން ވެސް ހާދަހާ ކުލަ ތަކެއް ދައްކައެވެ .
.އަހަރެން ފުރަތަމަ އައީ ކިޝްވަރު ސުލްތާނާ އަށް ކިރު ދިނުމަށް ޓަކައެވެ.އެއި ގޮތަށް މިބައިމީހުންގެ ތޭރެގައި އިދެވުނީއެވެ.މިއަހެންކުއްޖާ ދެކެ އަހަރެންގެ ފުރާނަ އަށް ވެރެ ވެސް ބޮޑަށް އަހަރެން ލޯބިވެއެވެ.އަންވަރު:-ޝައްކެއްވެސް ނެތެވެ.ކެލެއަކި ވަރަށް ވަފާތެރި އަންހެނަކީމުއެވެ.މިފަދަ ނުރައްކަލަކާއި ތިޔަ ގޮތަށް ކުޅެލުމަކީ ފަސޭހަ ކަމެއް ނޫނެވެ .ކަލޭ ތިޔަ ކުރާ ޤުރުބާނީ ގެ ހެޔޮ ޖަޒާ މާތްރަސްކަލާންގެ ދެއްވާށިއެވެ.އަންވަރު މިހެން ބުނުމުން އެދައިތަ ރޯން ފަށައިފިއެވެ. އަދި ބެނެއެވެ.އަހަރެން ކީއްކުރަން ހެއްޔެވެ؟އަހަރެންގެ ފުރާނަ ގޮސްގެންނަމަވެސް މިދަރިފުޅު ސަލާމަތް ވެއްޖިއްޔާ ވަރިހަމައެވެ.ކިޝްވަރަށް ޓަކައި އުފަލުން އަހަރެން ނުއުފުލާނެ އެއްވެސް އުދަގުލެއް ދުނިޔެއަކު ނެތެވެ އޭމާތް ރަސްކަލާކޯއެވެ.ހިތާމައިގައިވާ އެންމެންގެ އަޑުތައް އައްސަވާ ރަސްކާލާކޯއެވެ.އަޅުގަޑުގެ ދަރިފުޅަށް ޝިފާ ދެއްވާށެވެ. މިހެން ބުނެފައި އެދައިތަ ގިސްލާލަފައި ރޯ ފަށައިފިއެވެ.އަންވަރުވެސް ފެންކަޅި ވެއްޖެއެވެ .
5 ވަނަ ބަޔަ|ށް އިންތިޒާރު ކޮއްލައްވާ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Mi part ves v reethi masha Allah
Curiously waiting for next part
When next
in shaa allah v soon