ހުދު ކުލައިގެ އެބޮޑު ވެޑިންގ ޑްރެސް ލާފައި ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން ލުބައިނާ ދެލޯ ބޮޑުވިއެވެ. ޓާރްކިޝް އެބޮޑު ވެޑިންގ ޑްރެސްގައި ލުބައިނާ ވައްތަރީ ރާނީ އަކަށެވެ. މޭމައްޗާއި ދިމާލުގައި ރީތި ގޮތަކަށް އެސްތައް ހަރުކުރެވިފައި ހުރި އިރު ހެދުމުގެ ފަސްބައިގައި ލޭސްފޮތިންވަނީ ފިނިފެންމާތަކެއް ހަދާފައެވެ.
“ކަމުދޭތަ؟” ޒަވްޔާ އެއްސެވެ. ލުބައިނާ ބޯޖަހާލިއެވެ. އަދި ޑްރެސިންގ ޓޭބަލް މަތީގައި އޮތް ފޮތާ ގަލަމާއި ނަގާ އެއްޗެއް ލިޔެފައި ޒަވްޔާއަށް ދައްކާލިއެވެ.
“ހެދުން ވަރަށް ވަރަށް ކަމުދޭ. ޝުކުރިއްޔާ..” ލުބައިނާ ލިޔެފައި އިނެވެ. “ޔޫއާރ ވެލްކަމް. ދަރިފުޅަށް ހަމަ ރީތިކޮއް މަންމައަށް ވާހަކަ ދެއްކޭނެ. މަންމަ ސައިން ލެންގުއޭޖް ކޯހެއް ހެދިން 6 މަސް ކުރިން” ޒަވްޔާ މިފަހަރު ބުނެލީ އިޝާރާތުންނެެވެ. ލުބައިނާއަށް ހިނިތުންވެވުނެވެ.
ކުރިއަށް އައި ހަފްތާވެގެން ދިޔައީ ދެއާއިލާއަށް އައި ވަރަށް ބިޒީ ދުވަސްކޮޅަކަށެވެ. ދެއާއިލާގެ ގުޅުންވެސް މަޑުމަޑުން ދިޔައީ ވަރުގަދަ ވަމުންނެވެ. ނަމަވެސް ލުބައިނާ އަދި ޒެވިއާރް އެންމެ ފަހަރަކުވެސް ވާހަކައެއް ދައްކާފައެއްނެތެވެ.
ހެނދުނު ހޭލައިގެން ޒެވިއާރް ތެދުވެގެން ވަނީ ބަދިގެއަށެވެ. ހައިވެފައި ހުރިވަރުން ޒެވިއާރް ނުކުތީވެސް ނިދަން ލާކުޑަ ސޯޓު ކޮޅާއި އެކުއެވެ. ދެލޯކަހަމުން ބަދިގެއަށް ވައިން ޒެވިއާރް ސިހުނީ މީހެއްގައިގައި ވިދުމުންނެވެ. އެއީ ހަމަ މީހެއްބާއޭ ޒެވިއާރް ހިތައް އެރިއެވެ. އެއްވެސް އަޑެއް ނީވުމުންނެވެ. ޒެވިއާރް ލޯހުޅުވާލި އިރު ކުރިމަތީގައި ހުރި ލުބައިނާ ހުރީ ލަދުން ވިރިވިރިއެވެ. އެކަން ފޮރުވަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ލުބައިނާގެ ދެކޮލަށް ދިޔައީ ޖަންބު ކުލަ ވެރިވަމުންނެވެ. ވާނިވެސް އެހެންނޫންހެއްޔެވެ؟ ޒެވިއާރް ގެ ދޮން ހަށިގަނޑު ހާމައަށް އޮތް އިރު ބަނޑުގައިވީ ގޮޅިތަކުން މާފުރިހަމަކަމަށް ދައްކައެވެ.
“ވައި ޔޫ ޕާރްވާރްޓް!” ޒެވިއާރް ގެއަޑާއި އެކު ލުބައިނާއަށް ހަމަ ބިމައް އާދެވުނެވެ. ލަދުގައި ވަރުން ތިރީ ތުންފަތުގައި ދަތް އަޅާލަމުން އަތުގެ ހަރަކާތާއި އެކު “ސޮރީ” އޭބުނެލިއެވެ. ބުނިއެއްޗެއް ޒެވިއާރްއަށް ފަހުމް ނުވިނަމަވެސް ލުބައިނާ ތިރީ ތުންފަތުގައި ދަތް އަޅާލިގޮތުން ޒެވިއާރްއަށް ހިނިތުންވެލެވުނެވެ. މައުސޫމްކަމުގެ ނަމޫނާއެކެވެ. ލުބައިނާ ހުރީ ލަދުންކަން އެނގުމުން އޭނާ ބޮޑަށް ލަދު ގަންނުވާލަން ބޭނުންވިއެވެ.
ސިއްރު ސިއްރުން ދެފަރާތް ބަލައިލާފައި ލުބައިނާގެ އުނަގަނޑުގައި ހިފާ ފާރުގައި ތަތްކޮއްލިއެވެ. އެކަހަލަ ކަމަކަށް އިންތިޒާރު ނުކޮއް ހުރި ލުބައިނާ ދިޔައީ ސިއްސައިގެންނެވެ. “ލުބައިނާ ރައިޓް؟” ޒެވިއާރް އެއްސެވެ. ލުބައިނާ ބޯޖަހާލިއެވެ. “ލުބާ ވަރަށް ލޯބި.. އައި އޯލްމޯސްޓް ވޯންޓު އީޓް ޔޫ” މިފަހަރު ޒެވިއާރް ބުނީ ސްޕެއިން އިންނެވެ. “ތެންކް ޔޫ.. އެކަމަކު އައިމް ނޮޓް ފުޑް” ލުބައިނާ އިޝާރާތުން ބުނެލިއެވެ. “އެކްސްކިޔުޒް މީ އައި ޑޯންޓް ނޯ ސައިން ލެންގުއޭޖް” މިފަހަރު ޒެވިއާރް ބުނީ އިނގިރޭސިންނެވެ. “އެންޑް އެކްސްކިޔުޒް މީ އައި ޑޯންޓް ނޯ ސްޕެއިން” ލުބައިނާ ހަރަކާތް ކޮއްލިއެވެ. ނަމަވެސް ޒެވިއާރް ބުނީ ކީކޭކަން ލުބައިނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ލުބައިނާއަކީ ސްޕެނިޝް ފިލްމުތަކާއި ސީރީޒްތައް ބަލަމުން ބޮޑުވި ކުއްޖެކެވެ. ވާހަކަ ދެއްކުނު އިރު ލުބައިނާ ވަރަށް ރީތިކޮއް ވާހަކަ ދެއްކި ބަހެކެވެ. ލުބައިނާ ބުނި އެއްޗެއް ނޭނގުމުން ޒެވިއާރް ހުރީ ސުވާލު މާރްކްއެއްގައެވެ. އެވަގުތު ލުބައިނާގެ ތުންފަތައް ހިނިތުންވުމެއް ވެރިވިއެވެ. ލުއި ގޮތަކަށް ހީލި އިރުވެސް އެއްވެސް އަޑެއް ނުނިކުތުމުން ޒެވިއާރްގެ ލޯލިތައް ކޮޅަށް ޖެހުނެވެ. މިކުއްޖާގެ އަޑު ހަމަ މިދުނިޔެއިން ނުނިކުންނާނެބާއެވެ؟ އެހެން ހިތައް އަރާފައި ޒެވިއާރްގެ ހިތުގެ ކަނެއްގައި ރިއްސާލިއެވެ.
ޒެވިއާރްގެ ދެތައް ތިރިކޮއްލުމުން ލުބައިނާ ހިނގައިގަތީ އެތަނުން ނުކުތުމަށެވެ. “އަމް.. ސައި ހަދައިދީބަ.. ވަރަށް ބަނޑުގައި..” ޒެވިއާރް ބުނެލިއެވެ. ލުބައިނާ އެނބުރިފައި ބޯޖަހާލާފައި ޒެވިއާރްއަށް ސައިހަދައިދިނެވެ.
“ތިދަނީތަ؟” ސައިހަދައިދީފައި ލުބައިނާ ނުކުންނަން އުޅުމުން ޒެވިއާރް ގޮވާލިއެވެ. ޒެވިއާރްގެ މޫނަށް ބަލާލާފައި ލުބައިނާ ލަސްލަހުން ބޯޖަހާލިއެވެ. “ސައިބޮއެފިންތަ؟” ޒެވިއާރް އެއްސެވެ. ލުބައިނާ ދެފަރާތައް ބޯހޫރުވާލިއެވެ. “ދެން އަންނަގަ އަހަރެންނާއި އެކު ސައިބޯން؟ އަހަރެން ވަރަށް ފޫހިވާނެ އެކަނި އިނދެ ސައިބޯން..” ޒެވިއާރް ބުންޏެވެ. ލުބައިނާ ލަސް ހިނގުމެއްގައި ހިނގާލާފައި ގޮސް ކުޑަ ތައްޓަކަށް ކިރު ޕެކެޓެއް ކަނޑާލާފައި އަޅާލިއެވެ. އެތަށި ހިފައިގެން އަހިސް ޒެވިއާރް ކުރިމަތީގައި އިށީންދެފައި އިނގިލިތަކާ ކުޅެން ފެށިއެވެ. އޭނަ މިތާގަ އިނަސް ޒެވިއާރް ފޫހި ފިލާނީ ކިހިނެތް ބާއޭ ހިތައް އެރިއެވެ. ކައިވެނި ކުރަން މަދު ގަޑިއިރަކަށް ވެފައި އޮތް ނަމަވެސް ވާހަކަ ދެމީހުނަށް ވާހަކަ ދެއްކޭނެ ގޮތެއްވެސް ނެތްތާއެވެ.
“ދެން ތިކިރު ތަށި ފިނިކަން ކެނޑެންދެން އިންނަނީތަ ތިހެން؟” ޒެވިއާރް ބުނެލިއެވެ. ލުބައިނާ ތުން ފިއްތާލާފައި ތަށީގައި ދެއަތުން ހިފާފައި ތުން ޖަހާ ބޯލިއެވެ. ޒެވިއާރްއަށް ހިނިތުން ވެވުނީ ލުބައިނާގެ ހުރި މައުސޫމްކަން ފެނިފައެވެ.
މެންދުރުގެ ހޫނުގަދަ ވަގުތެވެ. ލުބާން ސުކޫލު ނިންމާފައި އަހިސް ފުރަތަމަވެސް ދުއްވައިގަތީ ލުބައިނާ ހޯދުމަށެވެ. ހީވާގޮތުން ނަމަ ވަރަށް އުފާވެރި ޙަބަރެއް ދޭންށެވެ. “ދޮންތީ.. އައި ހޭވް ގުޑް ނިއުސް” އެނދުމަތީގައި ލެޕްޓޮޕު ހިފައިގެން އިން ލުބައިނާ ގާތު އިށީންނަމުން ލުބާން އިޝާރާތް ކޮއްލިއެވެ. ލުބައިނާ ލެޕްޓޮޕު ބައިންދާފައި ހަމަ ޖެހިލީ ލުބާންގެ ވާހަކަ އަޑުއެހުމަށެވެ.
“ދޮންތީ.. ގެސް ވަޓް؟ އައި ހޭވް އަ ގާލްފްރެންޑް” ލުބާން އިޝާރާތް ކޮއްލިއެވެ. ލުބައިނާއަށް ހިނިތުންވެވުނެވެ. ކޮއްކޮގެ މޫނުމަތީގައި ހުރި އުފާވެރިކަން ފެނިފައެވެ. “އަސްލުތަ؟ ކޮންކުއްޖެއް؟” ލުބައިނާ ޝައުގުވެރިވެފައި އިޝާރާތް ކޮއްލިއެވެ. “ހާރ ނޭމް އިސް އަލަކާ. ލުބާން އާއި އެއް ކްލާސް ކުއްޖެއް އެއީ” ލުބާން ބުނެލިއެވެ.
“އެހެންތަ؟ ދޮންތި ވަރަށް ހެޕީ ވެއްޖެ. ދެކުދިން ބަސް އަހައިގެން އުޅެއްޗޭ. ދެން ހަނދާން ބަހައްޓާތި އިނގޭ މިއީ ތިކުދިންގެ ފަހު އަހަރު. ރައްޓެހި ވެގެން އުޅުނަސްވެސް ވާނެ އިނގޭ ބަސް އަހައިގެން ދެކުދިންވެސް ކިޔަވަން” ލުބައިނާ އިޝާރާތް ކޮއްލިއެވެ. ލުބާން ސެލިއުޓް ކޮއްލާފައި “ޔެސް ބޮސް” އޭ ބުނެލިއެވެ.
ފަތިހުގެ ވަގުތެވެ. ނިދިފައި އޮތް ލުބައިނާއަށް ހޭލެވުނީ ފަތިސް ނަމާދުގެ މޫރިތި ކަލިމަތަކުގެ އަޑަށެވެ. ލުބައިނާ ދެލޯ ކަހާލާފައި ތެދުވެ އިށީނެވެ. ފުން ނޭވާއެއް ދޫކޮއްލެވުނެވެ. މިއަދަކީ އޭނާގެ ކައިވެނީގެ ދުވަހެވެ. އެއްވެސް ވަރަކަށް ނުދަންނަ މީހަކާއި ކައިވެނި ކުރެވޭ ދުވަހެވެ. ލުބައިނާ އަވަސްކޮއްލީ ފަތިސް ނަމާދު ކުރުމަށެވެ. ނަމާދުކޮއް ހެއްދެވި ފަރާތައް ދުޢާ ދެންނެވިއެވެ. ހިތުގައިވީ ނުތަނަވަސް ކަން ހިނދުކޮޅަކަށް ނަމަވެސް ފިލައިދިޔަ އިހުސާސް ލުބައިނާއަށް ކުރެވުނީ ނަމާދަށް ފަހުއެވެ.
ނަމާދު ކޮއްގެން ލުބައިނާ ގެއިން ނުކުތެވެ. އޭރު ލުބައިނާގެ އެންމެ ގާތް އެކުވެރިން ކަމުގައިވާ ނިމްރާއާއި ކަޔާން ހުއްޓެވެ. “ސޮރީ އިނގޭ ތަންކޮޅެއް ލަސްވީމަ” ލުބައިނާ އިޝާރާތް ކޮއްލިއެވެ. “އެ އޯކޭ ވާނެ. ހަމަ ގަޑިއަށް ތިއާދެވުނީ. މި ނިމްރާ ގަނޑު މަހެނދުނު ސަޔައް ކައިނުލަނީސް ހަމަ ތިއާދެވުނީ” ކަޔާން ނިމްރާ ނިތުގައި ފުއްޓަކި ޖަހާލަމުން ބުނެލިއެވެ. “އައްޗީޑީ. ރީއްޗެއްނުން ބުނެލި ވާހަކަ. ހީވަނީ މިއީދެން މާ މާތް މީހެއްހެން. އަދިވެސް ގައިމު ހީވަނީ ދަތްނޫނގުޅާ ހުރިހެން. ޖަހާ ވައްތަރު ހަހަ” ނިމްރާވެސް ކަޔާންއަށް ދަށް ނުވާން ވެގެން ބުނެލިއެވެ. “ހޫމް އެއްކަލަ ދެމީހުން ފެށީދޯ؟ ޔޫ ގާއިޒް އާރ މޭޑް ފޯރ އީޗް އަދާރ ހަމަ އަސްލުވެސް ހަހަ” ލުބައިނާ އިޝާރާތް ކޮއްލިއެވެ. “މީ އެންޑް ދިސް ހަންޑި؟ ޔަކް!! އައި ވުޑް ރެދާރ ބީ ސިންގަލް ފޯރ ދި ރެސްޓް އޮފް މައި ލައިފް” ދެމީހުނަށް ބުނެވުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ. ލުބައިނާ ދެފަރާތައް ބޯހޫރުވާލާފައި ހިނގައިގަތީ މިމީހުންގެ ޒުވާބު މާ ހޫނުވެދާނެތީއެވެެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.







mi part ves v reethi masha allah
curiously waiting for next part
keep it up
lubaa and zev varah gulhey
they both are made for each other
congrats to lubaan
i appreciate your hard work
when next
your my fav author
love you shihaa
Hehe jazaakallah khairan🥹🫶🏻
In sha allah on tuesday
Lyt
Vrh reethi mi part ves when next
Shiherr haalu kihineh vrh busy dhuvaskolheh ekm ves
Time eh v ma hama mi kiyaali
Btw cant wait for next
Keep it up
Love you 😘
Jazaakallah khairan❤️
Alhamdhulihllah wbu?
Yes fr shiher ves vrhh busy these days 😵💫😵💫😵💫
Happy to hear that🥰
Stay tuned for tuesday
Lyt
Maashaa Allah mi part vx varah varah reethi….
Awwwwn… xavier rulhieii naadheh dhw lubaina dheke eii….
Very curious….
Can’t wait for next
Whn next???
Jazaakallah khairan
Hehe yess he dose not hate her
In sha allah on tuesday stay tuned
Aaaghh….
Maasha allah mi part ves vrh vrh vrh reeethi
I’m gonna die out of curiosity
Can’t wait…
Been really busy but hama shiherr ge story eh nukiyaa dhuvas complete ehnuvey
Btw reading ur stories ease my stress
Really luv ur storiesssss
Lysm tc❤️
Jazaakallah khairan😭❤️
Vrh happy vey ishu ge support abadhu ves libeythee🥰
Lyt and tc
Aww Xavier haadha romantic ey dho
Varah cute
When next?
Hehe ya
In sha allah on tuesday
Hey shiherr, I love your work even though I don’t comment much. Mi episode vara reethi and you left me curious again.. But hama varah reethi. Shihaa ge hurihaa vaahaka ehves keen, and I would say Mi website in ves enme reethi vaahaka liyaa eh liyuntheriyaa thee. Kuree vaahaka thakuga comment nukuriyas, daily koh kiyan
Mi episode reethi, but I feel like kudakoh kuru meethi. I’m not sure ehen episode thah ves mihaa kuru heneh, but curious koh ninmaalaathee kanneynge kuruhen heevanee.
Either way, luv ur work, and meege fahun kiyaa konme faharaku vx comment kuraanan. Thee varah ithubaaru hifey liyuntheri eh. Soo, curiously waiting for the next part. When will you upload? ^_^💜
Hey Oreo gurll
Awww vrhhh happy vejje mi comment kiyaalaaafa🥹🫶🏻
600-700 words liyan abadhuves
In sha allah tuesday ga kiyaaleveyne❤️
Yeyy!!!
My thought was a reality
Xavier likes luba💗💗
And lubaan got a gf👏👏
This story is far too interesting
Love you shierr✨✨✨
When next??
Hihihi jazaakallah khairan
In sha allah on tuesday
Lyt
Wowww. Xavier and lubinaa😍. I love this story🥰. Cant wait for next part. When next shihaa?
Jazaakallah khairan❤️
Wowww. Xavier and lubainaa😍. I love this story🥰. Cant wait for next part. When next shihaa?
In sha allah on tuesday
Shiher Vrh Hama neh Mi website ge Enmme best Shiher ga vaahaka eh noonee nukiyaane
awwww jazaakallah khairan Shiunii vrhh happy vejje mi comment kiyaalaafa 🙂
Thankolheh dhigu koh genesdheeba and U ge Intro eh dheebala
sorry i have not been able to bring dhigukoh lately because i have been very busy with collage and household stuff
i don’t share my personal info so publicly, if u wanna talk you can text me on Instagram or Facebook which you can find on my esfiya profile
okay xavier but i dont think thats something you say to a girl you just met also i wish i can learn as easily as lubaina by watching kdrama
hehe dhw? shiher vess hithah araa korean ehaa faseyha in dhass vaane nama ey vrhh masahkkaiy kuran eba hehe