Skip to content
އެސްފިޔަ

މަޖުބޫރުން ވެވުނު ލޯބި 5

ޕާޓީ ނިމުމުން ޢާއިލާ މީހުން އާއި އެއްކޮށް ކެއުމަށް ފަހު އަހަރެންނާނައި މިކިޔާލް ދިޔައީ އަހަރެމެންނަށް ޙާއްސަ ކުރެވިފައިވި އެޕާޓްމެންޓަށެވެ.”މިކް..ސުވާލެއް ކޮއްލަންތަ؟”އަހަރެން އަހާލުމާއެކު މިކިޔާލް ބޯޖަހާލިއެވެ. “މިކް ބުނީމެއްނު އެރޭ މިކް ގޮވައިގެން އައި ހުސޭނު ކިޔާ މީހާ އެއީ މިކްއާ އެއްވެސް ވަރަކަށް ގުޅުމެއް އޮންނަ މީހެއް ނޫނޭ..ދެން ކީއްވެ އެރޭ އެ މީހާ އާއި އެއްކޮށް ހުރީ؟” .އަހަރެން އެހެން އަހާލުމާއެކު މިކިޔާލް އަހަރެންނަށް ބަލާލަމުން ހިނިތުން ވެލިއެވެ. އަދި އަހަރެންގެ ގާތުގައި އެނދުގައި އިށީދެލަމުން ބުނެލިއެވެ. “އަހަރެން މިޝް އަކަށް ދޮގެއް ނަހަދަން..މިރޭ އަހަރެން ބޭނުން މިޝް އަށް ހުރިހާ ވާހަކައެއް ކިޔާދޭން.. މިޝް ހަނދާން އެބަހުރިތަ ގޭރޭޑް 5 ގައި އުޅުނު އިރު މިޝްމެންގެ ސްކޫލަށް ދިޔަ އާ ކުއްޖާ މަތިން ..” އަހަރެން ބޯޖަހާލީ އެދުވަސްތައް އަދިވެސް އަހަރެންގެ ހަނދާނުގައި ހުރީތީއެވެ. “މިޝް..އެއީ މިކް އޭރު މިކް އަށް ކިޔާނީ ރާއިޝް..މިކް އަށް މިޝް ފުރަތަމަ ފެނުނު ދުވަހުވެސް މިޝް އާ ގަޔާވެވުނު..އެކަމަކު ބިރުގަތް މިޝް ހީކޮށްފާނެ އެއްޗެއް ނޭގޭތީ..މިކް އެރަށުން ފުރައިގެން މެލޭޝިޔާއަށް ބަދަލުވީ މަންމަމެން ބުނެގެން އަދި މިޝް މަތިންވެސް ހަނދާން ނައްތާލެވޭތޯ..އެކަމަކު އެކަމެއް ނުކުރެވުނު…އެހެން ކުއްޖަކާ ރައްޓެހިވެސް ވީން …އޭނަ ދެކެ ލޯތްބެއް ނުވެވުނު..މިކް ގެ ނަން ބަދަލުކުރީ ދިމާވި ހިތާމަވރި ޙާދިސާއެއްގައި މިކްގެ މަންމަ މިކް އާއި އަލްވަދާޢު ކިޔުމުން…މިހާރު އެއީ ދޮންމަންމަ..އެކަމަކު އަމިއްލަ މަންމަ އެކޭ އެއްފަދަ…މި ރަށަށް އައުމުގެ އެންމެ ބޮނޑު މަޤްސަދަކީ އޭރު މިކް ރައްޓެހިވެގެން އުނުޅު ކުއްޖާ އާ ކައިވެނި ކުރުން …އެކަމަކު މިރަށަށް އައިތާ 3 ހަފްތާ ވީފަހުން އެނގުނީ އެ ކުއްޖާ ޗީޓް ކުރިކަން..އެކަމަކު ދެރައެއް ނުވި …ހަނދާން ވަނީ މިޝް މަތިން…އެރޭ އެއީ މިކް މިޝް މަތިން ހަނދާން ވާތީ ބީޗުގައި އިން ރެއެއް..އެމީހާއާއި ދިމާވީ އެތަނުން …އޭނަ ބުނީ ބީ ހަމަޖައްސާލަން ވަރަސް ސަޅި ގޮތް ގޮތް ހުންނާނެއޭ..އޭރަކުވެސް ނޭގެ އެކަހަލަ ކަމެއްގެ ވާހަކަ ކަމެއް އެދައްކަނީކީއެއް…އެކަން އެނގުނީ އެމީހާ އާއި އެކޮށް އެގެޔަށްވަދެ މިޝްގެ ދޮންމަންމަ އާއި ދެމީހުން ދެއްކިވާހަކައިން…އެރޭ މިޝްގެ ނަން ބުނި އިރު މިކް އަށް ހީވި ހީވުން ޔަގީންވި…އެކަމަކު އެހީވާނެ ގޮތެއް ނޭގިގެން ކައިވެނީގެ ވާހަކަ ބުނީ.. ވަރަށް ދެރަވި މިކް މިޝް ދެކެ ލޯބިވާއިރު މިޝް އަށް ރައްކާތެރިކަން ފޯރު ކޮށް ނުދެވުނީމަ…އެކަމް ދެން އެހެނެއް ނުވާނެ…މިޝް ދެކެ އެއަށް ވުރެއް ބޮޑަށް ލޯބިވޭ” މިކިޔާލްގެ ވާހަކަ ނިމުނު އިރުވަނޫ ރަނގަޅަށްވެސް ރޮވިފައެވެ.

“އިނގޭ މިޝް އަށް ޓައިމް ބޭނުން ވާނެކަން…މިޝް ބޭނުންވަރަކަށް ޓައިމް ނަގަންވީ…އަބަދުވެސް މިޝް އަށް ވެއިޓް ކުރާނަން”މިކިޔާލް އަނެއްކާވެސް އިތުރު ކޮށްލިއެވެ..”ނޫން ނޫން…އަހަރެން ދެން ޓައިމް ބޭނުމެއް ނޫން..މިހާރު ތިއީ އަހަރެން ހަލާލު ފިރިމީހާ  ފިރިމީހާ ބޭނުން ވާ ކަންކަން ކޮށްދިނުމަކީ އަނބިމީހާގެ ވާޖިބެއް ކަން މިޝް އަށް އިނގޭ..” އަހަރެން އެހެން ބުނީ މިކިޔާލް އަކީވެސް ސަލާމަތުން ހިއްސު ހުރި މީހެއްކަން އެގޭތީއެވެ.އަދި މިހެން އިނަކަސް ކަމެއް ނުވާނެކަން އެނގި އަހަރެން ބޭނުން ވީ މިކިޔާލް އަށް އ ފުރުސަތު ދޭށެވެ. އެކީގަ އުޅެންފެށީމަ ލޯބިވެވިދާނެކަން އަހަރެން ދަންނަމެވެ..

ދުވަސްތައް މާޒީއާ އެކުވެގެން ދެއެވެ.މިކިޔާލް އާއި އަހަރެން އުޅެމުން އައީ އުފާވެރި ދިރިއުޅުމެކެވެ. ނަމަވެސް އަހަރެން އަދިވެސް މިކިޔާލްގެ ކައިރީގައި ހާމަނުކޮށް އޮތް ވާހަކަ އެއް އެބައޮތެވެ. އަހަރެން ގަސްތު ކޮށްގެން ހުރީ މިރޭ 12 ޖަހާއިރު މިކިޔާލްގެ ކައިރީގައި އެވާހަކަ ބުނުމަށެވެ.އެއީ މަދަމާ އަކީ މިކިޔާލްގެ އުފަންދުވަހަށް ވުމުންނެވެ. މި ޙިޔާލު އައުމާއެކު އަވަސް އަވަހަށް ފިހާރައަށް ދިޔައީމެވެ. އަދި ގެޔަށް އައިސް އަހަރެންނާއި މިކިޔާލްގެ ކޮޓަރި މިރެއަށްޓަކައި ތައްޔާރު ކުރަން ފެށީމެވެ..

އެރޭ މިކިޔާލް އަށް ގެޔަށް އާދެވުނު އިރު 11:45 ވެއްޖެއެވެ.އެޕާޓްމެންޓުގައި ހުރި ނޫކުލައިގެ ބޮކި ދިއްލާފައިވުމުން އެނާ ހީކުރީ މިޝްޔާ ނިދީ ކަމަށެވެ. ނަމަވެސް ހައިރާންވީ ކޮޓަރިޔަށް ވަން ވަގުތުގައި ފެނުނު މަންޒަކުންނެވެ. މުޅި ކޮޓަރި ތެރޭގައި ހުދާއި ރަތުގެ ފުއްޕާހަން ތިބިއިރު ރަތް ކުލައިގެ ފިނިފެންމާ ފިޔަތަކުން އެނދު މަތީގައި ހިތެއްގެ ބައްޓަމަށް ކުރަހައި “ލަވް” މިހެން އަޅައިފައިވެއެވެ. ފާރުގައި ބޮޑު އަކުރުން “ހެޕީ ބާރތްޑޭ ޑެޑީ” ޖަހާފައި އިިނުމުން މިިކިޔާލް އަށް އަގަމަތީގައި އަތް އަޅާލެވުނެވެ. އެވަގުތު މިޝްޔާ ފަހަތުން އައިސް މިކިޔާލްގެ ގައިގާ ބައްދާލިއެވެ. އަދި “އައި ލަވް ޔޫ ޑެޑީ” އޭބުނެލިއެވެ. މިކިޔާލް އުފަލުން މިޝްޔާ ގެނެސް ގަޔާ ފިއްތާލިއިރު ހަމަ އެސިކުންތުގައި ދުރުކޮށްލީ މިޝްޔާ ބުނިއެއްޗެއް ޔަޤީން ނުވެގެން އުޅޭފަދަ އަކުންނެވެ..އެވަގުތު މިޝްޔާ އޭނާގެ އަތުގައި އޮތް ޓެސްޓް ކިޓް ދައްކާލީ އުފަލުން ކަރުނަ އަޅާހާލުގައެވެ.”އައި ލަވް ޔޫ ސޯސޯސޯ މަޗް”..މިކިޔާލް އެހެން ބުނެލުުމުުން މިޝްޔާވެ “އައި ލަވް ޔޫ މޯ “އޭ ބުނެލިއެވެ. އެކަކުއަނެކަކަށް އެތަކެއް އަހުދުތަކާއި ވައުދުތަކެއެއް ވިއެވެ. ދެމަފިރިން އެއްކޮށް ކޭކު ފަޅާލާ އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށްފަހު ފުން ނިންޖެއްގެ ތެރެއަށް ގެބިގެން ދިޔައިރު ދެ ހިތުގައިވެސް ޖަހަމުން ދިޔައީ އެއް ވިންދެކެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (14)

  1. cutie girl

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    alhey so happy for mish and mik congra
    they both are made for each other
    i appreciate your hard work
    love you sav

    1. Sav
      cutie girl

      Thank you cutie girl🫶
      Lysm

  2. Fathimath Saeedha

    Mi vaahaka vvvv kuru genesdheyleh ehenve vvv kadha dhebaheh bunelaairah onnaney nimifa miah vuredhigukoh genesdheynama kiyaameehun sauq verivaanetves

    1. Sav
      Fathimath Saeedha

      Thank you Fathimath saeedha🫶

  3. Fathimath Saeedha

    Mi vaahaka vvvv kuru genesdheyleh ehenve vvv kadha dhebaheh bunelaairah onnaney nimifa miah vuredhigukoh genesdheynama kiyaameehun sauq verivaanetves

  4. Fathimath Saeedha

    Mi vaahaka vvvv kuru genesdheyleh ehenve vvv kadha dhebaheh bunelaairah onnaney nimifa miah vuredhigukoh genesdheynama kiyaameehun sauq verivaanetves

  5. BABES

    wow loabi
    maashaaallah varah reethi
    but ebain mistake eh bahuge hamathakun, fuhppaahan othee not, sorry i forgot but still ethan kolhu ragahlu kohlahchey

    1. Sav
      BABES

      Thank you BABES🫶

  6. Your fav bab

    Varah reethi
    Lyyssssm

    1. Sav
      Your fav bab

      Thank you your fav bab 🫶
      Lym

  7. gurrrrl

    Vrh reethi hama
    Kn irakun next part?

    1. Sav
      gurrrrl

      Thank you gurrrrl🫶
      Insha allah vrh avahah up kohladheynan

  8. Shiunii

    Haadha kureyyy Thankolheh dhigu kohbala Plss kuru v ma kiyaa hitheh nuvey n whennn next part knmme ep Eh nimunyma next part up kuraane date bunedheeba Plss

  9. shujau

    kihineh mi vanee

Comments are closed.