ކަލާގެ ހައްގުގައި ފުރަތަމަބައި ( ފުރަތަމަ ނަޒަރުން ވެވުނު ލޯބި)
“އިޝްޤަކީ މުޅި ޒިންދަގީ ބަރުބާދަކޮށްލާ ވޭނެކޭ
ގިސްލުމާ ލޭކަރުނަ އޮހޮރާލަންޖެހޭ އަފުސޫސެކޭ”
ނާމަން އަނދިރި ރޭނގަނޑަކަށް ފަހު ރީތި ދުވަހަށް އިރު ފާއްދާލިއެވެ. އޭރު އިރުވައި މޫސުމުގެ އަސަރުތައް ޖައްވަން ވެރިވެއްޖެއެވެ. މަތީގައި ބައިގަނޑުގަނޑަށް ހަޅޭއް ފަޅޭން ލަވަމުން ދިޔަ ކާޅުތަކަށެވެ. ދާނެ މަންޒިލެއްނެތި ދަތުރުކުރަމުން ދިޔަ މާކަނާތަކަށެވެ. ގަސްތަކުން ފުރޭނިގެން ޖެހެމުން ދިޔަ އަރާމު ރޯޅިތަކުން މުޅި ފަޒާގައި ވަނީ ތާޒާކަމެވެ.
ނޫވިލަކީ ވަށާފާރު ނެތް ގެއެކެވެ. ޒަމާނީ ފެންވަރަށް 02 ބަޔަށް ހަދާފަ ހުރި ބާލާލަށް ރީތި ގެއެކެވެ. ހިތްހަމަޖެހުން ގެނުވާނެ ހެން މާމެލާމެލިން މުޅި ގޯތިތެރެ އޮތީ ފަޅުފިލުވާފައެވެ. ގޭގެ ކަނެއްގައި ބޮޑު ފިހާރައެއްވެސް ހުއްޓެވެ.
އެކި ދުވަހު އެކި ރަހަ ދައްކާ ދިރިއުޅުމަކީ އިމްތިހާނުތަކުގެ ގޮވަށްޗެކެވެ. ކޮންމެ ފަދަ ހަލާތަކަށްވެސް ދިރިއުޅުން ބިއްސާލަފާނެއެވެ. އެހެންކަމުން އަބަދުވެސް ތިބޭންވަނީ ތައްޔާރުވެއެވެ. އެހެންނުނީ ފަހުން ހިތާމަކުރަން ޖެހިދާނެއެވެ.
ހިނިތުންވެ ހުރުމަކީ ޒުނާނާއަށް އުނދަގޫ ކަމެއް ނޫނެވެ. ހާއްސަ ކޮން އެހެން މީހުންގެ ކުރިމަތީ އުފާވެ މަޖާ ކުރުމަކީ އޭނާގެ އާދައެވެ. ދިރިއުޅުމުގައި ކިތަންމެ ހިތާމައެއް ކުރިޔަސް އެނާގެ ރީތި ހިނިތުންވުމުން އެކަން ފަރުދާކޮށްލަނީ ނުހަނު ފަސޭހަކަމާއެކުއެވެ. އެއީ މީހާރު ކުރަން އެހާ އުނދަގޫ ކަމަކަށް ނުވެއެވެ. ފެންނަށް ކޮންމެ މީހެއްގެ ކުރިމަތީގައި ރޮއެ ހަނދަން ވެއްޖެއްޔާ އުޅެންޖެހެނީ އެމީހުންގެ އަޅުވެތިކަމުގައި އެވެ. މަލާމާތައި ފުރައްސާރަކުރުން ގިނަވެ ބޯ ހުންނާނީ ގޮވާފައެވެ.
އަލަށް މާލެދެވުމުން ޒުނާނާއަށް ހީވި ހުރަގެއަކަށް އާދެވުންނެވެ. ކާރު ބާރު މަގުތަކާ ހިމަ ގޯޅިތަކާއި ފިތި ބާރުވެފައިވާ އިމާރާތްތަކެވެ. ގަހެއް ރުކެއް ނެތް މާހައުލެކެވެ.
ރާއްޖެތޭރޭގެ ރަށްތައް ކަހަލަ ހިތް ހަމަޖެހޭ މާހައުލަކަށް މާލެނުވިއެވެ. މާލޭގެ ހަލަބޮލި މަގުތައް ފެނިވެސް ޒުނާނާ ހުރީ ހޮޑުލަވާފައެވެ. އެހާ ދިގު ދަތުރެއްކޮށްފައި މާލެއަށް އާދެވުނު އިރު ހުރީ ހަވީރުވެފައެވެ. ބައްޕަ ކިޔައިދިން ކަހަލަ އުފާވެރި ތާކަށް މާލެ ނުވުމުން ބޮލަން އެނބުރުން އަރާ ގޮތްވިއެވެ. ރަށުގެ ހިތްފަސޭހަ ދިރިއުޅުމާ އެކުވެރިން މަތިން ހަނދާން އާވާ ގޮތްވިއެވެ. ދެން ކުރާނީ ކީއްހެއްޔެވެ ؟ ހަޔާތުގެ ބާކީ ބައި ހޭދަންކުރަން ޖެހޭނީ މި ޖަލުގައެވެ. ހިތް ހަމަޖެހުމެއް އަރާމެއްނެތިއެވެ. މި ތަނުން ސާފު ވައި ކޮޅެއް ވެސް ލިބޭނެ ކަމާމެދު ޝައްކެވެ.
ކާރަށް އާދެވޭ ވަރުވީ ފާލަށް މަތީ ތިބެ ތިބެ ދެފައި ވާޅުވިފަހުންނެވެ. ކާރުން ފައިބައިގެން އައީ ޒުވާނެކެވެ. އެވާނީ ބައްޕަ ރައްޓެހި ނުމާނުގެ ދަރި ލަޒާނަށެވެ. ބައްޕަ އަބަދުވެސް ލަޒާނެއްގެ ވާހަކަ ދައްކާނެވެ. އޭނާގެ ހިތްހެޔޮ ވާހަކައެވެ. ހާލުބަލާއި ހަދާ ވާހަކައެވެ.
ނުމާނުބެ އާއީ ބައްޕައަކީ ވަރަށް ދުވަސްވީ މިތުރުންނެވެ. ރަށު ގެއާއި ބޮޑު ފިހާރައަކީ ނުމާނުބޭގެ އެހީތެރި ކަމާއެކު ހެދިފައިވާ ތަންތަނެވެ.
ނުމާނުބޭބެއަކީ މާލޭގެ ބަސް ވިކޭ މުއްސަނދިންގެ ތެރޭން ފާހަގަކޮށްލެވޭ ފަހުލަވާނެކެވެ. މިއަދު ބޭބެގެ ވިޔަފާރި އާ ހަވާލުވެ ހުރީ ލަޒާނެވެ. ބޭބެގެ ހުރި ހަމަ އެކަނި ދަރިއެވެ. އެއީ ބޭބެ ނެތް ދުނިޔޭގައި ހުރިހާ މުދާ ތަކުގެ ވާރިސެވެ.
ލަޒާނުގެ އުމުރުން 13 އަހަރުގައި އޭނަގެ މަންމަ މަރުވުމަށް ފަހު ހުރިހާ ޒިންމާތަކެއް އުފުލީ ނުމާންބެ އެކަންޔެވެ. މަންމައެއްގެ ލޯތްބާއި ބައްޕައެއްގެ ލޯބި ދިނީ ބޭބެގެ ދެއަތުންނެވެ. އެއްވެސް ޝަކުވާ އަކާއި ނުލާއި ވަރަށް ލޯބިންނެވެ. ލަޒާނަށް ކިޔަވިދީ މޮޅު ކުއްޖަކަށް ހެދީ ބޭބޭގެ ބުރަ މަސައްކަތުންނެވެ. ހިތް ހަމަ ޖެހޭ އުފާވެރި ލުއިފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށެވެ. ބައްޕަ ނެތް ދުނިޔެއަކުވެސް ދިރިއުޅެވޭނެ ހުރިހާ ދޮރެއް ވަނީ ލަޒާނަށް ހުޅުވައިދީފައެވެ.
މި ފެށޭ މަހު ތުރުކީއަށް ލަޒާނު ކިޔަވަން ފުރަން އޮތީ ނިންމާފައެވެ. މި ފަހަރު ލަޒާން ހަދަނީ ” އެކައުންޓިން”އެވެ. ބައްޕަގެ ވިޔަފާރީގެ ހިސާބުތައް އެންމެ ފުރިހަމައަށް ހެދުމަށްޓަކައެވެ. ވިޔަފާރީގެ ދާއިރާއިން ” މަސްޓަސް” ހާސިލުކޮށްފައި ލަޒާނު ގެ އުއްމީދަކީ ޑޮކްޓަރަކަށް ވުމެވެ. އޭނާގެ ނަމުގެ ކުރިއަށް ޑރ. އަނާނެދުވަހަކަށް އިންތިޒާރުކުރެއެވެ.
ކާރަށް އެރުމަށް ދެމީހުންނަށް ލަޒާނު ބުނެފައި ދަބަސްތައް ކާރަށް އެރުވިއެވެ. އަދި ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު ކާރަށް އަރާ ދުއްވާލިއެވެ. ލަސްވިކަމަށްޓަކައި މާފަށް އެދުނެވެ. ހަފްތާއެއް ތެރޭ ތުރުކީއަށް ފުރަން ޖެހޭތީ އޮފީހުގެ މުހިއްމުކަންތައްތައް ނިންމަނީ ކަމަށް ލަޒާނު ބުންޏެވެ. އަނގަ ހުއްޓައި ނުލާ ވާހަކަ ދައްކަމުން އޭނާ ދިޔައެވެ. އެކަމުން ވެސް އޭނާއަކީ ބޮޑާ ކިބުރުވެރި މީހެއް ނޫންކަން ހާމަވެއެވެ. އެންމެނާވެސް ގުޅޭ މަޖާ މިޒާޖެއްގެ ކުއްޖެކަން އެނގިގެންދެއެވެ. ގެއަށް ދެވެދެން އަހަރެމެންގެ މުނީފުފިލުވައިދިނެވެ. މާލޭގެ ތަންތަން ކިޔައިދީ ހެދިއެވެ.
މާލޭގެ ބޮޑެތި މަގުތަކުން ލާފައި ކާރު މަޑުކޮށްލީ އުސް އިމާރާތެއްގެ ކުރިމައްޗަށެވެ. 10 ބުރި އަށް ހުރި އެ އިމާރާތަކީ ނުމާނުބޭގެ ހިޔާލަށް ތައްސައްވަރުކުރި ލަޒާނުމެންގެ ގަނޑުވަރެވެ. ބޮޑު ދޮރު ހުޅުވުމާއެކު ކާރު ދިޔަ ބާރު މިނުގައި ގޮސް އޭގެ މަގާމުގައި ހުއްޓައި ލިއެވެ. އެންމެން ކާރު ފައިބަމުން މައި ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. ގޯތިތެރޭގެ އެތަންމިތަނަށް ޒުނާނާ ނަޒަރު ދަތުރު ކުރަމުން ދިޔައެވެ. ހިތްފަސޭހަ ގެއެކެވެ. ކާރާއި ސައިކަލު ބަހައްޓަން ހާއްސަ ތަނެއް ހުއްޓެއްވެ. ރީތި ފެންއަރުވާ ވަޑާމަކާއި ކާ މޭޒެއް ހުއްޓެވެ. ފަނުން ވިޔެ ތައްޔާރުކޮށްފައިވާ އުނދޯލި ގެއެއް ހުއްޓެވެ. ހައްދާފައިވާ ފިނިފެންމާ ތަކުން މުޅި މާހައުލުގައި ދުވަނީ މީރުވަހެވެ.
މައިދޮރުން އެތެރެއަށް ވަދެވުމާއެކު މަރުހަބާކީ ނުއުމާންބެއެވެ. ހިނިތުންވެ ހުރެ އިސީނުމަށް ބުންޏެވެ. އަރާމު ސޯފާގައި އިށީދެވުމާއެކު ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ކޮންފަދަ ރީތިކަމެއް ހެއްޔެވެ؟ މަޝްހޫރު ލިޔުންތެރިންގެ ތަރުޖަމާ ވާހަކަތަކުގައި ސިފަ ކޮށްފައި ހުންނަށް ކަހަލަ އަޖައިބުކުރުވަނިވި ގެއެކެވެ.
ހިތްހެޔޮ ކަމާއެކު ނުމާނުބެ ވާހަކަދެއްކިއެވެ.” ދަރިފުޅު ބޭނުން ކަމެއް ކުރަންވީ ކިޔަވަން ބޭނުމިއްޔާ ކިޔަވަވަންވީ އެއްވެސް މީހަކު ހުރަސްއަޅައިކަން ނުހުއްނާނެ” ނުމާނުބެ ބުންޏެވެ. އަހަރެން ކިޔަވަން އެދެންޔާ ކިޔަވަން ވީއެވެ. ރުފިޔާއަށް ދަތިނުވާނެވެ. ބޭނުން ކަމެއް ކުރާށެވެ. މިއީ ހަމަ ދަރިފުޅުގެ ގެއޭ ހީކޮށްލުމުން ރަނގަޅު ވާނެއޭ ބޭބެ ބުންޏެވެ.
މި ގޭގައި އުޅޭނީ އެންމެ 03 މީހުންނެވެ. ނުމާނު ބެ އާއި ލަޒާނުގެ އިތުރުން އޭނަގެ އެކުވެރި ރާހޫލެވެ. ދެން ގެއަށް އައިސް އުޅޭނީ ރާހޫލުގެ ލޯބިވެރިޔާ ސަލްސަލާއެވެ.
ރާހޫލަކީ “އިންޓީރިއާ ޑިޒައިނަ”ރެކެވެ. ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު ގެ ދޮރު އިމާރާތް ކުރުމުގެ ބާނީއެވެ. އޭނާގެ މައިންބަފައިން ދިރިއުޅެނީ “އިޓަލީ”ގައެވެ. މާލޭގަ ރަހޫލު ހުންނަނީ ބައްޕަގެ ވިޔާފާރި ބެލުމަށެވެ. “އިޓަލީ”އަށް ވިޔަފާރި ބަދަލު ކުރެވޭހާ އަވަހަށް ރާހޫލުވެސް ބައްދަލުވާނެވެ. އޭގެ ކުރިން ސަލްސަލާ އާއި ކައިވެނިކުރުމަށް ވަނީ ނިންމާފައެވެ.
މާހައުލު ބަދަލުވުމުން ޒުނާނާއަށް ރަނގަޅަށް ނިދޭ ގޮތެއްނުވިއެވެ. އަނެއް ކޮޅުން މާދަން ބައްޕަވެސް ފުރާނެވެ. ހަފްތާއެއް ފަހުން ލަޒާނުދާނެއެވެ. ގޭގައި އުޅެން ޖެހޭނީ ބޭބެއާއި ރާހޫލުގެ އިތުރުން އަހަންނެވެ. ކިހާ ފޫހިވާނެހެއްޔެވެ؟ ކޮންމެ ވެސް ކޯހެއް ހަދަންވީ އެވެ. އޭރުން ފޫހިވެފަ ހުންނާކަށް ނުޖެހޭނެވެ. ހެނދުނު ބައްޕަމެންނާއި މި ވާހަކަ ހިއްސާކުރަން އަހަރެން ނިންމީމެވެ.
ފަތިސް ނަމާދުކޮށް ހަދައިގެން އަހަރެން ސައި ތައްޔާރުކުރީމެވެ. ބޭބެމެން ހެނދުނު އޮފީހަށް ނިކުއްނާނެތީއެވެ. އަހަރެންގެ މަސައްކަތަކީ ގޭތެރޭ ސާފުކޮށް ކައްކައި ހެދުމެވެ. ކެއްކުމަކީ އަހަރެން ވަރަށް ކުޑައިރުންފެށިގެން ކުރާ ކަމެކެވެ. އަހަރެން ދުނިޔެއަށް ލީ ފުރަތަމަ ނޭވައާއި އެކު މަންމަ ނިޔާވި އެވެ. ބައްޕަ އަހަރެން ބަލާ ބޮޑު ކުރީ ވަރަށް ހާލުގައެވެ. މަންމަ ގާތުގައި ނެތް ކަމުގެ ފަޅު އިހްސާސް ނުކޮށްދެވި ވޭތޯ ބައްޕަ ވަރަށް މަސައްކެތް ކުރިއެވެ. އެހެނަސް ބައްޕަ ނެތް ކޮންމެ ހިނދެއްގައި އަހަރެން އެ އިހްސާސް ކުރީމެވެ. ދިރިއުޅުމުގައި މަންމައަކީ އެންމެ މުހިއްމު ބައެއް އަދާކުރާ ފަރާތެވެ. އެހެން ކުދިން މަންމަ އާއެކު ސުކޫލަށް ގޮސްހަދާއިރު އަހަރެން ވަރަށް ދެރަވެއެވެ. ހިތުގައި ޖެހެއެވެ. މާޔުސްވެ ހިތުގައި ޖެހުނަސް ބައްޕައަށް އެކަން ނުދައްކާ ވޭތޯބަލަމައެވެ. މަންމަ ނެތް ކަމުގެ ފަޅު ކަން ބައްޕަ ވެސް ކުރާނެކަން ގައިމެވެ.
އެހެން މީހުންގެ ކުރިމަތީ ހިނިތުންވާން ދައްނާނީ އެންމެ ހިތްވަރުގަދަ ކުދިންނެވެ. އެކުދިންގެ ހިތާމަތައް ފޮރުވުމުގައި އަބަދުވެސް ކާމިޔާބު ހޯދާނެއެވެ.
ބައްޕަ ފުރުމުގެ ކުރިން ނަރުހަކަށް ވާން އެދޭ ވާހަކަ އަހަރެން ބުނީމެވެ. އެކަމާ ބައްޕަ ވަރަށް އުފާވިއެވެ. ހިތްވަރު ދިނެވެ. ދަރިފުޅަށް ތިކަން ވެދާނެއޭ ބުންޏެވެ.
އެދުވަހުގެ މެންދުރުފަހު ބައްޕަ ފުރިއެވެ. ކޯހުގެ ކަންތަކުގައި ލަޒާނުމެއް އެހީވިއެވެ. ރާއްޖޭގެ ޤައުމީ “ޔުނިވަރސިޓީ”އިން ނަރުސްކަން ކިޔެވުމުގެ ފުރުޞަތު ހޯދައިދިނެވެ. މި ކަމުގެ ސަބަބުން އަހަރުމެންގެ ގުޅުން ބަދަހި ވިއެވެ. އެކުގައި ވަގުތު ހޭދަކުރެވެންފެށިއެވެ. ލަޒާނުގެ ހިތް ހެޔޮ މިޒާޖުން އަހަރެންގެ ހިތް ފަތަހަކުރިއެވެ. ރޭނގަނޑުގެ އެތައް ވަގުތެއް އުނދޯލީގަވެސް އަހަރެމެން ހޭދަކުރީމެވެ. ލަޒާނު މާދަން ފުރާނެކަން އެނގޭތީ އަހަރެން ހުރީ ދެރަވެފައެވެ. ދެން އެ ލޯބި މޫނު ކޮޅާ ޗާލު ހީލުން ފެއްނާނެ ދުވަހެއް ވެސް ނޭނގޭތީއެވެ.
ފުރުމުގެ ކުރިން ބައްދަލުކޮށްލަން ބޭނުން ވާ ވާހަކަ ލަޒާނު އޮތީ ބުނެފައެވެ.އެހެންވެ އަހަރެން އަތުގައި އޮތް އެންމެ ރީތި ހެދުން ލައި ތައްޔާރުވީއެވެ.
ގޭގެ ފެންއަރުވާ ވަޑާން ކައިރީގައި ލަޒާން ހުއްޓެވެ. އަހަރެން ފެނުމާއެކު ހިނިތުންވެލައިފިއެވެ. އަތުގައި އޮތް ތިން ފިނިފެންމާ އަހަންނަށް ދިއްކޮށްލިއެވެ. އެއަށްފަހު ވާހަކަ ދައްކަން ފެށިއެވެ.” ފުރަތަމަ ބައްދަލުވި ދުވަހުވެސް އަހަންނަށް ޒުނާނާ ކަމުދިޔަ އަހަރެން ހިތް ކިޔާ ކަހަލަ ހުރިހާ ސިފަތަކައެއް ހުރި ހަމައެކަނި ކުއްޖާތީ ކިޔެވުން ނިމުނު ހާ އަވަހަކަށް އަންނާނަން ﷲ އިރާދަކުރެއްވިޔާ އަންނަށް ގޮތަށް އައިސް ޒުނާނާ އަހަރެންގެ މީހަކަށް ހަނދާނަށް އިނގޭ މީ އަހަރެން ވާ ވައުދެއް ކަލާގެ ހައްގުގައި ކޮންމެ ފަދަ ގުރުބާނެއް ވެސް ވާނަށް އަހަންނަށް އިންތިޒާރު ކުރާތި ވަރަށް ލޯބިވޭ” ލަޒާނު ބުނަށް ބޭނުވި ހުރިހާ އެއްޗެއް ފައްޗަކަށް އަމުނާލިއެވެ. ނިންމާލަމުން ލޯބިވާކަން ހާމަކޮށްލިއެވެ. ޖަވާބުގައި އަހަރެން ހިނިތުވެލާފައި އެ އަތުގައި ހިފާލީމެވެ. އޭނާ ވަރަށް ލޯބިން އަހަރެންގެ އަތުގައި ފިރުމާލިއެވެ. އަހަރެން ދެކެ ލޯބިވާ މީހަކު ހުރިކަން ހަނދާންކޮށްދިނެވެ. އިންތިޒާރުގައި ހުރުމަށް އެދުނެވެ. ހިނިތުންވެ އަހަރެން ބޯ ޖަހަމުން ދިޔައީމެވެ.
ރާއްޖެއިން ތުރުކީއަށް ދެވެނީ 09 ގަޑިއިރާ 50 މިނެޓުންނެވެ. ތުރުކީ އަކީ އެހާވެސް ދުރުތަނެތެވެ. އެކަމު ވަރަށް ރީތި ޤައުމެކެވެ. ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ. ޒުނާނާ ވަރަށް ދާ ހިތް ވާ ތަނެކެވެ. ކޮންމެވެސް ދުވަހަކުން ލަޒާނު އާއެކު ތުރުކީއަށް ބަލައިލަން ދެވޭނެކަމަށް ޒުނާނާ ހީކުރެވެ. އެއީ އެނާގެ ވަރަށް ބޮޑު ހުވަފެނެކެވެ. ލަޒާނާއި ޒުނާނަށް ކައިވެނި ކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅުމުގެ ނަސީބު ލިބޭނެބާއެވެ. މިއަދު ދެކެމުން މިދާ ހުވަފެންތަކުގައި ކުލަޖެހިގެން ގޮސްދާނެ ހެއްޔެވެ؟ އަވަސް މުސްތަގުބަލެއްގައި ލަޒާނަށް ރާއްޖެ އާދެވޭ ބާއެވެ.
ނުނިމޭ
8 Comments!
Comments are closed.






Saabahey Isnan Ahmed ( Dhontha) v molhu👏👏
Thank you 🥰💐
mi part ves v reethi masha allah
curiously waiting for next part
keep it up
lazaan and zunaana v gulhey
they both are made for each other
Thank you 🥰💐
Next part tomorrow ga libeyne kiyaalan IA 🤗
V reethi
Thank you 🥰💐
kalaage hahgugaa 2,3,kiyaalan beynun.esfiya hoadha hoadha nufenigen v salaam Isnan
Kalaage hahgugaa 2′ 3 mihaaru kiyaaleveyne “Isse” 🤗