Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 16

Annora Level 610 Stories100 Login100 Comments100 Stories
January 17, 2025 13 Mins Read
14 Comments

“ޑަން..މާލެ ގޮސްފަ ހޮސްޕިޓަލަށް ދާނީ ދެން…އަމް ސޮރީ..އާ” އަރްކާންގެ މަސައްކަތް ނިންމާލުމަށް ފަހު ލިއާނާގެ ނޭފަތުގެ ހިނދުރިއަށް ދެ ޓިޝޫކޮޅު ހަރާލަދެމުން ބަލައިލި އިރު ލިއާނާ ބަލަހައްޓައިގެން ހުރިތަން ފެނި  އެ މޫނަށް ބަލައިލެވުނެވެ. ދެމީހުންނަށް ތިބެވުނީ ނުރައްކާތެރި ހިސާބެއްގައި ކަން އިޙްސާސްވީ ދެނެވެ. ނަމަވެސް ލިއާނާގެ ރީތިކަން އެހާ ގާތުން ފެނުނު ހިނދު އަރްކާންގެ ހިއްސުތަކަށް ވެސް ވާންވަމުން ދިޔައީ އިންތިހާއަށެވެ. ލިއާނާގެ މޫނާއި ކުރިއަށް ވުރެން ކައިރިއަށް ދެވުން އިރުވެސް ރެއަކާއި ނުލައެވެ. ލިއާނާގެ ދެލޯ މެރުނު ހިނދު އަރްކާންގެ ނަޒަރު ހުއްޓުނީ ފިޔާތޮށިކުލައިގެ އޮމާން ތުނި ތުންފަތަށެވެ.

****

އަރްކާންގެ ތުންފަތް އިހްސާސްވެގެން ދިޔަ ހިނދު ލިއާނާއަށް ލޯ މަރައިލެވުނެވެ. މާގިނަ އިރުތަކެއް ނުވެ ފާހާނަ ބަރީގެ ތެރެއިން ޒެވިއަލްގެ އަޑު އިވުމުން ލިއާނާއަށް ތެޅިގަނެފައި ދުރަށް ދާން އުޅެވުނެވެ.

ނަމަވެސް އަރްކާން، ލިއާނާގެ ހިމަ އުނަގަނޑުގައި އަތް އަޅުވާލާފައި ފާރަށް ތައްކޮށްލުމަށްފަހު އޭނާގެ ހިތް އެދެމުން ދިޔަ ކަންތައް ހާސިލްކުރަމުންދިޔައެވެ. ލިއާނާ ގަދަހަދަމުން އަރްކާންގެ ބުރަކަށީގައި ތަޅަމުން ދިޔައިރު ވެސް އެގޮތުގައި ހުރީއެވެ. އެންމެފަހުން ނޭވާ ކޮޅަށް ދާންފެށުމުން ދޫކޮށްލިއެވެ. އެހިނދު އޭނާގެ މޫނުމައްޗަށް އަރައިގެން ދިޔައީ ލިއާނާގެ އަތުގެ ހޫނު ހަމަލާއެކެވެ. އަރްކާން އިސްއުފުލާލިއިރު ފުރަތަމަވެސް ފެނުނީ ރޮވިފައި ހުރި ލިއާނާއެވެ. ކުރެވުނު ކަންތައް އިޙްސާސް ވީ ދެނެވެ. ލިއާނާގެ މުޅި މޫނު ރަތް ވެފައިވީ ހިނދު ތުންފަތް ވަކިން ރަތެވެ. އޭނާ ރުޅި އައިސް ތުރުތުރު އަޅަމުން ދިޔައިރު އެ މަންޒަރު ފެނި އަރްކާންގެ ހިތައް ޒާތެއްގެ ތަދެއް ވިއެވެ. އަރްކާންގެ މޭގައި އަތުން ޖަހައި ކޮށްޕާލުމަށްފަހު ލިއާނާ ނުކުމައިން އިރު ވެސް އަރްކާންއަށް ހުރެވުނީ ހަރަކާތެއް ވެސް ގެންނަން ނޭނގިފައެވެ.

“ޝިޓ*..ވަޓް ދަ ފަ*..އާހްހްހް” އަރްކާން އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިގެން ހުރެ އިސްތަށިތަކަށް ވާން ކޮށްލި އިރު ހުރީ ދެލޯ ވެސް މަރައި ތަގުޅި ކޮށްލައިގެންނެވެ. ބޯ ހާސްވަމުން ދިޔައިރު ދެން ލިއާނާއާއި ކުރިމަތި ލާނީ ކިހިނެތް ބާއޭ ހިތައް އެރިއެވެ. ލިއާނާގެ ނުރުހުމުގައި އެކުރެވުނީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ދެމެދުގައި އޮތް ޒަމާންވީ ރުޅިވެރިކަން ރަނގަޅު މިސްރާބަކަށް ދަމުން ދިޔަ ދަނޑިވަޅެއްގައި އެފަދަ ގޮތެއް ވުމުން އަމިއްލަ ނަފްސު އަރްކާންއަށް އިންތިހާއަށް ކުށްވެރި ކުރެވުނެވެ.

އަރްކާން ނުކުމައިން އިރު ޑްރައިވަރު ހަލީމް އިންތިޒާރުގައި ހުއްޓެވެ. ވަށައިގެން ހޯދައިލި އިރުވެސް ލިއާނާގެ ހަބަރެއް ނުވިއެވެ.

“ލިއާނާ ކޮބާ” އަރްކާން އަހައިލުމާއި އެކު ޒެވިއަލް އާއި ލިއާނާ ކާރަށް އަރަން ދިޔަ ވާހަކަ ހަލީމް ބުންޏެވެ. އެހެންހޭ ބުނެ އަރްކާން ހިނގައިގަތުމުން ހަލީމްވެސް އަރްކާންގެ ފަހަތުގައި ހުރެ އައެވެ.

އަރްކާން ކާރަށް އެރިއިރު ޒެވިއަލް އާއި ލިއާނާ ފަހަތު ސީޓުގައި ތިއްބެވެ. ޒެވިއަލްޢާއި އެކު އޮލަ ވާހަކައެއްގައި އިން އިރު ލިއާނާގެ މޫނުމަތިން މީގެ އިރުކޮޅެއް ކުރިން ހިނގި ހާދިސާގެ އަސަރެއް ފެންނަން ނެތުމުން އަރްކާން ހިސަބަކަށް ހިތްހަމަ ޖެހުނެވެ. އެންމެ ފަހަރަކު ވެސް އަރްކާންގެ މޫނަށް ލިއާނާ ބަލައިނުލުމުން އޭނާގެ ހިތައް ބަޔާންކުރަންދަތި މާޔޫސްކަމެއް ވެރިވެގަތެވެ. ކާރު ދުއްވަމުން ދިޔައިރު ކުރިމަތީގައި އިން ލޯގަނޑުން އިރުކޮޅަކާ ކަހަލަ ގޮތަކަށް އަރްކާން ދިޔައީ ލިއާނާގެ މޫނަށް ބަލަމުންނެވެ. ހިނގާދިޔަ ހާދިސާއަށް ފަހު އޭނާ އިނީ ހިސާބަކަށް ހިތްހަމަ ނުޖެހިފައެވެ. އެއީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮން ލިއާނާ އާއި އެކުއެވެ. އެއި ޒެވިއަލްގެ ކޮއްކޮއެވެ. އެދެމެދުގައި އަދިވެސް ވަނީ ޒަމާންވީ ދުޝްމަނު ކަމެކެވެ. ޒެވިއަލްއަށް އެކަން އެނގިއްޖެނަމަ އަރްކާންގެ ދުވަސްދިޔައީއެވެ. ދެމީހުން އެކުގައި ހޭދަކުރެވުނު މަދު ދުވަސްކޮޅު ތެރޭގައި ހިސާބަކަށް ދެމީހުންގެ ގުޅުން ވަނީ ރަނގަޅުވެފައެވެ. ނަމަވެސް މިހާރު މިވަނީ އަނެއްކާ ވެސް ލިއާނާއާއި ދުރުން އުޅެން އަރްކާންއަށް މަޖުބޫރުވެފައެވެ.  އޭނާގެ ހިތް ލިއާނާއާއި ޥާހަކަ ދައްކަން އެދެމުން ދިޔައިރު ސިކުނޑިން އެ ހިޔާލާއި ދުރުވުމަށް ބާރު އަޅަމުންދިޔައެވެ.  ފުންނޭވާއެއް ދޫކޮށްލުމަށް ސީޓުގައި ލެނގިލަމުން އަރްކާން ދެލޯ މަރައިލިއެވެ.

***

ބެލްކޮނީގައި ހުރި ސޯފާގައި އިށީންދެލައިގެން އިން އަލާރާގެ މޫނުމަތީގައި ވަނީ ތާޒާކަމެވެ.  ކުޑަ ދޮރުން ވަންނަމުން ދިޔަ ފިނި ވައިރޯޅިތަކުން ހީކަރުވާ ގަނެފައި އިން އިރު އެ ވައިން އިސްތަށިގަނޑު ވިހުރެމުން ދިޔައީ ހުވަފެނީ ގޮތަކަށެވެ.  ބޯ މަތިން ދެ ކަންފަތުގައި އަޅުވާލެވިފައިވާ ހެޑްފޯނުން އަންނަމުންދިޔަ  ހިތްގައިމް ލަވައިގެ ބީޓަށް އުނގުމަތީގައި އޮތް ދެ އަތުގެ އިނގިލިތައް ވެސް ހަރަކާތް ކުރަމުންދިޔައެވެ. އެހެން އިންދާ ސިހުނީ ފޯނު ރިންގުވި އަޑަށެވެ.

“ހަލޯ” ހެޑްފޯނު ދުރު ކޮށްލުމަށްފަހު ފޯނު ކަންފަތުގައި ޖަހާލަމުން އަލާރާ ގޮވައިލިއެވެ. ދެތިންފަހަރު ގޮވާލި އިރު ވެސް ޖަވާބެއް ނުދިނެވެ. އަލާރާ ފޯނު ބޭއްވުމަށްތިރިކޮށްލި ހިނދު އެކޮޅުން އަޑުއައެވެ.

“މަށޭ މީ..ކަލޭގެ ހިޔަނި..ހައްހައްހާ” ވައި އަޑުން ބުނެލި ނަމަވެސް އެއަޑު އަލާރާ އަކަށް ނޯޅުނެވެ. ވަގުތުން މުޅި ކުއްޖާ ފިނިވިއެވެ. ބިރުގަންނަ ގޮތްވިއެވެ.

“ހަނދާން އެބަހުރި ދޯ ކަލޭގެ ވީޑިއޯ މަ އަތުގަ ހުރި ކަން..ހާދަ ހަމަ ޖެހިލާފަ އޭ ތިހުންނަނީ…” އެމީހާގެ އަޑުގައި ހުރި މަކަރުވެރިކަން އަލާރާއަކަށް ނޯޅުނެވެ. އޭނާގެ ވިހަގަދަ ޖުމްލަތަކުން އަލާރާގެ ތަބީއަތު ގޯސްވިއެވެ. ރޮވޭ ގޮތްވެފައި ހުރި ނަމަވެސް ކަރުނަތައް އޮއްބާލީ އެމީހަކަށް އޭނާގެ ރުއިމުގެ އަޑު އަބަދު އިއްވަން ބޭނުން ނުވީމައެވެ.

“ކިހިނެތް ވެގެން ތަ ތިއުޅެނީ..އެދުވަހު އައިސް ވީޑިއޯ އެއް ކޮށްފަ އޮތަސް އަހަރެން ހުންނާނީ ނޭކެޑް ވެގެންނެއް ނޫން..ތިހެން ބިރު ދައްކަން ވެއްޖެޔާ ޕޮލިހަށް ރިޕޯޓް ކުރާނަން…މަށައް އިންޒާރު ދޭ އިރު ގައިމު ސަބަބަކަށް ވާ ކަހަލަ ސަބަބެއް ވެސް އޮންނަން ވާނެ އެންނު” ހިތްވަރު ކޮށްފައި އަލާރާ ބުނެލި ނަމަވެސް ދެން އެމީހަކު ބުނެލި ޖުމްލައިން އަލާރާގެ  މެޔަށް ގޮތެއް ވެލި އެވެވެ.

“އާން ތިބުނާހެން ނޭކެޑް އެއްނޫން..އެކަމަކު ކަލެއަށް އެނގެންވާނެ ކަލޭ އެދުވަހު ހުރި ގޮތް” އޭނާ ނުލަފާ ހިނިގަނޑެއް ޖަހައިލިއެވެ. އެ ޖުމްލައިން އަލާރާގެ ހިތުގައި އުފެދިގައިވީ ބިރުވެރިކަން ވީ ބޮޑެވެ.

“ޕޮލިހަށް ކީއްކުރަން އިތުރު މީހަކަށް މިއިން އެއްވެސް ކަމެއް އެނގުނަސް އެއީ ކަލޭގެ ނިމުން ހަނދާން ކުރާތި…ޝަވަން އާއި ދުރުވާން ވާން މަ ބުނީ.. އެކަން ވިތަ ކަލެއަށް..ހަހަހްހަހާ” އިތުރު އެއްޗެއް ނުބުނެ އޭނާ ފޯނު ކަނޑާލިއެވެ.

“އާހްހް…”ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހާލައި ބާރު ކޮށްލި ގޮތުން އަލާރާ ބޯ ހާސްވެފައިވާ ވަރު ހާމަވެއެވެ. ޝަވަން އާއި މެދު ވެވިފައިވި އިގްރާރާއި ހިލާފް ވާން އޭނާ އަދި ބޭނުމެއް ނޫނެވެ. އޭނާ ދެނެގަންނަން ޖެހޭ ކަންތައްތަކެއް އަދި އެބަވެއެވެ. އެކަންކަން ކާމިޔާބު ނުވަނީސް އަދި ޝަވަންއާއި ގުޅުން ކަނޑާލެވޭކަށް  ވެސް ނެތެވެ. މޫނާއި ދެލޯ ރަތްވެފައިވީ އިރު ހިނދުކޮޅެއްގެ ތެރޭ އޭނާގެ ދެލޮލަށް ޖަމާވި ކަރުނަތައް ބަންޑުންވަމުން ދިޔައެވެ. އެހެން އިންދާއެދުވަހުގެ ހަނދާން ވިއެވެ.

ފާހާނާއަށް އަލާރާ ވަނީ ފެންވަރާލުމުގެ ބޭނުމުގައެވެ. ދިނާޔާގެ  އެހީގައި  ފާހާނައަށް ވަދެ އުޅުނު ނަމަވެސް އެދުވަހު އޭނާ ފާހާނައަށް ވަނީ އެކަންޏެވެ. އޭނާގެ ހާލަތުގެ ސަބަބުން އެފަދަ ކަންކަމަށް ހޭނެން އޭނަ ވެސް ބޭނުން ވެއެވެ. އަލާޜާއަށް ނޭނގުނީ ކުރީން ސުރެން ކޮޓަރީގެ ތެރޭގައި އޭނާއަށް ފާރަވެރިވެގެން މީހަކު ހުރި ކަމެވެ. ތަންތާގައި އަތް ހާކަމުން ފާހާނައަށް ވަދެވުމުން އަލާރާގެ ހިތައް ހަމަޖެހުމެއް ލިބުނެވެ. ފެންވަރައިގެން ނުކުމަތީ ކިރިޔާ ނިވާ ވާވަރުގެ ކުރު ތުވާލި ކޮޅެއް ގައިގާ އޮޅާލައިގެންނެވެ. ހަށިގަޑުގެ ބޮޑު ބައެއް އޮތީ ހާމައަށެވެ. އޭނާގެ އަތުގައި ވާ ބާތްރޯބު ހިފައިގެން ހުރެ ތަންތަނުގައި އަތް ހާކަމުން އައިސް އެނދުމަތީގައި އިށީންދެ ފޯނު ހޯދައިލީ ދިނާޔާއަށް ގުޅުމަށެވެ.

“ހާއީ” ކުއްލިޔަކަށް އޭނާ ސިހުނީ ކައިރިން މީހެއްގެ އަޑު އިވުމުންނެވެ. ބިރުން ރޫ ރޫ އަޅައިގަތެވެ.

“ޗާ ހާދަ ލޯބި އޭ” ނުބައި ހިނިގަނޑަކާއި އެކު އަލާރާގެ ކަންފަތްދޮށުގައި އޭނާގެ ނުބައި އަޑު އިއްވާލި ހިނދު އަލާރާ އަށް އިނދެވުނު ގޮތް ހަނދާން ވިއެވެ. ރޮއިގަނެފައި ބާތްރޯބްއިން ހަށިގަނޑު ފޮރުވާލިއެވެ.

“ކިތަންމެ ވަރަކަށް ފޮރުވިއަސް އަހަންނަށް ނުފެންނަ ކަމަށް ޥާނެތަ..”  އަލާރާ އަޑުގެ ނެތްތަނައް ހަޅޭއްލަވައިގަނެ ތެދުވެ ދުއްވައި ގަންނަން އުޅުނެވެ. ނަމަވެސް އެއްވެސް ތަނެއް ނުފެނުމުން އެކަން ކާމިޔާބު ޥާގޮތެއް ނުވިއެވެ. އަނެއްކޮޅުން އެމީހަކު އޭނާގެ އަތުގައި ހިފާ ދަމައި ވެސް ގަތެވެ. އަލާރާ އަނެއްކާ ވެސް ހަލޭއްލަވައިގަތެވެ. އެ ހިނދު ދިނާޔާގެ އަޑު އިވުމުން ހިފަހައްޓައިގެން ހުރި މީހާ އޭނާ ދޫކޮށްލުމަށްފަހު ދާން އުޅުނެވެ.

“ދެތިން ފޮޓޯ އަކާ ވީޑިއޯ އެއް ވެސް ނަގައިގެން މިދަނީ.. ހަހަހާ..ޅަ އެއްޗެއް ނާޅާތި” އަލާރާގެ އަތުން ދޫކޮށްލުމަށްފަހު އޭނާ ދުއްވައިގެން އަޑު އިވުނު ހިނދު އަލާރާއަށް ހުރި ދިމާލަށް ތިރިވެވުނެވެ.

އެދުވަހުގެ ހިޔާލުން އެނބުރި އާދެވުނު އިރު އަލާރާގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އަމިއްލަ މީހާގެ ބަދު ނަސީބުކަން އިޙްސާސްވަމުން ދިޔަ ހިނދު އިތުރަށް ރޮވުނެވެ. އެހީވާން އެދޭނީވެސް ކާކުގެ ގާތުގަ ހެއްޔެވެ.

“ކާކު އެ ގުޅީ” އަލާރާގެ ކަންފަތުގައި ޖެހުނީ ލިއާނާގެ އަޑެވެ. ދެލޯ ބޮޑުކޮށްލި ގޮތައް އަވަސް އަވަހަށް ކަރުނުތައް ފުހެން މަސައްކަތް ކުރަމުންދިޔައެވެ.

“ސިސް އަހަރެން މި އަހަނީ ކާކުހޭ ދެންމެ ގުޅީ އެ…ކީއްވެ ތި ރޮނީ..ދެން ފޮރުވުމުގެ މާނަ އެއް ނެތޭ ..އަހަންނަށް ފެނިއްޖެއޭ..” އޭނާގެ ދެއަތުގައި ހިފައި ހުއްޓުވާލުވަމުން ލިއާނާ ވާހަކަ ދެއްކިއެވެ.

“ކިހާ ވަރަކަށް ލިއާ އަށް އަޑު އިވުނީ” ފުރަތަމަވެސް އަލާރާ ސުވާލް ކޮށްލީ އެހެންނެވެ.

“ލިއާ އައިސް ވައިން ތަނާ ސިސް ތި ފޯނު ނަގާފަ ހަލޯ އޭ  ބުނީ.. އެއާރޕޯޓް އިން އައިސް ފުރަތަމަ ވެސް މިއައީ ސިސް ގެ ގާތައް” ލިއާނާ ކިޔައިދިނެވެ. އަލާރާ ފޯނުގައި ހުރެ ދެއްކި ހުރިހާ ވާހަކައެއް އިވުމުން ލިއާނާއިނީ ނުތަވަސްވެފައެވެ. އަލާރާއާއި ކުރަން ހުރި ސުވާލްތައް ނުހަނު ގިނައެވެ. ނަމަވެސް އަލާރާ ރޯންފެށުމުން ދެން ހަނދާނެ ގޮތެއް ނޭނގުނެވެ. ތުއްތު އިރު ވެސް  މީހެއްގެ ރުއިމުގެ އަޑު އިވިއްޖެނަމަ ލިއާނާ ބިރުގަނެއެވެ.

“އަލާ ދައްތާ..ހުއްޓާލަ ބަ..ލިއާ ވަރަށް ބިރުގަނޭ މީހުން ރޮންޏާ…އެހެން ނޫނަސް އަހަރެން ނުކިޔާނަމޭ އެއްވެސް މީހެއްގެ ކައިރީ.. ބަޓް ޕްލީޒް ނުފޮރުވާ ކިޔައިދީ..މިހާރު ހަމަ ގާތްގަޑަކަށް ޔަގީން ވެއްޖެ މީހެއް ފަރާތުން ބޮޑު އުނދަގުލަކާއި ކުރިމަތިވާކަން …ޕްލީޒް ނުރޮއެ ހުއްޓާލާފަ ލިއާއަށް ކިޔައިދީބަ” އަލާރާގެ ގައިގާ ލިއާނާ ބައްދާލަމުން ބޮލުގައި މަޑުމަޑުން ފިރުމަމުން ދިޔައެވެ. އަލާރާ ބޯ ހިއްލާލި އިރު މުޅި މޫނު ވަނީ ރުއިމުގެ ސަބަބުން ރަތްވެފައެވެ.

“އައި ވޯންޓް ސޭ އެނީތިންގް ޓް އެނީބޮޑީ..ޓްރަސް މީ…އައިލް ޑޫ ވަޓް އައި ކެން ޑޫ ފޯރ ޔޫ”

“އެ..އެ މިހާ ބުނީ..ފޮޓޯތައް ލީކް ކޮށްލާނަމޯ” އަލާރާއަށްބުނެވުނީ އެހިސާބަށެވެ. އަނެއްކާ ވެސް ރޮވުނީއެވެ.

އަލާރާގެ ޖަވާބުން ލިއާނާއަށް ކީކޭ ހޭ ބާރަކަށް އަހައިލެވުނެވެ.. އެތައް އިރެއް ފަހުން ހަމައަކަށް އެޅުނު ހިނދު އަލާރާ ހުރިހާ ވާހަކައެއް ލިއާނާއަށް ކިޔައިދެމުން ދިޔައެވެ. ފޯނުން ގުޅައިގެން އިންޒާރު ދިން ވާހަކައާއި އޭނާއަށް ކުރިމަތިވި ހަމަލާއެވެ. އޭގެފަހުން ފޮނު ކޯލުތަކުގެ ސަބަބުން ލިބުނު އިންޒާރުތަކާއި އަލާރާގެ ފޮޓޯތަކެއް ނެގި ދުވަހުގެ ހާދިސާއެވެ. ނަމަވެސް އޭނާ އެއްކަމެއް ސިއްރު ކުރި އެވެ.

އިވި ދިޔަ ވާހަކަ ތަކުން ލިއާނާއަށް ލިބިގެން ދިޔައީ ވަރުގަދަ ސިހުމެކެވެ. އޭނާ އެންމެ ފުރަތަމަ ވެސް ބަލައިލީ އަލާރާގެ ފޯނަށް އެ ގުޅާ ނަމްބަރެއް ފެނޭތޯއެވެ. އެހާ ވަރަށް އޭނަ ރޮމުން ދިޔައިރު އެ ހަދަނީ ދޮގެއް ނޫން ކަން ހާމަ ވާ ވަރު ވެއެވެ.

“އޯހް ގޯޑް.. ޕްރައިވެޓް ނަމްބާރ އެއް..ކާކު ކަމެއް ވެސް ހޯދައިގަނެވޭނެ ގޮތެއް ނެތް… ދޮންބެ އަކީ ވަރަށް މޮޅު ހެކާރ އެއް.. ޑޯންޓް ޔޫ ތިންކް ދެޓް ވީ ޝުޑް ގޯ ޓް ހިމް”

“ނޫން ނޫން..ލިޔާ ޕްލީޒް ނޯ…އެކަމުން ލިބޭނެ ގެއްލުން އަންދާޒާ ކޮށްލަން ވެސް ދަތި… ހީ… އައި މީން ދިސް ޕާސަން ހޭޒް އައި އޮން އީވް” ރޮވިފައި އިނދެ އަލާރާ ބުނެލި ޖުމްލައިން ލިއާނާ ދެލޯ ބޮޑުވިއެވެ.

“ވަޓް..އީވް އޭ.. ހައު” ، “އޭނާގެ ކޯލްތަކުގަ އޭނާ އެބަހުރި އީވް ގެ ވާހަކަ އެހެން ޒާތަކަށް ދައްކާފަ” ލިއާނާގެ ޖުމްލައަށް އަލާރާ ޖަވާބު ދެމުން އެ ވާހަކަ ވެސް ބުނެދިނެވެ. އަދި އަލާރާ ނޫނީ އެ އާއިލާގެ ދުވަސް ދުއްވާލާނެ ކަމަށް އެމީހުން އިންޒާރު ކުރާ ވާހަކަ ވެސް ކިޔައިދިނެވެ. ލިއާނާގެ ބޯ ހާސްވި ވަރުން އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލެވުނެވެ. ދެން ހަދާނީވެސް ކިހިނެތް ހެއްޔެވެ. ހުރިހާ ކޮޅަކުން އަލާރާ ފިއްތާލާފައިވާ ކަހަލަ އިހުސާސެއް ހުދު ލިއާނާ އަށްވެސް ކުރެވެމުންދިޔައެވެ. އަލާރާއާއި މެދު ހިތުގައި ހަމްދަރުދީ އިންތިހާއަށް އުފެދުނެވެ.

”ލެޓް މީ ހަގް ޔޫ.. ލުކް ހައު ސްޓްރޯންގް ޔޫ އާރ..ގޯޑް ބްލެސް ޔޫ.. ލިއާ އަކީ ސިސް ނަމަ ނޭނގެ ވާނެ ގޮތެއް ވެސް…ޔަގިނުންވެސް ތިހާ ހިތްވަރު ގަދައެއްނުވާނެ” އަލާރާގެ ގައިގާ ބައްދާލި އިރު ރުއިމުގެ އަޑު އިވި ލިއާނާއަށް ވެސް ރޮވުނެވެ.

“ލެޓްސް ފައިންޑް އަ ވޭ ޓް ގެޓް ރިޑް އޮފް އިޓް.. ވީ ކޭން ޑޫ އިޓް.. އެކަމަކު އެންމެ ފުރަތަމަ ކަމަކަށް މިތަނުގެ ސެކިއުރިޓީ ހައި ކުރަން ވެއްޖެ އެންނު މިހާރު.. އެހެންވީމަ އަޒީޒްބެ ގާތު އެބަ ޖެހޭ ޑްރާމާ އެއް ކުޅެން..” ލިއާނާ  ހިތުގައި ވި އެންމެ އަޒުމެކެވެ. އަލާރާ ހަނގުރާމަ ކުރަމުން އެ ދާ ކަންތައްގަނޑުން ސަލާމަތްކޮށްދިނުމެވެ. މިއަދު އެ ކޮޓަރި ތެރެއަށް ވަދެވުން ކަން މިއީ އޭނާގެ ނަސީބޭ ހިތައް އެރި އެވެ. އެހެން ނޫންނަމަ  ހުރިހާ ކަމެއް ގޯހުން ގޯހަށް ދާ އިރުވެސް ރެއަކާއި ނުލީހެވެ.

“މަންމަމެން ކީ މި ވީކްގެ ތެރޭގަ އަހަންނާއި އެކު ހުރެދޭނެ އިތުރު ކުއްޖަކު ގެންނާނެ ވާހަކަ.. ޒެވް އެކަނި ހުރިހާ ވަގުތަކު ނުހުރެވޭނެ އެންނު.. އެކަމަކު ކުރިއަށް ވުރެން މިހާރު ގޭގަ ތަންކޮޅެއް ސެކިއުރިޓީ ހައި ކަންނޭގެ..މަންމަ ބުނި  މި ރޫމް ބިއްދޮށުގަ މިއޮންނަ ހުސް އޭރިއާ ވެސް ގާޑް ކުރާ ވާހަކަ” އަލާރާ ކިޔައިދިނެވެ.

“އެހެންވީމަ އިންޝާﷲ ރަނގަޅުވާނެ.. އަހަރެންގެ ނަމްބާރ އިންނަ ބަޓްން މިހާރު އެނގޭ ދޯ.. ފިތާލައްޗޭ ހަމަ ކިރިއާ ވެސް ކަމެއް ވަންޏާ..މި” ލިއާނާގެ ޖުމްލަ ފުރިހަ ނުވަނީ އެތެރެއަށް ވަދެގެން އައި ޒެވިއަލް ފެނި ވާހަކަ ހުއްޓާލިއެވެ. އޭނާގެ ފަހަތުން އަލާރާ އަށް ކާން ދިނުމަށް ތަކައި އީވާ ވެސް ތައްޓެއް ހިފައިގެން އައިސް ހުއްޓެވެ.

“ލިއާ އޭ މި ހޯދަނީ..ކެން ޔޫ ކަމް” ޒެވިއަލް ފުރަތަމަ ވެސް ބަލައިލީ އަލާރާ އާއި ދިމާލެވެ. އޭނައަށް  ޒެވިއަލް ނުފެނުނު ކަމުގައި ވީ ނަމަ ވެސް އަޑު ޖެހުމުން އިސް އުފުލަލަމުން އެކި  ދިމަދިމާލަށް ކަޅި ހަރަކާތް ކުރަމުންދިޔައެވެ. އެ މަންޒަރު ފެނި ޒެވިއަލްގެ ތުންފަތައް ހިނިތުންވުމެއް ވެރިވިއެވެ.

“އޯކޭ .. މިއީ އަހަރެން ގެނައި ގިފްޓް އެއް..” އަލާރާގެ އުނގުމަތިގައި ލިއާނާ ގެނައި ކޮތަޅެއް ބައިންދާލިއެވެ. “އެހާ ބޮޑަށް ނުވިސްނައްޗޭ..ފަހުން އަންނާނަން  އެނގޭ..”  އަލާރާގެ އަތުގައި ހިފާލުމަށްފަހު އެހެން މީހުންނަށް ނީވޭނެހާ މަޑުން ލިއާނާ ބުނެލާފައި ނުކުންނަން ދިޔައެވެ.

**

ބާރު ދުވެލީގައި އައިސް ޒެވިއަލް ސައިކަލް މަޑުކޮށްލީ ރެސްޓޯރެންޓް އެއްގެ ކުރި މައްޗަށެވެ. ޒެވިއަލް ދުއްވިލެއް ބާރުކަމުން އެކަމާއި ހިތްހަމަ ނުޖެހިގެން ޒެވިއަލްގެ އަތުގައި ތަޅައިގަންނަމުން ލިއާނާ ދިޔައީ ކުދި ކިޔަމުނެވެ.

“ބޮލަށް އެނބުރުން ވެސް އަރައިފި..ތި ވަރު ނުވިއަސް ދޮންބެ އަށް ތި ދުއްވަން އެނގޭ ކަން މަށައް ވާ އެގިއްޖެ” ލިއާނާ ޖުމްލަތައް އިވި ޒެވިއަލްގެ ގާތައް އައީ ހިންޏެވެ.

”ސޮރީއޭ ދެން.. އަސްލު ކަމަކު މިއައީ.. މި އަރަން އުޅޭ ފްލޯގަ އިންނާނެ ރައި..ޔޫ ހޭވް ޓް ވަތް އައި ސޭ..” ޒެވިއަލްގެ ޖުމްލައިވި ލިއާނާ ދެބުމަ ހިއްލާލިއެވެ.

“ވަޓް ރައި އޭ…ކިއްވެ ކުރިން ނުބުނީ..ދޮންބޭ އޭނަ އަހަރެން ކާލާނެ..ނުވެސް ބުނަން މިއަދު އަންނަ ވާހަކަ އެއް..ނުދާނަން ނުދާނަން” ލިއާނާ ބިންމަތީގައި ދެފައި ތަޅާލަމުން ބޮޑާހާކާލިއެވެ.

”ދެން ލިއާ ..ކީއްތަވީ.. ދޮންބެއަށް އެނގޭ މާދަން ވާންދެން ވެސް ދެމީހުން ނުފެނި ނުތިބޭނެ ކަން”

“ބަޓް ދެން ދޮންބޭ..ނުބުނެ އައީމަ ނޭނގޭ ހަދާލާނެ ގޮތެއް ވެސް..އޭނާއާއި ފޭސް ކުރާއިރު ނިކަން ރެޑީ ވެސް ވާންޖެހޭ އެބަ.. ގިފްޓް ނުލާ ފެނުނަސް އެ ނިމުނީ”

“އޯކޭވާނެ އޭ.. ދެން ބޮޑާ ނުހާކާނެ އެނގޭ..އެތަނަށް ވަނުމުގެ ކުރިން އެއްޗެއް އަހާލާނަން.. ރައި ހުރީ ބޮޑީގާޑް ޓްރެއިނިންގް ހަދާފަ ދޯ..” ޒެވިއަލް އަހައިލުމުން މާ ބޮޑު ވިސްނުމެއް ނެތި ލިއާނާ ބޯ ޖަހައިލިއެވެ.

“ވެއިޓް..ރައި ކައިރިއަށް އެ ވާހަކަ އަހަންތަ ތިއައީ..” ލިއާނާ ދެލޯ ބޮޑު ކޮށްލިއެވެ. ޒެވިއަލް ވަގުތުން އާއެކޭ ބުނެ ކުރު ގޮތަކަށް އަލާރާގެ ވާހަކަ ކިޔައިދިނެވެ.

“އަލާ ދައްތަ އަށް ގެންދަން ތިކިޔާ ކުއްޖަކީ ރައި އޭ ތަ ތިބުނަނި” ޒާތަކަށް އަނގަ ހަދައިގެން ހުރެ ލިއާނާ އަހައިލިއެވެ. ޒެވިއަލް ބޯ ޖަހައިލި ތަން ފެނި ލިއާނާ ދެލޯ އިހުނަށް ވުރެން ބޮޑުވިއެވެ.

“ދޮންބޭ އެކަމަކު…ސާފީ ބެ އާއި ރަމް ދައްތަ އާއި ވެސް ވަގަށް އޭނަ އެ ޓްރެއިނިންގް ހަދާފަ އެހުރީ.. އެއްފަހަރު ކޮލެޖް އެގްޒާމް އަށްފަހު ބަންދުވި ދުވަސްކޮޅު ކޮލެޖް ކުދިންނާއި އެއްކޮން ޓްރިޕްއަކަށޭ ކިޔާފަ އޭނާ ގޮސް ހުރީ އެ ޓްރެއިނިންގަ ކޮންމެ ވެސް ފަޅު ރަށެއްގަ.. އެ ފަހަރު ދެން ނަސީބަކުން އަހަރެން ހުން އައި..އެހެންވެ ނިކަމެތި ރަމް ދައްތަ އާއި ޝާފީބެ ވެސް ގަބޫލް ކުރި ރައިގެ ވާހަކަ.. އަދި އަދަށް ދާންދެން ވެސް އެ ދޮގު އޮތީ ދޮގެއްގެ ގޮތުގައި އަދިވެސް..ތިކަން ވޭތޯ ހިނގާބަލަ ދެން އަޅެ” ލިއާނާގެ ވާހަކަ ނިންމާލާފައި ބަލައިލި އިރު ނުހޭން ހުރި  ނަމަވެސް ޒެވިއަލްއަށް ހެވުނެވެ.

ދެމީހުން މައްޗަށް އެރި އިރު ރައިހާ މޭޒު ދޮށުގައި އިނެވެ. ޒެވިއަލްގެ ފަހަތުން ވައިން ލިއާނާ ފެނި ފާޑަކަށް އަނގަ ނަގައިގެން ރައިހާ ހުއްޓެވެ. ރައިހާ ބަލައިލި ހިނދު ޒެވިއަލްގެ ފަހަތައް ވަދެ ލިއާނާ ފިލައިފިއެވެ.

”ޒެވް ބޭބޭ.. މީނަ ދައްކާލަން ތަ ބައްދަލް ކުރަން ބުނީ” ލިއާނާ ބަލައިލި ހިނދު ރައިހާ ދެލޯ އަޅާލިއެވެ.

“ނޫނޭ..އެއީ މީހަކު ބަލާ ވަރުގެ މީހެއްތަ..އޭނަ ބިރުން ނޯ އެއިނީ ރައި ކަމެއް ކޮށްފާނެތީ.. ފުރަތަމަ ހިނގާ ދޯ އެއްޗަކަށް އޯޑާރ ކުރަން” ޒެވިއަލް ހެމުން  ހެމުން އެތަނުން ގޮނޑި އެއް ދަމާލާފައި އިށީނެވެ. ލިއާނާވެސް ޒެވިއަލްއާއި ޖެހިގެން އިއްތަމުން ނިކަން ބާރަށް އޭނާގެ ގައިގާ ވިކައިގަތެވެ. ޒެވިއަލްއަށް ތަދުވެގެން ދެލޯ ހަނިކޮށްލައިގެން ހުރެ އަމިއްލަ އަތުގައި ފިރުމާލިއެވެ.

“އަސްލު ކިހިނެތް ވީތަ.. ކޮންމެ ވެސް ކަމެއް ކޮށްދޭށޭ ބުނީމެންނު ކުރީ ދުވަހު” ރައިހާ އަހައިލިއެވެ. ޒެވިއަލް ކިޔައިދޭން ފެށީ އަލާރާގެ ވާހަކައެވެ. އަލާރާގެ ހާލަތާއި މިހާރު ގޭތެރޭގެ ހާލަތުވެސް ކިޔައިދިނެވެ. ރައިހާގެ މޫނުމަތިން މާބޮޑު ހައިރާންކަމެއް ނުފެނެއެވެ. ޝާފިއުގެ ފަޜާތުން އެކަންކަން މިހާރު އެނގިފައިވާނެކަން ޒެވިއަލްއަށް ވެސް އެނގެއެވެ. ޒެވިއަލް ދައްކަމުން ދިޔަ ކޮންމެ ވާހަކައަކަށް ރައިހާ ދިޔައީ ބޯ ޖަހަމުންނެވެ.

“ލައްބަ ރައި އަށް ވެސް ބައްޕަގެ ފަރާތުން ކޮންމެ ވެސް ވަރަކަށް ތިވާހަކަ އިވިފަ އޮތި..އެކަމަކު ތިހާ ވޯސް ކަމެއް ކުރިއަކުން ނޭނގޭ..ދެރަ ދޯ.. ރައި ކިހިނެތް ހަދާލަ ދޭން ވީ ހެލްޕް ވެލަން” ރައިޙާ އަހައިލުމާއި އެކު ޒެވިއަލްއަށް ބަލައިލެވުނި ލިއާނާގެ މޫނަށެވެ.

“އަސްލު ވާ ގޮތަކީ ކަންކަން އެހެން ހުރުމުން އެބަޖެހޭ ވަރަށް ރަނގަޅަށް ގޭގެ ސެކިއުރިޓީ ބަލަހައްޓަން..އަދި އަލާއަށް ވެސް ބަލަން..ސައުވީސް ގަޑި އިރު އަލާ އާއި އެކު މީހުން އެބަ ތިބެން ޖެހިފަ މިހާރު މިވަނީ.. އޯލްމޯސްޓް ސިކްސް މަންތު މިވީ އަހަރެން ހަމައެކަނި ދުވާލް އަލާ ކައިރިގަ ހުންނަތާ.. މިހާރު ހަމައެކަނި ދުވާލް އެކަނި ހުރެގެން ވާކަން ނެތް އެއަށް ވުރެން ހާލަތު ވޯސް އެންޑް ވީ ނީޑް އަ ގާލް އެންޑް ވަން މޯ މޭން ފޯރ ދިސް.. ކެން ޔޫ ކަމް..” ޒެވިއަލް ކިޔައިދެމުންދިޔައެވެ.

ވެއިޓަރަކު ގެނެސް ކައިރީގައި ބެހެއްޓި ފެންތަށި ތުމުގައި ޖަހައގެން ބޯން ފެށި ރައިހާއަށް ޒެވިއަލް އެންމެ ފަހުން ބުނި ޖުމްލަ އިވި އަނގައިގާވާހާ ފެންތަކެއް ބުރުއްސާލެވުނެވެ. ކޮށިއަރައިގެން ދިޔުމުގެ ސަބަބުން ގަދަޔަށް ދިޔައީ ކެއްސަމުންނެވެ. ލިއާނާ އައިސް ބުރަކަށީގައި ތަޅައިގަން ހިނދު މަޑުމަޑުން ހަމައަކަށް އެޅެންފެށިއެވެ.

“އާރ ޔު އޯކޭ.. ރާއްޖެއަށް ސުނާމީ އެއް އަރަން އެބޯޅެއޭ ބުންޏަސް ތި ވަރުގެ ޝޮކެއް މީހަކަށް ލިބޭނެ ބާ” ދެލޯ ބޮޑު ކޮށްލައިގެން ބަލަހައްޓައިގެން އިން ރައިހާގެ މޫނަށް ބަލައިލި ހިނދު ލިއާނާއަށް ވެސް ހެވެމުން ދިޔައެވެ.

“އައި ހާރޑް ބޮޑީގާރޑް ޓްރެއިނިންގް ވެސް ރައި ހަދާފަ ހުރި  ވާހަކަ”

“ވެއިޓް ކާކު ބުނީ” އެ ހައިރާން ކަންމަތީގައި ހުރެ ރައިޙާ އަހައިލިއެވެ. އޭނާ ލިއާނާގެ މޫނަށް ބަލައިލި އިރު ދުރު ބަލަން ފެށި ގޮތުން އެއީ ލިއާނާކަން އެނގުނެވެ. އެހެންނޫނަސް އޭނާ އެކަމެއް ކުރިކަން އެނޫން އިތުރު  މީހަކަށް ނުވެސް އެނގޭނެވެ. ރައިހާ މޭޒުގައި ބޯ އަޅުވާލިއެވެ.

”ކޮބާ ރައިގެ އާންސްވާ..” ޒެވިއަލްގެ އަޑު ޖެހުނު ހިނދު ބޯ ހިއްލާލައިފާ އަނެއްކާ ވެސް މޭޒުގައި ބޯ ޖަހައިލިއެވެ. އެ އަމަލުން ޒެވިއަލް ގާތައް ހިނިއައި ނަމަވެސް ހިނިތުންވުން ފޮރުވާލިއެވެ.

“ކިހިނެތް އެނގުނީ އަހަރެން ބޮޑީގާޑް ޓްރެއިނިންގް ހަދާފަ ހުރި ކަމެއް..ލިއާގަނޑު ދޯ” އަނެއްކާ ވެސް ރައިހާ މޭޒުން ބޯ ހިއްލާލަމުން އަހައިލިއެވެ. ޒެވިއަލް ބޯ ޖަހައިލުމުން ރައިހާއަށް ދަތްކުނޑި ވިކައިގަނެވުނެވެ.

“ސޮރީ ރައި..ސީދާ ރައިގެ ޕޭރެންޓްސް ކައިރިއަށް ގޮސް ހުއްދަ ހޯދައިގެން މިއައީ..އެމީހުން  މިކަމަށް ވަރަށް ތާއީދު.. ޝާފިއުބެގެ އޮފިހަށް ރައި ޖޮއިން ނުކޮށް ހުރީމަ ވަރަށް ރަނގަޅަށް ރިވެންޖް ނަގައިފި..ޝާފިއުބެ ސީދާ  އަޒީޒްބެ އަށް ގުޅާފަ ރައިއަށް ޖޮބް އޮފާރ ލެޓާރ ހަވާލް ކުރަން އެންގީ…ރަނގަޅު ދޯ..މިއޮތީ ލެޓާރ” ޒެވިއަލް ދައްކަމުން ދިޔަ ވާހަކަ ތަކުން ރައިހާ އިނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. ރައިހާގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުން ނުހިފެހެއްޓިގެން އެންމެފަހުން ލިއާނާ ފެށީ ހޭށެވެ.

މަންތްލީ ސެލެރީ ފޯރ ތައުޒަން ޑޮލާރ..ހޭންން ވަޓް” ޒެވިއަލް ދެއްކި ގަނޑުތައް ބަލަމުން ދިޔަ ރައިހާ އިނީ ގަބުލު ކުރަން ދަތިވެފައެވެ.

“މަދީތަ އެވަރު.. އިތުރު ކޮށްލަން ބުނަން ވީ ދޯ” ޒެވިއަލް އަހައިލާފިއެވެ.

“އޭނ ނޫން… މިއަށް ދެން މަ ކީކޭ ބުނާނީ ވެސް.. މިއޮތީ ނުވެސް އެނގި ޖޮބަށް ވައްދާފަ އެއްނު.. ބައްޕަ ވަރަށް ރަނގަޅަށް ރިވެންޖް ނަގައިފި.. ކޮން ދުވަހަކު ފަށަންވީ” ރައިހާގެ މޫނުމަތި ވަނީ ބަނަވެފައެވެ. އެ މަންޒަރު ފެނި ލިއާނާ ހޭ ވަރުން ރައިހާ ޝަހާދަތް އިނގިލި ދިއްކޮށްލީ އިންޒާރު ދޭފަދައަކުންނެވެ.

“ހަނދާންކުރާތި ލިއާނާ ޒާފިރު.. ދޫ ލަނޑެއް ނުދޭނަން އެކަނި ފެނިއްޖެޔާ” ރައިޙާގެ ޖުމްލައިން ލިއާނާ ކުރިއަށް ވުރެން ބާރު ހިނިގަނޑެއް ޖަހައިލަމުން ދޫ ހަދަންފެށިއެވެ.

 

****

އާދުވަހަކަ މިސްރާބު ކީ ވިއްސާރައާއި އެކު އެކީގައެވެ. މީހުންތައް މަގުތައް މަތީގައި ހަރަކާތްތެރިވަމުން ދިޔައި ނުހަނު ހަލުވިކަމާއެކުއެވެ.

ކާރުގެ ބިއްލުރިގަޑުން ބޭރަށް ނަޒަރު ހުއްޓާލައިގެން އިން އަރްކާން ދޭތެރެއަކުން އަތުކުރީގައި އަޅާފައިވާ ގަޑިއަށް ބަލާލައެވެ. މިއަދަކީ މެޑްރިޑް ދަތުރަށް ފަހު އޮފީހަށް އޭނާ ނުކުންނަ ފުރަތަމަ ދުވަހެވެ. އައިފަހުން ދެދުވަސް ވި އިރު ވެސް ސަލާމް ޖަހައިގެން އޭނާ ގޭގައި މަޑުކުރީއެވެ. ލިއާނައާއި ދެމެދު ހިނގާދިޔަ ކަންތަކަށް ފަހު ލިއާނާގެ ކުރިމައްޗަށް އަރަން ވެސް އަރްކާން އަށް ނުކެރުނީއެވެ. ގޭގައި ވެސް އޭނާ އެދެދުވަހު އުޅުނީ ކޮޓަރިން ބޭރަށް ވެސް ނުނިކުމެ ފިލައިގެންނެވެ. މިއަދުވެސް ސަލާމް ޖެހުމަށް ހިތައް އެރި ނަމަވެސް ހިތްވަރުކޮށްފައި އަރްކާން ނިންމީ ލިއާނާއާއި ކުރިމަތިލާ މާފަށް އެދުމެވެ.

ކާރުން ފޭބި އިރު ސެކިއުރިޓީންގެ މީހަކު ކުޑަ ހިފައިގެން އައިސް ހުއްޓެވެ. ހުދު ކުލައިގެ ގަމީހަކާއި އަޅިފުސްކުލައިގެ ޓްރައިޒާގައި އަރްކާން ނުހަނު ފުރިހަމައެވެ. އަޅާފައިވާ ކަޅުކުލައިގެ ހިމަދިގު ޓައި ރަނގަލުކޮށްލަމުން ލިފްޓާއި ދިމާލަށް ދިޔަ އިރު އަންހެން ވެރިންގެ ނަޒަރު އޭނާއަށް ހުރީ ހުއްޓިފައެވެ. ހިތްހަމަ ނުޖެހުނު ނަމަވެސް އަރްކާން ދިޔަގޮތައް ދިޔައެވެ.

“ސާރ.. މިއަދު ލިއާ ހުންނެވީ ސަލާމުގަ..މިއޮތީ ލިއާ ހަވާލް ކޮށްލާށޭ ބުނުއްވި ޑޮކިއުމަންޓެއް” އަރްކާންގެ ކެބިންގެ ތެރެއަށް ވައިން ހިނދު ފުރަތަމަ ވެސް ބައްދަލްވީ ޝުޙާދުއާއެވެ.

“ކިހިނެތް ވި އޭނައަށް” އަރްކާން އަހައިލުމުން ޝުހާދު ބުނެލީ  ނޭނގޭ ކަމަށެވެ.

“އެންމެ ރަނގަޅު.. ބައްޕަ ބުނެލި ދޯ ޝުހާދު ކައިރީގަ ވާހަކަ އެއް..މިހާރު ތި ލިބޭ ސެލެރީ ތިންގުނަ ބޮޑުވާނެ.. ކިހިނެތް ނިމުނީ” އަރްކާން އަހައިލިއެވެ.

“އަޅުގަނޑު އެގޮތާއި ރުހި ގަބޫލް ހަމަ..ސާރ މެން ބުނެލާ ޑޭޓް އަކަށް ހަމަ ތައްޔާރު” ޝުހާދު ދިން ޖަވާބުން އަރްކާންގެ މޫނަށް އުޖާލާކަން ވެރިވިއެވެ. ނުހަނު އުފަލާއިއެކު ސުހާދުއަށް ޝުކުރުއަދާކުރިއެވެ. ޝުހާދު ނުކުމެގެން ދިޔުމުން އަރްކާން ސޯފާއަށް ޖެހިގަތެވެ. ލިއާނާ ނުފެނުމުން އޭނާގެ ހިތައް މާޔޫސްކަން ވެރިގަތީ އިންތިޙާއަށެވެ. އެތާގައި އޮވެ އޭނާ ވިސްނަމުން ދިޔައި ލިއާނާ ކުރެން މާފަށް އެދޭނެ ގޮތަކާއިމެދުގައެވެ.

“ވައި އައި ފީލް ސޯ ބޭޑް އެބައުޓް އިޓް.. އަބަދު ލިއާ އިންނަނީ މައިންޑްއަށް ފާވެފަ..އާފްޓާރ ދެޓް ކިސް މިކަންތައް  އަދި ބޮޑު.. ލިއާއަށް ފޮރުވިގެން މިދެދުވަހު އުޅުނަސް ހަމަ ހިތާ ދެކޮޅަށް ކުރެވުނު ކަމެއް ހެން ހީވަނީ އެވެސް.. މެޑްރިޑްގަ އުޅުނު ދެތިން ދުވަސް މަތިން ހަނދާން ވަނީ…އަޅެ މަށައް ކިހިނެތްތަ މިވަނީ.. އަޖައިބެއް ކަހަލަ ކަމެއްނު މިދެން..” އަރްކާން ސޯފާގައި އޮތް ކުޝަން ނަގައިގެން މެޔާލާ ބޮނޑިކޮށްލިއެވެ. އެހެން އޮތްވަ ހަނދާނަށް އައީ އެއާރޕޯޓް ތެރޭގައި ހިނގި ހާދިސާގެ މަތިންނެވެ. އެފަދަ ފޮނިމީރުކަމެއް ދުވަހަކުވެސް އަދި އިޙްސާސްވެފައި ނުވެއެވެ. އަންހެންކުއްޖެއް ހަށިގަނޑުގައި އެފަދަ ގޮތަކަށް ބީހިލާފައިވެސް އޭނާ ނުވާނެއެވެ. ލިއަނާގެ ދެލޮލުގެ ތެރެއަށް ގެނބިގެން ދިޔަ ހިނދު ދުނިޔޭގައި ދެން ހިނގަމުންދާ އެއްވެސް ކަމެއް އަރްކާން އަކަށް އިހްސާސް ނުވާފަދައެވެ. ކިތަންމެ ގަބުލް ކުރަން ދަތި ވި ނަމަވެސް  އެ ރީތި ކަން އަރްކާންގެ ހިތުގައި ބިންވަޅު ނެގިއްޖެއެވެ. އެ އަދާތައް އެހިތުގެ އެންމެ ފުނައް ވާސިލްވެއްޖެއެވެ. މޭގައި އަތް އަޅާލައިގެން އޮވެ ލޯ މަރާލި ހިނދު ފުރަތަމަވެސް ސިފަވީ ލިއާނާގެ މޫނުކޮޅެވެ.

ކުއްލިއަކަށް އަރްކާން ތެދުވީ ބިރެއް ފެނިގެން ތެދުވިހެންނެވެ.

“އަސްތަޤްފިރްﷲ… އައްޗީ ކޮންކަހަލަ ހިޔާލެއްތަ މިކުރެވެނީ..އަދި ލިއާ އޭ ތަ އެކިޔުނީ..މިހާރު ދެން މާ މައްޗަށް މިކަންތައް މިދަނީ..ނޫނޭ ނޫނޭ…މިހެންވެގެނެއް ނުވާނެ.. މޮޔަ ނުވަނީސް ސައިކޭޓްރިސްޓެއްގެ އެހީ ހޯދަންވީ…” ލިއާނާ ދެކެ ލޯބި ވެވިދާނެކަމަށް އަރްކާން އެއްވެސް ވަރަކަށް ގަބުލް ކުރާކަށް ބޭނުމެއް ނޫނެވެ. ހިތާއި ސިކުނޑިއަށް ލިބެމުން ދިޔަ ތުރާތަކަށް ލުޔެއް ލިބޭތޯ އަރްކާން މިސްރާބު ޖެހީ އޮފީހުން ބޭރަށް ނުކުމަންނާށެވެ.

***

ވެހެމުންދިޔަ ވާރޭގެ ތެރޭގައި ފަތާފެންގަނޑުގެ އަރިމަތީގައި އިށީންދެ އިން އަލާރާގެ މޫނުމަތީގައި ވަނީ ހިތްތައް ގެނބިގެންދާ ފަދަ ހިތްގައިމުކަމެކެވެ. ފެންގަނޑުގެ ތެރެއަށް ފައި ލައިގެން ހަލުވާލަ ހަލުވާލަ އިންއިރު ދޭތެރެއަކުން ލޯބިވެތި ގޮތަކަށް ހީލައެވެ. ތެމިފޯވެފައި ހުރި އިރު އެދިގު އިސްތަށިގަނޑު ލާފައިވާ ހުދު ކުލައިގެ ގަމީހުގައި ވަނީ ތައްލާފައެވެ. ގަމީސް ވެސް ގައިގާ ހިފާލައިފާ ވާއިރު ހަށިގަނޑުގެ ބައްޓަން ސިހުރެއްހެން ފާޅުވެފައިވެއެވެ.

އަލާރާ ހޯދުމަށް ޒެވިއަލް އައި ހިނދު އެންމެ ފުރަތަމަވެސް އެމަންޒަރަށް ކަޅިހުއްޓުނެވެ. ދުލުން ބަސް ހުސްވި ކަހަލައެވެ. ޒެވިއަލްއަށް އެހެން ދިމާލަކަށް ނަޒަރު އަނބުރާލުން ވެސް ވީ ދަތިކަމަކަށެވެ. އެހަރަ ރީތިކަމެކޭ ހިތައްއެރިއެވެ. ވާރޭގެ ތެރޭގައި ހިޔާލެއް ފިކުރެއް ނެތި އިށީންދެލައިގެން އިން ޕަރީއެއްފަދައެވެ. އެހެން އިނދެފައި އަލާރާ ދެއަތް ފުޅާކޮށްލާފައި، ބޯ މައްޗަށް ހިއްލާލައިގެން އިނދެ ދެލޯ މަރާލިއެވެ. އެ މަންޒަރު ފެނި އެ ރީތި އަންހެން ކުއްޖާ ގެނެސް ގަޔާލާ ބޮނޑީކޮށްލަން ޒެވިއަލްގެ ހިތް އެދެމުން ދިޔައީ އިންތިޙާއަށެވެ.  ގެއްލިފައި ހުރެ އަލާރާއާ ގާތައް ދެވުނު އިރުވެސް ނޭނގުނެވެ.

“ޒެވް” އަލާރާގެ ތުންފަތް މައްޗަށް ވެރިވީ ލޯބި ހިނިތުންވުމެކެވެ. ޒެވިއަލް ސިހުނީ އަލާރާގެ އަޑު އެހާ ގާތުން އިވުމުންނެވެ. އަލާރާއަށް ގެއްލި ހުރެ އެހާ ދުރުން މިހިސަބަށް އާދެވުނު އިރުވެސް ރެއަކާ ނުލުން ޒެވިއަލްއަށް ބޯކަހައިލެވުނެވެ. މިޙާރު އޭނާ ވެސް ތެމި  ފޯ ވެއްޖެއެވެ. ޒެވިއަލް ފެނިގެން އެތަނުގައި ކުރިން ސުރެން އަލާރާއާއި ހަވާލް ވެގެން ހުރި ސެކިއުރިޓީ އޮފިސަރު ވެސް އޭރު ގޮސްފިއެވެ.

“އޯހްހް ނޯ” ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން ޒެވިއަލް ދުއްވައިގަތީ ހިޔާކޮށްފައި އޮތް ހިސާބަށެވެ. އަވަހަށް ތެޅިގަނެފައި ޖިންސުގެ ޖީބުގައި އޮތް ފޯނު ނަގައި ބަލައިލި އިރު ނަސީބަކުން ފޯނަށް ފެން އެޅިފައެއް ނުވެއެވެ.

“ނަސީބެންނު..” ، “ކިހިނެތް ވީ ޒެވް” ޒެވިއަލްގެ އަޑު އިވުމުން އަލާރާ އަހައިލިއެވެ.

“ފޯނު ޖީބުގައި ބާއްވައިގެން މި ނުކުމެވުނީ ވާރޭގެ ތެރެއަށް..  އެހެންވެ ހަނދާންވެގެން މި ދިޔައީ އެ ލާން ވެގެން..ކިހިނެތް އަލާއަށް އެނގުނީ އަހަރެން އައިކަން”  އަލާރާއި ފޫޓެއްހާ ދުރުމިން ބަހައްޓާފައި އިށީންނަމުން ޒެވިއަލް އަހައިލިއެވެ. ވެހެމުންދިޔައި ވާރޭގެ އަސަރު ހުރަހެއް ނެތި ކުރަމުން ދިޔުމުގެ ސަބަބުން ޒެވިއަލް އިނީ ހީކަރުވަގަނެފައެވެ. ޒެވިއަލް އިނީ އަލާރާއާއި ދިމާ ނުބަލަން ނިންމައިގެންނެވެ. އެންމެ ފަހަރަލު ބަލައިލިޔަސް އޭނާގެ ނަފްސް ކޮންޓްރޯލް ނުކުރެވިދާނެ ކަމުގެ ބިރަށް ކެތްކޮށްލައިގެންނެވެ.

“އައި ކެން ފީލް.. އެން ޔޯ ސެންޓް..ވާރޭގެ ތެރެއިން ވެސް ތި ވަސް ނޯޅޭނެ..” އަލާރާގެ ޖަވާބުން ޒެވިއަލްއަށް ބަލައިލެވުނެވެ. ޒެވިއަލްގެ ރަތް ތުންފަތައް އެ ޖަވާބުން ހީލުމެއްގެ އަސަރު ފައުޅުވިއެވެ. ހިތުގައި އާ ޜާގެއް ކުޅެލި ފަދައެވެ.

“ސެންޓް..އެހެން ވީމަ ޝަވަންގެ ސެންޓް ވެސް ނޯޅޭނެތާ ދޯ” ހީލައިގެން އިނދެ ޒެވިއަލް ނުގޮތަކަށް އަހައިލިއެވެ.

“ނޫނޭ.. ދޮގު ހަދާކަށް ބޭނުމެއް ނޫން..އޭނަ އައިކަން އެނގެނީ ވާހަކަ ދެއްކީމަ…ދެން ބައެއްފަހަރު ފިޔަވަޅުގެ އަޑުން..އައި ޑޯންނޯ އޭނާ އައިސް އަޑެއް ނީންވާ ނަށަ ނަށާފަ ދިޔަސް..ހަހަހަހާ ބަޓް ބީ ކެއާރފުލް .. އައި ފީލް ޔޫ ވެން ޔޯ އެރައުންޑް… މޭބީ އިޓްސް ޖަސްޓް ބިކޯޒް ވީ އާރ ކްލޯޒް ފްރެންޑްސް” އަލާރާ އިސްދޮށައް ޖަހައިގެން އިނދެ ބުނެލިއެވެ. އެހާ ފަސޭހައިން ޝަވަންގެ ވާހަކަ ދެއްކުނީމަ އޭނާ އިނީ ހައިރާން ވެސް ވެފައެވެ. މިހާރަކަށް އައިސް ޒެވިއަލްގެ ގާތުގައި ހުންނައިރު އޭނާ ޝަވަންގެ މަތިން ހަނދާންވަނީ ވެސް މަދުފަހަރަކުއެވެ. އަމިއްލަ ނަފްސަށް އަންނަމުން މިދާ ބަދަލްތަކުން އަލާރާ ހުންނަނީ ހައިރާންވެފައެވެ.

“މްމްމް މޭބީ..” އަލާރާގެ އެ ޖަވާބުން ހުދު ޒެވިއަލް ވެސް ހައިރާންވިއެވެ. އެ ޖުމްލަތަކުން ނަގަންވީ މާނައެއްވެސް ނޭނގިފައި ޒެވިއަލް އިނެވެ.

ކުއްލިއަކަށް ވިދުވަރުގެ އައްޔާއި އެކު ޖަހާލި ގުގުރިން އަލާރާގެ ހަޅޭކުގެ އަޑު އިވިގެން ޒެވިއަލްވެސް ދިޔައީ ސިއްސައިގެންނެވެ. ތެޅިގަނެފައި އަލާރާއާއި ގާތައް ޖެހިލާ އެއަތުގައި ހިފައިލެވުނެވެ. “ޒެވް ގުގުރަންޏާ އަލާ ބިރުގަނޭ ..” ފާޑަކަށް ރޮވިފައި ހުރެ ޒެވިއަލްގެ އަތުގައި އަލާރާ ހިފައިލިއެވެ.

“ހިނގާ ގެއަށް ވަންނަމާ ދޯ..” އަލާރާގެ އަތުގައި ހިފާލައިގެން ހުރެ ކޮޅަށް ނަގާލި ހިނދު ވީ ދެވަނަ ފަހަރަށް  ގުގުރައިގެން ވަގުތެވެ.

“މަންމާ…އާހްހްހް” ތޫލި އަޑަކުން ހަޅޭއްލަވައިގަނެފައި ޒެވިއަލްގެ ގައިގާ ނުހަނު ބާރަށް ބައްދައިގަތެވެ. އެހުރިގޮތައް ހުރެވެސް އަލާރާ ދިޔައީ އަޑުގަދަކުރަމުންނެވެ.

“އަލާ ނައު އިޓްސް އޯކޭ” ޒެވިއަލް އަށް ހުރެވުނީ ދުރުކޮށްލަން ވެސް ނުކެރިފައެވެ. ޒެވިއަލްގެ އަޑަށް އަލާރާގެ އަޑު ކެނޑުނު ނަމަވެސް ގައިން ދޫކޮށް ނުލާ އެހުރިގޮތައް އަލާރާ ހުއްޓެވެ. އެއަމަލުން ޒެވިއަލްގެ ހިތައް ކުރަމުން ދިޔަ ބާރު ވަކިން ބޮޑެވެ. ހިތްތެޅެމުން ދިޔަ އިރު އަރަބި އަހެއްފަދައެވެ. އޭނާގެ ހިތުގެ އަޑު އަލާރާއަށް ނީވި ހުންނާނެބާއޭ ހީވި އެތައް ވަގުތެއް ދިޔައެވެ.

*****

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ރޯލީމޭ ތިންވަނަ ބައި (ރާނިޔާގެ ތަފާތު ފެނިލުން)

Next

ބޭވަފާތެރިޔަކީމޭ 32

Next
January 18, 2025

ބޭވަފާތެރިޔަކީމޭ 32

Previews
January 17, 2025

ރޯލީމޭ ތިންވަނަ ބައި (ރާނިޔާގެ ތަފާތު ފެނިލުން)

14 Comments!

  1. Kaaya says:
    January 17, 2025 at 10:02 pm

    Heehee halaaku vehje rai n lia part 😭😂😂
    And arkan ge visnun thoh 😭😂😂😂

    Vvv furihama
    Mihaaru ves keh nulavaafi next part kiyaalan

    Toooo hot btw ala n zev
    ❤️

    Btw hw are you sister? Are you feel alright nw?
    Get well soon my fav author 🥺❤️

    1. Annora says:
      January 17, 2025 at 10:18 pm

      hellow dear kaaya 🙂 yes lia and rai had a funny fight dw ahahah..
      dear ah mi part kamudhiyumun v happy vehje … thankyou so much for the love and support.. it means a lot <3 🙂 .. zev and ala ge romance adhi start vee dw heheh 🙂
      alhamdhulillah yessss nw im feeling much better .. once again thank you kaaya ..you are so sweet dear.. and i hope you doing well too..
      and next part will upload lil soon unmeedhu kuran e part ves thihaa shauguverikamaa eku kiyaalaane kamah..

    2. ........ says:
      January 19, 2025 at 9:24 pm

      I feel like ik u …

    3. Annora says:
      January 19, 2025 at 9:49 pm

      Dear if you feel like that u can just message me through instagram.. hurihaa kudhinnah ves welcome hama…
      Alhugadu ge instagram id hurihaa kudhinnah ves olhifa neennaane kamah mibalany ☺️❤️

  2. Mrs 💀 says:
    January 17, 2025 at 10:04 pm

    Aiiiii finallyy theyy kisssed fr 🤭🤭😍😍
    I feel so single when i read ala and zev ge parts 😭😭😭
    Huvaa dont make feel like that annora 😭😭😂😂😂😂 and i cant wait …. Vvvvv curious 👀

  3. Ava says:
    January 17, 2025 at 10:35 pm

    Finally theyy kissed, someone’s in love…
    Literally I felt like it was me with arkan, so daymn unresistable 🤧
    Even ala and zev, zev vaa kehgada ingey eha lwbi kuhjeh kairy bahahthain huhnan
    Naseebehnu lia ah dheun kn or else noone would know about those calls
    Let her eyesight get back
    GWS an upload the next part soon

  4. Ghost girl 👻 says:
    January 17, 2025 at 11:06 pm

    Annora my favvvv haadha reehchey omg liaa and arkan hama vrh gulhey they both are made for each other 😍 when’s next?and how was the trip?

  5. cutie girl says:
    January 18, 2025 at 8:02 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    alaa and zev gulhuvachey
    arkaan and liaa ves
    nafurathakee loabeege feshun
    eev and kayaan ves gulhuvachey
    they all are made for each other
    rai and liaa ge bai kiyafa heehee halaaku
    heyonuvaane alaa and alaa family ah dhera gotheh nuhadhachey
    kuhverinah adabu dhy
    v intresting story eh
    v kiyaala hithun kiyani
    your my fav author
    i appreciate your hard work
    love you annora

  6. Haii says:
    January 18, 2025 at 8:04 am

    Arkan is so funnyyy 😭😂😂😂
    Vvvvvvvvv reeeethiiii vvvvvvvv furihama

  7. Anonymous says:
    January 18, 2025 at 1:02 pm

    Mi part ves v v reethi…..
    When next??

  8. gurrrrl says:
    January 18, 2025 at 2:50 pm

    Vaah Vrh nice alhe Lia n arkaan part vrh habeys n alaa n zev ves keep it up
    Love ya 🫶🏻❤️

  9. £&@#€ says:
    January 18, 2025 at 8:27 pm

    Finally they kissed woww this is the best
    Btw vaahaka Hama Varah reethi
    When next part can’t wait

  10. Annora says:
    January 19, 2025 at 9:53 pm

    Thank you all for the lovely comments ….. v ufaavehje comments fenifa … hurihaa kudhinge comment thakah reply vaki vakin nukohlevunas appreciate kuran ❤️❤️
    In sha allah next part varah avahah kiyaalan libeyne
    Once again thank you readers ❤️❤️

  11. Rose says:
    January 26, 2025 at 4:02 pm

    When next episode? Nice story love it♥️

Comments are closed.

Next Episodeނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 17 & 18←


All Right Reserved!