Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުން

ޑައިރީ ( އެ އަންހެން ކުއްޖާ )

blackshadow eddie
blackshadow eddie Level 210 Stories
January 15, 2025 2 Mins Read
2 Comments

ރޭގަނޑުގެ ހަމަ ހިމޭން ވަގުތެއެވެ . މުޅި ރަށް ވަނީ ފަޅުވެފައެވެ . މަގު ބައްތި ފިޔަވާ އިތުރު އަލި ކަމެއް ފެންނާކަށެއް ނެތެއެވެ . އުޑު މަތި ސާފް ރޭގަނޑެކެވެ .  ތަރި ތަކުން މުޅި އުޑު ގައި ތަރި ތަކުން  ވަނީ ފުރާލާފައެވެ . ރަށް ވަނީ ދުން ފިނިން ތެއްމާލާފައެވެ .   އެ ހަމަ ހިމޭން ކަމުގެ ފަޅު ފިލުވައި ދެނީ ރޭގަނޑަށް ގޮވަމުން އަންނަ ދޫންޏެއްގެ އަޑުންނެއެވެ .

އެ މާހައުލުގައި އަހަރެން އެދުގެ ދެފަރާތަށް ފުރޮޅިލާ ފުރޮޅިލާ އޮތީމެއެވެ . ނިދީގެ ކަންފުޅެއް އަހަރެންގެ ލޮލަކަށް ނެތެއެވެ . ވިސްނެމުން ގެންދެވެނީ އަހަރެން އެންމެ ހިތް ކިޔާ އަންހެން ކުއްޖާ އެވެ . އެއީ އަހަރެންގެ ހިތުގެ މަލިކާ އެވެ .

ނިދޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެއެވެ . ނަމަވެސް އަހަރެންނަށް އެއްވެސް ވަރަކަށް ނިދޭ ގޮތެއް ނުމެވެއެވެ .  އެތަކެއް ކަމެއް އަހަރެން މަސައްކަތް ކުރަމުން ގެންދިޔާމެއެވެ . ނަމަވެސް އަހަރެންނަށް ނިދީގެ އެއްވެސް  ހިލަމެއް ނުވިޔައެވެ . ނިދި ނައިސްގެން އަހަރެން ބެލްކަންޏަށް ވެސް ނިކުތީމެއެވެ .

މި ހާލުގައި އަހަރެން އޮއްވައި ފަތިސް ނަމާދު ބަންގި ގޮވާ އަޑު އަހަރެން ގެ ކަންފަތުގައި ޖެހިގެން ދިޔައެވެ . އަހަރެން އަވަސް ވެ ގަތީ ފާޙާނާ  ކޮއްލުމަށެއެވެ . ފާޙާނާ ކޮއްލައިގެން އަހަރެން ދިޔައީ ނަމާދު ކޮއްލުމަށެއެވެ .

ނަމާދު ކޮށް އަވަދި ވެގެން ގެޔަށް ގޮސް އަހަރެން އަނެއްކާ ވެސް މަސައްކަތް ކުރަމުން ގެންދިޔައީ ނިދޭ ތޯއެވެ . އަހަރެންގެ ހިތުގައި އުފެދެމުން އައި އެއްކަމަކީ އަހަރެން ގެ ހިތް އެ އަންހެން ކުއްޖާ އަށް ލެބުނީ ކިހިނެއް ހެއްޔެވެ ؟ އަހަރެންނަށް އެ އަންހެން ކުއްޖާ ލޮލަށް ވެސް ނުފެނެއެވެ . މިއިން އެއްކަމެއް ވެސް އަހަރެންނަށް ޖަވާބެއް ނުލިބެއެވެ . މި އަންހެން ކުއްޖާ އަހަންނަށް ކޮން ކަމެއް ބާ މި ކުރީ . އަހަރެން ހިތާ ހިތުން ކިޔާ ލެވުނެއެވެ .

އިރު ކޮޅެއްގެ ފަސް …… އަހަރެންނަށް ހޭ ލެވުނީ މަންމަ ކޮޓަރި ދޮރުގައި ޓަކި ޖަހާ އަޑަށެއެވެ . އަހަރެން ނިދި އަޑުން އާއެކޭ ބުނެ އަހަރެން ތެދުވީމެއެވެ . ފޯނު ގަޑި ބަލާލި އިރު މެންދުރު 1:00 ޖަހަނީއެވެ . އަހަންނަށް ނިދުނު ގޮތެއް ވެސް ހުދު އަހަންނަށް ނުމެ އިގެއެވެ . ބޯ ކަހާލުމަށް ފަހު އަހަރެން ފާޙާނާ އަށް ވަދެލީމެއެވެ .

ފާޙާނާ ކޮއްލުމަށް ފަހު އަހަރެން ރީތި ވެލީމެވެ . އަހަރެން ބަޑުހައި ވެފާ ހުރިލެއް ބޮޑު ކަމުން އަހަރެން  ހިގައި ގަތީ ކާ ގެޔާ ދިމާ އަށެއެވެ .  ” ދަރިފުޅާ ! ކިހިނެއް ވެފާ … ހާދާ މޫޑް އޮފް ވެފާ … ކަމަކާ ވިސްނަނީތަ … ” މަންމަ ސުވާލުއަކަށް ފަހު ސުވާލު ތައް ކުރަމުން ގެންދިޔައެވެ .

” މަންމާ އަހަންނަށް ކަމެއް ނުވޭ … ކަމެއް ވިޔަސް މަންމަ ކާރި ބުނާނަމޭ ” އަހަރެން އެހެން ބުނުމަށް ފަހު މަންމަ މެންނަށް އެކަންތަށް ސިއްރު ކުރީމެއެވެ . އަދި އަހަރެންނަށް ސިއްރު ކުރަން މަޖުބޫރު ވީއެވެ .  ” މަންމާ ކޮބާ ބައްޕަ ” އަހަރެން ސުވާލު ކޮއްލީމެއެވެ . ” ބައްޕަ ވީ ދޯންޏެއް އެހެލާ ތަނަށް ގޮސް . ކިހިނެއް ވީ ؟” އަހަރެން މަންމަ ސުވާލު ކޮއްލިއެވެ .

އަހަރެން ޖީބުން ފޯނު ނެގުމަށް ފަހު އަހަރެން . އަހަރެން ގެ ހިތުގެ ވެރިޔާ އަށް މެސެޖް އެއް ކޮއްލީމެއެވެ .  އަދި އަހަރެން ކުރި ސުވާލަށް ޖަވާބު ލިބެންދެން އަހަރެން މަޑު ކޮއްލީމެއެވެ . ނަމަވެސް އެޔަށް އެއްވެސް ޖަވާބެއް ނާދެއެވެ . އަހަރެންނަށް ހީ ކުރެވުނީ އަހަންނަށް މި ކުރެވެނީ މުޅިން ގޯސް ކަމެއް ގޮތުގައެވެ .

އަހަރެންނަކީ  އާއިލާ ގައި ހުރި ހަމަ އެކަނި ދަރިފުޅެ . އަހަރެން އެއްބަނޑަކު އެކަކު ވެސްނެތެއެވެ . އެހެންވެ އަހަރެން ގެ މައިންބަފައިން ވަރަށް ވެސް ބަލަމުން ގެންދެއެވެ . އަހަރެންގެ އުމުރުން 27 އަހަރު ވެގެން ދިޔަ އިރު ވެސް އަހަރެންނަށް މިހާ ބޮޑަށް އެއްވެސް އަހެންކުއްޖަކަށް ނުވިސްނަމެއެވެ . އަހަރެން ގެ މި ހިޔާލު ތަކާ ދުރު ވެލަން އަހަރެން ސައިކަލް ދުއްވާލުމަށް އަހަރެން ގެއިން ނިކުތީމެއެވެ . އަދި އަހަރެންގެ ރައްޓެހި ކުދިން ކޮބައިތޯ ބަލާލީމެއެވެ .

2 ވަނަ ބަޔަށް އިންތިޒާރު ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

blackshadow eddie
Follow Me Written By

blackshadow eddie

Level 210 Stories

story writer . thank you supporting with me ވާހަކަ ލިޔުމާއި ކިޔުން . ކިޔުންތެރިންގެ ސަޕޯޓް އަކީ އަޅުގަނޑު ގެ ކުރި އެރުން

Other Articles

Previous

ލޯބީގެ ކުރި ދަތުރު 9

Next

ޕިޔަދަ 5&4

Next
January 15, 2025

ޕިޔަދަ 5&4

Previews
January 15, 2025

ލޯބީގެ ކުރި ދަތުރު 9

2 Comments!

  1. Your fav bab says:
    January 16, 2025 at 11:52 am

    Plustop liyaa iru don’t leave space
    Eg: (I’m the best . ) not like this like (I’m the best. )
    Your description is very nice!!!!

  2. Mariyam Ibrahim says:
    January 16, 2025 at 6:15 pm

    ވިސްނާލީމެއެވެ. ބުނާނެ އެއްޗެއް ނޭންގުނެއެވެ. މީ ލިޔުމުގައި ކުށް ގޮތެކެވެ.އެކަންކަން ރަނގަޅު ކޮށް ދެންވެސް ހުރި އިމްލާ ކުށްތައް އިސްލާޙު ކުރުމަށްފަހު ވާހަކަ އާއްމުންނަށް ހުޅުވައިލުން ރަނގަޅުވާނެއެވެ.

Comments are closed.

Next Episodeޑައިރީ ( އެ އަންހެން ކުއްޖާ 2)←


All Right Reserved!