ޑައިރީ ( އެ އަންހެން ކުއްޖާ 2)
އަހަރެންނަކީ އާއިލާ ގައި ހުރި ހަމަ އެކަނި ދަރިފުޅެ . އަހަރެން އެއްބަނޑަކު އެކަކު ވެސްނެތެއެވެ . އެހެންވެ އަހަރެން ގެ މައިންބަފައިން ވަރަށް ވެސް ބަލަމުން ގެންދެއެވެ . އަހަރެންގެ އުމުރުން 27 އަހަރު ވެގެން ދިޔަ އިރު ވެސް އަހަރެންނަށް މިހާ ބޮޑަށް އެއްވެސް އަހެންކުއްޖަކަށް ނުވިސްނަމެއެވެ . އަހަރެން ގެ މި ހިޔާލު ތަކާ ދުރު ވެލަން އަހަރެން ސައިކަލް ދުއްވާލުމަށް އަހަރެން ގެއިން ނިކުތީމެއެވެ . އަދި އަހަރެންގެ ރައްޓެހި ކުދިން ކޮބައިތޯ ބަލާލީމެއެވެ .
ސައިކަލް ސްޓާރޓް ކުރުމުގެ ކުރިން އަހަރެންގެ ޖީބުން ފޯނު ނެގުމަށް ފަހު އަހަރެންގެ ރައްޓެހި ( ކައިލް ) އަށް ޑައިލް ކޮއްލީމެއެވެ . ކަން ދިމާ ކުރި ގޮތުން ކައިލް ފޯނު އޮތީ ނިއްވާލާފައެވެ . އަހަރެން ހިތާ ހިތުން ކިޔާލެވުނެއެވެ . މިއީ އަހަރެންނަށް ކަންތައް ދިމާވާން ހުރި ގޮތް ބާވައެވެ .
އެ ހިޔާލުގައި އެ ހިތްދަތި ކަމުގައި އަހަރެން ސައިކަލް ސްޓާރޓް ކޮއްލުމަށް ފަހު ދުއްވާލީމެއެވެ . ރަށުގެ ބޮޑު މަގުން ލާފައި އަހަރެން މީހުން ނޫޅޭ ހިސާބަށް ދިޔާމެއެވެ . އެއީ އަހަރެން ހިތް ހަމަ ޖައްސާލުމަށް އަބަދު ވެސް ދާ އެއް ދިމާލެއެވެ . އެ ހިސާބުގައި އުދޯއްޔެއް ހުންނާނެއެވެ .
އެއީ ރަށުގެ ފުއްޓަރު ފަރާތެއެވެ . ކަމަކާ ވިސްނަން ބޭނުން ނަމަ އަހަރެން އަބަދު ވެސް އުޅެމުން ދަނީ އަހަރެން ރަސްކަން ކުރަމުން އަންނަ ތަނަށެއެވެ .
އަނެއްކާވެސް އަހަރެން ޖީބުން ފޯނު ނެގުމަށް ފަހު ކައިލް އަށް ޑައިލް ކޮއްލީމެއެވެ . ” ހަލޯ … ކިހިނެއް ވީ .. މާ ވަރަކަށް ގުޅާފާ … ” ކައިލް ފަތި ފައްޗައް އަމުނާލިއެވެ …. އަހަރެން ޖަވާބުގައި ދިނީމެއެވެ . ” ބުރޯ އާދެބަލަ އަހަރެންގެ މަރުކަޒަށް . އަހަރެން އަބަދު ވެސް އިންނަ އެއް ތަނަށް ” . ” އާ އޯކޭ މި ދަނީ ” އެހެން ބުނުމަށް ފަހު ކައިލް ފޯނު ކަޑަލިއެވެ .
އިރު ކޮޅެއްގެ ފަސް .. ކައިލް އަހަރެން ހުރި ހިސާބަށް އައިސްފިއެވެ . ” ކިހިނެއް ވީ . އަނެކާ އާއިލާ މީހަކަށް ކަމެއް ދިމާވީ ތަ ؟ ” ކައިލް ސައިކަލުން ފައިބަމުން ބުނެލިއވެ .
އަހަރެން ފާޑަކަށް ” އާ ބަސް ބުނެލީމެއެވެ . ” ވެގެން އުޅޭ ގޮތް ކިޔާދީބަލަ ” ކައިލް އަވަސް އަރުވާލާފައި ބުނެލިއއެވެ .
އަހަރެން ކައިލް އަށް އަކުރުން އަކުރަށް ކިޔާ ދެމުން ދިޔާމެއެވެ . ކައިލް އަހަރެން ދައްކާ ވާހަކަ . ކަނުލައި އަޑު އަހަމުން ގެން ދިޔައެވެ .
“ތި ކަމަށް އޮތީ އެންމެ ކަމެއް . މިކަންތައް ކޮއްލީމާ އޯކޭ ވާނެއެވެ . ” ކައިލް އެހެން ބުނުމުން އަހަރެން އެއި ކޮންކަމެއް ތޯ ސުވާލު ކުރުމުން . ކައިލް ހިނިގަނޑެއް ޖަހާލުމަށް ފަހު ބުނެލިއެވެ . ” ތި އަންހެން ކުއްޖާ އަށް ލޯބި ހުށަ އަޅާށެއެވެ . ކިހަވަރަކަށް ބުރޯ ލޯބި ވާ ވަރު ބުނެދޭށެއެވެ . ”
އަހަރެން ހިތާ ހިތުން ކިޔާ ލެވުނެއެވެ . އެ ބުނީ ވެސް ތެދުވާހަކަ އެކެވެ. ނަމަވެސް އަހަންނަށް އެތަކެއް ދުވަހު މަސައްކަތް ކުރެވިގެން ދެވުނެއެވެ . އެތަކެއް ފަހަރު ލޯބި އެ އަންހެން ކުއްޖާ އަށް ހުށައެޅުނެއެވެ . އޭގެއިން އެއްވެސް ނަތީޖާ އެއް އަހަންނަކަށް ނުލިބުނެއެވެ . އަބަދު ވެސް ދެކެވެމުން ދަނީ ދުނިޔެވީ ވާޙަކައެވެ . އަހަރެން ލޯބިވޭ ބުންޏަސް އޭނަގެ ފަރާތުން އެއްވެސް ކަހަލައިގެ އިޝާރާތެއް ނުފެނެއެވެ .
އާ ދުވަހަކަށް އިރު އަރާފިއެވެ . އަހަރެން ނިދިން ހޭލެވުނީ އަހަރެން ގެ ފޯނަށް މީހަކު ގުޅާ އަޑަށެއެވެ . އަހަރެން ލޯ އުގުޅަމުން އަހަރެންގެ ފޯނަށް ބަލާލެވުނެއެވެ . އެއީ އަހަރެންގެ އެންމެ ގާތް އެއް އެކުވެރިޔާ ކަމަށް ވާ ކައިލް އެވެ .
އަހަރެން ނިދި އަޑުން ” ކީކޭ ބުރޯ ؟ ކިހިނެއް ވީ އޭ ” ،.. ” އަދިވެސް ނިދަނީ ދޯ … ތެދުވެބަލަ … އެބައިނޭ ވާހަކަ އެއް ދައްކާލަން ވެފާ ” ކައިލް ހިނި އަންނަ ރާގަށް ބުނެލިއެވެ . ” އާ އޯކޭ … މި ދަނީ އަހަންނަށް ދީ 15 މިނެޓް … ” އެހެން ބުނުމަށް ފަހު އަހަރެން އަވަސް ވެ ގަތީ ފާހާނާ އަށެއެވެ . ފާހާނާ ކުރުމަށް ފަހު އަހަރެން ހިގައި ގަތީ ކައިލް ބުނި ރެސްޓޯރެންޓް އާ ދިމާ އަށެއެވެ .
” އޭ ކީކޭ ؟ ވަރަށް އަވަސް ކޮށްލާފާ މި އައީ .. އެއްވެސް އެއްޗެއް ނުމެ ނުކާ މި އައީ …” އެހެން ބުނުމަށް ފަހު އަހަރެން ރެސްޓޯރެންޓް ގެ ވެއިޓަރ އަށް ގޮވާލުމަށް ފަހު .. ކާން ގެންނަން ވީ އެއްޗިހި ބުނެލިއެވެ .
” އަސްލު މަ މިތަނަށް މި ގެނެއީ ވަރަށް ވެސް މުހިއްމު ވާޙަކައެއް ދައްކާލުމަށް . މި ވާހަކަ އެކަކު ކައިރި ވެސް ނުބުނުމަށް އެދުނެއެވެ . ” ކައިލް މި މޭރުމުން ވާހަކަ ފެށިއެވެ . އަހަންނަށް އިދެވުނީ ވާނުވާ ނޭންގިފައެވެ . އަދި ބުނާނެ އެއްޗެއް ނޭންގިފައެވެ .
އަހަރެން އާއެކޭ ބުނާ ގޮތަށް ބޯ ޖަހާލުމުން ކައިލް ވާހަކަ ފެށިއެވެ . ކަން ވާން ވި ގޮތާ ކަން ކުރަން ވީ ގޮތް ކައިލް ކިޔާ ދިނެއެވެ . އަދި އަހަރެން ކަމަކާ ވިސްނާ ކަން މީގެ ހަފްތާ އެއް ކުރިން ކައިލް އަށް އިގޭ ކަމަށާއި އަދި ކައިލް އެ ވާޙަކަ ނުދައްކާ ހުރީ އަހަރެންގެ އަގައިން އެ ވާހަކަ ތައް ކިޔާދޭނެ ކަމަށް ބަލާފައެވެ . ކަން ދިމާ ކުރި ގޮތުން އަހަރެންނަށް ކައިލް ކައިރީގައި މި ވާހަކަ ތައް ކިޔާދެވުނެއެވެ .
އަހަންނާއި ކައިލް އޯޑަރ ޖެހި އެއްޗިހި އަހަރުމެން ދެ މީހުން ތިބި މޭޒު ކައިރިއަށް ގެނެސްފިއެވެ . އަދި ކާން ގެނޭ އެއްޗިހި އިންސާފް ކުރަން ފެށީމެއެވެ .
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Varah reethi!!!!
“Aharen” ge name eh ves adhi neyngey????
Kurin buni plustop kan rangalhu kuraane kamah ummeedhu kuran!!!!!
Keep it up!!!
When next??