Skip to content
އެސްފިޔަ

އާ ދިރިއުޅުމެއްގެ ފެށުން – 6

އަނެއް ދުވަހަށް އިރު އެރިއެވެ. އަހަރެން އުޅުނީ ހެދުނު ނާސްތާ ހެދުމުގައި ބަދިގޭގައެވެ.
“އަޒް.. ރޭގަ ނެގި ފޮޓޯތަށް އެއާޑުރޮޕް ކޮށްލަން ދެވިދާނެތަ ފޯން ؟” ޒެއިން ޓީވީ ބަލަން އިދެފައި ސުވާލުކޮށްލިއެވެ.އަހަރެން އެއްވެސް ސުވާލެއް ކުރުމެއް ނެތި ޕާސްވޯޑް ޖެހުމަށްފަހު ފޯން ޒެއިން އަތަށްފޯރުކޮށްދިނީމެވެ.
“ޒެއިން..މާދަމާ އަޅުގަޑު މެލޭ އަށް ދާން ފުރާނެ އަންނާނަންތަ އަޅުގަނޑު ފުރުވަން އެއާޕޯޓަށް؟” އަހަރެން ބޭކްޑް ބީންސް ދަޅުކަޑަމުން ޒެއިން އާއި ސުވާލު ކޮށްލީމެވެ.
ޒެއިން އަށް އަޑު އިވުން ހެނެށް ހިއެއްނުވެއެވެ. މީހާ އިނީ އެއަށްވުރެ ބޮޑަށް ފޯނަށް ގެއްލިފައެވެ.
އަހަރެން ޒެއިން ކައރިއަށްދިއައީމެވެ. ފޯން އިން ޒެއިންއަށް މިހަ ޝައުގުވެރި އެއްޗަކަށް ފެނުނީ ވަކި ކޯއްޗެއްތޯ ބަލައިލާ ހިތްވެފައިވުމުން ނެވެ.
“ޒެއިން ..ބޭބް ވަޓް ހެޕެން. އަޅެ އަޅުގަޑަށް ވެސް ދައްކާލަބަ ނިކަން؟” ޒެއިން ދިޔައީ ރަގަޅަށްވެސް ސިއްސައިގެންނެވެ.
“އަޒް ކީކޭ”ޒެއިން މޫނުމަތިން އޮތްދާ ހިއްލާފައިވާ ތަން އަހަންނަށް ފެނުނެވެ.
“ހާދަ ރީތި ފޮޓޯ އެއް މީ..” ޒެއިން އަވަހަށް ވާހަކަ އޮޅުވައިލިއެވެ. އަދި ޒެއިން ، ޒިޔާން އަދި އަޒްކާ ތިން މީހުން އެއްކޮށް ނަގާފައިވާ ފޮޓޯ އެއްދައްކާލިއެވެ.
އަސްލުވެސް އެއީ ވަރަށް ސަޅި ގަޑެކެވެ. ދެން ޒެއިން ދައްކާލީ އެއްކަލަދުވަލު އަލްބަމް އިން ނެގި ފޮޓޯ އެވެ.
“ޒޭން .. ތިހުރީނުން ކުޑަބަޑެއްލާފަ ދިގުކޮސް މީޙެއް ދެޓްސް މައި ޑޭޑް.. އެންޑް އެހުރީނު ކަޅު ޓީޝާޓެއް ލައިން ހުރި ފިރިހެން ކުއްޖެއް އޭނަ ޖެހިގެން އެހުރީ އަޅުގަޑު ބޭބެ އަޒޭންބެ. އެމީހުން މިދުނިޔޭގަ ހުރިނަމަ ބޭބެ ވަރަށް ބުލީކުރާނެ އަހަންނާއި..ބަލަ އަހަރެން އެހުރީ ދެން ހުރި ކުޑަ ފިރިހެން ކުއްޖާ ގައިގައި ބައްދާލައިގެން.. އައިވޯސް ސްމޯލް.. އެންޑް ނޭގެ އެއީ ކޮންބައެއްކަމެއްވެސް.. ހައްހަ” އަހަރެން އެދުވަހުގެ ހަދާންތަށް އައު ކުރަމުން އެފޮޓޯގައި ތިބި މީހުން ކިޔާ ދެމުން ދިޔައީމެވެ.
ޒެއިންގެ މޫނު މައްޗައް އަރަމުން ދިޔަ ކުލަވަރު އަހަންނަކަށް ނުއެއްފެނެއެވެ.
ޒިޔާން އިނީ ފާޑަކަށް އެފޮޓޯ ތަކަށް ބަލަންށެވެ. އަހަރެން ގެ ކުޑައިރު ފޮޓޯ ފެނުނީމަ ވީގޮތެއްކަމަށް ނިންމައި އަހަރެން ނާސްތާ ރެޑީކުރުމަށް އަބުރައި ދިޔައީމެވެ.
ހެދުނު ނާސްތާ ކުރުމަށްފަހު ޒެއިން ބޮލުގައި ރިއްސާކަމަށް ބުނެ ކޮޓަރިއަށް ވަނެވެ.
މެންދުރުވެއްޖެވެ. މެންދުރު ނަމާދަށް ބަންގިގޮވައިފިއެވެ. އަހަރެން ޒެއިން އޮތް ކޮޓަރިއަށް ޓަކި ޖަހައިލީމެވެ. ހަބަރެއް ނުވެއެވެ. ދެތިން ފަހަރު ނަމުން ވެސް ގޮވައިލީމެވެ. ހަބަރެއް ނުވުމުން ގުޅަންވެސް ގުޅައިފީމެވެ. ނިދާފައި އޮތްކަމަށް ނިންމައި އަހަރެން ނަމާދުކުރުމަށް އަމިއްލަ ކޮޓަރިއަށް ވަނީމެވެ.
ކޮންމެސް ކަމެއް ގޯސްވާން އުޅޭހެން ހީވެއެވެ. އަވަހަށް ނަމާދުކޮށް މާތްﷲގެ ހަޒްރަތުން ދުއާ ދެންނެވީމެވެ. އަދި ގުރުއާން ކިޔަވަން އިރު ކޮޅަކަށް މަޑު ކޮށްލީމެވެ.
އެއޮތް ދެގަޑި ބައި ވަނީއެވެ. އަހަރެން ނަމާދު ދޮޅި ފަތްޖަހާ މުސައްލައަށް އަޅާލުމަށްފަހު މުސައްލައަލަމާރިއަށް ލީމެވެ.
“ޒެއިން..” އަހަރެން އަނެއްކާވެސް ޒެއިން ކޮޓަރިއަށް ޓަކި ޖެހީމެވެ.ހިތަށް ހަމަޖެހުމެއް ލިބުނީ ދޮރު ތަޅުގައި އެތެރެއިން ހިފާލުމުނެވެ. ގަނެފައިވާ ބިރު ފިލައިން ދިއައެވެ.ނަމަވެސް ދޮރުހުޅުވުމާއެކު ދެން ފެނުން މަންޒަރުން އަހަރެންގެ ހިތް ފަޅައިން ނުދިޔައީ ކިރިޔާއެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (12)

  1. cutie girl

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    alhey kon manzareh fenuni
    azkaa and zein dhuru nukrachey
    they both are made for each other

    1. Tuliplover
      cutie girl

      You will know very sooon inshaa allah ❤️🫶🏼🌸

  2. Your fav bab

    Hey tuliploverrrrrrr!!!!!!
    This story is very interesting
    When next??

    1. Tuliplover
      Your fav bab

      Inshaa allah 2morro or todai 🥺🫶🏼 love ur support ❤️🫶🏼🌸🌷

    2. Tuliplover
      Your fav bab

      🫶🏼❤️🌸🌸

  3. Zozo!

    Varah reethi!

    1. Tuliplover
      Zozo!

      Yeyey❤️🫶🏼

  4. lilly

    i am so sorry for telling you that this story was complicated
    aslu olhigen nubaikoh kiyuneema olhunee
    eyga innenu dho ehaharu fahuney, but i read as ehaharu kurinney
    annehen dhen hama varah loabi

    1. Anonymous
      lilly

      Awwn thanku its ok 🥺❤️💗🫶🏼

    2. Tuliplover
      lilly

      Awwwwwwnnn thanku 💗🫶🏼✨😍

  5. lil

    i am so sorry for telling you that this story was complicated
    aslu olhigen nubaikoh kiyuneema olhunee
    eyga innenu dho ehaharu fahuney, but i read as ehaharu kurinney
    annehen dhen hama varah loabi

    1. Tuliplover
      lil

      Its ok 💗🫶🏼🌷🙂

Comments are closed.